Wathan Edhey Gothah – MDP » މައުމޫނާއި ދެކޮޅަށް ވޯޓު ދިނަސް އެމްޑީޕީ އިއްތިހާދަށް ވޯޓު ނުލައިފިނަމަ ވޯޓު ބޭކާރު ވެދާނެ- ކެންޑިޑޭޓް ނަޝީދު

October 7, 2008

މައުމޫނާއި ދެކޮޅަށް ވޯޓު ދިނަސް އެމްޑީޕީ އިއްތިހާދަށް ވޯޓު ނުލައިފިނަމަ ވޯޓު ބޭކާރު ވެދާނެ- ކެންޑިޑޭޓް ނަޝީދު

އިސްލާހަށާއި ބަދަލަށް އެދި މައުމޫނާއި ދެކޮޅަށް ވޯޓު ދެއްވި ނަމަވެސް އެމްޑީޕީ އިއްތިހާދަށް ވޯޓު ނުދެއްވައިފިނަމަ ވޯޓް ބޭކާރު ވެދާނެކަމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް 48 ގަޑިއިރަށް ވެފައިވަނިކޮށް ދެއްވި ޕްރެސް ކޮންފަރެންސްގައެވެ. ނަލަހިޔާ ހޮޓެލްގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މައުމޫނު ބަލިކޮށްލުމަށްޓަކައި މައުމޫނާއި ދެކޮޅަށް ވޯޓު ދެއްވި ނަމަވެސް ކާމިޔާބު ނުލިބިދާނެއެވެ.

ހަވާސާގައި ތިއްބެވި އިދިކޮޅު ބޭފުޅުންނަށް ވޯޓު ދެއްވައިފިނަމަ އެވޯޓް ބޭކާރު ވެގެން ހިނގައިދާނެކަމުގައި ނަޝީދު ވިދާޅުވިއެވެ. މިވޯޓު ބޭކާރު ކޮށްނުލުމަށްޓަކައި ވޯޓު ދެއްވާންވީ ރާއްޖޭގެ އުތުރާއި ދެކުނުން އެންމެ ގިނަ ރައްޔިތުން ތާއީދު ކުރާކަން ހާމަވެފައިވާ އެންމެ ސާބިތުކަމާއި އެކު ތިބި އެމްޑީޕީ އިއްތިހާދަށްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ނަޝީދު ވިދާޅުވިގޮތުގައި މިހާރު ކުރެވިފައިވާ ސާވޭތަކާއި ހިޔާލު ހޯދުމުގެ ވޯޓުތަކުން ވަރަށް ސާފުކޮށް ދެވަނައިގައި އުޅުއްވާތަން ފެންނަނީ ޑީއާރުޕީގެ ޒައީމް މައުމޫނެވެ. އަދި ޑރ.

ހަސަން ސައީދަށާއި ގާސިމް އިބްރާހިމްއަށް “އެވަރަށް ވޯޓު ނުނެރެވޭނެ” ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުންނަކީ ރިޔާސީ އިންތިހާބުގެ ހަވާސާގައި ތިއްބެވި ބޭފުޅުންގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

ފުރަތަމަ ބުރުން އެމްޑީޕީ އިއްތިހާދަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި އެނޫންގޮތަކަށް ކަންތައް ވާނެކަމަށް އެއްވެސް ވަރަކަށް ނުވިސްނާކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. ނަޝީދު މިއަދު ވިދާޅުވީ އިދިކޮޅު ވޯޓު ބައިބައިކޮށްލައިގެން ދެވަނަ ބުރަކަށް ދިޔުމަށް ޑީއާރުޕީގެ ކުރީގެ ދެނާއިބު ޒައީމަކާއި ހިލް އެންޑް ނޯލްޓަން އިން ހީލަތްތެރި ކުޅިގަނޑެއް ކުޅުނުކަމުގައިވިޔަސް އެމްޑީޕީ އިއްތިހާދުން ކުޅުއްވާނެ ކުޅިއަކީ އެބޭފުޅުންނަށްވުރެ ދެކުޅި އިތުރުކުޅިއަކަށް ވާނެ ކަމުގައެވެ.

ނަޝީދުގެ ނައިބު ޑރ މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވި ގޮތުގައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރުވާނީ އިލްމީ ގާބިލް ސަރުކާރެއްކަމުގައެވެ. އަދި އެމްޑީޕީން އުއްމީދަކީ ވަރަށް އަމާންކަމާއި އެކު ވޯޓުގެ ކަންތައް ކުރިޔަށް ދާނެކަމަށް ވަހީދު ވިދާޅުވިއެވެ. “ދުނިޔޭގެ އެހެން ތަންތަނާއި އަޅާބަލާއިރު ވޯޓުގެ ދުވަސްވަރު ރާއްޖޭގައި މިހިނގާ ހަމަނުޖެހުން މަދު” ވަހީދު ވިދާޅުވިއެވެ.

ކެންޑިޑޭޓް ނަޝީދު މިއަދުވަނީ އިލެކްޝަންސް ކޮމިޝަނުން ވޯޓުގެ ކަންތައްކުރިޔަށް ގެންދަނީ ވަރަށް ރަގަޅަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކުރީގެ އިލެކްޝަންސް ކޮމިޝަނަރު ހޮވާފައިވާ އަތޮޅު ކޯޑިނޭޝަން ކޮމިޓީތަކުގައި ވަކިޕާޓީއެއްގެ މީހުން ގިނައިން ހިމަނާފައިވާތީވެ އެކަމާއި މެދު އެމްޑީޕީ އިއްތިހާދުން އެހާ ހިތްހަމަނުޖެހޭކަމުގައި ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީ އިއްތިހާދުގެ މަންދޫބުން ހުރިހާ ވޯޓު ފޮއްޓެއްގެ ކައިރީގައި ތިބޭނެކަމަށާއި ކަމެއް ގޯސްކޮށް ދާނަމަ އެކަންތައް ހުއްޓުވާން އިލެކްޝަންސް ކޮމިޝަނަށް ވަގުތުން އަންގާނެކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ

34 Comments

  1. ކަލޭމެންތެރޭގަ ވެރިކަންކުރުމުގެ ކިސްވަރު ހުރިއެކަކުވެސް ނެތް ތީހުސް ވަނދުގޮބޮޅި … ސޮރީ….

