Wathan Edhey Gothah – MDP » ޕާޓީއަކީ ބޭނުން ނޫން އެއްޗެއްކަމަށް ބުނަނީ ޚުދުމުޚްތާރު ވެރިކަން ދަމަހައްޓާން – ޑރ ވަހީދު

September 25, 2008

ޕާޓީއަކީ ބޭނުން ނޫން އެއްޗެއްކަމަށް ބުނަނީ ޚުދުމުޚްތާރު ވެރިކަން ދަމަހައްޓާން – ޑރ ވަހީދު

ޕާޓީ ނިޒާމާއި ޕާޓީތަކަކީ ބޭނުން އެއްޗެއް ނޫންކަމަށް ބުނެ ބައެއް ބޭފުޅުން ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުއްވަނީ ޚުދުމުޚްތާރުވެރިކަން ދަމަހައްޓާންކަމުގައި އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. ވަހީދު ވިދާޅުވިގޮތުގައި ޕާޓީއަކުން ނޫން ގޮތެއްގައި ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ވެރިކަން ކުރިޔަށް ގެންދެވޭނީ ޚުދުމުޚްތާރު ގޮތެއްގައެވެ. އަދި ދުނިޔޭގެ އެއްވެސް ޑިމޮކްރަސީއެއް ޕާޓީ ނިޒާމާއި ނުލާ ނުހިންގާކަންވެސް ޑރ ވަހީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް ޑރ ވަހީދު ވިދާޅުވިގޮތުގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ޕާޓީގެ ބޭރުން ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުންނަކީ 30 އަހަރުވީ ޚުދުމުޚްތާރުވެރިކަމުގެ ތެރެއިން ތަޖުރިބާ ލިބިފައިވާ ބޭފުޅުންކަމުގައެވެ.

މީގެ އިތުރަށް މިނޫސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް ވިދާޅުވި ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީއަކާއި ނުލާ ކުރިމަތިލައްވައިގެން އުޅުއްވާ ޑރ ހަސަން ސައީދު ޕާޓީއެއް ނުހައްދަވަނީ 3000 މީހުންގެ ސޮއި ނުލިބޭނެތީވެކަމުގައެވެ. ޑރ ހަސަން ސައީދު އުޅުއްވަނީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފަށް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީވެސް މިއަދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ ވަކި ފޮތެއްގެ ސިފައިގައި ނުނެރެނީ މެނިފެސްޓޯ ބަދަލުކުރުމަށް ބޭނުންވާތީތޯ ނުސްވެރިއަކު ސުވާލުކުރެއްވުމުން ޗެއާޕާސަން ވިދާޅުވީ މިހާރުވެސް މެނިފެސްޓޯގެ ސޮފްޓް ކޮޕީ voteanni.com ވެބްސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެކަމުގައެވެ. އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯގެ ސީޑީ މިހާރުވެސް ވަނީ އާއްމުކުރެވިފައެވެ. އަދި މެނިފެސްޓޯގެ ފޮތް އަންނަ ހަފްތާގެ ކުރިން އާއްމުންނަށް ދޫކުރަން ފަށާނެއެވެ.

ވަގުތީ ރައީސް މައުމޫން ވެރިކަމާއި ހަވާލުވިއިރު ފިސްތޯލައެއް ހިއްޕަވައިގެން ހުންނެވިކަމަށް ދެކެވޭ ވާހަކަ ދޮގުކުރާފަދަ ނޫސްބަޔާނެއް އެމްއެންޑީއެފްއިން ނެރެފައިވާތީވެ ހަސަން އަފީފް މިއަދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިކަމާއި މެދު އެމްއެންޑިއެފްއިން ނޫސްބަޔާން ނެރެންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމުގައި އަފީފް މިއަދު ވިދާޅުވިއެވެ.

26 Comments

  1. ތިމަންނާގެ މެނިފެސްޓޯ ތަންފީޒު ކުރާނެކަމަށް ވިދާޅުވާ ހަސަންސައީދު އެބަ ވިދާޅުވޭ އެއް ޕާޓީއަށް މިރާއްޖޭގައި ވެރިކަން ނުކުރެވޭނެކަމަށް. ޕާޓީއަކަށް ވެރިކަން ނުކުރެވެނީވިއްޔާ ހަސަންފަދަ ފަރުދަކަށް ވެރިކަން ކުރެވޭނީ ކިހިނެއް. ގުޅިފައިވާ ސަރުކާރެއް ހައްދަވަނީވިއްޔާ ހަސަންގެ މެނިފެސްޓޯ ތަންފީޒުކުރައްވާނީ ކިހިނެއް. އެއީ އެކިޕާޓީގެ ސިޔާސަތުތައް ތަފާތުވާނެ.

