Wathan Edhey Gothah – MDP » އެމްޑީޕީ ހަރުގެ- 11.10.08

October 12, 2008

އެމްޑީޕީ ހަރުގެ- 11.10.08

5 Comments

  1. ހާދަ ތަރުހީބެކޭ…..ތިގޮތުގައި ހިފަހައްޓާ…ދޫނުކުރާތި…….ކުރިޔަށް ދިވެހި ޤައުމު…

    Comment by NOONU ޙުސައިން ނަޡީރު، ވައިޓްރޯސް — October 12, 2008 @ 1:22 pm

  2. އަންނި އަކީ ރައްޔިތުންގެ ފަރާތުން، ރައްޔިތުންނައްޓަކައި، ރައްޔިތުން ކަހަލަ، ސީދާ ސާދާ ބޭފުޅެއް. އާ އުސްމިންތަކެއް ބޭނުމެއް ނޫން،

    ބޭހައްދާން ނަގަންޖެހުނު ލޯނައް އާއުސްމިންތަކެއް ބޭނުމެއްނޫން
    މަތިވަމުންދާ ތަކެތީގެ އަގުތަކަށް އާއުސްމިންތަކެއް ބޭނުމެއްނޫން
    ގޭގެ ބޮޑުވެގެންދާ ކުއްޔައް އާއުސްމިންތަކެއް ބޭނުމެއްނޫން
    އިތުރުވަމުންދާ މަސްތުވާތަކެއްޗައް އާއުސްމިންތަކެއް ބޭނުމެއް ނޫން
    އިތުބާރު ނުކުރެވޭ ސިއްހީ ހިދުމަތްތަކަށް އާއުސްމިންތަކެއް ބޭނުމެއްނޫން
    ބޭނުންވަނީ މިނޫން ދިރިއުޅުމެއް، ބޭނުންވަނީ އެންއް ދިވެހިރާއްޖެ ހޯދަން، އަހަރެމެން ރައްޔިތުންގެ ވެރިކަންކުރާ ދިވެހިރާއްޖެ،
    އަންނި 2008

    Comment by hussain — October 12, 2008 @ 3:16 pm

  3. ބައްލަވާ 100 ރުފިޔާގެ ދިވެހި ނޫޓްގެ ޒިޔާރަތް ޖެހިފަޅީގެ ވާތުކަން. ކޮންކަަހަލަ މަލެއްތޯ އިނީ. ގައިމުވެސް އެނޫޓްގައި ސޮއި ކޮށްފަ އިނީ މައުމޫން. ނައިންޓެ