    Comment by mohamed — October 8, 2008 @ 12:17 am

  2. ތީޑިމޮކްރަސީގެ ނަމޫނާ ޕާރޓީ!!!!

    Comment by Anonymous — October 8, 2008 @ 4:46 pm

  3. ތެދެއް. ހިވާސާގަ ތިއްބެވި ބޭފުޅުޅުން އެތިއްބެވީ ހަވާގަ. މީ ކިބުރުވެރި އަމަލެއް. ދިވެހިންނައް ހުތުރެއް ދެއްވި 3 ބޭފުޅުން. ކޮންމެ މީހަކައް ރައީސްކަމެއް ނުކުރެވޭނެ. ބައިބައި ވުމުން މަގުތަނަވަސް ކޮއްދެވެނީ ހުދުމުހުތާރު ވެރިންނައް.

    Comment by ibrahim — October 9, 2008 @ 1:22 pm

  4. ތިއޮޅެނީ ރާއްޖޭގައި ކްރިސްޓިއަން ދީންފަތުރަންދޯ، ޓެމްޕަލް ފްލާވަރ ލޯގޯއަކަށް ހަދައިގެން.

    Comment by Anonymous — October 9, 2008 @ 3:56 pm

  5. ނޫނޭ ތިހަމަ އެއްވަނަ ޕާޓީ!! އިރާދުކުރެއް ވިއްޔާ 2 ވަނަ ބުރުން އަންނި ހޮވޭނެ!! އަންނި އަށް ކާމިޔާބު ދެއްވާށިއެވެ. އާމީން!!!

    Comment by student — October 9, 2008 @ 4:05 pm

  6. ައަޅުގަޑުބުނާނީ އެމް ޑީ ޕީ ނޫނީނެތޭ ތަސައްރަފު ފުދިފަވާޕާޓީ އެއް ރާއްޖޭގާ. ނިކަން ވާގޮތް ބަލަން ތިބޭ….

    Comment by Shah — October 9, 2008 @ 4:10 pm

  7. ސާބަހޭ އަންނި ތިސާބިތުކޮއްދިނީ ތިވަރުގެ އިދިކޮޅު ޕާޓީއެއް މި ރާއްޖޭގައި ނެތްކަން. މަރުހަބާ އެމް. ޑީ. ޕީ !!!!!!!!
    ކުރިއައްއޮތް ބުރުން އިރާދަކުރެއްވިއްޔާ އެމް. ޑީ. ޕީ ގައި އުފެދޭނެ ކޯލީސަނަކަށް އިންތިޚާބު ފަސޭހަކަމާއިއެކު ކާމިޔާބު ކުރެވޭނެ. އަދި އަންނި އެންމެ ފަހުވަގުތު ވިދާޅުވި ބަސް ( އެމް. ޑީ. ޕީ ފިޔަވައި ޑީއާރުޕީ ނޫން ބަޔަކަށް ދެއްވާ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށް ވެދާނެކަމަށް) ވިދާޅުވި ބަހުގެ ތެދުކަން މިއަދު ހާމަވެއްޖެއެވެ. އަޅުގަޑު ރާއްޖޭގެ ހުރިހާ އިދިކޮޅު ޕާޓީއަކަށް މި ދަންނަވަނީ އަންނި ގެ އަތްޕުޅުގައި ހިއްޕަވައިގެން މިއޮތް ޚުދުމުހުތާރު ޑިކްޓޭޓަރު ގެ ވަސް ފިލުވާލަދެއްވަވާށޭ!!!!! އާދޭސްކޮއްފައި މިވާހަކަ ތަކުރާރުކޮއްދެމެވެ. ﷲ ރާއްޖެއްށް ހެޔޮ ވެރިކަމެއް ދެއްވަވާށީއެވެ.
    7932814 ފޯން

    Comment by ali — October 9, 2008 @ 7:28 pm

  8. މާފުކުރޭ 7 ވަނަ ކޮމެންޓުގައި އަޅުގަޑުގެ ފޯނު ނަމްބަރު ދެވިފައިއެވަނީ ރަގަޅަކަށް ނޫނެވެ. ރަގަޅުގޮތަކީ 7932914 އެވެ.

    Comment by ali — October 9, 2008 @ 7:31 pm

  9. ޓެމްޕަލް ފްލާވަރ އަށް އެނަން ކިއުނަސް އެއީ މާތް ރަސްކަލާނގެ ހެއްދެވި އެއްޗެއް. އަންނި އަކަށް މިތާގެ ގާނޫނު އަސާސީ އާއި ޚިލާފަށް އެހެން ދީނެއް ނުގެނެވޭނެ. އަދި ނުވެސް ގެންނާނެ.

    Comment by anni — October 9, 2008 @ 8:30 pm

  10. މައުމޫނަށް މާލެއިން 10108 ވޯޓް ލިބިއްޖެ.އެހެންވީމާ އަންނި މިނިވަން ނޫހުގައި ބުނެފައިވާ ގޮތަށް ސިޔާސީ ކަންތަކާ ދުރަށް ދާންވީ ނުން ދޯ.ޖުލައި 2005 ގައި މިނިވަން ނޫހަށް ދީފައިވާ އިންޓަވިއުގައި އަންނި ބުނެފައި ވަނީ މައުމޫނަށް މާލެއިން 2000 ވޯޓް ހަމަވިޔަސް ސިޔާސީ ވާހަކަ ދެއްކުން ހުއްޓާލާނެ ކަމަށް.ތިހާ ތެދު ހަދާ މީހެށް ވެއްޖެޔާ ސިޔާސީ ވާހަކަ ދެއްކުން ހުއްޓާ ލާނެ.

