Wathan Edhey Gothah - MDP » އަޅުގަނޑުމެން ގޮންޖަހަނީ އެކަކު އަނެކަކަށްނޫން، އަޅުގަނޑުމެން ގޮންޖަހާފަ މިނިކުންނަނީ މައުމޫނު އަބުދުލްޤައްޔޫމަށް – ތިން ކެންޑިޑޭޓުން

April 23, 2008

އަޅުގަނޑުމެން ގޮންޖަހަނީ އެކަކު އަނެކަކަށްނޫން، އަޅުގަނޑުމެން ގޮންޖަހާފަ މިނިކުންނަނީ މައުމޫނު އަބުދުލްޤައްޔޫމަށް – ތިން ކެންޑިޑޭޓުން

(ތިރީގައި މިވަނީ 2 އޭޕްރިލް 2008 ވީ ބުދަދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ އެމްޑީޕީގެ ތަމްހީދީ 2008 އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ތަފާތު މީޑިއާ ގްރޫޕްތަކުން އިންތިޒާމްކުރި ބަހުސްގެ ޓްރާންސްކްރިޕްޓެވެ.)

މީޑިއޭޓަރ: ދަރުބާރުގޭގެ ފާށަނާ މާލަމުން އަޅުގަނޑުމެން ވަގުތުން ގެނެސްދެމުން މިދަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވާ ތިންކެނޑިޑޭޓުން އާދެ! އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި)އާއި، މޫސާ މަނިކު (ރީކޯ) އަދި ޑޮކްޓަރ މުހައްމަދު މުނައްވަރު ބައިވެރިވެ ވަޑައިގަންނަވާ ރިޔާސީ ޕްރައިމަރީސްގެ އިންތިހާބުގައި މީޑިއާގެ ފަރާތުން އެ ތިންބޭފުޅުންނާ ސުވާލު ކުރެއްވުމުގެ ހަފްލާ ތިބޭފުޅުންނާ ހަމައަށް ގެނެސްދިނުމަށްޓަކާ. އާދެ އެނގިވަޑައިގަންވާނެ ފަދައިން މިމަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގަ ވާދަކުރައްވާ ތިންކެނޑިޑޭޓުންގެ މެދުގައި އިންތިހާބު އޮންނާނެ. އަދި ހަމަ އެހެންމެ މިމަހުގެ 23 ވަނަ ދުވަހު ދި.އެފް.އެމުން އިންތިޒާމުކޮށްގެން ބާއްވާ އެމްޑީޕީ ރިޔާސީ ޑިބޭޓް ބާއްވާގޮތަށް ވަނީ ހަމަޖެހިފަ. މިހާރު ތިން ކެނޑިޑޭޓުންވެސްވަނީ ރިޔާސީ ޕްރައިމަރީސްގެ އެކުވެރި ކްއެއްޝަން އެންޑް އާންސާ ސެޝަންގަ ބައިވެރިވެވަޑައިގަންނަވާ އިށީންދެ ވަޑައިގެން އަދި ހުރިހާ ނޫސްތަކުންވެސް މިހާރު ވަޑައިގެން ތިއްބެވި. ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް މިތާއެތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުންވެސް އޭތިކުރުމާ އެކީގަ މިހާރު ކޮންމެވެސް ވަރެއްގެ އެމްޑީޕީގެ އާއްމުންގެ ބައެއް މެމްބަރުންވެސް މިތަނަށް މިހާރުވަދެ ކުޑައިރުކޮޅެއްގެ ތެރޭގަ ފެށޭވަރުވާނެކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވަނީ.
އާދެ! ކުޑަކުޑަ އިރުކޮޅެއްގެތެރޭގަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގަ ބައިވެރިވެ ވަޑައިގަންނަވާ މީޑިޔާގެ ފަރާތުން ކުރާ ސުވާލުގެ ކުއެއްޝަން އެންޑް އާންސާ ސެޝަން ފެށިގެންދާނެ. މިހާރު އެމްޑީޕީގެ ބައެއް އާއްމު މެމްބަރުން ފާށަނާ މާލަމްތެރެއަށް ވަދެ ގޮނޑިބަރިތަކުގައި އިށީންނަމުން މިހާރު މިދަނީ. މީޑިޔާގެ ހުރިހާ ބޭފުޅުންވެސް މިހާރު މާލަމު ތެރެއަށްވަދެ މިހާރުތިބީ އިށީންދެގެން.
އައްސަލާމް އަލައިކުމް އަޅުގަނޑުމެން މިތައްޔާރުވަނީ ފަށަނީކީނޫން. އަޅުގަނޑުމެން މިތައްޔާރުވަނީ އެހެންވީމާ ހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންގެ މިރިޔާސަތުގަ ތިއްބެވި ބޭފުޅުންނަށް އިހްތިރާމް އަދާކުރައްވާ އަދި އެބޭފުޅުންގެ ވަގުތަށް ހުރުމަތްތެރިކޮށް ހިތުމަށް އަޅުގަނޑު ދަންނަވަން.
ފެށުމުގެގޮތުން އަޅުގަނޑު ދަންނަވާނީ މިރޭގެ މިބައްދަލުވުމަކީ ރާއްޖޭގެ މީޑިޔާގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އެމްޑީޕީގެ ޒައާމަތަށް އެދިވަޑައިގަތުމުން އެބޭފުޅުން ދެއްވާފައޮތް ފުރުސަތެއް މިފުރުސަތަކީމީ. އާދެ މިފުރުސަތަކީ މި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އެމްޑީޕީގެ ޒައާމަތުން ކުރައްވާ ފަރާތްތަކުން މީޑިޔާގެ ފަރާތުން ކުރި ސުވާލުތަކަށް ދެންނެވުމަށްޓަކައި ހާއްސަކޮށްލި ވަގުތެއް. ދެން އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ވަގުތުދެއްވުމަށްވުމަށްޓަކައި ވަރަށްބޮޑަށް ޝުކުރިއްޔާއޭ މީޑިޔާގެ ފަރާތުން. ދެން އަޅުގަނޑުމެން ވަކި ޕްރިފަރެންސަކުން ނެއްނޫން މިތާންގައި ބޭފުޅުން ބައިތިއްބާފައި މިތިބީކީ އެބޭފުޅުން އަޅުގަނޑުމެން ތަރުތީބުކޮށްލާފައި މިތިބީ ކެނޑިޑޭޓުންގެ ތަރުތީބުން ކެނޑިޑޭޓް ނަންބަރު 1،2،3 މިތަނުގަ ސުވާލުވެސް ދަންނަވާނީ ހަމަ އެތަރުތީބުން. ދެން އަޅުގަނޑު ދަންނަވާނީ މިރޭގެ މައިގަނޑުގޮތެއްގައި މީޑިޔާގެ ފަރާތުން ކުރާ ސުވާލުތައް އަމާޒުކުރެވޭނީ ހަތަރު ދާއިރާއަކަށޭ. އެއީ ކެނޑިޑޭޓުންގެ ޝަހްސިއްޔަތާ ދެން ގޮސް އެބޭފުޅުން ވެރިކަން ކުރައްވާނެގޮތާ މިހާރުގެ ވެރިކަމާއި ދޭތެރޭ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތާ އަދިކުރިއަށް އޮތްތަނުގައި އެބޭފުޅުން ކަންތައް ކުރައްވާނެގޮތަށް. މިކަލަހަ ހަތަރު ދާއިރާއަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމާ ސުވާލުތައް މައިގަނޑުގޮތެއްގައި އަމާޒުކުރެވޭނީ. އެހެންވީމާ އިތުރު ސެހެރީއަކާ ނުލާ ބައްދަލުވުން ފެށުމަށް އަޅުގަނޑު ދަންނަވާނީ ކޮންމެ ބޭފުޅަކުވެސް ކުޑަކުޑަ ތައާރަފެއް އަޅުގަނޑުމެންނަށް ދެއްވުމަށް.

ޑރ.މުނައްވަރު ކެނޑިޑޭޓް ނަންބަރު (1)
އަޅުގަނޑަކީ ޑރ.މުހައްމަދު މުނައްވަރު އެމްޑީޕީގެ މިވަގުތު އަޅުގަނޑު އަދާކުރާ މަގާމަކީ އެމްޑީޕީގެ ރައީސްކަމުގެ މަގާމު.

މޫސާ މަނިކު ކެނޑިޑޭޓް ނަންބަރު (2)
މޫސާ މަނިކު އާންމުކޮށް މީހުން ކިޔާ އުޅެނީ ރީކޯ މޫސަ. އަޅުގަނޑަކީ އެމްޑީޕީ ޝެޑޯކެބިނެޓްގެ މިނިސްޓަރެއްގެ މަގާމު އަދާކުރަމުން އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގަ މަސައްކަތްކުރާ ހަމަ އަމިއްލައަށް މިދެންނެވީ އަމިއްލައަށް ކާންބޯން މަސައްކަތްކޮށްލައިގެން ދިރިއުޅޭމީހެއް.

މުހައްމަދު ނަޝީދު އަންނި ކެނޑިޑޭޓް ނަންބަރު (3)
އަޅުގަނޑަށް ކިޔަނީ މުހައްމަދު ނަޝީދު އާންމުކޮށްކިޔަނީ އަންނި. އަޅުގަނޑަކީ އެމްޑީޕީ އެއްކޮށްލި ގޮފީގެ މެމްބަރެއް.

މީޑިއޭޓަރ: އާދެ! އެއަށްފަހު ދެން އަޅުގަނޑު ސުވާލުގެ ވަގުތަށް ހުޅުވާލާނަން. އަޅުގަނޑު ކޮންމެ ދާއިރާއަކުން ކޮންމެ ތަނަކުންވެސް ފުރަތަމަ ސުވާލެއް ދެންނެވުން. އެއަށްފަހު ދެން އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށް ދަންނަވާލާނަން އެބޭފުޅަކަށްވެސް ސުވާލަކާ މެދު ވިދާޅުވާ އެއްޗެއް. މިގޮތުން ފުރަތަމަ ސުވާލު ދަންނަވާނީ ކޮންފަރާތަކުންތޯ؟ އާދެ!

ހަވީރު ނޫސް:
އަހްމަދު ހަމްދޫން: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވާ ހުރިހާ މެމްބަރުންނަށް ފުރަތަމަ މަރުހަބާ ދަންނަވަން. އާދެ! އަޅުގަނޑުގެ ސުވާލަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގަ ތިބޭފުޅުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރުގަ ކެމްޕޭނަށް ކިހާވަރެއްގެ ހަރަދެއްތޯ ކުރައްވަނީ އަދި އެފައިސާ ހޯއްދަވަނީ ކޮންގޮތަކުންތޯ އަދި އެފައިސާ އެހެން ފަރާތަކުން ދެއްވާކަމަށްވަނީނަމަ އެއީ ކޮންފަރާތެއްތޯ ތިންބޭފުޅުންވެސް ވިދާޅުވެދެއްވަފާނަންތޯ؟

ޑރ.މުނައްވަރު: އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގެ ކެނޑިޑޭޓެއްގެ ހައިސިއްޔަތުން ކެމްޕޭން ކުރުމަށްޓަކާ ބަޖެޓެއް ހުށައަޅާލިން. އެ ބަޖެޓް އެހެންނަމަވެސް އެކުލަވާލެވިފައި މިވަނީ އަޅުގަނޑުމެން މެމްބަރުންގެ ތާއީދު ހޯދުމަށްޓަކައި ކުރަން ޖެހޭ އެކިއެކި މަސައްކަތްތައް ހިމެނޭގޮތުން ނޫސްތަކުގަ އިޝްތިހާރުޖެހުން އަދި އަޅުގަނޑުމެން އެކި މެމްބަރުންނާއި ހަމައަށް ދަތުރުކުރުމަށްޓަކައި އެކި ދާއިރާތަކާއި އަތޮޅުތަކާއި ރަށްތަކަށް ދަތުރުކުރުމަށްޓަކައި ބަޖެޓް އެކުލަވާލެވުނު. ދެން އެއަށްފަހުގަ ބަޖެޓް ހޯދުމުގެ ވާހަކަ. ބަޖެޓް ހޯދުމުގެ ބޮޑުބައެއް ހަރަދުމިކުރަނީ އަޅުގަނޑު. އަޅުގަނޑަކީ ޤާނޫނީ ވަކީލަކަށްވެފަ ޤާނޫނީ ވަކީލުކަން ކުރުމުން އަޅުގަނޑަށް އާމްދަނީ ލިބޭތީއާއެކުގަ އަޅުގަނޑުގެ އަމިއްލަ ފައިސާއިން ބޮޑުބައި. އޭގެއިތުރަށް މީހަކު މިކެމްޕެއިނަށް ހަރަދުކުރުމަށް ފައިސާދޭކަމަށް ވެއްޖިއްޔާމުން އަޅުގަނޑު އެބޭފުޅަކަށް މިދަންނަވަނީ އެބޭފުޅަކު މުހައްމަދު މުނައްވަރަށް ދެއްވާ އެއްޗެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދެއްވާނެކަމެއްނެތޭ. އެހެންނަމަވެސް އަޅުގަނޑު މިކުރާ މަސައްކަތަކީ ގައުމީކަމެއްކަމަށް ބަލައިގެން މި ގައުމަށްކުރެވޭ ހިދުމަތެއްކަމަށް ބަލައިގެން ގައުމީ މަސައްކަތެއްގައި ބައިވެރި ވުމުގެގޮތުން އެބޭފުޅަކު ނަމުގައި ބައިވެރިވެ ވަޑައިގަތުން ފައިސާދެއްވުމުގައި މައްސަލައެއްނެތޭ. އެހެންނަމަވެސް އެފައިސާ ދެއްވާނީ އަދަދުތަކުން ނުދެއްވުމަށް އޮންނާނީ ދަންނަވާފަ. ދެން މިކެމްޕެއިނުގަ ހިނގާނެ ހަރަދުއެނގޭނީ މިކެމްޕެއިން ނިމުމުން. ނިމުމާއެކުގަ އަޅުގަނޑުމެން އަޅުގަނޑު އިރާދަކުރެއްވިއްޔާ މިކަމަށް ހިނގި ހަރަދުތައް ހަރަދުގެ ތަފްސީލު އާންމުކުރާނަން.

މޫސާ މަނިކު
އާދެ! އަޅުގަނޑު މިކެމްޕެއިނަށް ހަރަދުކުރަނީ އަޅުގަނޑު އަމިއްލައަށް ކުރާ މަސައްކަތުން ލިބޭ ފައިސާއިން. އަޅުގަނޑަކީ ބިންހިއްކުމާއި ފަޅުފުންކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއް ހިންގާމީހެއް. އަޅުގަނޑަށް ލިބޭ އާމްދަނީގެ ތެރެއިން އަޅުގަނޑު މިކަމަށް ހަރަދުކުރަނީ، އެހެންނަމަވެސް އަޅުގަނޑުގެ ބަޖެޓް ހުޅުވިފަ އެބައޮތް. އެނގޭތޯ ޕާޓީ މެދުވެރިކޮށް މިކަން ކުރިއަށްގެންދިއުމަށް ދިވެހިރާއްޖޭގެ ވެރިކަމަށް އެމްޑީޕީގެ ފަރާތުން ރީކޯމޫސަ ނެރުމަށް ބޭނުންވާ މީހަކަށް އެހީވުމުގެ ފުރުސަތު އެބައޮތް. އަދި މިހާތަނަކަށް އެއްވެސް މީހަކު އެހީއެއްނުވޭ. ދެން އަޅުގަނޑު ގަބޫލުކުރާގޮތުގައި އަޅުގަނޑުވެސް ހަމަ ހަރަދު ކުރަމުންގެންދާނީ އަޅުގަނޑުމެންނަށް މިހާރުހުރި ކަންތައްތަކުގެތެރޭގައި ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރުމާ އަޅުގަނޑުމެން ބާއްވަންޖެހޭ ޖަލްސާތައް ބޭއްވުމާ މިދެންނެނީ އަޅުގަނޑުމެންގެ ކެމްޕެއިން ގްރޫޕުގެ ފަރާތުން. ދެން ޕޯސްޓަރފަދަ އެއްޗެހި ތައްޔާރުކުރުމާ މިކަންކަމަށް ހަމަ އެކަނި މައިގަނޑު ހަރަދުތަކެއް ކުރުމަށް ހަމަޖެހިފަ އޮތީ. ދެން ބަޖެޓްކުރެވިގެން ހަރަދުކުރަނީ އެމްޑީޕީގެ ފަރާތުން ވިޔަސް އަދި އެހެންމީހަކުވެސް އަޅުގަނޑަށް ކޮންމެވެސް ގޮތަކުން އެއްވެސް ގޮތަކުން އެހީއެއްވެއްޖިއްޔާ އޭތި އެލިބޭ އެހީއެއް އެމްޑީޕީއަށް ގަވާއިދުން އަޅުގަނޑު އަންގާނަން. ދެން ކެމްޕޭނު ނިމުމާއެކީގަ ކެމްޕޭނަށް މުޅި ޖުމްލަ އަޅުގަނޑަށް ކުރެވުނު ހަރަދުގެ ތަފްސީލެއްވެސް ބަޔާންކުރާނަން.

މުހައްމަދު ނަޝީދު (އަންނި)
މުނައްވަރުވެސް ވިދާޅުވި ފަދައިން މި ކެމްޕޭނު ކުރުމަށް ހަރަދުތަކެއް އެބަހިނގާ. އަޅުގަނޑު ބަޖެޓްކޮށްގެން މިއުޅެނީ މިކަމުގެތެރޭގައި 9 ލައްކައެއްހާ ރުފިޔާ ހަރަދުވާނެކަމަށް. އަޅުގަނޑަށް ފައިސާލިބިފަހުރީ ޕާޓީގެ މެމްބަރުންގެތެރެއިން ޖުމްލަ 73 މެމްބަރަކު އަޅުގަނޑުގެ ކެމްޕޭން ފަންޑަށް ދެއްވާފަ ހުރި ފައިސާ އޭގެތެރޭގާ 5،000 ރުފިޔާއާ 50 ރުފިޔާއާ ދެމެދުގެ އަދަދުން ފައިސާ ދެއްވާފަ އެބަތިބި ވަރަށް ގިނަ އަދަދެއްގެ މެމްބަރުން 50،000 ރުފިޔާ ދެއްވާފައޮތް ދެ މެމްބަރަކު އަޅުގަނޑުވެސް މީގެ ހަރަދު ފައިސާ ލިބުނުގޮތުގެ ފުރިހަމަ ތަފްސީލެއް އަދި އަރުވާނަން. އަޅުގަނޑު ފަލާކުރަނީ އަޅުގަނޑުމެން މިކުރާ ދަތުރުތަކާ ކެމްޕޭނުގެ މުޅި ހުރިހާ ކަމަކަށް ބަލާއިރުގަ ދަތުރުފަތުރަށް ހަތަރުލައްކަ ފަސްދޮޅަސް ދެހާސްފައްސަތޭކަ ނުވަދިޔަ ދެރުފިޔާ ހަތްދިޔަ ފަސްލާރި ހިނގާނެކަމަށް. ތަކެތިގަތުމަށް އައްޑިހަ ހަތަރުހާސް އައްޑިހަ އެއްރުފިޔާ ހިނގާނެކަމަށް. ފަރުނީޗަރ އަދި ބައެއް ފިކްޗަރސްއާ ނުވަހާސް ތިންސަތޭކަ ސާޅީސްފަސްރުފިޔާ. ދެން އަޅުގަނޑުމެން މިހަދާ ޖަގަހަތައް ޕްރޮމޯޓްކުރަން އެއްލައްކަ ސާޅީސްއަށްހާސް. އިސްތިހާރުކުރުމަށާ ޕަބްލިސިޓީއަށް އެއްލައްކަ ނަވާރަހާސް. ސްޓޭޝަނަރީ ގަތުމަށް ބާރަހާސް އައްސަތޭކަ ތިރީސްހައެއް. ފޯނަށް އައްހާސް ސާޅީސް އަށެއް. އެންޓަރޓެއިމަންޓް އެއީ ސައިބުއިމާއި މިބާވަތުގެ ކަންކަމަށް ހަތަރުހާސް ހަތްސަތޭކަ ތިރީސް އަށްރުފިޔާ. ސަބްސްކްރިޕްޝަނާ ތިބޭފުޅުންގެ ރޭޑިއޯއާއި މިބާވަތުގެ ކަންކަމަށް ސާޅީސް ދެހާސް. އިލެކްޓްރިސިޓީ ތިންސަތޭކަ ހަތްދިހަ ހަތްރުފިޔާ. ޕެޓީކޭޝްގޮތުގަ އެއްހާސް ރުފިޔާ. ރެންޓް ވިހިހާސް ހަތްސަތޭކަ ދަތުރުފަތުރު އަދި އޭގެ އިތުރު ރަށުތެރޭގެ އެގާރަހާސް ހަސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ. އެލަވަންސްފީ.

ދެވަނަ ސުވާލު ޖަޒީރާނޫސް:
އަހްމަދު މުހުސިން:
އަޅުގަނޑުގެ ސުވާލަކީ މިހާރަކަށް އައިސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގަ މުޅި އެމްޑީޕީއާ އަދި ތިޔަ ތިންބޭފުޅުންވެސް ތިއުޅުއްވަނީ ވަރަށް ބުރަކޮށް ކެމްޕޭނުތެރޭގަ އުޅުއްވާއިރުގަ ބައެއް އާންމުން އަދި އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި ހިމެނޭ ބައެއް މެމްބަރުން އެބަވިދާޅުވޭ މިހާރު މިޕްރައިމަރީސްއަށް ވުރެ ތަންކޮޅެއް މުހިންމު ކަންތައްތަކެއް ގައުމުގަ އެބަހިނގައޭ އެބޭފުޅުން އެފާހަގަކުރައްވާ އެއްކަމަކީ ޤާނޫނުއަސާސީ ނިންމުމާއި އިންތިގާލީ މަރުހަލާގެ ވާހަކަތައް އެދާއިރުގަ އެކަމަށް ދޭންޖެހޭ ޕްރެޝަރކުރިން އެމްޑީޕީއިން ދިންކަހަލަ ޕްރެޝަރެއް މިފަހަރު މި ކަންތައްތަކުގައި ދެވޭކަމަކަށް ނުފެނެއޭ. އަޅުގަނޑު މިފާހަގަކޮށްލަނީ 18 އަހަރުން ދަށުގެ މީހުންނަށް ވޯޓްލެވޭނެގޮތް ހެދުމަށްޓަކައި އެމްޑީޕީންނާއި ވަކި ފަރާތަކަށް ނުޖެހޭ ޕާޓީގެ ވަކިޕާޓީއަކަށް ނިސްބަތްނުވާ މީހުންނާއި އާންމުން ވަރަށްބޮޑަށް މަސައްކަތް ކުރެއްވި. އެވަރުގެ ޕްރެޝަރެއް ދިވެހިސަރުކާރަށާއި މަޖިލީހުގެ ތިއްބެވި މެމްބަރުންނަށް ނުދޭތީވެ ޕާޓީއަށާއި އަދި ކުރިއަށް މިދާ ކަންތައްތަކަށް ވަރަށްބޮޑެތި ގެއްލުންތަކެއް ކުރިމަތިވާކަމަށް. ކިހިނެއްތޯ ތިބޭފުޅުން މިކަމުގަ ދެކެވަޑައިގަންނަވަނީ؟

މުނައްވަރު:
ޕާޓީގެ އެކިއެކި ގައުމުގެ ހިނގާ އެކިއެކި މައްސަލަތަކާއި ގުޅިގެން ޕާޓީގެ އެކިދުވަސްވަރުގައި އެކިވަރަށް ޕްރެޝަރުދީފައެބަވޭ. އިންތިގާލީ ބާބާ ބެހޭގޮތުން އިންތިގާލީ ބާބު ޤާނޫނުއަސާސީ އިސްލާހުކުރެވޭނެ ހިމެނުމާއި ބެހޭގޮތުން އެމްޑީޕީގެ ފަރާތުންވަނީ ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފަ. އެ މަސައްކަތްތަކާއި ގުޅިގެން އަޅުގަނޑުމެން އެހެނިހެން ސިޔާސީޕާޓީތަކާ ވާހަކަދައްކާ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންދެކޭގޮތް އެކަމުގައި ހާމަކޮށްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްކުރެވި އަދި އިއްތިހާދުގެ ފަރާތުން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރެވި އާންމުންގެ ސިޓީލިބި އެސިޓީތައްވަނީ ފޮނުވިފަ. ފޮނުވިފައި ދެންނެވިނަމަވެސް އެމްޑީޕީގެ ސެކެޓޭރިއޭޓުން އެކަމާ ހަވާލުވެ ވަޑައިގެންފައިތިބީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެ ހުންނަންޖެހޭނީ މިހާރު ފޮނުވިފަ. ދެން އެއާއި ގުޅިގެން އިޝާރާތްކުރައްވަނީ މަޖިލިސް ދޮށަށް އެއްވުންކަމަށްވެއްޖިއްޔާ އެއީ އާއްމުރައްޔިތުންގެ ތެރެއިން ހަމަ ހިނދަކުވެސް ކުރެވެން އޮތްކަމެއް. އެކަންކުރުމަކީ ބޭނުންކަމެއްކަމަށްވެއްޖިއްޔާ އަޅުގަނޑު ޔަގީންކުރަން އެކަމަށް ބާރުއަޅަން ބޭނުންވާ ހަމަ އާއްމުރައްޔިތުން އެކަން ކުރައްވާނެކަމަށް.

މޫސާ މަނިކު
އާދެ! އަޅުގަނޑުގެ ކެމްޕޭނަށް ރާއްޖެތެރޭގެ ކޮންމެވެސް ހިސާބަކަށް އެކަށީގެންވާގޮތަކަށް ދަތުރު ނުކުރެވިފަ މިހިރީ އަޅުގަނޑު ތިކަމަށްދޭ އަހައްމިއްޔަތު ބޮޑުކަމުންނޭ. ވަރަށް އުފަލާއެކީގައި މިދަންނަވަނީ އަޅުގަނޑު އެއްވެސް ޖަލްސާއެއް ގެއްލުވާނުލާ މަސައްކަތްކުރަމުން މިގެންދަނީ ޕާލިމެންޓް ތެރޭގަ. ދެން ޕާލިމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުމެންނާއި އަދި އެހެން ވަކި ފަރާތަކަށް ނުޖެހޭ މެމްބަރުންނާ އަދި ހާއްސަގޮތެއްގައި އެމްޑީޕީއަށް ތާއީދުކުރަންތިބި މީހުންނާ އެކީގަ. ދެން ވަރަށްގިނަ ތަފާތުގޮތްގޮތަށް ރާވައިގެން މަސައްކަތްކުރަން އެބަޖެހޭ. އަޅުގަނޑުމެން ނިޒާމީ ނުކުތާނަގައިގެންވެސް ހިފަހައްޓަންޖެހޭ. އަދި އެގޮތުން އަޅުގަނޑުމެން މިހާތަނަށް ކުރެވުނު ދެ މަސައްކަތެއްގެތެރޭގައި ކާމިޔާބުތަކެއްވެސްކޮށްފަ އޮންނާނެ. ދެން ހަގީގަތުގަ އޭގެ މައުލޫމާތު ދިނުމެއްނޫން ބޭނުމަކީ. އެކަމަކު އަޅުގަނޑުގެ މުހިންމުކަން އަޅުގަނޑަކަށް ތި އަމާޒެއްނުވެޔޭ ހަގީގަތުގަވެސް އަޅުގަނޑު ތިކަންބަލަން. އަޅުގަނޑު ހަމަ ހަގީގަތުގަވެސް ރާއްޖެތެރެއަށްގޮސް މިކެމްޕޭނުގަ އެކަށީގެންވާގޮތަކަށް އަޅުގަނޑު ބޭނުންވާގޮތަށް ނުދެވިފަ މިހިރީ ތިކަމަށް އަޅުގަނޑު ސަމާލުކަންދީގެން ހުރީމަ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑު މިހިރީހަމަ އިރާދަކުރެއްވިއްޔާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގަ އަދި އެމްޑީޕީގެ ފަރާތުން މިމަސައްކަތުގަ އަޅުގަނޑު ކުރިމަތިލާފަ ހުރިކަމުގައި ވިޔަސް ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ވާގޮތްބަލާފަ ނޫނިއްޔާ މިކަމާއިގެން މިކަން އިސްނުކޮށް ނުރިއަށް ނުގެންދެވޭނެގޮތަކަށް ރާވައިގެން ހުރި ވާހަކަ ދަންނަވާލަން. އަދި އެކަމަށް އިސްކަންދީގެން މިހުރީވެސް.

އަންނި:
އަޅުގަނޑުމެން ވިސްނާލަން ރަނގަޅުހެން އަޅުގަނޑަށް ހީވަނީ ތިސުވާލުގެ ޖަވާބުކަން. މިހިސާބަށް އައިއިރު ސަރުކާރު އެކިއެކި ކަންކަމުގައި ޕްރެޝަރަށް ލެވިހުރީ ކިހިނެއްތޯ ކިހާ މިންވަރަކަށްތޯ ކޮންގޮތަކުންތޯ އަޅުގަނޑުމެން އަމަލުކުރީމާތޯ؟ ސިވިލްސަރވިސް ކޮމިޝަންގެ ބިލް 24 ވޯޓާއެކީގާ ސަރުކާރަށް ކާމިޔާބުނުވިކަން އެއީ އަޅުގަނޑު ހިތުން ހަމަސަރުކާރު ޕްރެޝަރުގަ ނުވަތަ ރައްޔިތުންގެ މަޖިލީހަށް ކުރެވޭ ޕްރެޝަރުކުރީމާ އެބިލް އެހެންވެދިޔައީ އެމްޑީޕީގެ ޕްރައިމަރީ ހިނގަހިނގާ ހުއްޓާ. އަޅުގަނޑުމެން ކުރިމަތީގައޮތް ސުވާލަކީ އަޅުގަނޑުމެން ޕާޓީގެ ކެނޑިޑޭޓަކު ނުނެރި އަޅުގަނޑުމެން ތިބޭނީތޯއޭ ޤާނޫނުއަސާސީނިމި މިވެރިކަމުގެ ފަރާތުން އިންތިހާކަށްގޮވާލަން ދެތިން ހަފްތާއަކަށް ވަންދެން. އޭރުންތޯ ޕާޓީއަށް ފައިދާބޮޑުވާނީ ނުވަތަ .. މުއްދަތެއްލާފާ ޕާޓީގެ ކެނޑިޑޭޓެއް ނެރެގެންތޯ؟ އަޅުގަނޑު ހިތުން ޕާޓީގެ ގައުމީ މަޖިލީހަށް ވަރަށް ރަނގަޅަށް ފެނިފަ މިއޮތީ މިވަގުތު ކުރަން އޮތް އެންމެ ރަނގަޅުކަމަކީ ޕާޓީގެ ކެނޑިޑޭޓެއް ނެރުމަށްކުރާ މަސައްކަތޭ (ނުނިމޭ)

ސަންގުނޫސް މޫސާ އަންވަރު: އަޅުގަނޑު 3 ކެނޑިޑޭޓުންނާއިވެސް ކޮށްލަން ބޭނުންވާ ސުވާލަކީ އިސްލާހުކުރެވޭ ޤާނޫނުއަސާސީގެ ދަށުން މައުމޫނު އަބުދުލް ޤައްޔޫމަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭނެކަމަށް ގަބޫލުކުރައްވަންތޯއޭ އަދި އެކަމުގެ ސަބަބަކީ ކޮބައިތޯއޭ؟ ދެން ޤާނޫނުއަސާސީއާއި ހިލާފަށް އެހެންނޫނީ ބާރުގެ ބޭނުންކޮށްގެން ވެރިކަމަށް މައުމޫނު ކުރިމަތިލައްވައިފިއްޔާމުން އަމަލުކުރައްވާނީ ކިހިނެއްތޯއޭ؟

މުނައްވަރު: އަޅުގަނޑު ތަކުރާރުކޮށް އެކިތަންތަނުގައި ވާހަކަދައްކަމުން ހާމަކޮށްފައިވާނެ އަޅުގަނޑު ދެކޭގޮތުގަ އިސްލާހުކުރެވޭ ޤާނޫނުއަސާސީއަށް ކަމާބެހޭ މާއްދާ މިހާރު ފާސްކުރެވިފައި އޮތްގޮތުން މައުމޫނު އަބުދުލްޤައްޔޫމަކަށް ދެން އިތުރު ދައުރަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެއްވޭނެ. ދެން އެކަމަށްޓަކައި އެކަމާ ގުޅޭގޮތުން އޭގެ ސަބަބުތައްވެސްވަނީ ހާމަކުރެވިފައޭ. ޤާނޫނުއަސާސީގެ އިސްލާހުކުރެވޭ މަގުސަދާ، ޤާނޫނުއަސާސީ އިސްލާހު ކުރުމަށްޓަކާ މަސައްކަތް ފެށިއިރުގަ ވަރަށް މުހިންމުކަމަކަށްވެފަ އޮތީ ދެދައުރަށްވުރެ އިތުރަށް އެއްވެސް މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނެތުން. … ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން މައުމޫނު އަބުދުލް ޤައްޔޫމު ދިވެހިރާއްޖޭގެ ވެރިކަން ކުރައްވަމުން އަންނަގޮތާ އަދި ކަންތައްތައް އިންތިޒާމު ކުރައްވާފައިހުރި ގޮތާހުރެ އެމަނިކުފާނަށް އިތުރަށް އެމަގާމަށް ކުރިމަތިނުލެވޭނެ ވާހަކަ. ދެން އަޅުގަނޑުމެން ގާނޫނުއަސާސީއާ ހިލާފަށް އޭނާ ކުރިމަތި ލައްވައިފިއްޔާ އަމަލުކުރަންޖެހޭނީ ހަމަ ޤާނޫނުއަސާސީއާ ހިލާފަށް އަދި ޤާނޫނަކާ ހިލާފަށް. ރާއްޖޭގެ ސިޔާސީކަމެއްގެ ތެރޭގައި އެފަދަ ދުސްތޫރީ އަމަލުތަކާ ހިލާފަށް މީހަކު އަމަލުކުރާނަމަ އެކަމުގަ އަމަލުކުރަން ޖެހޭގޮތް، އެއީ އެކަން ހުއްޓުވަން.

