Wathan Edhey Gothah – MDP » އެމްޑީޕީގެ ލީޑަރޝިޕްއިން ރ އަތޮޅަށް ހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެ

August 21, 2008

އެމްޑީޕީގެ ލީޑަރޝިޕްއިން ރ އަތޮޅަށް ހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އަށް ތާއީދު ހޯއްދުވައިދެއްވުމަށްޓަކައި އެމްޑީޕީގެ ލީޑަރޝިޕްއިން ރ އަތޮޅުގެ ބައެއް ރަށްރަށަށް މިހަފްތާ ބަންދުގައި ޒިޔާރަތްކުރައްވާނެއެވެ.

އެމްޑީޕީގެ ކެމްޕޭން އޮފީހުން މައުލޫމާތު ދޭގޮތުގައި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް އިސްކޮށް ހަރަކާތްތެރިވެލައްވާ ޓީމަކުން ކުރައްވާ މިދަތުރު އެއަތޮޅުގެ ހަރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. ހުކުރު ދުވަހު ފައްޓަވާ މިދަތުރުފުޅުގައި ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫ، ރަސްމާދޫ، އުގޫފާރު، އަލިފުށި، ރަސްގަތީމު އަދި މަޑުއްވަރިއަށެވެ. މިދަތުރު
ފުޅުގައި ރައްޔިތުންގެ ދިރިއުޅުމުގެ އަގުތިރިކުރުމަށް އެމްޑީޕީގެ ސަރުކާރަކުން ކުރައްވާނެ ކަންތައްތައް ކިޔައިދެއްވާނެއެވެ. އަދި ގޭގެޔަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް ކެމްޕޭން އޮފީހުން މައުލޫމާތު ދެއްވައެވެ.

1 Comment

  1. އަންނިގެ ސާބިތުކަން ބަލައިގަނެ ނުހަނު ސުކުރުވެރިވަމެވެ. ތިޔަގޮތުގައި މި ގައުމު ހިންގަވާތަން ދެކޭނަމެވެ.

    Comment by niyaa — August 25, 2008 @ 2:54 am