ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރުމަށް ނިންމަވައިފިއެވެ.
ޓީމްގެ ފަރާތުން ވާހަކަ ހާމަކޮށްފައިވަނީ މިއަދު ވަތަން އެދޭ އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްއެއްގައެވެ. ޓީމްގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މައުރޫފް، ނަސްރުﷲ އަދި ސޮލާހެވެ.
މިބޭފުޅުން މިއަދުވަނީ ދިވެހި ގައުމު މިދެކޭ އަނިޔާވެރި ދުވަސްތައް ބަދަލުކުރުމަށް ވަތަން އެދޭ ގޮތަށް ތާއީދުކުރުމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ގާނޫނުން ލިބޭ [...]
October 27, 2008
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަތަން އެދޭ ގޮތަށް ގުޅިފައިވާ އިއްތިހާދަށް ތާއީދުކުރުމަށް ނިންމަވައިފި
މައުމޫނުގެ 30 އަހަރުގެ ދިގުވެރިކަން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް ރީތިރަށް ރިސޯޓްގައި ޖަހައެއް ހުޅުވައިފި
ރާއްޖޭގައި ވޭތިވެދިޔަ 30 އަހަރު ރައީސް މައުމޫނު ކުރަމުންދިޔަ ވެރިކަން ބަދަލުކޮށްލުމަށްޓަކައި ރީތިރަށް ރިސޯޓުގެ މުވައްޒަފުން އެރިސޯޓުގައި ޖަގަހައެއް ރޭ ހުޅުވައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއްވި ގޮތުގައި ބިލަތް ޖަގަހައިގެ ނަމުގައި ހުޅުވި މިޖަގަހައިން ކުރާނެ މަސައްކަތްތަކަކީ ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދަށާއި އެމްޑީޕީއިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ރީތި ރަށުގެ މުވައްޒަފުންގެ މެދުގައި ތާއީދު އިތުރުކުރުމެވެ. އަދި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ ޖަލްސާތަކުގެ ސީޑީ ދެއްކުމާއި މުވައްޒަފުންގެ މެދުގައި މަޝްވަރާކޮށް [...]


























