ދިވެހި ރާއްޖެ ފުރޮޅެމުން މިދަނީ ދިވެހިން ދުވަހަކުވެސް ނުދެކޭނެ ފަދަ ރަންޒަމާނަކަށް- ކެންޑިޑޭޓް ނަޝީދު
ދިވެހިރާއްޖެ ފުރޮޅެމުން މިދަނީ ދުވަހަކުވެސް ދިވެހިން ދެކިފައި ނުވާނެފަދަ ރަން ޒަމާނަކަށް ކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުހައްމަދު ނަޝީދަށް ތާއީދުކުރައްވާނެކަން ހާމަކުރައްވާފައިވާ ޖުމުހޫރީ ގުޅުމުގެ އިސްބޭފުޅުންނާއި އެކު މިއަދު ބޭއްވި ޕްރެސްކޮންފަރެންސްއެއްގައެވެ. މޫކައި ހޮޓެލްގައި އޮތް މިޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދުވެގެން ކާމިޔާބު ހޯއްދަވައިފިނަމަ ފެނިގެން ދާނީ ދިވެހިންގެ ގިނަ ބަޔަކު ގިނަ ދުވަސްތަކެއް ވަންދެން އުއްމީދުކުރަމުން ދިޔަ އުފާވެރިދުވަސްތައް ކަމުގައެވެ.
ނަޝީދުގެ ބަސްފުޅަށް ތާއީދުކުރައްވާ އެމްޑީޕީ އިއްތިހާދުގެ ނައިބްރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އެމްޑީޕީ އިއްތިހާދުން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރާއްޖޭގައި ގާއިމްކުރައްވާނީ ކަމަށް އެންމެ ގާބިލް، އެންމެ އިލްމީ އަދި ތަޖުރިބާ ތިއްބެވި ބޭފުޅުންގެ ސަރުކާރެއްކަމުގައެވެ. މީގެ އިތުރަށް ޑރ ވަހީދު ރައްޔިތުންނަށް ގޮވާލައްވާފައިވަނީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ހަގީގީ މައްސަލަތައް ފަނޑުކޮށްލުމަށް މަސައްކަތްކުރަމުންދާކަމާއި މެދު ސަމާލުވުމަށެވެ. ޑރ ވަހީދު ވިދާޅުވި ގޮތުގައި ދީން ފަތުރަނީއޭ ކިޔައިގެން އާވާހަކަތަކެއް ދައްކުމުގެ ބަދަލުގައި ދިވެހި ރައްޔިތުންނަށް މިއަދު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ވާހަކައާއި ސިއްހީ މައްސަލަތަކުގެ ވާހަކަތައް ދެއްކުން މާރަގަޅުކަމުގައެވެ. ނަމަވެސް ޑީއާރުޕީން މިކަންތައްތަކުގެ މައްޗަށް ފަސްއެޅުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ޑރ ވަހީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދިވެހި ރައްޔިތުން މުހައްމަދު ނަޝީދަށް ތާއީދުކުރެއްވުމަށް ގޮވާލައްވަމުން ވިދާޅުވީ ނަޝީދަކީ ފެށުނީއްސުރެ ދިވެހި ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން ކުރަމުންދާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކޮށް އެތައް އަނިޔާއެއް ލިބިލައްވާފައި ހުންނެވި ބޭފުޅެއްކަމުގައެވެ.
ގާސިމްގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ޖުމުހޫރީ ގުޅުމުގެ ފަރާތުން އަދާލަތު ޕާޓީއަދި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްގެ އިސްބޭފުޅުންވެސް ވާހަކަދެއްކެވިއެވެ.