މޫސާ މަނިކު: އަޅުގަނޑު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރެއްގެގޮތުން އަޅުގަނޑު އެ ފާސްކުރެވިފަހުރި ފާސްކުރެއްވުމަށް ބަލާއިރު އަޅުގަނޑު ހަމަ ޔަގީންކަމާއެކު އަޅުގަނޑު މިދަންނަވަނީ މައުމޫނު އަބުދުލްޤައްޔޫމަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމަށް ކުރިމައްޗެއްނުލެވޭނޭ. އެއީ ޑރ. މުނައްވަރުވެސް އެވިދާޅުވިގޮތަށް ވަރަށް ސަރީހަ އިބާރާތުން ޤާނޫނުއަސާސީގަ މި އިސްލާހުކުރެވުނު ޤާނޫނުއަސާސީގަ ރައީސުލްޖުމްހޫރިއްޔާ ބާބުގެ އޮންނާނެ ލިޔެފަ އެއްވެސްގޮތަކުން ދެދައުރުގަ ވެރިކަން ކޮށްފަ ވާމީހަކަށް ދެން ނުކުރެވޭނޭ. ދެން އެ ހުއްޖަތް ހޯދައިގެން ކުރެވުނުކަމަށްވިޔަސް ދެން މައުމޫނު އަބުދުލް ޤައްޔޫމު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމަށް މައުމޫނު އަބުދުލްޤައްޔޫމުގެ އެއްވެސް ޑޮކިއުމަންޓެއް ސަރުކާރުގެ ދާއިރާއަކުން ބަލާގެންފިއްޔާ ޤާނޫނީ މުއައްސަސާއަކަށް އެތަނެއް ނުވާނެ. ދެން މިއަދު މީ ވަރަށް ތާރީހީ ދުވަހެއް. ދިވެހިރާއްޖޭގެ ސިފައިންނަށް ޤާނޫނެއް ފާސްކުރެވިފަ މިހާރު އޮންނާނެ އެއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ތިބި އެންމެމަތީ ފަރާތުން އެހެން އެގޮތަށް މައުމޫނާ ދޭތެރޭގައި ސަރުކާރުގެ ބަޔަކު ރާވައިގެން ކަމެއްކުރަން އުޅެފިއްޔާ ބަޣާވާތެއް ގެންނަން އުޅުނުނަމުގަ ރައްޔިތުން ގޮވައިގެން މަގުމައްޗަށްވެސް ނުކުންނަން ތައްޔާރަށް މިހިރީ.

އަންނި:
ސުވާލުގެ ފުރަތަމަ ބައި ހަމަ ޑރ.މުނައްވަރުވެސް މޫސަވެސް ވިދާޅުވިފަދައިން މައުމޫނަކަށް އިސްލާހުކުރެވޭ ޤާނޫނުއަސާސީގެ ދަށުން ކުރިމައްޗެއް ނުލެވޭނެ. ދެވަނަ ސުވާލަކީ ކުރިމަތި ލައިފިނަމަ އަޅުގަނޑުމެން ކަންކުރާނީ ކިހިނެއްތޯ؟ ތިކުރައްވާ ސުވާލަކީ އަޅުގަނޑު ހިތުން ޕާޓީން ސީދާ ހަރަކާތައް ދިއުމަށް ވަކާލާތުކުރާނީތޯ ނުވަތަ ދެން އެހެން ކޮންގޮތަކަށްތޯ އިހްތިޖާޖުކުރާނީ. އަނެއްކާވެސް ހަމަ ދަންނަވަން އޮތްވާހަކައަކީ އަޅުގަނޑުމެން ސީދާ ހަރަކާތަށް ދިޔަ އެންމެބޮޑު އެއްސަބަބަކީ ހިތްވަރުލިބިގަތުމަށް. ޕާޓީއެއް އުފެއްދުމަށް. ރައީސް މައުމޫނު އިތުރު ދައުރަކަށް ކުރިމަތި ލައްވައިފިނަމަ ސީދާ ހަރަކާތަށް ގޮސްގެން އަޅުގަނޑުމެންނަށް އެބޭފުޅާ ހުއްޓުވެން އެބައޮތްތޯ؟ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ޕާޓީގެ ހުރިހާ މެމްބަރުން އެއްއަޑަކުން ސާފްކޮށް އެކަމާ މަސައްކަތްކުރައްވަން ތައްޔާރަށް ތިބިއްޔާ އަޅުގަނޑުމެންނަށް އެކަން ކާމިޔާބުކުރެވޭނެ. އަޅުގަނޑުމެންވަނީ ނޮވެމްބަރު 10 ގަޔާއި އަދި އޭގެކުރީގެ އެހެން އިހްތިޖާޖުތަކުގައި މިކަންކަން ހުރިމަގު ތަޖްރިބާކޮށްފަ. އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑުމެންނަށް ނެތްމަގެއްކަމަށް އަޅުގަނޑުމެން ބަލައިގެން ނުވާނޭ.

ވީ ޓީވީ: އަޅުގަޑު ޒީނަތު ޒާހިރު ވީ ޓީވީން، އަޅުގަޑުމެންނަށް އަޑުއިވިފައޮތީ އެމްޑީޕީގެ އިސްމެންބަރުންގެ ތެރޭގަ އިއްތިހާދުން އެއް ކެންޑިޑޭޓް ނެރުމާމެދު ދެބަސްވެފަ އޮތްކަމަށް މީ ކިހާވަރެއްގެ ހަގީގަތެއްތޯއޭ؟ އަދި ހަމަ މިއާއެކީގަ އެމްޑީޕީ ޕްރައިމަރީ ރޭހުގަ ހޮވާ ކެންޑިޑޭޓަކު އިއްތިހާދުން ހޮވާ ކެންޑިޑޭޓެއް ގޮތަށް ހަމަ ނުޖެހިއްޖެނަމަ ދެން ތިބޭފުޅުން ކަންތައް ކުރައްވާނީ ކޮން ގޮތަކަށްތޯއޭ؟

ޑރ. މުނައްވަރު: އެގިވަޑައިގަންނަވާނެ ފަދައިން އަޅުގަޑުމެން ސިޔާސީ ޕާޓީތަކާއެކުގަ ވާހަކަ ދައްކާ ސިޔާސީ ޖަމާއަތްތަކާއެކު ވާހަކަ ދައްކާ އެއްގަލަކަށް އަޅުގަޑުމެންނަށް އެރުނީ ދެން ގާނޫނުއަސާސީ އިސްލާހުކޮށް ނިމިގެން ދެން ބޭއްވޭ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި، އެހެންނަމަވެސް އިއްތިހާދު ހެދުމާއެކު ރައްޔިތުންގެ ތެރެއިން އެކަން ބަލައިގަތީ ރަގަޅު ވަރަށް ހެޔޮގޮތުގައި އަދި ވަރަށް އުންމީދުތަކަކާއެކުގަ، އެގޮތަށް ބަލައިގަތުމާއެކުގަ އަޅުގަޑުމެންގެ އިއްތިހާދުގަ ހިމެނޭ ޕާޓްނަރުންގެ ތެރޭގަ ވާހަކަދެކެވެންފެށީ އެއް ކެނޑިޑޭޓަކު ނެރުމާ ބެހޭގޮތުން، އެކަން އަދިވެސްއޮތީ އެގޮތަށް، އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ގެންދެވި ގައުމީ މަޖިލީހުން ނިންމާފަވަނީ އެމްޑީޕީގެ ފަރާތުން އެކަމަށް މަރުހަބާ ކިޔާކަމަށް އެއީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް މަރުހަބާ ކިޔާކަމަށް، ދެން އެހެން ނަމަވެސް އިތުރަށް މިމަޝްވަރާ މިކަމާ ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމާނީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާނެ ކެންޑިޑޭޓަކު ނެރުމަށް ފަހުގައިކަމަށް، އެއީ އެމްޑީޕީގެ އެކަން އޮތްގޮތަކީ މިވަގުތު،

ރީކޯ މޫސަ: އާދެ އަޅުގަޑުވެސް ދަންނަވަން އޮތީ އެގޮތަށް، އެމްޑީޕީގަ އަދި ވަކި ނިންމުމެއްގަ އަޅުގަޑުމެން އެންމެފަހުން ބޭއްވި ގައުމީ މަޖިލިސްގަވެސް ނިންމާފައެއްނެތް، އެމްޑީޕީގެ ފަރާތުން ޕާޓީތަކާ ވާހަކަދައްކާ ހުރިހާ ޕާޓީތަކެއް އެކުގަ ވާހަކަދައްކަމުން ގެންދިޔައީ، ގާނޫނުއަސާސީގަ އިންތިގާލީ މަރުހަލާއެއް ގެނައުމަށްޓަކައި އިންތިގާލީ ސަރުކާރެއް އުފެއްދުމަށްޓަކައި، އަދި އަޅުގަޑަށް އެގިގެން ހުރިހާ ޕާޓީތަކުގެ ތެރޭގަ އިންތިގާލީ ގޮތުން ވެރިޔަކު ނެރުމަށްޓަކައި މަސައްކަތްކޮށް ވާހަކަ ދައްކާ ގޮތަކަށް ނިމިފައެއްނެތް، އެހެން އަޅުގަޑުމެން ބަލައިލާއިރުގައި މިދެންނެވި އިންތިގާލީގަ ބައިވެރިވެފަތިބި މިދެންނެވި އިއްތިހާދުގެ ވަރަށްގިނަ ފަރާތްތަކަކުން އެބޭފުޅުންވެސް އެބަ ކެމްޕޭން ކުރައްވަމުންގެންދަވާ ވަކިވަކި ޕްރެޒިޑެންޓުންގެ ގޮތުގައި އައުމަށްޓަކައި މިދެންނެވީ ކުރިމަތިލުމަށް ރިޔާސީ އިންތިހާބަށް. އެހެންވީމަ އަޅުގަޑަށް ހީވަނީ އަޅުގަޑުމެންގެ މި މަސައްކަތް ނިމުމަށްފަހުގަ ހޮވޭ މީހަކާއެކީގަ އިށީނދެ އަދި ވާހަކަދެއްކުމުގެ ފުރުސަތު އެބައޮތްހެން، އެއީ އެއްކަންތަން. ދެން ވިދާޅުވި އެހެން ނުވެއްޖިއްޔާ ކިހިނެއްތޯ ހަދާނީ އެމްޑީޕީ އަބަދުވެސް ނިކުންނާނީ އެމްޑީޕީގެ ފަރާތުން. ދެން އެހެންބަޔަކާ ގުޅިގެން މަސައްކަތްކުރަން ނިކުތުމުން އެހެން ބަޔަކު އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ނެތިއްޔާ އަޅުގަޑުމެން ނިކުމެ މަސައްކަތްކުރާނީ އަޅުގަޑުމެންނަށް ލިބިފައޮތް ކާމިޔާބެއް ހޯދުމަށްޓަކައި އެކަން އަޅުގަޑުމެން ކުރަންޖެހޭނެ، އެކަން އެގޭނެ އެންމެފަހުން ބޭއްވުނު ފެންނަ ނުފެންނަ ވޯޓުގަވެސް އެމްޑީޕީ އެކަނި ޕާޓީއެއްގެ ގޮތުގަ އޮވެ އެހެންހުރިހާ ޕާޓީތައް ގުޅިގެންވެސް އަޅުގަޑުމެން އޮންނާނެ ކާމިޔާބުތަކެއް ހޯދާފަ، އެހެންނަމަވެސް މިއަދު އަޅުގަޑުމެން ބޮޑަށް އިސްކަންދިނުން އެންމެރަގަޅީ މިދަންނަވާގޮތަށް ޝުކުރިއްޔާ،

އަންނި: އަޅުގަޑުމެންނަކަށެއް ނެތް ބަލިވެވޭކަށް އަޅުގަޑު މިއިންތިހާބާ ކުރިމަތިލާ މިހުރީ އެއް ކެންޑިޑޭޓް ނެރުމުގެ އުންމީދުގައި އަޅުގަޑު ވަރަށް ސާފުކޮށް ދަންނަވަމުން މިދަނީ ކުރިއަށްޖެހެން ޖެހޭތަނުގަ އެމްޑީޕީ ކުރިއަށް ޖެހެންޖެހޭނޭ، އަދި ފަހަތަށް ޖެހެން ޖެހޭތަނުގަ އެމްޑީޕީ ފަހަތަށްޖެހެން ތައްޔާރަށް ތިބެންޖެހޭނޭ، އެމްޑީޕީގެ އަމާޒަކަށް ވާންވާނީ އިސްލާހޭ، އަދި މި އިންތިހާބަށްފަހު ޕާޓީއެއީ ހަރުދަނާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދިވެހި ވެރިކަމުގެ ތެރޭގައި ބަނދަރުވެފައި އޮތުމޭ، އެކަން ކުރުމަށްޓަކައި އަޅުގަޑުމެން މިވަގުތު ކުރަންއޮތް ކަމަކީ ވެރިކަމުގެ ދަހިވެތިކަމުގަ ދުއްވައިގަތުންތޯ ނުވަތަ އަޅުގަޑުމެން ކުރިމަތީގަ އެބައާދޭ ތިން އިންތިހާބު، ހަތަރު އިންތިހާބު އެބަހުޅުވޭ، ރައްޔިތުންގެ މަޖިލީހުގެ 74 ގޮނޑީގެ އިންތިހާބު، އިރާދަކުރެއްވިއްޔާ އަތޮޅު ކައުންސިލްތަކުގެ އިންތިހާބާ، ރަށު ކައުންސިލްތަކުގެ އިންތިހާބު، އޭގެ އިތުރަށް މިއަންނަނީ ރިޔާސަތު، އަޅުގަޑުމެން މިކުރާ ސުވާލަކީ ސިޔާސީ ބަރުދަންހުރީ އާ އިސްލާހުކުރެވޭ ގާނޫނުއަސާސީގައި ކޮންތަނެއްގައިހޭ، ރިޔާސަތުގައިހޭ، ރައްޔިތުންގެ މަޖިލީގައިހޭ، އަތޮޅު ކައުންސިލްތަކުގައިހޭ، ރަށު ކައުންސިލް ތަކުގައިހޭ، އަޅުގަޑުމެންނަށް ވަރަށް ސާފުކޮށް އެބައެނގޭ ރިޔާސަތު އެއީ ހުރިހާއެއްޗެއް ނޫންކަން، އެހެންވީމަ އަޅުގަޑަށް މީގައި ދެކެވޭ ގޮތަކީ އަޅުގަޑުގެ ނަޒަރުގައި ޕާޓީއަށް އެންމެ ރަގަޅު ގޮތެއްކަމަށް ދެކެވިދާނެ އެއްގޮތަކީ އެއީ އެއް ކެންޑިޑޭޓު ނެރުމުގައި އަޅުގަޑުމެންނަށް ހަމަ ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުން އެގޮތުން އަޅުގަޑު އުންމީދުކުރަން މިއިންތިހާބުގެ ފަހުން ޕާޓީގެ ކޮންގްރެސްއެއް ބާއްވާ ޕާޓީގެ މެންބަރުން މިކަމާ ގުޅޭގޮތުން ފުރިހަމައަށް ބަހުސްކޮށް ގޮތެއް ނިންމަވާނެކަމަށް، އަޅުގަޑު އުންމީދުކުރަނީ އަދި އަޅުގަޑު ޔަގީންކުރަނީ އަޅުގަޑުމެންނަށް މިފަހަރު އެއް ކެންޑިޑޭޓާއެކީ ނުކުމެ މައްޗަންގޮޅި ކިނިބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމު މިއިންތިހާބުގައި ބަލިކުރެވޭނެކަމަށް،

ފިޔެސް މަޖައްލާ: އަޅުގަޑު މުހަންމަދު އަބްދުﷲ ޝަފީގު، އަޅުގަޑުގެ ސުވާލަކީ ތިންބޭފުޅުންވެސް ވާދަކުރައްވަމުން ތިގެންދަވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް. ދެން ކޮންމެ ބޭފުޅެއްގެ ފަހަތުގަވެސް އެބަތިބި އެމްޑީޕީގެ ތާއީދުކުރާ ބަޔަކާ އަދި ނުކުރާ ބަޔަކާ، ބައެއް މީހުން އެބަބުނޭ ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކާ ދިމާއަށްވެސް ތީ ވެރިކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އަންނަން އެކަށީގެންވާ މީހެއްނޫނޭ، އެގޮތަށް އެބުނާ މީހުންނާ ދިމާއަށް ނޫނީ ތިބޭފުޅުން ވެރިކަމަށް އަންނަން ތިބޭފުޅުން އެކަމަށް ޝަރުތުހަމަވާކަމަށް ދެކެވެންއޮތް ހަގީގަތަކީ ކޮބައިތޯއޭ؟ ކޮންމެ ބޭފުޅެއްވެސް ވަކިވަކިން ވިދާޅުވެދެއްވިއްޔާ އެއީ އަޅުގަޑުގެ ސުވާލަކީ؟

އަންނި: ކީއްވެތޯއޭ އަޅުގަޑު ވެރިކަމަށް ރަގަޅީ، އަޅުގަޑަށް ވެރިކަން ކުރެވޭނެކަމަށް ދެކެވެނީ، ސުވާލަކީ އަޅުގަޑު ހިތުން އެއީ، ފުރަތަމަ އަޅުގަޑު ވަރަށް ސާފުކޮށް އެބަ ފާހަގަކުރަން އަޅުގަޑުމެން ވެރިކަމަށް އަންނާންވެގެން މިއުޅެނީ ޕާޓީއެކޭ، އަޅުގަޑުމެންނަށް މިރާއްޖޭގައި އިސްލާހީ މަސައްކަތުގައި މިއަދާ ހަމައަށް ދިމާވެފައިހުރި ހުރަސްތައް ދިމާވެފައި މިހުރީ ސިޔާސީ ޕާޓީއެއްގެ އިންތިޒާމު ވާދަވެރިކަމުގެ ތެރޭގައި ބޭނުން ނުކުރެވޭތީވެ، އަޅުގަޑުމެން ނުކުމެ ކުރަންމިއުޅެނީ ޕާޓީއެއްގެ ވެރިކަން، ތެދުފުޅެއް، އަޅުގަޑުގެ ކިބަޔަކުނެތް، ޚުދުމުޚުތާރު ވެރިކަމެއްކުރާނެ ތަޖުރިބާއެއްވެސް، އެފަދަ ވެރިކަމެއް ކުރާނެ ހުނަރެއްވެސް، އަޅުގަޑުމެން ނުދެކެން ދިވެހި ވެރިންނަކީ ގަދަރާ ކަރާމަތާ، އިއްޒަތުގެ ދުއްޔެއްގެ ތެރޭގައި ފޮރުވިފައިތިބޭ ބަޔަކަށްވާންޖެހޭނެ ކަމަކަށް، އަޅުގަޑުމެން މިދެކެނީ ދިވެހި ވެރީންނަކީ ސާދާކޮށް ރައްޔިތުންނަ އެކީގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި، ރައްޔިތުންނާ ގާތުން ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަންކުރާ ބަޔަކަށް ވާންޖެހޭނޭ، އަޅުގަޑުމެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މިރާއްޖޭގެ ދެން ވެރިކަމަށް އެންމެ މުހިންމުވާ ހަގީގަތުގައި އެއްސަބަބަކީ ރާއްޖެ މިދަނީ ވަރަށްބޮޑަށް ދަރަނިވެރިވަމުން، ރާއްޖެ މިއަދުވަނީ ވަރަށްބޮޑަށް ބޭރު ގައުމުތަކުގެ އެހީތެރިކަމަށް ބޭނުންވެފަ، އަޅުގަޑުމެންގެ މާލީ ކަންކަން މިދަނީ ދުވަހެއް ދުވަހަކަށް ފާލުން ނައްޓައިގެން، އެމްޑީޕީން ނޫނީ އެއްވެސް ސިޔާސީ ޕާޓީއެއްނުވާނެ ބައިނަލްއަގުވާމީ ސިޔާސީ ޕާޓީތަކުގެ އާއިލާގެ ތެރޭގައި، ޖަމާއަތުގެ ތެރޭގައި، ހިމެނޭ، އަޅުގަޑުމެންނަކީ ކޮންޒަވާޓިވް ފިކުރުގެ ކޮންޒަވަޓިވް އާއިލާގެ ޕާޓީއެއް، އަޅުގަޑުމެން ޕާޓީއާ ދުނިޔޭގެ އެހެން ޕާޓީތަކާ ގުޅުން އެބަހުރި، އަޅުގަޑުމެންނަށް މިރާއްޖޭގެ ތަރައްގީއަށާ، ރާއްޖޭގެ ސަލާމަތަށް އެހީތެރިކަން ހޯދޭނެ އެގިވަޑައިގަންނަވާނެ މިއަދާ ހަމައަށް އައިއިރުގައި ބޭރުގެ ހިލޭ އެހީއާ އަދިވެސް ލޯނު އެހީވެސް މާލީ އިދާރާތަކުން ލިބޭ މިންވަރު މިވަނީ ވަރަށްބޮޑަށް ކުޑަވެފަ.

ރީކޯ މޫސަ: އާދެ އަޅުގަޑު ދަންނަވާލަން އޮތީ އަޅުގަޑަށް ވެރިކަން ނުކުރެވޭނޭ އެވިދާޅުވާ ބޭފުޅުން އާޚިރުގަ އަޅުގަޑުގެ ސަޕޯޓަރުންނަށް ވެގެންދާނޭ، ދެން އެމްޑީޕީގަ ފުރަތަމަ އުފައްދަން ސިޔާސީ ޕާޓީއެއްގެ ގޮތުގަ ނިކުތީމަވެސް ވަރަށްގިނަ ބޭފުޅުން ރާއްޖޭގަ އެކަންކަން ނުކުރެވޭނެކަމަށް ބުނަމުންދިޔަ މީހުންގެ ތެރެއިން ވަރަށްގިނަ މީހުން މިހާރުތިބީ ޕާޓީގަ، ދެން އެމްޑީޕީގެ ފަރާތުން އަޅުގަޑުމެން ރައްޔިތުންގެ މަޖިލިސްގަ ކުރަންފެށި މަސައްކަތްތަކަށް ކާމިޔާބު ނުހޯދޭނޭ ބުނި ފަރާތްތައްވެސްތިބީ، އެހެންނަމަވެސް އެފަރާތްތައްވެސް މިއަދު ގަބޫލުކުރޭ އަޅުގަޑުމެން ކާމިޔާބު ހޯދަފާނެކަމަށް، ދެން އަޅުގަޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ މެންބަރުންގެ ތެރޭގަ އަޅުގަޑަށް ވެރިކަން ނުކުރެވޭނެކަމަށް ދެކޭ އެންމެންނަކީ އަޅުގަޑަށް ހިތްވަރުދޭ މީހުން ކަމަށްވާތީ އަޅުގަޑު ދަންނަވާނީ އެމްޑީޕީގެ މެނިފެސްޓޯއާ އެއްގޮތަށް ދިވެހިރާއްޖޭގަ މިހާރު އިސްލާހު ކުރެވޭ ގާނޫނުއަސާސީއާ މިހާރު މުޅިގާނޫނުތަކާ އެއްގޮތަށް ވެރިކަން ކުރުމުގެ ގާބިލުކަމާ ޖޯޝް އަޅުގަޑު ގައިގަ ހުރީމަ އަޅުގަޑު ކެރިގެން ނުކުމެ ހުރީމަ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ތެރެއިން ބަލާނޭ އަޅުގަޑުމެން ތިންމީހުންނަކީ ކުޑަކޮށް ތަފާތުކޮށް މިކަމަށް ނިކުމެ ތިބި ބައެއްކަމަށް، އަދި އޭގެތެރެއިން އަޅުގަޑަށްހީވަނީ އަޅުގަޑު ތަފާތު މީހެއްގެ ގޮތުގަ ބަލާފަ އަޅުގަޑު ކަންނޭގެ ހޮވޭނީ. (ނުނިމޭ)

މީޑިއޭޓަރ: ޝުކުރިއްޔާ ޑރ. މުނައްވަރު

ޑރ.މުނައްވަރު: އަޅުގަޑުމެން ފުރަތަމަ ކުރިމަތި ލައިގެން އަޅުގަޑު ގަބޫލެއް ނުކުރަން އަޅުގަޑުމެން ވާދަކުރަމުން މިދަނީކީއެއް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށްކަމަށް. މިވަގުތު، މިމަރުހަލާގަ، އަޅުގަޑުމެން މިމަރުލަހާގަ ވާދަކުރަމުން މިގެންދަނީ ޕާޓީތެރޭގަ އަޅުގަޑުމެން މިހަދާފަމިއޮތް އެމްޑީޕީ ތެރޭގަ. އެމްޑީޕީގެ ފަރާތުން ރާއްޖޭގަ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކޮށް އިންތިހާބުގަ ބައިވެރިވެގެން ކަންތައްކުރާނެ މީހަކު ހޮވުމަށް ބާއްވާ ޕާޓީތެރޭގެ އިންތިހާބަކަށް. މިއީ މިރާއްޖޭގަ މިހާރު ތައާރަފުވެފަ މިއޮތް ސިޔާސީޕާޓީތަކުގެ މަޝްރަހުގައި ބަދަލުވަމުން މިދާ ސިޔާސީ ކަންތައްތަކުގެ ތެރޭގަ އެކި ކަންކަމަށް ކުރިމަތިލާ މީހުންނާ ދިމާއަށް ބުނެވެން ޖެހޭނެ ތިވިދާޅުވިހެން ކަމަށް އެކަށޭނަނުވާ މީހެކޭ. ކޮންމެވެސް ބަޔަކަށް ބުނެވެން ޖެހޭނެ. ހަމަ މިޔާއެކުގައި އެހެން ބުނެވިގެން ކަންނޭގެ އަޅުގަޑުމެން ބޭނުންވާގޮތަށް ވާދަވެރިކޮށް އިންތިހާބު ބާއްވާ އެމީހެއްގެ ގާބިލުކަން ސާބިތުކޮށްދީގެން އެމީހަކަށް އެމީހަކު ކުރިމަތިލާ މަގާމަކަށް އެމީހަކު އިންތިހާބު ކުރެވޭނީ. އަޅުގަޑުމެން މިހާރު މިއޮތް މަޝްރަހުގައި އަޅުގަޑުމެން މިއުޅެނީ އެއްވެސް ހާލެއްގައި އަމިއްލައަށް ވޭތުވެދިޔަ 30 އަހަރުދުވަހުގެ ތެރޭ ރާއްޖޭގަ އޮތް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފަދަ މަގާމަކަށް ދިޔުމަކަށްނޫން. އަޅުގަޑުމެން މިދަނީ ވާދަވެރި މަޝްރަހެއްގެ ސިޔާސީ މަޝްރަހެއްގެ ޕާޓީތަކުގެ ހަރަކާތްތަކުގެ ތެރޭގަ އަދި ފުޅާވެ ހަރުދަނާވެފައޮތް ރައްޔިތުންގެ މަޖިލިހެއްގަ އެރައްޔިތުންގެ މަޖިލީހުން ވެރިކަމުގަ ތިބޭ ބަޔަކު ކޮންޓްރޯލްކުރާ މަޝްރަހެއްގަ އެންމެން އެކުވެގެން ގައުމުގެ މަސްލަހަތައް މަސައްކަތްކުރާ ރޫހެއްގަ މަސައްކަތްކުރުމަށްޓަކައި. އެހެންވީމަ ވަރަށް ތަފާތު ވާހަކަތަކެއް އެވިދާޅުވަނީ ފަހަރެއްގަ އެހެން ވިދާޅުވާ ބޭފުޅުން އެވިދާޅުވަނީ ވެދާނެ މައުމޫނު އަބްދުލްގައްޔޫމް ވެރިކަން ކުރެއްވިގޮތަށް ކުރުމަށް އެކަށީގެން ނުވާކަމަށް. އެހެންކަމަށް ވެއްޖިއްޔާ އެވަނީ ހަމަ ހަގީގަތަކަށް. ޝުކުރިއްޔާ.

މީޑިއޭޓަރ: އާދެ ޝުކުރިއްޔާ ނިމިގެން މިދިޔަ ސުވާލަށް ޖަވާބު ދެއްވިއިރުގަ އެންމެ ފުރަތަމަ ޖަވާބު ދެއްވީ އަންނި. އަންނި ޖަވާބު ދެއްވީ ދެ މިނިޓް 18 ސިކުންތު. އަދި އޭގެފަހުން މޫސަ، މޫސަ ޖަވާބުދެއްވީ އެއް މިނިޓަށް އަދި އޭގެފަހުން ޑރ.މުނައްވަރު ޖަވާބުދެއްވީ އެއްމިނިޓް ތިރީސްހަތަރު ސިކުންތަށް. ދެން އަޅުގަޑު ސުވާލު ހުޅުވާލާނީ ދި އެފްއެމްއަށް.

ދި އެފްއެމް މިގްދާދު: އާދެ، އަޅުގަޑުގެ ސުވާލަކީ ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ހާލަތަށް ބަލާއިރު، އިންފްލޭޝަން ރޭޓު މިދަނީ ދުވަހެއް ދުވަހަކަށް މަތިވަމުން. ބޭރުގެ ދަރަނި މިދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން މިހާލަތުގަ ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާލަތުގައޮއްވާ ތިބޭފުޅުންނަށް އިގްތިސާދު ނެގެހެއްޓިދާނެތޯ އަދި އެކަން ކުރުމަށް ތިބޭފުޅުން ގެންގުޅުއްވާނެ ސިޔާސަތު ތަކަކީ ކޮބައިތޯ؟ ޝުކުރިއްޔާ.

މީޑީއޭޓަރ: އާދެ އަންނި

އަންނި: އިގިވަޑައިގަންނަވާނެ އިންފްލޭޝަންއަކީ މަދު މުދަލެއް ފަހާ ގިނަ އަދަދެއްގެ ފައިސާ ދިއުން. މުދާ އަގުބޮޑުވެގެން މިދަނީ އިންފްލޭޝަން މާނަ މިކުރަނީ މުދަލުގެ އަގާ، މުދަލުގެ އަދަދާ އަޅުވާފަ. އަޅުގަޑުމެންނަށް ވެގެން މިއުޅޭ އެއްކަމެއްގެ ގޮތުގައި އިގްތިސާދީ މާހިރުން ވަރަށް ފުރިހަމައަށް ފާހަގަކުރަނީ ހުރި މުދަލަށްވުރެ ފައިސާ އިތުރުވީ. މިކަން މިހެން ދިމާވެގެން އުޅޭ ސަބަބެއްކަމަށް މިފާހަގަވަނީ ބަޖެޓް ބޮޑުވުމާ އަދި ކުޑަމުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑެތި ޕްރޮޖެކްޓްތަކާއި އިންވެސްމެންޓުތަކަށް ޖާގަދީ ހުޅުވާލެވުނީމަ. އަޅުގަޑުމެން އިންފްލޭޝަން ދަށަށް ގެންދަންޏާ އެއަށް އަމަލުކުރެވޭނެ ދެތިން ގޮތެއް ފެނޭ. އެއްގޮތަކީ އިމްޕޯޓް ޑިއުޓީ ކުޑަކޮށް މުދަލުގެ އަގު އެދިމާލުންވެސް ކުޑަކުރެވޭތޯ ބެލުން. އަނެއްގޮތަކީ ފައިސާ ހުރި މިންވަރަށް މުދާ އެތެރެކުރެވޭނެ ވަސީލަތްތައް ފުރިހަމަކުރުން. ދެން އެހެންނޫނިއްޔާ ފައިސާގެ އަދަދު، ފައިސާ މަނީ ސަޕްލައި ކުޑަކުރުން. ފައިސާހުރި މިންވަރު ދަށްކުރުން. އިންފްލޭޝަން ކޮންޓްރޯލްކުރާނީ ކިހިނެއްތޯ؟ ހަގީގަތުގައި އަޅުގަޑުމެން އެސުވާލުގެ ޖަވާބުގައި މިޒަމާނުގައި ވިސްނަންޏާ ވިސްނަންޖެހޭނީ މޮނިޓަރީ އުސޫލުންތޯ ކުރާނީ ނުވަތަ ކޭންސިއަން އުސޫލަކުންތޯ. އިންފްލޭޝަންއާ އަޅުގަޑުމެން ދިމާލަށް ދާނީ، އެގިވަޑައިގަންނަވާނެ އެމްޑީޕީއަކީވެސް ސެންޓަރައިޓް ނުވަތަ މެދު ކަނާތު ފިޔައަށް ބުރަވާ ޕާޓީއެއް. އަޅުގަޑުމެން ބޮޑަށް ހިޔާރުކުރާނީ މޮނިޓަރިސްޓް ޕޮލިސީއެއް. އަދި ރާއްޖޭގައި ކާމިޔާބު ވެފައިހުރީވެސް މޮނިޓަރިސްޓް ޕޮލިސީތައް. މިކަމުގަ ފާހަގަކޮށްލައްވަންޖެހޭނެ އާރިފް ހިލްމީގެ މާލީ ވަޒީރުކަމުގައި ގެންގުޅުއްވި ސިޔާސަތާ އަދިހަމަ ފާމުދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަމުގަ ގެންގުޅުއްވި މާލީ ސިޔާސަތު. މިދެ ދުވަސްވަރުގަވެސް އަޅުގަޑުމެންނަށް ބޭނުންކުރެވިފަ ހުރީ މޮނިޓަރީ ޕޮލިސީއެއް. މޮނިޓަރީ ޕޮލިސީއެއް ބޭނުންކުރީމާ އޭގެން ކާމިޔާބުވާ އެންމެބޮޑު އެއްސަބަބަކީ ކޭންސިއަން އެކޮނޮމިސްޓުން ދެކޭގޮތަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަންފެށީމާ އޭގެސަބަބުން ވަޒީފާތައް އިތުރުވެގެން އެލިބޭ ފައިދާތައް ލިބިގެންނެއްނުދޭ. ވަޒީފާތައް އިތުރުވަނީ ރާއްޖޭން ބޭރުން. އެހެންވީމާ އޭގެސަބަބުން ރާއްޖެއަށް އިގްތިސާދަށް ވަރަށް ފައިދާ ކުޑަކަމަށް އިގްތިސާދީ މާހިރުން މިކަމުގަ ވަރަށް ބޮޑަށް ފާހަގަކުރޭ. އެހެންވީމާ ތިކުރެއްވި ސުވާލުގެ ސީދާ ޖަވާބުގަ ވަރަށް ގިނަ ގޮތްގޮތް ހެދެން އެބައޮތް އިންފްލޭޝަން ކުޑަކުރެވެން މަނީ ސަޕްލައިވެސް ދަށްކުރެވިދާނެ. ނުވަތަ މުދާވެސް އިތުރު ކުރެވިދާނެ.

