އެމްޑީޕީ އިއްތިހާދު ޖުމްހޫރީ ގުޅުމުގެ ބައްދަލުވުންތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދަނީ ބޭއްވެމުން.
ރިޔާސީ އިންތިޚާބު 2008 ގެ ދެވަނަބުރުގައި ރައީސް މައުމޫނާއި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނި އަށް ރާއްޖޭގެ ވާދަވެރި ސިޔާސީ ޕާޓީތަކުން ތާއީދު ހާމަކުރާކަމުގެ ބައްދަލުވުންތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭއްވެމުން އެބަދެއެވެ.
އެމްޑީޕީ އިއްތިހާދާއި ޑރ. ޙަސަން ގެ ޓީމް އާއި ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ޓީމްތަކުގެ އިސް ފަރާތްތަކުން އެމްޑީޕީ އިއްތިހާދު ޖުމްހޫރީ ގުޅުމުގެ އެކުވެރިކަން ހާމަކުރުމުގެ ޖަލްސާތައް މާލޭގައި، ހިތަދޫގައި ފުއައްމުލަކުގައި، ކުޅުދުއްފުށީގައި ހިންނަވަރުގައި އަދި ނައިފަރުގައި އިއްޔެވަނީ ބާއްވަވާފައެވެ.
ދެވަނަ ބުރެއްގައި އަންނި އަށް ތާއީދުކުރައްވާނެ ކަމުގައި ޑރ. ހަސަން ސަޢީދު އާއި ސޯޝަލް ލިބަރަލް ޕާޓީގެ އިބްރާހީމް އިސްމާޢީލް ގެ އިތުރުން ޖުމްހޫރީގުޅުމުގައި ހިމެނޭ ހުރިހާ ޕާޓީއަކުން މިހާރުވަނީ ގުޅިގެން މަސައްކަތްކުރެއްވުމުގެ ނިޔަތް ހާމަކުރައްވާފައެވެ.
2008 އޮކްޓޫބަރ 11 ވަނަދުވަހުގެ 2115 ގައި ދަރުބާރުގޭގައި ބޭއްވުނު މީޑިއާ ކޮންފަރެންސެއްގައި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އާއި ޖުމްހޫރީ ގުޅުމުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް ހުސައިން ރަޝީދު އަހްމަދާއި އެމްއެންސީގެ ރައީސް މުޙައްމަދު ނަޢީމް އާއި އެމްޑީޕީގެ ރިޔާސީ ނާއިބު ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މަހައްމަދު ނަޝީދު އަންނި ވަނީ ގުޅިވަޑައިގެން އެކުގައި މިއިންތިޚާބު ކާމިޔާބުކުރެއްވުމުގެ އަޒުމް ހާމަކުރައްވާފައެވެ.
ރިޔާސީ އިންތިޚާބް 2008 ގެ ފުރަތަމަ ބުރުގައި ވޯޓްދެއްވި ދިވެހިންގެ %60 އަށްވުރެ ބޮޑު ނިސްބަތަކުން ރައްޔިތުން އެދިލައްވަނީ މިހާރުގެ ސަރުކާރު ބަދަލުވުމަށް ކަމަށާއި، ދިގު ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ޚުދުމުޚުތާރު ވެރިކަން ތަފާތު ނިޒާމަކަށް ބަދަލުކޮށްލުމުގައި ކުރާން ޖެހޭ މަސައްކަތްތައް އިސްލާހަށް ތާއީދުކުރައްވައި ވޯޓް ދެއްވި ދިވެހި ރައްޔިތުންގެ އަޣުލަބިއްޔަތު ދެއްވި ހުރިހާފަރާތަކުން ގުޅިގެން މިހާރު ގެންދަނީ ކުރަމުން ކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެމްޕޭން މީޑިއާ ޓީމުން ޚަބަރުދެއްވައެވެ. މިކަމުގެ ރަސްމީ ކެމްޕެއިން ހުޅުވުން 2008 އޮކްޓޫބަރ 12 ވަނަދުވަހުގެ ރޭ މާލޭގެ ހެދިގޮނޑުދޮށުގައި ވަނީ އިފްތިތާހް ކުރުމުގެ އިންތިޒާމްކުރެވިފައެވެ.
