އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ހަފްލާއަށް ތައްޔާރުވުން ވަރަށް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.
.
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ހަފްލާއަށް ތައްޔާރުވުން ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަދެއެވެ
ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ މި ހަފްލާއަށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ކުރިޔަށް ދާނެއެވެ. އަދި ބުދަ ދުވަހުގެ މެންދުރުން ފެށިގެން މި ރަސްމިއްޔާތަށް އާއްމު ރައްޔިތުންނަށް ދައުވަތު ބަހަމުން ގެންދާކަމަށްވެސް ކެމްޕޭން ޓީމުން ހާމަކުރެއެވެ. އޮފީސްތައް ނިމޭގަޑީގައި އެސަރަހައްދުތަކަށް ދައުވަތު ބަހަމުން ގެންދާކަމަށާއި ބުދަ ދުވަހުގެ [...]








