Wathan Edhey Gothah - MDP » ވަރަށް ފުރިހަމަ ދިރާސާއަކުން ކެންޑިޑޭޓް ނަޝީދާއި ނަޞާރާ ދީނާއި އެއްވެސް ގުޅުމެއް ނެތްކަން ސަރުކާރަށް މީގެ ކުރިންވަނީ ސާފުވެފައި – ޑރ ހަސަން ސައީދު

October 27, 2008

ވަރަށް ފުރިހަމަ ދިރާސާއަކުން ކެންޑިޑޭޓް ނަޝީދާއި ނަޞާރާ ދީނާއި އެއްވެސް ގުޅުމެއް ނެތްކަން ސަރުކާރަށް މީގެ ކުރިންވަނީ ސާފުވެފައި – ޑރ ހަސަން ސައީދު

އެމްޑީޕީއަށް ނަޞާރާ ފައްޅިތަކުން ޚަރަދުކުރާކަމަށާއި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ނަޞާރާ ދީނާއި ގުޅުންތަކެއް ހުރިކަމަށް އަދުގެ ސަރުކާރުން ބުނަމުންދާ ވާހަކަތަކަކީ ރޯބުހުތާން ދޮގުކަމަށާއި އެކަން ސަރުކާރުން ކުރި ވަރަށް ފުރިހަމަ ދިރާސާއަކުން ސާބިތުވެފައިވާކަމުގައި ޑރ ހަސަން ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ހަސަން މިފަދައިން ވިދާޅުވީ ވަތަން އެދޭގޮތަށް ކެމްޕޭންގެ ފަރާތުން އެންމެ ފަހުން ބޭއްވި ޖަލްސާގައެވެ. އެމްޑީޕީއަށް ނަޞާރާ ފައްޅިތަކުން ފައިސާ ލިބޭތޯ ބެލުމަށް އިނގިރޭސި ވިލާތުގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރި މިދިރާސާއިން ހާމަވެފައިވަނީ އެމްޑީޕީއާ އަދި މުހައްމަދު ނަޝީދާއި ނަޞާރާ ދީނުގެ ފައްޅިތަކާއި އެއްވެސް ގުޅުމެއް ނެތްކަމުގައިކަމަށް ޑރ ހަސަން ވިދާޅުވިއެވެ. އަދި މިރިޕޯޓު ހާމަކުރުމަށް ރައީސް މައުމޫނަށް ޑރ ހަސަން ގޮވާލެއްވިއެވެ.

މިޖަލްސާގައި ޑރ ހަސަން ވަނީ މިފަހަރުގެ ވޯޓު މުހައްމަދު ނަޝީދަށް ދީގެން ނޫނީ މިގައުމަށް ބަދަލެއް ނުގެނެވޭނެކަމުގައި ވިދާޅުވެފައެވެ. އަދި މައުމޫނަށް ދެވޭ ވޯޓަކީ އެއީ އިހާނާތެއް ކަމަށާއި ޑީއާރުޕީގެ މެމްބަރުންވެސް އިހުލާސްތެރިކަމާއި އެކު މައުމޫނަށް ދެއްވާ ވޯޓަކީ އެއީ އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނަށް ދެވޭ ވޯޓެއް ކަމުގައި ޑރ ހަސަން ހާމަކުރެއްވިއެވެ. ޑރ ހަސަން ވިދާޅުވިގޮތުގައި މިއިންތިހާބު ނިމުނު ނަމަވެސް ޑިމޮކްރަސީ އެއް ނުގެނެވޭނެކަމުގައެވެ. ނަމަވެސް ޑިމޮކްރަސީ ރާއްޖެއަށް ގެނެވޭނީ ޔާމީނާއި ސަރުކާރުގެ ކިބައިން ރައްޔިތުންގެ މަޖިލިސް މިނިވަންކޮށްގެން ކަމަށާއި އަންނަ މަޖްލިސް އިންތިހާބުގައިވެސް އެއްބަޔަކު އަނެއްބަޔަކު ނުކޯޅި އިންތިހާބު އެކުގައި ކާމިޔާބުކުރުމަށް ޑރ ހަސަން ގޮވާލެއްވިއެވެ.

4 Comments »

  1. ދީނަކީ ވަކި މީހަކު ބުނެގެން އިހްތިޔާރު ކުރާ އެއްޗެއް ނޫން. އިންސާނާއައް ހަމަބުއްދި ދެއްވައިފަ ވަނީ ކޮންމެވެސް ކަމަކު. އެހެން ދީންތަކުން ބުނާ އެއްޗެހި އަޑުއަހާ ތެދު ދޮގު ބެލުމުގެ މިނިވަންކަން ދީނުގައި އަހަރެމެނައް ދީފައިވޭ. މިކަންތައްތައް ހުއްޓުވަނީ ދީނާއިމެދު އިތުބާރު ނޯންނަ އީމާންތެރިކަން ނެތް ފަރާތްތަކުން. - މިއީ އަޅުގަނޑަށް ވިސްނިފަ އޮތް ގޮތް. މިއީ ދޮގެއްތަ؟

    moyameeha@msn.com

    Comment by moyameeha — October 29, 2008 @ 12:41 pm

  2. ޑރ. ހަސަން ސައީދު ވެއްޖޭއްނު ތަންކޮޅެއް ހަމަޖެހޭ ވާހަކައެއް ދައްކަންދޯ…
    އެއްދުވަހު މައުމޫނަށް ސަނާ ދަންނަވާފަ އަނެއް ދުވަހު އަންނިއަށް.. ވެރިކަން ބޭނުންވިޔަސް ތީ ތަންކޮޅެއް ބޮޑުވަރު ކަންނޭންގެ ދޯ… މިހާރު ހަސަނަކަށް އަހަރެމެން ތާއިދެއް ނުކުރަން…

    Comment by addu mode — November 1, 2008 @ 6:23 pm

  3. މިއީހަމަގައިމުންވެސް ދޮގުސުރުޚީއެއް ސަރުކާރުން ދައްކާވާހަކައެއް ދައްކާނީ ކަމުގެ ދެކޮޅު ބަލާފަ

    Comment by Anonymous — November 4, 2008 @ 8:55 am

  4. ސަރުކާރުން އަބަދުވެސް ވާހަކަ ދައްކަނީ ކަމުގެ ދެކޮޅު ނުބަލާ އެ ބޮޑު ނުލަފާ ގޮޅާބޯ ބުނިގޮތަކައް.އެ ހެޔޮ ދައްކާ ވާހަކައަކީ ދެކޮޅު ނުޖެހޭ ވާހަކައަކަށްވިޔަސް.ގޮޅާބޯ އަށާ ސަރުކާރަށް ހީވާކަހަލަ އެމީހުން ދައްކާވާހަކަޔަށް އަހަރުމެން ހެއްލޭނޭ.

    Comment by (simba) — November 5, 2008 @ 5:12 pm

Leave a comment