    Comment by DRP supporter — October 9, 2008 @ 11:34 pm

  11. އަނެއް ދިވެހިރާއްޖެ އަށް ދާކަށް ބޭނުމެއް ނޫން.ތި ޕާޓީ އަކު ވެރިކަން ކުރެވޭނެ އެކަކު ވެސް ނެތް.

    Comment by Aisha — October 9, 2008 @ 11:39 pm

  12. އަޅުގަނޑަކީ ޑީއާރުޕީގެ އަށް ނިސްބަތްވާ މެންބަރެއް. އެހެންނަމަވެސް ކަންތައް މިހިރަ ހިނގާގޮތުން، މިހާރުދެން އަޅުގަނޑުގެ ޒަމީރު އެދެނީ އަޅުގަނޑަކީ އެމްޑީޕީގެ މެންބަރަކަށްޥާން. އެކަން އަޅުގަނޑު ވަރަށް އަވަހަށް ކުރާނަން. އަދި މިހާރު އޮކްޓޯބަރ 29 ގައި ބާއްވާ ދެވަނަ ބުރުގެ އިލެކްސަން އައްނިއަށް ކާމިޔާބު ކޮށްދިނުމުގައި އަޅުގަނޑަށް ވެވުނު ހުރިހާ މަސައްކަތެއް އަމަޅާއި ބަހުން، މާލާ މުދަލުން ކުރާނެޥާހަކަ ދަންނަވަން.

    Comment by Hassan — October 10, 2008 @ 12:15 am

  13. އައްނި!މައުމޫން ވައްޓާލުމަށް ބޭނުންވާ ހަތިޔާރަކީ މަޑުމައިތިރި ކަމާއި ކެތްތެރިކަމާއި އެކު އެހެން ހުރިހާ އިދިކޮޅު ޕާޓީތަކައި ގުޅިގެން ކުރިއަށް ވަޑައިގަންނަވާ!

    Comment by ahin — October 10, 2008 @ 12:53 am

  14. ހާދަ ފިނޑި މީހުން އުޅެޔޭ ދޯ. ތިމީހަކު ޚަރަދު ކުރާ ރުފިޔާއަކަށް -/100ޚަރަދު ކުރާނަން މަޢުމޫނު ނޫންމީހަކު ވެރިކަން ކުރާކަށް ބޭނުމެއްނޫނެވެ. އަދި ބުނަންތަ ތިބުނާ އަނެއްދިވެހި ރާއްޖެ ފެންނަކަހަލަ ތިމީހުން ގެ ތެރޭގައި ވެސް އަންނި އާއި އިދިކޮޅު ކިތައްމީހުން ތިބޭކަން އެގޭތަ؟ ތިހާ ސަޕޯރޓް އޮތިއްޔާ އަންނި އޭކިޔާމީހާ ހުންނާނީ ވެރިކަމުގައި. މަގުމަތީ އެއްވިއަސް މީހެއްގެ ގަޔަށް ފައިން އެރިގެން ބާލާލާއިރު އެރެނީ ރީދޫ ޓީސާޓެއްލައިގެން އުޅޭމީހެއްގަޔަށް. ކަލޭމެންނާ ހުރެ ނޮހޮރުއްޕާނާއި ހަމަ.ދެއުޅިއެއް ނުވަނީ ހަސަން ސައީދެއްނޫން އެކިޔާ އަންނި، މީހުން ނަށް މިނިވަން ކަން ހޯދައިދޭން ވެރިކަން ބޭނުން ވެގެން އެއްވެސް މީހަކު އުޅުނުތަން އަދި މިދެކެނީ. ހަސަން ސައީދު އަންނިޔާ ގުޅިއްޖިއްޔާ މަގުފުރެދުން ކައިރި.މައުމޫނު ހޮވޭނެ އިރާދަކުރެވިއްޔާ.

    Comment by MOHAMED NASIR AHMED — October 10, 2008 @ 1:10 am

  15. ޓެންޕަލް ފްލާވަރ އާއި ކުރިސްޓިއަން ދީނާ އޮތީ ކޮން ގުޅުމެއް. އިނގިރޭސިބަހުން ޓެންޕަލް އާއްމުކޮށް ކިޔާއުޅެނީ ބުދައްއަޅުކަންވެވޭ ތަންތަނަށް. ޗާރޗް ކިޔަނީ ކުރިސްޓިއަން ދީނަށް އަޅުކަންވެވޭ ތަންތަނަށް. ދެންކޮބާބާ “ހައި” ވުމަކީ އިނގިރޭސިން. މަސްތުވުންދޯ؟ ހެއްހޭ! ގައްޔޫމުގާތު ބުނެބަލާ ކަލޭ ވެރިކަމާހެދި މަސްތުވެފާ )ހައި( ހުންނާށޭ! އެމް.ޑީ.ޕީގެ ވެރިކަމެއްގައި ޕޮލިޓިކަލް ރީހެބެއްހަދާނަމޭ. ކަލޭގެންދާނަމޭ،

    Comment by Mohamed Shaheen — October 10, 2008 @ 2:18 am

  16. ދެން ވިސްނަންވީ ޑީ އާރ ޕީ ގައި ތިބި ކޮރަޕްޓް މީހުން ގެނެސްގެން އެމްޑީޕީ މުޑުދާރު ކުރާކަށް ނޫން. .އެމްޑީޕީ މިހިސާބަށް ގެނައީކީ ފައިސާއެއް ނޫން. ރައްޔަތުން ގެ އިހްސާސް.. އެކަން އަންނި އަދި އެމްޑީޕީގެ އިއްތަހާދުން ދަންނާނެ ކަމަށް ހީކުރަން.

