Wathan Edhey Gothah - MDP » ރާއްޖޭގެ ރަށްތައް ދަތުރު ފަތުރުން ގުޅުވުން

ރާއްޖޭގެ ރަށްތައް ދަތުރު ފަތުރުން ގުޅުވުން

ރައްޔިތުންގެ ޝަކުވާ
1. އެކަށީގެންވާ ހެޔޮއަގެއްގައި، ރާއްޖޭގެ ރަށްތަކުގެ މެދުގައި ދަތުރުކުރާނެ އުޅަނދު ފަހަރު ނެތުމުން، ރައްޔިތުން ތިބެނީ ދިރިއުޅުމުގެ ގިނަ ހަރަކާތް ތަކުން މަހުރޫމްވެ، ތަރައްގީއަށް މަސައްކަތް ނުކުރެވި، ރަށުގައި ބަންދުވެފަ. މިހެންވުމުން ކޮންމެ ރަށެއްގެ ރައްޔިތުންވެސް ތިބެންޖެހެނީ އެބައިމީހުންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތައް އެރަށެއްގައި ޤާއިމުވުމަށް އެދި އެދި.
2. ރަށުގައި އުފެއްދޭ ތަކެތި އެހެން ރަށްރަށަށް ވިއްކޭނެ ގޮތެއް ނެތް. އެހެން ރަށްރަށުގައި އުފައްދާ ތަކެތި ރަށަށް ގެނެވޭނެ ގޮތެއް ނެތް. ހަމަ އެހެންމެ ރަށުގެ ޚިދުމަތްތައް އެހެން
ރަށްރަށަށް ފޯރުކޮށްދޭނެ ގޮތެއްވެސް ނެތް. އަދި އެހެން ރަށްރަށުގައި ހުރި ޚިދުމަތްތައް ރަށަށް ގެނެވޭނެ ގޮތެއްވެސް ނެތް. ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކު މިތިބީ ވިއްސިވިހާލިވެ ތަރައްޤީއަށް ހުރަސްއަޅާ ފަދަ ގޮތަކަށް ރަށުގައި ބަންދުވެފައި.
3- ރައީސް ގެ ދަތުރުތަކާއި ސަރުކާރުގެ ދަތުރުތައް ކުރުމަށްޓަކައި ދުނިޔޭގެ ނިސްބަތުންވެސް އަގުބޮޑު އުނޅަދު ފަހަރު، ރައްޔިތުންގެ ފައިސާއިންހޯދާ، އެބޭފުޅުންގެ ދަތުރުފަތުރުގެ ކަންކަން ފުރިހަމަ ވެފައިވާއިރު، ބޭސްފަރުވާފަދަ ކޮންމެހެން މަޖުބޫރު ކަންކަމަށް ބޭނުންވާ ދަތުރުފަތުރުގެ އެހީ ރައްޔިތުންނަށް ނުދީ އޮތުމަކީ، ރައްޔިތުންނަށް ކުރާ ބޮޑު ބޭއިންސާފެއް.
4. ދަތުރުފަތުރު ގެ ނިޒާމް އޮތްގޮތުން މާލެ ތޮއްޖެހި މާލެނޫން ރަށްރަށް ތަރައްޤީ ނުފޯރުން.
5. ދަތުރުފަތުރުގެ ކަންތަކަށް ހައްލެއް ހޯދުމުގެ ބަދަލުގައި ދިރާސާތަކެއް ކުރުމުގެ ނަމުގައި އެތައް މިލިއަން ޔޫއެސް ޑޮލަރު އިސްރާފު ކޮށްފައިވުން.
6. ބައެއް ރަށްތަކުގައި އަގު ބޮޑެތި ޚަރަދު ކޮށްގެން ބަނދަރުތައް ހެދިފައިވާއިރު، އެބަނދަރުތަކުގެ ބޭނުން ހިފައިގެން އެއްރަށުން އަނެއް ރަށަށް އަގުހެޔޮކޮށް ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ނެތުން.
7. ރާޢްޖޭގެ ގިނަބަޔަކު ގިނަ ކަންކަމުގައި މާލެ އަންނަން ޖެހިފައިވާއިރު، މާލެ ފިޔަވައި އެހެން ގިނަ އަތޮޅުތަކުގެ މީހުން މާލެ އައިސް ފުރާނެ ޓާރމިނަލެއްގެ ޚިދުމަތެއް ނެތި، އެމީހުން މާލޭ ފަޅުތެރޭގައި ހުންނަ އުޅަނދު ފަހަރަށް އަރާ ފައިބާ ހެދުމުގައާއި ދާގީނާ އެރުވުމުގައި ދަތި ހާލުގައި އުޅެން ޖައްސާފައިވުން.
8- އާބާދީ ގޮތުން ކުދި ރަށްރަށުން ދުރުގާ އޮންނަ މާލެއަށް އައުމަށް ވުރެން، ކައިރީގާ އޮންނަ އަވަށްޓެރި ރަށަށް ދިއުމަކީ އުނދަގޫ ކަމަކަށްވެ، ކައިރިން ލިބެން ހުންނަ ޚިދުމަތާއި ތަކެތި ލިބުމުގައި، އެރަށްރަށުގެ ރައްޔިތުން މަޙުރޫމް ކުރުވާފައިވުން.
9- އިންވެސްޓަރުންނަށް އިތުބާރު ހިފޭވަރު ޤާނޫނެއް ނެތުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން ދަތުރުފަތުރުގެ ދާއިރާ ތަރައްޤީ ކުރުމަށް އިންވެސްޓް ކުރުމަށް ފަސްޖެހުން.

