Wathan Edhey Gothah – MDP » ވަޠަން އެދޭ ގޮތަށް- 13.10.08

October 14, 2008

ވަޠަން އެދޭ ގޮތަށް- 13.10.08

Photos by M I Maniku

33 Comments

  1. މަައުމޫނު ވެރިކަމުން ބޭލުމަކީ ކޮންމެ ރަަައްޔިތަކަައް މިހާރު ވާޖިބު ވެގެން ވާ ކަމެއް.

    Comment by Anonymous — October 14, 2008 @ 3:13 am

  2. […] ދެން މިކަމެއް ނުވާނެއެވެ. ވީއުފަލުން ދެލޯ ފެންކަޅިވެއްޖެއެވެ. ލިޔެވޭ ނުލިޔެވޭ އެއްޗެއް ނޭގެއެވެ. އެހެންވީމާ ފޮޓޯތައް ބައްލަވާ ލައްވާށެވެ. […]

    Pingback by ވަޠަން އެދޭ ގޮތަށް ވަޠަންގެ އާޒުވާނުން ސަފުތައް އަލުން ރުކުރުވާލާ މުޅިގައުމު އުފަލުން ރޮއްވާލައިފި « Silent Revolution-ހިމޭން އިންގިލާބު-2013 — October 14, 2008 @ 4:00 am

  3. މައުމުނު ހަށީގައި ހޭހުއްޓަކައި ތީންއެކަކަށްވެސް ލާހިކެއްނޫން ވެރިކަމަކަށް އަރާކަށް.

