Wathan Edhey Gothah – MDP » ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލާނަން

ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލާނަން

ރައްޔިތުންގެ ޝަކުވާ
ހުރިހާ ރައްޔިތުންނަށް ޟަރޫރީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވިފައެއް ނެތް. ޞިއްޙީ ކުރިއެރުން މިނާ މިންގަޑުތަކަށް ބަލާއިރު އެކަށީގެން ވާ ކުރިއެރުން ވޭތުވެ ދިޔަ 5 އަހަރު އައިސްފާ ނެތްކަން ފާހަގަ ކުރެވޭ. މިސާލަކަށް ޞިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ނުކުރެވުމުން ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި ޚިދުމަތްދޭނެ ފެންވަރު ރަނގަޅު މީހުންނާއި ސާމާނު ނެތުމުން، ކުދިކުދި ޚިދުމަތް ހޯދުމަށް ބޮޑު ޚަރަދު ކޮށްގެން ރަށުން ބޭރަށް ފުރައިގެން ދާންޖެހުން، އަދި ބޭހުގެ އަގުބޮޑުވުމާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ދަށްވުން.
ބަލިން ރައްކާތެރި ވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ކުރިމަގަށް ވިސްނައިގެން އަޅާފައެއް ނެތް. މިސާލަކަށް އާދަކޮށް ދިމާވާ ރޯގާ ތަކުން ރައްކާތެރިވުމަށް މަދިރި ކޮންޓްރޯލް ކުރުން ފަދަ ޚިދުމަތްތައް ރަށްރަށުގައި ދަށަށް ގޮސްފައިވުން.
އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ނިޒާމެއް ނެތުމުން ފަސޭހައިން ރައްޔިތުންނަށް އަތްފޯރާ އަގުގައި ލިބެންޖެހޭ ޟަރޫރީ ސިއްޙީ ޚިދުމަތްތައް ގާތުން ލިބެން ނެތުން.
ފަރުވާ ބޭނުންވާ ދަނޑިވަޅު ސިއްޙީ އެހީތެރިކަން ލިބޭނޭ އިތުބާރުހުރި ނިޒާމެއް ގަސްތުގައި ނުހިންގާ އޮތުން. އަދި ގިނަ ރައްޔިތުންނަށް ކުއްލި ޙާލަތެއް މެދުވެރިވުމުން ވެލްފެއާ މިނިސްޓްރީގައި ނުވަތަ ތީމުގޭގައި ސަލާން ޖަހައިގެން މެނުވީ ޚިދުމަތް ނުލިބޭގޮތަށް ރާވާފައިވުން. ޚިދުމަތް ދިނުމުގައި އެއްވެސް ހަމަހަމަކަމެއް އިންސާފެއް ނެތި އެކި މީހުންނަށް އެކިގޮތް ހަދަމުން ދިއުން.
އާބާދު ވެފައިވާ މަދު ރަށެއްގައި މެނުވީ، އެކަށޭނަ ނަރުދަމާ ނިޡާމެއް ގާއިމު ކުރެވިފަ ނެތުން. ނަތީޖާއެއްގެ ގޮތުން ފެންފަށަލަތައް ވަނީ ތަޣައްޔަރުވެފައި. ފެން ނަގާ ތާނގީތަކެއް ރައްޔިތުންނަށް ބަހަމުން ދާއިރު، ރައްކާތެރި ފެން ނަގާނެ ފުރާޅުތައް މަދު، އަދި ނަގާފެނުގެ އެއްވެސް ރައްކާތެރިކަމެއް ނެތް.
ސިއްހީ ޙިދުމަތް ދިނުމުގެ ނަމުގައި ގިނަގިނައިން ޓީމްތައް ރަށްރަށަށް ދަތުރުކޮށް ބޮޑެތި އިސްރާފު ކުރުން.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތު
1- ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙީ ޚިދުމަތް ލިބުމަކީ ކޮންމެ ރައްޔިތެއްގެ ޙައްޤަކަށްވީ ހިނދު އެއީ އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމާ ލާމެހިފައިވާ ކަމެއްކަން އެމް.ޑީ.ޕީ. ގެ ސަރުކާރެއްގައި ގަބޫލުކުރާނެ. ޞިއްޙީ ސިޔާސަތު ރޭވިފައި އޮންނާނީ، ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް، ހުރިހާ ރައްޔިތުންނަށް ވީހާވެސް އިސްރާފު ކުޑަގޮތެއްގައި ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް.
2- ކޮންމެ ރައްޔިތަކަށް ބައިވެރިވެވޭނެ ޒަރޫރީ ސިއްހީ ޚިދުމަތް ލިބިދޭނެ ހެލްތު އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށް ހިންގާނެ.
3- ޚާއްޞަ ފަރުވާ އަކަށް މެނުވީ މާލެއަށް ދާން ނުޖެހޭނެ ވަރަށް، ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލުތަކުގައި ދޭ ޚާއްސަ ފަރުވާތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށްދޭނެ.
4- ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށް ހަޤީގީ މާނާގައި އަހުމިއްޔަތުކަންދީ، އެ ރަށަކުން ނުވަތަ އެސަރަހައްދަކުން ތަމްރީނު ކުރެވޭ މީހުންނަށް އެތިބި ރަށެއްގައި ނުވަތަ ސަރަހެއްދެއްގައި ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ފަހިކޮށްދޭނެ.
5- ސިއްޙީ ޚިދުމަތް ދޭންތިބި މުއްއްޒަފުން އެމީހުންގެ ޚިދުމަތް ލިބޭ ފަރާތްތަކަށް ޒިންމާކުރުވައި، އަދި ޚިދުމަތްދޭ ފަރާތުގެ ފަރުވާކުޑަކަމުން ދިމާވާ ޝަރުއީ އަދި ޤާނޫނީ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމުކުރާނެ.
6- ސިއްޙީ ޚިދުމަތް ފުޅާކުރުމަށް އަމިއްލަ ފަރާތްތަކުގެ ބޭނުންތައް ފުރިހަމަޔަށް ދެނެގަނެ، އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދީ މަގު ފަހިކޮށްދޭނެ. މިގޮތުން ރާއްޖޭގައި ސިއްހީ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ބޭސްފަރުވާގެ ރަނގަޅު ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމަށް ސައުގުވެރިވާފަދަ ފަހި މާހައުލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފައްދާނެ.