10 ސަރުކާރުން އެކި އަތޮޅުކަތަކަށް ޚިދުމަތް ދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒުތަކަށް އައިސްގޮސް އުޅެވޭނެ ފަސޭހަ އަދި އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް ހަމަޖެހިފައި ނެތުން.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތު
1- ޤައުމުގެ މުއްސަނދިކަން މުޅި ރާއްޖެއަށް ފަތުރާލުމަށާއި، އަދި އިޤުތިސާދީ ދުވެލި ހަލުވި ކުރުމަށްޓަކައި އަދި ރައްޔިތުންނަށް ތަރައްޤީގެ ފަސޭހަކަން ހާސިލްކޮށްދީ، މީހުންގެ މެދުގައި ގުޅުން އުފައްދައި ބަދެހިކުރުމަށް، މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށާއި މުދާ އުފުލުމަށް، ލާމެހިފައިވާ ދަތުރު ފަތުރު ކުރުމުގެ ނިޒާމަކީ، އެމް.ޑީ.ޕީގެ ސަރުކާރެއްގެ ސަރަހައްދީ ތަރައްޤީގައި އެންމެ އިސްކަންދޭނެ އެއް ކަންތައް.
2- ދަތުރު ފަތުރުގެ ފަސޭހައިގެ ސަބަބުން ޚިދުމަތްތައް ހޯދުމަށް ރާއްޖޭގެ ވެރިކަން ކުރާ ރަށަށް އައުމުގެ ބަދަލުގައި، އެބަޔަކު ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ ޚިދުމަތްދޭ ސެންޓަރުތަކަށް، ކޮންމެ މީހަކަށްވެސް އަތްފޯރާ އަގެއްގައި، ފަސޭހައިން އައިސްގޮސް އުޅެވޭނެ ލާމެހިފައިވާ ދަތުރު ފަތުރުގެ ނިޒާމެއް ބައްޓަން ކުރުން.

އެމްޑީޕީގެ ސަރުކާރުން ފުރަތަމަ ކުރު މުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1 - މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެއްރަށުން އަނެއްރަށަށް ދަތުރުކުރާނެ ފެރީގެ ޚިދުމަތް އަމިށްލަ ފަރާތްތައް މެދުވެރިކޮށް ތައާރަފް ކުރާނަން.

އެމްޑީޕީގެ ސަރުކާރުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާނެ ކަންތައްތައް

