Wathan Edhey Gothah – MDP » Ahmed Naseer

October 25, 2008

ހިތުގައި ވާހާ ގޮތް ހޯދަން

އަހުމަދު އަލީ ނަސީރު އަޅުގަނޑުމެން ގެ ތެރެއިން ބަޔަކު މިތިބީ އެންމެ ފަހުގެ ޑިޒައިނަރ ހެދުން ލައިގެން އެންމެ ޒަމާނީ ވަސް ދުއްވައިގެންނެވެ. އަޅުގަނޑުމެންގެ ވަށައިގެން އުސް އިމާރާތްތަކާއި އޮފްއަރާ ކާރުތައް މިވަނީ ތޮއްޖެހިފައެވެ. އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ އާއި އެންމެ މިހާރުގެ ސާމާނުތަކުން ގުދަންތަކާއި ސިޓިންގްރޫމްތައް އެވަނީ ބަންޑުންލާފައެވެ. އެފްއެމް ތަކުގެ ތުއި އަޑުތަކުން ތެމިފޯވެ، އެނބުރޭ މާބުރުތަކެއްގެ ސިފަޖެހި، މިތިބީ ތަރައްގީވެފައި ދޮގެއްތޯއެވެ؟ އަޅުގަނޑުމެން ސެލްފޯނާއި ބާރަށް ދުއްވާ ރޭސް ކާރުތަކުގެ ތިޔާގިކަމަށް ގެނބި […]

[ވިދާޅުވޭ...]

October 23, 2008

ދިވެހި ދައުލަތް ތިލަޔެއްގެ މިޔަމަތީގައި

ރާއްޖޭގެ އިގްތިސޯދުގައި ދަތުރުކުރާ ފައިސާގެ އަދަދަކީ އެއްވެސްމީހަކަށް ފަސޭހައިން ލަފާކޮށްލެވޭނެ އަދަދެއްނޫނެވެ. އެހެނަސް އަތްމައްޗަށް ފައިސާ އެރުން ހުއްޓުނީމާ ނުވަތަ މަޑުޖެހެލީމާ ވަގު ނޫޓު އަތަށް އަރަންފެށީމާ ކޮންމެ މީހަކަށްވެސް އާދަޔާ ޚިލާފުކަމެއް ހިނގާކަން އިހުސާސް ވާނެއެވެ. ދުނިޔޭގެ ހުރިހާ ގައުމަކަށް ފެތުރި ހަލުވިކަމާއެކު އޭގެ އަސަރު ފޯރުވަމުންދާ މާލީ ރޯގާ ނުވަތަ ފައިސާގެ ދަތިކަމާއި މުޅި ދުނިޔޭގެ އިގްތިސޯދަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކުގެ ވާހަކަ އެއްސެވީމުތޯއެވެ؟ ދުނިޔެ މިއޮތީ ރިސެޝަނެއްގެ އަނގަމަތީގައިކަން އެނގިވަޑައި ގަންނަވާތޯއެވެ؟ ރިޔާސީ […]

[ވިދާޅުވޭ...]

October 19, 2008

އަޅުގަނޑުމެން މިދަނީ އުފާވެރި ބަދަލަކާ ދިމާލަށް

ހާސްކަން ދޫކޮށްލައްވާށެވެ. ކުޑަ ކަޅުތެޔޮކޮޅެއް ރީނދުލުގެ މައްޗަށް ހަމަ ޖަހާއިރަށް ރަތަށް ވަޑައިނުގަތުން އެދެމެވެ. އެހެރަ ކަންކަމަކީ، ބަދަލުވުމަށް ބިރުން އުޅޭ ބައެއްގެ ބޭގަރާރު ހަރަކާތްތަކެކޭ ވެސް ބައެއް ބޭފުޅުން ވިދާޅުވަމުން އެބަދެއެވެ. ބަޔަކަށް ހާސްކަން ކަނޑާލެވޭނީ، ކުރިމަތިން ފެންނަ ހަގީގަތާއި ކުޑައިކޮން ވިސްނުމުގެ ތެރެއިން ފޭވެލީމައެވެ. މަދު ވަގުތުކޮޅެއް ހަމަހިމޭނުން އިނދެ ވިސްނާލުމުގެ ފުރުސަތު ހޯދައިގެންނެވެ. ނިންމަން އޮތީ ވަރަށް މުހިންމު ނިންމުމަކަށް ވާތީ ދޮގެއްތޯއެވެ؟
28 އޮކްޓޯބަރ 2008 ވާ އަންގާރަދުވަސް ގޯޅިކަންމަތިން ލަނބާލައިފި ދޮގެއްތޯއެވެ؟ އެދުވަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެނެސްދޭނީ ހިތްފުރި ބަންޑުންވާވަރުގެ ކާމިޔާބީއެއްކަން ޔަގީންކުރައްވާށެވެ. އިއުތިގާދު ވަރަުގަދަކުރައްވައިފިނަމަ މިކަން މިއަންނަނީ ނިމޭށެވެ.

[ވިދާޅުވޭ...]

