Wathan Edhey Gothah – MDP » އެމްޑީޕީގެ ތަމްހީދީ އިންތިހާބަށް ފަލީތާލުމަށް ޑީއާރުޕީން ކުރާ މަސައްކަތް ހުއްޓާލާ!

March 11, 2008

އެމްޑީޕީގެ ތަމްހީދީ އިންތިހާބަށް ފަލީތާލުމަށް ޑީއާރުޕީން ކުރާ މަސައްކަތް ހުއްޓާލާ!

ދިވެހި ރާއްޖޭގެ ވެރިކަން ދިވެހި ރައްޔިތުންނަށް ރައްދުކޮށް، ދިވެހިންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދީ، ދިވެހި ވެރިކަމުގެ ބާރު ދިވެހި ރައްޔިރުންނަށް ލިބިދިނުމަށްޓަކާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ކުރަމުންދާ މަސައްކަތުގެ މައިގަނޑު އަސާސަކީ ސިޔާސީ ޕާޓީގެ ނިޒާމް ހަރުދަނާގޮތުގައި ހިންގާނެ ފަހި މާހައުލެއް ދިވެހިރާއްޖޭގައި ގާއިމްކުރުން.

އިސްވެ ދެންނެވި އަމާޒަށް ވާސިލްވުމަށްޓަކާ ދުޅަހެޔޮ ގޮތުގައިވާދާކުރެވޭ އެމްޑީޕިގެ އެތެރޭގެ އިންތިހާބެއްގައި ޕާޓީގެ ކެންޑިޑޭޓުން މިވަގުތު ގެންދަވަނީ ހަރަކާތްތެރި ވެލައްވަމުންނެވެ. މިއީ ޑިމޮކްރަޓިކް ހަމަތަކުގެ ނަމޫނާ ދިވެހި ރައްޔިތުންނަށް ދައްކާދޭނެ އިންތިހާބެކެވެ.

އެމްޑީޕީގެ މިމަސައްކަތާ، ޑިމޮކްރަޓިކް ހަމަތަކާ އަދި ޕާޓީ ނިޒާމުގެ ރިވެތި އުސޫލު ކިލަނބުކުރުމަށްޓަކާ އެމްޑީޕީގެ މިއިންތިހާބަށް އެކިގޮތްގޮތުން ފަލީތާލުމަށް ޑީއާރުޕީން މިވަގުތު ކުރަމުންދާ ނޭއްގާނި މަސައްކަތުގައި އެޕާޓީގެ އިސްފަރާތްތައް އިސްވެ ޝާމިލްވާ ޝާމިލްވުން ކުށްވެރިކޮށް އެކަން ކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަމެވެ.

މަގާމުގެ ނުފޫޒާ ފައިސާގެ ބާރުގައި ރައްޔިތުންގެ މައްޗަށް އަތްގަދަ ކުރުމަށް ދެވިހފާފައިވާ މީހުންގެ ނުތާހިރު ހީލަތްތެރި ރޭވުމުން ދިވެހި ރައްޔިތުންނަށް ނުފޫޒުފޯރުވޭތޯ ކުރާއެއްވެސް މަސައްކަތަކީ ދިވެހި ރައްޔިތުން އެދޭ ހެޔޮބަދަލު ދިވެހި ވެރިކަމުގެ ވައްޓަފާޅިއަށް ގެނައުމަށް ކުރަމުންމިދާ މަސައްކަތް ހުއްޓުވޭނެ ކަމެއްނޫނެވެ.