Wathan Edhey Gothah - MDP » Press Releases

October 27, 2008

މައުމޫނުގެ 30 އަހަރުގެ ދިގުވެރިކަން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ރީތިރަށް ރިސޯޓްގައި ޖަހައެއް ހުޅުވައިފި

ރާއްޖޭގައި ވޭތިވެދިޔަ 30 އަހަރު ރައީސް މައުމޫނު ކުރަމުންދިޔަ ވެރިކަން ބަދަލުކޮށްލުމަށްޓަކައި ރީތިރަށް ރިސޯޓުގެ މުވައްޒަފުން އެރިސޯޓުގައި ޖަގަހައެއް ރޭ ހުޅުވައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވި ގޮތުގައި ބިލަތް ޖަގަހައިގެ ނަމުގައި ހުޅުވި މިޖަގަހައިން ކުރާނެ މަސައްކަތްތަކަކީ ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދަށާއި އެމްޑީޕީއިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ރީތި ރަށުގެ މުވައްޒަފުންގެ މެދުގައި ތާއީދު އިތުރުކުރުމެވެ. އަދި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ޖަލްސާތަކުގެ ސީޑީ ދެއްކުމާއި މުވައްޒަފުންގެ މެދުގައި މަޝްވަރާކޮށް [...]

[ވިދާޅުވޭ...]

October 18, 2008

“ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެޖަގަހައެއް ހުޅުވާ ރޫހު އާލާކުރުމުގެ ހާއްސަ ހަފްލާއެއް ބާއްވައިފި

ހަތް ސިޔާސީ ޕާޓީ ގުޅިގެން ހިންގަމުންދާ “ވަތަން އެދޭގޮތަށް” ކެމްޕޭންގެ ފަރާތުން މާލޭގައި ދެ ޖަގަހައެއް ހުޅުވާ، އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށްޓަކައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
ހުކުރު ދުވަހުގެރޭ ހުޅުވި ދެޖަގަހައަކީ ހ. ދޮންއަންނާރުގޭގައި ހުޅުވި ގާމަގު ޖަގަހައާއި މ. ވިލުފުށީގައި ހުޅުވި “ޕިންކް ޖަގަހަ”އެވެ. މިދެޖަގަހަ ހުޅުވައިދެއްވުމުގައި ހަތްސިޔާސީ ޕާޓީގެ އިސްބޭފުޅުންނާއި އެކު އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ބައިވެރިވެވަޑައިގަތެވެ.
ޖަގަހަ ހުޅުވުމުގެ އިތުރުން ހުކުރު ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާ ބާއްވާފައިވަނީ [...]

[ވިދާޅުވޭ...]

October 13, 2008

އަތޮޅުވެރިންނާއި ކަތީބުން އަދި ސިފައިންނާއި ފުލުހުންނަށް ލިބެންޖެހޭނެ އިނާޔަތްތަކާއި ގަދަރު އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ހޯއްދަވައިދެއްވާނެ

އެމްޑީޕީ އިއްތިހާދުގެ ފަރާތުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރުގެ ފަރާތުން އަތޮޅުވެރިންނާއި ރަށްރަށުގެ ކަތީބުން އަދި ސިފައިންނާއި ފުލުހުންނަށް އެބޭކަލުންގެ އާއިލާތަކަށް ލިބެންޖެހޭނެ ހައްގު އިނާޔަތްތަކާއި ގަދަރު ހޯއްދަވައިދެއްވާނެ ކަމުގައި މިއަދު ހާމަކުރައްވައިފިއެވެ.
އެމްޑީޕީ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން އެމްޑީޕީ އިއްތިހާދުގެ ނައިބްރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އާއިލާތަކުން މިހާރު ދިރިއުޅެމުންދާ ފެންވަރަކީ ސިފައިންނާއި ފުލުހުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކާއި ގުޅޭ މިންވަރެއް ނޫންކަމުގައެވެ. އަދި އެބޭކަލުން ވަޒީފާއިން މުސްކުޅި [...]

[ވިދާޅުވޭ...]

މައުމޫނަށް 40 އިންސައްތަ ވެސް ހޯއްދެވުނީ 5 ޕާޓީ އެއް ގުޅިގެން

ރިޔާސީ އިންތިޚާބް 2008 ގެ ފުރަތަމަ ބުރުގައި ރައީސް މައުމޫނަށް ރައްޔިތުންގެ އަޣުލަބިއްޔަތު ގެއްލި %40 ވެސް ހޯއްދެވުނީ 5 ޕާޓީއެއްގެ ގުޅުމަކުން ވޯޓް ހޯދުމުގެ މަސައްކަތް ކޮށްގެން ކަމުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ފާހަގަކުރަން ފަށައިފިއެވެ. މި އިންތިޚާބުގައި ޑީއާރުޕީ އާއި ގުޅިގެން މަސައްކަތްކުރާނެ ކަމުގައި ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނު އިސްވެހުންނަވާ ޕީޕަލްސް އެލަޔަންސް އާއި ކޮއްކޯފުޅު ޢަބްދުﷲ ޙަމީދުގެ ވާގިވެރިކަން ލިބޭކަމަށް ގަބޫލު [...]

[ވިދާޅުވޭ...]

October 3, 2008

އެމްޑީޕީ އިއްތިހާދުގެ ލަންކާގައި - 3

Get the Flash Player to see this player.

[ވިދާޅުވޭ...]

October 2, 2008

އަރިއަތޮޅު އުތުރުބުރީގެ ހަތަރުރަށަށް އަނެއް ދިވެހިރާއްޖެ އަރުމާޒެއް ފަށައިފި

އަރިއަތޮޅު އުތުރުބުރީގެ ހަތަރުރަށަކަށް ޒިޔާރަތްކުރުމަށްޓަކައި އަނެއް ދިވެހިރާއްޖެ ކެމްޕޭން އަރުމާޒެއް އެއަތޮޅު އުކުޅަހުން ފަށައިފިއެވެ.
އަރިއަތޮޅުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކަންތައް ހިންގުމުގައި އިސްކޮށް އުޅުއްވާ މޫސާ ނައީމް މިއަދު މައުލޫމާތު ދެއްވި ގޮތުގައި އުކުޅަހު ޒުވާނުން އިންތިޒާމުކުރި އަރުމާޒުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު މަތިވަރި، ބޮޑުފޮޅުދޫ، ހިމަންދޫ އަދި ފެރިދޫއަށެވެ.
“ޒުވާނުން މިއަރުމާޒުގައި ރަށްރަށަށް ގޮސް އެރަށްރަށުގެ ޒުވާނުންނާއި ރަށްރަށުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ” މޫސާ ނައީމް ވިދާޅުވިއެވެ. މިހާރުގެ ވެރިކަން ބަދަލުކުރުމަށް އަރިއަތޮޅުގެ ޒުވާނުން އެދޭ މިންވަރު ރަމްޒުކޮށްދޭ [...]

[ވިދާޅުވޭ...]

October 1, 2008

ފިތުރު އީދުގެ އުފަލުގައި އެމްޑީޕީ އިއްތިހާދަށް ތާއީދުކުރާ ފަރާތްތަކުން ޕިކަޕްބުރެއް ބާއްވައިފި

[ވިދާޅުވޭ...]

« Next Page