Wathan Edhey Gothah – MDP » އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މެދުރާއްޖޭތެރެއަށް މި ހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެ

August 21, 2008

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މެދުރާއްޖޭތެރެއަށް މި ހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މެދުރާއްޖެތެރޭގެ ހަތަރު އަތޮޅަކަށް މިހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެއެވެ.
އެމްޑީޕީގެ ކެމްޕޭން އޮފީހުން މައުލޫމާތު ދޭގޮތުގައި މިދަތުރުފުޅުގައި ކެންޑިޑޭޓް ޒިޔާރަތް ކުރައްވާނެ އަތޮޅުތަކަކީ ފ، މ، ތ، ދ އަށެވެ. ހުކުރު ދުވަހު ފައްޓަވާ ނިންމަވާލެއްވުމަށްފަހު ކެންޑިޑޭޓް މާލެއައުމަށް ހަމަޖެހިފައިވަނީ ހޯމަދުވަހުގެ ރެއެވެ.
މިދަތުރުފުޅުގައި އެންމެ ފުރަތަމަ ކެންޑިޑޭޓް ވަޑައިގަންނަވާނީ ފ އަތޮޅުގެ ރަށްތަކަށެވެ. މިގޮތުން ހުކުރު ދުވަހު އެއަތޮޅުގެ ފަސް ރަށަށް ޒިޔާރަތްކުރައްވާނެއެވެ.

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ތ އަތޮޅުގެ ނުވަ ރަށަކަށް ކެންޑިޑޭޓް ޒިޔާރަތްކުރައްވާނެއެވެ. އާދީއްތަ ދުވަހު ހަވީރު ކެންޑިޑޭޓް ދ އަތޮޅުގެ ވާނީ އަށް ޒިޔާރަތްކުރައްވާނެއެވެ. ދ އަތޮޅުގެވެސް ތިން ރަށަކަށް ކެންޑިޑޭޓް ޒިޔާރަތްކުރައްވާނެއެވެ.
ހޯމަ ދުވަހު ކެންޑިޑޭޓް ޒިޔާރަތްކުރައްވާނީ މ އަތޮޅުގެ ރަށްތަކަށެވެ. މ އަތޮޅު ހަތަރު ރަށަށް ޒިޔާރަތްކުރެއްވުމަށްފަހު ކެންޑިޑޭޓް ވަޑައިގަންނަވާނީ މާލެއެވެ.

މިދަތުރުފުޅުގައި ނަޝީދ ޒިޔާރަތްކުރައްވާ ރަށްތަކުގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން “މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރާނެ”ކަމަށްވާ ވައުދުވުން މިހަފްތާގެ އާދީއްތަ ދުވަހު ތ އަތޮޅުގައި އާއްމު ކުރައްވާނެއެވެ.

1 Comment

  1. އަޅުގަނޑު މިހިރީ އަންނި އަށް ވޯޓްލާން ތައްޔާރަށް…
    ދެން ތިޔަ ބޭފުޅުންނޯ؟؟؟؟

    Comment by niyaa — August 25, 2008 @ 2:52 am