    Comment by yaameen — October 14, 2008 @ 4:20 am

  4. الحمد لله وحده: މަޖިލިސްފެށުނީ. ދިވެހިރާއްޖޭގެ ލޮބުވެތިރައްޔިތުން. މިއަދު އަޅުގަޑު ތިޔަލޮބުވެތި ރައްޔިތުންނާއި ހިއްސާކޮށްލާން މިއުޅޭ ވާހަކައަކީ ވަރަށްމުހިންމު ވާހަކައެއް. މިކަމާއިމެދު ފުންކޮށްވިސްނާން ވެއްޖެ ވާހަކައެއް. އެއީ ދިވެހިއުއްމަތާއި ކުރިސްޓިއަންދީން. އަޅުގަޑުމެން ވެރިއަކަށް މިއަދު މިހުންނެވި މައުމޫނަކީ މަޑުމަޑުން ދިވެހިންގެ ރުހުމާއިއެކު ދިވެހިންގެ ރާއްޖެއަށް ކުރިސްޓިއަންދީން ގެންނަން މަސައްކަތްކުރާ، ކުރިސްޓިއަން މާޝިނަރީގެ ވަރަށް ބޮޑު މީހެއް. މީވަރަށް އެހެންކަހަލަ ވާހަކައަކަށްވެސް ވެދާނެ. ނަމަވެސް މިދަޅިވަޅުގައި މިވާހަކަ ތިޔަލޮބުވެތި ރައްޔިތުންނާއި މިހިއްސާކޮށްލަނީ މިކަމުގެ މުހިންމުކަމާއި، މިކަމުގެ ބޮޑުކަމާއި މިކަމުގެ ނުރައްކާ އެގޭތީ. އަދި މައުމޫނު ދައްކަމުންދާ ދަޅަތަކުގައި ދިވެހިންޖެހި އޭނާއަށް ހެއްލެމުން ދަނީ އޭނާއަކީ އިސްލާމްދީނުގެ ލީޑަރެއްކަމަށް ހީކޮށް. އެންމެފުރަތަމަ ފީބާރޭޑިއޯގެ ވާހަކަ. އެކަމަކީވެސް ދިވެހިން ނުވެސް ދަނެތިއްބާ އަދުގެ ސަރުކާރުން އިޝްތިހާރުކޮށް އެރޭޑިއޯގެ ފުރިކުއެންސީއާއި އެރޭޑިއޯ އަޑުއެހޭނެގޮތްތައް ދިވެހިންނަށް ސަރުކާރުފަރާތުން އޮޅުންފިލުވައިދީގެން ދިވެހިންލައްވާ އަޑުއެއްސުވި ރޭޑިއޯއެއް. އޭއީ ކީއްވެތޯ. އެއީ އެރޭޑިއޯއިން ކުރިސްޓިއަންވާހަކަތައް އެދީނުގެ ކަންތައްތައް ދިވެހިބަހުން ގެނެސްދޭތީ އެކަން ދިވެހިއުމަތައް އިޝްތިހާރު ކުރެއްވީ. މިކަން ހުއްޓުވީކީ ނޫނޭއިގޭތޯ. ނަމަވެސް ނޭގޭމީހުންނަށްވެސް އެރޭޑިއޯގެ ފުރިކުއެންސީ ބުނެދިނީ. މިއީ އަޅުގަޑު މިދަންނަވާ ”ޕެސިވް ޕޮރޮމޯޝަން އޮފް ކުރިސްޓިއަނިޓީ އިން މޯލްޑިވްސް’ ދިވެހިރައްޔިތުންނަށް ސީދާ އަމާޒުކޮށްގެން މައުމޫނު ފެށިކަންތައް.
    ދެން އޮތީ ބައިބަލް ދިވެހިބަހަށް ތަރުޖަމާކުރުން. މިކަން ކުރީ ކާކުތޯ؟ ކެނެރީގޭ ނަޝީދު އޮނަބައްތިރީސް އަހަރުވާންދޭން އުޅުނު ގެއަކުންނޫނޭ އިގޭތޯ އެބައިބަލްތައް ނިކުމެގެންއައީ. އެބައިބަލްތައް ނިކުމެގެންއައީ މައުމޫނު އުޅެމުންދާ ގޭތެރޭން. އޭނާގެ ކަނައަތްވަރުގެ ގާތް އާދަމް ނައީމުގެ ފަރާތުން. ކޮބާތޯ އާދަމްނައީމް މިހާރު. އޭނާއަދިވެސް އެހުރީ މައުމޫނުގެ އެންމެ ގާތް އައުވާނުންގެ ތެރޭގައޭ އިގޭތޯ. ކީއްވެތޯ އިސްލާމްދީނަށްޓަކައި މިފަދަ މީހުންނަގާ ދުރައް ނުލެވުނީ. ކީއްވެތޯ އެއްކަލަ ކުރިސްޓިއަންދީން ފެތުރި އާދަމްނައީމްގެ އޭއޭމްޑީސީ ނައްތާނުލެވުނީ. އެތަން އެހެންތަނަކަށް ބަދަލުކޮށް އެމީހުން އެފަތުރާ ބީދައަކުން އަދިވެސް އެކަންތައް އެދަނީ ފަތުރަމުންނޭ އެގޭތޯ. ކޮބާތޯ ތިޔަ އިސްލާމްދީން ދެކެ ލޯބިވާ އެދީންރައްކާތެރިކުރަން ތިޔައުޅޭ މައުމޫނަށް ކުރެވުނުކަމަކީ. ނެތޭއިގޭތޯ. ސަބަބަކީ މައުމޫނަކީ ކުރިސްޓިއަން ފައްޅީގެފަރާތުން ރާއްޖެއަށް ކަނޑައާފައިވާ މަންދޫބެކޭ. އޭނާއަކަށް އެކްޓިވްކޮށް މިފަދަ ކަންތައްތަކެއް ނުހުއްޓުވޭނޭ އިގޭތޯ.
    ދެންއޮތީ، ރާއްޖޭގެ ސަލާމް ސްކޫލުގެ ނަމުގައި އެހުޅުވި މިއުޒިކު ސްކޫލް. އެއީ މިއުޒިކުސްކޫލެއްނޫންކަމާއި، އެތަނުގެ މަޤްޞަދާއި އަދި އެތަނުން ކުރާނެ ކަންތަކުގެ އެޖެންޑާ މައުމޫނަށް އެގިހުރެ އެތަން ހުޅުވަންދިޔައީކާކުތޯ؟ އެތަނުގެ ފައުންޑަ މެންބަރަކީ ކާކަށް ބޮޑުބޭބެ ކިޔާ އަންހެނެއްތޯ؟ އާދެ އެތަންހުޅުވީވެސް މައުމޫނު އެތަނަކީ މައުމޫނަށް ބޮޑުބޭބެ ކިޔާ އަންހެނަކާއި އޭނާގެ ބޭރުކުރިސްޓިއަން ފިރިމީހާއާއި ދެމީހުންވެގެން ހިންގިތަނެއް. މިތަނުން ގަތްގަޑަކީ ކޮބާތޯ؟ މިއުޒިކުދަސްކޮށްދިނުމުގެ ނަމުގައި ކުރިސްޓިއަންދީން ފެތުރިއްޔީ އެގޭތޯ؟ މިކަންހުއްޓުވީ އިސްލާމްދީންދެކެ ލޯބިން ތިއުއޭ މައުމޫނެއްނޫނޭ އެގޭތޯ؟ އެކަންހުއްޓުވީ އަޅުގަޑުމެން ދިވެހިރައްޔިތުން.
