ތާހިރު ދިރިއުޅުމަކަށް ގޮވާލައްވައި އަންނި ދެއްވި ޚިތާބު
Download: 7th_march_2008_speech.mp3
(ތިރީގައި މިވަނީ އެމްޑީޕީގެ ތަމްހީދީ އިންތިހާބުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ޗެއަރޕާސަން ގ ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި) ގެ 7 މާޗް 2007 ވަނަ ދުވަހު އޭނާގެ ކެންޕެއިން ފެއްޓުމަށް ބޭއްވި ޖަލްސާގައި އޭނާ ދެއްކެވި ވާހަކައެވެ.)
~ އައްސަލާމް އަލައިކުމް. ގައުމީ ހަޔާތުގައި ގައުމެއްގެ ހަޔާތުގައި ވެއްޖިއްޔާ އަންނާނެ ދަނޑިވަޅުތަކެއް، އަންނާނެ ހިނދުކޮޅުތަކެއް، އެހިނދުކޮޅުތައް މިސްރާބު މިދައްކާ ދެނީ އެގައުމު އެބަޔަކު ދެންގޮސް އުފުލޭ މަރުހަލާ. އަޅުގަޑުމެން ދެން ދާނެ ތަން، އަޅުގަޑުމެންނަށް ދެން ވާނެގޮތް އެގިވަޑައިގަންނަވާނެ. މިދުވަހަކީ، މީގެ ހަތަރު ފަސްއަހަރު ކުރީގައި މިރޭ މިތާ ވަޑައިގެން ތި ތިއްބެވި އެންމެ ބޭފުޅުންގެ ތެރެއިން އަޅުގަޑަށް ޔަގީން ހަމަ ކަށަވަރު އެންމެ ބޭފުޅަކަށްވެސް ވިދާޅެއް ނުވެވޭނެ ތިމަންނާމެން މީގެ ހަތަރު އަހަރު ކުރީން ހީކުރީމޭ މިރޭ މިތާގައި އަޅުގަޑުމެން ތިބޭނަމޭ. އެހެނެއް ނޫން އެކަން އޮތީކީ. އަޅުގަޑުމެންނަށް މިތަނަށް މިމަރުހަލާއަށް އާދެވި މިތިބީ ވަރަށް އުދަގުލުން.
މިއީ އެންމެ ފަހު މަރުހަލާގެ ފެށުން
މިރެޔަކީ ވަރަށް އުފާވެރި ރެޔެއް. ހަމައެކަނި އަޅުގަޑު ކުރިމަތި ލާތީކީއެއް ނޫން، އަދި ރިޔާސީ އިންތިހާބު ހުޅުވިގެން އަންނާތީކީ އެއްވެސްނޫން. މިރެޔަކީ އަޅުގަޑުމެން ވަރަށް މަސައްކަތް ކުރަމުން އައިސް ޑިމޮކްރަސީގެ އުސޫލުން ދިވެހި ރައްޔިތުން އެދޭ ވެރިކަމެއް ދިވެހި ރައްޔިތުންނަށް އިހްތިޔާރު ކުރުމުގެ ފުރުސަތުތަކެއް ލިބިގެންދާ ނިޒާމެއް ގާއިމު ކުރުމަށްޓަކައި އަޅުގަޑުމެން ކުރަމުން އައި މަސައްކަތުގެ އެންމެ ފަހު މަރުހަލާގެ ފެށުން. އަޅުގަޑުމެން ބުނަމުން މިއައީ އަޅުގަޑުމެންނެއް ނޭދެމޭ މިރާއްޖޭގެ ރައްޔިތުންނަކީ ފޮތްލިސްޓަށް ސަލާމްޖަހާ ބަޔަކަށްވާކަށް، ބޭސްސިޓީއަށް އާދޭސްކުރާ ބަޔަކަށްވާކަށް، ދެދަންފަޅިއަށް ނިދާ ބަޔަކަށްވާކަށް، ހަތަރު ދަންފަޅިއަށް ދަރިން މަދްރަސާއަށް ގެންދާ ބަޔަކަށް ވާކަށް. އަޅުގަޑުމެނެއް ނޭދެމޭ ހާސްކަންމަތީގައި ދިރިއުޅޭކަށް. އަޅުގަޑުމެން ބުނަމުން މިއައީ އަޅުގަޑުމެން އެދެނީ ތާހިރު ދިރިއުޅުމެކޭ. އަޅުގަޑުމެން ބޭނުމީ އަޅުގަޑުމެން ކުރާ ހަލާލު މަސައްކަތަށް ރަގަޅު ފައިސާއޭ. އެންމެ މަދުވެގެން އުޖޫރައިގެ ގޮތުގައި އަޅުގަޑުމެން ބުނަމުން މިއަންނަނީ ކޮންމެ މީހަކަށްވެސް އެންމެ މަދުވެގެން ހަތަރުހާސް ރުފިޔާ ލިބެންޖެހޭނޭ. އުމުރުން 65 އަހަރުވެ ދޮށިވީމާ މުސްކުޅިކަންމަތީގައި އިންނާނީކީއެއް ކޮންމެވެސްތަނެއްގައި ގާޑަކަށްވެ އެއްކައިރިއަށް ޓޯޗްވެއްޓިފައި ނިދިޖެހިފަކާއެއްނޫނޭ، އެހެންނެއްނޫނޭ އަޅުގަޑުމެންގެ ޕެންޝަނަރުން ބައިތިއްބަން އަޅުގަޑުމެން އެދޭގޮތަކީ. އަޅުގަޑުމެން ބޭނުމީ ދުވަސްވީ މީހުންނަށް ކޮންމެވެސް އެއްޗެއް ދެހެރޭ. އަޅުގަޑުމެން ބޭނުމީ ވަޒީފާ ހޯދަން އުޅޭ މީހުންނަށްވެސް އަޅުގަޑުމެންނަށް ދެވޭ އެއްޗެއް ދެހެރޭ.
ރާއްޖެއަކީ މުއްސަނދި ގައުމެއް
އަޅުގަޑުމެންނަށް އެގޭ މިރާއްޖޭގެ މުއްސަނދިކަން އަޅުގަޑުމެން މިއަދާ ހަމައަށް އައިއިރުވެސް މިދެންނެވި ހަތަރު އަހަރު ކުރީގައިވެސް އަޅުގަޑުމެންގެ ކަންފަތަށް އަބަދުމެ އަޑުއިވިފައި މިއޮންނަނީ، އަބަދުމެ އިވިފައި ހުރި ވާހަކަތަކަކީ، މިރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް މަދު، މީސްކޮޅު މަދު، ތަނަވަސްކަމެއްނެތް، ގައުމެކޭ. ހަނދާން އެބަހުރިތޯ ރޭޑިއޯ ޓީވީން ތަކުރާރުކޮށް އަޅުގަޑުމެންނަށް އޮޅުވާލަމުން ގެންދިޔައީ އަޅުގަޑުމެންގެ މުއްސަނދިކަމާ ގުޅޭގޮތުން. އަޅުގަޑުމެންނަށް އެގޭ އެކަންވެސް މިރާއްޖެއަށް ލިބޭ އާމްދަނީ، އަޅުގަޑުމެންނަށް އެގޭ މިރާއްޖޭގެ މުއްސަނދިކަން. އަޅުގަޑުމެން އޭރުވެސް ފުރިހަމައަށް ގަބޫލުކޮށް ތިބީ މިރާއްޖޭގެ މުއްސަނދިކަމަކީ މިދެންނެވި ކަންކަން މިރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވޭނެ މުއްސަނދި ކަމެކޭ. އަޅުގަޑުމެން ބޭނުމެއް ނުވެއޭ އަދި މާދުރަކަށް އަޅުގަޑުމެންގެ ވިސްނުން ގެންދާކަށްވެސް ނުޖެހެއޭ، މިމުއްސަނދިކަން އަޅުގަޑުމެންގެ އެންމެންގެ ތެރެއަށް ރަގަޅަށް ރީތިކޮށް ބެހިގެންދާކަށް. ބޯހިޔާ ކުރެވޭނެ، ދަރީންނަށް ރަގަޅަށް ކިޔަވައިދެވޭނެ، ތިންއިރު ކައިގެން އުޅެވޭނެ، ފާގަތި ދިރިއުޅުމެއް އުޅެވޭނެ. އަޅުގަޑުމެން ބުނަމުން އައިމު އަޅުގަޑުމެން ބޭނުމޭ ކޮންމެ ދެމަފިރިއަކަށްވެސް މަދުވެގެން މަހަކު އެއްފަހަރު އައިސްކްރީމް ބޯންދާން. އަޅުގަޑުމެން އެދެމޭ ކޮންމެ އާއިލާއަކަށްވެސް ޗުއްޓީގަ ދެވޭނެ ގޮތްވުން، އަޅުގަޑުމެން ބޭނުމެއް ނެތޭ ކުލި ނުދެއްކިގެން ފެންބިލް ނުދެއްކިގެން ފޯނުބިލް ނުދެއްކިގެން ހާސްވެގެން ތިބޭކަށް. އަޅުގަޑުމެން ބޭނުންވަނީ ހާސްކަން ކަނޑާލަހަރޭ. އަޅުގަޑުމެންނަށް މިރާއްޖެ ދިވެހިރައްޔިތުންނަށް މިރާއްޖެ ރައްދުކޮށްދެވޭނޭ. އަޅުގަޑުމެން ކުރަމުން މިއަންނަނީ މިމަސައްކަތޭ.
