Wathan Edhey Gothah – MDP » އެޓޯލް ރޭޑިޔޯއިން ނެގި ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފި

September 23, 2008

އެޓޯލް ރޭޑިޔޯއިން ނެގި ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފި

މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު ބޭފުޅެއް ބެލުމަށްޓަކައި އެޓޯލް ރޭޑިޔޯގެ ފަރާތުން ކުރިޔަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓުންވެސް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވައިފިއެވެ.

އެސްއެމްއެސް ފޮނުވައިގެން ވޯޓުލެވޭ ގޮތަށް ހަފްތާއެއް ތެރޭގައި ކުރިޔަށް ގެންދިޔަ މިވޯޓުގެ ނަތީޖާ ދައްކާ ގޮތުން ވޯޓުލީ މީހުންގެ %71 އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ތާއީދު ކުރައްވައެވެ. މުޅި އެކު 7000 މީހުން ވޯޓުލާފައިވާއިރު ކެންޑިޑޭޓް ނަޝީދަށް 5001 ވޯޓު ލިބިފައިވެއެވެ. ނަޝީދާއި އެންމެ ކައިރިން ވާދަކުރެއްވި ބޭފުޅާއަށްވެސް ލިބިލައްވާފައިވަނީ އެންމެ %12 އެވެ.

ފާއިތުވީ ދެހަފްތާގައި ދިއެފްއެމް ރޭޑިޔޯއިން ނަގާފައިވާ ހިޔާލު ހޯދުމުގެ ވޯޓުންވެސް ނަޝީދުވަނީ އެހެން ހުރިހާ ބޭފުޅުންނަށްވުރެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯއްދަވާފައެވެ. މިގޮތުން ފުރަތަމަ ހަފްތާގައި %40 އަދި ދެވަނަ ހަފްތާގައި %49 އެވެ. މިއީ ރާއްޖޭގެ ކަންކޮޅުތަކުން އެމްޑީޕީ އިއްތިހާދަށް ދެމުންދާ ތަރުހީބުކަމާއި މެދު ޝައްކެއް ނެތެވެ. މިހެންކަމުން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުން އެމްޑީޕީ އިއްތިހާދާއި ގުޅިގެން މިހާރުގެ ސަރުކާރު ބަދަލުކޮށްލުމަށް އަދިވެސް އެއްފަހަރު ގޮވާލަމެވެ.