    މިހުރިހާކަމެއްކޮށް އަވަދިވެގެން ދެން ދިޔައީކޮންތާކަށްތޯ… އިގިރޭސިވިލާތަށް ސޭންޓްމައިކަލް އެންޑް ސޭންޓްޖޯޖުގެ ބޮޑު ޞަލީބު ބަލައޭ އެގޭތޯ. މީކާކަށް ކޮންބަޔަކަށްދޭ ރަމްޒީސޮލީބެއްތޯ؟ އޭރުވެސް އެއްކަލަ ކެނެރީގޭ ނަޝީދު ހަމަ އުޅެއޭ އެގޭތޯ އޭނާގެންގޮސް އެޞަލީބު ނުދިނީ ކީއްވެތޯ. އެއީ އެޞަލީބަކީ ވަކިވަރަކަށްވުރެގިނައިން ކުރިސްޓިއަންދީނުގެ މެސެޖް ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރުމަށް ނުވަތަ އެދަޢުވަތުދޭން މަސައްކަތްކުރާ ދާޢީންނަށް ދޭ އެއްޗެކޭ އެހެންވެގެންނޭ މައުމޫނަށް އެޞަލީބު ޙައްޤުވެއްޖެކަން އިގިރޭސިން ކަނޑައެޅީ. މިޞަލީބު ލިބުމާއިއެކު މައުމޫނުގެ މަސައްކަތް އިތުރުކުރީ އެހެން ގޮތަކަށް. ދިވެހިންނަށް ޤަބޫލު ނުކުރެވޭނެފަދަ ސިއްރު އުކުޅަކުން. މިގޮތުން ދެން ތަކުރާރުކޮށް ކިޔަންފެށީ… ކުރިސްޓިއަންދީން…ކުރިސްޓިއަންދީން….ކުރިސްޓިއަންދީން…ކުރިސްޓިއަން ދީން… މީގެ ނަތީޖާއަކީ ކޮބާތޯ. ދިވެހިން ބުނާނެ އަޅުވާ ކިއުމަކީ އިސްތިރިއެކޭ. މިބަހުގެ މާނައަކީ ތަކުރާރުކޮށް އެކެއްގެ ވާހަކަ އަނެކަމާއި ދިމާއަށް ކިއުމަކީ ހިތުގައި ނުގުޑާފަދަ ލޯތްބެއްޖެހޭނެ ކަމެކޭ. މިގޮތުން މައުމޫނު ދިވެހިންނާއި ބައްދަލުކުރާ ހަމަ ކޮންމެ ފަހަރަކު ކުރިސްޓިއަންދީން ކުރިސްޓިއަން ދީން… މިހެންކިޔާކިޔާ މިހާރު މިވަނީ ދިވެހިންގެ ހިތައް މިބުނާ ކުރިސްޓިއަންދީނާ މެދު ބާވަތެއްގެ ލޯތްބެއް ޖެހޭ ހިސާބަށް ގޮސްފަ. މިކަމަކީވެސް ދިވެހިން ނުދެނެހުއްޓަ އެމީހުން އަބުރާލުމަށް މައުމޫނު ފެއްޓެވި ‘މެގަ’ ޕޮރޮޖެކްޓެއް.
    ދެން މިބުނާހެން ދިވެހިންގެ ހިތްތައް މިފަދަގޮތަކަށް ކުރިސްޓިއަންދީނާމެދު މަޑުމޮޅިކޮށް ދެން އެދީނުގެ ވާހަކަ ނުސީދާކޮށް ދިވެހިންގާތުގައި ދެއްކުމަކީ ދިވެހިން ރުޅިއަރާނެ ކަމެއްނޫންކަން އެގޭހާވުމުން، ދިވެހިންގެ ތެރެއަށް މިގެންނަންފެށީ ދީނީ ޢިލްމުވެރިންގެ ނަމުގައި ކޮންބައެއްތޯ. އާމިނާ ވަދޫދުމެން، އަސްމާޖަހާންގީރުމެން، މިސްރުގެ މުފައްކިރެއްތޯ މީހަކު. މިމީހުންނަކީ އިސްލާމްދީނުގެ ތައުލީމާތު އެދީން ނައްތާލުމަށްޓަކައި އުގެނިގެންތިބި އެޖެންޓުންނޭ އިގޭތޯ. މިކަން ރަގަޅަށް އެގިހުރެ، ވަރަށްބޮޑު ޢާލިމަކަށް ހަދައިގެން ދިވެހިންގެ ތެރެއަށް އާމިނާވަދޫގެ ގެނައީކާކު؟ މައުމޫނޭ އެގޭތޯ އެއީތޯ އިސްލާމްދީން ހިމާޔަތްކުރުމަކީ. އެންމެފަހުން އައްޑޫގެ ރައްޔިތުން މިއާމިނާވަދޫދު ފަހާބޭރުކުރަންދޭން ސަރުކާރުން އެދައިތަ މިތާ ގެންގުޅުނޭ. ވީމާ އިސްލާމްދީން ރައްކާތެރިކުރަން މިއުޅެވުނީ މައުމޫނަށްތޯ ނުވަތަ އެދީން ރައްކާތެރި މިކުރަނީ މައުމޫނާއި ދެކޮޅަށް ދިވެހިރައްޔިތުންތޯ. އެއަށްފަހު ދެންގެނައީ، މައުމޫނުގެ ކުލާސްމޭޓެއް. މިސްރުގެ މުފައްކިރެއް. މީނާއަކީ މިސްރުން މައުމޫނާއި އެއްކިލާހުން ކިޔަވައިގެން އެންމެފުރަތަމަވެސް އިސްލާމްދީން ދޫކޮށް މުރުތައްދުވީމީހެއް. މީއަޅުގަޑުގެ ބަހެއްނޫނޭ. ބައްލަވާ އިސްލާމީމަރުކަޒުގައި މިކަލޭގެ ގެނެސްގެން މައުމޫނުދެއްކެވި ވާހަކަތަކަށް. އޭނާގެ މުފައްކިރުކަމުގެ ތެރޭން ފިކުރުކޮށްގެން އައިސް މިކިޔައިދެނީ އިސްލާމްދީނުން ބޭރުވީ ވާހަކައާއި އަލުން އެބުރި އެދީނަށް އައިވާހަކަ. މިއީ މައުމޫނާއި އެކު ކިޔެވި މީހުންގެ ހާލުހުރިގޮތް އެމީހުންގެ ދުލުންނޭ ދިވެހިންގެ ކުރިމަތީގަ އެކިޔައިދިނީ…
    އެންމެފަހުން، މިކުރިކަމަކީ ދިވެހިރާއްޖެއަށް ޤާނޫނާއި ޚިލާފަށް އަޅުކަންކުރަންގެންގުޅޭ ބުދު އެތެރެކުރުވީ. މިއީ ކުރިސްޓިއަނިޓީގައި އަދި އޮންނަގޮތެއްނޫން. އެމީހުންވެސް އެބާވަތުން ބުދުހަދައިގެންނެއްނޫޅޭ. ނަމަވެސް ދިވެހިރާއްޖޭގެ ކޮންމެރައްޔިތަކަށްވެސް އެމީހަކު އިޚްތިޔާރުކުރާ ދީނަކަށް އުޅެވޭނެކަމަށް މައުމޫނު އިއުލާނުކުރި ސިޔާސަތުގެ ދަށުން މަލްޓިރިޖަސް ސޮސައިޓީއެއް ހެދުމަށްޓަކައި ބޮޑުބޮދަކާއި ބޮޑުފައްޅިއެއް ރާއްޖޭގައި އެޅުމުން ހުންނާނެގޮތް ތަސައްވަރުކުރުމަށްޓަކައި ބޮޑުމަހުޖަނަކަށް މިކަން ކުރުމުގެ ދައުވަތުދިނީ. އެންމެފަހުން މިކަންކުރުމުން އޭނާއަށް ފޯނުކޮށް ރާއްޖޭގައި އެވަރުކަމެއްކޮށްދެއްވީތީ މައުމޫނާއި ދިވެހިރައްޔިތުންގެ ނަމުގައި މިބުނާ މަހުޖަނުކަލޭގެއަށް މައުމޫނު އަމިއްލައަށްފޯނުކޮށްގެން ތައުރީފުކުރިއޭއެގޭތޯ. މިއީ އިސްލާމްދީން ރައްކާތެރިކުރަން އުޅޭ މައުމޫނު ކަންތައްތައް ކުރަމުން މިއަންނަގޮތަކީ… މިއީ މައުމޫނުގެ ސިއްރުން ދިވެހިންނަށް ކަމެކޭ ހީނުވާހެން ކުރިސްޓިއަންދީން މިތަނަށް ގެންނަން ކުރިމަސައްކުން މިހާތަނަށް ކާމިޔާބުކަމާއިއެކު ޖެއްސި ޕޮރޮޖެކްޓްތަކުގެ ހައިލައިޓް ކޮޅެކެވެ. ވައްސަލާމް އަލައިކުމް.

