އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމު ދަތުރުކުރާނީ ރަނގަޅު ބަނދަރަކާ ދިމާލަށް
އަލިވިލޭ ދުވަހަކަށް ކުރި އިންތިޒާރު ހަނދުމަފުޅު ވޭތޯއެވެ؟ އެ ދުވަހަކީ 28 އޮކްޓޯބަރ 2008 ވާ އަންގާރަ ދުވަސް ކަމުގައި ވުމުގެ ހެޔޮ ތައުފީގް އަޅުގަނޑުމެންނަށް ދެއްވާށިއެވެ. ރައްޔިތުން ހޭލައިފިކަމުގެ ހެކި އަޅުގަނޑުމެން ދުށީ، މި ދިޔަ 8 އޮކްޓޯބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ. އެ ބުރު ނިމިގެން ކަންތައްތައް ވަމުން އައިސްފައިވާ ގޮތް، ތިޔަ އެންމެހާ ބޭފުޅުންނަށްވެސް މިހާރު އޮންނާނީ އެނގިވަޑައިގެންފައެވެ.
ވޯޓުދިން މީހުންގެ 60 އިންސައްތަ ބޭނުންވީ، އެހެން ވެރިކަމެއް މި ރާއްޖޭގައި އޮތުމަށެވެ.
‘އަހުރެން މިހުރީ ރައްޔިތުންގެ 90 އިންސައްތަ މީހުންގެ ރުހުމާއެކު އިންތިޚާބުވެފައޭ’ ބުނަމުން ދޮގު ހަދަމުން، މި ވޭތުވެދިޔަ 30 އަހަރު ވެރިކަންކުރި، މއ. ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމަކީ، ހަމައެކަނި 40 އިންސައްތަ ދިވެހިން ގަބޫލުކުރާ މުސްކުޅި އަޖޫޒުވެފައިވާ ޚުދުމުޙްތާރު މީހަކަށް ވޯޓު ގުނާ ނިމުނުއިރު އެ ވެގެން ދިޔައީއެވެ. ރައްޔިތުން ވޯޓުފޮށި މެދުވެރިކޮށް އެބުނީ އެފަދައިންނެވެ.
ހާމަވެގެންދިޔަ އަނެއް ހަގީގަތަކީ، އިންތިގާލީ ރައީސް މި އިންތިޚާބަށް އުނދުޅި ބާނުއްވާ، މި އިންތިޚާބު ކިލަނބު ކުރެއްވި ކަމެވެ. އިންތިގާލީ އިންތިޚާބު ކަމިޝަނުން، މީގެ ހެކިތަކާއި ގަރީނާތައް އަދުލު އިންސާފުގެ ކުރިމައްޗަށް ނެރުމަކީ، އިންތިޚާބުގައި ބައިވެރިވި ކެންޑިޑޭޓުން ނިންމާ ނިންމުމަކަށް، ނުވަތަ ޕާޓީތަކުންނާއި ބައިނަލްއަގްވާމީ ފާރަވެރިން ނިންމާ ނިންމުމަކަށް ބިނާވެ އޮތް ކަމެކެވެ. އެހެނަސް، ހަގީގަތަކީ، ދިވެހިން ބަދަލަކަށް އެތިބީ ތައްޔާރުވެފައި ކަމެވެ. ދިވެހިން އެދެނީ ބަދަލެއް ގެނައުމަށެވެ. ބަދަލެއް އައުމަކަށް ނޫނެވެ. ރައްޔިތުން ވަކި ފާޑެއްގެ ބަދަލެއްވެސް އެއޮތީ ޚިޔާރުކޮށްފައެވެ. މައުމޫނު ނެތް ދިވެހި ރާއްޖެއެއް ދުށުމަށް ބޭނުންވީ ހަމަ އެކަނި މަރުހޫމް ނައިފަރު ދޮހޮއްކޮ އެކަންޏެއް ނޫނެވެ. މިއީ ހަގީގަތެކެވެ.
އިންތިޚާބުގެ ދެވަނަ ބުރެއްގައި ޑީއާރޕީގެ ޒައީމު ކަން ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތް، އޭނާގެ ފިރިހެން ދަރިކަލުން ފާރިސް މައުމޫނު އެއޮތީ ބޭރުގެ ބަޔަކާ މަޝްވަރާ ކުރައްވައިގެން ހޯއްދަވާފައެވެ. މަޝްވަރާ ދިން އިނގިރޭސި ކުންފުނިންވެސް، ފުރަތަމަ ބުރުގައި ފާރިސްގެ ބައްޕާފުޅަށް އިންތިޚާބު ކާމިޔާބު ނުކުރެއްވެވޭނެކަން އޮތީ ހާމަކޮށްފައެވެ. އަދި، ދެވަނަ ބުރެއްގައި މައުމޫނު އުޅުއްވަން ޖެހޭނީ ރައްޔިތުންގެ ލޯބި ހޯއްދެވުމަށް ކަމުގައިވެސް އެ ކުންފުނިން ފާރިސް މައުމޫނަށް ވަނީ ލަފާ އަރުވާފައެވެ.
