މިއަދަކީ މާލޭގައި ދޮރުން ދޮރަށް ކެމްޕޭނު ކުރާ ދުވަސް
މިއަދަކީ މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ކުރާ ދުވަހުގެ ގޮތުގައި އަނެއް ދިވެހި ރާއްޖެ ކެމްޕޭން ޓީމުން ފާހަގަކުރާ ދުވަހެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ދޮރުން ދޮރަށް ހިނގުމުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް މައުލޫމާތު ދެއްވި ގޮތުގައި މިއަދު ހެދުނު 9 އަކުން ހަވީރު 6 އެއް ޖަހަންދެން ދޮރުން ދޮރަށް ހިނގުން ކުރިޔަށް ދާނެއެވެ.
ހަތްދިހަ ވޮލަންޓިއަރުން މާލޭގެ ހަތަރު އަވަށުގެ އެކި ހިސާބުތަކުގައި މިހަރަކާތް ހިންގާނެކަމަށް މައުލޫމާތު ލިބިއެވެ. ގޭގެއަށް ޒިޔާރަތްކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ވަޢުދު ހާމަކުރުމުގެ އިތުރަށް ޕޯސްޓަރު ތަތްކުރުން މިހަރަކާތުގައި ހިމެނޭކަމަށްވެސް ދޮރުން ދޮރަށް ހިންގާ ޓީމުން މައުލޫމާތު ދެއެވެ.
ސާބަހޭ އަންނި…. ތީ ހަމަ މަންޑޭލާ
މަގޭ ހީރޯ
ވޯޓް ލާނަން… ޔަގީން ހޮވާނަން
Comment by niyaa — August 25, 2008 @ 2:56 am