Wathan Edhey Gothah – MDP » ދީނޭ ކިޔައިގެން ރައްޔިތުންގެ ހިތުގައި ޝައްކުތަކެއް އުފެއްދުމަށް މައުމޫނު މަސައްކަތްކުރާނަމަ މަޑުން ނުތިބެވޭނެކަމަށް ޝައިހް ބީއޭ ނަސީމް ވިދާޅުވެއްޖެ

October 15, 2008

ދީނޭ ކިޔައިގެން ރައްޔިތުންގެ ހިތުގައި ޝައްކުތަކެއް އުފެއްދުމަށް މައުމޫނު މަސައްކަތްކުރާނަމަ މަޑުން ނުތިބެވޭނެކަމަށް ޝައިހް ބީއޭ ނަސީމް ވިދާޅުވެއްޖެ

ދިވެހި ރާއްޖޭގެ ހާކިމާގެ ގޮތުގައި މައުމޫނު އަބްދުލް ގައްޔޫމު ހުރެގެން އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ނުކުރައްވާ ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ދީނޭ ކިޔައިގެން ދޮގު ވާހަކަތަކެއް ދައްކަވަމުން ގެންދަވާނަމަ އެކަންތަކާ އަޅާ ނުލާ މަޑުން ނުތިބެވޭނެކަމަށް އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސް ޝައިހް އާދަމް ނަސީމް (ބީއޭ) ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ފަރާތުން އުފައްދާ ސަރުކާރަކުން ގެންގުޅުއްވާނެ ދީނީ ސިޔާސަތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައެވެ.

ރައީސް މައުމޫނު އެމްޑީޕީ އިއްތިހާދުގެ މައްޗަށް އަސްލެއްނެތް ތުހުމަތު ތަކެއް ކުރައްވަމުން ގެންދަވާތީވެ އެކަމުގެ ރައްދުގެ ގޮތުގައި ބީއޭ ނަސީމް މިއަދުވަނީ ރައީސް މައުމޫނުގެ ސަރުކާރުގެ ފަރާތުން ސީދާ އިސްލާމްދީނާއި ދެކޮޅަށް ކުރައްވާފައިވާ ބައެއް އަމަލުތައް ފާހަގަކުރައްވާފައެވެ. މިގޮތުން ސަރުކާރުގެ ފަރާތުން ރާއްޖެ ގެނެސް އައްޑު އަތޮޅަށް ގެންދެވި އާމިނާ ވަދޫދަކީ ސީދާ އިސްލާމްދީނާއި ދިމާ އިދިކޮޅަށް ވާހަކަ ދައްކާ އަންހެނެއްކަމަށް ވިދާޅުވިއެވެ. އަދި ހަމަ ސަރުކާރުން ގެންނަވާ ރާއްޖޭގެ ރަށްތަކަށް ފޮނުވި އަސްމާ ޖެހެންގީރަކީ ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ދިވެހިންނަށް ލިބޭންޖެހޭނެކަމަށާއި އެހެންދީނުގެ މީހުން އަޅުކަން ކުރާނެތަންތަން ރާއްޖޭގައި ބިނާކުރެވެންޖެހޭނެކަމަށް ވާހަކަދެއްކާފައިވާ އަންހެނެއްކަމަށް ނަސީމް ވިދާޅުވިއެވެ. މީގެ އިތުރަށް ދާދިފަހުން ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތްކުރުމަށް ސަރުކާރުގެ ފަރާތުން ގެންނެވި ޕްރޮފެސަރ ކަމާލީ އަކީ ހުރިހާ ދީނާކަށް ދިވެހިންނަށް އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދޭންޖެހޭނެކަމަށް ވިދާޅުވާ ބެފުޅެއްކަން ނަސީމު ފާހަގަކުރެއްވިއެވެ.