ރައްޔިތުންގެ ހިތްތަކާއި ސިކުނޑިތައް މިލްކު ކުރައްވަން 30 އަހަރު ފަހުން އުޅުއްވަން މެދުވެރިވީމާ، މައުމޫނަށް ވަރަށް އުނދަގޫފުޅު ވާނެކަން، އެންމެނަށްވެސް އެނގެއެވެ. ބައެއް މީހުން ހަމްދަރުދީވެސް ވެއެވެ. ނަމަވެސް ފެންނަ ފެނުމަށް ބަލާއިރު، މި ބުރުގެ ނިމުންކަމުގައި މިހާތަނަށް ކައިރިވީ އިރުވެސް މި ފެންނަނީ، މައުމޫނު ބަކަތަޅުއްވާ މަންޒަރެވެ. ރައްޔިތުންގެ ނަފްރަތު މިލްކުވެފައި ތިބި ބަޔެއްގެ އެހީގައި، ބާ ފުޅައްގަނޑެއް ފަދައިން ވަޔާ ހޫރޭ ތަނެވެ. ސިޔާސީ ހިކުމަތްތެރިންގެ ލިސްޓުގައި އަމިއްލަފުޅަށް ވެޑުވި އިންނަވާ، ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއި، ދިވެހިން އެދޭ ބަދަލުތައް ހަމަ އެއްގޮތަކަށްވެސް ދެނެވަޑައިގެން ނެތި، މަރުފަލި ޖައްސަވާ ތަނެވެ.
ރައީސް މައުމޫނު އެ ޖައްސަވާ މަރުފަލީގައި، އަޅުގަނޑުމެން ނިކަމެތި ރައްޔިތުން ކަނޑުތެރެއަށް ޣަރަގުވުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ؟ ޖަވާބު ދެއްވާނީ 28 އޮކްޓޯބަރ 2008 ވާ އަންގާރަ ދުވަހު ބާއްވާ އިންތިޚާބުގައެވެ. (ނިމުނީ)
މައުމޫނަށް %90 ވޯޓްލިބޭ ވާހަކައަކީ ޙަޤީޤަތެއްކަން އެންމެނަށްވެސް މިހާރުމިއޮތީ ސާފުވެފައި. ޤައުމުގަ ތިބި ބާރުގަދަ ވިޔަފާރިވެރިންނާއި، ދަންނަބޭކަލުންނާއި، ހުރިހާފަތްބޯ މީހުންނާއި، މުރުތައްދުވެފައިވާ މީހުންނާއި، ތިޔަކަހަލަ ދެއުޅި އެއްނުވާ މީހުންނާއި މިއެންމެން އެއްކޮޅަށް ޖެހިތިބެ ކުރިމަސައްކަތުން ކޮންމޮޅު ނަތީޖާ އެއް ނެރެވުނީ. އެހެރަ ޕަސެންޓް ހަމަނުވާ އިބުރާވެސް ބުނަމުން ދިޔައީ އޭނަޔަކީ ސުޕަރމޭނޭ، ދެން 28 ގެ ވޯޓްން ތިޔަބުނާ ނަތީޖާ ނެރެވޭނެ ކަމަށް ތިހާވަރަށް ޔަޤީން ތިކުރަނީ ހަމައަރާ ހިތްވަރަކުން ނޫނަ ދެން ކޮން ގޮތަކުން. ދެންވެސް މިވަމުންދާ ގޮތާމެދު ހޭވެރިވެ ހޭލަބަލަ، ފަތްބޮއެގެން މަސްތުވެގެން އުޅޭ މީހުންނަށް ވާއެއްނުވާއެއް ނޭގޭނެ. ދެންވެސް ހޭއަރާ ލޯހުޅުވާ. މައުމޫނު ވައްޓާލަން އިތުރަށް ކުރެވޭނެ އެއްވެސް ކަމެއްނެތް. ކުރެވެން އޮތް ހުރިހާކަމެއް ކޮށް އިދިކޮޅު އެންމެން ތިތިބީ ގޮތް ހުސްވެފއި. އަންނި ދެވަނައަށް އައީ، އޭނަޔާ މައުމޫނާ ވަކިން ރޭސްދުއްވާ ރޭހުގަ އޭނަބަލިވާތަން މީހުނަށް ދައްކުވަން ވެގެން. އިރާދަކުރެއްވިއްޔާ އެދުވަސް ތިޔަކުދިން މާލަހެއްނުވެ ދެކޭނެ. އެދުވަހަށް އިންތިޒާރު ކޮށްލައްވާ. ޝުކުރިއްޔާ!
Comment by fathima — October 15, 2008 @ 7:01 pm
އަންނިއަކީ މިފަހުގެ ތާރީޚުގައި ދިވެހިންދުށް ގައުމީ ބަތޮލެއް. މައުމޫނަކީ މިގައުމު ހަލާކުކުރި ޚިޔާނާތްތެރިއެއް.
