Wathan Edhey Gothah – MDP » އަޅުގަނޑުމެން މިދަނީ އުފާވެރި ބަދަލަކާ ދިމާލަށް

October 19, 2008

އަޅުގަނޑުމެން މިދަނީ އުފާވެރި ބަދަލަކާ ދިމާލަށް

އަހުމަދު އަލީ ނަސީރު

ހާސްކަން ދޫކޮށްލައްވާށެވެ. ކުޑަ ކަޅުތެޔޮކޮޅެއް ރީނދުލުގެ މައްޗަށް ހަމަ ޖަހާއިރަށް ރަތަށް ވަޑައިނުގަތުން އެދެމެވެ. އެހެރަ ކަންކަމަކީ، ބަދަލުވުމަށް ބިރުން އުޅޭ ބައެއްގެ ބޭގަރާރު ހަރަކާތްތަކެކޭ ވެސް ބައެއް ބޭފުޅުން ވިދާޅުވަމުން އެބަދެއެވެ. ބަޔަކަށް ހާސްކަން ކަނޑާލެވޭނީ، ކުރިމަތިން ފެންނަ ހަގީގަތާއި ކުޑައިކޮން ވިސްނުމުގެ ތެރެއިން ފޭވެލީމައެވެ. މަދު ވަގުތުކޮޅެއް ހަމަހިމޭނުން އިނދެ ވިސްނާލުމުގެ ފުރުސަތު ހޯދައިގެންނެވެ. ނިންމަން އޮތީ ވަރަށް މުހިންމު ނިންމުމަކަށް ވާތީ ދޮގެއްތޯއެވެ؟

28 އޮކްޓޯބަރ 2008 ވާ އަންގާރަދުވަސް ގޯޅިކަންމަތިން ލަނބާލައިފި ދޮގެއްތޯއެވެ؟ އެދުވަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެނެސްދޭނީ ހިތްފުރި ބަންޑުންވާވަރުގެ ކާމިޔާބީއެއްކަން ޔަގީންކުރައްވާށެވެ. އިއުތިގާދު ވަރަުގަދަކުރައްވައިފިނަމަ މިކަން މިއަންނަނީ ނިމޭށެވެ.

މި އަންނަ ދަނޑިވަޅުގެ މާތްކަމާ ދޭތެރޭގައި ވިސްނަވާ ލެއްވިންތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން އިންސާނިއްޔަތަށް ލޯބި ޖެހިތިބި އެންމެން ކުރަމުންއައި ދުއާ އިޖާބަ ކުރައްވާނެ ކަމުގެ ކުލަތައް އަޅުގަނޑުމެންގެ ވަށައިގެން މިދަނީ އަޅުގަނޑުމެންނަށް ދައްކަވަމުންނެވެ.

އެތަކެއް ޒަމާން ވަންދެން އަޅުވެތިވެ އަޅުގަނޑުމެން ތިބީމުއެވެ. މިހާރު މިދަނީ އެ އަޅުވެތިކަމުން އަމިއްލަޔަށް ނެއްޓި، އަޅުވެތި ކުރުވި ވެރިކަމުގެ ނިޒާމު އެކުގައި ބަދަލު ކުރާށެވެ. ދިވެހިންނަށް އެމީހުންގެ އަޅުވެތިކަން ގެނެސްދިނީ، ތަހުޒީބުގެ ބަދަލުގައި އަނިޔާވެރިކަމާއި، ބަދުއަޚްލާގާއި، އަނދިރި ވިސްނުމާ އިއުތިގާދުގެ ދަރަނިވެރިކަމެވެ. އަމިއްލަ ސިކުނޑީގެ ބޭނުން ހިފީ އިރުމަތީ އޭޝިޔާގައި ހެއްދެވިހާ ކޮމަރޝަލް ‘ޖަންކެއް’ ގަނެ ބޭނުންކޮށް އެވިޔަފާރި ދަމަހައްޓާ، މޭކަޕް ކުރުމަށެވެ.

