ޒުވާނުން ސަރުކާރާއި އިދިކޮޅު އަމަލުތައް ހިންގަންފަށާފައިވަނީ ސަރުކާރުގެ ދީނީ ސިޔާސަތުގެ ދޯހަޅިކަމުން ކަމުގައި އެމްޑީޕީ އިއްތިހާދަށް ތާއީދުކުރައްވާ ދީނީ ދަންނަބޭކަލުން ވިދާޅުވެއްޖެ
ދިވެހި ރާއްޖޭގައި މިހާރު މިއޮތް ސަރުކާރާއި ދެކޮޅަށް ޒުވާނުން ނިކުމެ ހަރުކަށި އަމަލުތައް ހިންގާން ފަށާފައިވަނީ ސަރުކާރުގެ ދޯހަޅި ދީނީ ސިޔާސަތުގެ ސަބަބުން ކަމުގައި އެމްޑީޕީ އިއްތިހާދަށް ތާއީދުކުރައްވާ ދީނީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ގެންގުޅޭނެ ދީނީ ސިޔާސަތުތައް ހާމަކުރުމަށް މިއަދު މޫކައި ހޮޓެލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ދީނީ ކަންތައްތަކާއި ބެހޭ މަޖިލީހުގެ އެންމެ އިސްވެރިޔާ ޝައިހް ބީއޭ ނަސީމްވަނީ އެމްޑީޕީގެ ފަރާތުން ދީނީ ކަންތައް ކުރިއެރުވުމަށް މަސައްކަތް ނުކުރާކަމަށް ބުނާ ފަރާތްތަކުން އެކަމުގެ ދަލީލު ދެއްކުމަށް ގޮވާލައްވާފައެވެ.
އަދާލަތު ޕާޓީގެ ފަރާތުންވެސް އިލްމުވެރިން ބައިވެރިވެ ވަޑައިގެން މިބައްދަލުވުމުގައި އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދީނީ އިލްމުވެރިންގެ ގަދަރު ގެއްލި ހަރުކަށިކަން ރައްޔިތުންގެ ތެރޭގައި އާއްމުވެފައިވަނީވެސް މިސިޔާސަތުގެ ސަބަބުންނެވެ.
އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއްގައި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން މިހާރަށްވުރެ އެތައް ގުނައެއް އިތުރުވެ އެތައް ގުނައަކަށް ރަގަޅުވާނެކަމުގައިވެސް ޝައިހް ބީއޭ ނަސީމް މިއަދު ވިދާޅުވެފައިވެއެވެ.
ތީ ހަމަތެދެއް…..ދީނީ އިލްމުވެރިންގެ އަގު ވައްޓާލީ މައުމޫން…އޭނަ ހިތުން އެއީ އެންމެ މޮޅު ދީނީ އިލްމު ވެރިޔަކީ
Comment by NOONU ޙުސައިން ނަޡީރު، ވައިޓްރޯސް — October 12, 2008 @ 11:17 pm
ދީން ހަތިޔާރަކަށް ދެން މައުމޫނު ބޭނުން ކުރުން ނިމުމަކަށް އައީ އެވެ. މި ހަރާކާތައް އިތުރުފުރިހަމަކަމެއް ޝޭޚު ފަރީދު ސާމިލުވުމުން މައުމޫނު ދީނީގޮތުން ހަތަރެސްކަން ހަމަވާނެއެވެ. ޖަސްޓް އެޓޭކް!!! މިވީ ތިރީސް އަހަރުގެ ދީނުގެ މަގުގެ ނަމުގައި ނެރުނު ސިޔާސީފޮޅި އަށް!!!!!! ”
“ވެންފުންނަ” 1990 ކާމިނީ ޅަހޮއްކޮ
Comment by 2akhalyl — October 12, 2008 @ 11:30 pm
އަދާލަތު ޕާޓިމީހުން ދަންނަނީ އެންމެ ދީނެއް .. އެއީ ޒައިނުއްދީން
Comment by modey — October 13, 2008 @ 12:11 am
ދިވެހިރައްޔިތުން ދީންއެނގޭމިންވަރު ކަނޑައަޅަނީ ތުނބުޅީގެ ބޮޑުކުޑަމިނައް ބަލައިގެންނެއްނޫން.. އެއައްވުރެ ދިވެހިންމާ ހޭލުންތެރި މިހާރު.. ހުރިހާ ޑޮޓުންވެސް އެކަން ދަސްކޮއްބަލަ..