ޓުރިވެންޑުރަމް ފޮށިން މަކަރު ހަދާފަައިވާ ކަމަށް ވޯޓުލާން ދިޔަ ގިނަ މީހުން ވަރަށް ޔަގީން ކަމާ އެކު ބުނޭ. ވޯޓު ލިސްޓުގަ 1141މީހުން ރަޖިސްޓަރ ކޮއްފައިވޭ.ވޯޓް ލާފައިވަނީ1030މީހުން.800މީހުންނަށް ވޯޓު ނުލެވެނީސް ވޯޓު ކަރުދާސް ހުސްވެއްޖެ ކަމަށް އޮފިޝަލުން ބުނި.އަދި މީހުން ހަލަބޮލި ވެގެން ސިފައިން އައިސް މީހުން ބޭރު ކުރި. އަޅުގަޑަށް އެނގިފައިވާ ގޮތުގައި ރަޖިސްޓުރީގައި ވާ މީހުންގެ އިތުރަށް 1% ވޯޓު ކަރުދާސް ފޮނުވާ.ކަރުދާސް ހުސްވީ ރަޖިސްޓްރީ ނުކުރާ މީހުން ވޯޓް ދިނުމުން ކަމަށް އެމީހުން ބުނި.މައިސޫރުން ރަޖިސްޓަރ ކޮއްފަައިވާ 153މީހުންގެ ތެރެއިން ވޯޓުލާން ދިޔައީ 100މީހުން. އަޅުގަޑުގެ ސުވާލަކީ އިލެކުޝަން ކޮމިށަނުން ވޯޓް ކަރުދާސް މަދުން ފޮނުވީ ބާވައަޭ؟ނުވަތަ ބާކީ ހުރި ކަރުދާސްތަށް އޮޓޮމެޓިކުން މައުމޫނަށް ދިޔައީބާ؟
Comment by Aish — October 12, 2008 @ 11:04 pm
ޤާސިމް ތިދެއްކެވި ޑިމޮކްރަސީގެ ހަރުދަނާ ގޮތަށް މަރުހަބާ ! އަދި ތިގޮތުގައި ކުރިޔަށް ދިއުމަށް އެދެން
Comment by NOONU ޙުސައިން ނަޡީރު، ވައިޓްރޯސް — October 12, 2008 @ 11:19 pm
ޓުރިވެންޑްރަމް ފޮށި ކައިރީ ހުރި ޖާދުއްޅޯ ތައުފީގު މައިސޫރުން ދިޔަ މީހުންގެ އަދަދު ބެލީ ކީއްކުރަންބާ؟ އެ ވޯޓުފޮށި ކައިރީ އިދިކޮޅު ރިޕުރެޒެންޓޭޓުން ތިބި ބާ؟ ދެވަނަ ބުރުގައި އޭނަ އަށް ނުބަހައްޓަން އިލްތިމާސް ކުރަން. ހުރިހާވޯޓު ފޮށިތަކުގެ ކައިރީ ކެމެރާ އެއް ވޯޓު ލާ، ގުނާ ނިމެން ދެން ބަހައްޓަން ފެނޭ. މައްސަލަ ދިމާވާ ފޮށި ތަށް އޭރުން ޗެކު ކުރެވޭނެ.
Comment by student from mysore — October 12, 2008 @ 11:22 pm
ފުރަތަމަ ފަހަރަށް ތިރީސް އަހަރު ވެފައިވާ އޭސިޔާ ބައްރުގެ ކުދުމުޚްތާރު އަނިޔާވެރި ވެރިޔަކު ޑިމޮކްރަސީގެ ހަމަތަކުން މުޅިދުނިޔޭގައިވެސް ދުރުކުރުމުގެ ރެކޯޑެއް ޤާއިމު ވުމަށް މިއަންނަ ތާރީޚީ އިންތިޚާބުގައި ހުރިހާދިވެހި ރައްޔިތުން
އަންނި އަށް ވޯޓުދެއްވާ ދުނިޔޭގެ ތާރީޚުގައި ލިއުއްވަމާތޯއެވެ.