    Comment by Anonymous — October 14, 2008 @ 5:12 am

  5. ވިސްނިގެން ނުފައިބާނެ، މިޖެހެނީ ވެލިކާންދޭން ގަދަކަމުން.

    Comment by askhasn — October 14, 2008 @ 7:20 am

  6. ވަރަށް އުފާވެއްޖެ، ވެފާހުރި މާޔޫސް މުޅިން ފިލައިގެންދިޔަ ފަދަ، އަޅުގަނޑު ވަރަށް އެދެން ހުރިހާ ބޭފުޅުން އެކުއެކީގައި ރަށްރަށަށް ވަޑައިގެން ރައްޔަތުންނަށް ކަންކަން އޮޅުން ފިލުވާދެއްވުމަށް، އަދި މާލޭގާވެސް ކޮންމެރެއަކުހެން ޖަލްސާއެއް ބާއްވާ މީހުންގެ ޝުއޫރު ފާޅުކުރުމަށް، މާތްﷲ އަޅަމެން ހިތްނުބައި ޖައްބާރުންގެ ކިބައިން ސަލާމަތް ކޮށްދެއްވާންދޭވެ، އާމީން. -އަލީ-

    Comment by ali — October 14, 2008 @ 8:51 am

  7. ސާބަހޭ ހަސަން ތިކަން ވާނެ

    Comment by kina — October 14, 2008 @ 8:52 am

  8. މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އައި އެންމެ އުފާވެރިދުވަސް!