އިންތިޚާބާ ކުރިމަތިލީ ސަބަބު
ތިބޭފުޅުންތެރޭން ބައެއް ބޭފުޅުން އެބަވިދާޅުވޭ ނަޝީދު ކީއްވެހެއްޔޭ ކުރިމަތިލީ. ރިޔާސީ ރޭހުގައި ބައިވެރިވީ. ދަންނަވަންތޯ އެސުވާލަކީ އަޅުގަޑުވެސް އަޅުގަޑުގެ ހިތުގައި ތަކުރާރުކުރި ސުވާލެއް. އަޅުގަޑު މިރޭ މިތަނަށް އައިސް ހުއްޓި މިހުރީ ހަމަކަށަވަރުންވެސް ވެރިކަމުގެ ދަހިވެތިކަމަކުނޫން. އަޅުގަޑުމެން ދައްކަމުން އައި ވާހަކަތަކެއް އެބަހުރި އަޅުގަޑުމެންގެ އުންމީދުތަކެއް، އަޅުގަޑުމެން މިއެދޭ ތާހިރު ދިރިއުޅުން، އަޅުގަޑުމެން މިއެދޭ ރިވެތިގޮތް ރައްޔިތުންނަށް ލިބުމަށް އަޅާ އެންމެބޮޑު ހުރަހަކީ ނުތާހިރު ވެރިކަން، ތަޣައްޔަރުވެފައިވާ ދިވެހި ވެރިކަން، އެއީ އަޅުގަޑުމެން ވަރަށް ކުރީއްސުރެ ފާހަގަ ކުރަމުން އައިކަމެއް. މިދިޔަ ތިރީހަކަށް އަހަރު ހާއްސަގޮތެއްގަ އަޅުގަޑުމެންނަށް ދިވެހި ވެރިކަމާ ގުޅޭ އެތައް ދިރާސާއެއް ކުރެވިއްޖެ ދިވެހިވެރިކަން ފުރޮޅިގެން އަންނަގޮތް ބެލިއްޖެ، ދިވެހީން މީހުން ވެރިކަމަށް ވަޑުވަނީ ކޮން ހާލަތްތަކެއްގައި ކޮން ގޮތަކަށް، ކިހިނެއްތޯ، އަޅުގަޑުމެންނަށް ބެލިއްޖެ، އަޅުގަޑުމެންނަށް އެގޭ ހަގީގަތަކީ އަޅުގަޑުމެންގެ އާއްމު ދިރިއުޅުން ރަގަޅުކުރާން ވެއްޖެނަމަ އަޅުގަޑުމެން މިނޫން ދިރިޅުމެއް އުޅެންވެއްޖެނަމަ އަޅުގަޑުމެން އެންމެ ފުރަތަމައިނުން ރަގަޅުކުރަން މިޖެހޭކަމަކީ ވެރިކަމުގެ ފާލެއް. ދިވެހިރާއްޖޭގައި ވެރިކަންކުރާ ގޮތެއް ވެރިކަމުގެ ފާލެއް ބަދަލެއް ގެންނާން ޝަފީގު ދެންމެ ވިދާޅުވެއްޖެ، އަޅުގަޑުމެން އެބަޖެހޭ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދާ އެހިތްވަރުން އިންތިޒާމް ކުރެވިފައިވާ ގޮތެއްގައި ސިޔާސީ ވާދަވެރިކަން ނެރެން. ސިޔާސީ ޕާޓީ ހަދަން. ސިޔާސީ ޕާޓީގެ ބޭނުމަކީ މިދެންނެވީ، ވާދަވެރި މާހައުލެއް ސިޔާސީ މަޝްރަހުގައި ތައްޔާރުކުރުން. އެމާހައުލުގައި އެއްބަޔަކާ އަނެއްބަޔަކާ ރިވެތިގޮތުގައި ވާދަކޮށް ރައްޔިތުން ރުހޭބަޔަކަށް ކަންކަން ހަވާލުކުރުން. އަޅުގަޑުމެން ދެކިގެން އައީ ސިޔާސީ ޕާޓީއެއް ބިނާކުރެވިގެން ނޫނީ އަދި އަޅުގަޑުމެން މިއަދުވެސް މިދެކެނީ އެހެން. އެނޫންގޮތަކަށް މިރާއްޖޭގެ ވެރިކަމެއް އަދި އެހެން އެއްވެސް ރާއްޖެއެއްގެ ވެރިކަމެއް ފުރިހަމައެއް ނުކުރެވޭނޭ ރަގަޅެއް ނުކުރެވޭނޭ.
ބަރުލަމާނީ ނިޒާމު ވަގަށް ނެގުން
އަޅުގަޑުމެން ތާއީދުކުރީ މިހެންވެ ބަރުލަމާނީ ނިޒާމަކަށް. އެ ނިޒާމުވަނީ އަޅުގަޑުމެން އަތުން ވަގަށް ނަގާފަ. ބަރުލަމާނީ ނިޒާމު ވަގަށްނަގައިގެން ގެންދިޔަކަން މިހާރު މިދަނީ ދުވަހެއް ދުވަހަކަށް ސާބިތުވަމުން. އަޅުގަޑުމެން ބުނީމު ވޯޓުލާ ވޯޓު ހައްގުވާ މީހުންގެ ގޮތުގައި ކޮމިޝަނަރ އޮފް އިލެކްޝަންސް ތިޔަ ނެރުއްވާފައިވާ ލިސްޓުގައި ގިނައީ މަރުވެފައި ތިބި މީހުންނޭ. ވޯޓްލީ އަދަދު ވޯޓް ހައްގުވާ މީހުންނަށްވުރެ އިތުރުވެގެން ގޮސް މިހުރިހާ ކަމެއް ވެގެން ދިޔައިމާވެސް އެނަތީޖާ ސައްހަ ނަތީޖާއެއްގެ ގޮތުގައި ނަގާ ނަގަހައްޓާފައި މިހުރީ. މިއަދު ކިހިނެއްތޯ މިވަނީ. ކޮމިޝަނަރު އޮފް އިލެންޝަންސް އަމިއްލަފުޅަށް އިއުތިރާފުވަމުން އެވަޑައިންނަވަނީ އެބޭފުޅުންގެ ލިސްޓް ތަރުތީބު ނޫނޭ. އެބޭފުޅުންގެ ލިސްޓުގައި އެތައް ބައެއް އޮތީ މަރުވެފައި ތިބި މީހުންނޭ. އަސްލު ހަގީގީ ވޯޓް ހައްގުވާ މީހުންގެ އަދަދު މިރާއްޖޭގައި ދެލައްކަ ފަންސާސްހާސް ނުވަތަ ދެލައްކަ އަށްވުރެ މައްޗަށް އަރައިގެން ދާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. ކޮމިޝަނަރ އޮފް އިލެކްޝަންސްވެސް މިހާރު އެވާހަކަ ގަބޫލު ކުރައްވައިފި.
އަޅުގަޑު މިދަންނަވާ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް މިރާއްޖޭގެ ވެރިކަން އެނބުރުނުނަމަ، ގާނޫނުއަސާސީގައި ލިޔެވިފައި އޮތީހޭ ސަރުކާރު ހިންގާނީ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުންނޭ. މިއަދު މިހާރު މި އިސްލާހުކުރެވޭ ގާނޫނު އަސާސީއެއްގައި ލިޔެވިފައެއްނެތޭ އިގޭތޯ ސިޔާސީ ޕާޓީގެ ދައުރެއް އަސާސީ ހައްގެއްގެ ގޮތުގައި. ޕާޓީގެ ނަން ގަނެވުމުގެ އިތުރުން މިގާނޫނުއަސާސީއަކު ސިޔާސީ ޕާޓީއަކަށް ރޯލެއްނެތް. އަޅުގަޑުމެން މިތިބަ ގޮތަށް މި އިންތިހާބަށްގޮސް ތިވިދާޅުވާ ބައެއް ބޭފުޅުން ވިދާޅުވާ ފަދަ ޒައީމަކު، ރައީސަކު، އެއީ މިދަންނަވާ ރަތްދޫލަޔާ، ތަޚްތިހަލް އަންހާރާ، ކަރާމަތާ، ގަދަރާ، އިއްޒަތާ މިއެންމެ ތަކެއްޗާ އެކީގައި ނަންގަވައިފިއްޔާ ސިޔާސީ ޕާޓީތައް އޮންނާނީ ވަރަށް ފަނޑު ގޮތަކަށް. އޮންނާނީ ހަމަ ކިރިޔަކިރިޔާ އޭގެ އޮނިގަނޑު ބޭރު އަޅުގަޑުމެންނަށް ފެންނަވަރަށް ޕާޓީތައް ވެގެންދާނީ. ބޭބޭފުޅުން ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރާ މެޝިނެއްގެ ގޮތުގަ އިންޖީނެއްގެ ގޮތުގަ.
ވެރިކަން ސާފުތާހިރު އެއްޗަކަށް ހެދޭނީ ޕާޓީއެއްގެ ވެރިކަމަކުން
އެހެންނަމަވެސް އަޅުގަޑުމެން އުންމީދުކުރަމުން އައީ އަޅުގަޑުމެން ދެކެމުން އައި ހުވަފެނަކީ އަޅުގަޑުމެން ވަކާލާތު ކުރަމުން އައީ ސަރުކާރުގެ ސިޔާސަތު ވާނީ ކާމިޔާބުކުރާ ޕާޓީގެ ސިޔާސަތުގައޭ އެޕާޓީގެ ސިޔާސަތު ކަނޑައަޅާނީ. އެޕާޓީގެ މެންބަރުންނޭ، މެންބަރުން އެކަން ކުރާނީ ގޮފިތަކުންނޭ. ކޮންގްރެސުންނޭ. އަޅުގަޑުމެން އުންމީދުކޮށްގެން ތިބީ އަޅުގަޑުމެން ދެކެމުން އައީ އަޅުގަޑުމެންނާ ގުޅޭ ކަންކަން އަޅުގަޑުމެންގެ ސިޔާސަތުތައް އެއީ އަޅުގަޑުމެންގެ ޕާޓީ ތެރެއިން ނިމިގެން އަންނަ ސިޔާސަތުތަކަށް ވާންޖެހޭނޭ. އަޅުގަޑުމެން ވަކާލާތު ކުރަމުން އައީ އަޑުހަރުކޮށް ބުނަމުން މިއައީ އަޅުގަޑުމެން އެދެމޭ ވަޒީރުންގެ މަޖިލީހަކީ ޕާޓީގެ ތެރެއިން ނުކުންނަ މަޖިލީހަކަށްވާން. އަޅުގަޑުމެން އަބަދުވެސް އަޅުވަމުން އައީ މިރާއްޖޭގެ ވެރިކަން ތަޣައްޔަރުވެފައި އޮތް ގޮތާ އެކަމުގެ މައްޗަށް ވިސްނާ އަޅުގަޑުމެން މިވާހަކަތައް ދައްކަމުން އައީ. ވަޒީރުންގެ މަޖިލިސް މިހާރުވެސް އަދި އޭރުވެސް އޮތްގޮތް އަޅުގަޑުމެންނަކަށް ކިލަނބުވެފަކާއެއް ނެތް. އަޅުގަޑުމެން އެތަޖުރިބާގެ އަލީގައި ބޭނުންވީ ވަޒީރުންގެ މަޖިލިސް މިމަޖިލީހަކީ ޕާޓީތަކުގެ ތެރެއިން އެކުލަވާލެވޭ މަޖިލީހަކަށް ވާންޖެހޭނޭ. ބަރުލަމާނީ ނިޒާމެއްގައި އެކަން ވާނީ އެހެން، މިހާރު އަޅުގަޑުމެންގެ ގާނޫނުއަސާސީގައި ފާހަގަވެފައިވާ ރިޔާސީ ނިޒާމު ކަމުގައި އެކަން އޮތީކީ އެހެނެއްނޫން.
