Wathan Edhey Gothah – MDP » “ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެޖަގަހައެއް ހުޅުވާ ރޫހު އާލާކުރުމުގެ ހާއްސަ ހަފްލާއެއް ބާއްވައިފި

October 18, 2008

“ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެޖަގަހައެއް ހުޅުވާ ރޫހު އާލާކުރުމުގެ ހާއްސަ ހަފްލާއެއް ބާއްވައިފި

ހަތް ސިޔާސީ ޕާޓީ ގުޅިގެން ހިންގަމުންދާ “ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެ ޖަގަހައެއް ހުޅުވާ، އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށްޓަކައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ހުކުރު ދުވަހުގެރޭ ހުޅުވި ދެޖަގަހައަކީ ހ. ދޮންއަންނާރުގޭގައި ހުޅުވި ގާމަގު ޖަގަހައާއި މ. ވިލުފުށީގައި ހުޅުވި “ޕިންކް ޖަގަހަ”އެވެ. މިދެޖަގަހަ ހުޅުވައިދެއްވުމުގައި ހަތްސިޔާސީ ޕާޓީގެ އިސްބޭފުޅުންނާއި އެކު އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބައިވެރިވެވަޑައިގަތެވެ.

ޖަގަހަ ހުޅުވުމުގެ އިތުރުން ހުކުރު ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާ ބާއްވާފައިވަނީ ދަނބުގޯޅީގައެވެ. ހަތް ސިޔާސީ ޕާޓީގެ މެމްބަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ވަތަން އެދޭ ގޮތަށް މިގައުމުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމް ކުރުމުގެ މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ ގޮތުން ބޭއްވި މިހަފްލާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް މިކަން އިންތިޒާމްކުރި ފަރާތުން ހާމަކުރެއްވިއެވެ. މިހަފްލާގައިވެސް ހަތް ސިޔާސީ ޕާޓީގެ ވެރިން ބައިވެރިވެވަޑައިގަތެވެ.

“ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މިރޭވެސް ތިން ޖަގަހައެއް މާލޭގައި ހުޅުވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

2 Comments

  1. ވަތަންގެ ޒުވާނުނޭ . ތެދުވާށޭ.. ތެދުވާށޭ….ހޭލާށޭ…ހޭލާށޭ…ވިސްނާށޭ…..ވިސްނާށޭ…….ޤައުމަށް ހެޔޮއެދޭ ބަޔަކަށްވަށޭ….މިކުރަނީ އަދޭހޭ

    Comment by Hussain Nazeer(NOONU) N.Lhohi — October 18, 2008 @ 5:34 pm

  2. ސިޔާސަ ތަކީ އަޅުގަނޑު ދެކޭ ގޮތުގައި މީހުންގެ ދިރިއުޅުން މުޅިން ހަލާކު ކުރާ ކަމެކެވެ.
    ކޮންމެ މީހަކު ހޮވުނެއް ކަމަކު އަޅުގަނޑާއި އަޅުގަނޑުގެ އާޢިލާއަށް ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެ ކަން އެނގެއެވެ.. މިހެން މި ދެންނެވީ ވޭތުވެ ދިޔަ 30 އަހަރު ވެރިކަން ކުރި މައުމޫން ޢަބްދުލް ޤައްޔޫއަކަށް އަޅުގަނޑާއި އަޅުގަނޑުގެ އާޢިލާއަށް އެއްވެސް ކަމެއް ކޮއްދެއް ވާފަކާއެއް ނެތެވެ.. ހަމަ އެއްވެސް ކަމެއް ކޮއްދެއް ވާފަކާއެއް ނެތެވެ… ދެން ވެރިކަމަށް އަރާ މީހަކަށްވެސްވާނީ ހަމަ އެހެނެވެ.. އެކަމަށް ދެވިހިފާ ނެއެވެ…

    Comment by Some1 who hates politics — October 20, 2008 @ 10:20 am