Wathan Edhey Gothah – MDP » ހަރުގޭ “ތިލަދުންމަތީ ނައިޓް” ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ

August 21, 2008

ހަރުގޭ “ތިލަދުންމަތީ ނައިޓް” ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ

އެމްޑީޕީގެ ތިލަދުންމަތީ އަޑު ގޮފިން ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ތާއީދު ހޯދުމަށްޓަކައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރުގޭ “ތިލަދުންމަތީ ނައިޓް” ހޮނިހިރު ދުވަހުގެ ރޭ ބާއްވާނެއެވެ.
މިކަންތައް އިންތިޒާމްކުރައްވާ ބޭފުޅެއް މައުލޫމާތު ދެއްވި ގޮތުގައި ހޮނިހިރު ދުވަހު ހަރުގޭގައި އޮންނާނެ ކަންތައްތަކުގެ ތެރޭގައި ތިލަދުންމައްޗަށް ނިސްބަތްވާ ރައްޔިތުންގެ ޚިޔާލު ހޯދުމާއި އެބޭފުޅުންގެ މައުލޫމާތު އެއްކުރުމާއި މުހައްމަދު ނަޝީދަށް ތާއީދުކޮށް ތިލަދުންމަތީގެ ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވުން އޮންނާނެއެވެ.
މިހަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ތިލަދުންމަތީ އަޑު ގޮފިން އެދިލައްވައެވެ.