Comment by Anonymous — October 15, 2008 @ 7:10 pm
އިސްލާމްދީން ގެއްލިދާނެތީ ސުނީތާމެން ސީލާމެން އަތްކެނޑި އެއްޗެހި ލައްވައިގެން ސުޓޭޖް ތަކުގާ މައުމޫނު އެނަށުވަނީ ނަށައިގެން ދީން ހިފަހައްޓަންބާ.
Comment by muna — October 15, 2008 @ 7:56 pm
ތީމުގޭތެރޭގައި މައުމޫނު ބޮޑުސޮލީބުއަޅައިގެން ހުންނައިރު ފައިބުޑަށް ސަޖިދަ ޖަހައިގެން ފޮޓޯ ނަޖުމީ އާ އޭ.އެމް.ޑީ.ސީ އާދަމް ނައީމު އެތިބެނީ ކުރިސްޓިއަންދީން ގެއްލިގެން ފެނޭތޯ ބަލަންތޯއްޗެ.
Comment by faree — October 15, 2008 @ 8:06 pm
މައުމޫނު ކަންތައްތައްކޮށް ދެއްވައިފި. އެކަމަކު މައުމޫނަށް ކަންތައް ކޮށްދެއްވުނީ ކޮންމެހެން ރައްޔިތުންގެ ޙައްޤަކުނޫން. އެމަނިކުފާނު އަމިއްލަފުޅަށް ބޮޑާވެފަ އިންނަވާނެ މާލަމްތައް ހެއްދެވީ ބެކްގްރައުންޑްތަކަކާއެކު ކުޑަކުޑަ ފައިސާކޮޅަކުން. ބޭރުން ރާއްޖެއަށް ވަޑައިގަންނަވާ ސަފީރުން، ރައީސުންނާއި ވަޒީރުންނަށް ރާއްޖޭގައި ތިމަންވެސް ކަމެއް އެބަކުރައްވަމުއޭ ބުނުވަން. އެކަމަކު ދެންމިއޮތީ ތިރީސްއަހަރުވީ ވެރިކަމުގައި މަކަރާއި ޙީލަތް. އެމަނިކުފާނު ގެންގުޅުއްވަން ބޭނުންފުޅީވެސް މަކަރާއި ޙީލަތުގެ ސަޤާފަތަށް ލޯބިކުރައްވާ ބޭފުޅުން. ކަތީބުންވެސް އަމިއްލަޔަކަށް ރައްޔިތުންގެ ނަމުގައި ވަގު ހެޔޮފާހަގަލާދެވޭނެ ޤާބިލް ކަތީބުން. މިކަންތައްތައް މިޤައުމުން މައުމޫނިޒަމްތެރެއިން ފޮހެލަން. އެހެންވީމާ ބޭނުންވަނީ އިޚްލާސްތެރި ވެރިއެއް. އޮޑިޓަރ ޖެނެރަލްގެ ރިޕޯރޓުން އެމަނިކުފާނުގެ އިޚްލާސްތެރިކަން ހާމަވެއްޖެ. ދެނެއް މިދިވެހި ރައްޔިތުންނެއް މަޑުންނުތިބޭނެ.
Comment by Hassan — October 15, 2008 @ 9:13 pm
މިރޭގެ ޖަލްސާގައި ހަސަންސައީދު ނެތީ ކީއްވެބާ؟ހަސަންގެ ފަރާތުންވެސް މީހަކުނެތް! ކިހިނެއްވީ ކަމެއް!ހަސަން އައްޑޫގަ ހުރެ ބައިވެރިނުވީމަ އެއީ ވަރައްބޮޑު ވެއްޓުމެއް
Comment by ahin — October 15, 2008 @ 10:20 pm
އާންމު އާއިލީ ބިރުދެއްކުމާ އާދޭހުން ޝާހީ އާއިލީ ވެރިކަމަށް ކެމްޕޭން…
މައުމޫނުގެ ޒަމާންވީ މޫގިނަ ސަރުކާރަށް އެމޫތަކުގެ ބޭނުން އެންމެ ހިފޭ ދުވަސްވަރަކީ މިދުވަސްވަރެވެ. ވޯޓުލުމުގެ ވަގުތު އައިސް ކައިރިވުމުން މިމޫތަށް (ދުރުގައި ދިރިއުޅޭނަމަ އެމީހުންގެ އާއިލާ ދިރިއުޅޭ ކަންކޮޅުތަކަކަށް ގޮސްގެންވެސް) ދުރުތާތިމާގެ އެންމެން ކައިރީގައި އާދޭސްކުރެއެވެ. މައުމޫނަށް ވޯޓު ނުލައިފިނަމަ ތިޔަ ބަރުބާދު ކޮށްލެވެނީ ތިމަންނަގެ ދިރިއުޅުމެވެ. މިގޮތަށް އެމީހުންގެ (ޚާއްޞަކޮށް އޭގެތެރެއިން އަންހެންވެރިންގެ) ޖަޒުބާތަށް ނުފޫޒުފޯރުވަތެވެ. މައުމޫނުގެ ޚިޔާނަތާއި ނަހަމަކަން އެނގޭއިރުވެސް ތިމަންނައަށްޓަކައި އޭނާއަށް ވޯޓުލާށޭ ކިޔައި ތިމާގެމީހުން ކިބައިން ޢަހުދު ހުވާ ހިފާފައިވެއެވެ. މާތްﷲ ގެ ދީލަތިވަންތަކަމުން ދެއްވާ ޙަލާލު ރިޒުޤަށް އީމާންނުވެވޭތާ، މިބީދައިން ދެންތިބި މީހުންގެ އީމާންކަންވެސް ފަސާދަކުރަނީއެވެ.