ކާމިނީ ޅަހޮއްކޮ
Comment by Venfunna 1990 — October 12, 2008 @ 11:42 pm
ކުރީ ރޭ ކަމާލުއްދީނު ޑީއާރުޕީ ނޫސް ކޮންފަރަންސްގައި ހެދި ދޮގު ޒުހައިރު މިއަދު 25 ގައި ފަޅާއަރުވާލައިފި.
1. ކަމާލުއްދީނު ބުނީ މަތިންދާބޯޓްގައި ކާޑު ޑެލިވަރ ކުރަން ހުއްދަ ދިން ކަމަށް. ޒުހައިރު ބުނީ އެއްވެސް ބޯޓެއް ޗާޓަރ ނުކުރާކަމަށް.
2. ކަމަލުއްދީނު ބުނީ ދަންވަރު ގޮސް ކުރި މަސައްކަތުން ބައިވަރު ކާޑު ހެދުނުކަމަށް. ޒުހައިރު ބުނީ އެއްމެ ކާޑެއްވެސް އެރޭ ނެހެދޭކަމަށް.
3. ކަމާލުއްދީނު ހެދިކަމަށް ބުނާ ކާޑުތައް ޒުހައިރުއަށް ނުފުނީ ކަމާލުއްދީނު އެކާޑުތައް ކޮތަޅަކަށްލައިގެން ހިފައިގެން ދިޔައީމާ ބާ؟
Comment by Anonymous — October 13, 2008 @ 12:05 am
ބުރުމާ ރައްޔިތުންނައްޓަކައި ޖާނުންފިދާވާން ތައްޔާރައް މިހާރު އެހެރީ އަތުކުރި އޮޅާލައިގެން. އެކަމަކު ކައްކާގޭހުން ރައްޔިތުންގެ ޙަރަދުތަކައް ލުޔެއް ދިނުމުގެގޮތުން ބައިރުފިޔާއެއްވެސް ކަނޑާލާކަށް ނުރުހޭ އެހެންނުން. މިކަމަކީ މީނަވެރިކަމައް ނަޔަސްވެސް ކުރެވެން އޮތްކަމެއް ނޫންތަ. މީކިހިނެއް ރައްޔިތުންނައް އިޙްލާސްތެރި ވާމީހެއްތަ. މީނަމިދައްކާވާހަތައް ރައްޔިތުން ބަލައިގަންނާނީ ކިހިނެއްތަ..
Comment by modey — October 13, 2008 @ 12:06 am
ސާބަސް އަންނި ………
Comment by Anonymous — October 13, 2008 @ 2:45 am
މާތްކަލާކޮ ދިވެހިރާއްޖެ ފްރޮޅެނީއޭ
Comment by ali — October 13, 2008 @ 3:28 am
އެމްޑީޕީ ތިކުރާ މަސައްކަތުގައި އެންމެފަހުން ޤާސިމްއާއި، އަދާލަތުގެ ބޭފުޅުން އަދި ކުރީރޭ ބޭއްވި ޕްރެސް ކޮންފްރަންސްއިން ރީކޯ މޫސާ މަނިކު ފެނިގެން ދިޔަ ދިޔުމަކީ ވަރަށްވެސް އުފާވެރިކަމެއް. ހަމައެހެންމެ، ޖާބިރު ގެ ފެނިލުމަކީވެސް ފާހަގަ ކޮށްލެވޭކަމެއް. މިދަނޑިވަޅުގައި