    Comment by Anonymous — October 10, 2008 @ 3:00 am

  17. މިފަހަރު ވޯޓު ނުލާ މީހުންގެ ލިސްޓް ޑީއާރުޕީ އަށް ފޮނުވުމަށް އިލެކްޝަން އަށް އަންގައިފި! ބޭނުމަކީ އެމީސްމީހުންގެ ނަމުގައި ވަގު އައިޑީ ކާޑު ހެދުން! އޭރުން 30،000 ވޯޓް ލިބުނީ. މިވޯޓްތައް ލާނީ ޑީއާރްޕީއަށް ވަފާތެރި ޤައުމަށް ޤައްދާރުވާ މަދުއަދަދެއްގެ ސިފައިންނާއި ފުލުހުންކޮޅެއް! ސަމާލުވޭ!

    Comment by drp — October 10, 2008 @ 9:43 am

  18. ކިހާ ބޮޑު ބަލާއެއް. ކޮން ޓެންޕަލް ފްލާވާއެއް. ހަމަ މީހަކު އާގޮތަކަށް އެއްޗެއް ހަދާ އިރަށް، ފައްޅިއެކޭ، ސޮލީބޭ، ކްރިސްޓިއަނޭ، މައުމޫން މިރާއްޖޭގެ ޤަވާއިދާ ޚިލާފަށް އެތެރެކޮށް ރިސޯރޓެއްގައި ބެހެއްޓި ބޮޑުބުދު، އެއީ ކޯޗެއް. މައުމޫން ރައްޔިތުންގެ ބައިތުލްމާލުން ހޭދަކޮށްގެން ކުރި ކެންޕޭނު ސޮކޮންދިޔައީ.

    Comment by dindin koveli — October 10, 2008 @ 12:07 pm

  19. ރައްޔިތުންގެ ވިސްނުން މިހާ ހިސާބަށް ގެނެސްދީފައިވަނީ އަންނިބާ! ނުވަތަ މައުމޫނުބާ! ޚުދު އަންނިވެސް ޤައުމު އިޞްލާޙުކުރުމުގެ ނަމުގައި ފުރަތަމަ ރާއްޖެ އައިސް ތިމަންނަ ދުވަހަކުވެސް ވެރިކަމަކަށް ފަޔެއް ނުނަގާނަމޭ ވިދާޅުވީމުނޫންތޯ! ދެން ވިދާޅުވީ ވެރިކަމަށް ކުރިމަތިލުމަށް ޤަޞްދުކުރާ ވާހަކަ، އެއަށްފަހު ވިދާޅުވީ އެމް.ޑީ.ޕީ ޕްރައިމަރީޒްގައި ނާކާމިޔާބުވިޔަސް އަމިއްލަގޮތުން ވެރިކަމަށް ކުރިމަތިލައްވާނެ ވާހަކަ، ޚުދު އަންނިގެވެސް ބަހާ ޢަމަލާ ދިމާނުވޭނޫންތޯ، އަޅުގަނޑަކީ ވަކި މައުމޫނަށް ތާއީދުކުރާ މީހެއްނޫން، އެހެންނަމަވެސް ބަދަލަކަށް އެދެން، ބޭނުންވަނީ ރަނގަޅު ބަދަލެއް، ރަނގަޅު ޝަޚްޞިއްޔަތެއްގެ ވެރިއެއް، ބަހާ ޢަމަލާ ދިމާވާ ވެރިއެއް، ޤައުމުގެ ކަންކަމުގައި މިވީ މަދުދުވަސްކޮޅުގައިވެސް އަންނިގެ ބަހާ ޢަމަލު ދިމާނުވާކަން ފާހގަކުރަން، އެހެންނޫނަސް ޑިމޮކްރަސީއޭ ކިޔައިގެން ކުރާ މަސައްކަތަކީ އަޅުގަނޑު ޤަބޫލުކުރާ މަސައްކަތެއްނޫން، ސަބަބަކީ ޑިމޮކްރަސީއަކީ ހުޅަނގުގެ އެއްޗެއް، އިސްލާމީ އުޞޫލަކީ ވެރިއަކަށް ހުންނަ މީހަކީ އިސްލާމްދީނުގެ ޙުކުމްތައް ދަންނަ މީހަކަށްވެހުރެ ވެރިކަމުގެ ފަރާތުން އެންމެންގެ މެދުގައި ހަމަހަމަކަމާއެކު ޢަދުލުވެރިކަމާއ އިންސާފް ޤާއިމްކުރުން، ޤާނޫނު އަސާސީގައި ރާއްޖޭގައި އިސްލާމީ އުޞޫލާއި ޚިލާފް އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ހެދިޔަސް އެއީ ބާޠިލް އެއްޗެއްކަމުގައި ބުނެފައިވާއިރު، އަދި ދިވެހި ރާއްޖޭގައި އޮންނާނީ ހަމައެކަނި އިސްލާމްދީންކަމަށް ބުނެފައިވާއިރު ޑޮކްޓަރ ހަސަން ސަޢީދާއި އޭނާގެ ބޭބެ ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ދީނީ ނަޒަރަކުން މުރުތައްދުވުމާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތް މަތީ މަޖިލީހުން މަނާކުރެއްވުމުން އެކަމާގުޅިގެން ޑޮކްޓަރ ހަސަން ސަޢީދު ރައްދުދެއްވާ އެފޮތަކީ އިސްލާމީ އެއްވެސް އުޞޫލަކާ ޚިލާފް ފޮތެއްނޫންކަމާއި، މަތީ މަޖިލީހުގައި ތިބީ އިނގިރޭސި ބަސް ނުދަންނަބަޔަކު ތިބޭ ތަނަކަށް ހައްދަވުމުން ޖަމްޢިއްޔަތުއްސަލަފުން ނެރުއްވާފައިވާ ޤަރާރުން އެފޮތަކީ ކޮންކަހަލަ ފޮތެއްކަން ދިވެހިންނަށް ވަރަށް ރަނގަޅަށް އެނގިފައިވާއިރު، ޑރ ހަސަން ސަޢީދު އަންނީއާއި ގުޅުމުން މިރާއްޖޭގައި ދެން ދީން އޮންނާނެގޮތާމެދު ސުވާލު އުފެދޭ، އަދި އަންނިއަށް އިނގިރޭސި ރައްޔިތެއްގެ ލަޤަބު ލިބިފައިވަނީ ހަމައެކަނި ޤައުމުގެ އިޞްލާޙަށް ކުރެވިފައިވާ މަސައްކަތުގެ ސަބަބުންތޯ މިއީވެސް ސުވާލު އުފެދޭކަމެއް، އަދި އެ ހުރިހާ ދުވަހު އަންނިއަށް ޚަރަދުކޮށްފައިވަނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންތޯވެސް ސުވާލު އުފެދޭ، އަދި އެމް.ޑީ.ޕީގެ އެތެރެ ހަލާކުކޮށްލާ އަބަދުވެސް މަގުމައްޗަށް ނުކުންނަން ބޭނުންވާ ބޭފުޅެއްކަން އެމް.ޑީ.ޕީގެ ލީޑަރޝިޕްގައި ތިއްބެވުމަށްފަހު އެހެންގޮތެއްނެތިގެން ނުކުންނެވި ބޭފުޅުންގެ ވާހަކަތަކުން އެނގޭ، އަދި މިނޫނަސް އަންނިގެ ޢަމަލާ ބަހާ ދިމާނުވާ އެތައްކަމެއް އެބަހުރި.