އަޚުންނާއި އުޚުތުންނޭވޭ، މިބާވަތުން ހިފޭ އަހުދާއި ހުވާ ހިމެނޭނީ ފުއްދަންނުޖެހޭ ލަޣުވުގެ ތެރެއިންނެވެ. ސަބަބަކީ ތިމާގެ މަގުޞަދާއި ޚިލާފުވުމާއި، ދެކޮޅުހަދަން އުނދަގޫ ގޮތަކަށް ނަފްސާނީގޮތުން ނުފޫޒު ބޭނުންކުރެވޭތީއެވެ. މިއުސޫލުން ގަދަކަމުން އިއުތިރާފު ކުރުވުމާއި ހުވާކުރުވުމަކީ ދީނުގެ ޝަރުއީ އުސުލާއި ޚިލާފުކަމެކެވެ. އެކަމުން ސަލާމަތް ވެވެންއޮތް ފަސޭހަގޮތަކަށް ސަލާމަތްވުމަކީ އަމިއްލަ ހައްގެކެވެ. އެހެންނުވާނަމަ ދީނީ ވާޖިބުގެދަށުން، މީސްތަކުން ފަޟީހަތްވެ ނިކަމެތިވުން ހިމެނެއެވެ.
އެންމެހާ ދިވެހީންނޭވޭ، ތިމާގެ އީންތެރިކަން އޮންނަންޖެހޭނި ތިމާގެ ލޯބިވާ ބައްޕަ ނުވަތަ ބޭބެ ނުވަތަ ދަރިފުޅު ގަބޫލުކުކރާ ގޮތަކަށްވެސް ނޫނެވެ. މާތްﷲ ގެ ދީލަތިވަންތަ ރިޒްގަށް ބަރޯސާވެ، އަމިއްލައަށް ނިކަމެތިވެގަތުމުން ސަލާމަތް ވާށެވެ. ތިމާމެންގެ އަމިއްލަ ހައްގުތައް މައުމޫނާއި އޭނާގެ އާއިލާއަށް ދޫކޮށްލާގެން ނިކަމެތިވެގެން، އެމަނިކުފާނުގެ ދީލަތި އެހީއިން ރިޒުގަށްއެދި އާދޭސްދެންނެވޭ ޝިރުކުގައި މިހާރު އުޅެވިއްޖެ ނޫންހެއްޔެވެ؟ ތިމާމެންގެ އީމާންކަން އާލާކޮށް އަމިއްލަ ހާލަތު ބަދަލުވުމަށް އޮންނަ އިލާހީ ގާނޫނުގައި ހިފުމަށް އެއްބައިވަމާ ހިނގާށެވެ.
Comment by ަansan — October 16, 2008 @ 5:10 am
ބަލަ އެމްޑީޕީ ބަދަލަކަށް އެދޭކަލަކި އަފިންނަށް ވަރިހަމަ ބެއްޔާއި ދެކެޑަށް ނިޒާރުގެ ދިޔެ ހިށަސް ވޯޓް ދޭނެއި ބަދަލަކަށްވާ! 30 އަހަރަ ފެރެޑާއް ބޭނުންވެނީ. ކޮންމެހެން ބޭނުމީ ހަސަނުއަށްނުން. ބޭނުމީ ބަދަލައްވާ!
