Wathan Edhey Gothah – MDP » އަނެއް ދިވެހިރާއްޖެ ހަރަކާތްތައް ފުވައްމުލަކު އަދި އައްޑޫގައި ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަދޭ

September 29, 2008

އަނެއް ދިވެހިރާއްޖެ ހަރަކާތްތައް ފުވައްމުލަކު އަދި އައްޑޫގައި ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަދޭ

އެމްޑީޕީ އިއްތިހާދުގެ އަނެއް ދިވެހިރާއްޖެ ހަރަކާތްތައް ފުވައްމުލަކުގައާއި އައްޑޫ އަތޮޅުގެ ރަށްތަކުގައި ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަދެއެވެ.

ދޮރުން ދޮރަށް ހިންގަވާ ކެމްޕޭން ކުރެއްވުމުގެ ހަރަކާތާއި ވޯޓުލާ ދުވަހަށް އެމްޑީޕީ އިއްތިހާދުގެ ފަރާތުން ވާންޖެހޭ ދުވަހަށް ތައްޔާރުވުމުގެ މަސައްކަތްތައް އައްޑު އަތޮޅުގައި ހިންގަވަމުން މިހާރު ގެންދަވަނީ ގައުމީ އިއްތިހާދުގެ ވައިސް ޗެއާޕާސަން ޑރ މުސްތަފާ ލުތުފީއެވެ. ފުވައްމުލަކުގައި މިހަރަކާތައް ހިންގުމުގެ އެންމެ އިސްކޮށް އުޅުއްވަނީ އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސް އަމީން ފައިސަލްއެވެ.

އައްޑު އަތޮޅު ހުޅުދޫގައި ހުންނަވާ މައުލޫމާތު ދެއްވަމުން ޑރ މުސްތަފާ ވިދާޅުވި ގޮތުގައި އައްޑު އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ދޮރުން ދޮރަށް ހިންގުމުގެ މަސައްކަތް މިހަފްތާގައި ކުރިޔަށް ގެންގޮސްފައިވެއެވެ. މީގެ އިތުރަށް ފުވައްމުލަކުގައި ކެމްޕޭން ޖަގަހައެއްވެސް ވަނީ ހުޅުވާފައެވެ.

3 Comments

  1. Zaki is an example! He has shown something no other party leader has shown in our times with the party system. He has said that he will be retiring from politics this year. I’m sure he will be missed. Heck, I am not even a member of MDP but I appreciate his work for his party! Good luck.

    Comment by Anonymous Coward — September 29, 2008 @ 8:48 am

  2. I completely agree with the comment above. Zakee deserves a medal. His work is priceless & will definitely be missed by many.

    Comment by Anonymous — September 29, 2008 @ 4:51 pm

  3. އިބްރާހިމް ހުސެއިން ޒަކީ އަކީ، އެމްޑީޕީ ގެ ސިޔާސީ އެންމެބޮޑު ސަޚުސިއްޔަތެވެ، މި ހުރިހާ ކާމިޔާބީގެ ހިއްސާ އެބޭފުޅާގެ ވަރަށް ބޮޑެވެ، މީހެއްގެ މާޒީއަށް ބެލުމުގެ ބަދަލުގައި ކަސްތަޅު ތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކުރެއްވި މިންނަތް މަސައްކަތަކީ އެއްވެސް ދިވެއްސަކު ހަދާންނައްތާލައިގެން ވާނެ ކަމެއް ނޫނެވެ. ޖެހުނު ކޮންމެ ކަމެއްގައި އަންނި އާއި އެކު ހިއްވަރާއި ސާބިތުކަމާއި އެކު މަސައްކަތް ކުރެއްވި ކަމީ މިކަމުގެ އަލިގަދަ ދަލީލެކެވެ. ޕާޓީ ހީނަރުވުމާއި އެކު އިތުރު ހަރުފަތްތަކަކަށް ވާސިލު ކޮށްދެއްވުމަށް ޒަކީ ކޮއްދެއްވި މަތިވެރި ޚިދުމަތަށް ދިވެއްސެއްގެ ހައިސިޔަތުން ނިހާޔަތަށް މިފުރުސަތުގައި ޝުކުރުދަންނަވަމެވެ. އެމްޑީޕީ އަށް އަދަށްވުރެ ފެހި މާދަމައެއް ދެއްކެވުމަށް އެދި ދުޢާ ކުރަމެވެ. ރައްޔިތުންގެ ވިންދު އެމްޑީޕީ ގެ ކުރިއެރުން! އައްސަރިބަހާ ސާބަސް “އަންނި އާއި ޒަކީ އަދި އެމްޑީޕީގެ ހިންގުންތެރިންނަށް”
    އަހުމަދު ޚަލީލު “ވެންފުންނަ”

    Comment by Ahmed Khaleel — September 29, 2008 @ 11:29 pm