އިއްތިހާ ދައިގެން މިވެރިކަން ނިންމާލަން ނުކުންނަމާ ހިގާ ….
Comment by NOONU ޙުސައިން ނަޡީރު، ވައިޓްރޯސް — October 12, 2008 @ 11:13 pm
އިއްތިހާދު ފުނޑާލީވެސް އަންނި ދެން ކޮން އިއްތިހާދެއް މިހާރު އަދިވެސް ހަމަ މައުމޫނު ހޮވޭނީ
Comment by ali — October 13, 2008 @ 12:04 am
ކުރީ ރޭ ކަމާލުއްދީނު ޑީއާރުޕީ ނޫސް ކޮންފަރަންސްގައި ހެދި ދޮގު ޒުހައިރު މިއަދު 25 ގައި ފަޅާއަރުވާލައިފި.
1. ކަމާލުއްދީނު ބުނީ މަތިންދާބޯޓްގައި ކާޑު ޑެލިވަރ ކުރަން ހުއްދަ ދިން ކަމަށް. ޒުހައިރު ބުނީ އެއްވެސް ބޯޓެއް ޗާޓަރ ނުކުރާކަމަށް.
2. ކަމަލުއްދީނު ބުނީ ދަންވަރު ގޮސް ކުރި މަސައްކަތުން ބައިވަރު ކާޑު ހެދުނުކަމަށް. ޒުހައިރު ބުނީ އެއްމެ ކާޑެއްވެސް އެރޭ ނެހެދޭކަމަށް.
3. ކަމާލުއްދީނު ހެދިކަމަށް ބުނާ ކާޑުތައް ޒުހައިރުއަށް ނުފުނީ ކަމާލުއްދީނު އެކާޑުތައް ކޮތަޅަކަށްލައިގެން ހިފައިގެން ދިޔައީމާ ބާ؟
Comment by Anonymous — October 13, 2008 @ 12:06 am
ކިތަންމެ އިއްތިޙާދެއް ބާއްވައިގެން ރަށްރަށުގެ ބޮނޑިބަތާއި ހުނިހަކުރު ފޮޅި ބެހިޔަސް ކަލޯމެންނޭ އަދިވެސް ހޮވޭނީ ހަމަ މައުމޫން!
Comment by fikey — October 13, 2008 @ 7:26 pm
ކިތަންމެ އިއްތިޙާދެއް ބާއްވައިގެން ރަށްރަށުގެ ބޮނޑިބަތާއި ހުނިހަކުރު ފޮޅި ބެހިޔަސް ކަލޯމެންނޭ އަދިވެސް ހޮވޭނީ ހަމަ މައުމޫން!
Comment by މައުމޫން — October 13, 2008 @ 11:47 pm
ހަސަން ސައީދު އެމްޑީޕީއައް ތާއީދުކުރުމަކީ ސިޔާސީ މައިދާނުގަ އެޅިޅައެއްޗެއް. މީނަގެމިސާލަކީ މުހައްމަދު ވަހީދު ހަސަންމަނިކައް ވީގޮތް..
Comment by modey — October 14, 2008 @ 12:53 am
މޯޑޭ..ކަލޭ ހެބަލިވެފަތަ ތިހިރީ. ކަލެއަށް މައުމޫންގެ ކޮންތަނެއް ފެނިގެން ތި ހޭބަލިވަނީ. ހަސަނަކީ ރައްޔަތުންގެ ސަޕޯޓްއޮތް މީހެއް. މާތް މީހެއް. މިފަހަރު މައުމޫން ބާލާނަން. މި ބުނީ ބާލާނަމޭ…ދެން ގރބއ
Comment by Anonymous — October 14, 2008 @ 2:09 am