ދިވެހިންގެ މައްޗަށް އެމީހުންގެ ވެރިން ބާރުފޯރުވި މިންވަރު އެނގިވަޑައިގެން ވޭތޯއެވެ؟ ސުލްހަވެރި ތޫނުފިލި އަދި އުފެއްދުންތެރި ޖަމާއަތެއް 30 އަހަރުގެ ތެރޭގައި އުވިގޮސް އިލްމެއް އުޅުމެއް ނެތް އޮޅު ކުއްތާތަކަކަށް ދިވެހިން ބަދަލުވީ ކިހިނެތްތޯއެވެ؟ އަމިއްލަ ތާރީޚު އޮޅި، އާދަކާދަތައް ފުހެވޭ ވަރަށް މެޓީރިއަލިޒަމަށް ގޮސް އަވަދިވީއެވެ. އެއް އިރެއްގައި ދިވެހިންނަކީ ދެކުނު އޭޝިޔާގައި އޮތް އެންމެ އަރާމު ގައުމެވެ. ތިޔާގިވަމުން ކުރިއަރަމުން އައިސް، 70 ގެ ކުރީކޮޅު ދިވެހިން ގެ ދިރިއުޅުމަށް އެޅިގެން އައީ ޑިކްޓޭޓަރެއްގެ ފުން ހިޔަންޏެވެ. އޭގެފަހުން ވީގޮތް މިއަދު މިއޮތީ ހާމަވެފައެވެ. ރައްޔިތުންގެ ތަރައްގީއަށާއި ރައްޔިތުންގެ ފުރާނަތަކުގެ ދިރުމަށް އެޅުނު ހިޔަނި ކަމުގައިވާ މައުމޫނުގެ ޑިކްޓޭޓަރޝިޕް މިއަންނަނީ ނިމުމަކަށެވެ.

އެހިޔަނި އިންތިޚާބުގެ ދެވަނަބުރުގައި ފުހެލެވޭނެއެވެ. މިކަމާދޭތެރޭ އެއްވެސް ޝައްކެއް ނުކުރައްވާށެވެ.

ނިކަން ފިކުރު ކޮށްލައްވާށެވެ. ރާއްޖޭގެ މީހުން މަސްވެރިކަން ތަރައްގީގެ މަގަށް ނުގެންދިޔައީ، އެމީހުންގެ ތެރެއަށް ޓުއަރިޒަމް އައީމަތޯ ނުވަތަ ނޫންތޯ އަހާ ސުވާލު ކުރެވިދާނެއެވެ. ހަމަ އެފަދައިން، ދިވެހިންގެ ސުލްހަވެރި ރަށްފުށު ދިރިއުޅުމުގެ ރަހަތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ދިވެހިން މަސައްކަތް ނުކޮށްތިބީ ކީއްވެތޯވެސް އެހިދާނެއެވެ. ސިކުނޑިން ކުރާ މަސައްކަތަކީ މުދަލަކަށް ހެދިދާނެ އެއްޗަކަށް ވާއިރު، ދިވެހިންގެ ޑިޒައިންކުރުމުގެ ފަންނު ރާއްޖެއިން ބޭރަށް ބޮޑު އަގުގައި ނުވިއްކި އޮތީ ކީއްވެގެންތޯއެވެ؟ ދިވެހި އާރކިޓެކްޓުން ދެރައީތޯއެވެ؟ ނުވަތަ، މިފަދަ އެންމެހާ އުފެއްދުންތެރިންގެ ބޯމައްޗަށް ‘ފަންނާނު’ ކިޔާ ފިނި ރަޖައެއް އެއްލައި ދިވެހިންގެ އުފެއްދުންތެރި ސިކުނޑިތައް އައިސްކުރީތޯއެވެ؟ ‘ސަމަރުބުލޫ’ ކަލްޗަރ ގެ ތެރެއިން ދިވެހިން އޮބާ ދިޔައީތޯއެވެ؟

މިފަދަ ސުވާލުތަކުގެ ޖަވާބު ހޯއްދެވުމުން، އަޅުގަނޑުމެންގެ މުސްތަގްބަލް އޮތީ ވަރަށް ފެހިކޮށް ކަމުގައި ފެނިވަޑައި ގަތުމަކީ ވެދާނެކަމެކެވެ. ހަމަ އެހެންމެ، ބައެއް ބޭފުޅުން ބޮޑުވަރިހަމަޔަށް ފޫގަޅުއްވައިގެން ވަޑައިގެން މައުމޫނަށް ވޯޓުވެސް ދެއްވަފާނެއެވެ؟ އެހެނަސް ހަގީގަތަކީ، ދިވެހިންނަށް ހައްގު ތަރައްގީ ގެނައުމަށްޓަކައި އެއްކައިރިޔަށް ޖައްސަންޖެހޭ އޮތޯރިޓޭރިއަން ނިޒާމް، 28 އޮކްޓޯބަރ 2008 ގައި އެއްކައިރި ކުރެވޭނެކަމެވެ.

