Wathan Edhey Gothah – MDP » ޢީދު މީލާދުގެ ޝަރަފު ގައި އަންނިގެ ދިއްދޫ ޖަލްސާ ބާއްވަނީ ހަވީރު

March 19, 2008

ޢީދު މީލާދުގެ ޝަރަފު ގައި އަންނިގެ ދިއްދޫ ޖަލްސާ ބާއްވަނީ ހަވީރު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް އެޕާރޓީގެ ކުރީގެ ޗެއަރޕާސަން ގ. ކެނެރީގޭ މުހަންމަދު ނަޝީދު އަންނި ތިލަދުންމަތީ އުތުރުބުރީގައި ކުރިއަށް ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ޖަލްސާތައް މިހާތަނަށް ބާއްވަމުން އައީ ރޭގަނޑު ކަމަށް ވިޔަސް، ހއ. ދިއްދޫގެ ޖަލްސާ ބާއްވަވަނީ ބުދަ ދުވަހު ހަވީރު ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ސަބަބަކީ ބުދަ ދުވަހުގެ ރެއަކީ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަ ކުރެވޭ ރަބީޢުލް އަައްވަލު މަހުގެ ބާރަ ވިލޭރޭ ކަމަށް ވުމާއެކު ރޭގަނޑު ޖަލްސާ ނުބާއްވާ ގޮތައް ހަމަޖެހިފައިވަނީ އެވެ. ބުދަ ދުވަހު މެންދުރު ފަހު ދިއްދުއަށް ވަޑައިގަތުމުގެ ކުރިން ޓީމް މަސައްކަތް ކުރެއްވީ ހއ. ބާރަށުގައެވެ. ނަމަވެސް ހއ. ބާރަށުގެ ކަރަންޓަށް ދިމާވެފައިވާ އިހުމާލު ގެ މައްސަލަ އަކާ ގުޅިގެން މުހަންމަދު ނަޝީދުގެ ގިނަ ވަގުތު ބާރަށުގައި ހޭދަ ކުރެއްވީ މިމައްސަލައި ހައްލެއް ފެންނާނެ މަގަކީ ކޮބައިތޯ ބެއްލެވުމަށެވެ. އެހެން ނަމަވެސް ބާރަށުގައި އެމްޑީޕީގެ މެމްބަރުން އެޕާޓީގެ ކުރިމަތި ވަމުން އަންނަ އިންތިޚާބުގެ ކެމްޕޭން ގެ މަސައްކަތުަގައި ޝާމިލްވެ ވަރަށް ފޯރީގައި ހަރަކާތް ތެރި ވެލެއްވިއެވެ. ބާރަށަށް ވަޑައިގަތުމުގެ ކުރިން އަންގާރަ ދުވަހުގެ ރޭގެ ޖަލްސާ ބޭއްވެވީ އެއަތޮޅުގެ ދެވަނަ އަށް އެންމެ އާބާދީބޮޑު ރަށް ކަމުގައިވާ ހޯރަފުށީގައެވެ. ވެހެމުން ދިޔަ ބޯވާރޭގައި ބޭއްވުނު މިޖަލްސާ ގައި ޓްރާންޝިޕްމަންޓް ބަނދަރުގެ ނަމުގައި އެތައް ދުވަހަކުން ސުރެ ސަރުކާރުން ދައްކަމުން އަންނަ ހުވަފެނީ މެގަޕްރޮޖެކްޓް އާ ބެހޭގޮތުން މުހަންމަދު ނަޝީދު ވާހަކަ ފުޅު ދެއްކެވި އެވެ. ތަފާތު އެކި މަގާމުގައި މުހަންމަދު ނަޝީދު ވިދާލުވާ ގޮތުން، މިޕްރޮޖެކްޓަކީ ރައްޔިތުން މަޖޫރީ ކުރަންޖެހޭ ގޮތައް ހުރިހާ ނަފާ ހީލަތްތެރި ގޮތަކަށް ވަކިބަޔަކު ނަގާ އެއްޗަކަށް ހެދިޔަ ދީގެން ނުވާނެއެވެ. ގައުމުގެ މުއްސަނދި ކަމާ ތަރިކަ ސީދާ ރައްޔިތުންނަށް ނުލިބޭ ގޮތައް ރާވާ ކަންކަމަކީ އަންނި ވިދާޅުވާ ގޮތުން ރުހިގެން ތިބެވޭނެ ކަންކަމެއް ނޫނެވެ.
ދިއްދޫ އަށް ފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ އަށެވެ. މިދަތުރު ފުޅުގައި ރައްޔިތުންގެ ޚާއްޞަމަޖިލިހުގެ މ. އަތޮޅު މެމްބަރ އަހުމަދު ޝަފީގު ބައިވެރިވެ ވަޑައިގަންނަވައެވެ. އަހުމަދު ޝަފީގަކީ ރާއްޖޭން ބޭރުގައި އަމިއްލަ އަށް އަރުވާލެއްވިގެން އުޅުއްވުމަށް ފަހު މުހަންމަދު ނަޝީދު މާލެ ވަޑައިގަތް ދަތުރު ގައި އަންނި އާ އެކު ކޮޅުނބުން މާލެ އަށް ދަތުރު ކުރައްވަން ކެރިވަޑައިގަތް މަދުބޭފުޅުން ކުރެ އެކަކެވެ.

