Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

October 21, 2008

އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައިފި

އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަލުގެ ބަންދުގައި ތިބި ގައިދީންނަށް ވޯޓުލުމުގެ ފުރުސަތު ލިބުމުގެ ހައްގު ހޯދައިދިނުމާ ބެހޭގޮތުންނާއި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ގެއްލިފައިވާ މިންވަރާ ބެހޭ ގޮތުންނެވެ.

ޖަލުގައި ތިބި ގައިދީންނަށް ވޯޓު ލުމުގެ ފުރުސަތު ލިބުމުގައި ދަތިތަކެއް ދިމާވެގެން އުޅޭކަމަށް ގައިދީން ޢާއިލާތަކުން މަޢުލޫމާތު ދީފައިވަނީ ގައިދީންގެ އައިޑީ ކާޑު ފޯރު ކޮށްނުދީ ހިފަހައްޓާ މައްސަލައެވެ. މިމައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވަނީ ކަމާބެހޭ މުވައްސަސާތަކުގެ ސަމާލުކަމަށް މިކަން ގެންނަވައި، ހައްލެއް ގެންނެވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.

މިބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީއާއި ގައުމީ މަޖިލީހުގެ މެންބަރު މުޙައްމަދު ރަޝީދާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޔޫސުފް ފުޅެވެ.

1 Comment

  1. މައުމޫނަށް ދެވަނަ ބުރުން ލިބޭނީ ވޯޓްގެ ޕަސެނަޓޭޖް އަކީ %58.63
    އައްނިޔަށް ދެވަނަ ބުރުން ލިބޭނީ ވޯޓްގެ ޕަސެނަޓޭޖް އަކީ %41.73

    މީ އެންމެ ފަހުގެ ދިރާސާ ތަކުން ދައްކާގޮތް

    Comment by vathan — October 22, 2008 @ 9:43 am