    މިކޮމެންޓަކީ އަންނިއާ ދެކޮޅަށް ކޮށްފައިވާ ކޮމެންޓަކަށްވުމުން މިކޮމެންޓް ޕަބްލިޝްކުރުމަކީ ހިތަށް ކެތްވާނެވަރުގެ ކަމެއްނޫންކަމުގައިނުވާތީ މިކޮމެންޓް ޕަބްލިޝްކުރުމާމެދު ޝައްކު.

    Comment by އމ — October 10, 2008 @ 12:14 pm

  20. އަންނި މާ ފޮނި ވެފަ މައުމޫނާ ދެކޮޅަށް60ޕަސެންޓު މީހުން ވޯޓުލީ ވާހަކަ ދައްކާ އިރު އަންނިއާ ދެކޮޅަށް 75 ޕަސެންޓު މީހުން ވޯޓުލި އެއްނުން.ބަލި ގަބޫލު ކޮއްބަލަ.އަޅުގަނޑު ވެސް ގައުމަށް އިސްލާހު ގެންނަން ބޭނުން.އެކަމަކު އަންނި އަކަށް އެކަމެށް ނުވާނެ.އެކަން ވާނީ ވެސް މިހާރުގެ ޒައީމް މައުމޫނަށް.އިރާދަ ކުރެއްވިއްޔާ ހޮވޭނީ ވެސް މައުމޫން.

    Comment by nashiya — October 10, 2008 @ 2:19 pm

  21. ޓެމްޕަލް ފްލާވަރ ގަހެއް ހެންވޭރު އަމީރު އަޙުމަދު މަގުގައި ހުރި މިސްކިތެއްގެ ގޯތިތެރޭގައި ހުންނަތާ ކިތަންމެ ދުވަހެއް. ކިހާދެރަކަމެއް…….ބަލަގަ ކޯޓް ފަޓްލޫނަކީ ޢާންމުކޮށް ޔޫރަޕާއި އެހެން ގައުމުތަކުގެ ނަސާރާއިން ފައްޅިއަށް ދިއުމަށްޓަކައި ލާ ހެދުމެއް ނޫންތަ….ވީ އިރު އެ ބޭ މިއެއްޗެތި ގަޔަށްމަހައިގެން އެތެޅޭ ތެޅުން ދިވެހީންގެ ސަމާލުކަމަށް ނާންނާތީ ޙައިރާންވަން…..ތުރުކީ ވިލާތުގެ އަތާތުރުކު (ތުރުކީންގެ ބައްޕަ) އެ ގައުމުން އިސްލާމީ ވަހުދަތު ނައްތާލި ގޮތާއި މައުމޫނުގެ 30 އަހަރު ވީ ވެރިކަމުގައި ކަންތައްކުޅަ ގޮތާއި އެއްވެސް ތަފާތެއް މަށަކަށް ނުފެނޭ. ނިކަން ގޫގުލް އިން ސާރޗް ކޮށްލަ ބަލަ މަ މިބުނީ ދޮގު ވާހަކައެއްތޯ…..އަދދިވެސް ހޭ އަރާ،،،މައުމޫނު ނޫން އެހެން މީހަކު މިތަނުގެ ވެރިކަމާއި މަތިކޮށްބަލަ….ވާ އެއްޗެއްވެސް އެނގިދާނެއެއްނު……..

    Comment by vaanaa — October 10, 2008 @ 4:28 pm

  22. ފުދިއްޖެ.. ބޭނުމީ ބަދަލް، ގޮޅާ ނޫން ވެރިއެއް
    އެކަންވާނީ އަންނި އަށް
    އމ،، ދަންނާތި “ޕޮލިޓިކްސް އިޒް އަ ޑާރޓީ ގޭމް “

    Comment by pachas — October 10, 2008 @ 4:49 pm

  23. ވޯޓްލާ ނުނިމެނީސްވެސް މައުމޫނު ފިލާފާނެ، މިކަމަށް ސަމާލުވާތި.
    ފުރިހަމައަދަބު މީނަޔަށްދޭންވާނެ. ސްޕްރީމް ކޯޓަށްވުރެ މަތީކޯޓެއް ހަދާފަނަމަވެސް އެތަނަށް ހާޒިރުކުރެވޭތޯ ބަލަންޖެހޭނެ. ހާދަވޭނެކޭ އަހަރުމެންނަށް ޖެއްސީ.