އަޅުގަޑުމެން ޖުމްލަކޮށް އެދިގެން ތިބީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ފަދައިން މިރާއްޖޭގެ ވެރިކަން ތާހިރު ކުރެވޭނީ ސާފު ކުރެވޭނީ އެވެރިކަން އެއީ ޕާޓީތަކުގެ ކޮންޓްރޯލެއް ވެރިކަމުގެ މައްޗަށް އޮންނަ ވެރިކަމެއްގެ ގޮތުގައި އެކުލަވާ ލެވިގެން. އަޅުގަޑު ދެންނެވީ މި ދެންނެވިހެން ސިޔާސީ ޕާޓީ މިރާއްޖޭގައި އަށަގެންނެވުމަށް ދެމެހެއްޓެނިވި ގޮތުގައި ސިޔާސީޕާޓީ މިރާއްޖޭގައި އަށަގެންނެވުމުގެ މަސައްކަތް މިއަދާހަމައަށް އަދި މިއޮތީ ނުނިމިއޭ. އެމަސައްކަތުގައި އަޅުގަޑުމެން މި ހޭދަކުރަމުން އައި ވަގުތެއް ހޭދަކުރަމުން އައިސް މިއަދާ ހަމައަށް އާދެވުނުއިރުގައި މިދޭތެރެއަށް އިންތިހާބެއް ވަދެއްޖޭ. ރިޔާސީ ނިޒާމު އަދި މިފަހަރުގެ ރިޔާސީ އިންތިހާބު.
އަޅުގަޑު ކުރިމަތިލުމުގެ އެންމެ ބޮޑު ބޭނުމަކީ މިދެންނެވީ. އަޅުގަޑުމެން ވަރަށް ގިނަ މީހުން ކުރި މަސައްކަތެއް މިއީ ވެރިކަމުގެ ތެރޭގައި ބައްކުރެވޭ އިންތިޒާމުތަކެއް ފާޑުކިޔޭ ގޮތްތަކެއް، އެކުލަވާލުން އެކަން މިހާރު މިއޮތް ގާނޫނުއަސާސީން އަދި ހަގީގަތުގައި އަޅުގަޑުމެންނަށް ސާފުކޮށްނެއް ނުދެވޭ. ޕާޓީއަށް އޮތް ޖާގަ ވަރަށް ކުޑަ އަޅުގަޑަށް މަޖުބޫރު މިޕާޓީ މި އިންތިހާބަށްފަހު ގެންގޮސް ސަލާމަތުގެ އައްސޭރިއެއްގައި ބަނދަރުކުރުން އެއީ އަޅުގަޑު ކުރާނެކަމެއް. އަޅުގަޑެއް ދުލެއް ނުކޮށްލާނަން މިޕާޓީއެއް. އޮޔާލާކަށް، އޮޔާދާކަށް، އަޅުގަޑެއް ނުދޭނަން. އަޅުގަޑު އިރާދުކުރެއްވިއްޔާ މިޕާޓީގެ ޚިދުމަތުގައި ނުކުންނަންޖެހޭ ކޮންމެ އިރެއްގައި ނުކުންނާނަން. އަބަދުވެސް ނުކުންނާނަން. އަޅުގަޑު އިއްޔެވެސް ނުކުތިން، މިއަދުވެސް ނުކުތިން، މާދަމާވެސް އަޅުގަޑު ނުކުންނާނަން، އަޅުގަޑު ކުރިމަތިލާންޖެހޭ އެހެން ސަބަބުވެސް އެބަހުރޭ.
މައުމޫނު ބަލިކުރެވޭނީ އެއްކެންޑިޑޭޓަކު ނެރިގެން
އެގިވަޑައިގަންނަވާނެ ބައްލަވާދެން މިސާލަކަށް އިންތިހާބެއް ބޭއްވެނީއްޔޭ، ގާނޫނުއަސާސީ ތަސްދީގުވަނީއްޔޭ، ޝަފީގު ވިދާޅުވީ ދެގޮތުންކުރެ އެއްގޮތްވަނީއޭ، އެއީ ގާނޫނުއަސާސީ ތަސްދީގު ކުރެވި ހުރިހާ ޕާޓީތަކަށް ގިނަ ޕާޓީތައް ވާދަކުރެވޭ އިންތިހާބެއް ބޭއްވެނީއްޔޭ. އެއްކޮޅުން ކުރިމަތި ލައްވަނީ ޑީއާރުޕީގެ ޒައީމު ދެވަނައެއް ނުވާ މައުމޫނު މައްޗަންގޮޅި ކިނބިގަސްދޮށުގޭ. އެއްލައްކަ ހަތްދިހަހާސް މީހުން ވޯޓްލާން މިތިބީ. އަނެއްކޮޅުން ބަރުލަމާނީ ވޯޓަށްފަހު އަޅުގަޑުމެންނަށް ވިސްނުނީ އެއް ކެންޑިޑޭޓު ނުނެރެނީނަމަ މައުމޫނާ ވާދަކުރަން އަޅުގަޑުމެންނަށް ދަތިވާނޭ ގަބޫލުކުރޭ އެއީ ދަތިކަމަކަށްވާނެ. ވާދަވެރި ފަރާތްތައް ބައިބައިވެގެން ނުކުމެ ރައީސް މައުމޫނާ ނުވަތަ ޑިއާރުޕީއާ ވާދަކުރުމަކީ އެންމެ ރަގަޅު ގޮތްކަމަކަށް ހަމަކަށަވަރުންވެސް އަޅުގަޑަކަށް ގަބޫލެއް ނުކުރެވޭ.
އަޅުގަޑުމެން، އަޅުގަޑު އެމްޑީޕީގެ ނަމުގައި އެމްޑީޕީއާ އެކީގައި ސަތޭކަ ހަތަރު ދަތުރު ކޮށްފިން، އަޅުގަޑު ހަމަ އަޅުގަޑުމެންނަށް ތާއީދު ލިބޭ ރަށްރަށް ވަރަށް ގިނަ އަޅުގަޑުމެން ދިޔައިމާ ހިންހަމަޖެހުމާ އުފަލާ އެކަމުން ހިތްވަރު ލިބިގަންނަ ރަށްރަށް ވަރަށް ގިނަ. މިޖަނަވަރީމަހު އަޅުގަޑު ދިޔައިން ގައުމީ އިއްތިހާދާ އެކީގަ. ގައުމީ އެއްބައިވަންތަ ގުޅުމާ އެކީގައި އިހަވަންދޫން ފެށިގެން އައްޑޫއަ ހަމައަށް 26 ރަށުގައި އަޅުގަޑުމެން ޖެއްސިން. އަޅުގަޑުމެންނަށް ފެނުނީ އިއްތިހާދުގެ ނަމުގައި އަޅުގަޑުމެން ރަށްރަށަށް ފޭބީމާ ރައްޔިތުން އަދި ތިބެނީ މާރުހިފައިއޭ. އެއް ކެންޑިޑޭޓް އެބަ ނެރެންޖެހޭ ރައީސް މައުމޫނާ ވާދަކުރަން. އަޅުގަޑު ނެތިން އަޅުގަޑުމެން ޕާޓީގެ އެއްވެސް ބޭފުޅަކާ ދިމާލަށް ނިސްބަތްވާގޮތަށް އެއްވެސް އެއްޗެއް ބުނާކަށް. އަޅުގަޑު ނޭދެން އަޅުގަޑާ ދިމާލަށް ބުންޏަސްވެސް އަޅުގަޑަށް އެގެއޭ އަޅުގަޑަށް ތަހައްމަލު ކުރެވޭނެކަން. އަޅުގަޑަށް އެގޭ އަދި އަޅުގަޑުގެ ގައިގައި ދެތިން އެއްޗެއް އެރިޔަސްވެސް އަދިވެސް ހަމަ ކޮޅަށް ހުންނާނެކަން. އަޅުގަޑާ ދިމާލަށް އަޅުގަޑޭކިޔާ ދެއްކޭނެ ހަމަ އެއްވެސް ވާހަކައެއް ނޯންނާނެ. ހަމަ އެއްވެސް ވާހަކައެއް.
މަގުމައްޗަށް ނިކުތީ ތިމާއަކީ ކާކުތޯ ދެނެގަތުމަށް
އަޅުގަޑުގެ މައްސަލައެއްނެތް، އަޅުގަޑުގެ މައްސަލައެއްނެތް، އަޅުގަޑާ ދިމާލަށް ކޮންމެ އެއްޗެކޭ ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް. އެހެންނަމަވެސް އަޅުގަޑު އާދޭހާއެކު މިދަންނަވަނީ އަޅުގަޑުމެންގެ ސަޕޯޓަރުން އަޅުގަޑުމެން މިކެމްޕޭނުގައުޅޭ އެއްވެސް ބޭފުޅެއް އެހެން ކެންޑިޑޭޓަކާ ދިމާލަށް އެއްޗެއް ބުނުއްވައިގެން ނުވާނެ. ބުނުއްވާ ކަމަށް ވަނީވިއްޔާ އެއީ އަޅުގަޑުގެ ސަޕޯޓަރެއްނޫން. އަޅުގަޑުމެން މިދައްކަނީ އަޅުގަޑުމެން މިނުކުންނަނީ ރިވެތި ނަމޫނާއެއް ދައްކަން. ބައެއް ބޭފުޅުން ހިތަށް އެރީ އަޅުގަޑުމެން މަގުމައްޗަށް ނުކުތީމާ އެއުޅެނީ މިވެނިކަމެއް ކުރަހަރޭ. އަޅުގަޑު ދެން ކިހިނެއްބާއޭ މިވާހަކަ އޮޅުން ފިލުވައިދޭނީ. މަގުމައްޗަށް މިނުކުންނަނީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދާ ތިމާޔަކީ ކާކުކަން ތިމާއަށް އިގެން. ރައްޔިތަކު މިރާއްޖޭގައި ނެތޭ އިގޭތޯ. މިރާއްޖޭގައި ތިބީ ހަމަ ދެބައިންދާ މައުމޫނު އެކަނި، މިރާއްޖޭގައިހުރީ ސީދާ ޚުދުމުޚުތާރު ވެރިޔެއް. އަޅުގަޑުމެން އެ މާހައުލުގެ ތެރެއިން އެބަ ސިޔާސީ އިސްލާހު ގެންނަން ކުރަންޖެހޭ. އެންމެ މުހިންމުކަމަކީ ކޮންމެ ފޮތެއް ކިޔުއްވިއަސް އަދި ކޮންމެ ގައުމެއްގެ ތަޖުރިބާ ބެއްލެވިޔަސް އަދި މިރާއްޖޭގެ ތާރީހު ބެއްލެވިޔަސް އެންމެ ބޮޑު އެއްކަމަކީ ހިތްވަރު ލިބިގަތުން. ހިތްވަރު ލިބިނުގަނެ އަޅުގަޑުމެންނަކަށް މިޕާޓީއެއް ނުހެދުނީސް.