Comment by modey — October 13, 2008 @ 12:17 am
ކޫސަނި ވާހަކަ ދައްކަން މިވަގުތު ކޮޅު ހޭދަކޮށް ނުލާށެވެ. މައުމޫނުގެ ދީނީ ސިޔާސަތު ރާއްޖެތެރޭގައިތިބި ދީނަށް ލޯބިކުރާކަމަށް ހެދި އެތިބަ ވޯޓިން މެޖޯރިޓީއަށް ފާޅުގައި ބަޔާން ކޮށްދޭށެވެ. މައުމޫނު ޤާނޫނާ ޚިލާފަށް ބޮޑު ބުދު އެތެރެކޮށް ބުދުކޯލު އެޅިވާހަކަ ކިޔައިދޭށެވެ. އޭގެ ފޯޓޯތައް ބަހާ ވާނުވާނޭގިތިބެ މައުމޫނަށް ވޯޓްދޭމީހުންނަށް މިކަން ހެއްކާއި އެކު ދައްކަންފަށާށެވެ. އާދަންނައީމް ބައިބަލް ދިވެހިބަހުން ލިޔުނުވާހަކަ އަދި އެކަންކުރީ ތީމުގޭން ތެރޭންކަމާއި….. އާދަންނައީމަކީ މައުމޫނުގެ ކާކުކަމާއި ……ދީނަށް ލޯތްބެއްހުރިނަމަ އޭނާ ހުންނާނީ މައުމޫނާއި ދުރުކޮށްފައިކަމާއި މިހުރިހާކަމެއް ސާފުކޮށް ކިޔައިދޭން ފަށާށެވެ. މައުމޫނުގެ ކެންޕޭނުން ބޮޑަށް އަމާޒުކުރަނީ ރާއްޖެތެރޭގައި ތިބޭ ކަންކަމާއިމެދު ހޭލުންތެރިކަން ކުޑަ އަންހެންވެރިންނާއި ފިރިހެނުންނަށް. އެމީހުންނަށް ވާނުވާ އަންގައިދީގެންނޫނީ ކާމިޔާބެއް ނުވާނެ. އިދިކޮޅު ޕާޓީތަކުން ކެމްޕޭނު އަމާޒުކުރަންވީ މިދަންނަވާ މީހުންނަށް. އެމީހުންނަކީ ދިއްކޮލާފައިސާކޮޅަކަށް ވޯޓު ދޭންތިބޭމީހުން. ވީމާ ‘އިސްލާމްދީނާއި މައުމޫނު’ މިބައިގައި ވަރަށްގަދައަށް ޖައްސަންޖެހޭ. އޭނާގެ ހުރިހާވެސް ހަތިޔާރަކީ ދީނާއި މިދެންނެވި ދެއުޅިއެއްނުވާ މީހުންނަށް. އަވަސްކުރައްވާ ވަގުތެއްނެތް.
Comment by Anonymous — October 13, 2008 @ 11:09 am
ދީން އެގެޔޭ ކިޔާގެން ތިއުޅޭ ހުސެން ރަޝީދު ތީ އެއްވެސް އެއްޗެއް އެގޭ އެއްޗެއް ނޫން.އަގަހައްދު ޖަހަންވެފަ ހުރިބަޅެއް.ތިބަޅުން ނޫނޭ މައުމޫން ހޮވާނީ.މައުމޫން ހޮވާނީ އަހަރުމެން.މިފަހަރު ތިޅާމެމެން ގެ އަގަ ދެފަރާތުން ފަހާނަން.ބަލަންހުރޭ މިފަހަރުވެސް ހޮވާނީ މައުމޫން.ދެން ލަލަލަލަ
Comment by Anonymous — October 13, 2008 @ 11:23 am
އިސްލާމްދީން ނޫނަސް ސަމާވީ ހުރިދީނެއްގައިވެސް ‘ތުބުޅި’އަކީ އެޝަރީޢަތެއް ގެންނެވި ރަސޫލުންނާއި ނަބިއްޔުން ބެހެއްޓެވި އެއްޗެއް. މިކަން ޢީސާއިން މިހާރު ކުރަހާ ކުރެހުންތަކުންވެސް ފެންނާނެ. އެމީހުން ޢީސާގެފާނޭ ކިޔައިގެން ކުރަހާ އެއްވެސް ތަސްވީރެއްގައި ‘ތުބުޅި’ ނުލާ ޢިސާގެފާނުގެ ސޫރައެއް ނުކުރަހާ. މީގެއިތުރުން ޤުރުއާނުގެ އާޔަތްތަކުން ސަލާމްލެއްވި ހާރޫނުގެފާނުގެ ތުބުޅިބެހެއްޓެވިކަން ސާފުކޮށް އެގެން އޮވޭ… އަދި އަހަރަމެންގެ ކައުނަބިއްޔާވެސް ތުބުޅިފުޅުބެހެއްޓެވިކަން އެގެން އޮވޭ… ވީމާ މުސްލިމު ފިރިހެނަކު ތުބުޅި ބެހެއްޓުމަކީ ލަދުގަންނަންޖެހޭކަމެއްނޫން. މިއާއި ޚިލާފަށް ފިރިހެނުން ތުބުޅި ނުބެހެއްޓުމަކީ ސަމާވީދީންތަކަށް ބެލިއަސް އަދި ފިރިހެނުންގެ ތަބީޢަތަށް ބެލިޔަސް ލަދުގަންނަންޖެހޭ ކަމެއް. ވީމާ ކަންކަމާއި ތުބުޅިއާއި އަޅުވާ ވާހަކަ ނުދެއްކުން ރަގަޅު. މުސްލިމުންގެ ތެރެއިން ތުބުޅި ފަޅާ ނަމަވެސް ބަލާ އޮފުކުރާ މީހުންނަކީ އެންމެ ރަގަޅަށް މިކަމުގައި ޢަމަލުކުރާ ބައެއްކަމަށް ނުދެންނެވޭނެ. ނަމަވެސް ތުބުޅި ނެތުމަކީ ‘ކާފަރު’ ވާނެކަމެއްވެސް ނޫން.
Comment by Anonymous — October 13, 2008 @ 11:25 am
ތީހަމަ ތެދެއް!!!!! ސާބަސް އައްނި.