އަޅުގަނޑަށް ހަމަ ފެންނަނީ ވަރަށް އުފާވެރި ބަދަލުތަކެއް އަޅުގަނޑުމެންގެ ތެރެއަށް އައިސް ފެތުރެމުން ދާތަނެވެ. އެކަކު އަނެކަކަށް ބަލައިލުމުގައެވެ. އެކެއްގެ ކޮނޑުގައި އަނެކެއްގެ ބޯ ބާއްވާ ހަމަޖެހިލާއިރުގައެވެ. އިންސާނުންނަކީ ބާރު ލިބިގެންވާ އިއްޒަތްތެރި ބައެއްކަން ހިތަށް އަރާ ވަގުތުއެވެ. ހިނިތުންވެ ހިތްހަމަ ޖައްސާލައިގެން މަގުމަތީގައި ހުރި ޖަގަހައެއް ކައިރީ ހުންނަ އިރުއެވެ. ފަތިހުގެ ފިނީގެ ތެރެއަށް ފޭއްދާލި ރަން ރީނދޫ ކުލައިންނެވެ.

19 Comments

  1. ސާބަހޭ!! ދެން މިހާރު މިއޮތީ ހަމަ ބަދަލުވުމަށް ހިނދުކޮޅަކަށްވެފައި

    Comment by Ali — October 19, 2008 @ 3:29 pm

  2. ަަަަައަޅުގަޑު ބޭނުމެއްނޫން ކިބިގަސްދޮށުގޭ މައުމޫން ދިވެހިރާައްޖޭގެ ވެރިކަމައް ައަރާކަށެ……. (ވެމްޕަޔަރ)

    Comment by Anonymous — October 19, 2008 @ 4:08 pm

  3. ހަމަ ރޯޅީގަ އެބައޮތް ޒައީމު ބުންޏޯ އިސްލާމީ ޤައުމުތަކުގެ ވެރީންކުރެ، ތިމަން ނޫނީ ނެތޭ އިމާމުވެ ހުކުރުކޮށް ޢީދު ނަމާދު ކުރާ މީހަކު. ބޮލުރޮދި ހަމަ އެއްކޮށް ކެނޑުނީ ދޯ! ކީއްކުރާނީ. ބަލަ ގޮޅަޔާ! އެހެން ވެރިން ނޫޅެޔޭ މާ މޮޅުވެ ގަނެގެން ތިމާ ނޫން މީހުންނަކީ ތަންދޮރުނޭންގޭ މީހުންނަށް ހަދައިގެނެއް. އެމީހުން ޤަބޫލުކުރެޔޭ ޢިލްމުވެރީން ތިބޭ ކަމަށް، ތި ބީތާ ނުކުރިޔަސް. އެހެން ވެރީން ހުކުރު ކުރަން ހަވާލުކުރަނީ އެކަމަށް ޤާބިލު ޢިލްމުވެރީންނާ. އެމީހުން ބޭނުންވާ މަޤްޞަދު ޙާޞިލް ކުރާށޭ ކިޔާފަ ދީން އެމީހުންގެ މުށުތެރޭގަ ބާއްވައިގެން، އެމީހުން ބޭނުންގޮތްގޮތައް ޚުތުބާ ދޭކަށް އެހެން ވެރީން ބޭނުމެއްނުވޭ. ތިޔަ ގޮޅާ ހީކުރީ އެމީހުންގެ އެ ފެންވަރު ނެތީ ކަމަށްތަ؟ ކަލޭ ކަހަލަ ގަމާރު، ދީން ކިޔަވާށޭ ކިޔާފަގޮސް ނަސްރީނާ ކައިރީގަ އޮވެ ދީން ކިޔެވިފަދަ މީހުން ފަހަރެއްގަ އެވެރީން ތެރޭގަ މަދުވެދާނެ. އެކަމުންވެސް އެނގެނީ ކަލޭ ދީނާ ކުޅޭވަރު. ޢިލްމުވެރީންނަށް ޖާގަ ނުދޭކަން. ދީން ކުރިއަރުވަން ބޭނުންނުވާކަން. ޢިލްމުވެރީން މާކީކޮށްލާފަ ތިބޭވަރު. ދެއްކޭ ނުދެއްކޭ ވާހަކައެއް ހަމަ އެއްގޮތަކަށް މިހާރު އެނގޭވަރެއް ނޫންދޯ؟ އަދިވެސް ބަޔަކަށް ހޭވެރިކަން ނުވާތީ ދެރައީ.