އަޅުގަޑުމެންނަށް ޕާޓީއެއްގެ ސިފައިގައި މިތާ މި ތިބެވެނީ އެކެއް އެނެކެއްގެ ކިބައިން ހިތްވަރު ހޯދައިގެން. އެހިތްވަރު ހޯދުމަށް އަޅުގަޑުމެންނަށް އެންމެ ބޮޑަށް އެހީތެރިވެ ވަޑައިގަތީ ހަމަ ސްޓަރފޯސް. އަދި ހަމަ މައްޗަންގޮޅި ކިނބިގަސްދޮށުގޭ މައުމޫނުއަބްދުލް ގައްޔޫމް. ދަގަނޑު ހެދުމުގަ ދަގަނޑު ޖަންގިޔާގައި އައިމާ ދެން އެއަށް އަޅުގަޑުމެން ކުރިމަތިލާން ނުކުތީ. އަޅުގަޑުމެންނަށް އެގޭ އަސޭމިރުސް ދިޔަޔާ، ކަރަންޓު މުގުރާ، ޖެހުނީމާ ތިމަންނާ އަކީ މީހެއްކަން، އެހިތްވަރުގައޭ އަޅުގަޑުމެން ނުކުމެ މިތިބީ މިޕާޓީ ހަދައިގެން. އެމްޑީޕީގައޭ އިގޭތޯ ސިޔާސީ ހިކްމަތް އޮތީ، އެމްޑީޕީގައޭ އިގޭތޯ ތޫނު ވިސްނުންވެސް އޮތީ. އެމްޑީޕީގަ އޮތީ ގަދަ ހިތްވަރުވެސް، މާތްރަސްކަލާނގެ އިރާދައާ އެކީގައި މިޕާޓީއަށް ދިވެހިރާއްޖޭގެ ވެރިކަމަށް ނާދެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް. ހަމަ އެއްވެސްގޮތެއް ނެތް. މި އިއްތިހާދު އަޅުގަޑުމެން ހަދާފައި މިވާ އެއްބައިވަންތަކަމުގެ ގުޅުން އެއީ މިދެންނެވި، ފުރަތަމަ އަޅުގަޑުމެން ހެދި ޕާޓީ އެއީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދައިގެން ދެން އަޅުގަޑުމެން ހެދީ އިއްތިހާދެއް. އެއީ އެއްޕާޓީ އަނެއް ޕާޓީގެ ކިބައިން ހިތްވަރު ހޯދައިގެން.
މަސައްކަތްކުރާނީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް
އަޅުގަޑުމެން ޔަގީން ކުރައްވާ، ޔަގީންކުރައްވާ އަޅުގަޑުމެން މިރާއްޖޭގައި އޮންނަ އެންމެ ފުރަތަމަ ގިނަ ޕާޓީތައް ވާދަކުރާ އިންތިހާބުގައި ނެރޭނީ ވާދަވެރި ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓު، އެއް ކެންޑިޑޭޓު، އައިޑީޕީވެސް، އަދާލަތުވެސް، ނިއުމޯލްޑިވްސްވެސް، ސޯޝަލް ލިބަރަލް ޕާޓީވެސް، އެމްޑީޕީވެސް އަދި ދެން ހުރި ޕާޓީތައްވެސް އަޅުގަޑުމެންނަށް ގެނެވޭނޭ ހަމަ އެއް ކަނދުފައްޗަކަށް. އަޅުގަޑުމެންނަށް ނެރެވޭނޭ އެއް ކެންޑިޑޭޓު. އަޅުގަޑުމެން މީގެ ކުރީގައިވެސް ކޮށްފަ އޮތީ ކުރެވޭނެކަމަށް މީހުން ދެކޭ ކަންކަމެއްނޫން. ސިޔާސީ ޕާޓީ ހެދުމަކީ ހަމަ އެއްގޮތަކަށް ހިލާ މިރާއްޖޭގައި ވާން އޮތް ކަމެއްކަމަކަށް މީގެ ދެތިން ހަތަރުއަހަރު ކުރިޔަކުވެސް އަޅުގަޑު ކައިރިޔަކު މީހަކު ގަބޫލެއްވެސް ނުކުރޭ.
މިރޭ އަޅުގަޑު މިވައުދު ވަނީ އަޅުގަޑުގެ ހުރިހާ މަސައްކަތެއް އަޅުގަޑު ކުރާނަމޭ އެއް ކެންޑިޑޭޓު ނެރުމަށް، ބައްލަވާ މިދަންނަވާ އިންތިހާބު އަންނަ އިރުގައި އިންތިހާބު އަންނަނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެއްނޫން، އެއީ ކުޑަކުޑަ ބައެއް. އަޅުގަޑުމެން މިދެކޭ އިންތިހާބަށް އެބައާދޭ 200 ރަށުގެ ރަށު ކައުންސިލް، 200 ކަތީބުން، 21 އަތޮޅު ކައުންސިލް، 21 އަތޮޅުވެރިން، 74 ރައްޔިތުން މަޖިލީހުގެ މެންބަރުންނާ ދެން ރިޔާސަތާ. އެމްޑީޕީ ވާދަކުރަން ނުކުންނަނީ ރިޔާސަތަކާ އެކަންޏެއްނޫން. މި ހުރިހާ ތަނަކާ، އަޅުގަޑުމެން މި ނުކުންނަނީ އަޅުގަޑުމެން ނުކުންނަ އިރުގައި ނުކުންނަ އެއްވެސް ހާލެއްގައި މި ނުކުންނަނީ މުހައްމަދު ނަޝީދެއްނޫން. އެމްޑީޕީ މި ނުކުންނަނީ. އެމްޑީޕީ، ވާދަ މިކުރަނީ 200 ރަށާ، ރަށުގެ ރަށު ކައުންސިލާ، ކަތީބުންނާ، އަތޮޅު ކައުންސިލާ، އަތޮޅުވެރިންނާ، ރައްޔިތުންގެ މަޖިލީހާ، އަދި ރިޔާސަތާ. ގައުމީ އިއްތިހާދުގެ މޭޒަށް ދިޔުން އަޅުގަޑުގެ މަގްސަދަކީ، އަޅުގަޑުގެ ބޭނުމަކީ. އެމޭޒުގައި އަޅުގަޑުމެން ނިންމާނީ. އަޅުގަޑުމެންގެ ޕާޓީ އަޅުގަޑު ޔަގީންކަން އަރުވަން އެމޭޒުގައި އަޅުގަޑުމެން ތިބޭއިރުގައި އަޅުގަޑުމެންގެ ކޮންގްރެސްވެސް އިރާދަކުރެއްވިއްޔާ އެއްފަރާތުގައި އެއްވެ ތިބޭނެ. އަޅުގަޑުމެން އެމޭޒުގައި ނިންމާކަމެއް ނިންމާނީ އަޅުގަޑުމެންގެ ކޮންގްރެސްއާ އެކީގައި. އެއިއްތިހާދުން އަޅުގަޑުމެންނަށް ނިންމޭނެ. އުންމީދު ނަގާ ނުލައްވަހަރޭ އެ އިއްތިހާދެއް ނުރޫޅެއޭ، އަޅުގަޑުމެންނަށް މި އިންތިހާބާ ރައީސް މައުމޫނާ މައްޗަންގޮޅި ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލްގައްޔޫމާ ވާދަކުރާނީ އެއްކެންޑިޑޭޓު ނުކުމެއޭ. އަޅުގަޑުމެން ދިވެހިރާއްޖޭގެ ވެރިކަން އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުކޮށްދޭނަމޭ.
ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔެން ޖެހޭނެ
އަޅުގަޑުމެން މި ރިޔާސީ ކެމްޕޭނުގައި ނުކުންނަ އިރުގައި އަޅުގަޑުމެންގެ އެބަހުރި ފިކުރުތަކެއް، އަޅުގަޑުމެންގެ އެބަހުރި އުންމީދުތަކެއް. މި އުންމީދުތަކާ، މި ފިކުރުތަކާ، އޭގެ މައިގަނޑު ގޮތުގައި ތީގެން ބައެއް ބޭފުޅުން ބެއްލެވިޔަސް އަދި ބައްލަވާފައި ނެތްކަމުގައި ވިޔަސްވެސް އެވަނީ އެމްޑީޕީގެ ކޮންގްރެސްއިން ފާސްކޮށްފަ. އެއީ އަޅުގަޑުމެންގެ މެނިފެސްޓޯއަކީ. އެމްޑީޕީގެ މެނިފެސްޓޯ އަޅުގަޑަށް ހަމައެކަނި ދެންނެވޭނީ އެވެނިގޮތަކަށް މިވެނިކަމެއް ކުރަން ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅާ އަޅުގަޑު ވަކާލާތު ކޮށްދޭނަމޭ. މިގޮތުން އަޅުގަޑު ޝާމިލްވާ ވެރިކަމެއްގައި ޕާޓީއަށް ބާރު ފުރޮޅާލުން ރިޔާސަތުގެ ޝަހެންޝާހާ ހައިބަތަ އެއުފުލިގެންވާ ގޮތާ މިހުރިހާކަމެއް އަޅުގަޑުމެން ކުޑަކުރާނަމޭ. ރައީސުލްޖުމްހޫރިއްޔާއަކީ އަޅުގަޑުމެންނަށް ދުއްޔެއްގެ ތެރޭގައި އިންނަ ބޭފުޅަކަށްނުވެ އާންމު ރައްޔިތުންނަށްވެސް އެބޭފުޅަކަށް ހަމަލޮލުން ބަލާލެވޭ އަދި ކުޑަކޮށް މަލާމާތްވެސް ކޮށްލެވޭ، ފާޑުކިޔާލެވޭ، އެއްޗެތި ގޮވާލެވޭ، މީހަކަށް ވާންޖެހޭނޭ. މިކަންކަން ކުރެވެންޖެހޭނޭ.
