ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަތަން އެދޭ ގޮތަށް ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރުމަށް ނިންމަވައިފި
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރުމަށް ނިންމަވައިފިއެވެ.
ޓީމްގެ ފަރާތުން ވާހަކަ ހާމަކޮށްފައިވަނީ މިއަދު ވަތަން އެދޭ އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްއެއްގައެވެ. ޓީމްގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މައުރޫފް، ނަސްރުﷲ އަދި ސޮލާހެވެ.
މިބޭފުޅުން މިއަދުވަނީ ދިވެހި ގައުމު މިދެކޭ އަނިޔާވެރި ދުވަސްތައް ބަދަލުކުރުމަށް ވަތަން އެދޭ ގޮތަށް ތާއީދުކުރުމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ގާނޫނުން ލިބޭ [...]





