ނަސީމުގެ ވާހަކަފުޅުގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން ގުލްޝަންޕާ މާ ކެމްޕޭން ނިޝާނެއްގެ ގޮތުގައި ބޭނުންކުރުމުން އެއީ ކްރިސްޓިއަން ދީނުގެ މަލެއްކަމަށް މައުމޫނު ވިދާޅުވެފައިވާތީވެ އެކަމަށް ރައްދު ދެއްވިއެވެ. މިގޮތުން ސަތޭކަ ރުފިޔާގެ ނޫޓެއް ދައްކަވާފައި ވިދާޅުވީ މައުމޫނު ވާހަކަ ދައްކަވާ ބީދާއިން ވާހަކަދައްކަވާނަމަ މައުމޫނު ސޮއިކުރައްވާފައިވާ ސަތޭކަ ރުފިޔާގެ ނޫޓުގައި ގުލްޝަންޕާމާ ބޭނުންކުރުމުން އެބޭފުޅާ ވަރަށް ކުރީންސުރެ މިރާއްޖޭގައި ފައްޅިއަޅަން މަސައްކަތްފަށާފައިވާކަމަށް ބެލެވިދާނެކަމުގައެވެ. ނަސީމް ވިދާޅުވީ މިރާއްޖޭގައި ފައްޅި އެޅުމުގެ ބިންގާ މައުމޫނުގެ ސަރުކާރުން މިހާރުވަނީ އަޅުއްވާފައިކަމުގައެވެ. އަދި އެއީ ރާއްޖޭގެ ރައްޔިތުންގެ ދީނީ އަގީދާ ބަލިކަށިކުރުން ކަމުގައިވެސް ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރަކުން މިބިންގާ ފުނޑުފުނޑުކޮށްލާ ރާއްޖޭގެ ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަ ކުރުމަށް މަސައްކަތްކުރައްވާނެކަމުގައިވެސް ނަސީމް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވެސް ދީން ހިމާޔަތްކުރުމުގެ ވާހަކަ އޮންނާނެކަމަށާއި އެހެންކަމުން އެމްޑީޕީގެ ސަރުކާރެއްގައި އިސްލާމްދީނަށް ދެރަގޮތެއް ނުވާނެކަމަށާއި އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއްގައި ގައުމުދާނީ ހުރިހާ ރޮގަކުންވެސް އަމާން ރަގަޅު ބަދަރަކަށް ކަމުގައި ނަސީމް ވިދާޅުވިއެވެ.

މއަދުގެ ބައްދަލުވުމުގައި ނަސީމްގެ އިތުރަށް ބައިވެރިވެޑައިގަތީ އަދާލަތު ޕާޓީގެ ފަރާތުން ޑރ އަބްދުލް މަޖީދު އަބްދުލް ބާރީއެވެ. އެބޭފުޅާ ވިދާޅުވީ އެމްޑީޕީ އިއްތިހާދެއްގެ ސަރުކާރެއްގައި އިސްލާމްދީން ހިމާޔަތްކުރުމަށްޓަކައި މިނިވަން މުސްތަގިއްލު މުއައްސަސާއެއް އުފައްދަވާނެކަމުގައެވެ. އަދި އޭރުން ސަރުކާރު ބޭނުންވާ ގޮތަކަށް އިސްލާމްދީން ބައްޓަން ނުކުރެވޭނެކަމަށާއި އިސްލާމްދީން އެންމެ ފުރިހަމަ ގޮތުގައި ހިމާޔަތް ކުރެވޭނެކަމުގައި ޑރ އަބްދުލް މަޖީދު ވިދާޅުވިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވި ގޮތުގައި ޑީއާރުޕީގެ ފަރާތުން ދީން ހިމާޔަތްކުރުމަށް ބޭނުންނަމަ އެފަދަ މުއައްސަސާއެއް އެބޭފުޅުން މިހާރު އޮންނާނީ އުފައްދަވާފައެވެ.

މީގެ އިތުރުން ޑރ އަބްދުލް މަޖީދު މިއަދު ފާހަގަކުރެއްވި ގޮތުގައި އިއްތިހާދުގެ ސަރުކާރެއްގައި އަންހެނުންނަށް އިސްލާމީ ތަރަހައިގެ ތެރޭގައި ވަޒީފާއަދާކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެއެވެ. އަދި މިނިސްޓަރުކަމާ، މަޖިލިސް މެމްބަރުކަމާއ، ޓީޗަރުކަން އަދި ޑޮކްޓަރުކަން ފަދަ ވަޒީފާތަކަކީ އަންހެނުންގެ ހިއްސާ ބޭނުންވެފައިވާ ވަޒީފާތައްކަމުގައިވެސް ޑރ މަޖީދު ފާހާގަކުރެއްވިއެވެ.