އަޅުގަޑު ޝާމިލްވާ އެމްޑީޕީގެ ވެރިކަމެއްގައި އަޅުގަޑުމެން މިރާއްޖެއަށް ދިމާވެފައިމިވާ ވަރަށް ގިނަ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް ބާރުއަޅާނަން، އަޅުގަޑަށް އެގޭ ނިކަން ބައްލަވާ ރާއްޖޭގެ އެތައް ރަށެއް އެޑްވާންސަށް ފައިސާ ނަގާފައި ދޫކޮށްލައިފި. އަތޮޅުތަކާ އިހަވަންދިޕޮޅު އެކީގައި ކޮންމެވެސް އެހެން ބަޔަކަށް ވިއްކަން ނިންމަވައިފި. މިއޮށް ހުޅުމާލެ މީ ގޯތިގެދޮރު ނެތް މީހުންނަށް ގޯތިގެދޮރު ހޯދައިދިނުމަށް ހަދާތަނެއް. މެގަޕްރޮޖެކްޓޭ ވިދާޅުވެ އެބިންވެސް އެހެންބަޔަކަށް ދޫކޮށްލަން ނިންމަވައިފި. ގުޅީފަޅު އެހެން ބަޔަކަށް ވިއްކާލައިފި. މިހާރު އަނެއްހެން ދަންނަވަންޏާ މިރާއްޖޭގެ ގިނަ ފަޅާއި، ގިރިއާ، ހަލާ، ގިއްޔާ، ތުނޑިއާ، ރަށާ، ފިނޮޅާ، މިހިރީ އެކިގޮތްގޮތަށް ފާހަގަވެފައި އެކިއެކި ތެދު އެކިއެކި އަދަދުކީފަ. ރާއްޖެއަކީ މުއްސަނދި ރާއްޖެއެއް. މިއިން ކޮންމެ ތަނެއް ވިއްކީމާ އެބަލިބޭ އެތައް ފައިސާ. އަޅުގަޑު ޝާމިލްވާ އެމްޑީޕީގެ ވެރިކަމެއްގައި މި ބިންދޫކުރުން ބިމާގުޅޭ މިކަންތައްތައް ހައްލުކުރުމަށް ކޮންގްރެސްއަށް އަޅުގަޑު ބާރުއަޅާނެ. އެންމެ ބޮޑު އެއްގޮތަކީ ރައްޔިތުން ބިންވެރި ކުރުމަށް، ބިމަކީ ގަނެވިއްކޭ އެއްޗެއް، ބިމަކީ ރައްޔިތު މީހާގެ މިލްކަކަށް ވާންޖެހޭނެ ބަންޑާރަ ގޯއްޗަކަށް ކޮންމެހެން ވާކަށް ނުޖެހޭ، ބަންޑާރަ އެއްޗަކަށް ބިންވެ ބާއްވާފައި އޮންނަ ހަމަ އެކަނި ރާއްޖެ ކަންނޭގެމީ، މިހާރު. މީ 2008 ވަނަ އަހަރު. 21 ވަނަ ގަރުނު. ގައުމުތައް ސޯޅަ ސަތޭކައިގަވެސް ސަތާރަ ސަތޭގައި މިކަން ނިންމައިފި. ބިމާ ގުޅޭ ކަންކަން އަޅުގަޑުމެން އަދި މިތިބީ އެހާލުގަ. ރައްޔިތުން ބިންވެރި ކޮށްގެންނޫނިއްޔާ އަޅުގަޑުމެންނަކަށް މިކަންކަމަކުންނެއް ހަގީގީ ހައްލެއް ނުނެރެވޭނެ. ހުޅުމާލެ މިހާރު އެތަނުގައި ބަނދަރެއް ހެދުމަށް ނުވަތަ ކޮންމެވެސް އެހެންކަމެއް ކުރުމަށް ސަރުކާރުން އެބަވިސްނަވާ. އިހަވަންދޫއަށް ވިސްނަވަނީ ކޮންގޮތެއްކަމެއްނޭގެ. ވިދާޅުވަނީ ޓްރާންޝިޕްމަންޓް ބަނދަރެއް ހައްދަވަނީއޭ. ގުޅީފަޅުގައިވެސް. އެކަހަލަ ކޮންމެވެސް ބޮޑުކަމެއް ކުރަނީއޭ. ފޮލާ ކައްކަނީ އިގޭތޯ.
މައުމޫނުގެ ކުލަކުލައިގެ ސިޔާސަތުތައް
އަޅުގަޑުމެން މިސިޔާސަތުތައް ބަލަންވެގެން ދާއިރުގައި މެނިފެސްޓޯއާ ދިމާލަށް ވިސްނާއިރުގައި އަޅުގަޑު ހިތަށް އަރަނީ 1978 ވަނައަހަރާ މިއަދާ ދެމެދު ސިޔާސަތު ލިޔެވިފައި ހުރި ވަރު ބައްލަވާލައްވައިފިއްޔާ ހަމަ އަޖައިބުވާނެ، އަޅުގަޑު މިއައީ ކުޑަކޮށް އެބަލަން އިދެފަ، ގައުމީ މަޝްރޫއު، ކޮންމެ ފަސްއަހަރަކުން އެއްއަހަރު، ކޮންމެ އަހަރަކު އެއްފަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވާއިރުގައި ސިޔާސަތު، ވިހިވިހީގެ ތަސައްވަރު، ލާމަރުކަޒީ އުސޫލު، ދެން އަދި ބައެއް ފަހަރަށް ޖުލައިން 26 ގައި ރައީސްމައުމޫނު ނުކުންނަވާވެސް ބޮޑު ސިންގާ ސިޔާސަތެއް ދެއްވާ، މި ސިޔާސަތުތަކުން ކުރައްވާ ކަމަކީ އެކަން، އެކަރުދާސްތައް އެދިރާސާތައް އެހައްދަވަނީ ނުކުރާންވީ ކަންތައްތައް ހޯއްދަވާން ވެގެންނޭ. އޭގައި ލިޔެފައި އެއޮންނަނީ ކަނޑައެޅިގެން ނުކުރާންވީ ކަންތައްތައް. ގޯތި ގެދޮރު ހޯދައިދިނުން. އެ ނުކުރާންވީ ކަންތައްތައް.
އަޅުގަޑުމެންނަށް މިރާއްޖޭގައި ކުރަމުން މިއައި ކަމަކީ މިވެރިކަމުގައި އުދަގޫ ކަންތައް އެއީ ތަރައްގީވިޔަ ނުދީ ހިފެހެއްޓުން. ތަރައްގީ ކުރަން ކުރަނީ ކޮންކަމެއްތޯ ބޭރުންނާއި އެތެރޭން. މާހިރުން ގެނެސްގެން ހޯދާފައި އެރިޕޯޓުގެ ބޭނުމަކީ ސިޔާސަތު ކަރުދާހުގެ ބޭނުމަކީ އެކަންކަން ނުކުރުން. އެ ހިފަހައްޓާފައި ބެހެއްޓުން. މި މާއުނދަގޫ މަސައްކަތެކޭ. ގޯތިގެދޮރު ހޯދައި ދިނުމަށް ވުރެން. މާއުނދަގޫ މަސައްކަތެއް. އަޅުގަޑުމެން އެމްޑީޕީގެ ވެރިކަމެއްގައި އެންމެ ފުރަތަމައިނުން ކުރަން ޖެހޭނެކަމަކީ މީހާ މިނިވަންކުރުން، ދޫކޮށްލުން، ޚިޔާލު ފާޅުކުރުމުގެ ޖާގަ ދިނުން. މިދެންނެވި ވިހިވިހީގެ ތަސައްވުރާ، ގައުމީ މަޝްރޫއުތަކާ، މި ހުރިހާ ސިޔާސަތެއް ޕޮލިސީއެއް ތަންފީޒުނުވެފައި މިވަނީ ވެރިކަން ތަޣައްޔަރުވެފައިވާތީ. ވެރިކަން ކުރެވޭގޮތް ގޯސްވާތީ. އަޅުގަޑުމެންގެ އެންމެ ބޮޑު ވާޖިބަކަށް ވާންޖެހޭނީ ވެރިކަން ސާފުކުރުން. އެމްޑީޕީ، އަޅުގަޑު ޝާމިލްވާ އެމްޑީޕީގެ ވެރިކަމެއްގައި، ޑިމޮކްރަޓިކް ވެރިކަމެއް ރައްޔިތުންނަށް ބަސްބުނެވ،. ރައްޔިތުންނަށް ފާޑުކިޔޭ، ވެރިކަމެއް ގާއިމު ކުރުމުގައި އަޅުގަޑުމެން މަސައްކަތް ކުރާނަން.