October 18, 2008

“…އިދިކޮޅު އެންމެން ތިތިބީ ގޮތް ހުސްވެފައި. އަންނި ދެވަނައަށް އައީ. އޭނަޔާ މައުމޫނާ ވަކިން ރޭސްދުއްވާ ރޭހުގަ، އޭނަ ބަލިވާތަން މީހުނަށް ދައްކުވަން ވެގެން. އިރާދަކުރެއްވިއްޔާ އެދުވަސް ތިޔަކުދިން މާލަހެއްނުވެ ދެކޭނެ. އެދުވަހަށް އިންތިޒާރު ކޮށްލައްވާ. ޝުކުރިއްޔާ!…”

ސުރުޚީގައި އެވާ ކޮމެންޓަކީ، ވޯޓްއަންނި.ކޮމް (www.voteanni.com) ވެބްސައިޓަށް ފޮނުވާފައިވާ ރައްދު ޚިޔާލެކެވެ. މި ޚިޔާލަކީ، އެ ސައިޓުގައި ލިޔެފައިވާ އެއްޗަކަށް ބޭފުޅަކުދެއްވި މިނިވަން ރައްދެކެވެ. ރައްދު ދެއްވި ލިޔުމުގެ ސުރުޚީއަކީ، “އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމު ދަތުރު ކުރާނީ ރަނގަޅު ބަނދަރަކާ ދިމާލަށް” މި އެވެ.

ރައީސް މައުމޫނު ވެރިކަމުގައި ހުންނެވުމަށް ޖައްސަވަމުންދާ ‘މަރުފަލީގެ’ ވާހަކައަށް މަޒުމޫނު އިޝާރާތް ކޮށްފައި އޮތުމީ، މި ފަދަ ރައްދެއް ލިބުމަށް މެދުވެރިކުރުވި އެއްސަބަބަށް ވެސް ވެދާނެއެވެ. ރައްދުދެއްވި ފަރާތުން ‘ތިޔަކުދިން’ ނޭ ވިދާޅުވެ ލިއުއްވާފައި އޮތުމުން ލަފާކުރެވެނީ، މި ކޮމެންޓް ލިއުއްވި ގަލަމަކީ، 1950 ގެ ސިކުނޑިއަކުން ވިސްނުން ލިބިވަޑައިގެންވާ ގަލަމެއްކަމެވެ. އެހެންކަމުގައި ވާނަމަ، އެ ލިޔުންތެރިޔާގެ ސިކުނޑިއަށް ސަވާރުވެއިން މީހެއްގެ ބާރުގައި، ލިޔުންތެރިޔާ އެ ހުންނެވީ ވަރަށްބޮޑު އަސަރެއްގައި ޖެހިވަޑައިގެން ގޮސް އަވަދިވެ ވަޑައިގެންފައެވެ. އެކަމާހެދި އޭނާގެ ސާހިބުމީހާއަށް ވަފާތެރިވާ ހާލު، އޭނާ އެހުންނެވީ ނިކަމެތިވެ ހިތްޕުޅު ބިރުފުޅުން ތެޅިތެޅިއެވެ.

[ވިދާޅުވޭ...]

October 15, 2008

އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމު ދަތުރުކުރާނީ ރަނގަޅު ބަނދަރަކާ ދިމާލަށް

އަލިވިލޭ ދުވަހަކަށް ކުރި އިންތިޒާރު ހަނދުމަފުޅު ވޭތޯއެވެ؟ އެ ދުވަހަކީ 28 އޮކްޓޯބަރ 2008 ވާ އަންގާރަ ދުވަސް ކަމުގައި ވުމުގެ ހެޔޮ ތައުފީގް އަޅުގަނޑުމެންނަށް ދެއްވާށިއެވެ. ރައްޔިތުން ހޭލައިފިކަމުގެ ހެކި އަޅުގަނޑުމެން ދުށީ، މި ދިޔަ 8 އޮކްޓޯބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ. އެ ބުރު ނިމިގެން ކަންތައްތައް ވަމުން އައިސްފައިވާ ގޮތް، ތިޔަ އެންމެހާ ބޭފުޅުންނަށްވެސް މިހާރު އޮންނާނީ އެނގިވަޑައިގެންފައެވެ. ވޯޓުދިން މީހުންގެ 60 އިންސައްތަ ބޭނުންވީ، އެހެން ވެރިކަމެއް މި […]

[ވިދާޅުވޭ...]

September 29, 2008

މައުމޫނު އިތުރު ދައުރަކަށް ހޮވުމަކީ ދިވެހިން އަމިއްލަޔަށް ދަންޖެހުން – އަހުމަދު އަލީ ނަސީރު

ދިވެހިންނަކީ ކޮންބަޔެއްކަން ނޭނގޭ މީހަކާ ދިވެހި ގައުމުގެ މުސްތަގްބަލް ބިނާކުރުމުގެ ޒިންމާ ހަވާލުކުރުމަކީ، ތިމާމެން އަމިއްލަޔަށް ދަންޖެހި މަރުވުމަށް އެޅޭ ފިޔަވަޅެއްނޫންތޯއެވެ؟ މައުމޫނަކީ، 21 ވަނަ ގަރުނުގައި ދިވެހިން ހޮވަންވާވަރުގެ ލީޑަރެއްނޫނެވެ. ޑިކްޓޭޓަރަކަށް އަހަރުމެންގެ ދަރީން ވިއްކާލުމަށް ބޭނުންވާނަމަ، މައުމޫނަށް ވޯޓުދޭންވީއެވެ. އެއީކީ، ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. އަބުދުލް ގައްޔޫމް ސީދީގެ އަބުދުއްލޯ މައުމޫނަކީ އޭނާގެ ދިރިއުޅުމަށް ބަލާއިރު، ގިނަދުވަސްތަކެއް ދިވެހިންނާ ވަކިން، ރަށްފުށު ދިރިއުޅުމާ ބީރަށްޓެހި ޖައްވެއްގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މީހެކެވެ. ރޮއިސްޓަން އެލިސް […]

[ވިދާޅުވޭ...]