Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދުގެ އިސްބޭފުޅުން ލަންކާގައި އުޅޭ ދިވެހިންނާއި މިރޭ ބައްދަލުކުރައްވާނެ

September 29, 2008

އެމްޑީޕީ އިއްތިހާދުގެ އިސްބޭފުޅުން ލަންކާގައި އުޅޭ ދިވެހިންނާއި މިރޭ ބައްދަލުކުރައްވާނެ

އެމްޑީޕީ އިއްތިހާދުގެ އިސްބޭފުޅުން ލަންކާގައި އުޅުއްވާ ދިވެހިންނާއި މިރޭ ބައްދަލުކުރައްވާނެއެވެ.

ދިވެހިންނާއި ބައްދަލުކުރެއްވުމަށްޓަކައި ކޮޅުބުގައި އޮންނަ ރޯދަ ވީއްލުމުގައި މިރޭ ބައިވެރިވާނެ ބޭފުޅުންނަކީ އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)، ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު، އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ، އެމްޑީޕީގެ ޗެއާޕާސަން މަރިޔާ އަހުމަދު ދީދީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް، އެމްޑީޕީއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މައުސޫމް އަދި އެމްޑީޕީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުހައްމަދު ޒުހައިރުއެވެ. އަދި ކޮޅުބުގައި ހުންނަވާ އެމްޑީޕީއިން ޔޫކޭ، ޔޫއެސް އަދި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ނަސީމް ވެސް ބައިވެރިވަޑައިގަންނަވާނެއެވެ.

އެމްޑީޕީ އިއްތިހާދު ގެ ސަރުކާރަކުން ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތުވެސް މިރޭ ހާމަކުރައްވާނެއެވެ. އަދި ލަންކާގެ އޮޕޮޒިޝަން ލީޑަރ ރަނިލް ވިކްރަމަސިންގްހަ އާ މިބޭފުޅުން ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން ލަންކާގައި ތިއްބަވާ ބޭރު ގައުމުތަކުގެ އެމްބެސެޑަރުންނާއި ވެސް ބައްދަލުކުރައްވާނެއެވެ.
މިބޭފުޅުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ ވާ އަންގާރަ ދުވަހުގެ ހެދުނުގެ ވަގުތެއްގައެވެ.

1 Comment

  1. ސާާަަަަަަަަަަަބަސްދަރިންނެެެޭ.ވިސްނުންެެއެބަހުރި. ހަަާދަޒަމަާނިީއެޭ

    Comment by Winner — September 29, 2008 @ 11:34 pm