ބޭނުންވަނީ، އެމްޑީޕީއަށް ދެވަނަ ބުރުގައި ތާއީދު ކުރައްވާނެކަމަށް ވިދާޅުވެފައިވާ ބޭފުޅުން ނުވަތަ ޕާޓީތަކުގެ ބޭފުޅުން އެމްޑީޕީއާއެކު ވުމަށް. ރަނގަޅަށް ރައްޔިތުންގެ ކުރިމަތީގައި ވަކާލާތުކޮށް މިހާރު މިއޮތް 30 އަހަރުގެ ހުދުމުހުތާރު ވެރިކަން ނައްތާލުމަށް ފަށުވިކަމާއެކު ވާހަކަދެކެވޭ ބޭފުޅުންކޮޅެއްގެ އެހީތެރިކަން އެމްޑީޕީއަށް ވަރަށް މުހިންމު. މިގޮތުން ޑރ. ހަސަން ސައީދާއި، ޑރ. ޝަހީދާއި، ޑރ. ޖަމީލުގެ އިތުރުން އިބްރާގެ ބައިވެރިވުން މި މަސައްކަތުގައި ޢަމަލީ ސިފައެއްގައި ފެނިގެން ދިއުމަށް އަޅުގަނޑުމެން އެދެން. އެބޭފުޅުން ވަކި ޕާޓީއެއް ރަޖިސްޓްރީ ކުރައްވަން މަސައްކަތްކުރެއްވިނަމަވެސް އެއީއަކީ މައްސަލައެއްނޫން. އެކަމަކު، މި ދެވަނަ ބުރުގައި ” އަންނި ” އަށް ފުރުޞަތު ހޯދާދެއްވުމަށް އެބޭފުޅުންނަށް ކުރެވެން ހުރި ހުރިހާކަމެއް ޢަމަލީގޮތުން ކޮށްދެއްވުން މުހިންމު ވާނެ. އެހެންނޫނީ، މިފަދަހަރުވެސް މި މައުމޫނު ސަރުކާރު ދީލާލާނެ. ރައްޔިތުން ނިކަމެތިކަމުގެ ތެރެއަށް ވައްޓާލާނެ. ކުރި ގަދަ ފަސް އަހަރުގެ ވައުދުތައް މަތިން ހަނދުމަފުޅު ނެތިގެން ހިނގައިދާނެ، އިސާހިތަކުން. އައިލާގެ ބޭފުޅުން، ޔާމީން، ކާރިކުރި ފަދައިން ކައިރިކުރައްވާނެ. ޢަބަދުﷲ ހަމީދުގެ ދަރިންފަތީގެ ތެރެއިން ޝަންމޫނު ހަމީދު، މައުމޫން ހަމީދު، ޝާހީން ހަމީދު، ފަދަ ބޭފުޅުންނަށް ބޮޑެތި މަޤާމުތައް ދެއްވާނެ. ޤައުމުގެ އިޤްތިޞާދު ފުންވަޅުގަނޑަކަށް ވެއްޓިގެންދާތަން ބަލަން އަހަރުމެން ތިބެންވީ ކީއްކުރަން. އިދިކޮޅު ހުރިހާ ފަރާތްތަކަކުން އެމްޑީޕީއާ ގުޅިގެން މިމަސައްކަތް މިފަހަރު ކޮއްލާ، މައުމޫނުގެ ހުދުމުހުތާރު ސަރުކާރު ނިމުމަކަށް ގެނައުމުން އަތުކުރި އޮޅާލާ މިއޮއް 28 ވަރަކަށް ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ.