    Comment by waheed — October 19, 2008 @ 4:48 pm

  4. ނަސީބެއް ގޮޅާ ސައޫދީ ރަސްގެފާނަށް ނުވިކަން. އެހެންނޫންނަމަ މަރުވަންދެން ޙައްޖު ޚުޠުބާވެސް ދޭނީ މި ގޮޅާ! މީނަ ހާދާ ވައްތަރޭ މުގާބޭއާ ދޯ؟ މުގާބޭގެ ކޮއްކޮއެއް ހެން ވަރަށް ހީވޭ! ނަންވެސް ދާދި އެއްގޮތެއްނު؟ މުގާބޭގެ ކޮއްކޮ ގޮޅާބޭ…… ޕުލީޒް ކުލެރިފައި މައި ޑައުޓު! އިޒު ހީ އަ ބުރަދާ އޮފް މުގާބޭ؟

    Comment by waheed — October 19, 2008 @ 4:56 pm

  5. ވަރަށް އަސަރުވެރި ބަސްކޮޅެއް.

    Comment by ahmed — October 19, 2008 @ 5:24 pm

  6. http://www.endofmaumoon.blogspot.com/

    Have a look please. Hon Ibrahim Shihab endorsing Anni.

    Thanks

    Comment by EndofMaumoon — October 19, 2008 @ 5:56 pm

  7. މިފަހަރު މިއީ ބަދަލު ގެންނަ ފަހަރަށް އެންމެން ވެގެން ހަދަމާ ހިގާ. އެންމެން އަތު ގުޅާލާ. ދިވެހި ރައްޔިތުން ކުރިޔަށް. މައުމޫނަށް ފުރުސަތު ނުދެމާ މިފަހަރު.

    Comment by aisha — October 19, 2008 @ 6:27 pm

  8. އަޅުގަނޑަކީ އަންނި އަޅުގަނޑުގެ ލޮލަށް ފެނުމުގެ ކުރިންވެސް އަންނިއަށް ސަަޕޯޓްކުރި މީހަކީމެވެ. އަދިވެސްް އަޅުގަނޑު ސަޕޯރޓް ކުރަނީ އަންނި އަށެވެ. އަޅުގަނޑު އެދެނީ މައުމޫނުގެ ޖަނަވާރު ވެރުކަން ނިމުމަކަށް އައުމެވެ. ހަމަ އެއާ އެކީ ރައްޔިތުންނަށް ލާބަޔާއި މަންފަވާ ވެރިކަމެއް މިގައުމުގައި އުފެދުމެވެ. އަޅުގަނޑު އާދޭހައި އެކު އަންނިގެ ކިބައިން މި އެދެނީ ވެރިކަން ލިބިއްޖެނަމަ ދައުރު ހަމަ ނުކުރައްވާ އިސްތިެުފަ ދެއްވުމަށް ކުރައްވަ ހިޔާލު ދޫކޮށްލެއްވުމަށެވެ. އަޅުގަނޑު ބެނުމީ އަންނިގެ މެނިފެސްޓޯ ހަގިގަތަކަށްވުމެވެ. އަޅުގަނޑަށް އަންނި ވަރަށް ކަމުދެއެވެ. އަދި އެހާމެ އަންނިގެ މެނިފެސްޓޯވެސް ކަމުދެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް މި އުންމީދު ފުރިހަމަ ކޮށްދެއްވާށެވެ. =ނައިންޓެ=

    Comment by Anonymous — October 19, 2008 @ 8:13 pm

  9. ވުޖޫދުވި ހުރިހާއެއްޗެއްމެ ނިމިދާނެއެވެ، މިއީ ދެބަސް ނުވެވޭނޭ އިލާހީ ހަގީގަތެވެ، ކޮންމެކަމަކަށްމެ ނިމުމެއް އަންނާނެއެވެ، 28 އޮކްޓޫބަރ ހިތައްއެރުމުން މޫނުމައްޗަށް އުއްމީދުގެ އުޖާލަކަމެއްވެރިވެދެއެވެ،