އެމްޑީޕީން ސަރުކާރު ކުޑަކުރުމާ ވިޔަފާރިކުރުން ހުއްޓާލުން
މިރާއްޖޭގައި މިއަދުވެސް އެންމެބޮޑު ވިޔަފާރި ވެރިޔަކީ ސަރުކާރު. އެންމެބޮޑު ވިޔަފާރިވެރިޔަކީ ސަރުކާރު. ސަރުކާރުން ނުކުރާ ހަމަ އެއްވެސް ވިޔަފާރިއެއްނެތް. އަފުނޯސްކަށި ވިއްކުމުން ފެށިގެން އައިސް ސިމެންތިއާ ހަމައަށް، މިހުރިހާ މަސައްކަތެއް ސަރުކާރުން މިހުރިހާ ވިޔަފާރިއެއް ސަރުކާރުން ކުރޭ. އަޅުގަޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ސަރުކާރުން ވިޔަފާރިއެއް ނުކުރާނެ، އެސްޓީއޯއެއް ނޯންނާނެ. ސަރުކާރުން ވިޔަފާރިކުރުން ހަމަ ޖެހޭނީ ހުއްޓާލަން. ވިޔަފާރީގެ ފުރުސަތުތައް ހުޅުވާލެވިފައި އޮންނަން ޖެހޭނީ އާންމު ރައްޔިތުންނަށް. ސަރުކާރު ކުޑަވާން ޖެހޭނެ، ބޮޑުވެގެން ނުވާނެ. އެހާ ގިނަ މީހުން އެކަމުގެ ތެރޭގަ އުޅެގެން ނުވާނެ. މާބޮޑު ކަންތަކަށް ހަދައިގެން އުޅެގެން ނުވާނެ. ބައްލަވާ ސާޅީސް ހާސް މީހުން މިރާއްޖޭގަ ސަރުކާރުގަ މިހާރު، ސާޅީސްހާސް މީހުން، މި ދެލައްކަ ތިންލައްކަ މީހުންގެ ގައުމެއް. އޭގެތެރެއިން ދެބައިކުޅަ އެއްބައި މިތިބެނީ ސަރުކާރުގަ. އާންމު ވިޔަފާރިއެއް، ސިނާއީ މަސައްކަތެއް، މީގެ އެއްވެސްކަމެއް ހަގީގަތުގަ ނުކުރެވިގެން މިއުޅޭ އެންމެ ބޮޑު އެއްސަބަބަކީ ސަރުކާރު ވިޔަފާރި ކުރާތީ. ސަރުކާރު ބޮޑުވެސްކަމުން. ސަރުކާރުގައި މިރާއްޖޭގެ ހުރިހާ ގާބިލުމީހުން ބޭކާރު ގޮތުގައި ތަޅުލެވިފައިވާތީ. ޑޮކްޓަރުން ތިބެނީ ނައިބުންގެ ގޮތުގައި. ޓީޗަރުން ތިބެނީ ޕޮލިސް އިނިސްޕެކްޓަރުންގެ ގޮތުގަ. އަޅުގަޑުމެންނަށް މީހާ ފަންނީގޮތުން ތަރައްގީ ކޮށްގެން ގެނެއްސާ އެމީހާގެ ބޭނުމެއް ނުހިފޭ. ސަރުކާރު ބޮޑުކުރަމުން މިދަނީ. ނައިބުން އިތުރުކުރުމާ، އެގްޒެކެޓިވް، އަޅުގަޑަށް މިހާރު ހަމަ ތެދަށް މިދަންނަވަނީ ކިޔާހާ ވަޒީފާގެ ނަންވެސް ނޭގެ، އެހެންނަމަވެސް މިހާރު ހަތަރު ދުއްޔަށް އެބައޮތް ސަރުކާރު. އެމްޑީޕީގައި، އަޅުގަޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ސަރުކާރު ވާނީ ހަމަ އަޅުގަޑުމެން އެހެން ތަންތަނުގެ އަޅުގަޑުމެންގެ އަމިއްލަ ވިޔަފާރިތަކާ އަމިއްލަ މަސައްކަތް ތަކުގައިވެސް މިއޮންނަ ފުރަންޓު އޮފީހާ ހަމަ އެންމެ މީހެއް އިނދެފަ ކޮމްޕިއުޓަރެއް އިނދެފަ އެކަން ކުރާނެ އިގޭތޯ. ދަންނަވަންތޯ އެމްޑީޕީއާ ގުޅޭގޮތުން އެމްޑީޕީގެ އެތެރޭގެ އިދާރީ ކަންކަމާ ގުޅޭގޮތުންވެސް އެއްޗެއް ދެންނެވިދާނެ، އެހެން ނަމަވެސް ތިރީސްހާސް މެންބަރުންގެ އެންމެހާ ކަންކަން ބައްލަވަނީ އެންމެ ތިން މީހުން، ތިން މުވައްޒަފުން، އެންމެ ރަގަޅަށް އެކަން ނުވާކަމަށް ވެދާނެ، އެކަމަކު އަޅުގަޑުމެން މިއޮށްހާ ދުވަހު މިކަން މިކުރީ އެއީ ދޭތެރެ ދޭތެރެއިން އެތަނަށް އައިސް އަސޭމިރުސްދިޔަ ޖަހައި ކަރަންޓު މުގުރު ޖައްސާއިރުގައި ތިންމީހުން ވެގެން، މުވައްޒަފުންގެ ގޮތުގަ. އަޅުގަޑު ނުދަންނަވަން އިގޭތޯ، ބައިވަރު އެބަތިބި މިޕާޓީގެ ހަރަކާތްތެރިން. އެހެންނަމަވެސް އިދާރީ ހިންގުމެއް ބޮޑުކުރާކަށް ފުޅާކުރާކަށް ނުޖެހެއޭ ރައްޔިތުންނަށް ޚިދުމަތްދޭކަށް. އެކަމަކީ މާފަސޭހަކޮށް މިޒަމާނުގައި ވާންއޮތްކަމެކޭ. އެމްޑީޕީގެ ވެރިކަމެއްގައި ސަރުކާރު ކުޑަވާނޭ އަޅުގަޑު ޝާމިލުވާ ވެރިކަމެއްގައި.

ހާސްކަމެއް ނެތް ދިރިއުޅުމެއް ހޯދައިދިނުން
އަޅުގަޑުމެންނަށް ހަގީގަތުގައި އަޅުގަޑަށް ފެންނަ ފެނުމުގައި ދިމާވެފައިވާ އެންމެބޮޑު އެއްކަމަކީ ދަރަނި. ދަރަނި، ދަރަނި، ދަރަނި. ކޮންމެ މީހެއް، ގިނަ މީހުން މިތިބެނީ ކަންމަތީގަ ހުންނަ ފިހާރައަށް ދަރާ، ބޮޑުދޯނިބަން މީހާ މިހުންނަނީ ވީސީ ކުންފުންޏަށް ދަރާ، ފިހާރަވެރިމީހާ މިހުންނަނީ ބޭންކަށްދަރާ. މި ދަރަނީގެ ޗޭނުގައި އަޅުގަޑުމެން ރައްޔިތުން ޖައްސާފައި ވާއިރުގައި އެދަރަންޏަކީ ވަރަށް ކުޑަކުޑަ ދަރަންޏެއް. އޭގެ ޖުމްލަ ދަރަންޏަކީ، ކަންމަތީ ސްޓޯރަށް ހައްވާނިކެ ދަރާފަ އޮތް ދަރަންޏަކީ ގިނަވެގެން، ހަތަރުސަތޭކަ ފައްސަތޭކަ ރުފިޔާ، ޖުމްލަކޮށްލީމާ އެދަރަނި ނާރާ 50 މިލިއަން ރުފިޔާއަށް. އެހެންނަމަވެސް މިދަރަނި ބޭނުންކޮށްގެން އަޅުގަޑުމެން ރައްޔިތުން ނިކަމެތިކޮށްފައި މިތިބީ. ވޯޓް ގަނެވެނީ އެހެންވެގެން. މިދަރަނީގައި ރައްޔިތުން ޖައްސާފައި ބޭތިއްބީމާ.
އަޅުގަޑުމެންނަށް ހާސްކަމެއް ނެތި ތާހިރު ތަނަވަސް ދިރި އުޅުމެއް އުޅެނީނަމަ އެމްޑީޕީގެ ވެރިކަމެއްގައި، ހަމަކަށްވަރުންވެސް އަޅުގަޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި އެންމެ ފުރަތަމައިނުން ހައްލުކުރުމަށް ދިމާކުރަން ޖެހޭނެކަމަކީ މިދެންނެވި ވަކި ފަރުދުގެ އަމިއްލަ މީހާގެ އަމިއްލަ ދަރަނި. އެދަރަނިން ސަލާމަތްވެ ނޫނީ ބޯހިޔާކުރެވޭނެ ގޮތްވެސްނެތް. ތިންއިރު ކެވޭނެގޮތްވެސްނެތް. ދަރި މަދްރަސާއަށް ފޮނުވޭނެ ގޮތެއްވެސްނެތް. ހުރިހާ ހާސްކަމެއް ހަގީގަތުގަ ގުޅިފަ އޮތީ އެދަރަންޏާ. އަޅުގަޑުމެން ކުރަންޖެހޭނެ އެންމެ ބޮޑު އެއްކަމަކީ، އަޅުގަޑު ނުދަންނަވަން ކޮންމެހެން ކޮންމެ މަހަކު އިންޑެޓް ރެވެނިއުން މާލިއްޔާއިން ބޭފުޅަކުއައިސް ކަންމަތީ ފިހާރަތަކަށްގޮސް ދަރަނި އަދާކުރަމުން ހިނގަނީއަކީއޭ. އެހެނެއްނޫން އަޅުގަޑު މިދަންނަވަނީކީ. މިދަރަނި އަދާކުރެވޭނެ ފުރަތަމަ ފަހަރަށް އަދަކުރެވޭނެ ގޮތަކާ، އިތުރަށް ރައްޔިތު މީހާ ބޭނުމެއްނުވާނެ ގޮތްތަކެއް، އެމްޑީޕީގެ ވެރިކަމެއްގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަމަޖައްސާންޖެހޭނެ. ހަމަކަށަވަރުންވެސް އަޅުގަޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންގެ ހާސްކަން ކެނޑޭނެ ޕްރޮގްރާމެއް އަޅުގަޑުމެން ނެރޭނަށް. އެމްޑީޕީ އިންތިހާބަށްދާއިރު އަޅުގަޑަށް އެގޭ އެމްޑީޕީ މި ވިސްނުން އެބަހުރިކަން. އަޅުގަޑަށް ކޮންގްރެސްގަ މި ވިސްނުމަށް ވަކާލާތު ކުރާކަށް ގިނައިރެއް ނުނަގާނެ. މި އެކުލަވާލެވިފަހުރި ކަންކަން، އަޅުގަޑުމެންނަށް އެގޭ 4000 ރުފިޔާ އުޖޫރަޔަކަށް އެންމެ މަދުވެގެން ދިނީމާ އާންމު ވިޔަފާރިން ގެއްލޭނީ ކިހާވަރެއްކަން. އަޅުގަޑުމެންނަށް އެގޭ ސަރުކާރުގެ މުސާރައިން ކިހާވަރެއްތޯ މަތިވެގެން ދާނީ. މާބޮޑު އެއްޗެއް ނުދޭ. އަޅުގަޑުމެންނަށް އެގޭ ހަތަރުހާސް ރުފިޔާގެ މުސާރަދޭން ގާނޫނީގޮތުން ލާޒިމުވީމާ އަދި އާންމު ވިޔަފާރިވެރިޔާ ނުދަރާކަން. ރިސޯޓް އޯނަރެއްވެސް ނުދަރާކަން. އަދި ފައިދާއިން މާބޮޑު އެއްޗެއްވެސް ގެއްލި ނުދާކަން. އަޅުގަޑުމެންނަށް މިހިސާބު ވަނީ ޖެހިފަ. މީކީއެއް އުދަގޫކަމެއްނޫން.