Comment by ބަކުރު — October 13, 2008 @ 7:16 am
ހަމަ ވޯޓެއް ގިނަ ވާއިރަށް އެވޯޓް ދަނީ މައުމޫނަށްތަ؟ އަންނިގެ ސަހްސިއްޔަތެއް ނެތްކަން އެނގެނީ މި އިންތީހާބު ނިމިގެން ދިޔައިރު އަންނިގެ ފޮޓެއެއްވެސް މަގެއްގެ މަތީގައި ޖަހާލާފައި ހުއްޓާ ނުދެކެން، އަނެއްކާ ލައިލާ ރުޅި އަންނީ ބާ؟
Comment by Anonymous — October 13, 2008 @ 7:56 am
ހަސަން ސަޢީދު ކޮބާ؟
Comment by Aisha — October 13, 2008 @ 9:38 am
އަންނިގެ ފޮޓޯއެއް ނުފެންނަނީ ކީއްވެބާ؟ ނިކަން މަސާޖުކުރާ ތަނަކަށް ގޮސް ބޮޑި ޕަންޕު ކޮށްލައިގެން ނިކަން ރީތި ފޮޓޯއެއް ނަގާލަބަލަ. އޭރުން އަންނިގެ ރީތިކަން ފެނިފައި މިއުޅޭ ހުސްހަރިބަ އަންހެން ކުދިން ގަނޑު އަންނި އަށް ވޯޓް އަޅާފާނެ. އެގޮތަށް ވެސް ވެރިކަން ލިބިއްޖެއްޔާމުން އޯކޭނުން،
Comment by Anonymous — October 13, 2008 @ 11:10 am
އަޅުގަނޑަކީވެސް، ޓްރިވެންޑްރަމަށް ވޯޓް ލާން ދިޔަ މީހަކީމެވެ. ވޯޓް ލާންދިޔައީ މި ވޯޓަކީ ވަރަށް އިންޞާފްވެރި ވޯޓެއް ކަމަށް ހީކޮށެވެ. އެހެންނަމަވެސް، ސަރުކާރުގެ ފައިސާއަށާއި ތަކެއްޗަށް ޙިޔާނަތްތެރިވެފައިވާ ބޮޑުވަގަކު، ވޯޓް ކަރުދާސް ދިނުމަށް ހުރުހުމުން، މިއީ އިންޞާފް ވެރި ވޯޓް ލުމަކަށް ނުވާނެކަން ޔަޤީންވެ، ބަދަލަކަށް ބޭނުންވާތީ ހިތާއި ދެކޮޅަށް ވޯޓް ލީމެވެ. ބުނެވޭ ގޮތުގައި، ޖާދުއްﷲ ތަޢުފީޤް ކިޔާ މި މީހަކު، ވަނީ ކޮލެޖް ޕްރިންސިޕަލް ކައިރީގައި އެތައް ދޮގުތަކެއް ހަދާފައެވެ. އަދި ވޯޓް ލުމުގެ 2 ދުވަސް ކުރިން ޓްރިވެންޑްރަމަށް ގޮސްފައި ވެއެވެ. މީނާގެ ބޮޑާކަމުން މީނާ އަށްވަނީ މައިސޫރުގައި ކިޔަވާ ވަރަށް ގިނަ ކުދީންގެ ނަފްރަތް ލިބިފައިއެވެ. އަދި މީނާގެ މައްސަލަ މިހާރުވަނީ، ކޮމްޕްލައިންޓްސް ބިޔުރޯއަށް ހެކި ތަކާއި އެކު ހުށަހެޅިފައިއެވެ. ދެވަނަ ބުރުގައި މިފަދަ މީހަކު އޮފިޝަލަކަށް ބަހައްޓައިފިނަމަ އެތަކެއް މައްސަލަތަކެއް ކުރިމަތިވާމެކަމަށް ފެނެއެވެ.
Comment by Mohamed Ahmed — October 13, 2008 @ 12:35 pm
މައުމޫނު 24 އަހަރު މިސްރު ގައި ކިޔެވި، އިސްލާމް ދީނެއް ނޭގުނު މީފޭލިވެފައިވާ ކަމުގެ ހެއްކެއް،ޤައުމު ގެ ވެރިކަން 30 އަހަރު ކުރި، މިވަނީ ފޭލިވެފަ!ދެން އޮތީ މިކަލޭގެ ކިބައިން އަހަރެމެން ސަލާމަތް ވުން، އަންނި އަށް ވޯޓް ދެއްވާތި!
Comment by މޮހަނު — October 13, 2008 @ 1:43 pm
ނޫރާނީ މަލަކީ ކޮބާ؟
-ވާއިލް-
ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ނޫރާނީ މަލަކީ އެއްވެސް މާނައެއް ނޯންނަ ހަމަ އެކަނި ޅެންވެރިން އެމީހުންގެ ޅެންތަކުގައި ބޭނުންކުރަމުން އަިއސްފައިވާ ހުސް އެކަނި ނަމެކެވެ.