Comment by Moonimaa — October 13, 2008 @ 12:39 pm
މިސުރުގެ އަޒުހަރު ޔުނިވަސިޓީގެ އަޒަބަކިއްޔާ ބަގީޗާގެ ހިލަގޮޑިމަތިން ނޫނީ ދީނީ ފާހެއްނުނެގޭނޭ؟ އޭރުން ފިރިހެނުން އަންހެންދުޅާވެ، ތުބުޅި މަތިމަސް ބޭލި ރަތްފުށް ޖެހުނީމަ ދީނީ ދަންނަ ބޭކަލަކަށް ވާނެ1
ކާމިނީ ޅަހޮއްކޮ
Comment by Venfunna 1990 — October 13, 2008 @ 6:59 pm
ތި ހުރިހާ ދަންނަބޭކަލުން މީހުންގެ ބޮލުގެ ކަށިހަފާ މީހުން ނެއްތަންތަނުގައި އެމީހުންގެ ވާހަކަ އެ ދައްކަނީ އެއީ، އަޅެ އިސްލާމްދީނުގައި އެކަން އޮތް ގޮތްބާ!!!!
Comment by Shaahid — October 13, 2008 @ 7:10 pm
ތުނބުޅި ނުބާލާ މީހުން މިހާރު މިގެންގުޅޭ މޮޅު އަގުބޮޑު ރޭޒަރާ ޝޭވިންކްރީމް އާފްޓަރޝޭވް ފަދަ ތަކެތި ގަންނާކަށް ނުޖެހޭނެ، އަދި އެމީހުން ފެންވަރާއިރު ޝޭމްޕޫ ސައިބޯނި ވެސް ބޭނުންކުރާކަށް ނުޖެހޭ. ވީމާ ވަރަށް ޚަރަދުކުޑަވާނެ. އަދި އެމީހުންގެ ގޭގެ ފެންބިލްވެސް ވަރަށް ކުޑަވާނެ. އަނބިންނަށްވެސް އަންގަނީ މާގިނައިން ފެން ނުވަރަން. ހަމަ އެކަނި އަތަރުކޮޅެއް ބޭނުންކޮއްލާ ވަސް ރަނގަޅު ކޮށްލީމަ މައްސަލައެއް ނޯންނާނެ. މިވާހަކަ ބުނީ އޭގެ އަންހެނަކު އަމިއްލަޔަށް. މިޔޯ މުސްލިމުންގެ ގޮތަކީ، ފެންވަރަނީ ހަމައެކަނި ހުކުރު ދުވަހު. ޖުމާ، ޖުމާ، ތޭރީޖުމާ
Comment by Anonymous — October 13, 2008 @ 7:55 pm
ހާދަ ދީނީ އޭދޯ އަނި އެކަމުދޯ
ކިހިނެށް ހޮވާނި
Comment by MDP — October 14, 2008 @ 3:44 am
ސާބަސް އައްނި.
Comment by shm — October 14, 2008 @ 8:02 am
އަހަރުމެން އަމިއްލައަށް އަހަރުމެންގެ ނަން ހަޑިކޮއްލަނީ …. އިސްލާމްދީނުގައި އުލެންވީގޮތް އަހަރުމެންނަން އަންގައިދެއްވީ ﷲ ގެ ރަސޫލާ އެކަލޭގެފާނު ތުނބުލި ބޭލެއްވިކަމެއް ސާބިތުވާކަށްނެތް އަދި އެކަލޭގެފާނު ތުބުޅި ބެހެއްޓުމައްށް މީސްތަކުންނަށް އަމުރުކުރެއްވި “ތިމަންގެ ރައްބު (ﷲ) އަމުރުކުރައްވަނީ ތުބުޅި ދިގުކުމަށް އަދި މަތިމަސް ކުރު ކުރުމަށް” މީ ބަސްފުޅު އައިސްފައިމިވަނީ އަމުރުގެ ސީޤާއިން ، އެއްވެސް މަޙުލޫޤަކަށް ހުއްދަވެވިގެނެއްނުވޭ ﷲ އާއި އެކަލާންގެ ރަސޫލާގެ އަމުރަކާ އިދިކޮޅު ހެދުމަކަށް .. ރުހުނަސް ނުރުހުނަސް…. ފެންނުވާރާކަށް އިސްލާމްދީން ބާރެއް ނާޅުއްވަވައި …. އިސްލާމްދީނަކީ ސާފުތާހިރު ކަމުގެ ދީން …އަންހެންބޭކަބަލުންނަށް ޢަބުރުވެރިގޮތަކީ ފޮރުވިގެން ތިބުން ހިލޭފިރިހެނުންނާއި އެކު ޖަމާއަތްނުހެދުން .. ފަހެ މީރުވަސްދުއްވައިގެން ހިލޭފިރިހެނުންނަށް ވަސްދުއްވާ އަންހެނުންނީ ޝައިތޯނާގެ މަގުގައިވާ ބަޔެށް …އެކަބަލުންގެ ނިމުންވަނީ ނަރަކައިގައި ކަން ކަޝަވަރު “އަބޫ އުލް…”
Comment by Anonymous — October 14, 2008 @ 10:32 am
މިކަން ކުރެވޭނެ….
Comment by Latti — October 14, 2008 @ 10:39 am
މިފަހަރު ގަދަ ފަސް އަހަރަށް އިރާދަކުރެއްވިއްޔާ ހޮވާނީ އަހަރެމެން ލޯބިވާ ރައީސް މައުމޫން.އަންނި ދެން ތީކާކު ރައީސް ކަމަށް އަރަން.އަންނި ރަގަޅުވާނީ މަގުމައްޗަށް ނިކުމެ ތިމަންނަޔޭ ދެން މިރާއްޖޭގަ ވެރިކަން ކުރާނީޔޭ ކިޔަމުން ދުވުނިއްޔާ.