1- ލާމެހިފައިވާ ފުރިހަމަ ދަތުރު ފަތުރުގެ ނިޒާމަށް މަގު ފަހި ކުރުމުގެ ގޮތުން، އެހެން ރަށްރަށުގެ މީހުން މަޑުކޮއްލުމަށް ރެސްޓް ހައުސް ހަދައި އެރަށް ރަށުގެ ފެރީޓާމިނަލް ޤާއިމުކުރުމަށް ސަރުކާރުން އެހީވެދޭނަން.
2- މި ދާއިރާއަށް އިންވެސްޓް ކުރުމަށް މަގުފަހި ކުރުމަށްޓަކައި، އަމިއްލަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ދޫދިނުންތައް ތައާރަފްކޮށް، ސަރުކާރަކީ ރެގިއުލޭޓް ކުރާ އަދި ހިންގުމަށް މަގުފަހިކޮށްދޭ ފަރާތަކަށް ވާނަން.
3- ސަރަހައްދުތަކަށް އިޤްތިސޯދީ ދިރުން ގެނައުމަށްޓަކައި، އެއްތަނުން އަނެއްތަނަށް އައިސްގޮސް އުޅުން ހަލުވިވާނޭ ކަންކަން ހޯދައި އެހީތެރިކަން އިތުރަށް ފޯރުކޮށްދޭނަން.
4- އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ބޭނުންވާ ލުއިފަސޭހަކަން، ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން، ހުރިހާ ރަށްތަކުގެ މާރކެޓްތަކާއި ޚިދުމަތްތަކާއި ދިރިއުޅޭމީހުންނާއި ބަނދަރުތައް، ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވި، އެންމެ ކުޑަ ޢާމްދަނީއެއް ލިބޭ މީހާއަށްވެސް، އެއްތަނުން އަނެއްތަނަށް އަތްފޯރާ އަގުތަކެއްގައި ދަތުރުކުރެވޭނެ މަގު ފަހިކޮށްދޭނަން.
5- ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެއަށް އަންނަ މުދަލާއި ފޮނުވޭ މުދާ، އަދި އަންނަ މީހުންނަށާއި ފުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް، ދަތުރުވެރިންގެ ޓަރމިނަލްތަކާއި ކާގޯ ޓަރމިނަލްތައް ހަދާނަން.
6- ހުރިހާ ވައިގެ ބަނދަރުތަކުގައާއި ކަނޑުގެ ބަނދަރުތަކަށް އަންނަ މުދަލުގެ ތެރެއިން، އަތޮޅުތަކަށް އަންނަ މުދާ ސީދާ އެބަނދަރަކުން އެއަތޮޅަކަށް ބަދަލު ކުރެވޭނެ ގޮތަށް ސްޓޯރޭޖު (ގުދަން) ޤާއިމު ކުރާނަން.

13 Comments »

  1. އައްނިއަށް ހަމަ ދީނާބެހޭ ސިޔާސަތެއް އެކުލަވާލާކަށް ވަގުތެއްވެސް އަދި ޢިލްމެއްވެސް ލިބިފަ ނެތީ ދޯ؟؟؟ ވަރަށް ދެރަކަމެއް. އައްނި ކްރިސްޓިއަން ދީނޭ މީހުން ދައްކާ ވާހަކައިގައި ހަގީގަތެއް އޮތީތާ.

    Comment by Hassan — September 8, 2008 @ 10:16 pm

  2. ހައްލަކީ ފެރީ؟ އަދިރަގަޅެއްނުވޭ. ކަޑުގަދަދުވަހު ޅަދަރިގޮވައިގެން ސުކޫލައްނޫނީ ހަސްފަތާލައްދަނީ ކިހިނެއް މީ ޔޫކޭއެއްނޫން ބަހަކައް އަރައިގެން ނޫނީ ރޭލަކައްއަރާކައް. ކަޑުދަތުރަކީ ފަސޭހަކަމެއްނޫން. ކޮންމެ ދުވަހަކު ހުޅުމާލެނޫނީ ވިލިގިލިއައް ދާމީހުންކާރީ އަހާ.

    Comment by hassan — September 9, 2008 @ 4:37 pm

  3. މަތީގައި އެވާ ލިޔުން ލިޔެފައި އެވާމީހަކަށް މެމް ޓީ ސީ ސީ ފެރީނޫން އެހެން ފެރީ ސިސްޓަމެއް ފެނިފައި ނެތީ ކަން ނޭގެ

    Comment by Ibrahim — September 22, 2008 @ 3:52 pm

  4. އާނ! އަންނި ތަ ބޮޑު ސޮލީބު ކަރުގަ އަޅައިގެން އައިސް ބޭން ޖަހާފަ ބޮޑުފާލަމުން ފޭބީ؟ އެއީ މައުމޫނު ކުރިކަމެއް. ދެންހުރީ ނައިބަކަށް ހުރި ތަސްމީނު. އަހާބަލަ ނަސޯރާ ގެސްޓުން ކައިވެނި ކުރާތަނެކޭ ކިޔާފަ ރީތި ރަށުގަ ހަދާފަ އެހުރިތަން އެއީ މިސްކިތެއްތޯ؟ ސޮލީބުގެނައީ ޑީއާރޕީގެ ކެންޑިޑޭޓް. ފައްޅި އެޅީ އޭނާގެ ރަނިންމޭޓް. އިސްލާމަކު ވިއްޔާ މައުމޫނާ ތަސްމީނަށް ވޯޓުނުލާތި. މުއާޒު