    Comment by ralhey — October 20, 2008 @ 1:54 am

  10. އައްޑޫގެ ރައްޔިތުންނަށް ބެނެލާ ބޭނުންވެނީ ހަމައެކަނި 30އަހަރި އެތެރެ މައުމޫނު ކޮށްދެރެފެއި ތިބި ކަންތަށް ރަނގަޅާ ދިރާސާ ކޮށްފެއި ރަނގަޅަގޮތަކަށް ވޯޓް ލާކެނާއު. ރަނގަޅަގޮތަކީ ވަތަންއެދޭގޮތް ކަމަށް މަށް ޔަގީން. ތެކެޑެ ތިބި މައުމޫނުގެ މީހުންނަކީ ފައިސާ ދީގެން ގިނަފެއި ތިބިބާކިއަ އެވެރިންގެ އެދުމަށް ތެވެރިޔަ ނިހެއްލޭހެތިހަ. އަދި ބަލަ މައުމޫނު ދީން ރައްކާތެރި ކެރާ ވާހަކަ ދައްކަނީ މައުމޫނުގެ 30 އަހަރި ދިވެހި ޒުވާނުންގެ އަގީދާ ބަލިކަށި ކޮށްފެއި. ނިކަން ބަލަ އިލްޔާސްއަށް ޑީއާޕީގެ މީހަކާ ދޭ ހިނގި ހަމަލާ. އެކަހަލެއި އަގީދާ ބަލިކަށި ދީނުގެ ނަސޭހަތް ދޭތާކަށް ވެދެ މީހަކާއި ހަމަލަ ދޭކެރޭނެއި ހައުދަހައި ގޮތަށް ނެއްމެއި ދީ. ތެވެރިއަ ވިސްނައު މައޫމުނު އައްޑުއަތޮޅުގެ ވަރަށް ގިނަ ކިޔަވަގެން ތިބިމީހުން އިޔަގެ އަށްދަށި ލާފެއިވެއި. މިވެރިންނަކީ ހަގީގަތިއަސް މިވެރިން ކިޔެވި އެއްތަކަށް ވަނި އެވެރިންގެ ޖާހައި މަންސަބް ބޭނުން ބާކިޔަ. އެހެންވީމެއި މަ އެދެނީ އފިރިންކަހަލެއި އާދައިގެ މީހުން މިކަމާއި ވިސްނައި ފިކުރު ކެރާ. ރަނގަޅާ ވިސްނުމަށް ފަހި ތަފިރިން ވޯޓް ދޭ. ހެއްދެވި ފަރާތް ވޮޑިގެން ވޭކަން އެގިހިށެ އެވެސް ފިއްތުމަކާއި ނިލައި.

    Comment by adduan — October 20, 2008 @ 12:05 pm

  11. އަޙްމަދު ރައްޔިތުން ހޭލުންތެރި ކުރަން ތިކުރައްވާ މަސައްކަތަކީ އިސްޓެޖަކަށް އަރާ މޮޅު ވާހަކަ ތަކެއް (ހަމަޖެހުނަސް ނުޖެހުނަސް) ކިޔުމަށް ވުރެ ޙަގީގަތުގައި ވެސް މާބުރަ މަސައްކަތެކެވެ. އަޅުގަޑުމެންގެ މަސައްކަތަކަށް ވާންޖެހޭނީ މިފަދަ ލިޔުން ތަކުން އިބުރަތެއް ލިބިގަނެ އެގޮތަށް ޢަމަލު ކުރުމެވެ. މިއަނިޔާވެރި ސަރުކާރުގެ ނިމުން ގެނައުމަށް ފަރުދެއްގެ ހައިޞިއްޔަތުން ޤާނޫނާއި ޚިލާފްނުވެ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމެވެ. އެންމެ ކުޑަވެގެން 28 އޮކްޓޯބަރ ދުވަހު މައުމޫނާއި އިދިކޮޅަށް އަންނި އާއި އެއްކޮޅަށް ވޯޓް ދިނުމެވެ.
    ްﷲގެ ރަޙްމަތްފުޅާއި ވާގިފުޅާއި އެކު، މިއަނިޔާވެރިޔާގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާށިއެވެ! އާމީން