ޓެކްސް ނެގޭ ނިޒާމް ބަދަލުކުރުން
އަޅުގަޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ޓެކްސްގެ ނިޒާމް މިއޮތްގޮތުން ބަދަލުކުރަން އެބަޖެހޭ. މަޖުބޫރު. މިހާރު އަޅުގަޑުމެންގެ އެންމެ ބޮޑު އެއް، ދައުލަތުގެ އެންމެ ބޮޑު، ސަރުކާރުގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއްދާއިރާއަކީ އަޅުގަޑުމެންގެ އަތުންނަގާ ޓެކްސް. އިމްޕޯޓް ޑިއުޓީ. އިމްޕޯޓް ޑިއުޓީން ނަގާ ފައިސާ. މި ޑިއުޓީ ނަގާ ގޮތުން އެންމެ ނިކަމެތި މީހާގެ ދަތްއުނގުޅާ ބޭސްފުޅިން ނަގާ ޓެކްސް އެއްވަރޭ ބޮޑު މަހުޖަނުއަތުންނަގާ ޓެކްސްއާ. މިއީ ވަރަށް ބޭއިންސާފު ކަމެއް. ޓެކްސް މިނެގެނީކީއެއް ވިޔަފާރިއެއްގެ ފައިދާއާ ގުޅުވާފަކާއެއްވެސްނޫން. އަދި އާންމު ފަރުދެއްގެ އާމްދަނީއާ ގުޅުވާފަކާއެއްވެސްނޫން. މިޒަމާނުގަ އެއްވެސްބައެއް މިކަން ކުރާގޮތެއްނޫން. އިންޕޯޓް ޑިއުޓީއަށް 27 ޕަސެންޓް 30 ޕަސެންޓް އެއްޗިއްސަށް ޖަހާފައި ހުރުން، އެބަހުރޭ 3 ޕަސެންޓް 4 ޕަސެންޓުގައި އިމްޕޯޓް ޑިއުޓީ، ސަރުކާރުން ގެއްލެނީ ކިހާވަރެއްތޯ އިމްޕޯޓް ޑިއުޓީ ދޫކޮށްލީމާ. އަޅުގަޑުމެންނަށް އެބައެގޭ އެހިސާބު، ކުންފުނީގެ ފައިސާއިން ޓެކްސެއް ނެގިޔަސްވެސް ވިޔަފާރި ވެރިޔާއަށް މާ ފައިދާވާނެ އާއްމު ރައްޔިތު މީހާއަށްވެސް މާފައިދާވާނެ. އެމްޑީޕީގެ ވެރިކަމެއްގައި އަޅުގަޑު ޝާމިލުވާ މިދެންނެވި ނުސީދާ ޓެކްސް ނެގުން ހުއްޓުވެންޖެހޭނެ. ލިބޭ އެއްޗެއްގެ މައްޗަށް ބިނާކޮށްގެން ނޫނިއްޔަކާއެއް ރައްޔިތެއްގެ އަތުން އެއްޗެއް ނަގައިގެންނުވާނެ. ވާފައިދާއެއްގެ މައްޗަށް ބިނާކޮށްގެންނޫނީ ވިޔަފާރިވެރިއެއްގެ އަތުންވެސް އެއްޗެއް ނަގައިގެންނުވާނެ.
ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ހޯދަދިނުން
އަޅުގަޑުމެން މިމަސައްކަތް ކުރަން ފެށިތާ ވަރަށް ދުވަސްވެއްޖެ. މި ދިގު ރާސްތާގައި އަޅުގަޑުމެންނަށް ތަފާތު ވާހަކަތައް އެކިއިރު ދެކެވެމުން އައިއިރުގައި އަހްމަދު މިއަދު ދެއްކެވި ވާހަކައާ އަދި 90 ވަނަ އަހަރު އަޅުގަޑުމެން ނެރުނު ނޫހެއްގައި ކުޑަސިޓީ ކަނޑާލާ ވާހަކަ ލިޔުނިން އެއީ މާލެއަށް ފައިބާ ތިބޭ މީހުން. އޭރުގައި އެނޫސް އަޅުގަޑުމެން ނެރުން އިރުގައި ތިބެން ޖެހެނީ ރަޖިސްޓްރީވެގެން. އަޅުގަޑުމެންނަށް ފެނުނީ އޭރު ސައުތު އެފްރިކާގައިއޮތް ނަސްލީ އިމްތިޔާޒެކޭ މިއުސޫލެކޭ މާބޮޑު ތަފާތެއްނެތް. ޖޮހާނަސްބާގަށް ދާމީހުން ދާންޖެހެނީ ހަމަ މާލެއަރާ މީހުން އަރާކަހަލަ ފާހެއް ހައްދައިގެން. މި 89 ވަނަ އަހަރު.
މިއަދު އަޅުގަޑުމެން ދިރިއުޅެމުން މިއަންނަނީ ލާމެހިފައިވާ ދިވެހިރާއްޖެއެއްގައި، އަޅުގަޑުމެންގެ ދަރިން ތިބޭފުޅުން ބައްލަވާލައްވައިފިއްޔާ ހަމަކަށަވަރުންވެސް ނުތިބޭނެ އެއްރަށެއްގެ ދަރިންނެއް، އަޅުގަޑުމެން އުމުރުގެ މިހާރު އުމުރުން 40 އަހަރުވެފައިހުރި އެއްވެސް، މިސާލަކަށް، މިރަށު މީހަކަށް ނުހުންނާނެ ދަރިންނެއް އެހެންރަށަކާ ނުގުޅިއެއް، ނުހުންނާނެ. ވަރަށް މަދުވާނެ ހުއްޓަސް. އަޅުގަޑުމެންނަކަށެއްނެތް މާލެއަކީ ލާމެހިފައިވާތަނެއް، މީ ވެރިރަށް، އަޅުގަޑުމެންނަކަށެއްނެތް، މި މާލެއާ ރާއްޖެތެރެއާ ކިޔައިގެން އުޅެވޭކަށް. އަޅުގަޑުމެން އަބަދުވެސް ދައްކަމުން އައި އެންމެ މުހިންމު އެއްވާހަކައަކީ ހަމަހަމަ ވާންޖެހޭނޭ ރައްޔިތުން. އެއީ އެމީހަކު ހިނގާ ތަނެއްގެ ސަބަބުން އިތުރަށް ލިބޭ ފުރުސަތެއް އޮވެގެންނުވާނެ. އެއީ ގާނޫނުއަސާސީ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތުގައި ފޯރުކޮށްދޭ ހައްގެކޭ. އަޅުގަޑު ޝާމިލުވާ އެމްޑީޕީގެ ވެރިކަމެއްގައި ރަށްވެހިކަމާ ގުޅޭގޮތުން މިހާރު މިހުރި ގާނޫނުތައް ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭނެ. މާލޭގެ ދަފްތަރަކީ ރެފިއުޖީ ލިސްޓެކޭ އިގޭތޯ. މާލޭގެ ދަފްތަރަކީ އެނޫން އެހެން އެއްޗެއްނޫނޭ. ގޯތި ގެދޮރުގެ މައްސަލަ އެބަހުއްޓޭ ކިޔައިގެން އަޅުގަޑުމެން މި ވާހަކަދައްކަނީ މިރާއްޖެއަށް މިލިބޭ އާމްދަނީއާ އަޅުވާފައި އެ ކޮންވާހަކައެއްތޯ؟ ހަމަ އެތައް ބައެއްގެ މެނިފެސްޓޯގައި، އެމްޑީޕީގެ މެނިފެސްޓޯގައިވެސް ގޯތިގެދޮރުގެ މައްސަލަ، ކުޅުދުއްފުށީގައި އަޅުގަޑުމެންނަށް 50 ފްލެޓް، 200 ފްލެޓް ނޭޅޭނެ އެއްވެސް ސަބަބެއްނެތް. އެކަންކުރާކަށް މާގިނަ ލާރިއެއްވެސް ދަނީކީއެއް ނޫން. އެ ހެދީމާ ކުޅުދުއްފުށީ ހުރިހާ އެއްމެންނަށް މިހާރު އޮތް ގޯތީގެ ލިސްޓް ހަމަވީ. ހުޅުމާލެ ބަނދަރު ހަދަން ނުދީ އެތަނުގައި އެތަން ފަށައިގެން ބޭނުން ހަމަކުރަންޖެހޭނެ. އެތަނުގައި މިހާރު މިތިބަ މީހުންނަށް ގޯތި ގެދޮރުގެ ހައްލެއް ހޯދާ ދެވެންޖެހޭނެ. އެމްޑީޕީގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ އެކަން އަޅުގަޑުމެން ފަސޭހައިން ކޮށްދޭނަން.