މީޑިއޭޓަރ: އާދެ ޝުކުރިއްޔާ 2 މިނިޓް 15 ސިކުންތު މޫސަ،

މޫސަ: އާދެ އަޅުގަޑުމެންގެ ދަރަނި މިއަހަރު މިއުޅެނީ ސާޅީސް ނުވައެއް އިންސައްތަ. އެއީ ބޭރުގެ ދަރަނި. އުޅޭއިރުގައި އަޅުގަޑުމެންގެ ތެރޭގަ މިއަދު ވިޔަފާރިތައް އެބަހުރި ވިޔަފާރީގެ ގޮތުގަ މަސްތުވާތަކެތީގެ ވިޔަފާރިއަކީ ރާއްޖެއަށްލިބޭ އާމްދަނީގެ ތެރެއިން ބޮޑުބައެއް. މިހާރު އަޅުގަޑު ދަންނަވާނީ ރައްޔިތުންނަށް ބޭނުން ނުކުރެވި މަދުބަޔަކަށްޓަކައި ބޭނުން ކުރަމުންދާ ވަރަށް ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ މިހާރު ހުރި ސިސްޓަމުގެ ތެރޭގަ ފައިސާ ކޮންޓްރޯލު ކުރެވޭނެގޮތެއް ނެތް. ދެން އަޅުގަޑުމެން ހަމަގައިމުވެސް އަޅުގަޑު މިކަން އެމްޑީޕީގެ ފަރާތުން ރައީސަކަށް ކުރިމަތިލާއިރު އެމްޑީޕީގެ މެނިފެސްޓޯގަ އެބައޮވޭ މަނިޓަރީގެ ސިޔާސަތެއް ގެންގުޅޭނެގޮތެއް. އެހެންނަމަވެސް މިއަދު އަޅުގަޑުމެން ބަލައިލަންޖެހެނީ ކޮބައިތޯ މީހުންގެ އަތްމައްޗަށް ފައިސާ ނާރާ މަދުބަޔަކު ކޮންޓްރޯލް ކުރުމަށްފަހުގަ މިއަދުހުރި ހުރިހާ ލާރިއެއް އެއްކޮށް ސަރުކާރުން ގަސްދުކުރަނީ ކެމްޕެއިނަކަށްޓަކައި ނުވަތަ ސަރުކާރުގެ ހައިބަތު ގަދަކުރުމަށްޓަކައި ކަންތައްތަކެއްކުރަން. އެގޮތުން މިއަދުން މިއަދަށް ކުރަމުން އެބަގެންދޭ އައްޑިހަ ނުވަދިހަ ބަނދަރު ހެދުމުގެ މަސައްކަތް. އެއާ ޚިލާފަށް ރައްޔިތުން އަތަށް ލާރިއަރާނެ އެއްވެސްގޮތެއްނެތް. ދެން އަނެއް ކަމަކީ ސީދާ ވިޔަފާރިކުރާ މީހާ އަތުން ނަގަންޖެހޭ ޓެކްސް މުޅި ރައްޔިތުން އަތުން ނެގޭނެ ސިސްޓަމެއް ރާއްޖޭގަ ކަނޑައެޅިފަ މިހާރު އޮތީ. އޭގެތެރޭގަ ސަރުކާރުންނަގާ ޑިޔުޓީ ވަރަށް ބޮޑަށް ފާހަގަކުރަމުންދޭ. ދެން އޮތީ މަސްވެރިކަމުގެ ސިޔާސަތުގެ ތެރޭގަ ހަމައެކަނި ދަންނަވާލަން ބޭނުން ވަނީ މިއަދު ސަރުކާރުގެ ސިޔާސަތު އޮތީ މަސްވެރިންނަށް މަސްވިއްކައިގެން. އޭގެ ފައިދާވާނެގޮތަށްވުރެ ބޮޑަށް މަސްވެރިންނަށް ވިއްކާ އިންޖީނަށް މަސްވެރިންނަށްދާ ތެލުން ސަރުކާރަށް އޭގެ ފައިސާ ނަގާނެ އުސޫލެކޭ. ހަމައެހެން ރާއްޖޭގެ ހުރިހާ ދާއިރާއެއްގަވެސް ހުރީ. އެހެންވީމަ އަޅުގަޑު އެގޮތަށް މިދެންނެވި ސިޔާސަތުގެ ތެރެއަށް ބަލާއިރުގައި ގިނަ އަދަދެއްގެ މީހުންނަށް ފައިސާ މިދެންނެވީ ލާރި ލިބޭނެ ވަސީލަތްތަކެއް ހަމަޖައްސައިދީގެން ކުރިއަށް ގެންދެވޭނެކަން އަޅުގަޑު ދެކެނީ. ރާއްޖޭގެ އިގްތިސާދު ދެން މިހާރު ހަރުދަނާ ކުރެވޭނީ އެއީ މިރާއްޖޭގަ ހުރި ބޭރުފައިސާ ގަނެވިއްކުމަށް ބޭރު ފައިސާއާބެހޭ އެއްވެސް ގަވައިދެއް ނެތީމަ އަޅުގަޑުމެންނަށް ލިބޭ ބޭރު ފައިސާގެ ބޮޑުބައެއް އަޅުގަޑުމެންގެ ތެރޭގަ މަސައްކަތްކުރާ މީހުންނަށްވެސް އެބަދޭ. ދެން ތެދުތެދަށް ދަންނަވަންޏާ ގާނޫނުގެ ވެރިކަމެއް ނުކުރެވުމުގެ ސަބަބުން ވަރަށް ބައިވަރު ލޫޕްހޯލްތަކެއް އެބަހުރި ފައިސާ އެކި ގޮތްގޮތަށް ނިކުމެގެންދާ. އެހެންވުމުގެ ސަބަބުން އަޅުގަޑުމެންގެ ރައްޔިތުންނަށް މުދަލުގެއަގު ބޮޑުވެ އަތްނުފޯރާ ހިސާބަށްގޮސް ހުރިހާކަމެއް މެދުވެރިވާ މިހާރު ޖެހިފަ މިއޮތީ. އެހެންވީމަ މިކަން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ އަޅުގަޑުމެންގެ ތެރޭގަ މިއޮތް ގާނޫނު ހަރުދަނާކޮށް ސަރުކާރުން ހުރިހާ ގާނޫނަކަށް ހަމައެކަނި މަނިޓަރީ ގާނޫނުފިޔަވާ ހުރިހާ ގާނޫނަކަށް ރައްޔިތުން އަހުލުވެރިކުރުވާ ހާއްސަކޮށް ވިޔަފާރިތަކުގަ ބޭނުންކުރެވޭ ގާނޫނުތަކަށް ބޯލަނބުމަށް އަދި މިހާރު އިތުރުކުރާ ގާނޫނުތަކެއް ހަދައިގެން ރާއްޖެއަށް ގެންނަ ފައިސާ ހިފެހެއްޓޭނެ ގޮތެއް ހަދަންވީ. އަޅުގަޑު މިސާލަކަށް ދަންނަވާލަފާނަން ރާއްޖޭގަ މިހާރު ހުރި ބައިނަލްއަގްވާމީ ހޮޓަލް ޗޭންތަކުގަ އެއްވެސް ހޮޓަލަކުން ސަރުކާރަށް ޑައިރެކްޓްކޮށް ގެސްޓުން ގެނެވޭނެ އެއްވެސްގޮތެއް ނޯންނާނެ. ތިންވަނަ ޕާޓީއެއްގެ ނަމުގަ ކުއްޔަށް ހިފައިގެން އެތަންތަން ކުރިއަށް އެގެންދަނީ.

މީޑިއޭޓަރ: އާދެ، ޝުކުރިއްޔާ، 2 މިނިޓް 15 ސިކުންތު، މުނައްވަރު

ޑރ.މުނައްވަރު: މިދިޔަ އަހަރު 2007 ވަނައަހަރު ނިމިގެން ދިޔައިރު ރާއްޖޭގައި އިންފްލޭޝަން ރޭޓް ހުރިކަމަށް ސަރުކާރުގެ ރަސްމީ ދާއިރާތަކުން ބުނަނީ 6.7 ޕަސެންޓް، އަހަރު ފެށުމާއެކު 2008 ވަނަ އަހަރު ފެށުމާއެކު ބައިނަލްއަގުވާމީ މާލީ ދާއިރާތަކުން އަޅުގަޑުމެންނަށް އިންޒާރު ދޭންފެށި އެ އަދަދު އަހަރު ދެމިގެންދާ ގޮތުން ބޮޑުވަމުންދާނެ ވާހަކަ މައްސަލައަކީ. ހަގީގަތުގަ ދިވެހިރާއްޖޭގެ އިގްތިސާދު ގައުމީ އިގްތިސާދެއްގެ ގޮތުގަ ބައްޓަންކުރެވިފަ ނެތްކަން ދިވެހިރާއްޖޭގެ އިގްތިސާދު ބިނާކުރެވިފަ އޮތީ އެންމެ ބޭރު ފައިސާ ލިބޭނެ މައިގަނޑު ދެވަސީލަތަށްކަމަށްވެފަ އޮތުން. ޓޫރިޒަމާ، މަސްވެރިކަން، ރާއްޖޭގެ އިގްތިސާދު ފުޅާކުރަންވާ ވަރަށް ފުޅާ ނުކުރެވުން. އަޅުގަޑުމެންނަށް ދެން ފެންނަން އޮތީ ދިވެހިރާއްޖޭގަ މިހާރު އިގްތިސާދު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރާނީ ކިހިނަކުންތޯ. ހަގީގަތުގަ އަޅުގަޑުމެންނަށް ކޮސްމެޓިކް ޗޭންޖާޒް ނުވަތަ އަޅުގަޑުމެންނަށް ފެންނަ ފެނުމުން ކުދިކުދި ބަދަލުތަކެއް ގެނެސްގެން އެކަން ކުރެވޭކަށްނެތް. އަޅުގަޑުމެން ކުރަންޖެހެނީ ދިވެހިރާއްޖޭގެ އިގްތިސާދު އޭގެ މުލުން އަޅުގަޑުމެން ބަދަލުކޮށް އޭގެ އަސާސް ރަގަޅުކުރަން ޖެހޭނީ. އެގޮތަށް ބަލާއިރު އަޅުގަޑުމެން އެބަޖެހޭ މިހާރު ރާއްޖޭގަ ހިނގަމުންދާ އިގްތިސާދީ ކަންކަން ހަރަކާތްތައް ފުޅާކޮށް އިތުރު ހަރަކާތްތަކެއްގަ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ބައިވެރިވެވޭނެ. އަޅުގަޑުމެން ރާއްޖޭގެ އިންފްލޭޝަން އިތުރުވާ އެއްސަބަބަކީ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިވަމުންދާވަރާ އެއްވަރަށް އަޅުގަޑުމެންގެ ރައްޔިތުން އާމްދަނީ ނުލިބޭކަން. އަޅުގަޑުމެން އެހެންކަމަށްވާނަމަ އަޅުގަޑުމެން ކޮންޓްރޯލްކުރަން ޖެހެނީ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އާމްދަނީ ލިބޭނޭ މަގު ތަނަވަސްކޮށްދީގެން އޭގެ ވަސީލަތްތައް ގާއިމްކޮށްދީގެން. އަދި އިގްތިސާދީ ހަރަކާތްތައް ފެށުމަށް ބޭނުންވާ ފައިސާ ހޯދައިދީގެން ލިބޭނެ މަގު ތަނަވަސް ކޮށްދީގެން، ހަމައެއާއެކުގައި މިވަގުތަށް ބަލާކަމަށް ވެއްޖިއްޔާ އަޅުގަޑުމެންގެ އިންފްލޭޝަން ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ހުއްޓާލުމަކީ ވަރަށް މުހިންމުކަމެއް ޝުކުރިއްޔާ.

މީޑިއޭޓަރ: އާދެ ޝުކުރިއްޔާ މިނިވަންނޫސް

މިނިވަންނޫސް: އަޅުގަޑު އައިންތު މިނިވަނުން އިގޭތޯ އަޅުގަޑުގެ ސުވާލު ތިންބަޔަކަށް ބަހާލާފަ މިއިނީ ފުރަތަމަ ބައިގަ މިއިންނަނީ ވިޔަފާރިކުރައްވާ ވާހަކަ ކޮންމެވެސް ވަރަކަށް ވިދާޅުވެއްޖެ. ބައެއް ބޭފުޅުން ދެން ތިންބޭފުޅުންނަށްވެސް އަޅުގަޑު ސުވާލަކީ ކުރައްވާ ވިޔަފާރިއަކީ ކޮބައިތޯއާ ވިޔަފާރީގެ ހިއްސާދާރުންނަކީ ކޮބައިތޯއާ އަދި ކިހާވަރެއްގެ ހިއްސާއެއްތޯ ތީން ކޮންމެ ބޭފުޅެއް އޭގަ ހިމެނިފައި ވަނީ. ސުވާލުގެ ދެވަނަ ބައިގަ މި އިންނަނީ ރާއްޖޭގަ ތިބި މަހުޖަނުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް އަގުނަގާގޮތަށް އެއްވެސް ވަރެއްގެ ހިދުމަތެއް ފޯރުކޮށްދެންތޯ. ސުވާލުގެ ތިންވަނަ ބައިގަ މިއިންނަނީ އެއްވެސް ދަރަންޏެއް ވޭތޯ ކޮންބޭފުޅަކަށްތޯ؟ ކިހާވަރަކަށްތޯ ދަރަނި އޮތީ؟

މީޑިއޭޓަރ: ޝުކުރިއްޔާ. އަންނި

އަންނި: އަޅުގަޑަކީ ދިވެހި މޭސްތިރި ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނީގެ ތިންބައިކުޅަ އެއްބައި ހިއްސާދާރެއް. ކުންފުނީގަ ދެންތިބޭ އަނެއް ދެ ހިއްސާދާރުންނަކީ ޑރ. އިބްރާހިމް ނާޝިދާއި، ފާތިނާ އަބްދުލް ހަކީމް، އަޅުގަޑުމެންގެ ކުންފުނީގެ އިރާދަކުރެއްވިއްޔާ މިއަދާ ހަމައަށް އަދި މާބޮޑު ދަރަންޏެއް ފެންނާކަށެއްނެތް. އަޅުގަޑަށް އެކުންފުނިން މަހެއްގެ މައްޗަށް ބާރަހާހާ، ފަނަރަހާހާ ދެމެދުން އާއްމު ގޮތެއްގައި ރުފިޔާ ލިބޭ. އެއީ ބައެއްފަހަރަށް ބައެއް މަސްމަހު އެބަހުރި ރަގަޅު މަސްމަހު، ވިހިހާސްވެސް ލިބިފަ. އަޅުގަޑުމެން ތިން މީހުންގެ ކުންފުންޏެއް އެކުންފުންޏަކީ. ރާއްޖޭގެ އެއްވެސް މަހުޖަނަކަށް އަގުދޭގޮތަށް އަޅުގަޑު ކަމެއް ކޮށްފައި ވާނެތޯ. ނެތޭ އިގޭތޯ. ބިޑެއް އެއްޗެއްވެސް އަޅުގަޑު އެހެން ބަޔަކަށް ހަދައިދެވިފަކާއެއް ނެތް. އަޅުގަޑަކަށެއް އަޅުގަޑު ކުންފުނީގެ މަސައްކަތް ހިނގަމުން ދާއިރުގައި އެކުންފުނީގެ ފަރާތުން މިސާލަކަށް ރިސޯޓެއްގަ އިންޖީނެއް ބަހައްޓަފާނެ. އެހެންނޫނިއްޔާ ޑެކެއް އަޅާލަދާނެ. ދެން އެއަށްނަގާ އުޖޫރައެއް އަޅުގަޑުމެން ނަގާނެ.

މީޑިއޭޓަރ: ޝުކުރިއްޔާ މޫސަ

މޫސަ: އާދެ އަޅުގަޑުގެ ވިޔަފާރި އަކީ ކުރިންވެސް ދެންނެވިހެން ހެވީލޯޑްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް. ދެން އަދި ހެވީލޯޑްސްއިން ސިންގަޕޫރު ޕްރައިވެޓް ލިމިޓެޑްވެސް އެބަހުރި. އަޅުގަޑު ހިއްސާދާރުންނަކީ އަޅުގަޑާ އަޅުގަޑުގެ ދަރިން، އަޅުގަޑަކީ 50 ޕަސެންޓް އަޅުގަޑުގެ ހަތަރު ދަރިންނަކީ އަނެއް 50 ޕަސެންޓް. މިދެންނެވި ދެ ކުންފުނީގަވެސް އެހެންވީމަ ދެން ކުރެވެމުންދާ މަސައްކަތަކީ ފަޅު ފުންކުރުމާ ބިންހިއްކުމާ ހެވީ މެޝިނަރީޒްގެ މަސައްކަތްތައް ކުރަމުން މިގެންދަނީ. ދެން އަޅުގަޑުމެން މީސްމީހުން އަތުން އަގުނަގާގޮތަށް މިކުރަނީ ސަރުކާރުން އަގުނަގާ ގޮތަށް ހުރި ޕްރޮޖެކްޓްތަކެއްވެސް އެބަހުރި. ރާއްޖޭގަ ހުރި ހުރިހާ މަހުޖަނުންވެސް ވިޔަފާރި ދީފިއްޔާ ކުރާގޮތަށް މިތިބެނީ ވިޔަފާރި އުސޫލުން. ދެން އަޅުގަޑަށް ހީވަނީ އެކަންނޭގެ ކުރެއްވި ސުވާލަކީ އަޅުގަޑުމެން ރިސޯޓްތަކުންވެސް ހަމަ އެއްޗެހި ކުއްޔަށްދީ އެމަސައްކަތްތައްވެސް އެބަ ހިންގަމު. ދެން ކީކޭތަ ވިދާޅުވީ ސުވާލުގަ. އާދެ އެހެންވީމަ އެނިމުނީ އިގޭތޯ. ދެން އެއަށްވިރެ އިތުރަކަށް ދަންނަވާކަށް ނެތް އިގޭތޯ. އަޅުގަޑު ނިންމާލަމުން ދަންނަވާނީ އަޅުގަޑުގެ ދެކުންފުނިން އާމްދަނީ ގޮތުގަ ގާތްގަނޑަކަށް. މަހެއްގެ މައްޗަށް ފަސްލައްކައާ، އެއްމިލިއަނާ ދޭތެރޭގަ ހޯދަމުން މިގެންދަނީ. ދެކޮޅުން ސިންގަޕޫރުންނާ މަލޭންނާ.

މީޑިއޭޓަރ: އާދެ، ޝުކުރިއްޔާ ޑރ.މުނައްވަރު

ޑރ.މުނައްވަރު: އާދެ، އަޅުގަޑަކަށް ނޭގެ މައިގަނޑުކޮށްކުރާ މަސައްކަތަކީ ވިޔަފާރިއެއްކަމެއް. އަޅުގަޑަކީ ގާނޫނީ ވަކީލެއް އަޅުގަޑު ގާނޫނީ ވަކީލުކަން ކުރުމަށްޓަކައި ލޯފާމެއް ހިންގަން އަޅުގަޑު ލޯފާމްގެ ހިއްސާދާރުންނެއް ނުތިބޭ. ލޯފާމުގަ ތިބެނީ ޕާޓްނަރުން. އަޅުގަޑު މެނޭޖިން ޕާޓްނަރަކަށް ހުރެގެން މި ހިންގަނީ. އަޅުގަޑު އިތުރަށް ތިބެނީ އަޅުގަޑުގެ އަންހެނުންނާ އަދި އަޅުގަޑުގެ ރަހްމަތްތެރިންގެ ތެރެއިން އެތަން ފެށިއިރު ތިބި ތިންމީހުންގެ ތެރެއިން މިހާރު ދެމީހަކު އެބަ ތިބި. ހިސާން ހުސައިން ކިޔާ ބޭފުޅަކާ. އަބްދުﷲ މުއިޒު ކިޔާ ބޭފުޅަކާ. ދެން އަޅުގަޑުމެންނަކީ އާއްމުކޮށް ޚިދުމަތްދޭ ފަރާތްތަކެއްކަމަށް ވާތީ އަޅުގަޑުމެންގެ ފާމަށް ޚިދުމަތައް އެދިގެން އެއީ ގާނޫނީ ވަކީލެއްގެ އެހީއަށް އެދިގެން އައިމާ އަޅުގަޑުމެންނަށް ތަފާތު ކުރެވޭކަށްނޯވޭ. އަޅުގަޑުމެންނަށް ޑިސްކުރިމިނޭޓެއް ނުކުރެވޭނެ ޚިދުމަތް. އަޅުގަޑު ލޯފާމުގެ ދަށުން ހުޅުވާފަ ހުންނަ ކަމަށް ވެއްޖިއްޔާ އަޅުގަޑުގެ އޮންނަ އުސޫލަކީ ޚިދުމަތަށް އެދިގެން އެންނަ ކޮންމެ މީހަކަށް އަޅުގަޑުމެން ޚިދުމަތް ދޭން ޖެހޭނެ. ދެން ސުވާލަކީ އޭގެ ތެރެއިން ކޮން މަހުޖަނަކަށްތޯ އަޅުގަޑުމެންނަށް ޚިދުމަތްދެނީ. ކޮން މަހުޖަނަކަށްތޯ އަޅުގަޑުމެންނަށް ޚިދުމަތް ނުދެނީ. އަޅުގަޑުމެންނަށް ޚިދުމަތެއް ކުރިންވެސް ދަންނަވާލިހެން ގާތްގަނޑަކަށް އަންނަ ކޮންމެ މީހަކަށް ޚިދުމަތްދެން އެހެންނަމަވެސް އަޅުގަޑުމެން ކުންފުނީގެ މިދެންނެވީ އަޅުގަޑުމެންގެ ލޯފާމުގެ ރިޓޭނަރ ބާއްވައިގެން މަހުފީ ދައްކައިން އަޅުގަޑުމެންނަށް ޚިދުމަތް ލިބޭފަރާތްތަކުގެ ތެރޭގަ ތި ވިދާޅުވިކަހަލަ މަހުޖަނުން ހިމެނޭ ނުހިމެނެއެއް އަޅުގަޑަކަށްނޭގެ. އެލަފްޒުގެ މާނަ ތި ވިދާޅުވިގޮތަށް ތިބޭނުން ކުރެއްވީ ކޮންބައެއް ހިމަނައިގެންކަން އަޅުގަޑަކަށް ނޭގެތީ. އެކަމު ސުވާލަކީ އޭގެ ތެރޭގައި ޔުނިވާސަލް އެންޓަރ ޕްރައިސަސް، ނޫނީ ވިލާ އެންޓަރ ޕްރައިސަސް ނޫނީ ޗަންޕާޔާގުޅޭ ކުންފުނިތައް ހިމެނޭކަމަށް ކުރެއްވި ސުވާލެއްކަމަށް ވަންޏާ އެއިން އެއްވެސް ކުންފުންޏެއް އަޅުގަޑުމެންގެ ރެގިއުލާ ކަސްޓަމަރުންގެ ތެރޭގަ ނުހިމެނޭނެ. ޝުކުރިއްޔާ

މީޑިއޭޓަރ: އާދެ. ޝުކުރިއްޔާ. ދެން ހާމަނޫސް.

ހާމަނޫސް: އަޅުގަޑު ހާމަނޫހުން އަސްވާޑު އިގޭތޯ. އަޅުގަޑުގެ ސުވާލަކީ މޫސަގެ ވާހަކައިގަވެސް ފާހަގަ ކުރައްވައިފި މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރަމުން އަންނަކަމަށް. ދެން ތިބޭފުޅުން ކެމްޕޭން އެކި ތަންތަނުގައި މިހާރު ވަނީ ރަސްމީކޮށް ފައްޓަވާފަ. އެކި ބޭފުޅުންގެ ވާހަކައިގަ ފާހަގަ ކުރައްވާފަ އޮތީ ވެރިކަން ލިބިއްޖެނަމަ މަސްތުވާ ތަކެއްޗަށް ހައްލެއް ގެންނަވާނެކަމަށް. އެކަމު އެހައްލަކީ ކޮބައިކަމެއް ކިހިނެއް ކަމެއް އެކަން ކުރައްވަނީއެއް ނެތް ވިދާޅުވެފައެއް. ދެން އައިޑީޕީގެ ރައީސް އުމަރު ނަސީރު އެބައޮތް ވިދާޅުވެފަ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭނެކަމަށާ މަގުމަތީގައި މަސްތުވާތަކެތި ވިއްކާ މީހުންގެ މުދާ ސަރުކާރަށްނަގާ. އެތަކެތި ރިހިބެލިޓޭޝަނަށް ހޭދަކުރާނެކަމަށް. އެހެންވީމަ ކޮންމެ ބޭފުޅެއްވެސް ވަކިން ވިދާޅުވެ ދެއްވަފާނަންތޯ ކޮބާތޯއޭ ގެންގުޅުއްވާ ސިޔާސަތަކީ. އެކަން ހައްލުކުރުމަށް ދެން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ އެބޭފުޅުންގެ މުދާ ސަރުކާރަށް ނަގާ ރިހިބެލިޓޭޝަނަށް ހަރަދުކުރުން އެއީ ހައްލެއްކަމަށް ތިބޭފުޅުން ގަބޫލު ކުރައްވަން. އެއީ އެއްސުވާލު އިގޭތޯ. އަދި އެބައޮތް އެއްބައި.

މީޑިއޭޓަރ: އަޅުގަޑު އެދެނީ ބައިބަޔަށް ސުވާލު ނުކުރެއްވުން އިގޭތޯ ވާގޮތަކީ ވަގުތު އޮންނަގޮތުން އެބޭފުޅުން ކުރުކޮށް ޖަވާބު ދެއްވަފާނެ އެހެންވީމަ ތިބޭފުޅުންނަށް އޭގެ ގެއްލުން ދައްކާނީ.

ހާމަނޫސް އަސްވާޑު: ވަރަށް ކުޑަކުޑަ ސުވާލެއް އިގޭތޯ. ދެވަނަ ސުވާލަކީ ދީން ހިމާޔަތްކުރާ ވާހަކަ

މީޑިއޭޓަރ: ބައްލަވާ އެންމެ ސުވާލެއް އިގޭތޯ. ދެވަނަ ސުވާލު ދެން އަންނަބުރުގަ. އާދެ. އަންނި

އަންނި: އަޅުގަޑުމެންނެއް ނުދެކެން މަސްތުވާ ތަކެތި އެތެރެކުރާ މީހުން މަރަން ޖެހޭނެ ކަމަކަށް. އަދި މެރުން އެއީ ރަގަޅުކަމެއް ކަމަކަށް. އެއްވެސް މީހެއްގެ ފުރާނަހިފުން އެއީ ރަގަޅުކަމެއް ކަމަކަށް އަޅުގަޑުމެނެއް ނުދެކެން. ކަނޑައެޅިގެން އިސްލާމީ ޝަރީއަތުގައި އެކަން ބަޔާންވެގެންވާ ގޮތުގައިނޫނީ. މަސްތުވާތަކެތީގެ އުނދަގުލުން ނުވަތަ އޭގެ ވަބާއިން އަޅުގަޑުމެން ސަލާމަތް ވާނީ ކިހިނެއްތޯ. ބޯޅަމެޗަކަށް އަރާއިރު ވަރަށް ފަސޭހައިން ވިންގަށް މިވެނި މީހަކު ލާފަ ފަހަތުން މަތިން ބޮޑު ޕާހެއް ޖަހާފަ ހުރަސްކޮށްފަ ބޯޅަގޯލަށް ޖެހިދާނޭ. އަޅުގަޑުމެންނަކަށް މީ އެހާ ފަސޭހަ މައްސަލައަކަށެއް ނުވޭ. 90 ގެ އަހަރުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައިގައި ޖަލަށްލެވުނު ކުދިންނަށް އަދަބުދެވުނު އަޅުގަޑުގެ ލޮލުން ދުށިން އަނިޔާކުރެވުނުވަރު. އެކުދިންގެ ހަޔާތްކެނޑި އެކުދިން އެއަށްވުރެ ބޮޑަށް އެއަށްވުރެ ބޮޑެތި ކުށްތަކަށް އަރައިގަތުންނޫން ކަމެއް އެކަމަކުން ވެގެނެއް ނުދިޔަ. 80 ގެ ތެރޭގައި އިސްލާހިއްޔާއެއް ހަދައި އެ އިސްލާހިއްޔާއާ އޭގެކުރީގައި ފުލުސް އޮފީހުގައި ތިއްބެވި ބައެއް ބޮޑެތި ބޭފުޅުންނާ ހަވާލުކޮށް އެކުޑަކުދީންގެ އިއްފަތްތެރިކަން ނެތި ގެއްލިގޮސް އެކުދީންތައް އެއީ މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ މަތީ ހަރުފަތުގައި އަދި މަގުމަތީގައި އެންމެ ވަރުގަދައަށްއުޅޭ ކުދިންނަށްވެ ގޮސް މިދިޔައީ، ހަގީގަތުގައި އަޅުގަޑުމެންނަށް ލަފާކުރެވޭ ގޮތުގައި ކުދިން މަދްރަސާތަކުގައިވެސް ނުބެލެހެއްޓުނީމާ. އެއްވެސް ހާލެއްގައި އަޅުގަޑުމެނެއް ހަމައެކަނި މައިބަފައިންނެއް މިކަމުގައި ކުށްވެރިކުރާކަށް ޖާގައެއްނެތް. އަޅުގަޑުމެން ދަންނަ މަދްރަސާތަކަށް ހެނދުނު ކުދިންދާނެ. ގޮސް ހެނދުނު ސައިބޯނީ މަދްރަސާއިން. މެންދުރު ކާނީ މަދްރަސާއިން. ހަވީރު ކުޅޭނީ މަދްރަސާގައި. ރޭގަނޑު ގެއަށް އަންނައިރު ހުންނާނީ ތިބޭނީ ނިދިއައިސްފައި. މަދްރަސާގައި މަސައްކަތްކުރާ ޓީޗަރުންނަށް ރަގަޅު މުސާރަދެވި ރަގަޅަށް އެމީހުންނާ ދޭތެރޭގައި ކަންކަން ކުރެވި އަދި މާލޭގައި މި ތޮއްޖެހިފައިއޮތް މިންވަރު ދުނިޔޭގައިނެތޭ އިގޭތޯ މިވަރަށް ވަކި މިއަށްވުރެ އިތުރަށް އެއްތަނަކަށް މީހުން ތޮއްޖެހިފައޮތްތަނެއް. މިތަން މިދަރަޖައަށް ގޮސްފައި އޮތް އިރުގައި މިތަނުގެ ތެރޭގައި ތިބާވަތުގެ ހުރިހާ ކަންކަމެއް ހިނގާނެ. ހިނގަމުން އެދަނީ. އޭގެ ހައްލަކީ ކޮބައިތޯ ބަލާއިރުގައި ގޯތިގެދޮރުގެ ކަންތަކަށް ބޭނުންވާ ހައްލާ. އިޖްތިމާއީ ހުރިހާ މައްސަލަތަކާ ގުޅޭ ހައްލުތައް އެބަ އަޅުގަޑުމެން ހޯދަންޖެހޭ. އޭގެ ތެރެއިން ނޫނީ ވަކި މަސްތުވާތަކެތީގެ ހައްލެއް ފެނިދާނެކަމަކަށް އަޅުގަޑުމެންނަކަށް ލަފައެއް ނުކުރެވޭ. ހަރުކަށި އަދަބުދީގެނެއް އެކަން ހުއްޓުވޭނެ ކަމަކަށްވެސް އަޅުގަޑުމެންނަކަށް ލަފައެއް ނުކުރެވޭ. އަޅުގަޑުމެނެއް ނުދެކެން. އަޅުގަޑުމެންގެ ނަޒަރުގައި ރިހިބެލިޓޭޝަނާ އަދި އެކުދިންނަށް އިތުރު އެހީތަކާ އޯގާތެރިކަން ރައްދުކޮށް ދިނުމަކީ ބޭނުންތެރިކަމެއް. ވަރަށް ފަސޭހަ އަޅުގަޑުމެންނަށްވެސް އެކުދިންނަށް އެހެންހަދާށޭ މިހެންހަދާށޭ ބުނަން އެކަމު އަޅުގަޑުމެންގެ ތެރެއިން ކޮންމެ އާއިލާއެއްގައި އެބަހުރޭ ވަރަށް ގިނަ އާއިލާތަކުގައި މިހާރު އޭގެން ކުއްޖެއް. އަޅުގަޑުމެންނަށް ދަތި މިކުދިންތައް އުކާލަން އަޅުގަޑުމެންނަށް އަދިވެސް މިކަން ހައްދުން ނައްޓައިގެން ކޮންމެހެން އަޅުގަޑުމެންނަށް އަލުން އަނބުރާ އެ ރަގަޅު ފާލަކަށް ނޭޅޭ ހިސާބަކަށެއްނުދޭ.