އަނެއް ބައި މީހުން ނޫރާނީ މަލަކީ ނަސޯރާ ދީނުގެ މަލެކޭ ބުނެ ދިވެހި ޅެންވެރިންނަށް ބަދުބަސް ރައްދުވާނޭ ފަދަ ގޮތަކަށް ވާހަކަދައްކަމުންދާ މި ދަނޑިވަޅުގައި ނޫރާނީ މަލުގެ މާނައަށް ވިސްނާލާ ފިކުރުހިންގާލުން އެންމެ މުހިންމު ކަމުގައި ދެކެމެވެ.
ނޫރާނީ މަލަކީ ޅެންވެރިން ގެ ޚިޔާލީ މަލަކޭ ބުނެ އުޅެނީ ހަމައެކަނި ޢާންމުންނެއް ނޫނެވެ. ރާއްޖޭގެ ބައެއް ޅެންވެރިން ޓީވީ ޕްރޮގުރާމުތަކުގައި ވެސް އެވާހަކަ އެ ގޮތަށް ދައްކަވާފައިވެއެވެ. އާއެކެވެ. އެއީ ޚިޔާލީ މަލެކެވެ. ނަމަވެސް މާނައެއް ނެތް ޚިޔާލެއް ނޫނެވެ.
އަޅުގަނޑަށް އެނގިފައިވާ ގޮތް ކުށް ކަމުގައި ނުވަނީ ނަމަ އެންމެ ފުރަތަމަ ނޫރާނީ މަލުގެ ވާހަކަދައްކަވާ ޅެމެއް ހައްދަވާފައިވަނީ ބޮޑުފެންވަޅުގޭ ސީދީއެވެ. އެހެންވީމާ ނޫރާނީ މަލުގެ މާނަކުރުމަށްޓަކައި އެމަލުގެ ވާހަކަ އެންމެ ފުރަތަމަ އައިސްފައިވާ [މަގޭ ގުލްޒާރު] ހައްދަވާފައިވާ ދުވަސްވަރަށާއި އެ ޅެމުގެ އެހެން ބައިތުތަކަށް ފުންކޮށް ވިސްނާލަން ޖެހެއެވެ.
ބޮޑުފެންވަޅުގޭ ސީދީގެ ޅެން ހައްދަވާފައިވަނީ އަމީނިއްޔާ ސްކޫލް ހުޅުވުނު ދުވަސްވަރުގައެވެ. އެހެންވީމާ ޢިލްމާއި އެމަލުގެ ނަމާއި ގުޅުމެއް ވާކަން ގައިމެެވެ. ޅެމުގެ ދިހަ ވަނަ ބައިތު ކިޔާލުމުން މިކަން ޔަގީންވާނެއެވެ. އެބައިތަކީ:
އުސްތާޛުނާއި ޢާލިމުން އުދަބާއުނާއި ޝާޢިރުން
މުސްލިމްތަކުންގެ މުރުޝިދުން ޢިލްމީ ބަޙުސް ކުރާނެޔޭ
އާއެކެވެ. ނޫރާނީ މަލޭ ބުނެވެނީ ނޫރު ލިބިގެންވާ މަލޭ ބުނުމަށެވެ. ޢަރަބި ބަހުގައި ބުނެއުޅެއެވެ. ޢިލްމަކީ ނޫރެކެވެ. އެހެެންވީއިރު އެއީ ޢިލްމު ލިބިގެންވާ މަލުގެ ވާހަކައެވެ. އެއަށް ވުރެ ސާފުކޮށް ބުނަނީ ނަމަ އަމީނިއްޔާއިން ނުކުންނާނޭ ތަޢުލީމީ އަންހެންދަރީން ގެ ވާހަކައެވެ.
