މައުމޫނަށް 40 އިންސައްތަ ވެސް ހޯއްދެވުނީ 5 ޕާޓީ އެއް ގުޅިގެން
ރިޔާސީ އިންތިޚާބް 2008 ގެ ފުރަތަމަ ބުރުގައި ރައީސް މައުމޫނަށް ރައްޔިތުންގެ އަޣުލަބިއްޔަތު ގެއްލި %40 ވެސް ހޯއްދެވުނީ 5 ޕާޓީއެއްގެ ގުޅުމަކުން ވޯޓް ހޯދުމުގެ މަސައްކަތް ކޮށްގެން ކަމުގައި ވާދަވެރި ސިޔާސީ ޕާޓީތަކުން ފާހަގަކުރަން ފަށައިފިއެވެ. މި އިންތިޚާބުގައި ޑީއާރުޕީ އާއި ގުޅިގެން މަސައްކަތްކުރާނެ ކަމުގައި ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނު އިސްވެހުންނަވާ ޕީޕަލްސް އެލަޔަންސް އާއި ކޮއްކޯފުޅު ޢަބްދުﷲ ޙަމީދުގެ ވާގިވެރިކަން ލިބޭކަމަށް ގަބޫލު ކުރެވޭ ފަގީރު ކަން ނައްތާލާ ޕާޓީ އާއި ރީކޯ އިބްރާހިމް މަނިކު އުފެއްދެވި އެމްއެސްޑީޕީ އާއި، އަދި ޕީޕަލްސް ޕާޓީ އިން ކުރިން ހާމަކޮށްފައިވީނަމަވެސް، ޖުމްލަ ނަތީޖާ އިޢުލާނު ކުރެވުނު ހަމައިން އެޕާޓީތަކުގެ ވާހަކަ ޑީއާރުޕީން ނުދައްކާކަމުގައިވެސް ފާހަގަ ކުރެވިފައިވެއެވެ.
ޑީއާރުޕީގެ ސިޔާސީގުޅުމުގައި ނުހިމެނޭ އެހެން ހުރިހާ ޕާޓީ އަކުން މި އިންތިޚާބުގައި ވާދަކޮށްފައިވަނީ ވަކިވަކީން ކަމުން އެފަރާތްތަކުން ހާޞިލްކޮށްފައިވާ ނަތީޖާ ތަކުގެ ޖުމްލަ % 60 އެއީ މިހާރުގެ ސަރުކާރު ބަދަލުވާން އެދޭ ރައްޔިތުންގެ އަޣުލަބިއްޔަތުކަމުގައި އެޕާޓީތަކުން ދަނީ ސިފަކުރަމުންނެވެ.
ދެވަނަ ބުރެއްގައި އަންނި އަށް ތާއީދުކުރައްވާނެ ކަމުގައި ވިދާޅުވާ ޑރ. ހަސަން ސަޢީދު އާއި ސޯޝަލް ލިބަރަލް ޕާޓީގެ އިބްރާހީމް އިސްމާޢީލް ގެ އިތުރުން ޖުމްހޫރީގުޅުމުގައި ހިމެނޭ ހުރިހާ ޕާޓީއަކުން މިހާރުވަނީ ގުޅިގެން މަސައްކަތްކުރެއްވުމުގެ ނިޔަތް ހާމަކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ޑީއާރުޕީ އާއި ގުޅިގެން މަސައްކަތްކުރި އަނެއްހަތަރުޕާޓީގައި ހިމެނޭ ދެޕާޓީއެއްގެ މެމްބަރުންގެ އަދަދު އެހާގިނަނޫންކަމުގައި ފާހަގަވިޔަސް، އިންތިޚާބަށް ދޫކުރާ ފާސްތަކާއި، އޮބްޒާވަރުންގެ ހުއްދަ އަދި ކަނޑައަޅާ ބަޖެޓްވެސް ވާނީ ފަށްފަށްވެ އިތުރު ހަތަރުގުނައިގާކަމުގައި ވާދަވެރި ޕާޓީތަކުން ފާހަގަކުރެއެވެ. މިޕާޓީތަކުގެ ތެރެއިން ތިން ޕާޓީއަކީ ދަވްލަތުގެ ބަޖެޓުން މިލިއަނުން ފައިސާ ލިބޭ ފަރާތްތަކެވެ. ހަމައެއާއިއެކު މައުމޫނުގެ ޢާއިލީ ނުފޫޒު ހިންގެވުމުގައި ކޮއްކޯފުޅުން ކަމުގައިވާ ޢަބްދުﷲ ޙަމީދާއި ޢަބްދުﷲ ޔާމީނު މާލެއާއި ރާއްޖެތެރޭގައި އެބޭފުޅުންގެ ބައިވެރިވެވަޑައިގެންނެވުން އޮންނަ ޕާޓީތައް މެދެވެރިކުރައްވައި ގިނަގުނަމަސައްކަތްތަކެއްކުރައްވާފައިވެއެވެ.