10 Comments

  1. ދީނީ އިލްމުވެރިން ގެ ސަފުތައް ވަރުގަދަކޮށް ….. މިޤައުމުން އިސްލާމްދީން ފޮހުވިގެން ނުދަނިސް މައުމޫން ދަމާ ކޫތާފައި ބާލަމާ ހިގާ

    Comment by Hussain Nazeer(NOONU) N.Lhohi — October 15, 2008 @ 11:47 pm

  2. ނަސީމުމެންގެ ހިތުގައި އިތުރައްވެސް ރުޅިވެރިކަން ފެތުރުމަށް މައުމޫނު ދައްކާވާހަކަތަކެއް އެއީ. އެކަމާ މާ ކަންބޮޑުނުވޭ. ރޭގަވެސް އޭނަ ބުރުގާއަޅާފައި ތިބި މޭމަތިސާދާ އަންހެނުންތަކެއް ސުޓޭޖަކަށް އަރުވާފަ ނެށުވީ. އަޅުގަނޑު ހިތައްއަރަނީ އިސްލާމުދީން ހިފަހައްޓަންބާޔޭ އެހާނެށުމެއް އެނަރަކަވަންތަވެރިން އެނަށަނީ.

    Comment by Hussain — October 16, 2008 @ 4:12 pm

  3. ވަރަށް ފުރިހަމަ !

    Comment by .. — October 16, 2008 @ 5:41 pm

  4. maumoon akee islam dheen himaayai kuraameehakoo… migothun bodu budhe genes eyge vashain naacharangee kulhu vee… quran ge agu vattaalan masakkai kuri…. anhenunge haqqu tha hoadhai dhinumey kiyaaa, oriyaan vumuge haqqu hoadhai dhin….. dharubaarugeyga sarukaaru hudhdha aa ekku baavvaa naacharangeee….. adhi dheythere dheytherein kuda bando hugaa bavvaa naacharangeetha…. zuvaanunna hama ekani kanttha thake koh dhin meehakee dhimmanna yoo… migothun masthuvaathaketheege eki baavaiththa genaun…..dhen ahanna ka neyge…. thi faasigu kamaa eku aa usminthaka ekani araa ovebala.. konmehen raajjeyga thi usminthaka ka gendhan ulheyne kame neiii

    Comment by jooo — October 16, 2008 @ 11:53 pm

  5. މަވެސް ހިތައްއެރިއެއްޗެއް އެއީ މައުމޫނު ބުރުގާއެޅުމާ ދެކޮޅު ހަދަނީ މައުމޫނުގެ ދެއަންހެންދަރިންގެ މަތީތައުލީމާތު ރަގަޅުވީމާ އެކަމުންވެސް އޭނާ ބާވަތެއްގެ ލައްޒަތެއް ދަމައިގަންނަނީ ނޫންބާއޭ. މަވެސް މައުމޫނުގެ ޢާއިލާފޮޓޯ މިތަނުން ނޫހަކުން ފެނުމާއިއެކު ކަޅިގޮސް އެރީ އާއުސްމިނަކަށް. ދެންބެލެނީއެއްނު….

    Comment by Anonymous — October 17, 2008 @ 4:42 pm

  6. މައުމޫނުގެ އަންހެން ދަރިންނޭ ކިޔައިގެން ވާހަކަ ދައްކާއިރު ނިކަން ދެލޯހުޅުވާ ބަލާލަބަލަ އެކުދިން ތިބެނީ ކިހިނެއްތޯ؟ މީހުންގެ ތެރެއަށް ނިކުންނައިރު ކޮންމެހެން ބުރުޤާނޭޅިޔަސް އޮރިޔާން ހެދުން ލައިގެނެއް އެކުދިންނެއް ނޫޅޭ. ތިބެނީ މީހުން ޤަބޫލުކުރާ އައުރަ ނިވާކުރެވޭ ހަށިގަނޑުގެ އައިބު ގުނަވަންތައް ފޮރުވިފއަ ހުންނަ ސާދާގޮތަކަށް ހެދުން އަޅާފައި. ނިކަން ދެކިބަލަ ތިޔަބުނާ ބުރުގާ އަޅަގެންއުޅޭ ގިނަކުދިން މަގުމަތީގައި އުޅޭގޮތް. ބޮލުގަ ބުރުގާ އޮތީމަ ނިމުނީ ދޯ؟ ދެން ހުރިބައި އެންމެނަށް ފެންނަން ހުއްޓަސް. ބޮލުގަ ބުރުގާ އަޅައިގެން ކުރިމަތިންނާ ފުރަގަހުން އޮރިޔާން ފެންނަގޮތަށް ބުރުގާ އަޅައިގެން އުޅޭމީހުންވެސް މަދެއްނޫން. އަދި ހަމަ އެކަނި ބުރުގާއިން ސުވަރުގެއަށް ދާން އުޅޭމީހުންވެސް މަދެއްނޫން. ތިމާ އުޅޭނެ ގޮތަކަށް އުޅެމުން ބުރުގާ އަޅައިގެން އުޅޭމީހުނަށްވުރެން ބުރުގާނޭޅިޔަސް ދީނަށް ހުރުމަތްތެރިކޮށް ހިތާ ރަނގަޅަށް އުޅޭ އަންހެނާގެ ދަރަޖަ ދީނުގައި މާމަތިވެރި. މީގެ މާނަޔަކީ ބުރުގާ ނާޅާށެކޭނޫން. ބުނަން މިއުޅޭ އެއްޗަކީ، އަދި ބުރުގާ އެޅިއަކަސް ހުރިހާކަމެއް ފުރިހަމވީކީ އެއްނޫނޭ،
    މައުމޫނު ދެން ކަމުނުގޮސްގެން މައުމޫނަށާ އޭނަގެ ދަރިންނަށާ ހަޑިހުތުރު އެއްޗހިގޮވަމުން އުޅޭއިރު ތިޔަ ސަޕޯރޓްކުރާ މިޙުންގެ ތެރޭގައި މިއުޅޭ ދިޔާނާ އާއި މާރިޔާ މިމީހުންމީ ކޮންދީނަކަށް އުޅޭ އަންހެނުންތޯ ބަލާލިންތަ؟ އެމީހުން އެއީ މުސްލިމުން ނޫނީތަ؟ މުސްލިމުންނަމަ ބުރުގާ ނާޅާ އެތިބީ ކީއްވެގެންތަ؟ ހައްތާހާވެސް ތިޔަފެންނަނީ މައުމޫނާއި އޭނާގެ އަނބިމީހާ އާއި ދަރިން. ހުސައިން ރަޝީދު ވެސް އެމީހުނާ އެކު ކެމްޕޭންކޮށް އެމީހުނަށް ސަލާމްކޮށް އެބަހަދާ، އެއީ ދީނުގެ ޚާއްސަ ހުއްދައެއް ޝޭޚް ބާރީ އާއި ހުސަން ރަޝީދު އަށް އޮތް ކަމަކަށް ވެދާނެ.
    ހަސަންބެ

