Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓް ކާށިދޫއަށާއި ހުރާއަށް މިއަދު ވަޑައިގަންނަވާނެ

September 23, 2008

އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓް ކާށިދޫއަށާއި ހުރާއަށް މިއަދު ވަޑައިގަންނަވާނެ

އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓް މާލެ އަތޮޅު ކާށިދޫއަށާއި ހުރާއަށް މިއަދު ވަޑައިގަންނަވާނެއެވެ.

ކެންޑިޑޭޓް މުހައްމަދު ނަޝީދު އަދި ރަނިންމޭޓް ޑރ މުހައްމަދު ވަހީދުގެ މިދަތުރުފުޅުގައި އެމްޑީޕީ އިއްތިހާދުގެ ފަސް ރިޔާސީ ވަޢުދާއި އެހެނިހެން ސިޔާސަތުތަކާއި ބެހޭގޮތުން މިދެރަށުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ވޯޓުލާ ދުވަހު މާލެ އަންނަ އެދެރަށުގެ ފަރާތްތަކުގެ ވޯޓް ރަޖިސްޓްރީ ކުރާ ފޯމު ފުރުމުގެ ހަރަކާތްތައް ހިންގަވާނެއެވެ. މިދެބޭފުޅުންގެ ދަތުރުފުޅު ފައްޓަވާފައިވަނީ މިއަދުގެ މެންދުރުއެވެ.

އެންމެފުރަތަމަ މިބޭފުޅުން ވަޑައިގަންނަވާނީ ކާށިދޫއަށެވެ. ކާށިދޫގެ ދެސަރަހައްދެއްގައި މިބޭފުޅުން ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. ހުރާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަތަރެއްޖަހާއިރުއެވެ. ހުރާގައިވެސް ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާނެއެވެ.

މިދަތުރުފުޅު ނިންމާލެއްވުމަށްފަހު މިބޭފުޅުން މާލެ ވަޑައިގަންނަވާނީ މިއަދުގެ ހަވީރު 5:30 ގައެވެ.

4 Comments

  1. މުޅި ކާށިދޫގައިވަނީ އެމް.ޑީ.ޕީ ދިދަ ނަގާފަ. ލޮލަށް ފެނުނުވަރަށްވުރެ ފޮޓޯތަކުގެ
    ފެންވަރު މާދަށްކަމަށްފެނެ.

    Comment by Anonymous — September 25, 2008 @ 4:39 am

  2. ސައިޓުގައިވާ ކާށިދޫ އަދި ހުރާ ފޮޓޯތައްފެނުނީމަ އެރައްތަކުގައި އަންނިއަށް އެއްވެސް ތާއީދެއް އޮތްހެނެއް ހިޔެއްނުވޭ. ވީމާ ވޯޓުގެއްލުވާލަން އަންނިއަށް ވޯޓުދޭންވީބާއޭ ހިތައްއަރަން ފަށައިފި. މިފޮޓޯތައް މިއީ ސަޕޯތަރުންގެ އުންމީދު ގެއްލުވާލަން ޖަހާ ފޮޓޯތަކެއްބާ؟ އަންނި ކެންޕޭނުގައި އަންނި ހަލލާކުކޮއްލަން ބޭނުންބަޔަކު އެބައުޅޭހެންވެސް ހީވޭ.

    Comment by samad — September 25, 2008 @ 10:19 am

  3. ދުވަހަކުވެސް ކާށިދޫ އިން އަންނި އަކަށް އެއްމެ ވޯޓެއް ވެސް ނުލިބޭނެ. ހަނދާން ނައްތާލާ. ވައްސަލާމް

    Comment by ކާށިދޫ — September 25, 2008 @ 5:16 pm

  4. އަންނިއަށް ވޯޓެއް ނުލާނަމޭ ބުނުމަކީ މާމޮޅު ވާހަކައެއްނޫން. އެހެންބުނުމުން ދޭހަވަނީ ތިމާއަށް އަދިވެސް މިވާނުވާނޭގެޔޭ. ކާށިދޫގެ ފަރާތުން އެހެން މީހަކު ބުންޏަސް ކާށިދޫގައެއް ނޫޅޭ “ކާށިދޫ” އޭ ކިޔާމީހެއް. އަޅުގަނޑަކީ ކާށިދޫގެ ރައްޔިތެއް. އަދި ދިވެހިރައްޔިތުންގެ ރޫހާ އެއްގޮތަށް އަޅުގަނޑާއެކު އަންނިއަށް ވޯޓްލާނެ އެތައް ރައްޔިތުންނެއް ކާށިދޫގަ އެބަތިބި.

    Comment by Anonymous — September 25, 2008 @ 10:42 pm