މުޅި ޅެމުގައި ޅެންވެރިޔާ ދައްކަވާފައިވަނީ ހަމައެކަނި ޢިލްމުވެރި އަންހެން ކުދިންގެ ވާހަކައެއް ނޫނެެވެ. ނަމަވެސް ޅެމުގައި ޅެންވެރިޔާ ސިފަކުރައްވާފައިވަނީ މަގޭ ގުލްޒާރުކަމުގައި ވިދާޅުވެ ޅެންވެރިޔާގެ އުފަން ޤައުމު ދިވެހިރާއްޖެ ކަމުގައި ބެލެވެއެވެ. އެ ގުލްޒާރުގައި ނޫރާނީ މާ ފޮޅެން އުޅޭ ކަމުގެ (ތަޢުލީމީ އަންހެން ދަރީން އުފެދެން އުޅޭ ކަމުގެ) އިހްސާސް ކުރެއްވުނު ހިނދު ނޫރާނީ މަލުގެ ވާހަކައިން ޅެން ފައްޓަވާފައިވަނީއެވެ.
ކޮންމެއަކަސް ބޭނުމަކީ ނޫރާނީ މަލުގެ މާނައިގެ ގޮތުގައި މަށަށް ވެސް އެނގިފައިވާ މިންވަރު ސައިޓުގެ އަހުލުވެރިންނަށް ހިއްސާކޮށްލުމެވެ. އަދި ހަމަ އެހެންމެ ނޫރާނީ މަލުގެ ވާހަކަ މިލިޔުނީއަކީ ކޮންމެހެން ވަކި ޕާޓީއަކަށް ތާއީދުކުރާކަށް، ނޫނީ ނާތާއީދު ކުރާކަށް ވެސް ނޫނެވެެ. ދިވެއްސެއްގެ ހައިސިއްޔަތުން ދިވެހި ބަހައްޓަކައި އަދާކުރަންޖެހޭ ވާޖިބެއް އަދާކުރުމުގެ ގޮތުންނެވެ.
ނޯޓު: ނޫރާނީ މަލުގެ މާނަ މި ލިޔުމުގައި ބަޔާންކޮށްފައި މިވާ ގޮތަށް އަޅުގަނޑަށް ދޭހަކޮށްދެއްވީ މީގެ ހަތަރު އަހަރެއްހާ ދުވަސްކުރީން އަޅުގަނޑު ގެ ދިވެހި މުދައްރިސެއް ކަމުގައިވާ ރާއްޖޭގެ މަޝްހޫރު ޅެންވެރިއެކެވެ. ނަމަވެސް މުދައްރިސް ކިޔައިދެއްވިހާ ފުރިހަމަކޮށް ހަނދާނުގައި ނެތުމާއި އެހާ ފުރިހަމަކޮށް ބަޔާންކޮށް ދެވުނު ކަމުގައި ނުބެލެވޭތީ މިތަނުގައި އެ މުދައްރިސަށް ހަވާލާ ނުދިނީއެވެ.
