Wathan Edhey Gothah – MDP » ފިތުރު އީދުގެ އުފަލުގައި އެމްޑީޕީ އިއްތިހާދަށް ތާއީދުކުރާ ފަރާތްތަކުން ޕިކަޕްބުރެއް ބާއްވައިފި

October 1, 2008

ފިތުރު އީދުގެ އުފަލުގައި އެމްޑީޕީ އިއްތިހާދަށް ތާއީދުކުރާ ފަރާތްތަކުން ޕިކަޕްބުރެއް ބާއްވައިފި

ފިތުރު އީދުގެ އުފަލުގައި މާލޭ ރީނދޫކުރުމުގެ ހަރަކާތެއްގެ ގޮތުގައި އެމްޑީޕީ އިއްތިހާދަށް ތާއީދުކުރާ އާއްމުންގެ ބަޔަކު ޕިކަޕް ބުރެއް ބާއްވައިފިއެވެ.

ފިތުރު އީދު ދުވަހުގެ ހަވީރު އެމްޕީއޭ ސަރަހައްދުން ފެއްޓި މިޕިކަޕް ބުރުގައި 50އަށްވުރެ ގިނަ ޕިކަޕް ހަރަކާތްތެރިވެފައިވެއެވެ. އަދި އާއްމުންގެ އެތައް ބަޔަކު ސައިކަލްގައާއި ފައިމަގުގައިވެސް މިބުރުގައި ބައިވެރިވެފައިވެއެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މިޕިކަޕް ބުރުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭން މެޓީރިއަލްސް ކަމުގައިވާ ޓީސާޓް، ލީފްލެޓް، ސްޓިކާރ، ބެޖް، އަދި ފުއްޕާހަން ބަހާފައިވެއެވެ.