Comment by Anonymous — October 14, 2008 @ 12:38 pm
ތުނބުޅި ނުބޭލިޔަސް، ފައިކުރި ބުރިކުރިޔަސް، ދަތް ނޫނގުޅާ އުޅުނަސް ޢަދާލަތަކަށް ދިވެހިން ހައްލައެއް ނުލެވޭނެ. ދިވެހިންނަނީ މާ ހޭލުންތެރި ބައެއް. މިއަދަކު ނޫނޭ ދިވެހިން އިސްލާމް ދީން ޤަބޫލުކުރީކީ. ހޭބަލިވެގެން ދީނަށް ގޮވާލަނީއޭ ކިޔައިގެން ތިއުޅެނީ. އަހަރެމެން ނުދާނަން އެހެން ދިވެހިރާއްޖެއަކަށް ކަލޭމެން އެންމެން ބުންޏަސް. މިރާއްޖޭގަ އުޅޭނީ. އަނެއް ދިވެހިރާއްޖެއަށް ގެންދަން އުޅެންޏާ ހަނދާންކުރާތި. ތިޔަ ކުޅެވެނީ ދިވެހިލެޔާކަން. ދިެވހި ލެޔަކީ ހޫނު އެއްޗެއް. މައުމުނު ހޮވާނީ. ސާފުވެއްޖެތަ
Comment by hasanu — October 14, 2008 @ 12:47 pm
މައުމޫނަށް ވެރިކަން ލިބުނުތާ ކުރީކޮޅުގާބުނިކަމަށްވޭ- ދިވެހިންނަކީ ވަރަށް ތަންދޮރުނުދަންނަބަޔެކޭ ޚާއްސަކޮށް ރާއްޖެތެރޭގެ ގިނަމީހުނަކީ ދީނީހެލުންތެރިކަން ވަރަށްކުޑަބަޔެއް.އަދިމީގެއިތުރަށް ސިޔާސީކަންކަމާމެދު ވަރަށް ބިރުވެސް ގަންނަބަޔެއް.މިހާރު އެކަމުގެ ހިތިނަތީޖާ މިފެނުނީ. މައުމޫނުގޮސްރަށަކަށްއަރާފަ ޤުރުއާނުގާވަނީމިހެންނޭބުނެފާ ޢަރަބިބަހުން ކޮންމެވެސްއެއްޗެއް ކިޔާލުމުން ރަށްރަށުގެ ގިނަމީހުން ތިބެނީ އަނގަހިކިފާ. އަދި މައުމޫނުގެފަރާތުން ގުއްކިޔާފަ ފައިސާދީފަ ތިބޭ އެޖެންޓުންގެ ބަޔަކުވެސް ގިނަރަށްރަށުގާ އުޅޭ. ކިރިޔާވެސް މައުމޫނަށް ބަދުބަހެއް މީހަކުބުނެލިޔަސް އެގެޔަކަށް ފަހުންގޮސް ގޭއެންމެން ބިރުގަންނަވާހެދުމަކީ އާދަޔެއް. މިވަރުން ނުފުދިއްޖިއްޔާ ދެންކުރާކަމަކީ އެގެޔެއްގެމީހުނަށް ބޮޑަތި ގެއްލުންތަށް ދޭންފަށަނީ މީގެތެރޭގާ މަހަށްދާދޯނިން ބޭރުކޮށްލުމާ ދޯންޏެއްގެންގުޅޭބަޔަކުނަމަ އެއެއްޗެއްފަޅުގައޮއްވާ ގެއްލުންދީވެސްހަދާ. މިވަރު އަރުވާލީމަ ގަންނާކުރައްވާބިރުން ވޯޓްދެމިހުންވެސް ގިނަކަމަށްފާހަގަކުރެވުނު. އެމީހުނަށްހީވާކަހަލަ މިރާއްޖޭގައި ވެރިޔަކަށް ހުންނަންވާނީ ހަމަމައުމޫނޭ. ބަޔެއްރަށްރަށުގެ އިންތިހާޔަށް ޖާހިލުން ހީކުރޭ މައުމޫނަކީ ނަބީބޭކަލެކޭވެސް. ރާއްޖެތެރޭގާ ގިނައީ މިފެންވަރުގެ މީހުންކަން މައުމޫނަށް އެގޭތި މިކެންޕޭނުގާ ބޮޑަށް ޓާގެޓްކުރަނީ މިބައިމީހުނަށް. އެއްވެސް އެއްޗެއް އަތުގާ ނެތްމީހަކަށް ސަތޭކަރުފިޔާވެސް އެއީ ވަރަށްބޮޑުއެއްޗެއްނު.