Comment by Anonymous — October 16, 2008 @ 11:31 am
ފަތާރަލާ މަސްތުވާ ހުރިހާއެއްޗިއްސަކީ މައުމޫނު މިޤައުމަށް ގެނެސް ދިން އެއްޗެހި
Comment by fa — October 16, 2008 @ 1:11 pm
ފޯއް މައުމޫނުގެ އޭނާއަކަށް މި ގައުމުގެ އެއްވެސް ކަމެއްނޭގެ. ބޮޑު ގޮނޑީގައި ވެޑުވިފަ ހުއްޓަކަސް ރައްޔިތުން އުޅޭ ހާލެއް އޭނަޔަކަށް ނޭގެ. ދެން އެންމެ ރަގަޅީ އެމީހާގަނޑު އިސްތިއުފާ ދީފަ ދިއުން. މިހާރު މީ ޒުވާނުންގެ ފަހަރު މިފަހަރު ނިކުންނާނީ ޒުވާނުން. ގައުމު ހިންގަންތިބީވެސް ޒުވާނުން. ލަދެއްވެސް ގަންނަ އެއްޗެއް ނޫންކަން އެނގޭ މިވާހަކަ ދެއްކިއަސް…އެކަމަކު ކީތްކުރާނީ ދޯ.. ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ބޭނުން ދީނަކަށް އުޅެވޭނެ ވާހަކަ ދައްކާފައި މިހާރު އެދައްކަނީ އަންނި އަކީ ކްރިސްޓިއަން ދީން ފަތުރަން އުޅޭ މީހެކޭ…އަޅެ މިރާއްޖޭގަ އޭނަޔަށް ވޯޓް ދެއްވި މީހުންވެސް ތިވީ އެއްޗެއް ބޮވިފަތަ…ޔަގީނޭ ދެއިރު ރަގަޅަށް ނުކައިކަން ތިބޭނީ..އެކަމަކުވެސް ހެޔޮކަމަށް އެޅާ އަށް އެބަ ވޯޓް ދެއްވަ އެއް ނުން.. މިހަފަހު މީ އަހަރުމެންގެ ފަހަރު..ގައުމީ އިއްތިހާދައް ތިޔަ އެއްމެހާ ބޭފުޅުންނާއި، ބޭކަނަބަލުން ވޯޓް ދެއްވާ…އުފަލާއެކީ އުޅެވޭނެ އިރާދަކުރެއްވިއްޔާ. އާމީން
Comment by inte — October 16, 2008 @ 6:11 pm
މައުމޫނު ދެން ފައިބައިވެއްޖެ އެއްނު!!!
Comment by zaneen — October 16, 2008 @ 7:54 pm
ފާތިމައަށް ހަމަ ސާބަސް. މިއޮތްފަދަ ދުވަސްވަރު ތިކަހަލަ ގަޅިން އުޅޭތީ ހަމަ އެކަނި އިންނައިރުވެސް ހެވޭ. ކަންތައްވާގޮތް ލޮލަށް ފެނި، މައުމޫނު ކިޔާ އެއްޗިހި އަޑުއިވި އޭނަ ކުރާ ކަންތައް ޓީވީއިންނާއި ނޫސްތަކުން ފޮޓޯއިން ފެންނަ ދުވަސްވަރެއްގަ ތިކަހަލަ ވާހަކަ ދައްކާތީ އިނގޭ ތީކީ ނޭގިގެން ދައްކާ ވާހަކައެއ
Comment by Anonymous — October 16, 2008 @ 8:14 pm
ސޮރީ މައުމޫނައް ވޯޓް ކުރީބުރު ލެވުނީ ރަނގަޅައް ވިސްނާނުލާ ރައްޓެއްސަކު ބުނި ބުނުމަކައް… މިހާރު ހަގީގަތް ވަރައްސާފު މަށާ މަގޭ އާއިލާ މިފަހަރު މިތިބީ އެމްޑީޕީ އިއްތިހާދައް ވޯތްދޭން ނިންމައިގެން.
Comment by Anonymous — October 17, 2008 @ 12:46 am
މައުމޫނުބުނި ތިމަންޒައީމު ހުވާކުރިއިރުބަޑިގުދަނު ތަޅުދަނޑިފަތިހިފައިގެންހުރި ވާހަކަ، ދެންއެހެންވީއިރު ވަރަށް ގާތް ހަރައްޓެއްސެއްގެއަތުގަވެސް އޮތީ އާރް.ކޭ.އެލް އިން ޑުޕްލިކޭޓްކޮށްފައޮތް ތަޅުދަނޑިފަތިތޯ ؟ ތަޅުދަނޑި އަތުޖެހޭއިރަށް އެކުވެރިންނަށްވެސް ބަޑިގުދަނު ތަޅުދަނޑިފަތި ބަހާލީދޯ..؟ ނޫނޭ ލޮބުވެތިޒައީމު އިތުރުފުޅު ތިހައްދަވަނީވެސް ދެންތިބީ ހައްތަހާވެސް މޮޔައިން ކަމަށްހީކޮށް އުތަ…!؟ އަނެއްކާ ތަޅުދަނޑި ހަވާލުކުރިމީހާ ބުނީ ހުވާކުރިފަހުން އަނެއްދުވަހުހަވާލުކުރިވާހަކަ، މީއަނެއްކާ ހޭޔަންބޯގެ އަރަތެއްބާ….!