Comment by Waail — October 13, 2008 @ 3:58 pm
މި ކުރިމަތި ވެފައިވާ ދެވަނަ ބުރުގެ ރިޔާސީ އިންތިޚާބުގައި މި ހާރު މި އޮތް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މި ލިބޭ އެންމެ ފަހުގެ ފުރުސަތުގެ ބޭނުން ދިވެހި ރައްޔިތުން ހެޔޮގޮތުގައި ބޭނުން ހިއްޕަވާ މުހަންމަދު ނަޝީދު “އަންނި” އަށް ވޯޓު ދެއްވާށެވެ. މިހެން މިކަން ނުވެއްޖެނަމަ، ދިވެހި ރައްޔިތުން ވެއްޓިގެން ދާނީ އަދިރި ފުންވަޅުގަޑަކަށްކަން ޔަޤީނެވެ. މިހެން މިދަންނަވަނީ މިހާރުފެންނަމުން ދާ ކުލަވަރުން މިނިވަން ކުރެވޭ މުއައްސަސާތަކުގެ ބާރު މައުމޫންގެ ގޮށްމުށުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރެވެމުން ދާތަން ފެންނާތީއެވެ. މިދާގޮތަށް ދާނަމަ، މި ޤައުމު އެބުނާ އާއުސްމިންތަކުގެ ތެރޭގައި، ވެރިކަން ފުރޮޅޭނީ ޖަނަރަލް މައުމޫނުގެ މިލިޓަރީ ސަރުކާރަކަށެވެ. ވީމާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން މިކަން ވިޔަ ނުދިނުމަށްޓަކާ މުޙަންމަދު ނަޝީދު އަންނި އަށް ވޯޓުދެއްވާ މައުމޫން ޤާނޫނީ ހަމަތަކުގެ މަތިން ވެރިކަމުން ދުރުކުރުމަށް ދިވެހިންނަށް މި ލިބޭ ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް އިލްތިމާސް ކުރަމުއެވެ.
ކާމިނީ ޅަހޮއްކޮ
Comment by Venfunna 1990 — October 13, 2008 @ 6:15 pm
ވެރިކަންބަދަލް ކުރެވެން އަންނަނީ އަންނި ރިޔާސީ ރޭހުން ވަކިވެ ހަސަނަށް ފުރުސަތު ދިނުން.މައުމޫނާއި އަންނި ކުރިމަތި ލަނީނަމަ ހޮވޭނީ މައުމޫނު މިއީ މުޖައްރިބު ކަމެއް؟
Comment by Dhonbe — October 13, 2008 @ 6:59 pm
“އަޅުގނަޑުމެން އުފައްދަން މި އުޅެނީ ރައްޔަތުންގެ ވެރިކަމެއް. އެހެންވެ ވަކިމީހެއްގެ ފޮޓޯތައްވެސް އަޅުގަނޑުމެން ޕޯސްޓަރ ތަކުގައި ނުޖެހީ. ޕޯސްޓާ ތަކުގައި ފޮޓޯ ޖަހާނަމަ ޖަހަންވީ ރައްޔަތުންގެ ފޮޓޯއެއް” އަންނި މިވަރުން އަންނި ފޮޓޯ ނުޖެހި ސަބަބު އެޔޮތީ އެގެން. ނައިންޓެ
Comment by Anonymous — October 13, 2008 @ 7:22 pm
އަންނި އަށް ސާބަސް، ތީ ހަމަ ދިވެހި ބަތޮލެއް. ގޮޅާބޯ އިސްތިއުފާ! މާތް ކަލާކޯ ހެޔޮނުވާނެ ގޮޅައައް ވޯޓު ނާޅާތި.
Comment by dobay — October 13, 2008 @ 7:39 pm
މަންމާ!!!! ރާއްޖެ ފޮރޮޅެނީއޭ!!!!!!!!!!!!
Comment by mehay — October 13, 2008 @ 7:44 pm
އަންނިއައް ދިވެހިރައްޔިތުން މިފަހަރުދޭނީ ވޯޓެއްނޫން. ރައްޔިތުން ދޭނީ ރަނގަޅު ވަރުގަދަ ކޯޓެއް. އެއީ އެފަކީރު މިއިންތިހާބުން ބަލިވާހިނދު މުޅިމީހާތުރުތުރު އަޅާގޮތްވާންފެށުމުން ޑޮކްޓަރަކާހަމައައް ދެވެންދެން ލައިގެން އޮންނަން
Comment by modey — October 14, 2008 @ 12:44 am
އަންނިއައް ހަމަސާބަސް…ކުރިއައް ދިވެހިރާއްޖެ..މިޤައުމުގައި ނޫރާނީމާ ފޮލޭނެ މާތް ﷲގެ ރަޙުމަތްފުލުން….
Comment by xim — October 14, 2008 @ 10:11 am