    Comment by Hassan Be — October 18, 2008 @ 3:58 am

  7. މައުމޫން އެއީ ހަމަ ގޮޅާބޯ

    Comment by Anonymous — October 18, 2008 @ 11:29 am

  8. ގޮލާބޯ މައުމޫން

    Comment by asss — October 18, 2008 @ 4:10 pm

  9. ދީންހަތިޔާރެއްގެ ގޮތުގަ ބޭނުންކުރަން ރާއްޖޭގަ ޤާއިމްކޮއްފައިވާ ސިޔާސީޕާޓީއަކީ އަދާލަތުޕާޓީ ކަމާމެދަކުދެބަސްވާނެ އެއްވެސް ދިވެއްސަކުނުހުންނާނެ އެޕާޓީއަށްތާއީދުކުރާ މީހުން ފިޔަވައި.. ދީނުގެ ހުކުމްތައް އެކިގޮތްގޮތައް މާނަކޮއް މުޖުތަމަޢު ފަސާދަކުރަމުން މިމީހުން މިގެންދަނީ. މިމީހުންގެ ކޮންމެމީހަކު ވާހަކަދެއްކިކަމުގައިވިޔަސް އެއްކަމަކަށް ވާހަކަތައް އަމާޒުވަނީ ސިޔާސީބޭނުމުގަ ދީންބޭނުން ކުރާތީވެ. ކީއްވެގެންތޯ މުޖުތަމަޢު އެކަތިގަނޑަކަށް ހަދަން ވާހަކަނުދައްކަވަނީ. އެކަކުއަނެކެއްގެ ނެތިނުބައިމޮށެނީ މިދީނީބޭފުޅުންގެ ޖަލްސާތަކުގަ ކީއްވެތޯ..ބުރުގާ އެޅުންނޫން އެހެންކަމެއް ރަނގަޅުކުރަން ނުޖެހެނީތޯ.. ކީއްވެތޯ ޒަކާތުގެ ވާކަނުދައްކަނީ…އަހަހާ.. އެޖެހުނީ ބޮޑުތާނގަ.. ބޮޑެތިވިޔަފާރިވެރިންގެ ފަހަތްޕުޅުގަ އެމީހުންގެ އެހީގަ ތިބެގެން ޒަކާތުގެވާހަކައެއް ނުދެއްކޭނެ.. އޭރުންއެމީހެއްގެ ފޫކޮޅުގަ އޮތް ގުއިފޯލި އެހެންމީހުންނައް ފެންނާނެ. އެހެންނުން

    Comment by asif — October 19, 2008 @ 10:48 am

  10. މައުމޫނު ގޮޅާ

    Comment by Anonymous — October 19, 2008 @ 7:32 pm