Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދުގެ ލީޑަރޝިޕްގެ ބޭފުޅުން ފާދިއްޕޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފި

September 25, 2008

އެމްޑީޕީ އިއްތިހާދުގެ ލީޑަރޝިޕްގެ ބޭފުޅުން ފާދިއްޕޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފި

އެމްޑީޕީ އިއްތިހާދުގެ ލީޑަރޝިޕް ޓީމެއް ފާދިއްޕޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފިއެވެ. ފާދިއްޕޮޅުގެ ރަށްތަކަށް މިޓީމު ޒިޔާރަތްކުރައްވާފައިވަނީ މިމަހުގެ 24 ވީ ބުދަ ދުވަހުއެވެ.

އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އިސްކޮށް ހުންނެވި މިޓީމުގައި ހިމެނޭ އިސްބޭފުޅުންނަކީ އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ، ގައުމީ އިއްތިހާދުގެ ވައިސް ޗެއާޕާސަން ޑރ މުސްތަފާ ލުތުފީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް، އަދި އެމްޑީޕީގެ ހިޔަނި ވަޒީރު ޑރ އައިމިނަތު ޖަމީލެވެ.

މިޓީމުން އެންމެ ފުރތަމަ ވަޑައިގަތީ އޮވެލިފުށްޓަށެވެ. އެއަށްފަހު މާފިލާފުށްޓަށާއި ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށެވެ. މިޓީމުންވަނީ ކުރެންދޫ އަދި ހިންނަވަރުގައި ޖަގަހައެއް ހުޅުވާފައެވެ.

ބުދަ ދުވަހުގެރޭ މިޓީމުން ނައިފަރުގައި ބައްދަލުވުމެއް ބާއްވާފައިވެއެވެ.