    Comment by Niyaz — October 14, 2008 @ 8:56 am

  9. މައުމޫނު ބާލަން ލަސްވެސްވެއްޖެ…

    Comment by Anonymous — October 14, 2008 @ 9:43 am

  10. ރޭގަ ކިރިޔާ އުފަލުން ގޮސް މަރުނުވީ- މި ވެރި ކަމުގެ ނިމުން ދެން ވަރަށް ކައިރިވެއްގެ ކަން ގައިމު- އެ ކަމަކު އަދިވެސް އެންމެން އެކަތި ގަނޑަކަށް ނުވޭ-ހަނދާން ކުރާތި
    “ކަލާނގެ ސަފުން ބަދަލް ނުކުރައްވަތޭ ޤައުމެއް ގެ ހާލާތު،
    ނުވާނަމަ އެ ޤައުމުގާ ހާލާތު ބަދަލު ކުރުމުގެ ޙިޔާލާތެއް”
    -ދެން ލަ ލަ ލާ-

    Comment by marra — October 14, 2008 @ 11:01 am

  11. ހދ ވައިކަރަދޫގެ ކުދިބޮޑު އެންމެން މިތިބީ ވަތަން އެދޭގޮތައް ވެރިކަމުގަ މިހިރަ ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން އަމާޒުވެފައި މިވާ ވެރިޔާގެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމަށް ފުލުސްޓޮޕް ޖަހަން އަތުކުރި އޮޅާލައިގެން
    = ވައިކަރަދޫ ދައިއެއް =

    Comment by asas — October 14, 2008 @ 11:44 am

  12. ވވެރިކަން ބަދުލުކުރެވޭނީ ރައްޔިތުންނަށް. އެކަންކުރުމަށް މިއޮތީ ރަނުގެފުރުޞަތެއް. ވަޠަން އެދެނީ ކޮންގޮތެއްކަން ނިންމާނެ. ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ. އަންނިތޯ މައުމޫނުތޯ.

    Comment by Anonymous — October 14, 2008 @ 11:46 am

  13. ރައްޔަތުންނައް މިވަރުގެ ފުރުސަތެއް ދެންނުލިބޭނެ.މީ ރައްޔަތުންނައް ލިބުނު ރަނުގެ ފުރުސަތެއް މިފުރުސަތުގެ ބޭނުން ހެޔޮގޮތުގާ ހިފުމުގެ ވިސްނުމާ ފިކުރު ހުރިހާ ރައްޔަތުންނައް ދެއްވާށި.ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ އިލާހު މިއަނިޔާވެރި ވެރި ކަމުގެ ނުބައިކަމުން ދިވެހި ގައުމާ ދިވެހި ރައްޔަތުން ސަލާމައް ކުރުމުގެ ހެޔޮ ތައުފީގު ދެއްވާށި.ޔާރައްބަލް އާލަމީން.އާމީން.

    Comment by hawwa — October 14, 2008 @ 11:54 am

  14. މިހާރު ތިޔަ ފެނިގެންދަނީ ޤައުމު ދެކެ ލޯބިވާ ބައެއްގެ ފުރިހަމަ ނަމޫނާއެވެ. ތިޔަގޮތުގައި ހުރިހާބޭފުޅުން ތިއްބަވައިފިނަމަ ﷲގެ ވާގިފުޅުން މި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެވޭނެއެވެ. އެކުވެރިކަމަކީ އެންމެ ގަދަފަދަ ބާރެވެ. ތިޔައިން ދައްކުވައިދެނީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމުގެ މަސްލަހަތެވެ. ރައްޔިތުންގެ އަޑު ޤައުމުގެ ނިންމުން، މިއަދު ތިޔަ ޖަލްސާއިން ފެންނަނީ މިޤައުމުގެ ޖަވާހިރު ތަކެވެ. މިއަދު ޤައުމު ގޮވަނީ ތިޔަ ބޭފުޅުންގެ ޚިދުމަތަށްށެވެ. ވީމާ ހުރިހާ ރައްޔިތުންވެސް މުހަނމަދު ނަޝީދަށް ވޯޓު ދެއްވާށެވެ. “ކާމިނީ ޅަހޮއޮކޮ”