Comment by raamizu hassan — October 17, 2008 @ 3:41 am
ތަފާތު އެކި ފެންވަރުގެ ކެންޑިޑޭޓްން ކުރިމަތި ލީއިރު މައުމޫނައް ވޯޓް ލިބޭނެ ގޮތެއް ހަމައެއްގޮތަކަށްވެސްނުވިސްނޭ. ކޮންމެރަށަކުންހެން މައުމޫން ލީޑްނެގީ؟ މައުމޫން އަކަށް ނުލިބޭނެ އެހާވޯޓެއް. ހުރިހާ އިދިކޮޅު ކެންޑިޑޭޓްން ރަށްރަށަށް ގޮސް ވޯޓްލީމީހުންގެ ލިސްޓްދައްކާ އަދި ހުރިހާކެންޑިޑޭޓްންނަށް ލިބުނު ޕަސެންޓާއި އަދި އަދަދު ރައްޔިތުންނަށް ދައްކާ އެއީ ކިހާވަރެއްގެ އިންސާފުވެރި ވޯޓެއްތޯ ވިސްނުން ވ.ރަގަޅު. ރާއްޖޭގެ ކޮންމެރަށެއްގާ ޑުރަގުގެ މަސްސަލަ، ތައުލީމީދާއިރާގެ މަސްސަލަ،
ސިއްޙީހިދުމަތުގެ މަސްސަލަ، އަދުލު އިންސާފުގެ މަސްސަލަ، މިހެންގޮސްކިޔާނެކަމެއްނެތް ހުރިހާދިމާލުން މަސްސަލަ. މިހުރިހާ ކަމެއް ރައްޔިތުންނަށް އެގޭ އެހެންވީމަ 30އަހަރު ވެރިކަމުގަ ހުރިމީހަކަށް ވޯޓެއްނުދޭނެ.
Comment by suja — October 17, 2008 @ 3:48 am
މިފަހަރު 30އަހަރު މުޅި ރާއްޖެއަށް ފަތުރާފައިވާ ކޮރަޕްޓެޑް ނެޓްވޯކް ހަލާކުކޮށްލެވުނަސް އެއީ ވ.ބޮޑުކުރިއެރުމެއް. ފިކުރުހިންގަވާ. ބަދަލަކަށް ވޯޓްދެއްވާ.
Comment by suja — October 17, 2008 @ 3:55 am
ޑރ.ހަސަން ސައީދުޓީމް، ގާސިމް އިބުރާހިމްޓީމް އަދި އިބުރާޓީމަށް ވ.ބޮޑަށް ޝުކުރުދަންނަވަން. އަޅުގަނޑުއެދެނީ ޑރ.މުނައްވަރުވެސް މިފަހަރު މައުމޫން ބަލިކުރުމުގައިބައިވެރިވާން.
Comment by suja — October 17, 2008 @ 4:09 am
ޤަބޫލުކުރެވެންއޮތް ހަޤީޤަތަކީ މާޒީގެ30 އަހަރު މިޤައުމަށް ގިނަގުނަކުރިއެރުންތަކެއް އައިސްފަވާކަން،މިދިޔަ30 އަހަރު އަހަރެން އުޅެމުން އައީ މި މާލޭގަ، މަގުތަކުގަ ހުސްޗަކަސް،ބޯންޖެހެނީބިމުންނަގާ ނަޖިސްފެން،ގިނަގޭގޭގެ ފުރާޅުން ވާރޭހިޔާނުވާނެ، އެކަމަކު މިއަދު ބަލާލަބަލަ ހަމަބިމުގަ ދިރިއުޅޭނީ މަދުމީހަކު ހަބުރި އަށްބުރިޔަށް ގެނުހަދަނީ މަދުމީހަކު މީހަމަ ރައީސް މައުމޫނުގެ ވެރިކަމުގަ އެމަނުކުފާނުގެ މިންނަތް މަސައްކަތްޕުޅު.އަނބިދަރިންނާ3 ބޭންނާމޯގޭޖްކޮށްފަ %12 އިންޓްރެސްޓާއެކު ދައްކާގޮތަށްނުދެއްކިއްޖެނަމަ އަނބިދަރިންނާއެކު މަގުމައްޗަށް ނެރިގެދޮރުވިއްކާލިޔަސް ހެޔޮކަމަށްއެއްބަސްވެގެންނަމަވެސް،މިތިރީސް އަހަރު ރާއްޖެޔަށްމަސްތުވާ އެއްޗިހިތަޢާރަފުކުރި،މަސާޖުޕާލާ ހިނގަންފެށި،ބަފާވަކިނުވާކުދިން މިޤައުމުގަ އިންތިހާޔަށް އިތުރުވާންފެށި، އެއްޖިންސުން ގުޅުންހިނގުން އިންތިހާޔަށް އިތުރުވި، ދެރައީ މީވެސް ތިމަންޒައީމުގެ މިންނަތް މަސައްކަތޭ ނުބުނާތީވެ، ހަމަގައިމު އިސްލާހަށް މަސައްކަތް ކުރާމީހެއްގެ ވެރިކަމަކު މީންކަމެއް ނުހިގާ ، އޭގެންމީހަކުވެސް ގައުމާ ހަވާލުވެލީމަތާ އިގޭނީ ކޮން ވެރިޔަކަށްތޯ ގައުމަށް ފައިދާހުރި ގިނަކަންތައްތައް ކޮށްދެވޭނީ ….