Comment by އަލީ — October 14, 2008 @ 2:25 pm
މައުމޫނު ދީނަށް ފުރައްސާރަ ވާގޮތަށް ކޮށްފައި ހުރި ހުރިހާ ކަމެއް އެއްކޮށްފައި ލިޔުމެއްގެ ސިފައިގައި ނެރުން ވަރަށް ބުއްދިވެރި. އެންމެ މުހިންމު ކަމަކީ ދިވެހި ކިޔަވާކުދިން ދީނާ ދުރުކުރުވާ ޢަޤީދާ ބަލިކަށި ކުރުވުން. އަހަރެންގެ އޯލެވެލް ހަދާފަ ތިބި ކޮށްކޮމެން މިހާރުވެސް ދީނީ ކަމެއް އޮޅުން ފިލުވަންޏާ އަހަން ޖެހެނީ މަންމަ ކައިރިން. މަންމަ ކިޔެވީ ބޮޑު ތަރުތީބާއި ތަޢުލީމު ދިޔާނާ. މައުމޫނުގެ ޕްލޭން ތަކުގައި ކުދިންގެ ހުރިހާ ވަގުތެއް ކޮންމެވެސް މުންޖެއް ހާވަން ހޭދަކުރަން ޖެހެނީ ސްކޫލްގައި. ކިޔަވައިދިނުމުގެ ފެންވަރު ދަށްވީމަ ގެއަށް އަންނަ ގޮތަށް ޓިއުޝަން ނަގައިގެން ނޫނީ ފާސްވާ ވަރެއް ނުވޭ. ދެން މި ބުނަނީ ދީން އުގަންނައި ދޭންޖެހެނީ މައިންބަފައިންނޭ. ބަލަގަ ކުއްޖާގެ ޢުމުރުން ތިން އަހަރުން ފެށިގެން ދުވާލު ހަތަރުދަމާއި ރޭގަޑުގެ ބޮޑުބައި މިހޭދަވަނީ މިބުނިގޮތަށް ކަމަށް ވާއިދު މައިންބަފައިން ދީންކިޔަވައިދޭނެ ގޮތަކާއި ކިޔަވައިދޭނެ ވަގުތެއް އެގޭމީހަކު ނޫނީ މައުމޫނަށް ވޯޓް ނުލާންވީ.
Comment by saeed — October 14, 2008 @ 2:48 pm
މިހާރު މިއީ ރައްޔިތުންގެ ވެރިކަން. އަންނި އަށް ވޯޓްދޭން ބިރު ގަންނާނެ ކަމެއްނެތް. އަންނި ވިޔަސް އެހެން މީހަކު ވިޔަސް ދީނަކީ ބޭނުން ގޮތަކަށް ބޭނުން އިރަކު ބަދަލުކުރެވޭ އެއްޗެއް ކަމަށް ހަދައިފިއްޔާ މޫނަކަށް ބެލުމެއްނެތި ވެރިކަމުން 5 އަހަރު ނުވިޔަސް ބޭލުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވޭ. ރައްޔިތުން ނަށް މިކަންކަން އޮޅުން ފިލުވައި ދެވިއްޖެނަމަ މިހާރު ގިނަމީހުންގެ ހިތުގައިވާ ބިރުވެރިކަން ފިލައި ތިމާއަށް ލިބިފައިވާ ބާރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނެ % 90 މީހުން ތިބޭނެ ކަމަށް ލަފާކުރެވެއެވެ. ދީނަކީ ސިޔާސީ ހަތިޔާރަކަށް ހެދިޔަ ނުދިނުމަށް މިހޭލުންތެރިކަން ވަރަށް މުހިންމު
Comment by saeed — October 14, 2008 @ 2:58 pm
ހަސަނާ އަހަރުމެންނަކީވެސް ދިވެހިންނޭ!
Comment by Anonymous Coward — October 14, 2008 @ 3:48 pm
ތީ ދެން ކިހާދެރަ ކަމެއް ދީން ދީނުގެ ގޮތުގަ ބާއްވާފަވެސް ކަލޭމެން ތިކުޅޭސިޔާސީ ކުޅިގަނޑު ކުޅެވިދާނެ
Comment by moosa — October 14, 2008 @ 3:49 pm
ހީކުރާ ގޮތްދޯ..ކަލޭމެންގެ ކާފަރު މައުމޫނެއް މިފަހަރަކު ނުހޮވޭނެ..ހޮވޭނީ އަހަރުމެންގެ ލޯބިވާ،ކެރޭ،ނުގުޑާފަދަ އަޒުމެއްގެވެރި އަންނި
Comment by Anonymous — October 14, 2008 @ 3:57 pm
އެއީ ހަމަތެދެއް. މައުމޫނު ނޫނިއްޔާ މިޤައުމުގަ ދެންނެތް ދީނީ ޢިލްމިވެރިއެއް. ރާވިއްކާމީހާޔާ ބޯމީހާޔާ އެއްވަރޭ ބުނެގެން އަރުވާލެވުނުމީހާ މިހާރު ވެރިކަމަށް އަރާ މުޅިޤައުމަށް ރާބޯންދެނީ. ރިބާކާންދެނީ. މަސާޖް ޕާލަރ ތައް ހުޅުވައިގެން ޒިނޭކުރުވަނީ. މުޅި ޤައުމު ޣާފިލުވެފަ. އަހަރުމެންނަކީ މުސްލިމުންނޭ ބުނާކަން. މުސްލިމުން ސިފަ އަހަރުމެންގެ ގައިގައި ހުރިތޯ އަމިއްލަ ނަފްސަށް ބަލާލަބަލަ. މީ ބާ އިސްލާމްދީނަކީ؟ އެކަމަކު ދިވެހިން ހިތުން އަދިވެސް މައުމޫނު ކިންގް ވަރުގެ އިސްލާމީ ޢިލްމުވެރިއަކު ނެތް.
Comment by Anonymous — October 14, 2008 @ 4:13 pm
ޚުދުމުޚްތާރު ވެރިއަކަށް އިސްލާމީ ދައުލަތެއްގެ ޖާގައެއް ނޯންނާނެއެވެ.