    Comment by Venfunna 1990 — October 14, 2008 @ 12:46 pm

  15. Mi aniyaaveri veri kamah nimumeh aumakee varah gina dhivehinge edumeh-
    Thiya hurihaa idhikolhu leaderrun nakee gaumah badal gennah beynun baeh kan ingihje-
    eh galakah erumun thiya ee hama gina raiythunge vindhu aduahhaa baeh knaves ingihje
    Laamaseel misaal thakeh- saabas Dr,Hassan, Anni, Ibra, Gasim,Adhaalth, MNC, etc.
    WE CAN BRING CHANGE ND WE WILL BRING CHANGE

    Comment by Anonymous — October 14, 2008 @ 12:48 pm

  16. މިއަދު ބަލަންވީ “ޤައުމު ތިމާއަށް ކޮށްދޭނެ ކަމަކަށް” ނޫނެވެ. މިއަދު ބަލަންވީ “ޤައުމަށް ތިމާކޮށްދޭނީ ކޮންކަމެއްތޯ” އެވެ. މިއަދު ނުކުންނަންވީ، ވެރިކަން ހޯދުމަކަށް ނޫނެވެ. މިއަދު ނުކުންނަންވީ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމަށެވެ. މިއަދު ތެދުވަންވީ، ވަކިމީހަކަށް މޮޅުކޮށްދޭކަށް ނޫނެވެ. މިއަދު ތެދުވަންވީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ހޯދައި ދިނުމަށެވެ. މިއަދު، ޤައުމުދެކެ ލޯބިވާ ކޮންމެ މުއާޠިނަކުވެސް، ޤައުމުގެ ޙާލަތާމެދު ފިކުރުކުރަންޖެހޭނެއެވެ

    Comment by Mohamed shameem — October 14, 2008 @ 1:03 pm

  17. މައުމޫންއަކީ މިސްރުން މާމޮޅަށް އިސްލާމްދީން ކިޔަވައިގެންހުރިމީހަކޯ އޭނާއަކީ މިސްރުގެ ރޭލްދަގަނޑުތައްސާފްކޮށްރާއްޖެއައިސް ކްރިސްޓިއަންދީންފަތުރަންމަސަކަތްކުރާމީހެއް ދެނެއް މިރާއްޖެއަކުމައުމޫން އަކަށް ޖާގައެއްނެއް

    Comment by Fazeen — October 14, 2008 @ 1:33 pm

  18. ވެބްސައިޓް ހާދަ ހަޑިވެއްޖޭ. އަޅުގަނޑަށް ހީވަނީ ވަޠަން އެދޭ ގޮތަށް ހުރިހާ ޕާޓީތަކެއް މައުމޫނަށް ކެމްޕޭން ކުރަން ފެށިޔަސް ވޯޓް އަންނި ވެބްސައިޓް ބަދަލުވާކަށް ނުޖެހޭހެން. ނިކަން ރަގަޅަށް ވިސްނަވާތި. ޕާޓީތަކުން އެމްޑީޕީ އިއްތިހާދަށް ތާއީދުކުރީ އަންނިގެ އެއްވެސް ސިޔާސަތަކާއި އެހެންވެސް ކަމެއް ބަދަލުކުރުމަށް ސަރުތު ނުކޮށް. ހަމައެކަނި ބޭނުމަކީ އަންނި ހޮވުން. އެހެންކަމުން ބަޔަކު އަދި ޖޮއިން ކުރިޔަސް ނުޖެހޭ ކަންނޭގެ އެމީހުން ހިތްރުއްސަން ބަދަލުވާކަން. އަހަރެމެންނަށް ރައްޔިތުން ތާއީދުކުރީ އަހަރެމެންގެ ކެމްޕޭން ކާމިޔާބުކަމުން. އެހެންކަމުން ވެބްސައިޓްގެ ކުލަޔާއި އެހެނިހެން ކަންތައްވެސް ކުރިން ހުރި ގޮތަށް ބަދަލުކުރުމަށް ވަރަށް އިހުލާސްތެރިކަމާއި އެކު އެދެން. ބަޔަކު ބޭނުންހާ ގޮތަކަށް އަހަރެމން ގުޑާކަށޗ ނުޖެހޭ

    Comment by Anonymous — October 14, 2008 @ 1:39 pm

  19. ތިއީ ބޮޑު ވެގެންވާ ތެދެކެވެ.

    Comment by Unknown — October 14, 2008 @ 1:53 pm

  20. އަޅުގަނޑުމެން ބޭނުންވަނީ މިރާއްޖޭގެ އަސްލުގުންޑާ ކަމަށްވާ މަރުދޫހް މިގައުމުގެ ވެރިކަމުން ބާލަން. އެނޫން އެއްވެސް ކަމެއްބޭނުމެއްނޫން. އަސްލު ޓެރަރިސްޓަކީ މައުމޫނު. އިސްލާމްދީނަށް ފުރައްސާރަ ކުރަނީވެސް މައުމޫނު (މަރުދޫހް)…….. އައްނި ތޮކުރާ ހިއްވަރަށް ސާބަސް.