    Comment by samad — September 25, 2008 @ 11:16 pm

  2. މިހާރު އެމްޑިޕީ ގެ މަގުސަދު އޮޅިއްޖެ

    Comment by Anonymous — September 26, 2008 @ 11:14 am

  3. ފަހަރެއްގަ ހަސަނަށް ހީވަނީ އެކަކު ވެރިކަން ކުރުމުން ލިބޭ ފޮނި އަރާމުކަން ޕާޓީވެރިކަމުން ނުލިބޭނެތީވެ މިފަހަރު އެހެންވެދާނެކަމަށް، ހަމަހިލާ މަގޭ ވޯޓެއްދެނެއް ނުލިބޭނެ ހަސަނަކަށް.

    Comment by Muaz — September 26, 2008 @ 2:24 pm

  4. ޔޫޓިއުބުގަ “ދެފުއްކެހެރި” ގެ ނަމުގަ ހުރި ވީޑިއޯ ތަކުން ވަރަށް ބޮޑު އެއްޗެއް ދޭހަވެއްޖެ. ހަސަން ސައީދު މައުމޫނަށް ތާއީދު ކުރާލެއް ބޮޑުކަމުން މިހާރު ނުކުމެ އެއުޅެނީ ސީދާ އިދިކޮޅު ވޯޓުތައް ބައިބައި ކޮއްގެން މައުމޫނަށް ޗާންސް ބޮޑު ކުރަންކަން ޔަގީން ވެއްޖެ. އާޔަތް ކިޔޭތޯ އުޅެނީވެސް ދީން ހަތިޔާރަކަށް ހަދަން ކަން ސާބިތުވެއްޖެ. ޔޫޓިއުބުގަ ހުރި ހަސަނުގެ ޑީއާރުޕީ ޖަލްސާ ތައް ބަލާފަ ފަކުރު ގަންނަ ވަރުވޭ.

    Comment by Anonymous — September 26, 2008 @ 5:09 pm

  5. ހަސަނު އެއީ ސީދާ މައުމޫނުގެ މީހެއް. އެއުޅެނީ އިދިކޮޅު ވޯޓުތައް ބައިބައި ކޮއްގެން މައުމޫނަށް ޗާންސް ބޮޑުކުރަން ނުކުމެ. މިކަން އެނގެނީ ” ދެފުއްކެހެރި ” ނަމުގަ ޔޫޓިއުބުގަ ހުރި ހަސަނުގެ ވީޑިއޯ ތަކުން.

    Comment by Anonymous — September 26, 2008 @ 5:12 pm

  6. ތެދަކީ ހަސަނަށް ވަރަށް ތާއީދު އެބައޮތް، އޭނާގެ ކެމްޕޭން ރަނގަޅު، އޭނަ ވަކިކެނޑިޑޭޓެއްގެ ގޮތުގައި ހުރީމާ އެބުނާ ނުތާހިރުކަން ކުޑަވާނެ، އެކަމަކު ޕާޓީތައް ނުތާހިރުކަމަށް ބުނާބޭފުޅަކު ހުރިހާޕާޓީތައް ލައިގެން ސަރުކާރެއް ހަދާނަމޭ ބުނާތީ ވަރަތް ހައިރާންވޭ! އޭރުން އޮންނާނީ ހުރިހާދިމާލަކުން ނުތާހިރުކަން އެއްވެގެން އައިސް އުފެދޭ ސަރުކާރެއް. ދެން ހަސަނައް ތަން ސާފުކުރުން ނޫންކަމެއް މި 5 އަހަރު ތެރޭ ކުރެވޭނެހެނެއް ހިއެއްނުވެ.