    Comment by Ibufili — October 20, 2008 @ 12:31 pm

  12. ޖަސްޓް ވޯންޓް ޓު ސޭ އޯލް ދަ ވެރީ ބެސްޓް ޓް އަވަރ ހީރޯ އަންނި! މައި ގަޓް ފީލިންގ ސޭސް ދެޓް ދިސް ޓައިމް ޔޯ ޝުއަރލީ ގޮނަރ ވިން އިޓް. ވީ ނޯ ދެޓް ޔޫ އިލް އޯލްވޭސް ކީޕް ޔޯ ސްޕައިރިޓް ހައި ދެޓް އިޒް ދަ ރީޒަން ޔޯ ދެއަރ ޓްޑޭ! ސޯ ތޯޓް ޓް ލެޓް ޔޫ ނޯ ދެޓް، ވީ އާ އޯލްސޯ ވިތް ޔޫ ޓްގޯ ފޯ “އަނެއް ދިވެހިރާއްޖެ” ދެ ޢާ އިޒް ނޯ ޑަބްޓް ދެޓް އަވާރ ވޯޓް އިޒް އޮންލީ ފޯ ޔޫ! ޖަސްޓް ކާންޓް ވެއިޓް ޓް ސީ ޔޫ އޭޒް އަވާރ ނެކްސްޓް ޕްރެޒިޑެންޓް. ހާޑް ވޯކް އޯލްވޭސް ޕޭ އޮފް އެންޑް ޔޫ ޑިޒާވް އިޓް. މޭ ސަކްސަސް އޯލްވޭސް ޓަޗް ޔޯ ފީޓް! ކީޕް އިޓް އަޕް!

    Comment by mary — October 20, 2008 @ 1:57 pm

  13. ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތްކުރަނީ މައުމޫން. މިކަމުގެ ހެއްކެއްގެ ގޮތުން ސޮލީބު ނުފެންނަ އެތައް ދިވެހި ރައްޔަތުންނަށް ސޮލީބު ދެއްކުމަށްޓަކާ މައުމޫންވަނީ އާފަތިސް ޗާޕް ހާނާގަ އެތައްބައިވަރު ސޮލީބުތަކެއް ޕްރިންޓްކޮށްފަ. އެއީ ރައްޔަތުންނަށް ބެހުމަށްޓަކައި ޗާޕްކުރި ސޮލީބުތަކެއް. =ނައިންޓެ=

    Comment by Anonymous — October 20, 2008 @ 2:01 pm

  14. މިފްކޯގެ އެމްޑީ ގެ ތި ހިތްވަރު ގަދަ އަމަލަށް ސާބަސް……….

    Comment by Anonymous — October 20, 2008 @ 5:15 pm

  15. މާދަމާބުނާނެ ކަންނޭގެ އިސްލާމީ ޤައުމުތަކުގެ ވެރީންގެ ތެރެއިން ކަހީނުކަމަށް އެންމެ އަރާހުރީ ތިމަންނައޭ. މިގޮތުން އަޖިދަށް ކޮރުޖަހާއިރު ހުޅަގުކޮޅަށް ފުރަގަސްދީގެން އޮރިޔާމުން ހުރެގެން އެންމެ ގިނަ ނަމާދު ކުރެވުނީވެސް ތިމަންނައަށޭ. އަޖާއިބެއް… އެހެންނާ އެސުވަރު ސުވަރުގެދާން ކުރީ ކޮންނަމާދެއް؟

    Comment by Anonymous — October 20, 2008 @ 5:45 pm

  16. އަންނި އަށް ވ.އަސަރާ އެކު ޝުކުރިއްޔާ

    Comment by jooo — October 20, 2008 @ 11:27 pm

  17. އިރާދަކުރެއްވިއްވިޔާ މިފަހަރު ވައްޓާލެވޭނެ ހިއްވަރުކުރޭ!

    Comment by naanu — October 20, 2008 @ 11:46 pm

  18. އައްޑޫގެ ރައްޔިތުންނަށް ބެނެލާ ބޭނުންވެނީ ހަމައެކަނި 30އަހަރި އެތެރެ މައުމޫނު ކޮށްދެރެފެއި ތިބި ކަންތަށް ރަނގަޅާ ދިރާސާ ކޮށްފެއި ރަނގަޅަގޮތަކަށް ވޯޓް އަންނި

    Comment by naanu — October 20, 2008 @ 11:51 pm

  19. މި ދިވެހި ޤައުމު ދުއް އެންމެ ބޮޑު ފާދިރީ އަކީ އަދި ލާދިނީ އޮއެވަރުގެ މޭސްތިރިއަކީ، އަޒަބަކިއްޔާ ބަގީޗާގެ ހިލަގޮޑިމަތިން އޮނުފުމެން އާދަވެފައިވާ ކާމިނީގޭ ޅަހޮއްކޮ މިހާރުގެނަމުން ނަމަ ހަތްވަނަ ދައުރަކަށް އާއުސްމިންތަކަކަށް ދާ ހިތުން އުޅޭ މުސްކުޅި އަބުދުﷲ މައުމޫން އެވެ. މި ބަލާވެރިކަމުން ދިވެހި ޤައުމު ސަލާމަތް ކުރައްވާށިއެވެ. އާމީން.

    Comment by Venfunna 1990 — October 21, 2008 @ 12:43 am