    Comment by Mohamed Mushthaaq — October 14, 2008 @ 2:43 pm

  21. ސާބަހޭ ސާބަހޭ!!!!! މިފެނިގެންދަނީ ދުވަހަކު ނުފެންނަވަރުގެ ކަމެއް! ލޭކެކޭ މިހާރު އެބަ! ހުރިހާ ބޭފުޅުންނޭ ސާބަހޭ!!!!

    Comment by Anonymous Coward — October 14, 2008 @ 2:45 pm

  22. ބަލާބަލަ ފުރިހަމަކަން. ގައިން ހީބިހިނަގައިގެންދިޔަ ރޭގަ. ހިތާމައަކީ އަދިވެސް އައްނިދެކެ ފޫހިވާމީހުންތަކެއް އުޅޭތީ. އެކަމައް ކޮންމެސްގޮތެއް ހަދާބަލަ. ކަލޭމެން ކަލޭމެން ފަހުން ތަޅާފޮޅަން މަޑުކޮށްފަ މިހާރު އެއްގަލަކަށް އެރުންތީ ހަމަ ދުނިޔޭގެ ފެންވަރުގެ މިސާލެއް…

    Comment by Ahmed — October 14, 2008 @ 3:54 pm

  23. ަމިއަދު ބަލަންވީ މިއަނިޔާވެރިކަމުން ސަލާމަތް ކުރެވާނީ ؟

    Comment by Anonymous — October 14, 2008 @ 4:18 pm

  24. އަންނި ބުނަން. އަހަރެންނަކީވެސް އަންނިއަށް ވަރަށް ތާއީދުކުރާމީހެއް. ވީމާ 15 މަސް ކޮށްފާ ވެރިކަމުން އިސްތިއުފާދިނުމުގެ ވާހަކަޔަކީ ކިހާވަރެއްގެ ހަގީގަތެއްތޯ އަހާލަންބޭނުން. ކޮންމެ ވޯޓަކަށްވެސް ވަރަށް ބައިވަރު ފައިސާ ހަރަދުވާކަމަކަށްވާއިރު އެފަދަ ކުރުމުއްދަތެއްގައި ވެރިކަމަށް ވަޑައިގަންނަވަން ހިޔާލުކުރައްވާނަމަ އެފަދަ ބޭކާރުކަމެއް ނުކުރެއްވުމަށް އިލްތިމާސްކުރަން. ކޮންމެހެން ތާރީހުގައި ލިޔެލާކަށް އެއްވެސް ފަރާތަކުން ރާއްޖޭގެ ވެރިކަމަށް އަންނާނެކަމެއްނެތް. މިހެން މިވާހަކަތައް ލިޔަންޖެހުނީ އަންނިގެ ޖަވާބު އެހާ ސާފުސީދާނުވީމަ. ސީދާ ސީދަލަށް އެސުވާލަށް ރައްދުދެއްވާފާނުވާތީ ވީމާ އަންނިގެ ސަޕޯޓަރުންނަށް މިކަން ސާފުކޮށްދިނުން އެދެން.

    Comment by rilwan — October 14, 2008 @ 5:10 pm

  25. މިހާރު އެގެންވީނު ދިވެހިންނަށް އަންނި އުޅެނީ ރާއްގެ ބަނޑުއަލާލަން ނޫންކަން!

    Comment by Thimara — October 14, 2008 @ 5:14 pm

  26. އަދިވެސް އަދިވެސް އިއްތިހާދަކަށް ނުވިސްނެއެވެ. ތިޔަދައްކާވާހަކަތައް އަޑު އިވެނީ ވަކިބަޔަކަށް. އެއީ މިހާރުވެސް ބަދަލަކަށް ބޭނުންވެގެން މިއުޅޭ މީސްކޮޅަށް. ނަމަވެސް މައުމޫނުގެ ވޯޓް ސެކިއުކުރަނީ ޤައުމުގައިތި މިވާހަކަތައް އަޑުއިވޭނެ ގޮތެއްނެތި އެމީހުންނާއިމެދު ސަމާލުކަން ކުޑަކޮށްލެވިފައިވާ، މެދު އުމުރުގެ މީހުންނާއި ރާއްޖެތެރޭގައި އެތިބަ ގެވެހި އަންހެންވެރީންނަށް. އެމީހުންނަށް ކަހާތަން ހިރުވާހެންވެސް އަދިވެސް ހީނުވޭ. ވޯޓުލާން ދަނީ ފައްސަތޭކަދިއްކޮލުމުން، އެދާއިރު އަތްތިލަމަތީގަ ފާހަގަ ޖަހާލާށޭ ބުނީމާ ގޮސް އެއަންނަނީ ފާހަގަ ޖަހާލާފަ. މިއީ އެމީހުން އެއްވެސް ފިކުރެއް ވިސްނުމެއްނެތި ހަމަ ކޮއްލާކަމެއްގެ ގޮތުގައި ކޮއްލާކަމެއް. ވީމާ މިފަހަރުގެ ކެމްޕޭން އަމާޒުކުރާށޭ މިދަންނަވަނީ މައުމޫނުގެ މިޓާގެޓް ގުރޫޕަށް. ވީމާ މިކަންކުރާނެ ގޮތެއް އަޅެ ކިޔާބަލަ. ވާހަކަ ދައްކާ އަގަތަޅާކަށްވެސް ފުރުޞަތެއްނެތް….