    އަޅޫގަނޑު ވަރަށް އުފާކުރަން އެމް.ޑީ.ޕީއަށް ވަރަށް ގިނަދުވަސްތަކެއްގެ ތަޖުރަބާއަށްފަހު އެމްޑީޕީއަކީ މިހާރު ވަރަށް ތާހިރު ޕާޓީއެއް. ހާއްސަކޮއް ޑރ.ވަހީދު ވަޑައިގަތުމުން އުފެދުނު އިއްތިހާދުން އެމްޑިޕީގެ މަޤްސަދު މަންޒިލް ވަރަށް ބޮޑަށް ހާމަވެއްޖެއެވެ. އެއީ އަހަރެމެމެން އެދޭ ފުދުންތެރި ދިވެހިންތަކެއް އުޅޭ ދިވެހި ރާއްޖެއެވެ.

    Comment by އަހުމަދު — September 26, 2008 @ 6:30 pm

  7. އަންނީ! އެހެންމީހުންނަށް ބަހުގެ ހަމަލާ ދޭންޖެހުމުން އެކަންވެސް ކުރަންޖެހޭނެ. އެއްބަޔަކު އެތިބީ ވެރިކަމުގެ ހުދުމުހުތާރު ނަޖިސް ލެއިން ތަތްތެޅިފަ، އަނެއްބަޔަކު އެތިބެނީ ފައިސާއިން ހުރިހާކަމެއްވާނެކަމަށް ބަލައިގެން. ތިމާގެ ބޮލުގައި ތެތްގޯނި އަޅުވާއިރުވެސް ހައްޕުކިޔައިގެން ހުރުމަކީ މޮޔަކަމެއް. އިންޝާﷲ މިފަހަރު އަހަރެމެންގެ ދުއާ އިޖާބަކުރަށްވާ އަހަރެމެން މި އެދޭފަދަ އަންނިގެ ވެރިކަމެއް ރާއްޖޭގައި ގާއިމުވެގެންދާނެ.

    Comment by Rilwan — September 26, 2008 @ 9:23 pm

  8. އެމްޑީޕީ ނެތްނަމަ އަޅުގަނޑު ދެންސަޕޯޓް ކުރާނެ ކެނޑިޑޭޓަކީ ހަސަނު، އެވަރަށް އަޅުގަނޑުގެ ތާއީދު ހަސަނައް އެބައޮތް. އެކަމަކު ދެންމެ އަޑުއިވިއްޖެ ހަސަނުގެ ވާހަ! ވަރަށް ދެރަވާހަކައެއް ވިދާޅުވެއްޖެ. ޕާޓީއަކުން ވެރިކަން ކުރެވޭ ހާލަތެއްގައެއް ނޫނޯ ދިވެހިރާއްޖެ މިއަދު އޮތީ! މިފަދަ ވާހަކަތަކެއް މިދިޔަ ތިރީސް އަހަރުވެސް އަޅުގަނޑު އެހިން އެއީ ރައީސް މައުމޫނު ދިވެހިން އިސްލާހައް، މަލްޓިޕާޓީ ޑިމޮކްރަސީއަށް ތައްޔާރު ނުވާވާހަކަ. ދިވެހިން އަންޑަރ އެސްޓިމޭޓް ނުކުރައްވާށެވެ. އެކްޓިވިސްޓުންނަށް މަގާމު ދޭން މަޖުބޫރެއް ނުވެއެވެ. އަދި އެކްޓިވިސްޓުންނަށް މަގާމްތައް ނުފުރޭނެ ސަބަބެއްވެސް ނެތެވެ. މަންޑޭލާ އެއީވެސް އެކްޓިވިސްޓެކެވެ.

    Comment by އަހުމަދު — September 26, 2008 @ 11:13 pm

  9. ހަސަނަައް ތާއީދް ކުރުމަކީ ހަމަ މައުމޫނައް ތާއީދް ކުރުން… ޝައްކެއްވެސް އޮތް ކަމެއްނޫން މީކީ.

    Comment by Anonymous — September 27, 2008 @ 4:38 am

  10. އޭ އެންމެންނޭ އަންނި އަކައް ނުވާނެ މިގައުމުގަ އެއްވެސް ކަމެއް އޭނައަ އައް ހަޅުތާލަ ހެދިދާނެ އެކަމަކު އެކަމަކު އަންނި ބުނަން ވާހަކައެއް ކަލޭ ކައިރީ ތި އުޅެނީނު ދޯ ބަޔަކު ކަލެއައް ވޯޓް ދޭނަމޭ ކިޔާފަ އެމީހުންވެސް ވޯޓްލާން ގޮއްސަ ވޯޓް ލާނީ ހަމަ ހުރިހާގޮތުން ރަނގަޅު މައުމޫންއަށް އިގޭ ދެން އަވަހައް ތިކަން ހުއްޓާލާފަ އަނެއްކާ ނޫސް ލިޔަންދޭ އޯކޭ ކްޓްސްސްސްސްސްސްސްސްސްސްސްސް އެންމެން ވޯޓް ލާނީ މައުމޫން އައް