3 Comments

 1. ވޯޓް އަންނި……….

  Comment by ahmed saeed — March 21, 2008 @ 2:17 am

 2. ގަބޫލްކުރާ ގޮތުން އިރާދަކުރެްވިްޔާ އައްނި ކާމިޔާބުކުރާނެކަމަށް ފެނެއެވެ
  ައަންނިއަށް އަހަރެން އެކަނިވެސް 100/ ވޯޓް ހޯދާނަމެވެ.

  Comment by Ali Mohamed — March 21, 2008 @ 9:01 am

 3. ބޮޑުތިލަދުންމަތީގައި ބޮޑުތަކުރުފާނު ހޯއްދެވިފަދަ ސަޕޯޓެއް ހޯއްދެވިދާނެ، ނުވަތަ އެއާގާތްކުރާވަރެއްގެ ތައީދެއްވެސް ހޯދޭނީ، ވެހޭވާރޭއަކަށް، ދޭއަތްވަކަށްނުބަލާ، އައްޔަކަށް އަދިރިއަކަށް ވިއަސް ޖެހިލުމެއްނެތި، ތިގޮތަށް މަސައްކަތްކުރެވިގެންނެވެ. ވޯޓު ވިއްކުމުގެ ސަޤާފަތަކީ ރައްޔަތުންގެ ފަގީރު ހާލަށް ބަލާއިރު،މަޖްބޫރީއެއްކަން، އަންނި ދަންނަންވާނެ. ތި ކގެ ސިއާރު ކަނޑައެޅީ އެކަން ދެނެތިބި ބައެއްކަމުގައި އުންމމީދުކުރެވޭ. ބަޑަށްހުންނަމީހާ ރުޅިގަދަވާނެ ކަން، ދަރަނިވެރިޔާ ހީލަތްޔެރިވާނެކަން، ހަމައެފަދައިން ދެންކުރާނެކަމެއްނެތްމީހާ ދީލި ކަޑަވާލެއް ފަސޭހަވާނެކަން ދެނެތިބި ބަޔަކު ކަމުގައި އުންމީދު ކުރެވޭ. މައުމޫނު ހެދިގެން، ކާންނުދީ ދަހިކޮށްފައި، ބިރިޔާނީތަށި ދިއްކޮށް “އޭ ކަލޭނޭ މަގޭ ހެޔޮކަމާ މާތްކަން ނިކަންދެކޭށޭ” ގޮވާ ނުހަދާނެ ބަޔަކުކަމުގައި އުންމީދު ކުރެވޭ. އިރާދަކުރެއްވިއްޔާ ކާމިޔާބު އޮތީ ހައްގުގައިތިބި، ފަގީރުންނަށެވެ. އެހީއަށްބޭނުންވެ އެކަމަކު މައުމޫނުނަށް ސަލާން ނުޖަހަންތިބި، ނިކަމެތިންނަށެވެ. އަންނި އަށާ އަހުރެމެންނަށެވެ.
  އަހުމަދުބެ.

  Comment by Ahnedbe — March 21, 2008 @ 12:03 pm