    Comment by Anonymous — October 14, 2008 @ 5:28 pm

  27. މައުމޫނަކީ ޖާހިލެއްކަން އަދި މިއެގުނީ އިއްޔެރޭ. އޭނާ ކިޔާފައޭ ހުރީ ބަޔަކު ބުނާތީ އެކަން ޤަބޫލުކުރެވުނު މޮޔަހީވޭ… އިސްލާމްދީނުގައި އެހެންދީންތަކަށް ފުރައްސާރަކޮށް ނަފުރަތުކުރާކަށް އަންގަވާފައެއްނޯވޭ. ނަމަވެސް މައުމޫނުގެ ކެމްޕޭނުގައި އެކިޔަނީ އެމްޑީޕީގެ ސިޔާސަތުގައި އެހެންދީންތަކަށް އިޚްތިރާމް ކުރަން އޮންނާތީއޯ ބިރުގަންނަނީ… އމއޭ ކިޔާބަލަ.

    Comment by Anonymous — October 14, 2008 @ 5:40 pm

  28. މައުމޫނުގެ އަނިޔާވެރި ވެރިކަން ނިމޭނެ ދުވަހަކީ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަސް!އަދި މިއީ ދިވެހި ގައުމަށް ހެޔޮ އެދޭ ކޮންމެ ދަރި އެއްގެ ވެސް މިހާރު ގެ އެންމެ ބޮޑު އެދުން ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ.

    Comment by ainthu — October 14, 2008 @ 5:45 pm

  29. މައޫމޫނަކީ އޭނާ އަކީ ދުނިޔޭގެ ނެތް ވަރުގެ ވަރަށް ދީންވެރި މީހެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައި ރައްޔިތުންނަށް އޮޅުވާލައިގެން ވޭތުވެދިޔަ ދިގު 30 އަހަރު ދުވަހު ވެރިކަން ކޮށްފައިވާ ހިޔާނާތްތެރިއެއް!އއ ކަލޭގެ އަށް ވޯޓް ލުމަކީ ބޮޑު ފާފައެއް ކަމަށް ދެކެން.

    Comment by stone — October 14, 2008 @ 5:48 pm

  30. މިބޮޑު ބަލާއިން އަޅަމެން މިންޖު ކުރައްވާދޭވެ.ެ އަޅުގަޑުމެން އެންމެން މިކަން ވިސްނައިގެން މަސައްކަތް ކުރުމަށް އަތުކުރި އޮޅަމާ ހިނގާށެވެ. މިއީ އަހަރުމެންގެ ފަހަރު..މިފަހަރު ކޮންމެ ގޮތަކަށް މަސައްކަތް ކޮށްވެސް ނޫނީ އަތުގަ ހިފައިވެސް މި ކަލޭގެ ބާލަމާ ހިނގާ….ޔާމީނާށް ފުރުޞަތު ނުދީ..އެއީ ވަރަށް ނުލަފާ މީހެއް..

    Comment by aysha — October 14, 2008 @ 7:08 pm

  31. ޖަލްސާގެ ވީޑިއޯ އޮންލައިންކޮށް ބަލާލެވޭނޭ އެއްވެސް ގޮތެއް އެބައޮތްތަ؟

    Comment by minr — October 14, 2008 @ 7:16 pm

  32. މައްލޫނުޕާޓީގެ ޖަލްސާތަކުގާ ސްޓޭޖައްއަޜާ ނަށަމުންގެންދާ މީހުންގެ އަނބިންނާމެދު އެމީހުންގެ ފިރިންވިސްނާލުން ބުއްދިވެރި ހެއްހެއްހޭ އަދިތިއްބަވަނީވެސްބުރުގާއަޅާގެން މައުމޫނުއިންނަވަނީ މަލާމާތުގެ ހީލުމަކުންހީލަހީލަ…ޖުރޭޖް

    Comment by amir — October 15, 2008 @ 10:33 pm

  33. ދިވެހިންނޭއެވެ ވިސްނާށެވެ މިހާރު މައުމޫނުއެހެރީ ވެރިކަމައް ފެންބޮވާގަނެ ކަރުހިއްކައިގަނެފައެވެ ތިމާދީނުންވެސްބޭރުކޮއްފާނެއެވެ

    Comment by Anonymous — October 15, 2008 @ 10:41 pm