    Comment by Anonymous — September 27, 2008 @ 11:16 am

  11. އިންސާނީ ހައްގުތައް މިހާގަދަޔައް ކިޔަވައިގެން ހުންނެވި ބޭފުޅަކައް އެކްޓިވިޒަމްގެ މާނަ ނޭގޭތީ ހިތާމަކުރަމެވެ. ނުވަތަ އެބޭފުޅާ މައުމޫނު ކެބިނެޓުގައި ހުންނެވިއިރު ކަންކުރިގޮތައް އެގިލައްވާ އެއްޗިހިވެސް ނޭގޭކަމަށް ހެދެނީކަމައް ވެދާނެއެވެ. މަގުމައްޗައް ނުވަތަ ހަރުގެއަށް އަރާ ހަޅޭއްލަވާ ކޮންމެމީހަކީ އެކްޓިވެސްޓެއްނޫނެވެ. އަދި އެކްޓިވިސްޓަކައްވާން ތަނަކައްއަރާ ހާޅޭއްލަވާކައްވެސް ނުޖެހެއެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮބާމާ އަކީ ކޮމިއުނިޓީ އޮގަނައިޒަރ އެކެވެ. އެހެންގޮތަކުން ބުނާނަ މުޖުތަމައުތަކުގައި ހިގާކަންކަމުގައި ރައްޔިތުން އެއްކުރުމުގެ މަސައްކަތްކުރާ އެކްޓިވިސްޓެކެވެ. މިހާރު އެހެރީ ރިޔާސީ ކެނޑިޑޭޓަކަށެވެ. ހައްގުތައް ތަބަކަކަށް ލައިގެން އައިސް މީހަކު ގެނެސް ނުދޭނެކަމަށް ބުނުއް ވި ބޭފުޅާ މިހާރު މިދައްކަވަނީ ކޮންވާހަކައެއްތޯއެވެ؟ ހައްގުތައް ހޯދަން އެތައް އަދަބުތަކާއިއެކު ކުރިމަތިލެއްވި މީހުންނައް ބަހުގެ ހަމަލާދެއްވަނީއެވެ. ހަސަނު އަނެއްކާވެސް ކުރީގެ ހަސަނައް ބަދަލުވީތާއެވެ.

    Comment by Ali — September 27, 2008 @ 12:32 pm

  12. އިގިލައްވާތޯ؟ ހަސަނަކީ ޕާޓީއެއްގެ ނައިބު ޒައީމުކަމުގެ މަގާމުގައި ހުރެގެން ޤައުމެއްގެ އެޓާނީ ޖެނެރަލްކަން ކުރެއްވި ހަމައެކަނި ބޭފުޅާއެވެ.
    މިފަދަ ފުށޫއަރާފަދަ ދެމަޤާމު ފުރުއްވަމުން ގެންދެވީ އެއީ ކިހާވަރެއްގެކަމެއްކަން ރަނގަޅަށް އިގިހުރެއެވެ. އަދި ދިވެހިންނަށް އެއީ ކިހާވަރެއްގެ ކަމެއްކަމަށް ނޭގޭނެ ކަމަށް ހީކޮށެވެ. ދިވެހިން މޮޔަކަމަށް ހީކޮށެވެ. ދިވެހިން ބޯގަޅި ވާނަކަމައް ހީކޮށެވެ. ދިވެހިންނަކީ އޭނަފަދަ ތައުލީމެއް ނެތް މީހުންކަމަށް ހީކޮށެވެ.