އެމްޑީޕީގެ ސަރުކާރުން ކުރުމުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1- މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޟަރޫރީ ޞިއްޙީ ޚިދުމަތާއި އެ ޚިދުމަތުގައި ބޭނުންވާ ބޭސް އަތްފޯރާ އަގެއްގައި ފަސޭހައިން ލިބެނޭ ނިޒާމް ހަމަޖައްސައިދޭނަން
2- ރައްޔިތުންނަށް ބޭސް ފަރުވާ ލިބުން ޙިމާޔަތްކޮށްދޭ އިތުބާރު ހުރި ނިޒާމް “ހެލްތު އިންޝުއަރެންސް ސްކީމް” ތައާރަފްކޮށް ހިންގަން ފައްޓާނަން. މިކަމުގައި ނެޝަނަލް ރެޖިސްޓްރޭޝަން ސިސްޓަމް ވަރުގަދަ ކުރުމަކީ ހެލްތު އިންޝުއަރަންސް ސްކީމް ގާއިމު ކުރުމަށް ބޭނުންވާ މުހިންމު ކަމަކަށްވާތީ، ނެޝަނަލް ރެޖިސްޓްރޭޝަން ސިސްޓަމް ވަރުގަދަކޮށް، ވަކިމީހެއްގެ ނުފޫޒުން އެފަދަ އިނާޔަތް ނައްތާނުލެވޭނެ ފެންވަރަށް، އެރަޖިސްޓްރީއަށް ބަރޯސާ ކުރެވޭނެ ނިޒާމް ޤާއިމުކުރާނަން.
3- ކުއްލި ހާލަތެއްގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް ފަސޭހަކަމާ ޔަގީންކަމާއެކު ގެންދާނެ ނިޒާމެއް ހަމަޖައްސައިދޭނަން.
4- ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތްތަކާ ހިންގުމުގެ ފެންވަރު ހިފެހެއްޓުމަށް، މެދުކެޑުމެއްނެތި ޕްރޮގްރާމްތައް ހިންގާ، ޒިންމާއާ ވާޖިބުތައް އަދާކުރާނަން.
5- ދޭދޭ ޕްރޮގްރާމްތައް ތަޢާރަޒްވިޔަ ނުދީ މިހާރު ކުރެވޭ އިސްރާފް ކުޑަ ކުރާނަން.

