ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެއްވެސް އިރެއްގައި ހައްދު ކަނޑައެޅޭފަދަ ކުށެއްކޮށްފައި ނުވާކަމަށް ސުޕްރީމްކޯޓުން ނިންމަވައިފި
އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެއްވެސް އިރެއްގައި ހައްދު ކަނޑައެޅޭ ފަދަ ކުށެއްކޮށްފައި ނުވާކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވައިފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމެވީ މިމަހުގެ 8 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މުހައްމަދު ނަޝީދަކީ ޝަރުތު ހަމަނުވާ ބޭފުޅެއްކަމަށާއި އިލެކްޝަންސް ކޮމިޝަނުން ނަޝީދުގެ ނަން ގަބޫލުކޮށްފައި އޮތް އޮތުން ބާތިލް ކުރުމަށް އެދި ޖުމުހޫރީ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސް މޫސާ އަންވަރު ކުރި ދައުވާގެ ހުކުމްގެ ގޮތުގައެވެ.
މިހުކުމް ކުރައްވަމުން އުއްތަމަ ފަޑިޔާރު ފާހަގަކޮށްފައިވާ ގޮތުގައި މުހައްމަދު ނަޝީދު ވެލާނާގެއިން ގެންދެވި އެއްޗެއް ގެންދެވީ އެވަގުތު ވެލާނާގެއާއި ހަވާލުވެފައިވާ ފަރާތްކަމުގައިވާ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިސް ފަރާތްތަކުގެ ހާޒިރުގައެވެ. އަދި ނަޝީދުގެ މައްޗަށް ވައްކަމުގެ ދައުވާ ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓުގައި ކުރި އިރުވެސް ނަޝީދު ވައްކަން ކުރެއްވިކަމަށް އިންކާރުކުރައްވާފައިވެއެވެ. މިހެން ކަމުން ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވޭނެކަމަށް އަދި ނަޝީދުގެ ނަން އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ބަލައިގަތުމަކީ ސައްހަ ބަލައިގަތުމެއްކަމަށްވެސް އުއްތަމަ ފަޑިޔާރު ހުކުމް ކުރެއްވިއެވެ.
އަލްޙަމްދުލިއްﷲ ޝުކުރު. އެއްނަޒަރަކުން ބަލާއިރު އަންނި އެއްވެސް އިރެގައިވެސް ވައްކަން ނުކުރާކަން ވެސް ތިއޮތީ ސާބިތުވެފަ. އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތް ރަސްކަލާންގެ. ކިތަންމެ ވަރަކަށް މީހުން ބަދުނާމު ކުރަން އުޅުނަށް އެމީހަކީ ތެދުވެރިއެއް ކަމަށްވަންޏާ އެކަމުގެ ސިއްރު ކޮންމެވެސް ދުވަހަކުން އިގޭނެ. މި މައްސަލަ ނެންގެވިކަމަށްޓަކައި މޫސާ އަންވަރަށް ޝުކުރިއްޔާ. އެހެންނޫނަމަ އަންނި ގެ ބޮލުގައި ތާއަބަދަށް ވައްކަމުގެ އިލްޒާމް އެޅިފައި އޮންނާނެ. މޫސާ އަންވަރަށް ނޭންގިނަމަވެސް އެގިގެންނަމަވެސް މިކޮށްދެވުނީ ރަނގަޅުކަމަކަށްވާތީ އޭނާއާ އިތުރަށް ދިމާނުކުރުމަށް އެމްޑީޕީ ގެ ލޮބިވެތި މެންބަރުންނަށް ގޮވާލަން. ޙައްޤަށް ނަސްރު ދެއްވާށި. އާމީން.