    Comment by Hussain — September 27, 2008 @ 12:36 pm

  13. ހަސަން ސައީދުގެ ހަގީގަތް ގިނަ ބަޔަކަށް އަދިވެސް ނޭގެއެވެ. ހަސަން ސައީދަކީ އުމުރުން 11 އަހަރުން ފެށިގެން 30 ން މައްޗަށް ދިޔައިރުވެސް ރާއްޖޭން ބޭރުގައި އުޅުނު މީހެކެވެ. ހަސަނަކަށް ދިވެހި ފުރާއުމުރުގެ ކުދިންގެ އިހްސާސެއް، ޒުވާނުންގެ އިހްސާސެއް ކުޑަކޮށްވެސް ތަޖުރިބާއެއް ނުކުރެވޭނެއެވެ. އަދި ޒުވާނުންގެ ހާލާއި ޒުވާނުންނަށް ދިމާވެފައިވާ ދަތިތަށް، ޒުވާންކަމުގައި ދިވެހިރާއްޖޭގައި ނޫޅޭ މީހަކަށް އިހްސާސްކުރެވޭނީ ކިހިނެއްހެއްޔެވެ. ހަމަ މިއާއެކު ހަސަނުގެ އަނބިކަނބަލުންނަކީވެސް ދިވެއްސެއް ނޫނެވެ. މެލޭޝިޔާގެ މެލޭ ނަސްލުގެ ބޭކަނބަލެކެވެ. އެކަމަނާ ދިވެހިބަސް ދެނެވަޑައެއް ނުގަންނަވައެވެ. ހަސަނަކީ ދެބައިކުޅައެއްބައި ދިވެއްސެކެވެ. ދިވެހިރާއްޖެއާ ދުރު މީހަކަށް ވެރިކަން، ބިދޭސީއަކަށް ފަސްޓްލޭޑީކަން ދޭން ބޭނުންވާ ދިވެއްސަކު ހުންނާނެހެން ހިއެއް ނުވެއެވެ. މިކަން ރައްޔިތުންނަށް ރަގަޅަށް ހާމަކޮއްދެއްވާށެވެ.

    Comment by Anonymous — September 27, 2008 @ 12:49 pm

  14. ކޮކަޑިކޭ ހަސަނަށް ނުވިއްޔާ ރަގަޅެވެ!!! ހަމަހެދިފައެހުންނަނީ މައުމޫނަށްވިއްޔާއެވެ.

    Comment by Anonymous — September 27, 2008 @ 3:05 pm

  15. ހަސަނަކީ ދިވެހި ރާއްޖޭގެ ޣައިރު ޤާނޫނީ ސަރުކާރު ދިފާއުގައި އެތައްކަމެއް ކުރިމީހެއް. ހަސަނުމެންގެ އެހީތެރިކަން މައުމޫނަށް ނުލިބުނުނަމަ މީގެ އެތައް އަހަރެއް ކުރިން މައުމޫނުގެ ސަރުކާރު ބަދަލުކުރެވޭނެ.

    Comment by Anonymous — September 27, 2008 @ 7:16 pm

  16. ހަސަން ސައީދަކީ ހުދުމުޙުތާރުކަމުގެ އިންތިހާ : ގައުމެއްގެ ވެރިކަން ހިޔޮގޮތުގާ ކޮއްދީފަ ހުރީ އަދި ހެޔޮބަދަލު ގެނެސްދީފަ ވަނީ އެކްޓިވިސްޓުންނޭކިޔާ ގައުމުތަކުގެ ވެރިކަން ތާހިރުކުރިމީހުން އެނގިވަޑައިގަންނަވާނެ މަހާތުމާ ގާންދީ ، ނެލްސަން މަންޑޭލާ ފަދަ ބޭފުޅުން ނަކީ ހަސަން ސައީދު ދަންން ބޭފުޅުންނެއްނޫން އެހެންވީމަ ޖަލްސާ ތަކުގަ އަންނިގެ ވާހަކަ ފާޑުފާޑަށް ދައްކަން އެޖެހެނީ ، އަހަރެން ހަސަން ސައީދު ކައިރީ ބުނަންއޮތީ އެމް ޑީ ޕީ ހަރުގެ ތަޅާލައިގެން ގެންދިޔަ ތަކެތި ދިނުމައްފަހު ހައްގުގެ ވާހަކަ ދެއްކުން ރަނގަޅުވާނެއެވެ.