މީޑިއޭޓަރ: އާދެ 3 މިނިޓް 25 ސިކުންތު ޝުކުރިއްޔާ. މޫސަ

ރީކޯ މޫސަ: އާދެ ކުރިންވެސް ދެންނެވިހެން މިރާއްޖޭގަ މަސްތުވާތަކެތިވެސް އަދި އެހެންހުރި ހުރިހާ ނުބައިކަމެއް ހުއްޓުވޭނީ ގާނޫނުގެ ވެރިކަން ކުރަން ފެށިގެން. އަޅުގަޑު ވަރަށް ސާބިތުކަމާއެކީގަ މިދަންނަވަނީ ދިވެހިރާއްޖޭގަ މަސްތުވާތަކެތި އެތެރެކުރުމާ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވާލެވޭނެ. އަޅުގަޑު ލަފާކުރާ ގޮތުގައި އަޅުގަޑަށް ދިވެހިރާއްޖޭގެ ވެރިކަމުގަ މަސައްކަތް ކުރެވެންޏާ ވެރިކަމުގަ ހުރެއްޖިއްޔާ ސަރުކާރުން ގާނޫނު ތަންފީޒު ކުރުމަށްފަހު އެއް އަހަރު ދުވަސްތެރޭގަ މިރާއްޖެއަށް އެތަކެތި އެތެރެކުރުމާ އެތަކެތީގެ ވިޔަފާރިކުރުން ހުއްޓުވެން ޖެހޭނެ. އެހެންނޫނިއްޔާ އެޒިންމާ ނޫފުލެނީ. އޭގެ ތެރޭގައި މިއަދު އަޅުގަޑުމެން ބަލާލާއިރު ސަރުކާރުގެ ކޮންމެވެސް މީހެއްގެ އަތެއް ކޮންމެވެސް ދިމާލަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ވިޔަފާރީގެ ތެރެއަށް ވަދެފަ އޮތްތަން އެބަފެނޭ އެހެން ވީމަ މުޅި ސިސްޓަމުގެ ތެރޭގަ އެބަލި ފެތުރިފަ އޮތީ. ދެން މަސްތުވާ ތަކެތި ބޭނުންކޮށްފަ ތިބި އޭގަ ބަލިވެފަ ތިބި ކުދިންނަށް ޖެހޭނީ ފަރުވާދޭން. ދެން އަޅުގަޑު ދަންނަވާނީ އަދަބު ދިނުމުގައި އަޅުގަޑުމެން ބަލަންޖެހޭނެ މިންގަނޑުތަކެއް އެބަހުރި. އަޅުގަޑުމެންނަކީ އިސްލާމީ ގައުމަކަށްވާއިރުގަ އަޅުގަޑުމެން ފާސްކޮށް އަމަލުކުރަމުންދާ ގާނޫނުއަސާސީއާ ގާނޫނުތަކެއް އެބަހުރޭ ސަރުކާރަށް އޮތީ ގާނޫނުތައް ބަދަލުކުރުން. ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅައިގެން އަދަބުތައް ބޮޑެތިކުރަން ސަރުކާރަށް އެވަގުތެއްގަ ފެނިއްޖެ ކޮންމެކަމެއް ފިޔަވަޅު އަޅައިގެން އެކަންކުރާނަން. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން އެކަމުގެ ތާއީދާ އެއްބާރުލުން ލިބުނުވަރަކަށް އެކަންކުރެވޭނީ. ދެން އަޅުގަޑު ގަބޫލުކުރާ ގޮތުގައި މިހާތަނަށް ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި މިހާރުވެސް ހިނގަމުން ދަނީ އެކަމަށް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ. އެއީ އެންމެ އަސާސީ ފެންވަރުން ފެށިގެން މިދެންނެވީ ސްކޫލުތަކުން ފަށައިގެން އައިސް ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ތެރެއަށް އެވަދެފަ އޮތީ. އެހެންނަމަވެސް ހަމައެކަނި މަސްތުވާތަކެއްޗަށް ޓާގެޓްކޮށް ސަރުކާރުން އެކަން ބަލަން ފަށައިފިއްޔާ މިހާރުވެސް ހުއްޓުވޭނެ. މިސާލަކަށް ދަންނަވާލަފާނަށް އަޅުގަޑުމެން އަޅުގަޑަށް ފެންނަ ގޮތުގައި ބަޑިބޭހުގެ ކަންތައް މިރާއްޖޭގަ އެބަހިނގާތޯ މިރާއްޖޭގަ ކޮންމެ ކުޑަކުއްޖަކުވެސް ފަޓާސްވެސް ޖަހަން ބޭނުންވާނެ. އެހެންނަމަވެސް އަޅުގަޑުމެން މިރާއްޖޭގަވާ ޒައީމު އެކަމާ ބިރުގަންނާތީ ހުއްޓުވަން ރާއްޖޭގަ ކަމެއް އުޅެފިއްޔާ ހުއްޓުވޭނެ. އެހެންވީމަ އަޅުގަޑު ވަރަށް ސާބިތުކަމާއެކީގަ މިދަންނަވަނީ ދިވެހިރާއްޖޭގަ މަސްތުވާތަކެތި ހުއްޓުވެން ޖެހޭނޭ. އަޅުގަޑު އެކަން ހުއްޓުވާލާނަން ދިވެހިރާއްޖޭގަ ގާނޫނުތަކާ ގަވާއިދުތައް ހަރުކަށިކޮށް ހަދައިގެން ކޮންމެ ގޮތަކުންވެސް އެކަން ހުއްޓުވާނަން. އަދި ދައުލަތުގެ ބަޖެޓުން ކިތަންމެ ބޮޑު ހޭދައެއް ކުރަންވިޔަސް އިންސާނުން މިގައުމުގަ ސަލާމަތުން ކޮޅަށް ތިބުމަށް ފަހުގަ ނޫނިއްޔާ އަޅުގަޑުމެންނަށް އެހެން އެއްވެސްކަމެއް ނުކުރެވޭ ނެތީ. ދައުލަތުގެ ބަޖުޓުގެ ކިތަންމެ ބޮޑު ހޭދަކޮށްގެންވެސް އެކަން ހައްލު ކުރުމަށްފަހުގަ ކުރިއަށް ގެންދެވޭނީ. އެހެން މިދެންނެވީ ރައްޔިތުންނަށް ދޭން ހުރި ހިދުމަތްތައް ހުއްޓާލާނެ ވާހަކައެއް ނޫން. މިއަދު އަޅުގަޑުމެން ކުއްތާވެސް އެބަހުރި ގެނެސްފަ. އެކަމު ކުއްތާވީތަނެއް ނޭގެ. އަޅުގަޑުމެން އެބަހުރި އެކްސްރޭމެޝިންވެސް ގެނެއްސަ. އެކަމަކު އޭގެ ތެރެއަށް ފޮށިފޮށީގެ ހަތަރު ފޫއަޅާފަ ދާއިރުވެސް މީހަކު ނުބުނިއްޔާ އެމެޝިންތަކަކަށް ނޭގެ. އަޅުގަޑަށް މިހާރުވެސްއެގޭ މިރާއްޖޭގަ އެއާޕޯޓުގަ ބަހައްޓާފަ ހުރި މެޝިންތައްވެސް މިއަހަރުގެ އަޅުގަޑު ހަދާންވާގޮތުން މާޗްމަސް ނުވަތަ އެޕްރީލް މަސްތެރޭގަ މިދެންނެވި ފެބުރުއަރީމަސްތެރޭގަ އެ އެއްޗެތިހުރީ މުއްދަތު ހަމަވެފަ. ސަރުކާރުން އެކަންކަމެއް ނުބަލަހައްޓާ. ހަގީގީ މައްސަލައަކީ މީ. އެއްދޮރުން މަސްތުވާތަކެތި ވިއްކައިގެން ޖަލަށް ގެންގޮސް ވައްދާމީހާ އަނެއް ދޮރުން ދޫކޮށްލަނީ. އެހެންވީމަ އެއީ ގާނޫނު ތަންފީޒު ނުކުރެވޭކަން. އެއިން ކޮންމެ ކަމެއްގެ ފަހަތުގަ ކޮންމެވެސް ބައެއްގެ އަނިޔާވެރި ރޭވުންތަކެއް އޮތީ މިގައުމު މިގޮތަށް ހަލާކުކޮށްލަން. މައިގަނޑު އެއްޗަކީ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރާކަންތައް. އެހެންވީމަ އަޅުގަޑު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލު ވަނީ ތާއަބަދަށް ވެރިކަން ކުރާކަށެއްނޫން. ބޭނުމަކީ މިރާއްޖެ އިސްލާހު ކުރުމާ އެކީގަ ރައްޔިތުންނަށް އެދެވޭ ރަގަޅުގޮތެއްގަ ވެރިކަން ކޮށްދިނުން. އެހެންވީމަ ބަލާނީ ކޮންމެފަދަ އަދަބެއް ދޭން ޖެހުނުކަމުގައިވިޔަސް މިދެންނެވީ ގާނޫނާ ގަވާއިދު ހުއްދަކުރާ ރައްޔިތުންގެ މަޖިލީހުންދޭ އިހްތިޔާރާއެކީގަ ކޮންމެފަދަ އަދަބެއްދީގެން ކޮންމެ ހަރަދެއް ކޮށްގެންވެސް މަސްތުވާތަކެތީގެ ވަބާ މިރާއްޖެއިން ނައްތާލުން. (ނުނިމޭ)

މީޑިއޭޓަރ: ޝުކުރިއްޔާ 3 މިނިޓް 59 ސިކުންތު ޑރ. މުނައްވަރު.

ޑރ.މުނައްވަރު: ދިވެހިރާއްޖޭގައި. ދިވެހިރާއްޖެއަކީ މަސްތުވާތަކެތި އުފައްދާ އަދި ހެދޭތަނެއްނޫން. ދިވެހިރާއްޖެއަކީ އެއްވެސް އެހެން ގައުމަކާ އެކުގައި ގުޅިފައިވާ ބޯޑަރެއް އޮތް ގައުމެއްނޫން. އެހެންކަމަށް ވެއްޖިއްޔާ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އާދެވޭނީ ކަނޑުގެ މަގުން ނުވަތަ ވައިގެމަގުން. ރާއްޖޭގައޮތީ ބައިނަލްއަގުވާމީ ބޯޓް ޖައްސާ ދެ ބަނދަރު. ދިވެހިރާއްޖޭގަ ކަނޑުގަދުއްވާ އުޅަނދުފަހަރަށް އާދެވޭ މިއޮތީ ތިން ބަނދަރު. އެހެންކަމަށް ވެއްޖިއްޔާ ދިވެހިރާއްޖޭގަ މަސްތުވާތަކެތި ގިނަވުން ހުއްޓުވުމަކީ އުނދަގޫކަމަކަށްވެގެން ނުވާނެ. އެހެން ގައުމުތަކާ އަޅާބަލާއިރު. އަޅުގަޑުމެން ގައުމަށް ވަންނަ ބަނދަރުތައް އެގޭ ވަންނަގޮތް އެނގޭ. އެ އަންނަނީ ކޮން ބަނދަރަކުން ފުރައިގެންކަން އެބައެގޭ. އެ ފުރާ ބަނދަރުތަކުން ފުރާފަހުން މިކޮޅަށް އާދެވެނީ ދުވަސްތަކެއް ނެގުމަށް ފަހުގައި. އަޅުގަޑުމެންނަށް ފުރައިގެން އަންނަ ބަނދަރުތަކުގެ ކޮންޓްރޯލްތަކެއް ގާއިމު ނުކުރެވެންވީ ސަބަބުތަކެއްނެތް. އެގައުމުތަކާ ވާހަކަދައްކައިގެން އަދި މިގައުމުތަކުގެ ވަންނަ ތަންތަން އަޅުގަޑުމެންނަށް ނުބެލެހެއްޓެންވީ އެއްވެސް ސަބަބެއްނެތް. ދެންއޮތީ އަޅުގަޑުމެން ދެންއޮތް އަނެއްކަމަކީ ޑިމާންޑް ރިލީސްކުރުން. މަސްތުވާތަކެއްޗަށް ބޭނުންވުން މަދުކުރުން ނުވަތަ ނައްތާލުން. އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ރާއްޖޭގެ އިޖްތިމާއީ ހާލަތާގުޅޭ ކަންތައްތަކެއް. އަޅުގަޑުމެންގެ ސްކޫލްތަކުގެ ކްލާސްރޫމުތަކުގެ ކުދިންތިބި އަދަދު އަޅުގަޑުމެން މަދުކުރަންޖެހޭ. އަޅުގަޑުމެން ކުދިންނަށްދެވޭ ސަމާލުކަން އިތުރު ކުރަންޖެހޭ. އަޅުގަޑުމެންނަށް ގެދޮރުގެ ކުދިން ދިރިއުޅޭ އުޅުމުގައި ކޮޓަރީގައި އުޅޭ ކުދިންގެ އަދަދު ކަނޑައަޅަންޖެހޭ. އަދި ކޮންމެ ކުއްޖަކު ދިރިއުޅޭ ސްޕޭސް އަޅުގަޑުމެން ކަނޑައަޅަންޖެހޭ. އިންސާނުން ދިރިއުޅޭގޮތަށް އަޅުގަޑުމެންގެ ކުދިން ބޮޑުވުމުގެ ފުރުސަތު ދީފިއްޔާ އަޅުގަޑުމެންގެ އާއިލާތައް ބަދަހިކުރެވި އާއިލާތައް އެމީހުންގެ މައިންބަފައިންނާއެކު. ކުދީންގެ ބައްޕައިންނަށް ހެނދުނު މަސައްކަތު ގޮއްސާ ހަވީރު ގެއަށް އާދެވިގެން އާއިލާއާއެކުގަ ދިރިއުޅުމުގެ ކަންތައް ހަމަޖެހޭގޮތަށް އިގްތިސާދު ބައްޓަން ކުރެވިގެން ގައުމުގެ ކަންތައްތައް ބައްޓަން ކުރެވިގެން އަޅުގަޑުމެންނަށް ފަށައިގަނެވޭނީވެސް. އެހެންވީމާ އެބޭނުންވާ ބޭނުންވުން ނައްތާލުމަށްޓަކައި މި ނައްތާލަންޖެހެނީ އަޅުގަޑުމެންގެ އިގްތިސާދީ ސިޔާސަތު އަޅުގަޑުމެންގެ އިޖްތިމާއީ ކަންކަން. ތައުލީމު، ސިއްހަތު މާނައަކީ އަޅުގަޑުމެންގެ ކުދިންނަށް ދައްކަންޖެހޭ ދިރިއުޅެންވީ ކޮން ސަބަބަކަށްޓަކައިކަން. ދިރިއުޅުމަކީ ކޮބައިކަން ދިރިއުޅުމުގެ ވެލިއުއަކީ ކޮބައިކަން. އަދި ދިރިއުޅުމަށްޓަކައި މީހުން ކުރަންޖެހެނީ ކޮންކޮން މަސައްކަތެއްކަން. މިކަން އަޅުގަޑުމެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންގޮސް ސްކޫލް ނިމެންދެން ކުދިންނަށް ދަސްކޮށްދޭން އެބަޖެހޭ. މުޖްތަމައުގެ އެންމެނަށް އެކަން ދަސްކޮށްދޭން އެބަޖެހޭ. ޝުކުރިއްޔާ.

މީޑިއޭޓަރ: އާދެ ދެން މިއަދުނޫސް

މިއަދުނޫސް: ޝުކުރިއްޔާ މިއަދު ނޫހުން މިދްހަތު. އަޅުގަޑުގެ ސުވާލުގެ ބައެއް މިތާގަ ހިގައްޖެ އެހެންނަމަވެސް ފުރިހަމައަށް ޖަވާބު ނުލިބޭތީ އަޅުގަޑު ހިތަށްއެރީ އެބައި އެއްކޮށްލާނީއޭ. ތިންބޭފުޅުން ތިވާދަކުރައްވަނީ ރާއްޖޭގެ ދެންއަންނަ ރައީސްކަމަށް ހަމަ ގައިމުވެސް ހިތުތެރޭގަ އޮންނާނީ އެކަން. ދެން ތިންބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ގޮންޖަހާލެވިދާނެތޯއޭ. އަޅުގަޑު މިދަންނަވަނީ ތިމަންނާއަކީ މިވެނި މީހަކަށްވުރެ މިކަމަށް ގާބިލް މީހެކޭ މިހެން ވިދާޅުވެފަ ނިކުމެވިދާނެތޯއޭ. އެއީ އެކަމުގެ ސަބަބަކީ ކޮބައިތޯއޭ އިސްލާހީ މަސައްކަތްތަކަށް ތިބޭފުޅުންނަށް ވަކިވަކިން ކޮށްދެވިފަ އޮތީ ކޮންކަމެއްތޯއޭ.

މީޑިއޭޓަރ: އާދެ ޝުކުރިއްޔާ މިފަހަރު އަޅުގަޑު ދަންނަވާލާނީ އެންމެ ފުރަތަމަ މޫސައަށް

ރީކޯ މޫސަ: އަޅުގަނޑު ހަމަގައިމުވެސް އަޅުގަނޑުގެ އިއްޒަތްތެރި އަޅުގަނޑާއި އެކީގައި ތިއްބެވި ދެބޭފުޅުން ގޮންޖަހާފަކާނޫން މިކަމަށް މިނުކުންނަނީކީ. އަޅުގަނޑުމެން މިނިކުންނަނީ އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ވެރިކަމަށް މީހަކު ނެރެން. ނިކުންނަ އިރުގަ އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ ތިބި އެހެން ޕާޓީތަކަށާއި އަދި އަޅުގަނޑުމެންނާއި އިދިކޮޅަށް އުޅޭ އެހެން ފަރާތްތަކަށް ގޮންޖެހުމުގެ ފުރުސަތު ހޯދުން. ދެން އަޅުގަނޑު ނެތިން އަޅުގަނޑާއި އެކީގަ މީގަ ބައިވެރިވާ ދެބޭފުޅުންނަށް ގޮންޖަހާކަށް. އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތްތަކެއް ކޮށްގެން މިހިސާބަށް އާދެވިފަ ވަނީ. އަޅުގަނޑުމެންނަށް މިމަސައްކަތްކުރުމުގައި ބާރަކާއި ކުރިއެރުމެއް އަޅުގަނޑުމެންނަށް ހޯދާދީފަ އޮތީ މިޕާޓީއަށް ތާއީދުކުރި މެމްބަރުންނާއި ދިވެހިރައްޔިތުން. އެހެންކަމަށްވާއިރު އެއްވެސް މީހަކަށް ގޮންޖަހާފާ އާންދޮގޭ ކިޔާފަކާ ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ސިޔާސަތަކީ ކަނޑައެޅިފައިވާ އެއްޗަކަށްވިޔަސް އޭގެ ތެރެއިން މުހިންމު ކަންތައްތަކާއި ބެހޭގޮތުން ތިބޭފުޅުންނަށް ސުވާލުކޮށް އަޅުގަނޑުމެން ރޯފިލުވަމުން ގެންދަވާ ވަރަކަށް އެނގޭނެ އެތެރޭގެ ހުރި އެއްޗެއްނެރެން. އަޅުގަނޑި އިހްތިރާމް ކުރަމޭ އެބޭފުޅުންނަށް. ތަޅާފޮޅާ ގަނެގެން މިހިސާބުގަ އަޅުގަނޑު ބޭނުމެއްނެތޭ އަޅުގަނޑުމެން މަސައްލައެއް އުޅޭކަމެއް. އެއްވެސް ކަހަލަ މައްސަލައެއް އަޅުގަނޑުމެންގެ ތެރެއަކު ނެތް. މިކަމުގައި ކުރިއަށް މިދަނީ އަޅުގަނޑުމެންގެ މެމްބަރުން ދެކޭނީ މީކާކުކަން މޮޅީކާކުކަން ދެރައީ. އެބޭފުޅުން ނިންމާގޮތެއްގެ މައްޗަށް އަޅުގަނޑު ހަމަގައިމުވެސް ކުރިޔަށްދާނަން. ޝުކުރިއްޔާ

މީޑިއޭޓަރ: މުނައްވަރު

މުނައްވަރު: އަޅުގަނޑުމެން ހަމަ މިނިކުންނަނީ ގޮންޖަހާފަ. އެކަމަކު އަޅުގަނޑުމެން ގޮންޖަހަނީ ތިވިދާޅުވި ގޮތަކަށް އަޅުގަނޑުމެން އެކަކުއަނެކަކަކަށްނޫން އަޅުގަނޑުމެން ގޮންޖަހާފަ މިނިކުންނަނީ މައުމޫނު އަބުދުލްޤައްޔޫމަށް. އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަޅުގަނޑުމެން އެކަކު އަނެކަކަށް ގޮންޖަހަމުންނެއް ނޫން. އަޅުގަނޑުމެންގެ ޕާޓީތެރޭގައި އަޅުގަނޑުމެން އެއް މަގްސަދަކަށް އިސްލާހީ އެއްމަސައްކަތެއްގައި އަޅުގަނޑުމެން މަސައްކަތްކުރަމުން އަންނަ ތިންމީހުން އަޅުގަނޑުމެންނަކީ. އެހެންވީމާ އަޅުގަނޑުމެން ގޮންޖަހާނީ މައުމޫނު އަބްދުލްޤައްޔޫމަށް. އަޅުގަނޑުމެން ގޮންޖަހާނީވެސް މައުމޫނު އަބުދުލްޤައްޔޫމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިމަތިލައިގެން މިއުޅޭކަމަކީ މައުމޫނު އަބުދުލް ޤައްޔޫމު. ދެން ދިވެހިރާއްޖޭގެ ވެރިކަމުގަ ނުހުރުން. އެކަން ނިންވޭތޯ އެކަން އަޅުގަނޑުމެން ކޮންމެމީހަކުވެސް އިރާދަކުރެއްވިއްޔާ ކުރާނަން. ޝުކުރިއްޔާ

މީޑިއޭޓަރ: އާދެ އަންނި

އަންނި: މިދުހަތު ކުރެއްވި ސުވާލަކީ އަނެކަކަށްވުރެ އަޅުގަނޑު މޮޅުކަމަށް ބުނެދާނެ ހެއްޔޭ. ދެން އަދި މިކަމުގެ ތެރެއަށް އަޅުގަނޑު ނުކުތީ އަޅުގަނޑު މިކަމުގެ ތެރޭގައި އުޅުނީ ކީއްވެގެންތޯއޭ؟ އެދެސުވާލުހެން އަޅުގަނޑަށް ހީވަނީ އަޅުގަނޑު ޑރ.މުނައްވަރު އެވިދާޅުވި އެއްޗަކަށްވެސް އަދި މޫސާ އެވިދާޅުވި އެއްޗަކަށްވެސް އަޅުގަނޑު ހަމަ ފުރިހަމައަށް ތާއީދު. އަޅުގަނޑުމެން ނޫޅެން އެކަކު އަނެކަކަށް ގޮންޖަހާކަށް. އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންގެ ތެރެއިން އެންމެ ރަނގަޅަކީ ކާކުތޯ ޕާޓީއާއެކީގާ މައުމޫނާއި ވާދަކުރަން ނުކުންނަން. އަޅުގަނޑަށް މިކަމުގެ ތެރޭގައި މިމަސައްކަތުގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރެވިއްޖެ. އެދުވަސްތަކުގެތެރޭގާ ކުރެވުނީ ކޮންކަމެއްތޯ އެސުވާލުގެ ޖަވާބު އަޅުގަނޑު ހިތުން އަދި އަޅުގަނޑު ހިތާހިތާ އަހަން ތަންކޮޅެއް އަވަސް. ކުރެވުނު ކަންތައް ބޮޑަށް ރަނގަޅުވާނީ އެހެންބަޔަކު އެކަން މިނިއްޔާ. އެހެންނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ސިޔާސީ ޕާޓީ އުފެއްދުމުގަ އަޅުގަނޑަށްވެސް ކުރެވުނު މަސައްކަތް މަދެއްނުވާނެ. ޝައްކެއްވެސްނެތް ޕާޓީ އުފެދުނީ އެތައް ބައެއްގެ މަސައްކަތާއި އެހީތެރިކަމާ ގުޅުމާއެކީގަ އެހެންނަމަވެސް…

މީޑިއޭޓަރ: ޝުކުރިއްޔާ މިނިޓެއް ހަމަވެއްޖެ. މޫސަ އެންމެ ދިގުކޮށް ވާހަކަ ދެއްކެވީ. މޫސަ ވާހަކަ ދެއްކެވީ އެއްމިނިޓް. ޝުކުރިއްޔާ

ދިވެހިރާއްޖޭގެ އަޑު: އަޑުން ހުސައިން އާސިފް އިގޭތޯ. އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ ރާއްޖެއަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްތޯއޭ. އިސްލާހުގެ ވާހަކަ އަޅުގަޑުމެންނަށް އަޑުއިވެމުން މިދަނީ އަންނާނެ މައިގަނޑު ބޮޑު ބަދަލުތަކަކީ ކޮބައިތޯ؟

މީޑިއޭޓަރ: އާދެ މޫސަ

ރީކޯ މޫސަ: އާދެ މިހާތަނަށް އެމްޑީޕީ ކުރި މަސައްކަތުން ދިވެހި ސަރުކާރު ދިވެހި ރައްޔިތުން އަޅުވެތިކޮށްގެން އުޅުނު އަޅުވެތިކަމުން އަޅުގަޑުމެން މިއޮތީ ވަރަށް ބޮޑުބައެއް ސަލާމަތް ކޮށްދީފަ. އިއްޔެއަކީ ދިވެހިރާއްޖޭގެ ތާރީހުގަ ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިސްގަ ސަރުކާރުން ބޭނުންވާގޮތަށް ކަންތައްތައް ނުކުރާނަމޭބުނެ ރައްޔިތުންގެ މަޖިލިސްވެސް އެގޮތަށް އެނބުރުނު ދުވަސް. އެހެންވީމަ އެމްޑީޕީން މިހާތަނަށް ކުރެވިފަ ހުރި މަސައްކަތުގެ ނަތީޖާ ބައްލަވާށޭ. ދިވެހިރާއްޖޭގަ ހުރިހާ ރައްޔިތުންނަށް މިނިވަންކަމާ އެކީގަ ވާހަކަދެއްކުމާ ތިޔަބޭފުޅުން ނޫސްވެރިން ހުރިހާ ބޭފުޅުންނަށް މިނިވަންކަމާ އެކީގަ ތިބޭފުޅުންގެ ވާހަކަތައް ލިޔުމަށް ދިވެހިރައްޔިތުންނަށް އެމީހުންގެ ޝުއޫރު ފާޅުކުރުމަށް ގައުމަށް ލިބޭ އެއްޗެއް ރައްޔިތުންނަށް ފާޅުކޮށް އެންގުމަށް މިހުރިހާކަމެއް އަޅުގަޑުމެން ކޮށްފީމޭ. އެހެންކަމަށް ވާއިރުގައި ދިވެހިރާއްޖެއަށް ތަރައްގީއާ ކުރިއެރުމާ އެކީގަ ގާނޫނުގެ ވެރިކަން އެމްޑީޕީގެ ފަރާތުން ގެނެސްދޭނެ އަދި އިގްތިސާދީގޮތުންނާ. އިޖްތިމާއީ ގޮތުންނާ ހުރިހާ ގޮތަކުން ދިވެހިރާއްޖޭގައި ވެރިކަން އެމްޑީޕީކުރާނީ އެންމެ މީހެއްނޫން. އަބަދުވެސް އެމްޑީޕީ ވެރިކަން ކުރާނީ އެމްޑީޕީގަ ކަނޑައެޅިފަ އޮންނަ ސިޔާސަތަކީ ދިވެހިރާއްޖޭގަ ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގަ އެމްޑީޕީކުރާނެ. އެއީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ގެނެސްދޭން މިއުޅެނީ. އެހެން ވާއިރުގަ ދިވެހި ރައްޔިތުންނަށް ހުރިހާ ގޮތުންވެސް ފާގަތިކަމާ ކުރިއެރުން ލިބިދޭނޭ އަޅުގަޑު ދަންނަވާނީ.

މީޑިއޭޓަރ: އާދެ ޝުކުރިއްޔާ ދެން އަޅުގަޑު ދަންނަވާނީ އަންނިއަށް

އަންނި: އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ލިބޭނީ ކޮން އެއްޗެއްތޯ. އެމްޑީޕީގެ އެންމެ ފަހުގެ އާދަޔާ ޚިލާފު ކޮންގްރެސުން ފާސްކޮށްފައިވާނެ އެމްޑީޕީގެ މެނިފެސްޓޯ އަޅުގަޑުމެން މި އަލިއަޅުވާލަމުން ގެންދަނީ އަޅުގަޑުމެން އަމާޒުކުރަމުން މިގެންދަނީ އެ މެނިފެސްޓޯގެ މައިގަނޑު އިންތަކުގެ ތެރެއިން އަޅުގަޑުމެންގެ ތަސައްވުރަކީ ކޮބައިތޯ. މިރާއްޖެއާ ގުޅޭގޮތުން އަޅުގަޑުމެން މިދަންނަވާ ދައްކާ ވާހަކަތަކުގެ ތެރޭގައި 1. ކަންމަތީ ސްޓޯރުތަކަށް އާއިލާތަކުން ދަރާފައިވާ ދަރަނި ފުރަތަމަ މަހަށް އަޅުގަޑުމެން ހަލާސްކޮށްދޭނަމޭ. 2. އުމުރުން 65 އަހަރު ވެފައިވާ ކޮންމެ މީހަކަށް 2500 ރުފިޔާގެ ޕެންޝަނެއް އަޅުގަޑުމެން ދޭނަމޭ. 3. އެންމެ ކުޑަ އުޖޫރައަކީ މަސައްކަތްކުރާ މީހަކަށް މަހަކު ހަތަރުހާސް ރުފިޔާ ކަމުގައި އަޅުގަޑުމެން ހަމަޖައްސާދޭނަމޭ. 4. ލާމަރުކަޒީ އުސޫލުން އަޅުގަޑުމެން އިދާރީ ހިންގުން އަދި އަތޮޅުތަކުގެ ހިންގުން ކުރިއަށް ގެންދާނޭ ކަތީބުންނާ. އަތޮޅުވެރިންނާ. އަދި އަތޮޅުކައުންސިލާ ރަށު ކައުންސިލް އެއީ އިންތިހާބުވެފައި ހުންނަ މުއައްސަސާތަކަކަށް ވެގެންދާނޭ. މުޅި ރާއްޖެއަކީ ލާމެހިފައިވާ ރާއްޖެއަކަށް ހެދުމަށް ފުރިހަމަ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ތައާރަފުކުރުން މޯގޭޖުގެ އުސޫލުން ގެދޮރުދިނުން. އިންޝުއަރެންސް ސްކީމެއްގެ ދަށުން ސިއްހީ ފަރުވާދިނުން. ފުރިހަމަ ކުޅިވަރުގެ ސިޔާސަތެއްގެ ދަށުން. (އަދި އެބައޮތް އިގޭތޯ ދޭތި)

މީޑިއޭޓަރ: އާދެ ވިދާޅުވެ ދެއްވާ.

އަންނި: ދެން ހުއްޓާލަންޏާ އަޅުގަޑު ހުއްޓާލާނީ.

މީޑިއޭޓަރ: އާދެ ޑރ.މުނައްވަރު

ޑރ.މުނައްވަރު: އެމްޑީޕީގެ ވެރިކަމެއްގައި ދިވެހިރައްޔިތުންނަށް ލިބިދޭނީ ކޯޗެއްތޯ. ދިވެހި ރައްޔިތުންނަށް ލިބިދެވޭނީ. ދިވެހި ރައްޔިތުންގެ ހައްގުތައް ޑިމޮކްރަސީ. ދިވެހި ރައްޔިތުންގެ ވެރިކަން. ދިވެހި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގަ ވެރިކަމެއް ގާއިމުކުރުން. ދިވެހި ކޮންމެ ރައްޔިތަކަށް ތިމަންނާ މިގައުމުގަ އުޅެމުން ގެންދާއިރުގަ. މިގައުމަކީ ތިމަންނަގެ ވަޒަންކަން މީ ތިމަންނަގެ ގައުމުކަމުގެ އިހުސާސް. ޝުކުރިއްޔާ.

މީޑިއޭޓަރ: އާދެ ދެންއޮތީ ފިޔެސް އެކަމަކު ފިޔެސްއަކީ ކުރިން ސުވާލެއް ދަންނަވާފަވާ ފަރާތެއް ވީމަ އަޅުގަޑު އޭގެ ކުރިން ދަންނަވާނީ އައްޑުވަހަށް.

