Wathan Edhey Gothah – MDP » އަރިއަތޮޅު އުތުރުބުރީގެ ހަތަރުރަށަށް އަނެއް ދިވެހިރާއްޖެ އަރުމާޒެއް ފަށައިފި

October 2, 2008

އަރިއަތޮޅު އުތުރުބުރީގެ ހަތަރުރަށަށް އަނެއް ދިވެހިރާއްޖެ އަރުމާޒެއް ފަށައިފި

އަރިއަތޮޅު އުތުރުބުރީގެ ހަތަރުރަށަކަށް ޒިޔާރަތްކުރުމަށްޓަކައި އަނެއް ދިވެހިރާއްޖެ ކެމްޕޭން އަރުމާޒެއް އެއަތޮޅު އުކުޅަހުން ފަށައިފިއެވެ.

އަރިއަތޮޅުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކަންތައް ހިންގުމުގައި އިސްކޮށް އުޅުއްވާ މޫސާ ނައީމް މިއަދު މައުލޫމާތު ދެއްވި ގޮތުގައި އުކުޅަހު ޒުވާނުން އިންތިޒާމުކުރި އަރުމާޒުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު މަތިވަރި، ބޮޑުފޮޅުދޫ، ހިމަންދޫ އަދި ފެރިދޫއަށެވެ.

“ޒުވާނުން މިއަރުމާޒުގައި ރަށްރަށަށް ގޮސް އެރަށްރަށުގެ ޒުވާނުންނާއި ރަށްރަށުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ” މޫސާ ނައީމް ވިދާޅުވިއެވެ. މިހާރުގެ ވެރިކަން ބަދަލުކުރުމަށް އަރިއަތޮޅުގެ ޒުވާނުން އެދޭ މިންވަރު ރަމްޒުކޮށްދޭ މިއަރުމާޒަށް ޒިޔާރަތްކުރާ ހުރިހާ ރަށަކުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މޫސާ ނައީމް ވިދާޅުވިއެވެ.

މިދަތުރުގައި ކުރާނެ ކަންތައްތަކަކީ ރަށްރަށުގެ ޒުވާނުންނާއި ބައްދަލުކޮށް އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ މެސެޖް ޒުވާނުންނަށް ފޯރުކޮށްދިނުމާއި އެރަށްރަށުގެ ޒުވާނުން އެދޭ ގޮތްތައް ސާފުކޮށް އެރަށްރަށުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭން ހިންގާނެގޮތް ކިޔައިދީ ވޯޓުލާދުވަހު ކަންތައްކުރާންޖެހޭ ގޮތްތައް ކިޔައިދިނުން ކަމުގައި މޫސާ ނައީމް ވިދާޅުވިއެވެ
މީގެ އިތުރުން ބުދަ ދުވަހުގެ ރޭ އަނެއްދިވެހިރާއްޖެ ކެމްޕޭން ޖަގަހައެއް އުކުޅަހުގައި ހުޅުވާފައިވާކަމަށްވެސް މޫސާ ނައީމް މައުލޫމާތު ދެއްވައެވެ.

2 Comments

  1. ބުނަން މިހާރު ގޯގޯ ލަތީފުގެ ކަންތައް ތިދަނީ މާމައްޗަށް. ކޮންމެހެން އަންނި ހޮވުމުން އޮޕޮޒިޝަންގެ ގޮތުގައި ހުންނާނެކަމެއްނެތް. މިހާރުވެސްތީ އަންނިޔަކަށްވެސް އެމް.ޑީ.ޕީ އަކަށްވެސް ހެޔޮއެދޭމީހެއްނޫން. ތީ ގާސިމްގެ އެޖެންޓުން. ތިކަހަލަ މީހުންނާހުރެ އެމް.ޑީ.ޕީ އަށް މީހުންގެ ނުރުހުމާ މަލާމަތް ލިބެނީ. ގޯގޯ ނެތުމަކުން އަދި އޮޕޮޒިޝަން އަކަށްވުމަކުން އެމް.ޑީ.ޕީ އަށް އެއްވެސް ގެއްލުމެއް ނުވާނެ. ވިއްޔާވާނީ ރަގަޅު. ގޯގޯ ގޯ.

    Comment by rilwan — October 2, 2008 @ 5:27 pm

  2. ބަލިގަބޫލުކޮއްލައްވީނު!

    Comment by mohamed — October 11, 2008 @ 2:49 pm