    Comment by Naeem — September 27, 2008 @ 8:07 pm

  17. ހަސަނައް އެންޓީ ކެމްޕޭން ޖެއްސުން އެއީ އެމް.ޑީޕިން ކުރުން ބޭކާރު ކަމެއް، އަދި ހަސަނު އެމް.ޑީޕީއަށް އެންޓި ކެމްޕޭން ޖެއްސުންވެސް އެއީ ބޭކާރުކަމެއް. ހަމަ މިވަގުތުންފެށިގެން މިކަންތައް ހުއްޓާލުމަށް ގަވައިލަން. އަދި އެއްލައިނެއްގައި މިއަދުގެ ޑިބޭޓުގައި ހުރިހާބޭފުޅުންވެސް މައުމޫނާއި ތަސްމީނުގެ ޓީމާއި ދެކޮޅައްނުކުތުން މުހިންމެވެ،

    Comment by Anonymous — September 27, 2008 @ 8:43 pm

  18. 38Reasons by internet bloggers on why DR Hassan Saeed is not a Suitable Presidential Candidate for Maldives in the Presidential Election 2008

    ހަސަނަށް ވޯޓް ނުދޭންވީ 38 ސަބަބު

    http://potilics.blogspot.com/2008/09/38-reasons-to-say-no-to-hassan-saeed.html

    .http://potilics.blogspot.com/2008/09/38-reasons-to-say-no-to-hassan-saeed.html

    Comment by Anonymous — September 28, 2008 @ 7:30 am

  19. 38Reasons by internet bloggers on why DR Hassan Saeed is not a Suitable Presidential Candidate for Maldives in the Presidential Election 2008

    ހަސަނަށް ވޯޓް ނުދޭންވީ 38 ސަބަބު

    http://potilics.blogspot.com/2008/09/38-reasons-to-say-no-to-hassan-saeed.html

    .http://potilics.blogspot.com/2008/09/38-reasons-to-say-no-to-hassan-saeed.html

    Comment by Ahammaa Kaloa — September 28, 2008 @ 7:30 am

  20. ކިޔުންތެރިޔާ އެހެން ބުންޏަސް ފަސްޓް ލޭޑީއަކަށް ބޭރު މީހަކު ހުރުން އެއީ މައްސަލައެއްނޫން، މުސްލިމަކަށް ވަނީނަމަ. ދިވެހިންނަކީ ވެސް ކުރީ ޒަމާނުގައި މަސްހުނިވެގެން އުފެދިފަ ތިބި ބައެއް. ދިވެއްސަކަށް ވާކަށް ކޮންމެހެން މުސްލިމަކަށް ވާކަށެއް ވެސް ނުޖެހޭ. އިލްމުވެރިން ބުނާގޮތުން މުސްލިމްނޫން މީހުން އަހުލުވެރި ނުވާން އޮންނަނީ މައްކާ އާ މަދީނާ އެކަނި. ދިވެހިންނަކީ ވަރަށް ރޭސިސްޓް ބައެއް. ނިކަން ބަލާބަލަ ހުލަފާއުއްރާށިދޫން ޒަމާނުގައި ކަންތައްކޮށްފަ އޮތް ރީތި ގޮތްތައް.

    Comment by mohonu — September 28, 2008 @ 4:16 pm

  21. ހަސަން ވަރެއް ނެއި.

    Comment by Anonymous — September 28, 2008 @ 4:23 pm

  22. އެހެންވެގެންދޮތަ ސްޕްރިމްކޯޓަށް ބޭރުގެ މުސްލިމުން ގެންނަން އެއްބަސްނުވެވުނީ ސީދި ގޫދަޑިޔައު ކޭފެލެ

    Comment by Anonymous — September 28, 2008 @ 10:29 pm

  23. މޮހޮނު ތިޔަބުނީ ތެދެއް “” ހަސަނަކު ވަރެއްނެތް”” ދެތިންދުވަސް ފަހުން ބޮކިޖަހާފަ ދާނީ އަޑިޔައް.

    Comment by musthafa — September 28, 2008 @ 10:30 pm

  24. Comment by hassan — September 29, 2008 @ 2:03 am

  25. މަށެއް ވާ ހަސަނަކަށް ވޯޓެއް ނުލާނަން އަދި ހަމަ މަގޭ އާއިލާ މީހަކުވެސް ނުލާނެ ….

    Comment by anonymous — September 29, 2008 @ 6:58 am

  26. މިހާރު މައުމޫނަށް ވުރެ ބޮޑަށް އަންނި މެން ހަސަން އާއި ދިމާ ކުރަން ފަށައިފި. ސަބަބަކީ ހަސަން އަށް ތާއީދު އިތުރުވާތީ. ދެން ލަލަލާ!

    Comment by anni — September 29, 2008 @ 2:07 pm