(އައްޑުވަސް) އާދެ! ރާއްޖޭގެ ރައްޔިތުން ފަގީރު ކަމުގަ އުޅެންޖެހިފަވާ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ އަތުން ގެނެމުންދާ އިންޕޯޓް ޑިއުޓީކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ދެން އެއްވެސްގޮތަކަށް ކޯޕަރޭޓް ޓެކްސްއެއް އިންކަމް ޓެކްސްއެއް މުއްސަދިންގެ މަހުޖަނުންގެ އަތުންނެއް ނުނެގޭ. ދެން އަޅުގަނޑުމެން އައްޑުވަހުން ހުރިހާ ބޭފުޅުންނާއިވެސް ކުރެއްވި އިންޓަވިއުއެއްގަ ވިދާޅުވޭ. ތިމަންނަމެން މަސައްކަތްކުރާނަމޭ އިންޕޯޓް ޑިއުޓީއުވާލަން. އަދި ކޯޕަރޭޓް ޓެކްސް ނޫނީ އިންކަމް ޓެކްސް ގާއިމުކުރަން. ދެން މިހާރުވެސް ސަރުކާރުން އެވާހަކަދައްކަވާ އިންކަމްޓެކްސް އަދި ކޯޕަރޭޓް ޓެކްސް ނަގާ ވާހަކަ ދައްކާ. މާލީ ވަޒީރު ވިދާޅުވެފަ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފަވާކަމަށް އިންޕޯޓް ކޯޕަރޭޓް ޓެކްސް އިންޓްރޮޑިއުސް ކުރުމަށް ގާނޫނެއް އެހެންނަމަވެސް އެކަން އެއީ ރައްޔިތުންގެ މަޖިލީހަށް ދިޔަސް ކުރެވިދާނެކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެއީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑަށް ބޮޑެތި ވިޔަފާރި މަހުޖަނުން ޑޮމިނޭޓްކުރަމުންދާ ތަނަކަށް ވާތީ. ދެން ކުރިޔަށް އޮތްތަނުގަވެސް ރާއްޖޭގެ ރައީސްކަމަށް. ކުރިމަތިލައްވާ ބޭފުޅުން އެގޮތަށް ކިތަންމެ ހަރުއަޑުން ތިމަންނަމެން އިންޕޯޓް ޑިއުޓީ އުވާލާނަމޭ އަދި ކޯޕަރޭޓް ޓެކްސް އިންޓްރޮޑިއުސްކުރާނަމޭ ވިދާޅުވިކަމުގައި ވިއަސް ރައްޔިތުންގެ މަޖިލީހުގައި މިކަހަލަ މުއްސަދި މަހުޖަނުން ތިބޭހާ ދުވަހަކު އެފަދަކަމެއް ކުރެވިދާނެކަމަށް ތިބޭފުޅުން ގަބޫލުފުޅުކުރައްވަންތޯ؟

މޫސަ: މިވަގުތުގެ ހާލަތު ހުރީ ތިގޮތަށްކަމަށް ހަމަ ގަބޫލުކުރަން ވަރަށް ރަނގަޅަށް. އެހެންނަމަވެސް ރައްޔިތުންގެ އަތްމަތީގައި އޮތްކަމެއް ރައްޔިތުން މިނިވަންކަމާ އެކީގައި މުއްސަންޖަކު ނުވަތަ ލާރިކޮޅެއް ދޭމީހާދޭ ލާރި ނުބަލާ މެންބަރުން އިންތިހާބުކޮށް ކުރިއަށްލުމަކީ ޤާނޫނުއަސާސީ އިސްލާހުކުރެވިގެންދާ އިރުގަ ރައްޔިތުންގެ މަޖިލިސްގައި މިހާރު ހުރިވަރަށް ވުރެ ގޮނޑިތައް އިތުރުވާނެ. ޕާޓީތަކަށް މިފުރުސަތެއް އޭގަ ލިބިގެންދާނެ. ދެން މިހާރު އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގައި އަޅުގަނޑު ދެކުނިން މިރާއްޖޭގައި ޑިއުޓީ ފްރީކޮށް އޮތްއިރުގަ އިންޑީޔާ ސްރީލަންކާ ތަންތަނުން މިތަނަށް ވިޔަފާރިއަށް އައި މީހުންނާއި މިތަނުން ރާއްޖެއިން ވިޔަފާރިކޮށްގެން ގެންދިޔަ މުދާވެސް ދެކުނިން. ހަމައެއާއެކީގަ މައްސަލައަކީ ޑިއުޓީ ފްރީއެއް ނޫން. އެހެންނަމަވެސް ސަރުކާރުން ޓެކްސް ނެގެން ޖެހޭނީ ގާނޫނު އަސާސީއާ މިދެންނެނީ ތައާރަޒު ނުވާގޮތަށް ގާނޫނުތަކެއް ހެދިގެން. ހަރުދަނާ މިނިވަންކަމާއެކީގަ ޝަރުއީ ނިޒާމް ހަރުދަނާކުރުމަށް ފަހުގަ ޓެކްސް ނަގަން ޖެހޭނީ. އެހެންވީމާ އޭގެ ހަގީގީ މައްސަލައަކީ ސަރުކާރުން މިއަދު ނަގަން ބޭނުން ނުވަނީ ސަރުކާރަށް ބޭނުންވާގޮތަށް ފައިސާ ހޯދުމަށްޓަކާ. ރާއްޖެއަށް އިންޕޯޓްކުރާ މުދަލުން ޑިއުޓީ ނަގަނީ. ކުރިންވެސް އަޅުގަނޑު ދެންނެވިން. މިރާއްޖެއަކީ ފްރީ މާކެޓްގެ އުސޫލުން ހިންގޭނެ ތަނަކަށް ވެއްޖިއްޔާ އަޅުގަނޑު ހަމަގައިމުވެސް މިރާއްޖޭގެ ވެރިކަން ކުރާކަމަށް ވަނީ ވިއްޔާ ފްރީމާކެޓްގެ ގޮތުން ހިންގާނީ. އޭގެ މާނައަކީ އަޅުގަނޑުމެންނަކަށް ނުބުނެވޭނޭ މިއަދު ބާޒާރުގައި 7 ރުފިޔާއަށް މަސްކިލޯއެއް ގަންނަންޏާ 14 ރުފިޔާއަށް ގެންދިއުމަކީ އެއީ ސަރުކާރުން އަގެއް ކަނޑައެޅުން. އެއާ ހިލާފަށް ވިޔަފާރިވެރިންގެ އަތްމައްޗަށް އެދޫކޮށްލުމަށްފަހުގަ ވިޔަފާރިވެރިންގެ ތެރޭގައި އުފެދޭ ވިޔަފާރީގެ ރޫހްއެއީ ރައްޔިތުންނަށް ލިބޭނެގޮތަކަށް އުފެއްދުން އެއީ އޭގެ އެންމެ ރަނގަޅުގޮތަކީ. ދެން ރާއްޖެއަށް އިންޕޯޓްކުރާ މުދަލުން ޑިއުޓީ ނުނެގިޔަސް މިއަދު ރާއްޖެއަށް ލިބޭފައިސާއަށް ބަލާއިރުގަ ޑިއުޓީ ނުނަގާ ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރެވޭނެ. އެއީ މިއަދު ރާއްޖެއަށް ލިބޭ ފައިސާގެ ބޮޑު ބައެއްދަނީ ސަރުކާރުން އެމީހުން ބޭނުންވާގޮތަށް ބޭކާރު ހަރަދުކުރުމަށްޓަކާ. އެހެންވީމަ ޓެކްސް ތައާރަފް ކުރުމަކީ ކުރެވޭނެކަމެއް. އެހެންވިޔަސް ޓެކްސް ތައާރަފްކުރެވެން ޖެހޭނީ އަދުލު އިންސާފާއި އެކީގަ ޓެކްސްނެގޭނެ އުސޫލުތަކެއް ހަމަޖެހުމުން. އޭގަ އަދުލު އިންސާފް ގާއިމުކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށްފަހު ޑިއުޓީ ފްރީކޮށް ޓެކްސް ނަގާއުސޫލަކަށް އަޅުގަނޑު މިރާއްޖޭގެ ވެރިކަންކުރާނީ. އެމްޑީޕީގެ ފަރާތުން މިދެންނެވީ ޝުކުރިއްޔާ!

މުނައްވަރު: ހަގީގަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަގީރުކަމުގެ މައިގަނޑު ސަބަބުތަކުގެތެރޭގައި ކަސްޓަމްސް ޑިއުޓީ ނުހިމެނޭކަން ނޭނގެ. މައްސަލައަކީ ކަސްޓަމްސް ޑިއުޓީ ނެގެނީ ދައުލަތަށް އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ ގޮތުން. އާއްމުކޮށް އެހެން ގައުމުތަކުގެ ކަސްޓްމްސް ޑިއުޓީނެގެނީކީ ނުވަތަ އިންޕޯޓް ޑިއުޓީނެގެނީކީ އެއް ދައުލަތަށް އާމްދަނީ ލިބިގަތުމަކަށް ނޫން. އެގައުމެއްގެ އިޤްތިސޯދީ ކަންކަން ރެގިއުލޭޓްކުރުމަށްޓަކާ. އެހެންވީމާ އެ ރެގިއުލޭޓްރީ އިންސްޓްރޫމަންޓަކަށް ބަދަލުވެއްޖެކަމަށްވެއްޖިއްޔާ އުސުވާލެއް އެގޮތަކަށް ނުއުފެދޭނެ. ދެން އޮތީ އެކުޑަކުރުމަށްޓަކާ އަޅުގަނޑުމެން ކުޑަކުރާނަމޭ ބުނުމަކުންނެއް ނުފުދޭނެ. ދައުލަތުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކާ ދައުލަތަށް އާމްދަނީ ލިބޭނެގޮތެއް ރާއްވަންޖެހޭ. އޭގެ ތެރޭގައި އަޅުގަނޑުމެން ޓެކްސް ނެގުމުގެ ވާހަކަ ދައްކާލުމަކީ ވަރަށް ފަސޭހަކަމެއް. މިހާ ހިސާބަށް ދިވެހިރާއްޖޭގައި ޓެކްސް ނުނެގި މިއޮންނަނީކީ ކޮންމެހެން ނޭނގިގެނެއްވެސްނޫން. ދެން ނުނަގާ ސަބަބަކީ ސަރުކާރުން ވަރަށް ބޮޑު ޖަވާބުދާރީވުމެއް އަންނާނެ. އާމްދަނީއާއި ގުޅޭގޮތުން ޓެކްސް އެއް ނަގަންޏާ އިންކަމްޓެކްސް އެއް ނަގަންޏާ އެދޭބަޔަކު ޖަވާބުދާރީކުރުވާނެ ލިބޭ ބަޔަކު އެހަރަދުކުރާގޮތާ ބެހޭގޮތުން އެހެންވެގެން ޖަވާބުދާރީވުމުން ދުރުހެލިވުމަށްޓަކާ އެފަދަކަމެއް ތައާރަފް ނުކުރެވިގެން މިއުޅެނީ. އަޅުގަނޑުމެން މިގެންނަންއުޅޭ ނިޒާމުގަ އޮންނާނެ ޖަވާބުދާރީވުން ހުޅުވިފައި އޮންނަ ސަރުކާރެއް އަޅުގަނޑުމެން ގެންނަން މިއުޅެނީ ހާމަކަން ބޮޑުކޮށް އަޅުގަނޑުމެން ވެރިކަން ކުރަން މިއުޅެނީ. އެހެންކަމަށްވެއްޖިއްޔާ ޖަވާބުދާރީވުމަކީ މައްސަލައެއްނޫން.އެހެންކަމަށްވެއްޖިއްޔާ އަޅުގަނޑުމެންނަށް ޓެކްސްގެ ނިޒާމެއް އިންކަމްގެ ގޮތުގައި ގެނައިކަމަށްވިޔަސް އަދި ކޯޕަރޭޓް ކެޓްސްއެއްގެ ގޮތުގަ ގެނައިކަމަށްވިޔަސް އެއީކީއެއް މައްސަލައެއްކަމަށް ނުވާނެ. ދެން އޮތީ އަޅުގަނޑުމެން އެފަދަ ނިޒާމެއް ގެންނަން ބޭނުންވާއިރުގަ ބަލާލަންޖެހޭ ރާއްޖޭގަ އާމްދަނީ ލިބެނީ ކޮން ފަސެންޓޭޖަކަށްތޯ ދިވެހިރާއްޖޭގެ އާމްދަނީ ލިބެންވީ ގޮތްތަކުގެ ތެރެއިން ޓެކްސް އެއް ނެގޭނީ ކޮންއުސޫލަކުން ކިހިނަކުންތޯއާ. އެހެންވީމާ އެ ޓެކްސްއެއް އިންސާފްވެރިވާނެ ގޮތަކަށް އެޓެކްސް އެއް އަދުލުވެރިވާނެގޮތަށް ހަމަހަމަކަން ބޮޑުގޮތަކަށް އެޓެކްސްއެއް ނެގޭކަމަށްވެއްޖިއްޔާ އެއީކީ ރައްޔިތުންގެ ތެރެއިން ނުރުހުންތެރިކަމެއް އަންނާނެކަމެއް ކަމަކަށް ނުލެބެވޭނެ. ޝުކުރިއްޔާ.

އަންނި: މަހަކަށް 5000 ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އާމްދަނީން 25% ޓެކްސްކުރެވޭ އިންޑައިރެކްޓް ޓެކްސްއިން ޓެކްސްކުރީމަ. އިންޕޯޓް ޑިއުޓީ. އިންޓެކްސްވީމާ 25% ޓެކްސްވޭ. މަހަކަށް 15000 ވުރެމަތިން އާމްދަނީ ލިބޭ ކޮންމެ މީހަކަށް މިޓެކްސްކުރެވެނީ އެމީހެއްގެ އާމްދަނީން 3% 4% ދެމެދު. މިއީ އިންޑައިރެކްޓް ޓެކްސްއެއްގެ އިންޕޯޓް ޑިއުޓީފަދަ ޓެކްސްއެއްގެ ބޯލްޑް ބޭއިންސާފް. މީގެން އަޅުގަނޑުމެން އެބަ ސަލާމަތްވާންޖެހޭ. އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާނަން އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގާ ފުރަތަމަ ލެޖިސްޓްލޭޓިވް އޭޖެންޑާގަ ފުރަތަމަ ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ލެޖިސްޓްލޭޓިވް އޭޖެންޑާގައި ހިމަނަންޖެހޭނެ ކޯޕަރޭޝަން ޓެކްސް. އެކަމަކު އަޅުގަނޑުމެން ދެން ވިސްނަންވީ މިހާރު އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އަކީ 7 ބިލިޔަން ރުފިޔާ. އޭގެ ތެރެއިން މޫސަ އެބުނުއްވިހެން ރަސްމިއްޔާތަށާ މިބާވަތުގެ ކަންކަމަށް މުސާރަޔާ ސަރުކާރުގެ ޕޭރޯލަށް އެކަނި 3 މިލިޔަން އެބަހަރަދުކުރޭ. އަޅުގަނޑުމެންގެ ބަޖެޓް އަޅުގަނޑަށްވެސް އެނގޭ 12 ބިލިޔަންކަން އެއީ އަނެއްބައި ދަރަންޏަން ނަގާތީވެ. އަޅުގަނޑުމެން އަހަންވީ ސުވާލަކީ ކޯޕަރޭޝަން ޓެކްސްއާ އިންޕޯޓް ޑިއުޓީ ދަށްކުރީމަ ކިހާވަރެއްތޯ އަޅުގަނޑުމެން މި ދޫކޮށްލަން ބޭނުންވަނީ. އެއްބިލިޔަން ރުފިޔާއަށް އަޅުގަނޑުމެންނަށް އިންޕޯޓް ޑިއުޓީދަށްކޮފަ އަދި އެ އެއްބިލިޔަން ރުފިޔާ އެހެންތަނަކުން ނުނަގާ ފަރުޖެއްސެން އެބައޮތްތޯ؟ މިހާރު އަޅުގަނޑުމެންނަށް މީހުން ޖަހާދޭ ހިސާބުގައި އެވެސް އެކަށީގެންވެދާކަމެއް. އިންޕޯޓް ޑިއުޓީއެއް ބިލިޔަން ރުފިޔާއިން ދަށްކޮށްފާ އަދި އެ އެއްބިލިޔަން ރުފިޔާ އެހެންތަނަކުން ނުހޯދާ އެއަދަދަށް ސަރުކާރުގެ ހަރަދުކުޑަކުރުމަކީވެސް އަދިވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތްކަމެކޭ އެހެންނަމަވެސް ކޯޕަރޭޝަން ޓެކްސްގެ އޮނިގަނޑު އެކުލަވާލުމަށްޓަކާ ބައިޕަސެންޓުން ނަމަވެސް ކޯޕަރޭޝަން ޓެކްސްއެއް މިހާރު ނަގަންފަށަން ޖެހިއްޖެ. އެހެންވީމާ އަޅުގަނޑުމެންގެ ކޯޕަރޭޝަން ޓެކްސްގެ ބްރެކެޓަކީ ރޭޓަކީ ކޮބާތޯ ކަނޑަނޭޅުނެއްކަމަކު ފުރަތަމަ ލެޖިސްޓްލޭޓިވް އޭޖެންޑާގަ ކޯޕަރޭޝަން ޓެކްސްއެއް ހިމެނެންޖެހޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ހިމެނޭ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އެ ޓެކްސް ހިމެނޭނެ. (ނުނިމޭ)

ފާރަވޭ ރޭޑިޔޯ: ޒަމީރު: އާދެ! އަޅުގަނޑުގެ ސުވާލަކީ ރާއްޖެއެތެރެވާ ބިދޭސީންގެ އަދަދު މިހާރުމިވަނީ އަޅުގަނޑުމެން ބިރުގަންނަން ޖެހޭވަރަށް އިތުރުވެ ގިނަވެފަ ޒުވާންކުދިންނަށް ވަޒީފާގެ ފުރުސަތު ދަތިވެފަ، މިފަދަ ދަނޑިވަޅެއްގައި ތިބޭފުޅުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގަ ވާދަކުރައްވާއިރު ބިދޭސީން ރާއްޖެ އެތެރެވާ މިންވަރު މަދުކުރުމަށްޓަކާ އެއްވެސް ވަރަކަށް ވިސްނަވަންތޯއޭ؟ ވިސްނަވާފަވާ ސިޔާސަތުތަކަކީ ކޮބައިތޯއޭ؟

ރީކޯ މޫސަ: އާދެ! މިކަމަށް ވާދަ ކުރުމުގެތެރޭގަވެސް ތިހުރިހާކަމެއް ވިސްނައިގެން މިއުޅެނީ. އެހެންނަމަވެސް ވެގެން މިއުޅޭގޮތަކީ އަޅުގަނޑު ކުރި ތަޖްރިބާއެއް ދަންނަވާލަފާނަން. ރާއްޖޭގެ ވަޒީފާގެ ފުރުސަތުތަކާ ވަޒީފާގެ ބާޒާރު އޮތްގޮތުން ސަރުކާރާ އެކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލިސްގަ ސުވާލުކުރީމަ ވިދާޅުވީ މިނިސްޓަރަކުނެތޭ.
ދެން މައުލޫމާތަށްޓަކައި ތަންކޮޅެއް ދަންނަވާލަން. މިހާރުވެސް އެމްޑީޕީގެ ފަރާތުންވެސް ކުރަމުން މިގެންދަނީ. އާދެ ރާއްޖެއަށް ވަޒީފާގެ ފުރުސަތުވެސް އޮތީ އަޅުގަނޑު ދަންނަވާނީ ދިވެހިރައްޔިތުންނަށް ވަޒީފާގެ ފުރުސަތު މިހާހަނިކޮށް މިހާރުއޮތީ. ވަރަށް ތާށިވަމުން މިދަނީ. އެކަމަކު ސަރުކާރުން ވަރަށް ބޮޑުކޮށް ބުނަމުން އެބަގެންދޭ އިހަށްދުވަހު އަޅުގަނޑު ފާހަގަކުރިން އަލަށްވެއްދި ނާފިޒުކަން ނަފީޒުކަން ނޭނގެކިޔާ ކޮންމެވެސް ބޭފުޅެއްގެ ރައްޔިތުންގެ ހާއްސަ މަޖިލީހުގައިވެސް ފާހަގަކޮށް ބުނެފި ވަޒީފާގެ ފުރުސަތު އޮތޭ. ބުނިއިރު މިއަދު ބާޒާރުމަތީގަ މަގުމަތީގަ މިއަދު ބަޔަކު މީހުން އެމީހުންގެ ވަޒީފާ ވަގުތުން ވަގުތަށް ގެއްލިގެންދޭ. ފާހަގަކޮށްލިން. އާދެ! ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުންގެންދާ ނުވަތަ ވަޒީފާގެ ބާޒާރުގައި ތިބިމީހުންނަށް ދިމާވެފައޮތް މައްސަލައަކީ މިހާތަނަށް މީހުން އުފެއްދިއިރު ވަޒީފާތަކަށް ބޭނުންވާ ދާއިރާތަކަށް ބަލައިގެން ތައުލީމު ދީގެން އުގަންނައިދީގެން މީހުން އުފައްދާފަކައެއްނެތް. ވޭތުވެދިޔަ 30 ހަކަށް 40 ހަކަށްދުވަސްތެރޭގަ. އެހެންވުމުގެ ސަބަބުން ވަޒީފާ އަކަށް މީހަކު ނުކުންނައިރުގަ އެމީހާގެ ވަޒީފާގެ ހުނަރު ހުރެގެން… އަނެއްކަމަކީ ސަރުކާރުން މިއަދު ހުޅުވާލާމިހިރީ ދިވެހިރާއްޖޭގެ ކޮންމެވަޒީފާ އަކަށް ކޮންމެ ދިމާލަކުން ކޮންމެމީހަކު އައިކަމުގައިވިޔަސް ދޭން. އެއީވެސް ގޮތެއް، އަނެއްކާ މިއަދުގެ ހާލަތަށް ބަލާއިރު ވަގަށް ދިވެހިރާއްޖެއަށް އެތެރެކުރާ ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރާމީހުންނަށްވެސް ސަރުކާރުން ހިމާޔަތްތަކެއް ދީފައެބަހުރި. 7000 8000 މީހުން އެބައުޅޭ ފިލައިގެން އުޅޭމީހުން އެމީހުންވެސް ސަރުކާރުން ނުހޯދާކަމަށްވަންޏާ އޭގެ މާނައަކީ އެމީހުން ދިވެހިސަރުކާރުން އެމީހުންނަށް ފުރުސަތުދީފައޭ. އެހެންވީމާ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ރަނގަޅުގޮތުގައި ހޯދައިދިނުމަށްޓަކައި ސަރުކާރުން ޖެހޭ މަސައްކަތްތަކެއް ކުރަން. އެކަމަށްޓަކައި ގާނޫނުތަކެއް ހެދުމަށްފަހުގަ ވަޒީފާގެ ބާޒާރުވެސް އަޅުގަނޑުމެން ޖެހޭނީ އުފައްދަން. އަޅުގަނޑު ހަމަގައިމުވެސް އެކަން އުފައްދާނީ ދިވެހިރާއްޖޭގައި މިހާރު ތައުމީލީ ދާއިރާ ކަނޑައެޅިފަ އޮތްގޮތުން ހުނަރުވެރިކަމާއެކީގަ ވަޒީފާތަކަށް މީހުން ނުކުތުމަށް އަނެއްކާ ވަޒީފާގެ ޤާނޫނުގަ މިހާރު ދިވެހިންނަށް ލިބޭ ފުރުސަތުތައް ބޮޑުވެ އިނާޔަތްތައް ބޮޑުކުރުމަށްފަހުގަ ދިވެހިރައްޔިތުންނަށް ހިމާޔަތްދެވޭނެ ގޮތަކަށް ހަދަން. މިއަދު ވާގޮތަކީ މީހަކު ކަނޑާލާ ބޭރުކޮށްލަނީ ނިކަން ވިސްނާ ވަޑައިގަންނަވާ ސަރުކާރުގެ އޮތް ސިޔާސަތުގެތެރޭގަ އެއްވެސް ދިވެއްސެއްގެ ވަޒީފާގެ ފުރުސަތު ހިމާޔަތްކޮށްދެވެން ބޭނުންނެތީ. އިއްޔަގަ އޮތް ރައްޔިތުންގެ މަޖިލިސްގަ ސަރުކާރުގައި ތިބި މީހުންގެ ވަޒީފާގެ ފުރުސަތު ހިމާޔަތްކުރަން ދިމާކުރީމަވެސް ރައީސް މައުމޫނުގެ ކޮންޓްރޯލްގަ އެމީހުން އެތިބީ. އެހެންވީމާ އެގޮތަކަށެއް މިރާއްޖޭގަ ވެރިކަމެއް ނުކުރެވޭނެ. އަޅުގަނޑު ވެރިކަންކުރާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ ޤާނޫނުތަކުގެ ދަށުން ހަރުދަނާކަމާއެކީގަ އެމީހުނަށް ވަޒީފާއަދާކުރުމުގަ ފުރުސަތުދީ އެމީހުން ވަޒީފާ އަދާކޮށްދޭ ފަރާތްތަކަކީ އިތުބާރާ އެކީގަ އެމީހުން ގެންގުޅޭނެ ފަރާތްކަމުގަ ޔަގީންކަން ހޯދައިދީފަ. މިއީ ޤާނޫނީ ދާއިރާގެތެރޭގަ އޮތްކަމެއް. އެހެންވީމާ އެކަން އެގޮތަށް ކުރެވޭނެ.

އަންނި: ކުރެއްވި ސުވާލަކީ ބޭރުމީހުން ވަރަށްގިނައޭ އެކަމާ އަޅުގަނޑުމެންގެ ސިޔާސަތަކީ ކޮބާހޭ. ތެދުފުޅެއް މިހާރު ރާއްޖޭގައި 70،000 އެކްސްޕެޓްރިއޭޓް މަސައްކަތްކުރަމުންދާކަމަށް ތަފާތު ހިސާބުން ދައްކަނީ. އިގްތިސާދީ މަސައްކަތް ހިންގަންޏާ އެއަށްބޭނުންވާ މީހުން ބޭނުންވާނެ. އެމީހުން އަޅުގަނޑުމެންގެ ލޭބަރމާކެޓުންނެގެން ނެތިއްޔާ އަޅުގަނޑުމެން ޖެހޭނީ އިގްތިސޯދީ މަސައްކަތް ކުޑަކުރަން ދަށްކުރަން. މީހުން އެތެރެކުރަން ބޭނުންނުވަންޏާ. އެހެންނޫނިއްޔާ އަޅުގަނޑުމެން ވަރަށްބޮޑަށް ލޭބަރ އެތެރެ ކުރަންޖެހޭތީވެ ދެކަމެއް ހިންގާނެ. ފުރަތަމަ ކަމަކަށް ލޭބަރ އިންޓެންސިވް އިންވެސްޓްމަންޓް މި ގިނަ ލޭބަރ ބޭނުންވާއިތުރު އިންވެސްޓްމަންޓްތަކާ ދިމާއަށް އަޅުގަނޑުމެން ނުދިއުން. އަޅުގަނޑުމެންގެ މުޅި އިޤްތިސޯދު ބިނާކޮށްފަ މިއޮތީ އަރާމް ޕްލެޝަރ ހޯދައިދިނުމުގެ އިންޑަސްޓްރީއަކަށް އެފަދަ އިންޑަސްޓްރީއެއްގައި ކޮންމެ ކްލައަންޓަކަށް އެބަ ބޭނުންވޭ ދެ މަސައްކަތް ކުރާމީހުން. މި މުޅި އިންޑަސްޓްރީއަކީ ވަރަށް ލޭބަރ އިންޓެންސިވް އިންޑަސްޓްރީއެއް. އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންގެ އިގްތިސޯދު އަނބުރަން ނޫޅުނެއްކަމަކު އަޅުގަނޑުމެންގެ އިގްތިސޯދުން އެހެންދިމަދިމާލުން ލޭބަރ މަސައްކަތްކުރާ މީހުން އެހާބޮޑަށް ބޭނުންނުކޮށް ނެގެންހުރި ނަފަޔަކީ ފައިދާއަކީ ކޮބައިތޯ؟ މީހުންގެ އަދަދު މަދުކޮށް ހިންގޭންހުރި ވިޔަފާރިއަކީ ކޮބައިތޯ؟
އަޅުގަނޑުމެން ދެކޭގޮތުގައި 4000 ރުފިޔާގެ މިނިމަމް ވޭޖެއް ސެޓްކުރީމާ ބޭރު ލޭބަރ ބޭރު މަސައްކަތްކުރާ މީހާ ދިވެހިމީހާއަށް ވުރެ އަގުބޮޑުވެގެންދާނެ. ބޭރު މީހާ މިހާރު ގެންނަ އެއްސަބަބެއް އެއީ އެމީހާ އަގުހެޔޮވާތީ. ހަމަ އޭގެ އިތުރަށް އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދާ އެއްކަމަކީ މަސައްކަތްހުރި ދިމާލުގައި މީހުންނެތީ. ނުވަތަ މީހުން ހުރި ދިމާލުގައި މަސައްކަތްނެތުން. މިއިންބެލެންސް ވަރަށްބޮޑަށް އެބަފެނޭ. ރާއްޖޭގެ އެތައްރަށެއްގައި ތިބެދާނެ މާބޮޑު ތަރުތީބެއްނުލާ ރާނާމީހުން. ހިޔާކުރާމީހުން، ސިމެންތި ޖަހާމީހުން ވަޑާންކުރާމީހުން. ދަތުރުފަތުރުކުރުމުގެ ރަނގަޅު ނިޒާމެއްނެތުނީމާ ދެން މިވާގޮތަކީ މަސައްކަތްކުރާ މީހާއަށް އޭނަ މަސައްކަތްކުރަން ދާންޖެހޭތަނަށްވެސް ނުދެވެނީ. އެހެންވީމާ އެތަނުގައި ބަހައްޓާ ބާވަތުގެ މީހެއް އަޅުގަނޑުމެން އިމްޕޯޓްކުރަން މިޖެހެނީ. ދަންނަވަން މިއުޅޭ ވާހަކައަކީ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ފުރިހަމަކުރެވުނީމާ އޭގެސަބަބުންވެސް އިންޕޯޓްކުރާ ލޭބަރ މަދުވާނޭ،. އެންމެކުޑަ އުޖޫރައެއް ކަނޑައެޅީމާ އޭގެ ސަބަބުންވެސް އެލޭބަރ މަދުވާނޭ. އަދި އަޅުގަނޑުމެން ބޮޑަށް ލޭބަރ އެހާބޮޑަށް ބޭނުންނުވާ ބާވަތުގެ އިންޑަސްޓްރީތަކަށް ދިއާމަވެސް ލޭބަރ އިންޕޯޓްވުން މަދުވާނެ. އަޅުގަނޑަކަށް ނޭނގެ ދިއެފްއެމް ބޭފުޅާ އަޑުއެއްސެވިކަމެއް. އެހެންނަމަވެސް މި އަޅުގަނޑު ދެއްކި ވާހަކައަކީ. ޝުކުރިއްޔާ

މުނައްވަރު: އަޅުގަނޑުމެންގެ ގައުމަކަށްވެގެން ދައުލަތެއް ހަދައިގެން މިއުޅެނީ އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނަށްޓަކާ އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުގަ. އަޅުގަނޑުމެންގެ ގައުމުގެ އިޤްތިސާދު ބައްޓަންކުރައްވާނީ މަސައްކަތްތެރިކަން ބޭނުންވާނީވެސް ދިވެހިރައްޔިތުންނަށްޓަކާ ދިވެހިރައްޔިތުންނަށް ލާބައާ މަންފާއަށްޓަކާ. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން އެބަހުރި 70،000 ވުރެގިނަމީހުން. އެއީ ރާއްޖޭގެ އާބާދީގެ 23% . އަޅުގަނޑުމެން ބިރުގަންނަ ދަރަޖައަށް މިކަންމިއޮތީ. އެހެންވީމާ އަޅުގަނޑުމެން ވަރަށް ވަރުގަދަ ސިޔާސަތުތަކެއް ކަނޑައަޅަންއެބަޖެހޭ. އަޅުގަނޑުމެންގެ ގައުމުގެ އުފެދޭ އިގްތިސޯދީ ފުރުސަތުތައް އަޅުގަނޑުމެންގެ ގައުމުގެ ވަޒީފާތައް އުފެދެނީ ދިވެހިރައްޔިތުންނަށްޓަކާ ކަމަށް އެކަންކުރެވޭނީ ބިދޭސީން މިހާރު އަދާކުރަމުން އަންނަ ވަޒީފާތަކަށް ދިވެހިރައްޔިތުން ތަމްރީނުކުރެވިގެން. އެކަމަށްޓަކައި އަޅުގަނޑުމެން ދުރާލާ ވިސްނަންޖެހޭ. އަޅުގަނޑުމެން މިސާލެއްގެގޮތުން ދަންނަވަންޏާ ބ.އަތޮޅު ރައްޔިތުންގެ ތެރޭގައި ތިބި ބ.އަތޮޅު ރައްޔިތުންގެ ގޮތުގައިތިބި 8،000 ރައްޔިތުން ކަމަށްވެއްޖިއްޔާ އެތާންގައި އަޅުގަނޑުމެން 10 ރިސޯޓް ހުޅުވާކަމަށްވެއްޖިއްޔާ އެތަނަށް ބޭނުންވާ ވަޒީފާއަށް މީހުންބޭނުންވާ އަދަދު ކަނޑައަޅާ ބޭނުންވާ ވަޒީފާގެ ގިންތީތައް ކަނޑައަޅާ އެކަންކަމަށް ތަމްރީނުކުރެވޭ ގޮތްތައް ދިވެހިރައްޔިތުންނަށް އަޅުގަނޑުމެން ހަމަޖައްސަންޖެހޭނެ. ބ.އަތޮޅުގެ ރައްޔިތުންނަށް ސީދާ އެއަތޮޅުތަކުގައި ހުރި ރިސޯޓްތަކުގެ މަސައްކަތް ކޮށްގެން އެމީހުންނަށް ހެނދުނު ވަޒީފާއަށް ގޮސްފާ ހަވީރު ވަޒީފާ ނިންމާފަ އާއިލާއަށް ގެއަށްއާދެވޭނެ، އޭރުން ހެޔޮލަފާ ސިއްހީހާލަތް ރަނގަޅު ގައުމެއް ގޮތުގައި އޮންނާނެ.