    Comment by Mohamed — October 10, 2008 @ 6:53 pm

  24. ސިފައިން ވޯޓުލަނީ މައުމޫނު އަންގައިގެން މައުމޫނަކަށްނޫން. ނޫނީ މައުމޫނު ބޭނުންވާ މީހަކަށްވެސްނޫން. މިރާއްޖޭގެ ސިފައިންގެ އަގު ވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދެރަކަމެއް. އެގޮތަށް ކޮމެންޓްކުރީ ކޮންމެ މީހަކަށްކަމުގައިވިޔަސް އެމީހާއަށްވެސް ޙާލުގައިޖެހޭވަގުތު އެހީތެރިކަމެއްދޭނީ ހަމަ ސިފައިން. އަންނިއެއްނޫން. ނޫނީ މައުމޫނެއްވެސްނޫން. ބަލަ ސިފައިންނަކީ ވަކި މީހަކަށް ހުރި މީހެއްނޫންކަން ދަންނާތި. ކޮމެންޓެއްކުރާއިރު ތިމާއަށް މިބުނެވެނީ ކީކޭކަންވެސް އެނގެންޖެހޭނެ. މިހާރު ތިފެންނަނީ އެމް.ޑީ.ޕީގެ އަސްލު ސިފަކަމުގައިވެސްވެދާނެ. ޕާޓީގެ ލީޑަރޝިޕްގައިވެސް ތިބީ އެކޮމެންޓްކުރިކަހަލަ މީހުން. ސުލްހަވެރިކަން ކުރިއަށްނެރޭ އެއްވެސް މީހަކު ނެތް. މުޅިންވެސް ތިބީ މަގުމަތިން އިޞްލާޙް ހޯދުމަށް އެދޭ މީހުން. ރައްޔިތުންގެ ލޮލަށް ބޮލަށް އުނދަގޫކޮށް، މީހުންގެ ޅަދަރިން ބިރުގަންނަވައިގެން އިޞްލާޙްކުރަން ބޭނުންވާ މީހުން. ކޮމެންޓްކުރި މީހާގެ ކައިރީގައި ސިފައިންނާ ފުލުހުންގެ އަގެއް ނެތް ފަދައިން އެމީހުންގެ ތާއީދު ލިބިފައިވާ ރިޔާސީ ކެންޑިޑޭޓް އަންނިއަކީވެސް ސިފައިންނާ ފުލުހުންނަށް ނަފްރަތުކުރާ މީހަކަށްވިއަސް މިހާރު ސިފައިންނާ ފުލުނުން ވަރެއް ނެތިގެން އުޅެނީ ސިފައިންނާ ފުލުހުންގެ ތާއީދު ހޯދަންވެގެން. އެހެންވެގެން މިހާރު ސިފައިންނަށް ރަނގަޅުގޮތް ހޯދައިދޭނަމޭ ބުނެ އެވާހަކަ އެދައްކަނީ. އެހެންނަމަވެސް ސިފައިންނާ ފުލުހުންނަކީ ވަކި މީހަކު ދިފާޢުކުރަން ނުވަތަ ވަކި މީހަކު ވެރިކަމުގައި ހުރީތީ އެވެރިކަމެއް ދަމަހައްޓަން މަސައްކަތްކުރާނެ ބައެއްނޫންކަމާއި، ސިފައިންނާ ފުލުހުންނަކީ ޤައުމުގައިވާ އެންމެހާ ރައްޔިތުންނާ ޤާނޫނީ ވެރިކަން ޤާނޫނާ ޚިލާފް ނުވާހާ ހިނދަކު ޤާނޫނީ ހަމަތަކުގެތެރެއިން ޙިމާޔަތްކުރާނެ ބައެއްކަމާއި ޤައުމުގެ މަޞްލަޙަތާއި ގުޅިފައިވާ މިފަދަ އެއްވެސްކަމެއްގައި ސިފައިންގެ އެއްވެސް މީހަކު ޤާނޫނާއި ޚިލާފް ޢަމަލެއް ކުރާނެކަމަކަށް ޤަބޫލެއްނުކުރަން.ތިގޮތަށް ވާހަކަ ދައްކަންފެށުމުން ދޭހަވަނީ ތާއީދު ހޯދުމަށްޓަކައި ތިޔަ ޕާޓީއަށް ނިސްބަތްވާ މީހުން ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެކަން. ދޮގު ހަދަނީ ހަމައެކަނީ މައުމޫނުތޯ އަންނި އެއްވެސް ދޮގެއް ނުހަދާތޯ. ކޮންމެ ކަމެއްގައިވެސް ތެދުވެރިވުން މުހިންމު

    Comment by އމ — October 10, 2008 @ 8:02 pm

  25. ނަންބަރު 17 ވަނަ ކޮމެންޓަށް ޙަވާލާދީ އަޅުގަނޑު ބުނަން ބޭނުން ވަނީ ޑީ އާރު ޕީ އޭ ކިޔާގެން ފާޑުފާޑުގެ ދޮގު ވާހަކަ ދެއްކިޔަސް ﷲ އިރާދަ ކުރެއްވިއްޔާ އަހަރުމެންގެ އަޒުމެއް ނުގުޑާނެއެވެ. އަހަރުމެންވެސް އެމް.ޑީ.ޕީ އޭ ކިޔާގެން ދޮގު ވާހަކަ ތަކެއް ނުފަތުރަމެއް ނޫންހެއްޔެވެ. އަހަރުމެން ވާހަކަ ދައްކާނީ އެކަމެއް ރަގަޅަށް ބަލައި އެކަމެއްގެ ހެކިލިބި ޔަގީންވުމުންނެވެ. ﷲއިރާދަ ކުރެއްވިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް 2ވަނަ ބުރުގައިވެސް ދިވެހިރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިގެން ދިވެހިރާއްޖޭގެ ވެރިކަމަށް ހޮވިވަޑައި ގަންނަވާނެއެވެ. އާމީން

    Comment by fathun — October 10, 2008 @ 10:11 pm

  26. ހަށީގައި ހޭހުއްޓައެއް ތި އަންނިއަކަށް ވޯޓެއް ނުދޭނަން! ބަދަލެއް ބޭނުން އެކަމަކު ތީ މިގައުމަށް ބަދަލު ގެނެވޭނެ ވެރިޔެއްނޫން! އެވަރުގެ ގާބިލިޔަތު ކަމެއް އަންނިގެ ގަޔަކުނެތް . އާދޭސް ކޮށްފަ މިބުނީ ވެރިކަން ކުރަން ނޫޅޭ ހޮޓަލެއްގެ ބަދިގޭގައި ބޮޑުކައްކާކަން ކުރޭ…….!