މައުމޫނަކީ އެބޭފުޅާއަށް އެއްވެސް ޚިޔާލެއް ބޭނުންނުވާ އަމިއްލަ ޚިޔާލުގެ ޢިލްމުވެރިއެކެވެ. ޚިޔާލު ފާޅުކުރުމަކީ އޭނާގެ ސީޔާސަތުގެ ޢަދާވާތްތެރިންގެ ލިސްޓަށް އެމީހެއްގެ ނަން އިތުރުވެގެންދާކަމެކެވެ. ވެރިކަމުގެ ބޭނުމުގައި އެމަނިކުފާނު ހުންނެވީ ކޮންމެ އެއްޗެއް ޤުރުބާން ކުރައްވައިގެން ނަމަވެސް އެކަން ކާމިޔާބު ކުރުމަށެވެ. އިސްލާމް ދީނާއި ޤައުމިއްޔަތުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކެވިއަސް މައުމޫނުގެ ހިތުގައި މިޤައުމަށްޓަކައި އެއްވެސް ލޯތްބެއް ނެތްކަން ވަރަށް ގިނަބަޔަކަށް އެމަނިކުފާނު އޮޅުވާލަން މަސައްކަތްކުރާކަންއެއީ އެއްވެސް މީހަކު ހައިރާންވާކަމެއްނޫނެވެ.
މިހާރު ސަރުކާރުގެ މުއައްސަސާތަކުން އެމަނިކުފާނު ދައުލަތުގެ ލާރިއަށް ބޮޑެތި ޚިޔާތްނާތްތައް ވެފައިހުރިކަން އަދިވަމުންދާކަން ފާޅުކުރުމުންވެސް ރައްޔިތުންގެކުރިމައްޗަށް ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަން ލަދުފުޅު ނުގަންނާތީ ޙައިރާންވާންޖެހެއެވެ.
Comment by Salih — October 14, 2008 @ 4:14 pm
މިގޮތުން 2005 އަދި 2006 ގައި ކުލިއާކުރަންޖެހޭ 20 ރިސޯޓްގެ ކުލި މިނިސްޓްރީ އޮފް ޓޫރިޒަމުން އާކުރައްވަންޖެހޭ ތާރީޚްތަކުގައި އާކުރައްވާފައި ނެތުމުން އެކަނިވެސް ކުލީގެ ގޮތުގައި ދައުލަތައް ލިބެނެޖެހޭ 2306349 (ދެމިލިޔަން ތިންސަތޭކަ ހަހާސް) ޑޮލަރު ލިބިފައި ނުވާކަން އިންލަންޑް ރެވެނިއުގެ ހިސާބުތަކުން ދައްކައެވެ. – ޓޫރިޒަމް އޯޑިޓްރިޕޯޓް..
އަދި އިތުރައްވެސް ކާން ޔާމީނަށް ދެނީދޯ!!
Comment by Ahmed — October 14, 2008 @ 4:27 pm
I am calling for Anni and other leaders PLEASE ANNOUNCE in all medias that don’t go for voting unless all Maldivian read the Auditor General’s report of President Office.
Comment by ilyas mohamed — October 14, 2008 @ 5:40 pm
ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ވޯޓްލާން ދިއުމުގެ ކުރިން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ އޮޑިޓް ރިޕޯޓް ކިޔުމަށް ހުރިހާ ދިވެހިންނަށް އިލްތިމާސްކުރުމަކީ އަޅުގަޑުމެން ވަރަށް އެދޭކަމެއް، މިގޮތުން އިއުލާން ކުރެއްވުމުން ވަރަށްގިނަމީހުން އެކިޔާހިތްވާނެ. އޭރުން ރައީސުލް ޖުމްހޫރިއްޔާ ލާރިއާމެދު ކަންތައް ކުރައްވާގޮތް މީހުންނަށް ވިސްނި ބައެއްމީހުން މައުމޫނަށް ވޯޓް ދިނުމާއި ދުރުވާނެކަމެއްކަމަށް ފެނޭ..
Comment by Ali Rameez — October 14, 2008 @ 6:53 pm
އަންނި ވައްތަރީ ގާނދީއާ
އައްނިގެ އުޞޫލުތަކުން އަހަރެންނަށް އޭނައެންމެ ވައްތަރީ މަހާތުމާ ގާނދީއާ! ގާނދީވެސް އޭނަގެ މަސަައްކަތްފެށީ އިގިރޭސި ވިލާތުން އައިސް ބޮޑުކޯޓު ލައިގެން އެންމެ ފަހުން ކޯޓު އެއްލާލާފައި ރައްޔިތުން އުޅޭގޮތަށް އާދައިގެ މީހުންގެ ސަފުގައި މަސައްކަތްކޮށް ރައްޔިތުންގެ ލޯބިހޯދާ ކާމިޔާބުކުރީ. އަހަރެންވެސް ކުރިން އަންނި ދައްކާ ވާހަކައަކަށް މާބޮޑަށް އަޅައެއް ނުލަން. ނަމަވެސް މިހާރު … ތަފާތު ދޯ ..
Comment by Jameela — October 14, 2008 @ 7:06 pm
ވޯޓް ދިނުމަކީ ވާޖިބެކެވެ.