އަލީ ރިޟްވާން: އަޅުގަނޑުގެ ސުވާލަކީ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިއްޖެ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ކުރިމަތިލެއްވުމާއި ބެހޭގޮތުން. ދެން މުނައްވަރު ވިދާޅުވެއްޖެ އިސްލާހުކުރެވެމުންދާ ގާނޫނުއަސާސީގެ ދަށުންވެސް ރައީސް މައުމޫނަށް ކުރިމަތިނުލެއްވޭނެކަމަށް. އެހެންނަމަވެސް އެމައްސަލައަށް ތަންކޮޅެއް ތަފްސީލްވާނެ ކަހަލަ ގޮތަކަށް އަނެއްކާވެސްވަނީ ހުށަހެޅިފަ. މާދަމާ ބެލެވޭގޮތުން އިންތިގާލީބާބުގެ މާއްދާތަކަށް ވޯޓަށް އެއްސެވޭނެ. ދެން އަޅުގަނޑު ސުވާލަކީ މިމާއްދާތަކަށް ހުށަހެޅިފައިވާ އިސްލާހްތަކަށް ބަލާއިރުގަ އެބަވިދާޅުވޭ ސިޔާސީގޮތުން ބައެއް ފައިދާތަކެއް އެބަވެޔޭ. ދެން ތިބޭފުޅުން ކިހާވަރަކަށްތޯ ކަންބޮޑުވަނީ. މާދަމާ މިމަސައްކަތްކުރިއަށް ދިއުމަށް ހަމަޖެހިފަވާއިރު؟

މުނައްވަރު: އަޅުގަނޑުމެން މައުމޫނު އަބުދުލްޤައްޔޫމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށްފަހުގަވެސް ކުރިމަތި ނުލެވޭނޭ ދަންނަވަނީ ސަބަބުތަކާއެކުގަ. އޭގެ ފުރަތަމަ ސަބަބަކީ އަޅުގަނޑުމެން ދިވެހިރައްޔިތުން ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތްފެއްޓީ އަމާޒުތަކަކާ އެކުގަ. އޭގެތެރެއިން އެންމެ ފުރަތަމަ އަމާޒަކީ އެއްވެސް މީހަކަށް ދިވެހިރާއްޖޭގައި ދެން ދެދައުރަށްވުރެ އިތުރަށް ވެރިކަން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާނުކުރެއްވުމަށް. އެއީ މުޅި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަގުސަދެކޭ ރައްޔިތުން އެދޭގޮތަކީ. ރައްޔިތުންގެ މަޖިލިސްގެ ރޫހްހުރީ އެގޮތަށް. އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން އިންތިގާލީ ބާބެއް ހުށަހަޅާ އިންތިގާލީބާބާ ބެހޭގޮތުން މަޝްވަރާކުރަންފެށީ ރާއްޖޭގައި ދެން އޮންނަ އިންތިހާބަކީ މިނިވަން އިންސާފްވެރި އިންތިހާބަކަށް ހެދުމަށްޓަކާ. މައުމޫނު އަބުދުލްޤައްޔޫމުގެ ވަކީގެ ދަށުން މިރާއްޖޭގެ ރައްޔިތުން މިނިވަންކުރުމަށްޓަކާ. އެއީ އަޅުގަނޑުގެ މަގުސަދަކީ. ރާއްޖެއަށް ހަމަޖެހުންގެނެސްގެން މަސްލަހަތު ގެއްލުވާނުލާ އިންތިހާބެއް ބޭއްވުން. މިހާރު އެކުރަމުންގެންދާ މަސައްކަތަކީ މައުމޫނު އަބުދުލްޤައްޔޫމަށް އަނެއްކާވެސް ކުރިމަތިލެވޭނެ މަގެއް ތަނަވަސްވޭތޯ ކުރަމުންދާ މަސައްކަތް. ކޮންމެގޮތަކަށް ބާބު ފާސްވެގެންދިޔަސް ކަންއޮތީ މިގޮތަށް. ގާނޫނުއަސާސީ އިސްލާހުކުރި މަގުސަދު މިއޮތީ ވަރަށް ސާފްކޮށް. އެއްވެސް މީހަކަށް ދެދައުރަށްވުރެ އިތުރަށް ދިވެހިރާއްޖޭގައި ދެން ރައީސްކަމެއް ނުކުރެވޭނެ. މައުމޫނު އަބުދުލްޤައްޔޫމް 5 ދައުރު 6 ދައުރު ނިންމުމަށްފަހުގައި އިތުރު ދައުރަކަށް ތިމަންނަމީ އަލަށް އުފަންވިކުއްޖެއްކަމަށް ބަލައިގެން ކުރިމައްޗެއް ނުލެވޭނެ. ޝުކުރިއްޔާ

ރީކޯ މޫސަ: އާދެ! މި އިސްލާހުކުރަމުންދާ ގާނޫނުއަސާސީގައި ރައްޔިތުންގެ ހާއްސަމަޖިލީހުގައި ހުށަހެޅިފަ އޮތް ހުށަހެޅުންތައް ބެލީމަވެސް އެނގޭ މިއަދު މައުމޫނު ހުށަހެޅޭނެކަމަށް ބުނާމީހުން އަމިއްލައަށް އެބަހުރި ހުށަހެޅުން ހުށަހަޅާފަ އެއީ ތިވިދާޅުވި ހުށަހެޅުންތަކުގެތެރޭގަ އެބައޮތް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ކުރިމަތިލެވެންވާނޭ. އެހެންވީމާ އެބޭފުޅުން މިހާރު ޤާނޫނުއަސާސީގައި ފާސްކޮށްފަ އޮތްއެއްޗެއް ރަނގަޅަށް ގަބޫލުކޮށްގެން މިތިބީ. ހަގީގަތަކީ އެނގޭތޯ މައުމޫނު އަބުދުލްޤައްޔޫމު ދިވެހިރާއްޖޭގެ ވެރިކަމުގަ ވޭތުވެދިޔަ ހުރިހާ ދައުރެއްގަ އެހެރީ ހޮވިގެން އިންތިހާބުވެގެންނެއްނޫނޭ. މިގޮތަށް އޮތް ރައްޔިތުންގެ މަޖިލިސްއެއް ގެތެރޭގާ މުޅިގައުމު ކޮންޓްރޯލްކޮށްގެން އަމިއްލައަށް ބޭނުންވާގޮތެއް ހަދައިގެން އެތަނުގަ އުޅުނީ. މިއަދުވެސް އަޅުގަނޑު ދަންނަވާލަން އޮތީ މިއަދުވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތެރޭގަ ވަކިބަޔަކު އެބަތިބި ސަރުކާރުން ނުވަތަ ރައްޔިތުންގެ ފައިސާއިން ލިބޭ ނާޖާއިޒު ފައިދާތަކަކާ ބާރުތަކެއް ބޭނުންކޮށްގެން މިރާއްޖޭގައި ވެރިކަން ބަޔަކަށް ވިއްކާލައިގެން އުޅެން. އަޅުގަނޑުމެން މިތިބީ އެކަން ގަބޫލުކޮށްގެން ވަރަށް ސަރީހަ ދިވެހިބަހުން ރީތިކޮށް ބުނެފަ މިއޮތީ ދެދައުރު ވެރިކަންކޮށްފަ އޮތްމީހަކަށް ކުރިމައްޗެއްނުލެވޭނޭ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. އެއްފަހަރު ޖަލަށް ލާފަ ދޫކޮށްލީމަވެސް އަނެއްކާ ގަނެގެން ވިއްކަނީ. އެހެންވީމާ ކާކުތަ މައުމޫނަށް އެބަލި ޖެހިފަހުރެއްޖިއްޔާ އެހެންނޫންތޯވާނީ. އޭނައާ އޭނަ ކައިރީގަ ތިބިމީހުނަށް. އެހެންވީމާ ގާނޫނަކީ އަޅުގަނޑުމެން ދިރިއުޅުމަށްޓަކާ އެކަކު އަނެކަކުގެ ތެރޭގަ އުސޫލުތަކެއް ކަނޑައެޅި އޭގެ މައްޗަށް އެއްބައިވެގެން އެއްބަސްވެގެން ކުރަންޖެހޭކަމެއް. ގާނޫނަކީ ރީތި ތިންއަކުރަކުންވެސް އަސާސީ ވެސް ރީތިއަކުރެއް. އެކަމަކު ހަގީގަތަކީ މިރާއްޖޭގައި ރައްޔިތުން ދިރިއުޅޭނީ ކޮންގޮތަކަށްތޯ ބަލާ ރައްޔިތުންގެ އެންމެ އެއްބައިވެގެން ތިބެ އޭތި އޭގެތެރެއިން އެއްބަޔަކު ގަބޫލުނުކުރަނީ އަމިއްލަ ފައިދާއަށްޓަކާ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާކަމެއްނޫން މައުމޫނަށް މިރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނެ ޤާނޫނީ ހުއްޖަތެއް ދައްކާކަށް މީހަކު އަޔަސް އެއީ ގޯހެއް ކަނޑައެޅިގެން. ޝުކުރިއްޔާ

އަންނި: އިންތިގާލީ ބާބުގާ މިގާނޫނުއަސާސީއަކީ ކޮބާތޯ ކަނޑައެޅި ކަމުގައިވިޔަސްވެސް އަޅުގަނޑު ދަންނަވާނީ ޤާނޫނީ މާހިރުންނަށް ފެންނާނޭ ކޮންސްޓިޓިއުޝަލަން ލޯޔަރުންނަށް. އޭގައި އެބުނަނީ މިގާނޫނުއަސާސީގެ ދަށުން ދެނެއް ކުރިމައްޗެއް ނުލެވޭނޭ ދެފަހަރު ކުރިމަތިލާފަ ހުރިމީހަކަށް. މިގާނޫނު އަސާސީއަކީ އާ ގާނޫނު އަސާސީއަކަށްވިޔަސް އަދި ބާ ގާނޫނު އަސާސީއަކަށްވިޔަސް އިސްލާހަކަށްވިޔަސް، އެހެންވީމާ އަޅުގަނޑަކަށް ހިއެއްނުވޭ އެ އިންތިގާލީ ބާބުގާ އެޑްރާފްޓްކޮށްފަ އެއޮތް އިސްލާހުގެ ސަބަބުން އަދި އެމަޅިން އެހެންނޫނިއްޔާ އެކަމުން ނެއްޓެވެން އޮތްކަމެއްކަމަކަށް. ވާގޮތަކީ މިއީ އެނގޭތޯ ތަގްދީރު ޝާއިރު އެވިދާޅުވަނީ ތަގްދީރުގައި ވާގޮތަށް ހަމަނޫނިއްޔާ އެއްވެސް ކަމެއް ވާކަށްނޯންނާނެ. އަޅުގަނޑުމެން ބަލަބަލާހުއްޓާ 64 މީހުންގެ ޕެޓިޝަނުން ޑީއާރުޕީ ފެއްޓެވީ ހާއްސަމަޖިލީހުގަ. އެންމެފަހުން ދުވަހު ޕެޓިޝަނުގަ 42. އަޅުގަނޑުމެންނަށް މިއަންނަނީ ހަމަކޮންމެ މަރުހަލާއެއްގަ އަޅުގަނޑުމެން ވަކާލާތުކުރާ މައިގަނޑު ކަންކަން ކާމިޔާބުވަމުން. ފެންނަ ނުފެންނަވޯޓް. 18 އަހަރުންދަށް (މަތި). އަޅުގަނޑުމެންނަށް މިގާނޫނުއަސާސީ އިސްލާހުކުރަން ފެށިފަހުން އަޅުގަނޑެމެން އަޑުއުފުލި ކަންތައްތަކުގެތެރެއިން ފާސްނުވި ކާމިޔާބުނުވި ހަމައެކަނި ކަމަކީ ފުރަތަމަ ބަދަލު. 29 މެމްބަރުން ވަކިކުރުން. އެނޫންހަމަ އެއްވެސް ކަމެއް އަޅުގަނޑުމެން އަތްދަށަކުންނުދޭ އެހެންވީމާ އަޅުގަނޑުމެން ކަންބޮޑެއްނުވޭ މާދަންވެސްވާނީ ރަނގަޅަށް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހާއްސަމަޖިލީހުގެ މެމްބަރުންނަށް ހެޔޮވިސްނިވަޑައިގަންނަވާނެ.

އެސަންދާނު: އާދެ! އަޅުގަނޑުގެ ސުވާލު އަމާޒުކޮށްލަން ބޭނުންވަނީ ޑރ މުނައްވަރާ 1993 ން 2003 ކަށް މިއަނިޔާވެރި ސަރުކާރުގައި ބަންޑާރަ ނައިބަކަށް ހުންނަވައިގެން އިސްލާހަށް މަސައްކަތްކުރި ވަރަށްގިނަ ފަރާތްތަކަކަށް ދައުލަތުން ދައުވާކޮށް ވަރަށްބޮޑެތި އަނިޔާތަކެއް ވަނީވެވިފަ. ތިޕެނަލުންވެސް ވަރަށް ރަނގަޅަށް އެކަންފެންނާނެ. އަޅުގަނޑުގެ ސުވާލަކީ ކީއްވެގެންތޯއޭ އެއަނިޔާވެރި ސަރުކާރުން އަމިއްލައަށް ސަލާމަތްވެ ވަޑައިގެން ނުކުންނަވަން ނޭނގުނީ މިހާރު އެމްޑީޕީއާ ގުޅިވަޑައިގެން ތިއުޅުއްވަނީ؟

ޑރ.މުނައްވަރު:އާދެ! ތަކުރާރުކޮށް އެތަކެއްފަހަރު ޖަވާބުދެވިފައިވާ ސުވާލެއް. އަޅުގަނޑު 1993 ނޮވެމްބަރު 11 އިން 2003 ނޮވެމްބަރު 11 އަށް ދިވެހިރާއްޖޭގެ ބަންޑާރަނައިބުކަން ކުރިކަމަކީ ސިއްރެއްނޫން. ހާމަކަން ބޮޑުގޮތެއްގައި އެންމެންނަށް އެނގިފައިވާކަމެއް. އެހެންނަމަވެސް ވިސްނާލަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެން ހަމައެއް އަނގައިން ބުނަމުން މިގެންދަނީ ހުދުމުހުތާރުވެރިކަމެކޭ އަނިޔާވެރި ވެރިކަމެކޭ ހުދުމުހުތާރު ވެރިކަމަކަމަށް ވެއްޖިއްޔާ ހުދުމުހުތާރު ވެރިކަމުގެ ދަށުގައި އެންމެންވެސް ތިބޭނީ ހުދުމުހުތާރު ވެރިކަމެއްގެ ދަށުގަ ހަމަ އެއަނިޔާވެރިކަމުގެ ދަށުގަ. ދިވެހިރައްޔިތުންގެ ތެރެއިން އެއަނިޔާވެރިކަމުގެ މުއްފަތުގެތެރޭގައި ސަލާމަތްވެވޭނީ ކާކަށްތޯ ކިހިނަކުންތޯވެވޭ ސުވާލެއް. އަޅުގަނޑު ދެކޭގޮތުގައި އެމަގާމު އަޅުގަނޑު އަދާކުރުމުގެ ސަބަބުން އަޅުގަނޑުމެން ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ފައިދާތަކެއްވެސް ކޮށްފަ އޮންނާނެ. އެއަނިޔާވެރިކަމުގެ ތެރެއިން އެހުދުމުހުތާރު ވެރިކަމުގެތެރޭގަ ވަރަށް ގިނަ ބަޔަކަށް އަނިޔާތަކުން ސަލާމަތްކުރެވިފަވާނެ. އިސްލާހަށް މަސައްކަތްކުރުމަކީ ކާކު ހަމައެކަނި ވަކިމީހަކު ކުރިކަމެއްތޯ އެއީ ސުވާލަކީ. އިސްލާހަށް މަސައްކަތްކުރާ ވަރަށް ގިނަމީހުންނަކީ ތަފާތުގޮތް ގޮތުން އިސްލާހަށް މަސައްކަތްކުރަމުން އަންނަމީހުން. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިދުމަތުގަ އެމަގާމުތަކުގަވެސް ތިބީ ސަރުކާރުގަ ހުރިހާ މުވައްޒަފުންވެސް އަދި މިއަދު މައުމޫނުގެ ހުދުމުހުތާރު ވެރިކަމުގަ، ދިވެހި ދައުލަތުގަ މުވައްޒަފުންގެ ގޮތުގަ މަސައްކަތްކުރާ ވަރަށްގިނަމީހުންނަކީ ހަމަ ދިވެހިރައްޔިތުންގެ ހިދުމަތުގަ ތަފާތުގޮތްގޮތުގަ ހިދުމަތް އަދާކުރަމުން އަންނަމީހުން. އެގޮތުގެ މަތިން އަޅުގަނޑުމެން ތަފާތު ތަންތާގަ ހިމަނުއްވަމުންއައިސް ދިވެހިރައްޔިތުންނަށް ހިދުމަތްކުރެވިފަވަނީ. އަޅުގަނޑުމެންގެ ސަބަބުން އަޅުގަނޑުމެން އެމަގާމުތަކުގެ ތިބުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަރަށްގިނަ ބަޔަކަށް ހެޔޮކަންތައްތައް ކުރެވި ވަރަށްގިނަ ކަންތައްތައްވާނީ އިސްލާހުކުރެވިފަ. އެހެންވީމާ އޭރު އެމަރުހަލާގާ ސުވާލެއް އޭގެތެރެއިން ކާކުތޯ ނުކުތީކާކަށްތޯ ނުކުންނަންޖެހުނީ. އަޅުގަނޑު ހިތުން އަޅުގަނޑު މިއަދު މިއިސްލާހަށް މަސައްކަތްކުރާ މި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަމުގައި މިހިރީ މިޕާޓީގެ މެމްބަރުންގެ ތެރެއިން އަގުލަބިއްޔަތު ގަބޫލުކުރާތީ އަޅުގަނޑުމެން އިސްލާހަށް ފެށުނީއްސުރެ މަސައްކަތްކުރަމުން ރައްޔިތުންގެ ހިދުމަތުގެ ދެމިހުރި މީހަކަށްވާތީ. ޝުކުރިއްޔާ (ނުނިމޭ)

ފިޔެސް: އަޅުގަނޑުގެ ސުވާލަކީ އެމްޑީޕީގެ އާދަޔާ ހިލާފު ކޮންގްރެސްގަ އެބައޮތް ކަނޑައަޅާފަ ޕާޓީގެ މެނިފެސްޓޯ ދެން އޭގަ އެބަހުރި ކަންތައްތަކެއް ކުރަން ކަނޑައަޅާފަ އޭގެތެރެއިން ކޮންކަންތައްތަކަކަށްތޯއޭ ތިބޭފުޅުން އިސްކަންދެއްވާނީ އަދި އެ އިސްކަން ދެއްވާނީ ކޮން ސަބަބަކާ ހުރެތޯއޭ؟
ޑރ.މުނައްވަރު: އެމްޑީޕީގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކަކީ ކުރިންވެސް އެފަހަރު އަޅުގަނޑަށް ދަންނަވާލެވިއްޖެ އެންމެ ފުރަތަމަ އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ ދިވެހިރައްޔިތުންނަށް އަނބުރާ ދިނުމަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ކަންތައްތަކާ ދިވެހިރާއްޖޭގެ ލިބޭނީ އެކަންތައްތައް ދިވެހިރައްޔިތުން އެދޭގޮތަށް ބައްޓަން ކުރެވިގެން ދިއުން. ޤާނޫނީ ވެރިކަމެއް ދިވެހިރާއްޖޭގައި ގާއިމުކުރެވި ގާނޫނަށް ދިވެހިރާއްޖެއަކީ ދިވެހި ސަރުކާރަކީ ޤާނޫނަށް ބޯލަނބާ ގާނޫނާ އެއްގޮތަށް ހިނގަމުންދާ ތަނަކަށް ހެދުން. ދިވެހިރާއްޖޭގައި ހުރި ވަސީލަތްތައް އިގްތިސޯދީ ވަސީލަތުގެ މަންފާ ހުރިހާ ދިވެހިރައްޔިތުންނަށް ލިބޭނެގޮތަކަށް ބެހިގެން ދިއުން. ދިވެހިރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ ސިއްހަތެއް އޮތް ދިވެހި ރާއްޖޭގެ ސަރުކާރަކީ ދިވެހިރައްޔިތުންނަށް ހަމްދަރުދީވާ ރަހުމުކުރާ ދިވެހިރައްޔިތުންގެ ހައްގުގަ ދިވެހިރައްޔިތުންނަށްޓަކާ ގާއިމުކުރެވިފައިވާ ސަރުކާރަކަށް ހެދުން. ޝުކުރިއްޔާ

ރީކޯ މޫސަ: އަޅުގަނޑު އިސްކަންދޭނީ އޭގެތެރެއިން ކަރަޕްޝަން ނައްތާލުމަށް އެވިދާޅުވި ހުރިހާ ކަމެއްގެ އަސްލަކީ މިރާއްޖޭގައި މަގާމުގެ ނުފޫޒުބޭނުންކޮށްގެން ނާޖާއިޒުފައިދާ ނަގައިގެން ގާނޫނުތައް މުގުރާ ހަލާކުކޮށް ރައްޔިތުންގެތެރޭގަ އޮންނަންވީ ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލުވާލަނީ. އެއީ މާދަމާ މިރާއްޖޭގެ ވެރިކަމަށް އަޅުގަނޑު ހަވާލުވިކަމުގައިވިޔަސް މިސަރުކާރުގައި މަސައްކަތްކުރަން ތިބި ވަރަށްގިނަ އަދަދެއްގެމީހުން ކައިރީގައި ގެއަށްދާށެކޭ ނުބުނެވޭނެ. އޭގެތެރޭގައި ހުރި އާދަކާދަތައް ނައްތާލުމަށްޓަކާ މިރާއްޖޭގައި ކަރަޕްޝަން ހިންގަންބޭނުންވާ ނުވަތަ އެކަމުގެތެރޭގައި ނާޖާއިޒު ފައިދާ ނަގަމުންދާ އެންމެން ހުއްޓުވާލުމުގެ ސަބަބުން އެހުއްޓުވައިގެންނޫނީ މިރާއްޖޭގަ ގާނޫނަށް ބޯލަނބައިގެން ގާނޫނީވެރިކަމެއް ނުކުރެވޭނެ. އެހެންވީމާ ހިނގަހިނގަ އޮތް ސަރުކާރެއްގެތެރެއިން ނުވަތަ ބަދަލުކުރުމަށްފަހު ހިނގަހިނގަ އޮތް ގައުމެއްގެތެރޭގަ ވެރިކަމާ ހަވާލުވާއިރުގަ މިގައުގަ މިއަދު އެންމެފުރަތަމަ ކަމަކަށްއޮތީ ކޮރަޕްޝަން ނައްތާލަން މަސައްކަތްކުރުން. އެކަން އަޅުގަނޑު ކުރާނަން. ހަމަޔަގީންކަމާއެކީގަ އެމްޑީޕީގެ މެނިފެސްޓޯގެތެރޭގަވެސް އަޅުގަނޑުމެންގެ ތެރޭގަ ހިމެނިފައޮތްކަމެއް އަދި އަޅުގަނޑުމެންގެ ގާނޫނާއި ގަވާއިދާ މިދެންނެވި މަސައްކަތްތައް ކުރުމަށް ފަހިކުރެވޭނެގޮތްތަކަށް ހަދައިގެން ކަރަޕްޝަން ނައްތާލާ ކަރަޕްޝަނަށް ފަހިކޮށް ކަންކަން ކުރަންބޭނުންވާ އަމިއްލަ ފަރާތްތަކަށާ ވިޔަފާރިވެރިންނަށާ އަދި ދިވެހިރާއްޖޭގައި ތިބި އެކަމަށް ތާއީދުކުރާ ހުރިހާ މީހުންނަށް ބޮޑެތި އަދަބުދީގެން ނަމަވެސް އެކަން ހުއްޓުވާލައިގެން ނޫނީ … އެކަން ކުރާނަމޭ. އަޅުގަނޑު ފުރަތަމަ ސަމާލުކަމެއް ދޭނީ މިދެންނެވިކަމަށް. އެއީ އަޅުގަނޑުމެންގެ ސްކޫލުތަކުންފެށިގެން. ސްކޫލުތަކުގެ ޓީޗަރުންނާ މައިންބަފައިންނާ ދަރިވަރުން ފެށިގެން އައިސް ރައީސުލް ޖުމްހޫރިއްޔާ ހަމައަށް މިހާރު ހުރި ބައްޔެއް. އެހެންވީމާ އެބަލިނައްތާލުމަށް އަޅުގަނޑު ފުރަތަމަ އިސްކަންދޭނީ.

އަންނި: އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު 10 ކަމެއް ފާހަގަކުރެވިފައިވާނެ. އެއީ އަދުލުވެރި ވެރިކަމެއްކުރުން. އަދުލުއިންސާފް ގާއިމުކުރުން، މަދަނީ މުޖުތަމައު، މިހެންގޮސް މައިގަނޑު 10 ކަމެއް އެމްޑީޕީގެ މެނިފެސްޓޯގައިވާނެ. އޭގެތެރެއިން އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ ކޮންކަމަކަށްތޯ؟ އެކެއް ފުރިހަމަ ދަތުރުފަތުރުކުރުމުގެ ނިޒާމެއް މިރާއްޖޭގައި ގާއިމުކުރުން، އަޅުގަނޑު ކޮންމެހެން ތަރުތީބަކުންނޫން މިދަންނަވަނީކީ. ގެދޮރުގެ ކަންތައް ހައްލުކުރުން މޯގޭޖް ސްކީމަކާއެކީގަ. ހެލްތު އިންޝުއަރެންސް ސްކީމަކާއެކީގަ ސިއްހީވަރުވާގެ ކަންތައް ހަމަޖެއްސުން. މަދަރުސާތައް (ޓީޗާޒް ސްޑޫޓަންޓް ރޭޝިއޯ) ރަނގަޅުކުރުމާ އަދި ދެ ސެޝަން ކަނޑާލުމާ އެކަންކަންކޮށްގެން މަދަރުސާތައް ރަނގަޅުކުރުން. މިހުރިހާކަމަކަށްވުރެން ވަރަށް މުހިންމުކަމެއް އަޅުގަނޑުމެނަށް ފާހަގަކުރެވޭ. އެއީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ދެކޮޅުނުޖެހި ދުވަސްތައް މިއޮއްދަނީ. އަޅުގަނޑުމެންނަށް މިލިބެނީ 7 ބިލިޔަން ރުފިޔާ، އޭގެތެރެއިން ސަރުކާރުގެ ޕޭރޯލަށް މުސާރައަށް އެކަނި 3 ބިލިޔަން ރުފިޔާ އެބަހަރަދުވޭ. މި ތިންބިލިޔަން ރުފިޔާގެ ރަނގަޅު އެއްބިލިޔަން ތިންބައިކުޅަ އެއްބައި އަޅުގަނޑުމެން ހަރަދުކުރަނީ ހާހެއްހާ މީހުންނަށް. އަނެއް ދެބިލިޔަން ހަރަދުމިކުރަނީ 42 ހާސްމީހުންނަށް މުސާރައިގެ ގޮތުގަ. އެހެންވީމާ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެމަތީ ވެރިޔާއަށް އަޅުގަނޑުމެން އެބަހަރަދުކުރަން ގަޑިއަކަށް 18،000 ރުފިޔާ. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް މިސަރުކާރު ބޮޑުވެފައި މިއޮތްމިންވަރާ ސަރުކާރު މިކުރާހާ ހައިބަތައްޓަކާ އިއްޒަތައްޓަކާ ކުރާހާ ހަރަދު އަޅުގަނޑުމެން ކުޑަކޮށްފާ އަޅުގަނޑުމެން ވެރިކަމުގައި ތިބެނީ ނުވަތަ ވެރިކަމެއް ދެމިއޮންނަނީ ހައިބަތާ ގަދަރާ އިއްޒަތުގެ ސަބަބަކުންނޫނޭ ރައްޔިތުން އެވެރިކަމަކަށް ރުހޭތީއޭ. އެއުސޫލުން އަޅުގަނޑުމެން ބަދަލުވެވޭތޯ ބަލާނަން.

ހަވީރުން ފިޔާޒް: އަޅުގަނޑުގެ ސުވާލުއަމާޒުކޮށްލާނީ ހަމައެކަނި މުނައްވަރަށް! މުނައްވަރު ކެމްޕޭނު ކުރައްވަމުން ތިގެންދަވަނީ ހާދިމުކުމް އެޝިޔާރުގެ ދަށުން އެކަމަކު ބައެއް ބޭފުޅުން ޕާޓީގެވެސް ބައެއް ބޭފުޅުން ވިދާޅުވޭ މިހާތަނަށް އެޝިޔާރުގެ ދަށުން މުނައްވަރަކަށް ރަމްޒުކޮށްދީފައެއްނެތޭ ހާދިމްކުމް ހާދިމެއްގެ ގޮތުގައެއް؟ ނަމަވެސް ވިދާޅުވެއްޖެ އެޓަރނީޖެނެރަލްކަމުގެ މަގާމުގައި ހުންނެވިއިރުގަވެސް ކަންތައްތަކެއް ކޮށްދެއްވި ވާހަކަ. ފައިދާތަކެއް ބަޔަކަށް ވާގޮތަށް އަމަލުކުރެއްވި ވާހަކަ ކޮން ކަންތައްތައްތަކެއްތޯ އަޅުގަނޑުމެންނަކަށް ފެންނާކަށްނެތް މާގިނަ ޤާނޫނުތަކެއް ޤާނޫނުއަސާސީގައި ބުނެފަ ހުރި މާއްދާތަކެއް …؟

މުނައްވަރު: އަޅުގަނޑު ހައިރާނެއްނުވޭ! މައުމޫނު ސަރުކާރު ފެށުނީއްސުރެ މައުމޫނު ސަރުކާރުގައި އުޅުއްވި އަދި މައުމޫނު ސަރުކާރު ދަމަހައްޓަން މަސައްކަތްކުރެއްވި ދިވެހިރައްޔިތުންގެ ނުރުހުމާއެކުގަ ވަޒީފާއިން ވަކިވެގެން ދިޔަ މުހައްމަދު ޒާހިރު ހުސެންގެ ނޫހަކުން ތި ސުވާލުކުރެއްވީތީ އަޅުގަނޑު ހައިރާނެއްނުވޭ. އެހެންނަމަވެސް ހަގީގަތަކީ އަޅުގަނޑު ބަންޑާރަ ނައިބުކަމުގަ ހުރުމުގެ ސަބަބުން ފ.އަތޮޅު މަގޫދު ފަޅުނުވެއޮތީ. އަޅުގަނޑު އެދެން ފ.އަތޮޅު މަގޫދޫ ރައްޔިތުންގެ އަރިހުން އައްސަވާ. ކިހިނަކުންތޯ ޒަކަރިއްޔާ ހަމީދާއި މައުމޫނު އަބުދުލްޤައްޔޫމާއި ދެމީހުން ގުޅިގެން މިރަށުގެ އެތައްބަޔަކު އަނިޔާކުރަން ދިމާވުމުން އެމަގާމުގައިހުރެ ނޫންތޯ އެމީހުން ހިމާޔަތްލިބިގެންދިޔައީ. އެމީހުންގެ ސަބަބުންނޫންތޯ އެއްސެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ހާދިމުކުމް އެޝިޔާރުއޮތީމާ ހަވީރު ނޫހަށްވެދާނެ ހަޖަމް ނުކުރެނީކަމަށް ޒާހިރު ހުސޭނަށްވެދާނެ ހަޖަމު ނުކުރެވޭނީކަމަށް. މައުމޫނު އަބުދުލްޤައްޔޫމަށް ވެދާނެ ހަޖަމު ނުކުރެވެނީކަމަށް. އެކަމަކު އަޅުގަނޑު އަމަލުން އަޅުގަނޑު މިހާ ހިސާބަށް ސާބިތުކޮށްދީފަ އޮތީ އަޅުގަނޑަކީ ހަގީގަތުގަވެސް ރައްޔިތުންގެ ހާދިމެއްކަން. އަޅުގަނޑު މި އަމަލުކުރަމުން ގެންދިޔަގޮތަށް މިހާރުވެސް ދެމިހުންނަނީ އަމިއްލައަށް ވިޔަފާރިއެކޭ ކިޔާ ވާހަކަ ދެކެވުނު އިރުގަވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ހިދުމަތުގައި ދެމިހުރި މީހެކޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކެމްޕެއިން ނިމިގެންވެސް އެކަންއެގޮތަށް ސާބިތުކޮށްދޭނަން. މިހާރުވެސް ހިލޭ ސާބަހަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ހިދުމަތް ކުރައްވަމުން މިގެންދަވަނީ.