    Comment by Anonymous — October 10, 2008 @ 10:36 pm

  27. އަންނީމެނަށް ވެރިކަމެއް ނުކުރެވޭނެ. ޑރ. ޙަސަން ސައީދު ކަހަލަ ބޭފުޅަކު ތިއަންނިއަށް ތާއީދު ކުރެއްވީތީ ހިތާމަކުރަން. އެއަށްވުރެ ޙަސަނަށް ރަމގަޅީ ކޮންމެވެސް ނަމެއްގައި ޕާޓީއެއް ހައްދަވައިގެން އަނެއް ފަސް އަހަރަށް ވެރިކަމެއް އިންތިޒާރު ކޮށްލެއްވުން. ހީވަނީތަ؟ ޙަސަނަށް ތާއީދުކުރިމީހުންނާއި ބުރުމާ ޤާސިމަށް ތާއީދުކުރި މީހުން އަންނިއަށް ތާއީދު ކުޜާނޭހެން. ދުވަހަކުވެސް އެހެންނެއް ނުޥާނެ. ބަލަ، ޙަސަނަށާއި ޤާސިމަށް ތާއީދު ކުރި މީހުން އެ ތާއީދު ކުރީ އަންނިއަށް ތާއީދު ނުކުރަންވެގެންނޭ. އެވަރުވެސް ނޭނގޭ ގަމާރުންތަކަށް މިޤައުމުގެ ވެރިކަމެއް ނުކުރެވޭނެ. މިފަހަރު ވެރިކަން ކުރައްވާނީ ހަމަ މިހާރުވެސް ރައީސުލް ޖުމްހޫރީއަޔާ އަލްއުސްޓާޛު މައުމޫން ޢަބްދުލް ޤައްޔޫމު. އެހެންނޫނީ އަންނި ޖެހެނީ އަންނިގެ ނަން އަނބުޜާނަގައިގެން ޑރ. ޙަސަނު ތިމަޤަމަށް ގެންނަން.

    Comment by don manik — October 10, 2008 @ 10:50 pm

  28. އެއްޗެތި ޤައުމީ ސަލާމަތަށޭ ކިޔާފަ ސެންސަރުކުރުމަކީ މައުމޫނުކުރާކަމެއް. ޖީސީއެމްޖީ (ގްރޭންޑް ކްރޮސް އޮފް ސެއިންޓް މައިކަލް އެންޑް ސެއިންޓް ޖޯޖް)ގެ ލަޤަބު މައުމޫނަށް ލިބިފައިވަނީ ދިވެހިންގެ ދީނީ އަޤީދާ ބަލިކޮށްލުމަށް އޭނާ ކޮށްފައިވާ މަސައްކަތުގެ ސަބަބުން. މައުމޫނު ޓީވީ އެމް ގެ ސިޔާސަތު ޕްރޮގްރާމްގައިދެއްކި ޤުރުއާނުގެ އާޔަތެކޭ ކިޔައިގެން ދެއްކި ވާހަކައިން އެ ލަޤަބު ލިބުނު ސަބަބު އެނގިގެން ގޮސްފި. އެ ލަޤަބަކީ ކްރިސްޓިއަން ދީނުގެ އެންމެ ބޮޑު ދެފާދިރީންގެ ނަމުން ނަންދެވިފައިވާ ލަޤަބެއް. ދެން ދީނޭ ކިޔައިގެން ވާހަކަ ނުދައްކާ…..މައުމޫނަކީ ކްރިސްޓިއަނެއް…..

    Comment by AK — October 10, 2008 @ 11:11 pm

  29. އމ މުރުތައްދޭ އަމައޭ ނުކިޔާ……މައުމޫނޭ ދީނޭ ކިޔައިގެން ހަދާފައިހުރި ދޮގުތަކާއި ގުޅިގެން މައުމޫނަށްވުރެ މަތީ ފާސްނަގައިގެންތިބި 44 ދަންނަބޭކަލުން މައުމޫނަށް ތައުބާވުމަށް ގޮވާލާ ނެރެފައި އޮތް ފަތުވާ ކިޔާބަލަ!!!!!

    Comment by AK — October 10, 2008 @ 11:14 pm

  30. އމ މެން ކަހަލަ ގަމާރުން މައުމޫނަށް ތާއިދު މިކުރަނީ…..

    Comment by AK — October 10, 2008 @ 11:15 pm

  31. އަނެއް ދިވެހިރާއްޖެއޭ ކިޔާއިރުގަ މިހާރު އެބަހުރި ކުރިސްޓިއަންދީނުގެ ޓެމްޕަލް އަޅަން ތަކެތިގެނެސް ގ.ކެނެރީގޭ ގުދަންކޮއްފަ. މިީ އެމްޑީޕީ ގެ އުޅޭ އެމްޑީޕީ އާ ވަރައް އިދިކޮޅު މީހެއްގެ ފަރާތުންލިބުނު މައުލޫމާތެއް…މީ އެމްޑީޕީ އައްތާއީދުކުރާމީހުން އަނެއްދިވެހިރާއްޖެއައް ދާންއުޅޭ ބޭނުމަކީ…..މިކަމައް ދިވެހިން ހޭލާ ތިބޭށެވެ.. އެކަމަކު ﷲއިރާދަފުޅުން މިގައުމުގާ އަދިނެތް ކުރިސްތިއަންދީނަކައް އެއްވެސް ޖާގައެއް..އެހެންވިމަ އެމްޑީޕީ އަކައް އެއްވެސް ސަޕޯރޓެއް ނުލިބޭނެ ﷲއިރާދަފުޅުން ދިވެހި ރައްޔިތުންގެ ފަރާތަކުންނެއް.. މާތްﷲގެ އިރާދަފުޅުން މިފަހަރުވެސް ހޮވޭނީ ހަމަ މައުމޫން……އާމީން!….