އަދި ރަގަޅު މީހާއަށް ވޯޓްދިނުމުގެ ވާޖިބުކަން ބޮޑުވާނެކަމާމެދަކު ޝައްކެއްނެތެވެ. އެމީހެއްގެ ޟަމީރާއި އެއްކޮޅަށް ﷲ އަށް ބިރުވެތިވެހުރެ ވޯޓްދޭށެވެ! މިދަނޑިވަޅު ހީވާގޮތުން ދެންލިބޭނީ 5 އަހަރު ފަހުންނެވެ.
Comment by Zameer — October 14, 2008 @ 7:14 pm
ދިވެހިންގެ ތެރެއިން ބައެއްމީހުން އައްނިގެ ވާހަކަ އަޑުނާހަން ކަންފަތުގައި އިގިލިއެޅިއަސް އެމީހުންގެ ކަންފަތްތައް ފަހުން ހުޅުވާނެ! ތިކުރާ ޖިހާދު ހުއްޓާނުލާތި.
Comment by Sanfa — October 14, 2008 @ 7:24 pm
ދިވެހިރާއްޖޭގައި ތިބި ހުރިހާ ތަންދޮރު ދަންނަމީހުން އައްނިއަށް ވޯޓުލާއިރު ހުރިހާ ޖާހިލުން ވޯޓްލާންވީ މައުމޫނައްތަ؟ އަޖައިބެއް!
Comment by Sharaf — October 14, 2008 @ 7:26 pm
އެންމެންވެސްވީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު މަސައްކަތްކުރަން އޭރަން އޯކޭވާނެ!!!!
Comment by mysore — October 14, 2008 @ 8:07 pm
އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ގޮވާލާނީ ރައްޔިތުންގެ ވެރިކަމާއި ރައްޔިތުންގެ ޚަޒާނާ ޙަވާލުކުރަންވާނީ ރައްޔިތުންނަށް އިޚްލާޞްތެރި ވާނެ މީހަކާ. މިގޮތުން އަޅުގަނޑު ފާހަގަކޮށްލަން ދިވެހިރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި އަދި މުޅި އޭޝިޔާ ދުށް އެންމެ ޒަމާންވީ ލީޑަރ ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލްޤައްޔޫމަކީ މިފަދަ އިޚްލާޞްތެރި ބޭފުޅެއްނޫނޭ. މިކަން އިންސާފު ކުރައްވާނީ އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯރޓުން. މިއީ މައުމޫނު ދެކޮޅުހެއްދެވި ރިޕޯޓެއް. އެކަމަކު ރައްޔިތުން ޤަބޫލުކުރައްވަންވީ ޙަޤީޤަތަކީ އެއްވެސް އޯޑިޓްފާރމަކުން އޮޑިޓްކުރަން ކުންފުންޏަކަށް ވެންނެވިޔަސް އެމީހުން ނަގާ ފިގަރ ތަކަކީ އެމީހުން ހިތުހުރި އެއްޗަކަށް ނުވާނެ. އެފިގަރ ތައްނަގައި ދަރަންޏާއި ފައިދާ ވަކިކޮށް ދޫކުރައްވައި ހުންނަފައިސާތައް ޖުމްލަ ކުރައްވަނީ ކުރުގޮތަކަށް ދަންނަވާނަމަ އެތަނެއްގައި ހުންނަ ލިޔެ ކިއުންތަކުން. ނުވަތަ އެކައުންޓްސް ބަލަހައްޓާ ނިޒާމަކުން. އެހެންވީމާ ވަގުތު އެބައޮތް. ރައްޔަތުން ބަލަންވީ ސުވާލުވެސް ކުރަންވީ. އެވަނީ ނަހަމަ ގޮތުގައި ދަވްލަތުގެ ބަޖެޓުން ބޭނުންކުރެއްވި ފައިސާ.
Comment by Hassan — October 14, 2008 @ 8:11 pm
އެބޭފުޅެއްގެެ ވެރިކަމުގައި ދިވެހި ފަސްގަނޑުގައި 300 އަށް ވުރެ ގިނަ ދިވެހީން ނަޞާރާދީނަށް ވަނުމުގެ ހާދިސާ ހިނގާފަވާ، އަދި ބޮޑު ފާދިރީ މައިކަލާއި ބޮޑު ފާދިރީ ޖޯޖުގެ ހަތްފައިކަށިލީ ބޮޑު ސޮލީބު އިގިރޭސި ރާނީ، ކީރިތި މަހާ ރެހެންދީގެ ހިރިޔާފައިތުރަދަށުން ލިބިވަޑައިގެން، އެކަމަނާގެ ކަނޑިކޮޅުން އޭނާގެ ކޮނޑުގައި ބީހެވި އިއްޒަތް ލިބިވަޑައިގެންފަވާ، އިމާމުވެ ހުކުރުކުރި އަންހެނަކު ދަޢުވަތުދީގެން ރާއްޖެ ގެންނަވާ ދިވެހިންނަށް ދީނީ ފަތުވާ ދެއްވާފަވާ، ކުރިން އިގިރޭސި ކޮންޒަވޭޓިވް ޕާޓީއަށް ނިސްބަތްވާ މިހާރުގެ އިގިރޭސި ހައުސް އޮފް ލޯޑެއް ކަމުގަވާ ލޯޑު ނޭޒްބީ މެދުވެރިވެގެން އިގިރޭސި ވިލާތުގެ ނަޞާރާ ދީނީ އެންމެ މަތީ މަޖުލިސް ކަމުގައިވާ ޖެނެރަލް ސިނޯޑާއި ގާތް ގުޅުމެއް އުފައްދަވާފަވާ، ރޯދަމަހެއްގެ ރޭތަކުގެ ތެރެއިން ރެއެއްގައި ގައުމާއި މުޚާޠަބުކޮށް ކޮންމެ ދިވެއްސަކަށްވެސް އެމީހަކު އުޅޭނެ ދީނަކަށް އުޅުމުގެ މިނިވަންކަން ދެއްވާފަވާ، ސުންނަތް ޖަމާޢަތުގެ މީހުން ހައްޔަރު ކޮށްް ޖަލަށްލާ، ދަންވަރު އެމީހުނަށް އަނިޔާކޮށް، އޮރިޔާންކޮށް، އައިބުގުނަވަންތަކަށް ގޯނާކޮށް، އަރުވާލާ، ހިފަހައްޓާ ބަހައްޓާފައި ގަދަކަމުން ޓޮމާޓޯ ސޯސް ޖަހައިގެން އެމީހުންގެ ތުބުޅި ބޭލުމަށް އެންގެވިކަމަށްވާ، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމުގެ ޑީ.އާރު.ޕީއާއި. އެމަނިކުފާނުގެ ކޮއްކޯފުޅު ޔާމީންގެ ޕީޕަލްސް އެލަޔަންސާއި ދެމެދު އިއްތިހާދުވެވުނު އެގްރިމެންޓުގައި އެއްބަސް ވެވުނު ކަންތައްތައް ދަންނައެވެ.