މިނިވަން: އައިޝަތު އާނިޔާ ޝުކުރިއްޔާ އަޅުގަޑުގެ ސުވާލަކީ ވޭތުވެދިޔަ 30 އަހަރު ތިޔަބޭފުޅުން ތިބޭފުޅުންގެ އާއިލާއާ ތިޔަބޭފުޅާއާ ބައިވެރިވެފަހުރީ ކޮންވިޔަފާރި ތަކެއްގަތޯއާ ހައްދަވާފަހުރީ ކޮންޑީލްތަކެއްތޯއާ އަދި މިހާރު މިވަގުތު ތިޔަބޭފުޅުންގެ އަމިއްލަ މިލްކިއްޔާތުގަ ކިހާ ފައިސާއަކާ ކިހާ މުދަލަކާ ކިހާ ހިއްސާއަކާ އެބަހުރިތޯ؟

ޑރ.މުނައްވަރު: އަޅުގަޑުގެ އާއިލާއަކީ ވިޔަފާރިކުރާ އާއިލާއެއްނޫން، އަޅުގަޑުގެ އާއިލާއަކީ ޚިދުމަތްކުރާ މީހުންގެ އާއިލާއެއް އަޅުގަޑުމެންގެ އާއިލާގެ އަޅުގަޑުގެ ދޮއްޓަށްތިބި ދެ ބޭބެއަކީ ދިވެހިރާއްޖޭގައި ކަންކޮޅުތަކުގެ ތައުލީމު ފެތުރުމަށްޓަކައި އެމީހުންގެ ހަޔާތް އެއްކޮށް ގުރުބާން ގާތްގަނޑަކަށް ކޮށްލާފަތިބި ބައެއް، އަޅުގަޑުގެ ދެންހުރި ކޮއްކޮ ތިޔަބޭފުޅުން ދެނެވަޑައިގަންނަވާނެ ހުސްނުއްސުއޫދަކީ ރާއްޖޭގެ އެކިއެކި މީހުންގެ ހައްގުގައި އެކި ގޮތްގޮތަށް ގާނޫނީ ވަކީލުކަން ކުރަމުންދާ މީހެއް، އަދި އަޅުގަޑުގެ އެއަށްވުރެ ހަގަށްހުންނަ ކޮއްކޮއަކީ މިހާރުވެސް ދިވެހިރާއްޖޭގެ އަޅުގަޑުމެންގެ އަތޮޅާ ވަރަށްދުރުގައި ހިދުމަތްކުރަމުން ގެންދާ މީހެއް. އަޅުގަޑުމެންނަކީ ވިޔަފާރި ކުރާ އާއިލާއެއްނޫން، އެހެންނަމަވެސް އަޅުގަޑު އޮންނާނެ އެއްފަހަރަކު ވިލިގިލީ އައްޑުއަތޮޅު ވިލިގިލީ ތަރައްގީ ކުރުމަށްޓަކައި ކުންފުންޏެއްގަ ބައިވެރިވެފަ އެފަހަރު އަޅުގަޑު ބައިވެރިވެގެންނޫނީ އެކަން ކުރިއަށް ނުދާނެކަމަށް ގަބޫލު ކުރެވިގެން އެކަންކުރީ ވިޔަފާރި އުސޫލަކުންނެއްނޫން، މިއަދު އެކުންފުނީގެ ހިއްސާއެއްނެތް، އަޅުގަޑު ބައިވެރިވެގެން ކުންފުންޏަކުން ދ.އަތޮޅު ވެލަވަރު ތަރައްގީކުރި، ތަރައްގީކޮށްފައި އަޅުގަޑުގެ ހިއްސާ އަޅުގަޑުވަނީ ވިއްކާލާފަ، އަޅުގަޑު އެކަމަށް ބޭނުންވާ ހިސާބަށް ދިޔުމުން އަޅުގަޑުގެ އެކައުންޓުގަ ހުރި ފައިސާއާއި އަޅުގަޑުގެ މިލްކިއްޔާތުގަހުރި މުދަލާއި އަޅުގަޑުގެ މިލްކިއްޔާތުގެ މުދަލުގެ ގޮތުގަ އަޅުގަޑު މިދިރިއުޅޭ ގެ ފިޔަވާ އެހެން އެއްވެސް އެއްޗެއްނުހުންނާނެ، އެކައުންޓުގަހުރި ފައިސާ ދަންނަވާނަން އެހިސާބަށް ދިޔައިމަ، މިވަގުތަކު ބަރާބަރު އަދަދު ދަންނަވަންދަތި،

ރީކޯ މޫސަ: އާދެ ވޭތުވެދިޔަ 30 ހަކަށް އަހަރުތެރޭގަ ފުރަތަމަ ބޭބެއާއެކީގަ އަޅުގަޑު ވަޒީފާ އަދާކުރަން ދަތުރުކުރަން މީހުން ފޮނުވަން އުޅެނިކޮށް މައުމޫނު ހައްޔަރުކޮށް ޖަލަށްލާ އަޅުގަޑުމެންގެ ލާރިކޮޅު އެފަހަރު އަތުލާފަވަނީ، ދެން އޭގެފަހުން އަޅުގަޑު ނިކުމެ އަޅުގަޑަކީ އަމިއްލައަށް މަސައްކަތްކުރާ މީހެއް އަޅުގަޑު އަމިއްލައަށް ކުރަމުން ގެންދިޔަ މަސައްކަތުގެ ތެރޭގަ އަޅުގަޑު ރެޑީމޭޑްގާމެންޓް ވިއްކާ މަސައްކަތް ކުރީމު، މަޖީދީ މަގުގަ، އެހެން އުޅެނިކޮށް މީހެއްގެ އަތުގައޮތް ރިސޯޓެއް އާދަމް ޒާހިރު ކިޔާމީހެއްގެ ރަށެއް ލިބިގެން އެރަށް ހަދަން އިންވެސްޓަރަކު ހޯދައިގެން ގޮސް އެރަށުގަ މަސައްކަތްކޮށް ވަކި ހިސާބަކުށް މަސައްކަތް ދިޔަތަނާ އަޅުގަޑު އެތަނުން ބާލައިފި، އެތަނަކުންވެސް ލާރިކޮޅެއް ލިބޭގޮތެއްނުވޭ، އެމައްސަލަވެސް މިހާރުއޮތީ ޝަރީއަތަށް ގެންދާ ހިސާބުގަ، ދެން އަޅުގަޑު ފެށީ މި ހެވީއިކުއިޕްމަންޓުގެ މަސައްކަތް، ހަމަ ދަރަނީގެ ފައިސާ ހޯދައިގެން އަޅުގަޑު ފަށައިގެން މިހާރު ވަރަށް ރަގަޅުދެން ފުދޭވަރަކަށް ރަގަޅަށްމިދަނީ ދެން އޮޑިޓް ރިޕޯޓް ކޮންމެހެން ގެންނަން ޖެހިއްޖިއްޔާ އަޅުގަޑު ގެންނާނަން މިއަދު އަޅުގަޑު ހަމަ އެއްވެސް ދަރަނިވެރިކަމެއްނެތި ވަރަށް ތަނަވަސްކަމާއެކީގަ މިއުޅެނީ އަޅުގަޑު ކުރިންވެސް ދެންނެވިހެން މިއަދު ފަޅު ފުން ކުރުމުގެ ވިޔަފާރިއަށް މަސައްކަތް ކުރަމުން ދާއިރުގައި ސިންގަޕޫރުގަވެސް އަޅުގަޑު އެބަ ވިޔަފާރިކުރަން ދެން ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ ހުރިހާއެއްޗެއް އެއްކޮށްލައިފިއްޔާ އުޅެންޖެހޭނެ ދެތިން ހަތަރު މިލިޔަން ޑޮލަރުން ނައްޓާ މުޅިންޖެހޭނީ އަޅުގަޑު ތަނެއްގަ އިނދެ އެއްޗެތިތަކެއް ހަދައިލައިގެން ދެން ރަސްމީ ގޮތެއްގަ ޖަވާބު ދޭންޖެހިއްޖެއްޔާ ދޭނަން ދެން އަޅުގަޑުގެ އާއިލާއަކީވެސް ވިޔަފާރި ކުރި އާއިލާއެއްނޫން، އަޅުގަޑު ބަލާ ބެލުމުން އަޅުގަޑުގެ މަންމަވެސް ބައްޕަވެސް ނެތް ވިޔަފާރި ކޮށްފައެއް އެހެންވީމަ އަޅުގަޑުމެންގެ އާއިލާގެ ތެރެއިން އަޅުގަޑަށް އެކަނި ކަންނޭގެ މިހާރު ވިޔާފާރި ކުރެވެމުން މިދަނީ، އެހެންވީމަ އަދި އަޅުގަޑު ދަންނަވާނީ ބޭނުންފުޅިއްޔާ އަޅުގަޑު އޮޑިޓް ރިޕޯޓެއް މިއަހަރު… އަޅުގަޑު ބަލަނީމި ތަހުގީގެއްނޫންކަމަށް އެހެންވީމަ މިގޮތަށް މިޖަވާބުދެނީ،
އަންނި: އަޅުގަޑު ކުރިންވެސް ދެންނެވި ފަދައިން އަޅުގަޑަކީ ދިވެހި މޭސްތިރި ކިޔާ ކުންފުންޏެއްގެ ހިއްސާ ދާރެއް، އަދި އަޅުގަޑަކީ ކޮންޓްރާސް ޕްރައިވެޓްލިމިޓެޑް ކިޔާ ކުންފުންޏެއްގެ ހިއްސާދާރެއް، އަޅުގަޑުގެ މިލްކިއްޔާތުގައިވަނީ އެކުންފުނީގެ އަޅުގަޑުގެވާ ހިއްސާ އަޅުގަޑުގެ މިލްކިއްޔާތުގައި ބައެއް ބިން މާލޭ ގޯއްޗެއް އޮވޭ، އަޅުގަޑާ އަޅުގަޑުގެ އަންހެނުން ކުރާ ވިޔަފާރިއެއް ނޯވޭ އެހެންނަމަވެސް އަޅުގަޑުމެން ދެމީހުންގެ ޖޮއިންޓް ބޭންކް އެކައުންޓެއް އޮންނަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި، އަޅުގަޑު މިރޭ މިތަނަށް އަންނަމުން ތިއެތި ހޯދަން ބަޔަކު އުޅެދާނޭ، އެ އެކައުންޓު ލިބިދާނެހޭ ބުނީމާ އަންހެނުން އަޅުގަޑު ކައިރީގަބުނި އެދޭން ޖެހިއްޖެއްޔާ ދޭނަމޭ ދެން މިރޭ ތިދޭން އަހާތޯ ބަލާބަލާށޭ، ދެން ތިޔަ އެއްސެވީތާ އެހެންވީމަ އަޅުގަޑު ހަމަ މި ސްޓޭޓްމަންޓު އަރުވާނަން، މިވަގުތުވެސް އަޅުގަޑަށް ލިބިދާނެ ސްޓޭޓްމަންޓު ތިބޭފުޅުން ބޭނުންވެލައްވަންޏާ ސްޓޭޓްމަންޓު އަޅުގަނޑު އަރުއްވާނަން، އަޅުގަޑުގެ އާއިލާއަކީ އަޅުގަޑުގެ މަންމައަކީ ދަނޑިކޮށީގޭ ބައެއް އެމީހުންނަކީ ހެވިކަމުގެ ބައެއް، އަޅުގަޑުގެ ބައްޕައަކީ ކެރަފާގޭ ބައެއް، އެމީހުންނަކީ އަޅުންގެ ބައެއް، އަޅުގަޑުގެ ކެރަފާގޭ މީހުންނަކީ ވިޔަފާރިކޮށްއުޅޭ ބައެއް އެމީހުންނަކީ ދާދިފަހާ ޖެހެންދެންވެސް މިހާރުވެސް ވިޔަފާރިކޮށްއުޅޭ ބައެއް އަޅުގަޑުގެ ބައްޕަވަނީ އޭނަކުރި ވިޔަފާރި ހުއްޓާލާ ވިޔަފާރިތައް ވިއްކާލާ މިހާރު ކުރައްވާކަމަކީ ވަރަށްބޮޑަށް ކުރިކެޓް ބެއްލެވުން އެނޫން އިތުރުކަމެއް ކުރައްވާތަނެއް އަޅުގަޑަކަށް ނުފެނޭ މިހާރު ހަމަގައިމުވެސް ފާހަގައެއްނުވޭ، އަޅުގަޑުގެ ބޭބެއަކީ ރާއްޖޭން ބޭރުގައި ކުންފުންޏެއްގަ މަސައްކަތްކުރާ މީހެއް، އަޅުގަޑުގެ އަންހެން ކޮއްކޮއަކީ ޔޫއެންގައި މަސައްކަތްކުރާ މީހެއް، އަޅުގަޑުގެ އަނެއް ފިރިހެން ކޮއްކޮ ކުރާކަމެއްގެ ގޮތުގައި ފާހަގަވަނީ ޖަންގަލީގެ ހޮޅުއަށިކިޔާ ކޮލަމެއް ލިޔުން، ވަރަށްބޮޑަށް ޝުކުރިއްޔާ.

ހާމަނޫސް: އަޅުގަނޑުގެ ސުވާލު ތިންބޭފުޅުންނަށް އަމާޒުކޮށްލާނީ މިހާރު ރައީސް މައުމޫނު ވެރިކަން ހިންގުމުގައި މިގެންގުޅުއްވާ ސިޔާސަތަކީ އަޅުގަނޑަށް ގަބޫލު ކުރެއްވޭގޮތުން ސައުދިއަރަބިއްޔާއަށް ވަޑައިގަންނަވައިފިއްޔާމުން އެބޭފުޅުން ބޭނުންފުޅުގޮތަކަށް ވާހަކަ ދައްކަވާފަ އީޔޫއަށް ވަޑައިގަންނަވާފަ އެބޭފުޅުން ބޭނުންގޮތަކަށް ވާހަކަދައްކަނީ. ދެން އެމްޑީޕީން މިހާރު ވަރަށްބޮޑަށް ކޮންޒަވޭޓިވް ޕާޓީއާ ގުޅުން ބަދަހިކުރަމުންދާތަން މިފެންނަނީ އެމްޑީޕީގެ ސަރުކާރެއް އެމްޑީޕީ ހިމެނޭ އިއްތިހާދެއްގެ ސަރުކާރެއްނަމަވެސް އެމްޑީޕީން ގުޅުންބަދަހިކުރުމަށް މިއޮތީ ވަރަށް ހަމަ މައުމޫނު އެގެންގުޅުއްވާ ސިސްޓަމްތޯއޭ ނޫނީ ނުވަތަ އެމްޑީޕީއިން މިގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ؟ ދެން ބައެއް ބޭފުޅުން އެބަވިދާޅުވޭ މައުމޫނު ވެރިކަމަށް ކުރިމަތިނުލައްވާކަން އެބޭފުޅާ ގާނޫނީގޮތުން ލިބިވަޑައިގަންނަވާނެ ހިމާޔަތެއް އެނގިވަޑައިނުގަންނަވާތީ. ދެން އެމްޑީޕީގެ ސަރުކާރެއްގައި ރައީސް މައުމޫނާމެދު އަމަލުކުރައްވާނީ ކިހިނެއްތޯއޭ؟

އަންނި: ޝަރުއީ ދާއިރާއަކީ ވެރިކަންކުރާ ފަރާތާ ބެހޭދާއިރާއެއް ނޫން. އެމީހަކު ވަކި ފަރުދަކު ނުވަތަ ޖަމާއަތަކު އެބަޔަކަށް ގެއްލުމެއް އަނިޔާއެއް ލިބިފައިވާކަމަށް ދެކި އެބަޔަކު އުފުލާންވާން ބޭނުންވާ ދައުވާއެއް ބޭނުންފަރާތަކާ މެދު އުފުލުމުގެ އިންތިޒާމުތައް މިނިވަން ޝަރީއަތުގެ ނިޒާމެއްގެތެރޭގާ އޮންނާނެ. އަޅުގަނޑު މިހެން ދަންނަވާއިރުގާ ހަމަ ތަކުރާރުކޮށް ފާހަގަކުރަންބޭނުން އަޅުގަނޑުމެން ބަލަންބޭނުމީ މުސްތަގުބަލަށޭ. މާޒީގާ ރައީސް މައުމޫނުކުރެއްވި ކަންތައްތަކަކީ މިއީއޭ އެއީއޭ ކިޔާ އަޅުގަނޑުމެން ވާހަކަދައްކާ ހެދުމުން ނުވަތަ އެކަމުގެ ބަދަލެއް ހޯދަންވެގެން އުޅޭ އުޅުމުން އަޅުގަނޑުމެންގެ ރާއްޖެއަށާ އަޅުގަނޑުމެންގެ އިޤްތިސާދީ ކަންކަމަށާ މީގެން އެއްވެސްކަމަކަށް ވާނެ މާބޮޑު ރަނގަޅެއް ހުރިތޯ ނެތްތޯ އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭނެ ކަމެކޭ. މާޒީފަހާ އަޅުގަނޑުމެންނަށް ދެވިދާނެ. އެހެންނަމަވެސް އަޅުގަނޑު އުއްމީދުކުރަނީ އެމްޑީޕީގެ ސިޔާސަތަކަށް ވެގެންދާނީ މުސްތަގުބަލަށް އަމާޒުކުރާ އަޅުގަނޑުމެންގެ ދަރިންނާ ދަރިންގެ ދަރިންނަށްޓަކާ ކަންކަން ރަނގަޅުކުރުމަށް. ތާހިރުދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތްތައް ކުރުމޭ. ރައީސް މައުމޫނުގެ ވެރިކަން ފަށާގަތުމާއެކުގާ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނަށް ގުޅޭގޮތުން ވަރަށްގިނަ ދައުވާތަކާ ވަރަށް ގިނަ އަޑުތަކާ މުޒާހިރާތައްކުރެވުނު. އޭގެ ސަބަބުން ވަކިވީ އެއްވެސްކަމެއް ހަމަކަށަވަރުންވެސް އަޅުގަނޑުމެނަކަށެއް ފެންނާކަށެއްނެތް. އޭރުގާ އެންމެބޮޑަށް އަޅުގަނޑުމެން ރާއްޖޭގައި އަޑުއުފުލި އެއްކަމަކީ ހަމަ އަނިޔާގެ ވާހަކަ. ދެން އަނިޔާލިބުނީ އެއަށް އަޑުއުފުލިމީހުންނަށް އިބްރާހިމް ނާސިރާ ގުޅޭގޮތުން. އަޑުއުފުލިމީހުންނަށް ލިބުނު އަނިޔާއާ އެމީހުންގެ ދަރިންނަށް ލިބުނު އަނިޔާއާ ހުއްޓުމެއް ނައިއެކަމަކުން ނެއް. އެހެންވީމާ އަޅުގަނޑަކަށެއް ނޭނގޭ މިދަންނަވާކަހަލަ ވިޗްހަންޓެއް. ދެން އެތަންކޮޅެއް މުސްކުޅި ބަހަކަށްވެދާނެ އެހެންނަމަވެސް އެއީ ކާކުތޯ ކުށްކުރީ ހޯދަންވެގެން އަޅުގަނޑުމެން ދުއްވައިގަނެގެން ނުކުމެގެން އޭގެސަބަބުން އަޅުގަނޑުމެންނަށް މާބޮޑު ފައިދާއެއް ލިބޭނެކަމަކަށް އަޅުގަނޑު ނުދެކެން. ތިކުރެއްވި ސުވާލުގެ ސީދާ ޖަވާބަކީ ޝަރީއަތުގެ ދާއިރާއަކީ މުސްތަގިއްލު ދާއިރާއެކޭ ވަކިފަރުދަކަށް ވަކިބަޔަކަށް ވަކި ޖަމާއަތަކަށް ލިބިފައިވާ ގެއްލުމަކާ ގުޅޭގޮތުން އުފުލާން ބޭނުންވެ ލައްވާ ޝަރިއަތެއް ދައުވާއެއް އުފުލޭނޭ. އެހެންނަމަވެސް ޕާޓީއެއްގެ ސިފައިގައި އަޅުގަނޑުމެން ގެންގުޅެންޖެހެނީ ދުރުވިސްނުމެކޭ.

މޫސަ: އާދެ! މައުމޫނަށް ހަދަންވީގޮތަކާ ބެހޭގޮތުން ތިބޭފުޅުން ކަންތައްބޮޑުވެގެންނުވާނެ. ދިވެހިރާއްޖޭގައި އެމްޑީޕީ ނިކުތީ މިސާލެއްގެ ގޮތުގައި އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދަނީ އަދުލުއިންސާފް ގާއިމުކުރުމާ ރައްޔިތުންގެ ތެރޭގަ ހަމަހަމަކަން ބޭއްވުމަށް. ޑިމޮކްރެޓިކް އުސޫލުންކަންކަން ކުރުން. އެހެންވީމާ އަޅުގަނޑުމެންގެ ގާނޫނުއަސާސީއާ ގާނޫނުގައި ކަނޑައެޅިފައިވާގޮތުން ރައީސް މައުމޫނުވިޔަސް އަދި މައުމޫނުގެ ސަރުކާރުގެ ދިވެހިރައްޔިތަކު ކުށެއްކޮށް ހިޔާނާތެއްގެ ކަމެއްކޮށްފަ ހުރިއްޔާ އަންނި އެވިދާޅުވިގޮތަށް އަދުލު އިންސާފް ގާއިމު ކުރުމުގެ ދާއިރާ އަކުން އެމީހެއްގެ ދާއިރާއަކުން ކަންތައް ކުރަންވާނެ. އަޅުގަނޑުމެންނަށް މިވަގުތު ވަގުތެއްނެތް ރައީސް މައުމޫނު މިރާއްޖޭގަ ހޯދިކަހަލަ ފުރުސަތުތަކެއް ހޯދާކަށް ހިޔާލެއްވެސް އެމްޑީޕީގަ އޮވެގެންނުވާނެ. ހަމަގައިމުވެސް ނޯންނާނެ އަޅުގަނޑުމެން ނިކުމެ ބޮޑުބެރުޖަހާ ލަވަހަދާ މަދަހަ ސަނާކިޔައިގެން މިރާއްޖޭގަ ވެރިކަމުގަ ފައިހިއްޕާކަށް. ދެން މިހާރު ހަމަޖެހިފައޮތްގޮތަށް ބަލާއިރުގަ އަޅުގަނޑު ދަންނަވާނީ މިހާރު ގާނޫނުއަސާސީގައި އޮންނާނީވެސް ފަސްއަހަރުދުވަހު ދެ ދައުރޭ. ފުރަތަމަ އަރާމީހަކަށް އެއްދައުރުގަވެސް ނޭނގެ ހިފަހައްޓާވެސް ލެވޭނެކަމެއް. އެހާވަރަށް ގައުމު މިއޮތީ މައުމޫނު ހަލާކުކޮށްލާފަ އެހެންވީމާ އެ ރަނގަޅުކުރަން ކުރާ މަސައްކަތުގަ ރައްޔިތުންގެ ވަރަށް ބޮޑެތި އިހްސާސްތަކެއް އެކުލެވިގެންވޭ. އެހެންވީމަ ފުރަތަމަ ކަމަކަށްވާންޖެހޭނީ މައުމޫނު ފަހާގަނެގެން އަނެއްކާ އޭނަގެ ފަހަތުން ކަންތައްތައް ކުރަން އެމްޑީޕީ ދުވުމެއްނޫންކަމަށް އަޅުގަނޑުވެސް ދެކެނީ. އެހެންނަމަވެސް މިސާލަކަށް ރައްޔިތުންނަށް ވާންޖެހޭ އަޅުގަނޑުމެން މަރުވެ ދިޔަކަމުގައިވިޔަސް އެމްޑީޕީގެ ވެރިކަމެއް ކުރި އިރުގަވެސް އަދުލުއިންސާފް ގާއިމުކޮށްދީފަ ވާނެކަމަށް. ރައީސް މައުމޫނާއި ދޭތެރޭގަވެސް ދައުވާއެއް އުފުލައިފި މީހަކާއި ދޭތެރޭގަ ރައީސް މައުމޫނު ގައުމުން ފުރައިގެން ނުގޮސްހުރެގެން އެދައުވާތަކަށް ޖަވާބުދާރީވެ އަދަބެއް އޮތިއްޔާ ލިބިވަޑައިގަންނަވަންޖެހޭނެ. ރައީސް މައުމޫނަށްވެސް އެއީ އަޅުގަނޑު ދެކޭއެއްޗަކީ. އެހެންވީމާ އަޅުގަނޑުމެން މައިގަނޑު ސިޔާސަތު މިހިސާބަށް މަސައްކަތްކުރަމުން ގެންދިޔައީ މައުމޫނު ތިރިކުރުމުގައި އަޅުގަނޑުމެން ހަދަންވީ ހުރިހާ އެއްޗެހިތަކެއް ހަދައިގެން މައުމޫނު ވަރަށްކުޑަވެފަ މިހާރު އެހެރީ. އެއީ ރައްޔިތުންގެ މަޖިލިސް ތެރެއިން ފެންނަންފެށި ކަންތައްތަކުގެ ތެރެއަށްބަލާއިރު. އެހެންވީމާ ދެން އިތުރަށް އަޅުގަނޑުމެންގެ ސިޔާސަތު ހަމަގައިމުވެސް އަޅުގަނޑުނެތިން އެސިޔާސަތު އަނެއްކާ މައުމޫނާ ތަޅާފޮޅަން މައުމޫނަށް މަލާމާތްކުރަން ބައްޓަންކުރާކަމަށް. އަދުލު އިންސާފު ގާއިމު ކުރެވުނީމަ ނިމުނީ، މައުމޫނަށް އަދަބުދޭން ޖެހިއްޖެއްޔާ އަދަބުދޭނެ. އެމްޑީޕީގެ ސަރުކާރެއްގަވެސް.

ޑރ.މުނައްވަރު: މައުމޫނު އަބްދުލް ގައްޔޫމާ ދޭތެރޭގައި ދަންނަވަންޖެހެނީ އަޅުގަޑުމެންނަށްވުރެ ބޮޑަށް އެމަނިކުފާނަށް ސަލާމަތްވެވަޑައިގަންނަވަން ޖެހޭނީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށޭ، އެންމެފަހުންވެސް އަޅުގަޑުމެންދުށީ 1993 ވަނައަހަރު އޭނަގެ އަނބިކަނބަލުންގެ ބޭބޭފުޅު އެކަމަކާ އުޅުއްވިތަން، މިހާރު އަޅުގަޑުމެންނަށް ފެންނަނީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އެކަހަލަ ކަމަކާ އުޅުއްވާތަން، އެމްޑީޕީގެ ވެރިކަމެއްގައި މައުމޫނު އަބްދުލް ގައްޔޫމާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހިއްޖެއްޔާ އަޅުގަޑު ދެކޭގޮތުގައި އެކަން ނިންމާނީ ދިވެހި ރައްޔިތުން ދިވެހި ރައްޔިތުންނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެކަން ނިންމުން އޭނާއަކީ އާދައިގެ އާންމު ރައްޔިތަކަށްނުވެ ދިވެހިރާއްޖޭގަ 30 އަހަރު ވެރިކަން ކުރުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކާ މެދުގަ ވަރަށް ތަފާތު ގޮތްގޮތަށް އަމަލު ކުރައްވާފައިވާ ބޭފުޅެއް އޭނައާ ދޭތެރޭ އަމަލުކުރާނެގޮތް ނިންމާނީ ދިވެހި ރައްޔިތުން. ވެރިކަމުގައި ތިބޭ ބަޔަކަށްޖެހޭނީ ދިވެހި ރައްޔިތުން ނިންމާ ނިންމުމެއް ތަންފީޒުކުރަން އަޅުގަޑުގެ އުންމީދަކީ ދިވެހި ރައްޔިތުން އެގޮތަށް ނިންމާ ނިންމުމުގައި ގައުމުގެ މަސްލަހަތަށާ ގައުމުގެ ހެޔޮ ސަގާފަތްތަކަށް ބިނާކުރުމަށް ވިސްނަވާނެކަމަށް. ޝުކުރިއްޔާ. (ނުނިމޭ)

މިއަދުނޫސް: އަޅުގަޑު ނާޒިން މިއަދު ނޫހުން، މިހާގެ ވެރިކަން ނިމުމަކަށް އަންނައިރު ބައެއްބޭފުޅުން އެބަވިދާޅުވޭ ރާއްޖެ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިގެންދާނެކަމަށް މިގޮތުން މާލީގޮތުންނާއި އަދި އިޖްތިމާއީގޮތުންނާ އިގްތިސާދީގޮތުންވެސް ވެއްޓިގެންދާނެކަމަށް އަޅުގަޑު މިސުވާލު ތިންބޭފުޅުންނަށްވެސް އަމާޒުކޮށްލަން އަޅުގަޑުގެ ސުވާލަކީ ތިބޭފުޅުންގެ ނަޒަރުގައި މިހާރުގެ ވެރިކަމުގައި އެންމެ ދަތިވާނީ ކޮންކަމެއް އިސްލާހު ކުރުމަށްތޯއެވެ؟ ތިބޭފުޅުންނަށް ވެރިކަން ލިބިއްޖެނަމަ ވިސްނޭގޮތުގަ ނަޒަރުގައި ކޮންގޮތެއްތޯއޭ؟

އަންނި: ޑްރަގުގެ މައްސަލަ އިގޭތޯ އެއީ އަޅުގަޑުގެ ނަޒަރުގައި މިހާރު މި ދިމާވެފަހުރި ކަންތައްތަކުގެ ތެރެއިން ހަމަ ހައްލުކުރަން ހަގީގަތުގައިވެސް އެންމެ ދަތިވާނެ ކަންތަކަކީ، ހައްލުކުރަން ދަތިވާނެ އަނެއްކަމަކީ ކުރީ އެކުރި ސުވާލާ ގުޅޭ ކަންތައް ބަދަލު ހޯދުން، ބޭއިންސާފުގެ ބަދަލަށް އެދި މީހުން ގޮވުން އޭގެ ބަދަލުދޭން އެކަންކަމާ ގުޅޭގޮތުން ގައުމު ލޮޅުމެއްނާރާ ހަމައިގައި ބެހެއްޓުން ހަމައެއާއެކީގައި ބޭރުގެ ދަރަނީގެ މައްސަލައަކީވެސް ދަތި މައްސަލައަކަށް ވެދާނެ ފަށައި ގަންނައިރުގަ، އެހެންނަމަވެސް އަޅުގަޑުމެން މިހާބޮޑު އިތުބާރެއްގެ މިތިބެނީ ކުރީގަވެސް ދެންނެވިހެން އަޅުގަޑުމެންނަކީ އިންޓަނޭޝަނަލް ކޮންޒާވެޓިވުންނަށްވާތީވެ އަޅުގަޑުމެންނެއް އެކަންޏެއްނުވޭ. ގަބޫލުފުޅު ކުރައްވާން ޖެހޭނެ އެމްޑީޕީ ހިމެނޭ އިއްތިހާދެއްގައި އުފެދޭ ފުރަތަމަ ޑިމޮކްރެޓިކްސް ސަރުކާރަކީ ދުނިޔޭގެ ސަތޭކައިން ސަތޭކަ އިސްލާމް ގައުމެއްގައި އުފެދޭ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު، އެސަރުކާރު ހިމާޔަތް ކޮށްދިނުމަށް ނުވަތަ ބަލަހައްޓައިދިނުމަށް އެކުވެރި ދައުލަތްތައް އުޅޭނެ އޭކީ އަޅުގަޑުމެންނަށް ޝައްކުހިނގާ ކަމެއްނޫން، އެހެންވީމަ އަޅުގަޑުމެންނަށް ވަރަށްބޮޑު އިތުބާރެއް އެބައޮތް އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއެކީގަ އަޅުގަޑުމެންނަށް ދިވެހިރާއްޖޭގެ އިގްތިސާދަށް ލޮޅުމެއް ނާރުވާ މިވެރިކަން މިދާގޮތުން އެއްފަރާތުން އަނެއްފަރާތަށް ފުރޮޅާލެވޭނެކަން، އަޅުގަޑުމެންނެއް އެކަމަކާއެއް ޝައްކެއްނުކުރަން، ހަގީގަތުގައި އަޅުގަޑުމެންނެއް އެހާ ކަންބޮޑެއްނުވޭ މާގިނަދަތި ކަންތައްތަކެއް ހުރެދާނެތީ އެކަމަކާއެއް. ޝުކުރިއްޔާ

ރީކޯ މޫސަ: އަޅުގަޑުދެކޭގޮތުގަ އެންމެ ދަތިކަމަކަށް ދިމާވާނީ މައުމޫނުގެ ވެރިކަމަށްފަހު މިރާއްޖޭގަ ގާނޫނު ތަންފީޒު ކުރުން އެންމެ ދަތިކަމަކަށް ދިމާވާނީ މިއަދު މިހާލަތުގަ މިހާތަނަށް މަސައްކަތް ކުރަމުން އައިއިރުގަ ރައްޔިތުންގެ މަޖިލީހާ ރައްޔިތުންގެ ހާއްސަމަޖިލީހުގަތިބި ބައެއް ބޭފުޅުންނަށްވެސް ހަމަޔާ އިންސާފުން ގާނޫނު ތަންފީޒުކުރަން ނުވަތަ ގާނޫނެއް ހަދާދިނުން … އެހެންވީމަ ރާއްޖޭގެ އެކި ހިސާބުތަކުގަތިބި ވޯޓްފޮށިތަކުގަ އަތްއެޅި މީހުންނާ ސަރުކާރުގެ ނާޖާއިޒު ފައިދާ ސަރުކާރު މެދުވެރިކޮށް ނަގަމުން ގެންދިޔަ މީހުންނަށް އަދިވެސް އިހުސާސެއް ނުކުރެވޭ މައުމޫނު މުސްކުޅިވެއްޖެކަމެއް މިރާއްޖެއަށް މީހުން ނިކުންނާނެކަމެއް މިރާއްޖޭގަ ގާނޫނު ތަންފީޒުކުރަން ޖެހޭނެކަމެއް. އެހެންވީމަ ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައާއި އަދި މައުމޫނު ގެންގުޅެފައޮތް ސިޔާސަތެއްގެ ސަބަބުން ގާނޫނަށް ބޯލަނބަން ބޭނުންނުވާ އިންސާނުންގެ ފެންވަރު ދެނެ ނުގަންނަ އިންސާނިއްޔަތުކަމެއްނެތް ވަރަށްގިނަ ބަޔަކު މިގައުމުގަ އެބައުޅޭ، މިދެންނެވީ ހަމަ އެމީހުން ގާނޫނަށް އަހުލުވެރިކުރުވުމުގެ ކަންތަކަކީ ވަރަށްބޮޑު ކަމަކަށްވެގެންދާނެ، އެއީ މިދެންނެވީ ގައުމު ދައުލަތް ހިންގުމުގެ ބާރުތައް ފެށިގެންއަންނަނީ ރައްޔިތުންގެ ކިބައިންނޭ ބުނާއިރު ރައްޔިތުން ހޮވާފަތިބި މަންދޫބުންގެ ތެރޭގަ ހާލަތު ހުރިގޮތް ތިބޭފުޅުންނަށް ފެންނާނެ، ފުރަތަމަ އަޅުގަޑުމެން ސިޔާސީ ޕާޓީއެއް ހަދަން ނިކުތީމަވީގޮތާ މިއަދު އިއްޔެއާ ހަމައަށް ވެފައޮތްގޮތް ގިނަބަޔަކު ގަބޫލުކުރަމުންއަންނަނީ އެކަމަކު ދުވަސްތަކެއް ގިނައިން ނަގަމުންދަނީ އެހެންވީމަ ގާނޫނު ތަންފީޒުކުރުމަކީ ވަރަށް ދަތިކަމަކަށް ބުރަކަމަކަށް ވެގެންދާނެ، ދެން އެހެންހުރި ކަންތައްތަކަށް ބަލާއިރު އިގްތިސާދީގޮތުން މިއަދު އަޅުގަޑުމެން ހާސްވާކަށް ނުޖެހޭ، ފަޅުރަށެއްގެ ގޮނޑުދޮށް ދައްކާފަ އެޑްވާންސްކޮށް އަޅުގަޑުމެންނަށް ހަތަރު މިލިޔަން ފަސްމިލިޔަން ހަތްމިލިޔަން ޑޮލަރު ނެގޭ ގައުމެއް މިގައުމަކީ އެހެންވީމަ އިގްތިސާދީ ދިޔާސަތަކަށް އަޅުގަޑުމެންނަށް ބުރަކަމެއްނެތް، އޮތީ ރައްޔިތުންގެ ތެރޭގަ ތިބި ރައްޔިތުންނަކީ ރައްޔިތުންކަން ގަބޫލުކުރާ މަދުބަޔެއް މާފުކުރައްވާތި ކުރިން ގިނަބަޔެކޭ ދެންނެވުނީ މަދުބަޔެއް ކުރާ ކަމެއްގެ ސަބަބުން ގާނޫނު މިތަނުގަ ތަންފީޒުވިޔަނުދީ ހިފަހައްޓަފާނެކަމުގެ ބިރުބޮޑީ އޭގެތެރޭގަ ބާރުތައްހުރި ފަރާތްތައް އެބަހުރި ސިފައިންނާ ފުލުހުންނަކަށްވެސް އަދިވެސް ގަބޫލެއް ނުކުރެވޭ ރައްޔިތަކުނުކުމެ އެމީހެއްގެ ޝުއޫރު އެފާޅުކުރަނީ އެއީ އޭނަގެ ހައްގުތަކެއް އޮވެގެންކަމެއް އޭނާއަށް ދިމާވެގެން އަންނަ ކަންތައްތަކެއްގެ ސަބަބުންކަމެއް، އެހެންވީމަ އަޅުގަޑުމެން މިސާލަކަށް މިދަންނަވަނީ ރާއްޖެގެތޭރެ ރަށްރަށަށް އަޅުގަޑުމެންގޮސް މިއަރަނީ ކެމްޕެއިން ކުރަންވިޔަސް އަދި ކޮންމެ ކަމެއްކުރަންވިޔަސް ރައްޔިތުންނަކަށް ރަށްރަށުގެ ވެރިންނަކަށް ގަބޫލެއް ނުކުރެވޭ އަޅުގަޑުމެންނަކީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންކަމެއް އެކަމު ވަރަށް އާދައިގެ މީހުން ދިޔައިމަ އެބަ ގަބޫލުކުރޭ ވަކިޕާޓީއަކަށް ނިސްބަތްވާ މީހުންދިޔައިމަ، އެކަމާ ކަންބޮޑުވެގެންނެއްނޫން އެކަމު ގާނޫނު ތަންފީޒުނުކުރެވޭ މައްސަލަ އެންމެ ބޮޑުކަމަކަށް ދިމާވާނީ. އެކަމު އިރާދަކުރެއްވިއްޔާ އެކަން ހައްލުކުރެވޭނެ.