އެމްޑީޕީގެ ސަރުކާރުން ދިގުމުއްދަތެއްގެ ތެރޭގައި ކުރާނެ ކަންތައްތައް
1- އިމާރޖެންސީ ނުވަތަ ކުއްލިކަމެއް ދިމާވެދާނެ ހާލަތެއްގައި، ރައްކާތެރި ބޯފެން ރައްކާ ކުރެވޭ ނިޒާމެއް ގާއިމު ކުރާނަން.
2- އެ ރަށަކުން ނުވަތަ އެސަރަހައްދަކުން ތަމްރީނުކުރެވޭ މީހުން އެތިބި ރަށެއްގައި ނުވަތަ ސަރަހެއްދެއްގައި ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ފަހިކޮށްދޭނަން.
3- ރާއްޖޭގެ ރައްޔިތުން ބަލިމަޑުކަމުން ރައްކާތެރި ކުރުމަށްޓަކައި އެކަށޭނެ ނަރުދަމާ ނިޒާމެއް ގާއިމުކޮށް ހިންގުން ހަރުދަނާ ކުރާނަން.
4- ޚާއްޞަ ފަރުވާ އަކަށް މެނުވީ މާލެއަށް ދާން ނުޖެހޭނެ ވަރަށް ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލުތަކުގައި ދޭ ޚާއްސަ ޑޮކުޓަރީ ފަރުވާގެ ފެންވަރު ރަނގަޅު ކޮށްދޭނަން.
5- ކަނޑައެޅޭ މިންގަޑެއްގެ ދަށުން ޑޮކުޓަރީބޭހުގެ އިތުރަށް ބޭސްފަރުވާ ދެވޭނެ ފުރުޞަތު ހުޅުވާލާނަން (ކޮމްޕްލިމެންޓަރީ މެޑިސިން).
6- ރާޢްޖޭގެ ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ގިނަ ޑޮކްޓަރުންނާއި އިސް ނަރުހުންނަކީ ދިވެހިންކަމުގައި ހަމަޖެހި އެފަރާތްތަކުގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ތަމްރީންތަކުގައި ބައިވެރިކުރުމަށް ގިނަ ހޭދަތަކެއް ކުރާނަން.

13 Comments »

  1. ކުރުމުއްދަތެއްގައި އިންޑިއާފަދަ އަވަށްޓެރި ގައުމުތަކަށް ބޭސްކުރަށް ދިއުން ހުއްޓުވޭފަދަ ވަސީލަށްތަކެއް ގާއިމް ކުރުމަކީ މާފަސޭހައިން ކުރެވޭނެ ކަމެއްކަމަށް ނުފެނޭ، އެހެންކަމުން ބޭރަށް ދިއުމަކީ މިހާރަށް ވުރެފަސޭހައިން ކުރެވޭނެ ކަމަކަށް އެބަހަދަންޖެހޭ، މިހާރު ބޭރަށްދާނަމަ އެބަޖެހޭ މާލެއަށްނަށް ނޫނީ އިތުރުފައިސާދީފަ ކަނެކްސަން ފްލައިޓެއްހޯދަން، މިކަން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން މިހާރުން މިހާރަށް ވެސް ހަނިމާދޫ ފަދަ ސަރަށްދީ ވައިގެ ބަދަރު ތަކުން ރާއްޖެއިން ބޭރަށް ދެވޭނެގޮތް ހަމަޖެހިއްޖެނަމަ ރާއްޖެތެރޭގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ! އަދި ހަރަދުވެސް ކުޑަވާނެ! މައުމޫނުގެ ސަރުކާރުން މިފަދަ ކަންކަން ހިފަހައްޓަނީ ރާއްޖެތެރޭމީހުންނަށް ޖެއްސުންކުރުމަށް ހެން ހީވަނީ، މީނިހާރު ވެސް ނުވާވަރުގެ ކަމެއްހެންނެތް ހިޔެއްނުވޭ! މީގެ އިތުރުންވެސް ރާއްޖެތެރޭ މިހުންނަށް ފަސޭހަ ކުރުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުރި!

    Comment by Abdulla Shareef — September 20, 2008 @ 1:02 pm

  2. މައުމޫނު އިސްތިއުފާ ދީ!! ބޮޑު އުދަގުލެއް ވިއްޔާ !!! އަދި ގޮތްހުސްވެގެން އެބް އެސްއެމްއެސް ކުރެއެއްނު!!

    Comment by ley kekey dhivesse — October 19, 2008 @ 12:14 am

  3. ހަމަ ރަގަޅު މައުމޫނު އިސްތިއުފާ ދީ!!!