މިއެގްރީމެންޓުގައި ޔާމީނާއި ރައީސް މައުމޫނާއި ދެމެދު އެއްބަސް ވެވިފައިވަނީ ދިވެހިރާއްޖޭގެ އިގްތިޞާދީ އަދި ގުދރަތީ މުއްސަނދިކަން ބެލެހެއްޓުމާއިި ބެހޭ ހުރިހާ ދާއިރާތަކެއްގެ ވެރިކަން އެއީ ޓޫރިޒަމް، ފިޝަރީޒް، ޓްރޭޑް، ފިނޭންސް މަނިޓަރީ އޮތޯރިޓީ އެސްޓީއޯ ފަދަ ހުރިހާ ދާޢިރާތަކެއްގެ ވެރިކަމާއި، ވަޒީރުކަން އިންތިޚާބު ކާމިޔާބުކުރެވިއްޖެ ނަމަ ޔާމީންގެ ޕީޕަލްސް އެލަޔަންސްގެ މެމްބަރުންނަށް ދެއްވާ ގޮތަށެވެ.
އެހެންވީމާ ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުން ވޯޓުލަނީ ރާއްޖޭގެ ރައީސަކަށް އަންނި ހޮވުމާއި ނުހޮވުމުގެ މައްޗަކަށް ނޫނެވެ. އެކަމަކު މިއިންތިޚާބުގައި ރައްޔިތުން ވޯޓު ދޭނީ ދައުލަތުގެ ހުރިހާ ޚަޒާނާއަކާއި، ގުދުރަތީ މުއްސަނދި ކަމުގެ ވެރިކަން ޔާމީންއާއި ހަވާލުކުރާނީތޯ ނުވަތަ ނޫންތޯ ނިންމުމަށެވެ. ސަބަބަކީ ރާވާފައި އޮތީ މައުމޫނު ހޮވިއްޖެ ނަމަ ދެއަހަރުފަހުން އޭނާ އިސްތިއުފާ ދިނުމަށް ފަހު، ގޮނޑިކޮއްކޮ ތަސްމީނުގެ ނަމުގައި ޔާމީން ލައްވާ ރާއްޖޭގެ ވެރިކަން ހިންގާ ގޮތަށެވެ. އެއީ 2013 ގައި މައުމޫނުގެ ޚާންދާނުގެ ބޭފުޅުންގެ ތެރެއިން އެމަނިކުފާނުގެެ ދޮށީ މަނިއްޕުޅު ފާރިސްއަށް ވެރިކަން ހަވާލުކުރެވެންދެނެވެ. ދިވެހި ރައްޖޭގެ ވެރިކަމަކީ ވޭތުވެ ދިޔަ 30 އަހަރު ފަދައިން އަންނަން އޮތް ޖީލުތަކުގައިވެސް ޚާންދާނީ ވެރިކަމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައެވެ.
މާތް ﷲގެ ބަރާކާތާއި ވާގިފުޅާއިއެކު މިފުރުސަތު އެބޭފުޅުންނަކަށް ނުދޭނަމެވެ. އެކަލާގެ އިރާދަފުޅުން ފަސާދައިގެ ޗޭނު ފުނޑާލާނަމެވެ. ދިވެހިރާއްޖޭގެ ވެރިކަން މެދުފަންތިން ދަށަށް ފުރޮޅާލާނަމެވެ. މިވަޠަންގެ މަންމަގެ އަތްފޯޜާފަށަށް ދިވެހި ވެރިކަމުގެ ބާރު ތިރިކުރުވާ އޭނާއަށް ޚިދުމަތްތެރިކުރުވާނަމެވެ.
Comment by jaleel — October 14, 2008 @ 10:01 pm
ދިވެހިން އެމީހުންގެ ހޭލުން ތެރިކަން އިންތިހާބުގެ ފުރަތަމަ ބުރުން ދައްކައިފި
Comment by Anonymous — October 16, 2008 @ 2:21 am