Comment by ikuleelu — October 17, 2008 @ 4:18 am
އާއެކޭ ދެން ބަލަން ވެއްޖެނުން އެހެން މީހަކު ވެރިކަމަށް އައުމުން އަންނަ ބަދަލުތައް ދެކެން ވެސް. މިފަހަރު ވީ މައުމޫނު ބާލަން. އެންމެން އަތުގުޅާ ލާ.
Comment by aisha — October 17, 2008 @ 11:55 am
ދިވެހި ވަތަން މިއަދު އެދެނީ މި ނާގާބިލު ސަރުކާރުގެ ނިމުން. ތިރީސް އަހަރު ދިވެހިންނަށް އޮޅުވާލީ..މަކަރުހެދީ..ލިބުނު ހުރިހާ ފައިސާ އާއިލާޔަށް ބެހީ…ދެން މި ސަރުކާރު ވައްޓާލަންވީ… މައުމޫން އިސްތިއުފާ…..
Comment by fazil — October 17, 2008 @ 4:56 pm
އިސްލާމްދީން ނޫން ދީނެއް ރާއްޖެއަށް ، އެމް.ޑީ.ޕީ ގެ ވެރިކަމެއްގައި ނުވަތަ އަންނި ގެ ވެރިކަމެއްގައި މަގުފަހިވާނެއޭ މައުމޫނު އެބުނަނީ ހަގީގަތުގައި މައުމޫނަކީ ޑިމޮކްރަސީގެ އަސްލުތަކާއި އުޞޫލުތައް ނޭނގޭ ބޯދާ ޚިޔާލު ގެންގުޅުއްވާ ފަރާތަކަށް ވާތީ. މިއީ ދިވެހި ރާއްޖެ … މިރާއްޖޭގައި އޮތީ އިސްލާމްދީން ..އެހެން ދީނެއް މިރާއްޖޭގައި ނެތް. ނުވެސް އޮންނާނެ. މިކަން މިހެން ވެފައި އޮތީ އެއްވެސް ޙާލެއްގައި މައުމޫނު ވެރިކަމުގައި ހުރެގެން އެކަން އެހެން ހަދާފައި އޮތީމައެއް ނޫން. ނުވަތަ އެގޮތުގައި ހިފަހައްޓާފައި އޮތީމަކާ އެއްވެސް ނޫން. މި ރާއްޖޭގައި އިސްލާމް ދީން އޮތީވެސް އަދި އޮންނާނީވެސް ދިވެހިރައްޔަތުން އެގޮތް ބޭނުންވާތީ.. މިރާއްޖޭގެ ވެރިކަމަށް އަންނި ކީއްކުރަންތޯ އަދި އެހެން މީހަކު ގެނައަސް ރާއްޖެއަށް އެހެން އިތުރު ދީނެއް ނުގެނެވޭނެ. އަންނިވެސް އަދި އެހެން މީހަކުވެސް އެގޮތް ބަދަލު ކުރަން އުޅެފިއްޔާ ވަރަށް ނިކަމެތި ގޮތަކަށް ރާއްޖޭގެ ވެރިކަމުން ބޭލޭނެ. މައުމޫނަށް އެނގިވަޑައި ނުގަތަސް ނުވަތަ ގަބޫލުނުކުރެއްވިޔަސް ޑިމޮކްރަސީއަކީ މިއީ. ޑިމޮކްރަސީއެއްގައި ރައްޔަތުން ބޭނުންވާ ގޮތާއި ޚިލާފަށް ގައުމެއްގައި ވެރިކަމެއް ނުކުރެވޭނެ.