އެތެރޭގެ އިންތިޚާބަކަށް ޑީއާރޕީ ހުޅުވާލައި މައުމޫނު އިސްތިއުފާދޭންޖެހޭ
އަޅުގަޑަށް މިރޭމި ވަރަށް އުފާވެރި ރެއެއް، އަޅުގަޑުމެންނަށް މި މަރުހަލާއަށް އާދެވުން، ސިޔާސީ މަގާމުތަކަށް ވާދަކުރާ ބޭބޭފުޅުން ރިވެތިގޮތުގައި އެކަމަށް ވާދަކޮށް، ރައްޔިތުންގެ ތާއީދާއެކީގައި. ވެރިކަމަށް އެރޭނެ ހަމަތަކަކާ އުސޫލުތަކެއް ކަނޑައެޅޭނީ. އަޅުގަޑުމެން މި މިސާލު ދައްކާނަން. އަޅުގަޑުމެން މިބައްދަލުވުން މިރޭ މިތާ މިބޭއްވީ މި މިސާލަށްޓަކައި، މިކަން މިގޮތަށް ކުރުމަށްޓަކައި. އެމްޑީޕީއަކީ އަބަދުވެސް މިސާލު ދައްކަމުން އަންނަ ޕާޓީއެއް. ދިވެހިރާއްޖޭގައި ސިޔާސީޕާޓީ އުފެދުމާ އަދި ގޮފިއުފެދުނާ ޕާޓީ ހިންގާ ގަވާއިދާ ސިޔާސީ ޕާޓީތަކާ ގުޅޭ ގަވާއިދާ މި އެންމެހާ ކަންތައްތައް އެއީ އެމްޑީޕީގެ މިސާލުން ވެފައިހުރި ކަންކަން. އިރާދަކުރެއްވިއްޔާ އަޅުގަޑު ޑީއާރުޕީގެ ޒައީމު މައުމޫނު އަބްދުލް ގައްޔޫމަށް މިގޮވާލަނީ މަނިކުފާނު އިސްތިއުފާ ދެއްވާށޭ ތިޕާޓީގެ ރައީސްކަމުން ތިޕާޓީގެ ޒައީމުކަމުން އިސްތިއުފާ ދެއްވަހަރޭ. ދެއްވާފައި ތިޕާޓީ ވާދަވެރިގޮތުގައި ހުޅުވާލަ ދެއްވާށޭ. ރާއްޖެއަށް އިސްލާހަށް އެދިވަޑައި ގަންނަވާ ކަމަށް ވަނީވިއްޔާ އެއީ މިވަގުތު މަނިކުފާނު ކުރައްވަން ހަމަ ކޮންމެހެން ވާޖިބުކަމެކޭ. މަނިކުފާނުވެސް ވާދަކުރައްވަންޏާ ވާދަކުރައްވާށޭ ތިޕާޓީތެރޭގަ. އެހެންނަމަވެސް މިވަގުތު ޑީއާރުޕީ ވާދަވެރިކަމުގެ ތެރެއަށް ހުޅުވާލަން ޖެހޭނޭ. އަޅުގަޑުމެން ބޭނުންވެގެން މިއުޅެނީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް. އެމްޑީޕީ އެކަނި އެކުލެވޭ ނިޒާމެއް ނޫން. އަޅުގަޑުމެން މި އިންތިހާބަށް ނުކުންނައިރު ނުކުންނާނީ ހޮއެ އޮތް ޕާޓީއެއްހެނެއްނޫން. ވަރުގަދަ ޕާޓީއެއް. އަޅުގަޑުމެން އެތެރޭގެ އިންތިހާބު ބާއްވާ އެތެރޭގެ ޑިމޮކްރަސީ ހިންގާ އަޅުގަޑުމެންގެ ޕާޓީގެ ގިނަމީހުން އެދޭގޮތަށް މިޕާޓީ ރުކުރުވާލައިގެން އަޅުގަޑުމެން އިންތިހާބަށް ނުކުންނާނީ. ޑީއާރުޕީވެސް އިންސާފުވެރި ގޮތުގައި ރައީސްމައުމޫނު މިކަން ކިރިޔާވެސް ކުރައްވާން އުޅޭކަމުގައި ވަނީވިއްޔާ މިވަގުތު އެބަ ޑީއާރުޕީ ދޫކޮށްލައްވަންޖެހޭ. ޑީއާރުޕީ އެބަ އިންތިހާބަކަށް ހުޅުވާލަންޖެހޭ.
މައުމޫނުގެ ތިންވަނަ އަތް ނުކުމެގެން އުޅުން
އަޅުގަޑު މިތަނުގައި މި އެންމެ ވާހަކަ ދައްކަމުން އައިއިރުގައި ތިބޭފުޅުންވެސް ފާހަގަކުރި ފަދައިން ކޮންފަދަ ޔަގީންކަމެއްތޯއޭ އޮތީ މިއެދޭ މިއުންމީދުކުރާ އިންތިހާބު އަވަހަށް ބޭއްވިދާނެކަމަށް. ކޮންފަދަ ޔަގީންކަމެއްތޯއޭ އޮތީ؟ އާންމު ގާނޫނެއްނެތް އިންތިހާބާގުޅޭ، ރިޔާސީ އިންތިހާބަކާ ގުޅޭ، ގާނޫނުއަސާސީއެއް ނުވެއްނިމޭ، 30 މާޗްގައި ގާނޫނުއަސާސީ ނިންމުނަސްވެސް އަދި އެދޭތެރެއަށް އެބަ ބޭނުންވޭ ބައެއް އާއްމު ގާނޫނުތައް ރިޔާސީ އިންތިހާބާގުޅޭ ގާނޫނު. އަޅުގަޑު މިކެންޑިޑޭޓް ގޮތުގައި ނުކުންނަ ހަމަ އެންމެ ބޮޑު އެއް ސަބަބު އެއީ އިގޭތޯ މައްޗަންގޮޅި ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލްގައްޔޫމަށް ވަރަށް ސާފުކޮށް އެގިވަޑައި ގަންނަވަން ޖެހޭނެ މި ނޫ ގާނޫނުއަސާސީއާ އެއްގޮތަށް އިންތިހާބަކަށް ވަޑައެއް ނުގަނެވޭނޭ. މިކެންޑިޑޭޓް، މިކެންޑިޑޭޓް ހަމަ ގައިމުވެސް ހުރަސްއަޅާނަމޭ. މިކެންޑިޑޭޓް ހަމަގައިމުވެސް މި ނޫ ގާނޫނުއަސާސީއާ އެއްގޮތަށް މިހާރު މިއޮތް ގޮތުގައި އިންތިހާބަކަށް ގެންދާން ޖެހޭނީ އަޅުގަޑުމެން ވަރަށް ބޮޑަށް އެއްކައިރިކޮށްފައި. ވަރަށް ބޮޑަށް އެއްކައިރިކޮށްފައި. ގޮޅިއަށް ވެއްޖިއްޔާ ގޮޅިއަށް. މި ނޫ ގާނޫނުއަސާސީއާ އެއްގޮތަށް އިންތިހާބެއް ގެންދަވާން އުޅުއްވައިގެން ނުވާނޭ. ބަހަނާ ނުދައްކަވާށޭ. ޑީއާރުޕީގެ މެންބަރުންނަށް، ރައްޔިތުންގެ ހާއްސަމަޖިލީހުގެ މެންބަރުންނަށް، އަޅުގަޑުމެން މި ގޮވާލަން މިޖެހެނީ އިންތިގާލީ ބާބު ނިންމަވާށޭ. ވަގުތީ ސަރުކާރެއް އޮންނާން ޖެހޭނޭ. އަޅުގަޑުމެން ވަކާލާތު ކުރަމުން އައީ ރާއްޖޭގައި ފުރަތަމަ ބޭއްވޭ ގިނަ ޕާޓީތަކުގެ ވާދަވެރި އިންތިހާބުގެ ކުރީގައި ވަގުތީ ސަރުކާރެއް ބޭނުމޭ. އިންތިގާލީ މަރުހަލާއެއް ބޭނުމޭ. އަދިވެސް އޭގެ ބޭނުންތެރިކަން މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނޭ އިގޭތޯ ލަސްވީވަރަކަށް. އަޅުގަޑުމެން ބޭނުމޭ އެ އިންތިހާބު. އަޅުގަޑުމެން ބޭނުމޭ އިންތިގާލީ މަރުހަލާ. މިމަރުހަލާ ޑީއާރުޕީގެ މެންބަރުން ޑީއާރުޕީގެ ތެރޭގައިވެސް އެބަތިބި އިގޭތޯ އިންތިގާލީ މަރުހަލާއަށް އެދޭ މެންބަރުން. ދާދިފަހަކުން ޑްރާފްޓިން ކޮމެޓީގައި އެމްޑީޕީއާ ޑީއާރުޕީގެއާ މެންބަރުން ހަމަ އެއްބަސްވި ކަންކަމާ އެއްގޮތަށޭ އިގޭތޯ. އެ ޑްރާފްޓިން ކޮމެޓީގެ ޑްރާފްޓެއް ހަދާފައި އެއޮތީ. ޑްރާފްޓިން ޕެނަލްގެ ޑްރާފްޓް މިހާރު ދެން ޑީއާރުޕީގެ ހަވާސާއަކުން އަނެއްކާވެސް އެއީ ރައީސްމައުމޫނުގެ ތިންވަނަ އަތް. މިއީ ވަރަށް އެހެންކަހަލަ އަތެއް. ހަމަ ކަނާއަތުން ސަލާމް ކުރައްވާފައި ވައަތުން ބުރަކަށީގައި ފިރުމަނިކޮށް އެއްކަލަ ތިންވަނައަތް ހަމަ ކުއްލިއަކަށް ކަންކަށީގައި ޖަހާފާނެ. ހަވާސާއިން ނުކުންނަ ރައީސުލް ޖުމްހޫރިއްޔާގެ ތިންވަނަ އަތް އެ ތިންވަނައަތް މިހާރު މި ޑްރާފްޓިން ކޮމެޓީތެރޭގައި ނުކުމެގެން މިއުޅެނީ. ދެން އަޅުގަޑު މައުމޫނު އަރިހު ދަންނަވާން އޮތް ވާހަކަ އަކީ ހަމަ ތެދެކޭ މައުމޫނޭ އަޅުގަޑު މަނިކުފާނު ބަލައިފީމޭ 30 އަހަރުވަންދެން ވަރަށް ގާތުން. ނުދަންނަ ހަމަ އެއްކަމެއް ދެން ނުކުރެއްވޭނޭ. އެންމެ ސާފުކޮށް އަޅުގަޑު މައުމޫނު ދުށީ އަޅުގަޑު ގޮޅީގައި އިންއިރު. އެންމެ ރީތިކޮށް އެއީ ސީދާ އެބޭފުޅާ ދިވެހި ވެރިކަން އެންމެ ސާފުކޮށް ފެންނަތަނަކީ. އެއީ މައުމޫނޭ ދެން ތިހެން ހައްދަވަން ނޫޅުއްވާށޭ. އަޅުގަޑުމެންނަށް ނޭގޭކަމެއް އާކަމެއް ދެންނެތޭ ކުރެއްވޭކަށް. އަދި އަޅުގަޑުމެނަށްވެސް ކުރެވޭނެ އާކަމެއް ނެތޭ. ފަހަށް ޖެހެންވީ ސަބަބެއްވެސް، ފަހަށްޖެހޭނެ ގޮތެއްވެސް، ފަހަތުގަ ޖާގައެއްވެސްނެތޭ. އަޅުގަޑުމެން މިދަނީ ކުރިއަށްށޭ. މާތް އަމުރާ އިރާދައިން އަޅުގަޑުމެން މައްޗަންގޮޅި ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލް ގައްޔޫމް މިރާއްޖޭގެ ވެރިކަމުން ދުރުކޮށް މިރާއްޖޭގެ ވެރިކަން އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ރައްދުކޮށްދޭނަން. ވަރަށްބޮޑަށް ޝުކުރިއްޔާ. (ނިމުނީ)