Wathan Edhey Gothah – MDP » މަސްވެރިން މަޖޫރީންނަށް ބަދަލުވުމާ އަންނި ދެކޮޅުހައްދަވާ!

March 18, 2008

މަސްވެރިން މަޖޫރީންނަށް ބަދަލުވުމާ އަންނި ދެކޮޅުހައްދަވާ!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުވާ ކެންޑިޑޭޓް އެޕާޓީގެ ކުރީގެ ޗެއާރޕާސަން މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ތިލަދުންމަތީ ކެމްޕޭން ދަތުރު އިހަވަންދިއްޕޮޅުގައި ރުކުރުވާ ލައްވައިފިއެވެ. ހޯމަދުވަހުގެރޭ ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ގިނަބައެއްގެ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އަޑުއަރުވަމުންދާ އިހަވަންދިއްޕޮޅުގެ ހުވަފެނީ ޓްރާންޝިޕްމަންޓް ބަނދަރަކީ ރަތްޔިތުން މަޖޫރީންނަށް ބަދަލުކުރާ މެގަޕްރޮޖެކްޓަކަށް ވެދާނެ ކަމަށް ބައްލަވާ ސަރުކާރަށް ފާޑުވިދާޅުވިއެވެ. އިހަވަންދޫގައި ތިއްބެވި އެމް.ޑީ.ޕީގެ ގިނަ އަދަދެއްގެ މެންބަރުންނާ އާމުންގެ ގިނަބައެއްގެ ތަރުހީބު ލިބިގެންދިޔަ މިޖަލްސާގައި ވެސް އަންނިގެ މައިގަނޑު ސިއާސަތު ތަކުގެ ތަފްސީލު ދެއްވިއެވެ. އޭގެ އިތުރަށް ހީވާގި މަސްވެރި އާބާދީއެއް ދިރިއުޅޭ އިހަވަންދޫގައި ދެއްކެވި ވާހަކަ ފުޅުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރު އުސްމިންތަކަކަށް ނުގެންދެވުނު ކަމަށް ފާހަގަ ކުރެވޭ ސަރުކާރުގެ ސިއާސަތުގެ ދޯހަޅިކަން ހާމަކޮށްދެއްވަމުން މަސްވެރިކަމުގެ މިސާލީބައެއް ރަށްތަކުގެ ގޮތުގައި އިހަވަންދޫ އާއި، ކޮލަމާފުއްޓާ ހޯރަފުށީގެ ނަން ފާހަގަ ކުރެއްވިއެވެ.
އަންނިގެ މިދަތުރު ފުޅުގައި 18 މާރޗް ގައި ހއ. ތަކަންދޫއާއި މާރަންދޫ އަށް ޒިޔާރަތް ކުރެއްވުމަށް ފަހު ހަވީރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯރަފުއްޓަށެވެ. ރޭގަނޑު ހޯރަފުށީގައި ބޭއްވުމަށް ހަމަޖެހުނު ޖަލްސާ އަކީ ކުރިން ޕްރޮގްރާމް ކުރެވިފައި ނެތް ނަމަވެސް 17 ވަނަ ދުވަހު ހޯރަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ހޯރަފުށީގެ ގިނަބައެއްގެ އެދުމުގެމަތިން ބާއްވަވާ ޚާއްސަ ޖަލްސާއެކެވެ. ހޯރަފުއްޓައްފަހު ޒިޔާރަތް ކުރައްވާނީ ބާރަށާ ކެލާއަށެވެ. މިދެރަށުގައިވެސް މި ކެމްޕޭން އާ ގުޅޭ ގިނަހަރަކާތް ތަކެށް ހިންގުމުގެ އިންތިޒާމް ތައް ކުރިއާލައި ވަނީރޭވިފައެވެ.
މިދަތުރުގެ ހއ.ގެ ފަހުން މަންޒިލް އަކަށް ހަމަޖެހިފައިވަނީ އަތޮޅުވެރިކަންކުރާ ރަށް ދިއްދޫއެވެ.

2 Comments

  1. ސާބަހޭ އަންނި ތިކުރާ މަސައްކަތަށް. މަގޭ އާއިލާގެ ވޯޓު އަންނިއަށް ދޭނަން. އެކަމަކު ތިގޮތުގައި ސާބިތުވެހުރެ އަނިޔާވެރި މައުމޫނު ފޭލިކޮއްލާތި.

    Comment by ali — March 22, 2008 @ 5:06 pm

  2. އަހަންނަކީ އަންނިގެ ޙަބަރުތަކަށް ވަރަށް ޝައުގުވެރިވާ ގއ. ވިލިނގިލީގެ އުފަން އަންހެނަކީމެވެ. ނެޓުންނާއި ޓީވީޏް، ރެޑިޔޯން އަންނިގެ ޙަބަރު އަޑުއަހަމުން ދަނީ އަންނިއަށް މިހިތުގައި އުފެދިފައިވާ މަތިވެރި އިންސާނީ ކުލުނަކުންނެވެ. އަންނި ތިކުރާ މަސައްކަތަށް މާތްﷲ ބަރަކާތް ލައްވާށީ ) އާމީން ( އަންނިއެވެ. ތެދުވެރިކަމާއެކު މަސައްކަތް ކުރާ ކޮންމެ މީހަކަށް ރަގަޅުގޮތް މެދުވެރިކުރައްވާނެވެ. އަނިޔާވެރިންނަކަށް ރަގަޅު މަގެއްނެތެވެ. އާޙިރަތުގައިވެސް މެވެ. މިހެންވުމުން މިޤައުމުގެ ރައްޔިތުންގެ ޒިންމާ ނަންގަވާއިރު ފުރަތަމަ ފަހަރަށް ދައްކަވާ ވާހަކަފުޅު ނިމިދިޔަސް އެބަހުގައި ހިފަހައްޓާށެވެ. އަހަރުމެންމިވަނީ އަންނި އާއެކުގައެވެ. ޒީ

    Comment by Anonymous — March 26, 2008 @ 9:43 am