    Comment by Ayya — October 29, 2008 @ 9:07 pm

  4. ހީވޭތަ އިސްތިއުފާ ދޭނެހެން …އަނެއްކާވެސް އެބުނީނު ޑީއާރޕީ އިން އެދެފިއްޔާ ކުރިމަތިލާނަމޯ …އަޅެ ލަދޭ ކިޔާ އެއްޗެއް ވޭތަ؟؟ 30 އަހަރުގެ މައްސަލަ އަންނާނެއެއްނު ބްރޭކް އެއް ނަގާފަ އަޔަސް… މައުމޫނު ވެރިކަމުން އަނެއްކާ ފެންނާކަށް އެއްގޮތަކަށް ވެސް ނޭދެން…

    އަންނިއަށް މަރުހަބާ!!!!

    Comment by v win — October 29, 2008 @ 9:49 pm

  5. އަންނިއަށް މަރުހަބާ!!!!

    Comment by Dhuvaafaru — October 29, 2008 @ 10:11 pm

  6. އަންނި އަށްމަރުހަބާ!!!
    މައުމޫނު ކަންތަށްކުރިހެން ނުކުރާތި ފަހަރުގާ!!!!!!!!!!!!!!!!!!!!

    Comment by moos — October 30, 2008 @ 11:33 am

  7. މަރުހަބާ އަންނި..

    Comment by mohamed maumoon — October 31, 2008 @ 2:16 pm

  8. ނަސީދު އަަށް މަރުހަބާ

    Comment by ISMAIL MANIK ADAM — October 31, 2008 @ 5:27 pm

  9. މައުމޫނަށް އެހާބޮޑަށް ހަމްދަރުދީވެ ނުލައްވަވާ އަޅުގަނޑުމެންގެ ލޮބުވެތި ޒައީމް….

    Comment by Anonymous — November 1, 2008 @ 11:28 am

  10. އަންނިއަށް މަރުޙަބާ! މައުމޫނު މުސްކުޅިވެގެން ގޮސް ލޯބޯ ކޮށިވާއިރުވެސް އަދިވެސް އެކިޔަނީ ވެރިކަން ބޭނުމޭ. ރައްޔިތުން އެ އޮތީ ބޮޑު ތަފާތަކުން މައުމޫނު ބޭނުން ނުވާ ވާހަކަ ބުނެފަ. އަންނި ބުނަންތަ ވާހަކަ އެއް. ނަމަ ނަމަ މައުމޫނު އާ ގުޅިގެން ކުރިއަށް ނުދާތި އެހެން ނޫނީ ކޮންމެފަދަ ލަނޑެއްވެސް ދީފާނެ. މީ ވަރަށް ބުއްދިވެރި ވާހަކަ އެއް ދުވަހަކުވެސް މައުމޫނު އަންނި އަކަށް ހެވެއް ނޭދޭނެ. މީ އައްޑޫ ދަރިއެއްގެ އިލްތިމާސް އަދިވެސް އެއްފަހަރު އަންނި ތި ހޯދި ކާމިޔާބަށް އައްސަރި ބަހާ ސާބަސް ތީ މިހާރު އަހަރުމެންގެ ލޮބުވެތި ރައީސް

    Comment by shamsiyya — November 1, 2008 @ 2:00 pm

  11. މަރުހަބާ އަންނި އަށް!ދެން މި ރާއްޖޭ ގައި ހުންނާނީ އާ ރައީސެއް!ދެން އަންނި ގެ ނަން ވެސް ބަދަލުވީ!އޭނާ އަށް ދެން ކިޔާނީ، “ރައީސުލް ޖުމްހޫރިއްޔާ އަލްފާލިލް މުހައްމަދު ނަޝީދު!”

    Comment by shahu — November 1, 2008 @ 7:45 pm

  12. ކަލެއަށް އަހަރުމެން ބޭނުން ކަންތައް ނުކޮށްދެވިއްޖެނަމަ ފިސާރިކުޅިސަމާ ދައްކާލާނަން

    Comment by shifau — November 4, 2008 @ 8:22 am

  13. މަނިކުފާނާ ދިމާލަށް ކަލޭ ނުކިޔާތި…… މިހާރު އަންނި އަކީ އަހަރަމެންގެ ލޮބުވެތި ޒައީމް…….

    Comment by james — November 5, 2008 @ 1:03 pm