ޑރ.މުނައްވަރު: ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންގެ ރުހުމާއެކުގަ ދިވެހި ރައްޔިތުންގެ ލާބައަށް މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގަ ދަތި އެއްވެސްކަމެއް ނޯންނާނެ، އެހެންނޫން ތަފާތު ގޮންޖެހުންތަކެއް ހުރެދާނެ، ގޮންޖެހުންތަކަށް ބަލާއިރު ހަމަ ހަގީގަތުގަވެސް ދިވެހިރާއްޖޭގެ އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަކީ ހަމަ ގޮންޖެހުމެއް ދިވެހި ރާއްޖޭގެ އިގްތިސާދު އަލުން ބިނާކުރުމަށް މަސައްކަތް ފަށައިގަތުމަކީވެސް ގޮންޖެހުމެއް އެގޮތުންބަލާއިރު ގޮންޖެހުންތަކުގެ ތެރޭގަ މާލެ މިހާރު އިމާރާތް ކުރެވިފަ މިއޮތްގޮތުން މާލޭގެ އާބާދީއަށް ދުޅަހެޔޮކަންމަތީގަ އުޅުމަށްޓަކައި އަލުން މިކަން ކުރުމަކީ މިސާލަކަށް ވަރަށްބޮޑު ގޮންޖެހުމަކަށްވާނެ. ޝުކުރިއްޔާ

ޖަޒީރާ ނޫސް: އާދެ އަޅުގަޑުމެން ދިވެހިރާއްޖޭގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ތި ތިންބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއްބޭފުޅަކު އަޅުގަޑުހިތުން ކުރިމަތި ލައްވާނެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމުން އަޅުގަޑުގެ ސުވާލަކީ ރާއްޖޭގެ ދީނީ ހަމަނުޖެހުން އިތުރުވެއްޖޭ ހިޔާލު ތަފާތުވުން ގިނަވެއްޖޭ އަގީދާ ބަލިކަށިވުމުގެ ތަފާތު އޮއިވަރުތަކެއް ހިނގަމުންއެބަދެއޭ ތިބޭފުޅުން ގެންގުޅުއްވާނެ ދީނީ ސިޔާސަތަކީ ކޮބައިތީ ތިޔަބޭފުޅުންގެ ދީނީ ބެކްރައުންޑަކީ ކޮބައިތޯ؟ އަދި ހަމައެހެންމެ އިލްމީ ބެލްރައުންޑަކީ ކޮބައިތޯ؟

އަންނި: އަޅުގަޑަކީ އާދައިގެ އާއިލާއަކަށް ވިހާފަހުރި އާދައިގެ މީހެއް، އުމުރުން ހަތްއަހަރު އަޅުގަޑު ގުރުއާންކިޔަވާ ހަތިމް ކޮށްދިން އަޅުގަޑަކީ ރޯދަހިފާ ޒަކާތްދީ ނަމާދުކޮށްހަދާއުޅޭ އާދައިގެ ދިވެއްސެއް، ގްރޭޑް 10 އަކާ ހަމައަށް ކިޔަވާފައިވާތީވެ ކަށުކަމާކެމީގެ ކަންތަކާ ހުތުބާކިޔުމާ މިބާވަތުގެ އާންމު ދީނީ ކަންކަން އަޅުގަޑުމެންނަށްހުރީ މަދްރަސާގައި ދަސްކޮށްދީފައި ވަރަށްގިނަ ޒަމާންވަންދެން ކުޑަގޮޅީގައި އިންނަން ޖެހުމާ އެގޮޅީގައި އިން އިނުމުގައި އަބްދުﷲ ޔޫސުފް އަލީގެ ގުރުއާން ތަރުޖަމާއާ ޝައިހު ބުހާރީގެ ހަދީޘް ސައްހަ ހަދީޘް ހަތްދިހަހާސް ހަދީޘް އަދި އަޅުގަޑަށް ލިބިފައި އޮތީތީވެ ވަރަށްބޮޑަށް ޝުކުރުވެރިވަން އެ ހަދީޘްތައް އަޅުގަޑަށް ރައްދުކޮށް ދެއްވީތީވެ އެހުރިހާ އެއްޗިހި ހިތުންހެން ގާތްގަނޑަކަށް ހިތުން ނޭގުނެއްކަމަކު އަޅުގަޑަށް ވަރަށްބޮޑަށްވަނީ ދަސްވެފަ، 18 މަސްދުވަހު ކުޑަގޮޅީގައި އަޅުގަޑުވީ މިދެންނެވި ދެ ފޮތްބަޔާ އެކީގައި އެކަނި، އެހެންވީމަ އަޅުގަޑަށް އިސްލާމްދީން އިގޭކަމަކަށް އަޅުގަނޑަކީ އިސްލާމީ ޝަރީއަތްދަންނަ ނުވަތަ ޝޭހެއްކަމަކަށް ނުވަތަ އިސްލާމީ ޝަރީއަތް ހުކުމް ދަންނަ މީހެއްކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑު މިދެންނެވި ދުވަސްވަރުގެތެރޭގާ އަޅުގަނޑަށް ފެނުނު އަނެއްތަނަކީ ރާއްޖޭގެ ވަރަށްގިނަ އިލްމީ ދީނީބޭފުޅުން އަޅުގަނޑާއި ވަށައިގެން ހުރިގޮޅިތަކުގަ ތިބިކަން. އަޅުގަނޑަށް ފާހަގަކުރެވުނީ ދީނީ ހިޔާލު ތަފާތުވުމާ އަދި ދީނީ މައްސަލަތައް މައްސަލަގެ ގޮތުގަ ދީނުގެ ވާހަކަ އަޅުގަނޑުމެންނަށް މިދެކެވެންފެށީ މިދެންނެވި ސަބަބާހުރެއޭ. ޝޭހުންނަށް ކުރި އަނިޔާއާ އެމީހުން ހިފާ ހައްޔަރުކުރުމާ އެމީހުން އަނގަބެއްދުމާ އެމީހުން ބޭނުން ވާހަކަ އެބޭފުޅުން ދައްކުވަން ބޭނުންވާ ދެއްވަން ބޭނުންވާ ދީނީ ނަސޭހަތްތައް ނުދެއްވުމާ ދެވޭގޮތްބުނެ އަޅުގަނޑުމެންގެ ސިޔާސަތަކަށްވާނީ ދީނީ ކަންކަމާ ބެހިވަޑައިގަންނަވާނީ އެކަންކަމާގުޅޭ ގޮތުން ކަންކަން ނިންމަވަމުންގެންދަވާނީ ދީނީ ދަންނަބޭކަލުންނޭ. އަޅުގަނޑުމެން ވެރިކަމުގެ ފަރާތުން އެކަންކަމުގެ ތެރެއަށް ވަދެއުޅޭކަންނުވާނެ. ދީންއެއީ ވެރިން ސިޔާސީ ކަންކަމަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެންނުވާނޭ. އެހެންވީމާ މައިގަނޑުކޮށް އަޅުގަނޑުމެންގެ ސިޔާސަތަށްވެގެންދާނީ މިދެންނެވި އަޅުގަނޑުމެން މިއުއްމީދުކުރަނީ މިރާއްޖޭގައި ދެން އުފެދޭނީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްކަމަށް. އެހެންވީމާ އަޅުގަނޑުމެން ދެކެނީ ދީނީ ކަންކަމާއިގުޅޭގޮތުން އެއިއްތިހާދުގެ ސިޔާސަތު އަދި ބޮޑަށް އިތުރަށް ވިސްނާ އެކަންކަން ކުރިޔަށް ގެންދާނެގޮތް އިއްތިހާދުންވެސް ފުރިހަމަ ކުރައްވާނެކަމަށް. އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ ދީނީ ކަންކަން އެކަންކަން ދަންނަބޭކަލުން ޝޭހުންގެ ލަފަޔަށާ އިރުޝާދަށާ އެބޭފުޅުންގެ ނިންމުންތަކަށް ދޫކޮށްފައޭ އަޅުގަނޑުމެން ބާއްވަންޖެހޭނީ.

ޑރ.މުނައްވަރު: އަޅުގަނޑަކީ މުސްލިމެއް. އަޅުގަނޑު އުފަންވީ މުސްލިމެއްގެގޮތުގަ. އެހެންނަމަވެސް އަޅުގަނޑު މުސްލިމެއްގެގޮތުގަ ދެމި މިހުންނަނީކީއެއް އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑަށް ހަތްދުވަސްވީ ދުވަހުގަ މުހައްމަދު މުނައްވަރު ކީތީއެއްނޫން. އަޅުގަނޑު މުސްލިމެއްގެ ގޮތުގައި ދެމިމިހުންނަނީ އިސްލާމީދީން ގަބޫލުކޮށްގެން އިސްލާމްދީނަކީ ކޯއްޗެއްކަން އެނގިގެން އިސްލާމް ދީންކަންމަތީގައި ދެމި އަޅުގަނޑު ބޭނުންވާތީ. އަޅުގަނޑު އިސްމާލްދީން ފިޔަވާ އެހެންދީނަކަށް ފުރުސަތު އޮވެގެންނުވާނެ. ދިވެހި ކޮންމެ ރައްޔިތަކީ މުސްލިމަކަށް ވާންޖެހޭނެ. ގާނޫނުއަސާސީގައި ލިޔެވިފަ އޮތްއޮތުމަކީ އަޅުގަނޑު އެއަށްތާއީދުކުރާކަމެއް. ދިވެހިރާއްޖޭގެ ދައުލަތާ ދީނާ ސަރުކާރާ ދީނާ ދޭތެރޭގައި އޮންނަންޖެހެނީ ކޮންގުޅުމެއްތޯ މި ސުވާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ ދިވެހިރާއްޖޭގެ ދީނީ ފަތުވާތައް ދީ ދީނީ ކަންކަމުގަޔާ ނެރެންޖެހޭ ފަތުވާދީ ދީނީ ކަންތައްތައް ހަމަޖައްސަންޖެހޭނީ ދީނީ އިލްމުވެރިންގެ މަޖިލީހަކުން. ދީނީ އިލްމުވެރިންގެ މަޖިލީހަކުން ނިންމުމާއެކު ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާތީ އެ ނިންމުންތައް ތަންފީޒުކުރަންޖެހޭނެ ސަރުކާރަކުން. އޭރު އޮންނަ ސަރުކާރަކުން އެކަން ފުރިހަމަކުރަންޖެހޭނެ. ދީނީ ތައުލީމު ދިވެހިރާއްޖޭގެ މަދަރުސާތަކުގައި ދެވޭ މިންވަރު ކުޑަވިއެއްކަމަކު މިއަދު އަޅުގަނޑުމެންގެ އިޖްތިމާއީ ފޭރާމް ބަލިވުމުގެ އަސްލުކަމަށް އަޅުގަނޑު ގަބޫލުކުރަން.

މޫސަ:އާދެ! އަޅުގަނޑު ދަންނަވާލަން އޮތީ މޫމިނެއްގެގޮތުގައި ދުނިޔެއަށް އައިސް ތަންދޮރު ދަންނަންފެށިފަހުން އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑަށް ދައްކައިދިން ހަމަ ރިވެތިގޮތިގަ އިސްލާމެއްގެ ގޮތުގަ މިހިރީ އިރާދަކުރެއްވިއްޔާ މަރުވެދާނީވެސް މިގޮތުގަ ހުރެގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިރާއްޖޭގައި މިހާރު މާބޮޑު މައްސަލަތަކެއްނެތް. އެހެންނަމަވެސް ސަރުކާރުންވެސް އަދި ބައެއް ފަރާތްތަކުން ތަފާތު ހިޔާލުތައް ދީނުގައި ގެންގުޅޭތީވެ މީހުންނަށް އޮޅުންއަރާގޮތްތަކެއްވަނީ. ދެން އަޅުގަނޑަށް ލިބުނު ފުރުސަތެއް ޖަލުގަ އަންނި ވިދާޅުވިގޮތަށް އަޅުގަނޑުވެސް 4 އަހަރުދުވަސްވަންދެކަށް މިސުރުން ކިޔަވާ ވިދާޅުވި ބޭފުޅަކާ އެކީގައި އަޅުގަނޑުވެސް ޖަލުގައި އޮތިން. އެދުވަސްކޮޅުގެތެރޭގަ އިސްލާމީ ޝަރީއަތާ އަދި އިސްލާމްދީނުގެ ބައެއް ކަންތައްތައް އޮޅުންފިލުވީމު. އިސްލާމްދީނުގެ ބައެއް ތަރުޖަމާބެލީމު. އެ ހުރިހާކަމެއް އަޅުގަނޑަށް އެނގޭ. އެކަމަކު އަޅުގަނޑަކީ ދަންނަ ބޭކަލެއްގެ ގޮތުގައި ފަތުވާދޭވަރަށް ކިޔެވިފަ ހުރި މީހެއްނޫން. އެހެންނަމަވެސް އަޅުގަނޑަށް އެނގޭ އެއްޗަކީ އަޅުގަނޑުމެންގެ ދީނީ ކަންތައްތައް ބަލަހައްޓަންޖެހޭނީ ދީނީ ދަންނަބޭކަލުންނޭ. އެކަމަކު އިސްލާމްދީނަކީ އަޅުގަނޑުމެންގެތެރެއިން އެއް ހަމައެއްގަ އެއް އުސޫލަކުން ގެންގުޅެވޭނެ އެއްޗެއް. އިރުއިރުކޮޅުން ބަދަލުވެ ވަކިވާއެއްޗެއް. މިދެންނެވީ ތަފާތުވާ އެއްޗަކަށް މިހާރު މިވާގޮތަކީ އަޅުގަނޑުމެންގެ ރައީސް ދަންނަ ބޭކަލަކަށްވީމަ އެކިދުވަހު އެކި ފަތުވާ ދެއްވަންފެށީމަ ވީގޮތަކީ މީހުން ހަލާކުވާގޮތްވީ. އެހެންވީމާ އަޅުގަނޑަކީ ދަންނަބޭކަލެއްނޫން އިރާދަކުރެއްވިއްޔާ ވެރިކަމުގައި ހުއްޓަސް ދީނީ ފަތުވާއެއް ދޭކަށް އަޅުގަނޑު ނުވެސްނުކުންނާނަން ދަންނަބޭކަލެއްގެ ބޮޑުފޮށާއެއް އޮޅައިގެން އަޅުގަނޑަށްކަށް ނުކެރޭނެ އެކަން ކުރާކަށެއް. އެހެންވީމާ އެކަންކުރާނީ ދީނީ ދަންނަބޭކަލުން. ދެން އަޅުގަނޑުމެންގެ ގާނޫނުއަސާސީގައި އޮންނާނެ މިރާއްޖެއަކީ އިސްމާލްދީނުގެ ކޮންމެ ފެންވަރަކަށް ކޮންގޮތަކަށް އަމަލުކުރެވޭ ތަނެއްކަމާ. އެހެންވީމަ އެއުސޫލުތައް ގެންގުޅުން އެންމެ ރަނގަޅީ. އަޅުގަނޑު އަދިވެސް ދަންނަވާލަން އޮތީ އިސްލާމްދީން ކޮންމެ މީހަކުވެސް ގަބޫލުކުރަން ޖެހޭނީ އެމީހަކާ އެމީހަކު ހެއްދެވި ފަރާތާ ދޭތެރެއާ ވަރަށްބޮޑު ގުޅުން އެއީ ކިތަންމެ ބާރުލާމީހަކު އެއްޗެއް ބުނިކަމުގައިވިޔަސް މީހެއްގެ ހިތް ދެނެވޮޑިގެންވޭ އެހެންވީމާ. އިހްލާސްތެރިކަމާއެކީގަ ދީނަށް ތަބާވެ ދީނަށް ހުރުމަތްތެރިކޮށް އުޅުމަކީ އެ އެމީހަކަށް ﷲގެ ރަސްކަންފުޅާ ދޭތެރޭގަ ކުރެވޭ ވަރަށްބޮޑު އަހުދެއް. އޭގެމަތީގަ އެމީހާ ހުންނަންޖެހޭނީ. ދެން މިގައުމުގައި ހުރިހާ ރައީސުންނާ މިދެންނެވި ހުރިހާ ވަޒީރުންނާ ހުރިހާ އަތޮޅުވެރިންނާ ދަންނަ ބޭކަލުންނަށް ހަދައިގެން އަޅުގަނޑުމެން ހަލާކުވާނެ. އިސްލާމްދީން ކިޔަވައިގެން ތިބި އިލްމުވެރިންގެ މީހުން އިސްލާމްދީނުގެ ކަންތައްތަކުގައި ފަތުވާދިނުމަށް ބޭތިއްބުން އެންމެ ރަނގަޅުވާނީ. އެކަން އެގޮތަށްކުރާނީވެސް އަޅުގަނޑު.

އައްޑުވަސް: އެމްޑީޕީގެ ކެނޑިޑޭޓުންގެ އިތުރަށް ރިޔާސީ ކެނޑިޑޭޓުންގެ ގޮތުގަ ވާދަކުރައްވާނެ އެހެން ބޭފުޅުންވެސް ވައުދުގެ ވަޑައިގަންނަވާ ގޯތިގެދޮރުގެ މައްސަލަ ހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ދެން ބައެއްބޭފުޅުން އެބަވިދާޅުވޭ މިވެނި ވަރަކަށް ފްލެޓްއަޅައިދޭނަމޭ އަނެއްކާ ގޯތިދޫކުރާނަމޭ. ދެން ކެނޑިޑޭޓުން އެގޮތަށް ވިދާޅުވާއިރު ސަރުކާރުންވެސް މީގެކުރިންވެސް ތަފާތު ވައުދުތައްވެފަ ވަނީ. އެހެންވީމާ ތިބޭފުޅުން އެގޮތަށް ވައުދުވެ ވަޑައިގަންނަވާކަމަށްވަންޏާ ހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ވައުދުގެ ވަޑައިގަންނަވާކަމަށްވަންޏާ އެކަންކުރާނެގޮތުގެ ޕްލޭނެއް އެބައޮތްތޯއޭ ތަސައްވަރެއް އެބައޮތްތޯއޭ؟

އަންނި: ވަރަށް ތަފްސީލު އެބައޮތް އަޅުގަނޑު އަތުގަ އެބައޮތް. ހައުސިން ސްކީމަކާ އަދި މޯގޭޖްގެ އުސޫލުން ގެދޮރު ލިބޭނެގޮތް ހަމަޖެހުމާ ރައްޔިތުން ބިންވެރިކުރެވޭނެ ގޮތްތަކެއް އިންތިޒާމްކުރުން. އެއިކީއެއް އަޅުގަނޑުމެން ނުދެކެން ނުވާވަރު ކަމެއްކަމަކަށް. އަޅުގަނޑުމެން އެއެއް. އެހެންނަމަވެސް ސަރުކާރުން ބުމުގެ ވިޔަފާރިގެ ތެރެއަށް ގޯތިގެދޮރުގެ ވިޔަފާރީގެ ތެރެއަށް ވަންނާކަމެއް އަޅުގަނޑުމެންގެ ސިޔާސަތުތެރޭގަ އުވިގެންނުވާނެ. އެއީ އެމްޑީޕީއަކީ ސެންޓަރައިސް ޕާޓީއަކާއިވެސް އެކުގަ. ޕާޓީގެ ސިޔާސަތުވެސް އެހެން އޮތުމާ އެކުގަ. އަޅުގަނޑުމެން ޖެހޭނީ މަހެއްގެ މައްޗަށް 300 ނުވަތަ 400 ރުފިޔާ ދައްކަމުން ދައްކަމުންގޮސް 20 ކަށް 30 ކަށް އަހަރުދުވަހުގެތެރޭގާ ހަލާސްކުރާގޮތަށް ތިންކޮޓަރީގެ ފްލެޓެއް ދެކޮޓަރީގެ ފްލެޓެއް ލިބެންއެބަހުރި ކުމުންދޫގަވެސް ލިބެންއެބަހުރި ހުޅުމާލޭގަވެސް ލިބެން އެބަހުރި ކޮނޑޭގަވެސް. ޑިމާންޑް ފްލެޓަށް ޑިމާންޑް އޮތްތަނަކަށް އޭގެ ވިޔަފާރިކުރާމީހުން އެކަންކުރާނެ އެކަން ކުރުމަށްޓަކާ ބޭނުންވާ އެންމެ މުހިންމު އެކައްޗަކީ ހަރުދަނާ ޝަރުއީ ނިޒާމެއް. އެނގިވަޑައިގަންނަވާނެ ތިބޭފުޅާއަށްވެސް ވަރަށްބޮޑަށް ރާއްޖޭގައި މިދިޔަ 20 15 އަހަރުދުވަހުގެތެރޭގާ ހިންގާފާވާ މަދަނީ މައްސަލަތައް ކޮންޓްރެކްޓަރ ގުޅޭ މައްސަލަތަކުގާ ބޭރުގެ ފަރާތްތަކަށް ނުހަމަގޮތުގައި ގެއްލުން ލިބިފައިހުރި މިންވަރު. އެކިއެކި މައްސަލަތައް ގޯސްކޮށް ނިންމައިގެން. އެކަންކަން އެހެންކުރީމާ އިންވެސްޓަރުންނަށް ދިވެހިރާއްޖޭގެ ދިވެހި ދައުލަތުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެންދަނީ، އެހެންވީމާ އަޅުގަނޑުމެން އިތުބާރު ބޮޑުކުރަންޖެހޭނީ އަޅުގަނޑުމެންގެ ޝަރުއީ ނިޒާމް އިތުރަށް ބޮޑުކޮށްގެން.
މޫސަ: ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތެއް ހިންގަންޖެހިފަ މިއޮތީ. އަޅުގަނޑުމެންނަށް ސުނާމީއަށްފަހުގަ މީހުން ތިބިހާލު. އެހެންނަމަވެސް ބޯހިޔާވަހިކަން ހޯދަދޭނެ ސިޔާސަޔަކަށްވާންޖެހޭނެ. އާބާދީއާ ތަރައްގީ އެއްފަސްކުރެވޭނެ. ރައްޔިތުންނަށް ހިދުމަތްތައް ލިބެން ހުރިގޮތާ ބޯހިޔާވަހިކަން ދިނުން ދުނިޔޭގެ އެހެންގައުމުތަކުގައިވެސް އެބަހުރި ތިންދަރަޖައެއްގަ އެކަން. އެއީ ސަރުކާރުން ދެވޭ ފްލެޓްތަކަކާ އަދި ގަނެވޭ އުސޫލުން ދެވޭތަންތަނާ ކުއްޔަށްހިފޭ ތަންތަނާ އެހެންވީމާ މިސިޔާސަތަކީ ދުނިޔޭގެ އެހެންތަންތަނަކުންވެސް ވިޔަފާރި އުސޫލުންނާ ސަރުކާރުންދެވޭ ދިގު މުއްދަތުން ފައިސާ ދައްކައިގެން ބޯހިޔާވަހިކަން ދޯއްދަދެއްވުމަށް މިހާރު ރާއްޖޭގައި މިއޮތީ ހަމައެކަނި މިހާރުން ސުރެފަށައިގެން ގޯތި އަޅާ ނިމޭއިރު މަރުވާ ހިސާބަށް ގޮސްފަ ހުންނަނީ. އެހާ ދަތިކަންއޮތީ. އެހެންވީމަ ދިރިއުޅުމުގެ މައިދާނަށް ނުކުންނައިރުގަ އެމީހެއްގެ އާއިލާއާއެކީގަ ދިރިއުޅެވޭނެ ވަރަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދޭނެ. ކުރަންޖެހޭނެ ކަންތައްތަކާ ކަންތައްތައް އެބަހުރި. އެހެންނަމަވެސް އެއީ ވަރަށްދިގު ވާހަކަތަކެއް ދައްކަންހުރީ. އެހެންނަމަވެސް ކުރެވޭނެ. އަޅުގަނޑު ދަންނަވަންހުރީ އެމްޑީޕީގެ ސިޔާސަތުގަ އަޅުގަނޑު ރާއްޖޭގެ ވެރިކަން ކުރާއިރުގަ ކުރިޔަށް އޮތް ކަނޑައެޅޭ ފަސްއަހަރުދުވަހުގެތެރޭ ރާއްޖޭގައި ތިބި އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެންޖެހޭނެއޭ. އެހެންނަމަވެސް މިދެންނެވި ގޮތަށް އާބާދީއާ ތަރައްގީ އެއްފަސްކުރެވޭ ރަށްތަކެއް ކަނޑައެޅިގެން އެރަށްތަކުގެ ރައްޔިތުން އެކަން ކުރުމުން ރައްޔިތުންނަށް އެކަށީގެންވާގޮތަށް އޭގެ ފައިދާ ލިބޭނެ ޝުކުރިއްޔާ.
މުނައްވަރު: އާދެ! ކަންކަމަށް ވައުދުވުމުގައި މައުމޫނުވަރެއް ނޯންނާނެ މައުމޫނަކީ 30 އަހަރުވަންދެން ވައުދުގެ ވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެއް އެހެންވީމާ މިހާރު ހަގީގަތުގައި ސަރުކާރުގެ ވާހަކަދައްކާއިރުގައި ގައުމުގެ ވެރިކަން ބައްޓަންކުރާ ވާހަކަ ވާންވީކީ ވައުދެއްނޫން. ކަންކުރާނެގޮތް ކިޔައިދޭންވީ. އެގޮތަށް ބަލާއިރުގަ އަޅުގަނޑު ކުރިން ވާހަކަދެއްކެވި ދެބޭފުޅުންނާ އަޅުގަނޑުވެސް ހިޔާލު އެއްގޮތް. ކުރުކޮށްލާފަ ދަންނަވާއިރުގަ ވާންވާގޮތަކީ ދިވެހިރާއްޖޭގެ ގެދޮރު ހޯދުމަށްޓަކާ ހިޔާވަހިކަން ހޯދުމަށްޓަކާ މަގުމައްޗަށް ނުކުމެ ބިންކޮޅެއް ލިބޭތޯ ސަރުކާރުގެ ފަރާތްތަކުގައި ސަލާންޖަހަންޖެހިގެން ނުވާނެ. ގެދޮރު ބޭނުންވާ މީހާއަށް ގެ ލިބެންޖެހޭނެ. ބިން ކޮޅެއްނޫން. އެއަޅާކަށް އުޅެންޖެހިގެންނުވާނެ. ކުލިދައްކަންޖެހިގެންނުވާނެ. އޭނާ ބޭނުންވާ ގެ ނުވަތަ ފްލެޓް އޭނައަށް ލިބެންޖެހޭނެ އޭނަ އެ ގެ ނުވަތަ ފްލެޓް ލިބޭއިރުގައި އޭނައަށް ދިގުމުއްސަތެއްގެތެރޭގައި މިލްކުކުރުމަށްޓަކާ ގަތުމަށް ބޭނުންކުރާ އަގު ދައްކަންބޭނުންވާ މާލީ ވަސީލަތްތައް ނުވަތަ ބޭންކުތަކުން ނުވަތަ މާލީ އެހެނިހެން އިދާރާތަކުން ފައިސާ ލިބޭނެ މަގުތަނަވަސް ވެފަ އޮންނަންވާނެ.ޝުކުރިއްޔާ.

މީޑިއޭޓަރ: އަޅުގަނޑު ދަންނަވާނީ ވަގުތު ހަމަވާން ކައިރިވެފަ އޮތްއިރުގަ އަޅުގަނޑުމެން ލިސްޓްގައި އަދި އެބަހިމެނޭ ދި.އެފް،އެމް، ސަންގު، ހަވީރު ފިތެސް، ދެން ހާމަ. އެކަމަކު މިހިސާބުން ދެން އަޅުގަނޑު ދަންނަވާނީ ވަގުތުކައިރިވީމަ އަޅުގަނޑުމެން ފެށީ 1،2،3 އެހެންވީމާ 3،2،1 އެ ތަރުތީބުބުން އަޅުގަނޑު ދަންނަވާނީ ކޮންމެ ބޭފުޅަކުވެސް ދެމިނެޓްތެރޭގަ އެބޭފުޅުން ވިދާޅުވާން ބޭނުން އެއްޗެއް ވިދާޅުވުމަށް.

އަންނި: ވަރަށް ބޮޑަށް ޝުކުރިއްޔާ! އަލްހަމްދުލިﷲ

މޫސަ: އަޅުގަނޑު އެމްޑީޕީގެ ވެރިކަމެއްގަ ދިވެހިގައުމަށް ފެންނާނީ ފާގަތި ހެޔޮ ދުޅަހެޔޮގޮތަށް ރައްޔިތުން ދިރިއުޅުން އުޅޭތަން ވަރަށް ހަމަޖެހިގެން ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުމެނާ ތިބޭފުޅުން ސުވާލުކުރެއްވީތީ.
މުނައްވަރު: އާދެ! އަޅުގަނޑުމެން މިއެއްކުރަމުންދާ އެމްޑީޕީގެ ފަރާތުން މިކުރަމުންދާ އިސްލާހީ ކަންތައް ކުރަމުންދާ މީހުން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތެއް. އެމަސައްކަތުގައި ތިބޭފުޅުން ބައިވެރިވެ ވަޑައިގެންދެއްވާކަމީ އަޅުގަނޑުމެންނަށް ހިތްވަރުލިބޭކަމެއް. ވަރަށްބޮޑަށް ޝުކުރިއްޔާ!

މީޑިއޭޓަރ: އާދެ! އަޅުގަނޑުމެން މީޑިޔާގެ ފަރާތުން އެމްޑީޕީން އަޅުގަނޑުމެންނަށް މިފުރުސަތު ދެއްވިކަމަށްޓަކާ އަޅުގަނޑުމެން އެމްޑީޕީގެ ޒައާމަތަށާ އެމްޑީޕީގެ ރިޔާސަތަށް އަޅުގަނޑުމެން ގައުމީ މަޖިލީޙުގެ މެމްބަރުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

No Comments »

No comments yet.

Leave a comment