    Comment by Anonymous — October 12, 2008 @ 6:16 pm

  4. ނޫރާނީ މަލަކީ ކޮބާ؟
    -ވާއިލް-
    ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ނޫރާނީ މަލަކީ އެއްވެސް މާނައެއް ނޯންނަ ހަމަ އެކަނި ޅެންވެރިން އެމީހުންގެ ޅެންތަކުގައި ބޭނުންކުރަމުން އަިއސްފައިވާ ހުސް އެކަނި ނަމެކެވެ.
    އަނެއް ބައި މީހުން ނޫރާނީ މަލަކީ ނަސޯރާ ދީނުގެ މަލެކޭ ބުނެ ދިވެހި ޅެންވެރިންނަށް ބަދުބަސް ރައްދުވާނޭ ފަދަ ގޮތަކަށް ވާހަކަދައްކަމުންދާ މި ދަނޑިވަޅުގައި ނޫރާނީ މަލުގެ މާނައަށް ވިސްނާލާ ފިކުރުހިންގާލުން އެންމެ މުހިންމު ކަމުގައި ދެކެމެވެ.
    ނޫރާނީ މަލަކީ ޅެންވެރިން ގެ ޚިޔާލީ މަލަކޭ ބުނެ އުޅެނީ ހަމައެކަނި ޢާންމުންނެއް ނޫނެވެ. ރާއްޖޭގެ ބައެއް ޅެންވެރިން ޓީވީ ޕްރޮގުރާމުތަކުގައި ވެސް އެވާހަކަ އެ ގޮތަށް ދައްކަވާފައިވެއެވެ. އާއެކެވެ. އެއީ ޚިޔާލީ މަލެކެވެ. ނަމަވެސް މާނައެއް ނެތް ޚިޔާލެއް ނޫނެވެ.
    އަޅުގަނޑަށް އެނގިފައިވާ ގޮތް ކުށް ކަމުގައި ނުވަނީ ނަމަ އެންމެ ފުރަތަމަ ނޫރާނީ މަލުގެ ވާހަކަދައްކަވާ ޅެމެއް ހައްދަވާފައިވަނީ ބޮޑުފެންވަޅުގޭ ސީދީއެވެ. އެހެންވީމާ ނޫރާނީ މަލުގެ މާނަކުރުމަށްޓަކައި އެމަލުގެ ވާހަކަ އެންމެ ފުރަތަމަ އައިސްފައިވާ [މަގޭ ގުލްޒާރު] ހައްދަވާފައިވާ ދުވަސްވަރަށާއި އެ ޅެމުގެ އެހެން ބައިތުތަކަށް ފުންކޮށް ވިސްނާލަން ޖެހެއެވެ.
    ބޮޑުފެންވަޅުގޭ ސީދީގެ ޅެން ހައްދަވާފައިވަނީ އަމީނިއްޔާ ސްކޫލް ހުޅުވުނު ދުވަސްވަރުގައެވެ. އެހެންވީމާ ޢިލްމާއި އެމަލުގެ ނަމާއި ގުޅުމެއް ވާކަން ގައިމެެވެ. ޅެމުގެ ދިހަ ވަނަ ބައިތު ކިޔާލުމުން މިކަން ޔަގީންވާނެއެވެ. އެބައިތަކީ:
    އުސްތާޛުނާއި ޢާލިމުން އުދަބާއުނާއި ޝާޢިރުން
    މުސްލިމްތަކުންގެ މުރުޝިދުން ޢިލްމީ ބަޙުސް ކުރާނެޔޭ
    އާއެކެވެ. ނޫރާނީ މަލޭ ބުނެވެނީ ނޫރު ލިބިގެންވާ މަލޭ ބުނުމަށެވެ. ޢަރަބި ބަހުގައި ބުނެއުޅެއެވެ. ޢިލްމަކީ ނޫރެކެވެ. އެހެެންވީއިރު އެއީ ޢިލްމު ލިބިގެންވާ މަލުގެ ވާހަކައެވެ. އެއަށް ވުރެ ސާފުކޮށް ބުނަނީ ނަމަ އަމީނިއްޔާއިން ނުކުންނާނޭ ތަޢުލީމީ އަންހެންދަރީން ގެ ވާހަކައެވެ.
    މުޅި ޅެމުގައި ޅެންވެރިޔާ ދައްކަވާފައިވަނީ ހަމައެކަނި ޢިލްމުވެރި އަންހެން ކުދިންގެ ވާހަކައެއް ނޫނެެވެ. ނަމަވެސް ޅެމުގައި ޅެންވެރިޔާ ސިފަކުރައްވާފައިވަނީ މަގޭ ގުލްޒާރުކަމުގައި ވިދާޅުވެ ޅެންވެރިޔާގެ އުފަން ޤައުމު ދިވެހިރާއްޖެ ކަމުގައި ބެލެވެއެވެ. އެ ގުލްޒާރުގައި ނޫރާނީ މާ ފޮޅެން އުޅޭ ކަމުގެ (ތަޢުލީމީ އަންހެން ދަރީން އުފެދެން އުޅޭ ކަމުގެ) އިހްސާސް ކުރެއްވުނު ހިނދު ނޫރާނީ މަލުގެ ވާހަކައިން ޅެން ފައްޓަވާފައިވަނީއެވެ.
    ކޮންމެއަކަސް ބޭނުމަކީ ނޫރާނީ މަލުގެ މާނައިގެ ގޮތުގައި މަށަށް ވެސް އެނގިފައިވާ މިންވަރު ސައިޓުގެ އަހުލުވެރިންނަށް ހިއްސާކޮށްލުމެވެ. އަދި ހަމަ އެހެންމެ ނޫރާނީ މަލުގެ ވާހަކަ މިލިޔުނީއަކީ ކޮންމެހެން ވަކި ޕާޓީއަކަށް ތާއީދުކުރާކަށް، ނޫނީ ނާތާއީދު ކުރާކަށް ވެސް ނޫނެވެެ. ދިވެއްސެއްގެ ހައިސިއްޔަތުން ދިވެހި ބަހައްޓަކައި އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމުގެ ގޮތުންނެވެ.
    ނޯޓު: ނޫރާނީ މަލުގެ މާނަ މި ލިޔުމުގައި ބަޔާންކޮށްފައި މިވާ ގޮތަށް އަޅުގަނޑަށް ދޭހަކޮށްދެއްވީ މީގެ ހަތަރު އަހަރެއްހާ ދުވަސްކުރީން އަޅުގަނޑު ގެ ދިވެހި މުދައްރިސެއް ކަމުގައިވާ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެކެވެ. ނަމަވެސް މުދައްރިސް ކިޔައިދެއްވިހާ ފުރިހަމަކޮށް ހަނދާނުގައި ނެތުމާއި އެހާ ފުރިހަމަކޮށް ބަޔާންކޮށް ދެވުނު ކަމުގައި ނުބެލެވޭތީ މިތަނުގައި އެ މުދައްރިސަށް ހަވާލާ ނުދިނީއެވެ.

    Comment by Waail — October 12, 2008 @ 8:15 pm

  5. އަންނި އަކީ ވެރިކަން ކުރެވޭފަދަ ގާބިލްކަން ހުރި ބެފުޅެއް
    އަންނި އަށް ވޯޓެއް ދެއްވަވާ!

    Comment by Abdhullah rameez — October 13, 2008 @ 2:46 pm