Wathan Edhey Gothah – MDP » އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ހަފްލާއަށް ތައްޔާރުވުން ވަރަށް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.

August 13, 2008

އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ހަފްލާއަށް ތައްޔާރުވުން ވަރަށް ފޯރިއާއިއެކު ކުރިއަށް އެބަދެއެވެ.

.

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ހަފްލާއަށް ތައްޔާރުވުން ވަރަށް ފޯރިއާއި އެކު ކުރިޔަށް އެބަދެއެވެ
ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ މި ހަފްލާއަށް އެސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ކުރިޔަށް ދާނެއެވެ. އަދި ބުދަ ދުވަހުގެ މެންދުރުން ފެށިގެން މި ރަސްމިއްޔާތަށް އާއްމު ރައްޔިތުންނަށް ދައުވަތު ބަހަމުން ގެންދާކަމަށްވެސް ކެމްޕޭން ޓީމުން ހާމަކުރެއެވެ. އޮފީސްތައް ނިމޭގަޑީގައި އެސަރަހައްދުތަކަށް ދައުވަތު ބަހަމުން ގެންދާކަމަށާއި ބުދަ ދުވަހުގެ ހަވީރު ސީދާ ކެންޑިޑޭޓް އިސްކޮށް ހުންނަވައިގެން ދައުވަތު ބެހުމަށް އެމްޑީޕީގެ ހަރުގެއިން ނިކުންނަވާނެކަމަށްވެސް އެޓީމުން ހާމަކުރައްވައެވެ.
ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ފަށާ މި ރަސްމިއްޔާތަށް ހުރިހާ ދިވެހިންނަށް ދައުވަތު ދެވިފައިވާއިރު ރާއްޖޭގެ ވަރަށް ގިނަ މީޑިޔާތަކުން މިހަފްލާ ވަގުތުން ދުރަށް ފޮނުވާނެކަމަށް ކެމްޕެއިން އޮފީހުން ޚަބަރު ދެއެވެ.

5 Comments

  1. އައްނި އަކީ ހަމަ ފައްކާ ލީޑަރެއް…..
    ހިއްވަރު ދެރަނުކުރާތި ކާމިޔާބު ވާނެ….
    އިރާދަ ކުރިއްޔާ 11 ނޮވެމްބަރުގެ ފަހުން އަހަރުމެންނައް ފެންނާނީ އަނެއް ދިވެހިރާއްޖެ…

    Comment by anik — August 14, 2008 @ 1:53 pm

  2. ކަމޯން އަންނި !!!! މީހަކު ކިޔާ އެއްޗަކަށް ނުބައްލަވާ ރީތި ސާފު ގޮތެއްގައި ކުރިއަށް ވަޑައިގަންނަވާ !!! އަހަރެމެން މިތިބީ ފަހަތުގަ…

    Comment by Anonymous — August 15, 2008 @ 2:53 pm

  3. އަންނި ކުރިއަށް!!!!! އަނެއް ދިވެހިރާއްޖެ ބޭނުމީ!!!! މައުމޫން އިސްތިއުފާ!!

    Comment by ayya — August 16, 2008 @ 2:30 pm

  4. ކޮބާ؟ މި ޖަލްސާ ދެން އޮތީ ކޮންއިރަކުތަ؟ ވާނުވާ އަންގަބަލަ!!!
    …ހިއްލޭ…

    Comment by Mohamed Hilmy — October 13, 2008 @ 11:45 am

  5. ސާބަހޭ އަނިއަށް: ރިނޫނީނެއް ގަަުމުދެކެ ލޯބިވާ މީހެއް: މިފަހަރު ވާނެ މައުމޫނުގެ ލޮބުވެތި މޫނު ހަޑިކޮށްލަން: ގައުމު މިއޮތީ އަނިއާަެކު ::

    Comment by rikko — October 20, 2008 @ 5:37 pm