=ހާފިޒް=
Comment by Anonymous — October 17, 2008 @ 6:24 pm
އެއްކަލަ ސިހުރު ހާހުރައާއި ތަރިތަކަށް އީމާންވާ ދެމީހުން މައުމޫނާއި ރީކޯ އިބްރާހިމް މަނުކު އެއްވެއްޖެ. އެ ތަރިބަލާމީހާ ބުނީ 4 ޕްލެނެޓް އޮތީ މައުމޫނު އަތްމަތީގަޔޯ، 77.4 ޕަސަންޓު ވޯޓު ލިބިގެން ފުރަތަމަ ބުރުން މޮޅުވާނެޔޯ؟ ހީ ހީ ހީ، ދެން ވެދާނެ މައުމޫނު މާދުރުކޮއް އުޅުނީމާ ފަންޑިތަ ބަދަލު ކުރީ ކަމަށްވެސް، އެކަމަކު މިހާރު މައުމޫނު އުޅެނީ އޭނަ އުގައްލައިގެން… ޔާމިނިށްވަރުވެސް މިހާރު މާގާތްކޮށޯ އުޅެނީ
Comment by husa — October 17, 2008 @ 6:26 pm
އިސްލާމްދީން ނޫން ދީނެއް ރާއްޖެއަށް ، އެމް.ޑީ.ޕީ ގެ ވެރިކަމެއްގައި ނުވަތަ އަންނި ގެ ވެރިކަމެއްގައި މަގުފަހިވާނެއޭ މައުމޫނު އެބުނަނީ ހަގީގަތުގައި މައުމޫނަކީ ޑިމޮކްރަސީގެ އަސްލުތަކާއި އުޞޫލުތައް ނޭނގޭ ބޯދާ ޚިޔާލު ގެންގުޅުއްވާ ފަރާތަކަށް ވާތީ. މިއީ ދިވެހި ރާއްޖެ … މިރާއްޖޭގައި އޮތީ އިސްލާމްދީން ..އެހެން ދީނެއް މިރާއްޖޭގައި ނެތް. ނުވެސް އޮންނާނެ. މިކަން މިހެން ވެފައި އޮތީ އެއްވެސް ޙާލެއްގައި މައުމޫނު ވެރިކަމުގައި ހުރެގެން އެކަން އެހެން ހަދާފައި އޮތީމައެއް ނޫން. ނުވަތަ އެގޮތުގައި ހިފަހައްޓާފައި އޮތީމަކާ އެއްވެސް ނޫން. މި ރާއްޖޭގައި އިސްލާމް ދީން އޮތީވެސް އަދި އޮންނާނީވެސް ދިވެހިރައްޔަތުން އެގޮތް ބޭނުންވާތީ.. މިރާއްޖޭގެ ވެރިކަމަށް އަންނި ކީއްކުރަންތޯ އަދި އެހެން މީހަކު ގެނައަސް ރާއްޖެއަށް އެހެން އިތުރު ދީނެއް ނުގެނެވޭނެ. އަންނިވެސް އަދި އެހެން މީހަކުވެސް އެގޮތް ބަދަލު ކުރަން އުޅެފިއްޔާ ވަރަށް ނިކަމެތި ގޮތަކަށް ރާއްޖޭގެ ވެރިކަމުން ބޭލޭނެ. މައުމޫނަށް އެނގިވަޑައި ނުގަތަސް ނުވަތަ ގަބޫލުނުކުރެއްވިޔަސް ޑިމޮކްރަސީއަކީ މިއީ. ޑިމޮކްރަސީއެއްގައި ރައްޔަތުން ބޭނުންވާ ގޮތާއި ޚިލާފަށް ގައުމެއްގައި ވެރިކަމެއް ނުކުރެވޭނެ.
=ހާފިޒް=
Comment by Hafiz — October 17, 2008 @ 6:38 pm
މައުމޫނު ބުރުގާ އަޅައިގެން ތިބޭ މީހުން ލައްވާ އެކި ހަފްލާތަކުގައިނައްޓުވަނީ އިސްލާމްދީނުގެ ދިފާޢުގައިބާ!!!!އަދި އަތްކެނޑި އެއްޗެހި ލައްވައިގެން ނިއުމާ އާއި ސީލާ (ޕުއްލާ) ނަޖީބު ލައްވާ ނައްޓުވަނީ ދީން ދިފާޢު ކުރަންބާ….މިކަމުން އެކަނިވެސް އެބަ އިނގޭ އިނގިރޭސި ރާނީގެ އަތުން ފާދިރީންގެ ބޮޑު ސޮލީބު މައުމޫނަށް ލިބުނު ސަބަބު….ރައްޔިތުން ނޭ ވިސްނާ!!!!!
Comment by alas — October 17, 2008 @ 7:01 pm
ރައްޔިތުން ހޭލަންވެއްޖެ. މައުމޫނު އެކަމަކު ހާދަހާ ދޮގެކޭ ހަދަނީ، ދެން އެތިބަ އަފުރާޝީމުމެން އެއޮއް ދައްކާވާހަކަ. ބޯ ހަލާކު
Comment by Faathun — October 18, 2008 @ 12:54 pm
ޑީއާރްޕީ ގެ ދީނީ މީހުން އެއޮއް ހަދާ ދޮގުތަށް، ސިޔާސީ ކުލަވަރު ޖައްސަންވީމަ ދީނަކާ ދީނެއް. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ، މި ކަމުން މިންޖު ކޮށްދެއްވާން ދޭވެ. އާމީން
Comment by Dunya — October 18, 2008 @ 1:19 pm
ބޭނުމީ ގޮޅާ ބާލަން. ހޭވައްލާ ތައްޔާރު.
Comment by its me — October 18, 2008 @ 5:27 pm
އަފިރިން އަންނިބޭބޭއާއި އެކީ އެނަށް ރާއްޖެ އަށް އެބޭނެއި،
ޗާ އޯ ބެއްޔާ،،،،،
Comment by mas odi katheebu — October 18, 2008 @ 8:26 pm