    Comment by ali — September 22, 2008 @ 5:37 pm

  5. އަންނިއަށް ސާބަހޭ. ކުރިޔަށް ވަޑައިގަންނަވާ! އަހަރެމެން މިތިބީ ހަމަ ތިބޭފުޅާގެ ފަހަތްޕުޅުގައޭ. ކުޑަކަތީބު

    Comment by Abdulla — September 25, 2008 @ 1:21 pm

  6. ރަގަޅު ފެރީ ސިސްޓަމެއް ގާއިމް ކުރެވޭނެ، އެކަން ކާމިޔާބުވެސް ކުރެވޭނެ، ތިލަދުންމަތިން އަޅުގަޑު އެހީތެރިވެ ދޭނަން.. ސާބަހޭ އަންނީ..

    Comment by Anonymous — October 1, 2008 @ 2:14 am

  7. ފެރީ ސިސްޓަމަކަށްވުރެ، އެއް ފަސްކުރުމުގެ ސިޔާސަތަކަށް އިސްކަންދެވިފަ ނެތީމަ ވަރަށް ދެރަ. އެއީ ތެދެއް، އެއްގަމު ދަތުރާއި ކަނޑު ދަތުރު ވަރަށްވެސް ތަފާތު. ވީހާވެސް ކަނޑު ދަތުރު ކުރަން ނުޖެހޭގޮތަކަށް އޮތުން ރަނގަޅީ. ރާއްޖޭގައި މިކަން ކުރެވޭނީ ހަމައެކަނި އެއްފަސްކޮށްގެން….ކޮންމެވެސް ވަރަކަށް.

    Comment by aisha — October 3, 2008 @ 4:07 am

  8. އަޅުގަޑު ބުނާނީ ތީހަމަ ރަގަޅު ކަމެކޭ، ކުޅުދުއްފުށިން ފެށިގެން ހަނިމާދުއާއި ހަމަޔަށް ރަގަނޅު ފެރީގެ ނިޒާމަކުން ގުޅައި ދިނުން އެދެން..

    Comment by Munnanwar — October 5, 2008 @ 12:10 am

  9. މައުޅޭނީ ކަނޑުގެ އަޑީގައި، ހިންގާފަ، ހަރަދުވެސް ކުޑަވާނެ ދޯ!! ފެރީތަށްގިނަ ކަމުން އަނެށް ކަނޑަށް ކަންނޭގެ ދާންޖެހޭނީ.

    Comment by aisha — October 11, 2008 @ 8:19 pm

  10. ބައެއް މީހުން މި ނޫން ގޮތެއް ބޭނުން ނުވާ ކަހަލަ! އެކަމަކު ބުނަން އެންމެނަކަށް ފަސޭހައިން ދަތުރެއް ނުކުރެވޭ ..ކޮންމެ ދުވަހަކު އެއް ލޯންޗުގަނޑު ހަމަޖައްސަދީފިޔަސް އެއީ އަހަރެމެންނަށް ވަރަށް ބޮޑު ވަރު ! އެއީ މައުމޫނަށް އަހަރެމެން ރަށަށް ނުކޮށްދެވި އޮތް ކަމެއް ..ވޯޓެއް ބޭނުންވާ އިރަށް ފޫކޮޅުން ވަޔެއް ޖަހާލާފަ އައްޑު އަކަށް ދާނެ ކަމެއް ނެތް…

    އައްޑޫ ރަށެއްގެ ރައްޔިތެއް..

    Comment by addu — October 16, 2008 @ 7:17 pm

  11. މިފަހަރު މައުމޫނު ބަކަމޫނަކައް ވާނެ

    Comment by Ahmed saif — October 18, 2008 @ 6:11 pm

  12. ހަމަ ވަތަން އެދޭ ގޮތަށް އެވީ!!!! މައުމޫނު ދެން ލަލަލާ………

    Comment by shiham — October 31, 2008 @ 3:19 am

  13. މަައުމޫނު ބަލިގިަބޫލު ކުރީދޯ

    Comment by hussan — October 31, 2008 @ 10:34 pm

Leave a comment