    Comment by Hameedh — October 12, 2008 @ 9:19 am

  32. ހަމީދޫ، ރާއްޖޭގައި އަދިވެސް ތިކަހަލަ ގަމާރުން ގިނަކަމުންނޭ މިކަން ނުވެގެން މިއުޅެނީ! އަންނިތަ އިނގިރޭސި ބިލިއަނަރުގެ އުފަންދުވަހުގެ ޕާރޓީއަށް ބުއްދާ ގެނެސް ރިޒޯޓްގަ ބަހެއްޓީ؟ އެކަމަށް ހުއްދަ ދިނީ އަންނިތަ؟ ރާއްޖެ އިސްލާމްވީފަހުން ފުރަތަމަ ފަހަރަށް ބުދުކޯލު އެހެދީ އަންނިތަ؟ މިކިޔަނީކީ މައުމޫނު މުންޑުދަށުގަ އޮތް މީހަކު ބުންޏޭކިޔާފައެއް ނޫނޭ! އެކަން ނޭނގޭ ކުޑަކުއްޖަކު އެބަހުރިތަ؟ ކަސްޓަމުން އެ އެއްޗެހި ނެރުނީ ސީދާ މައުމޫނުގެ އޯޑަރަށް. އަހަރެންވެސް ކަސްޓަމްސްގަ މަސައްކަތްކުރާތީ މިކަންކަން ލޮލުން ދެކެފަ މިބުނީ. މިހާރުވެސް ޑިކްލަރޭޝަން ފޯމްތަކާ އިންވޮއިސްތައް ހުންނާނެ ކަސްޓަމްސް އާކައިވްގަ. އޭގަ ހުންނާނެ ކަނޑައެޅިގެން އެއީ ކޯންޗެއްކަން އިނގެން. ހަމަސީދާ ބުއްދާކަން އެއީ! ކަސްޓަމްސް އޮފިސަރ އެ ބުދުތައް ދޫ ނުކުރަން އުޅުނީމަ ސީދާ މަތިން އައި އޯޑަރަށް އެ ބުދުތައް ނެރުނީ. އަންނިތަ އެކަން ކުރީ؟ އަންނިތަ ސްކޫލު ކުދިން ލައްވާ އޭނައަށް ސަޖިދަ ކުރުވީ؟ މައުމޫނަކީ މަތިމައްޗަށް ކުފުރުވެފަ ހުރި މީހެކޭ ޢިލްމުވެރީން އެބުނަނީ އެހެންވެ! މައުމޫނު މާ ދީނަށް ލޯބިކުރާ މީހެއްކަމަށް ދައްކަން މިހާރު އުޅުނަސް ދެން އެކަން ޤަބޫލުކުރާނީ ތިކަހަލަ ގަމާރުން. ﷲގެ ފޮތަށާ މާތް ޙަދީޘަށް ކަނޑައެޅިގެން ދެކޮޅު ހަދާ، ހުރިހާ ދީނީ ޢިލްމުވެރީންނަށް ގޮންޖަހަމުން ދާއިރުވެސް ތިކަހަލަ ގަމާރުންނަށް ހަމަ ނުވިސްނެނީތަ؟ ބަލަ ޤުރްއާނުގެ ތަރުޖަމާ އެއޮތީއޭ، އެ ކިޔާބަލަ ނިކަން. ހެޔޮނުވާނެ މިޒަމާނުގަ ތިހެން މީހަކު ބުނާހާ އެއްޗެއް އަހައިގެން ހުންނަން. ހޭ އަރާބަލަ ހަމީދޫ. އަހަރެން ނުބުނަން ވަކި މީހަކަށް ތަބާވާށެކޭ. އެކަމު ޤުރުއާނާ ޙަދީޘަށް ބެލީމަ ފުދި އިތުރުވާނެ. އޭރުން އިނގޭނެ މައުމޫނަކީ ފުރިހަމަ އިސްލާމެއްވެސް ނޫންކަން. ކަނޑައެޅިގެން އެއާ ޚިލާފަށްކަން ވާހަކަދައްވަނީ.

    Comment by ahammaa — October 12, 2008 @ 6:44 pm

  33. ދިވެހި ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް މަސައްކަތް ކުރުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން މައުމޫނު އަބްދުލް ޤައްޔޫމަށް ފައްޅިން ވަނީ ޚާއްސަ ލަޤަބެއް ދީފައި. އެއީ ކްރިސްޓިއަން ދީނުގެ އެންމެ ބޮޑު ދެ ފާދިރީންގެ ނަމުން ނަންދެވިފައިވާ ޖީސީއެމްޖީ (ގްރޭންޑް ކްރޮސް އޮފް ސެއިންޓް މައިކަލް އެންޑް ސެއިންޓް ޖޯޖް)ގެ ލަޤަބު. މައުމޫނު އޭތި އޮފްކޮށްގެން އެގެން ގުޅޭ ސަބަބު ދިވެހިން ދަންނަން ޖެހޭނެ. އެހެން މީހުންގެ ބޮލަށް އެކަންޖަހަން އެއުޅެނީ މަކަރުވެރި ރޭވުމަކުން..ކްރިސްޓިއަންދީން ފަތުރަނީ މައުމޫން.

    Comment by alas — October 12, 2008 @ 7:02 pm

  34. މައުމޫނު ޤުރުއާނުގެ އާޔަތެކޭ ކިޔައިގެން ޓީވީއެމް ސިޔާސަތު ޕްރޮގްރާމްގައި ކީ ޢަރަބި ތަންކޮޅުލައިގެން ޤުރުއާނެއް ޕްރިންޓް ކުރުމުގެ މަސައްކަތް ނޮވެލްޓީއާއި ޙަވާލުކޮށްފި. މިކަން ހުއްޓުވާ!!!!!ދިވެހިންނަށް އިސްލާމްދީން އޮޅުވާލުމަށް މައުމޫނު ކުރަމުންދާ މަސައްކަތް ހުއްޓުވާ!!!!!

    Comment by alas — October 12, 2008 @ 7:05 pm