Comment by ނަސްރާ — October 3, 2008 @ 9:07 am
މޫސައަކީ އަހަރެންނާ އެކީ ފުރަތަމަ ޑިގްރީއަށް ކިޔަވަންފެށި މީހެއް. އޭރު މީ އާޤާނޫނުއަސާސީއ ެއްތޯ ބެލުމަށް ބަހުސެއް ކުރި. އެބަހުސްގައި އަޅުގަޑާ އަޅުގަޑުގެ ޓީމުން މޫސަ ބަލިކުރިން. އޭނައަކީ ވިސްނުމުގަ ކުޑަ މައްސަލައެއް އުޅޭ އެކުވެރިއެކޭ ބުނެވޭނީ…. މޫސަ ރުޅިނާންނާނެ ކަމަށް ހީކުރަން… މިހެން އަޅުގަޑުމެން ކުލާހުވަރަށް ގިނަ ކުދިން ބުނޭ… މޫސަ މިހާރު ކިޔެވުންވެސް ހުއްޓާލައިފި…. އަދި މުނަށްވަރަޢް ކެމްޕޭން ކޮށްދީ،، މުނައްވަރު އެމް.ޑީ.ޕީ ޕްރައިމަރީގައި ނުހޮވުމުން މުނައްވަރު ފަހަތުން ޖުމްހުރީ އަށްދިޔަ…. މޫސަގެ މިހަރަކާތްތަކުނ ް އެގެނީ ބަޔަކު އޭނަ ތަޅުވާކަން…. އޭނަގެ ބޭނުންކުރާކަން.. … އަޅުގަޑު ހެޔޮއެދޭ މީހެއްގެ ގޮތުން މިބުނަނީ އެގޭ މިހުން ކައިރިން އަހައިގެން އެމީހުން ފަހތުގަ ހުރުމަށް… ތިހެން އުޅުނީމަ މޮޔައެކޭ އެންމެން ގޮވާނީ… މިހާރު މޫސަގެ ލޯބިވާ މުނަށްވަރަށް ވެފަ އެހެރީ އެހެން…
Comment by NOONU — October 3, 2008 @ 9:16 am
ހެޔޮވާނެތަ މީހަކު ނުކުރާ ކަމެއް ބޮލުގަ އަޅުވަން؟ މޫސާ އަންވަރުގެ ބުއްދި ގޯހީދޯ “ނޫނު” އެބުނިގޮތަށް. އޭނަ ނުކުރާ ކަމެއް ބޮލުގަ އަޅުވާފިނަމަ އެމީހެއްގެ މަސްގަނޑު ނޮޅައިގެން ކާލަފަވެސް ލާނެ. އަންނި ކުރިއަށްގެންދޭ. ހުރިހާ ކަމެއް ދެނެވޮޑިގެންވަނީ ﷲ.
Comment by hafyz — October 3, 2008 @ 4:34 pm
މޫސައަކީ ތިމާވަރުގެ މީހެއް ނެތިގެން އުޅޭ މީހެއް. ތިމާއަށް ތިމާ ފެނުނީނަމަ ދެން ވާނެ ގޮތް އެހެރީ މޫސައަށްވެފަ. އަންނި އާ ވައި އެޅެންވެސް މޫސަ ނަހަދާތި. މީހަމަ ކުރާ އިންޒާރެއް. އަހަރުމެން މިތިބީ ފިސާރި ކެރިގެން ނުކުމެ. މޫސަހެން މީހަކު ދިނީމަ ކައިގެން ދުވާލަކު ފުޅަފެއް މަތިން ފުންމާ ބައެއްނޫން އަހަރުމެންނަކީ. މިއަދު ތިމޫސައަކަށްވެސް މޭފުއްޕާފަ ނުކުންނަން ކެރިގެން ތިއުޅެނީ މި ކެނެރީގޭ މުޙައްމަދު ނަސީދަކާ ހެދި. ދެން މޫސަހުރޭ ޖުމްހޫރީ ގުޅުމުން ޖަހާހާ ބެރެކަށް ނަށަން. ތިކަހަލަ ނުބައި ރޭވުން ނެތިކުރެއްވުމަކީ މަތިވެރި ﷲ ރަސްކަންފުޅަށް ބޮޑުކަމެއްނޫން. ﷲ އިރާދަ ކުރެއްވިއްޔާ ތިފަދަ ނުބައި ފަސާދަވެރިންގެ އަރުގައި މިފަހަރު ފިސާރި ހިތިރަހައެއް ލައްވާނަން. އަނެއް ދިވެހި ރާއްޖެއަށް ދިއުމަށް އެދި ﷲ ހަޟްރަތުން ވާގިއެދިގެން މި ދަތުރަށް މިތިބީ ފިސާރި ތައްޔާރު ވެގެން
Comment by އައިޝާ — October 3, 2008 @ 5:41 pm