އޭނަ އަބދުވެސް ހެޔޮކަމެއް ކޮއްދިފި މީހަކަށްދޭނީ ތެޔޮހަމެއް
Comment by Hussain Nazeer(NOONU) N.Lhohi — October 14, 2008 @ 12:58 am
މައުމޫން ވޯޓް ހޯދަން ބެހީ ވަގު ލާރި، މިފަހަރު ކިހިނެއްބާ އެކަލޭގެ ހަދާނީ……!!! މިފަހަރު މައުމޫނު ހޮވާކަށް ނުކެރޭނެ ނިކަން ހޮވާބަލަ… ދެން ލަލަލަލަލަލަލަލަލަލަލަލަލަލ
Comment by shmo — October 14, 2008 @ 8:08 am
ކ.ތުލުސްދޫގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ ވޯޓު ގަނެލުމަށް ޑީއާރުޕީން އެއްލައްކަ ރުފިޔާ ފޮނުއްވެވިކަމަށް އެރަށުގެ ރައްޔިތުން ވިދާޅުވޭ ހަމައެހެންމެ މިފައިސާ ރައްޔިތުންނަށް ރައްދުކޮއްދޭނަމޭ ބުނެ އަދި އެހެންނަމަވެސް ވޯޓުލުމުންކަމުގައި ބުނެ އެހެންނަމަވެސް ރަށުގައި އުޅޭ އަސްލަމް (އަސްލުނަމެއްނޫން) ކިޔާ ވިޔަފާރިކުރާމީހަކާއި ހަވާލުކުރެވި، ވޯޓުލާ ދުވަސް ފާއިތުވެދިޔުމުން މިފައިސާ އެވިޔަފާރިކުރާ މީހާގެ އަމިއްޔަ ބޭނުންފުޅަށް ބޭނުން ކުރައްވާފައިވާ ކަމުގައި އެރަށުގެ ރައްޔިތުން ވިދާޅުވޭ އެހެންނަމަވެސް މިފަހަރު އެހެން ފޮނުވާ ފައިސާއަކަށް ނުވިކޭނެ ކަމުގައި އެބައިމީހުން ބުނޭ
ޝުކުރިއްޔާ:
Comment by Anonymous — October 14, 2008 @ 10:45 am
އެއްވެސްމީހަކީ ގޯސްމީހެހްނޫން މީޙުންކުރާކަންތައްގޯސްވަނީ . ވާހަކަދައްކައިގެން ކަންތައް ރަގަޅު ކުރެވިދާނެ. އެކަމަކު އެކަން ކުރެވޭނީ މިހާރު މި ތިބިމީހުންބަދަލުވެގެން.
Comment by ahded — October 14, 2008 @ 11:32 am
މިހާތަނަށް އެއްވެސް ފަރާތަކަށް ތާއީދު ކުރާނެކަން އިއުލާން ނުކުރާ ހުރިހާ ޕާޓީ ތަކާ ވަރަށް ސީރިއަސްކޮށް ވާހަކަ ދެއްކުން ބުއްދިވެރި. މައުމޫނަކީ ކޮންމެ ގޮތަކުން ވިޔަސް ވެރިކަމުގައި ދެމިހުރުމަށް މަސައްކަތްކުރާ ކެޑިޑޭޓަކަށް ވާތީ އެންމެ ވޯޓަކީ ވެސް ވަރަށް މުހިންމު އެއްޗެކެވެ. މީހުން މަދު ދެޕާޓީ އަކުން މަސައްކަތް ކޮށްގެނ ފަހަރެއްގައި ހީކުރާވަރަށް ވުރެ ރަގަޅު ނަތީޖާ ވެސް ނެރެވިދާނެ
Comment by Saeed — October 14, 2008 @ 2:29 pm
ދީނޭކިޔައިގެން މައުމޫނު މިހާރު ގޭމުޖައްސަނީ ހޮވޭނެކަމާމެދު ޝައްކު އުފެދޭތީކަން ޔަގީން. ކުރިން އުޅުނީ މުޅިންވެސް ގައުމޭކިޔައިގެން. މިހާރު މިއުޅެނީ ދީނުގެ އަލީގަ ދެބޯގެރިދުއްވާފަ ބޯކާންވެގެން. ވަރަށްމަކަރުވާނެ.
Comment by Anonymous — October 14, 2008 @ 5:22 pm
މައުމޫނު ދިވެހިރައްޔަތުންނަށް ދެއްކި ބޭފުޅަކީ ހ.ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާސިރު. މިއީ މައުމޫނު ކިޔާވިދާޅުވެގެން ރާއްޖެ ވަޑައިގެން ފެއްޓެވި ކުޅިގަނޑު މިހާރު މިއޮތީ މިއަދުގެ ތަޢްލީމް މައުމޫނަށްވުރެ މޮޅަށް ޙާޞިލްކޮށްގެން ތިއްބެވި ބޭފުޅުން ކޮޅެއް ފައްޓަވާފަ. މައުމޫނުވެސް އިބްރާހިމްނާސިރު ވެރިކަން ދޫކޮށްލާ ރައްޔަތުން ކުރިމައްޗަށް މައުމޫނު ގެންނަވާފަ ތިމަންގެ ބަލިޙާލު މިއަދު ވެރިކަންކުރާވަރަށްވުރެ ދެރަކަމަށް ތިމަންނަޔަށް ތިކުރައްވާ އިތުބާރު މައުމޫނަށްކޮށް ތިމަންނާގެ މިނިންމުމަށް މަރްޙަބާ ކިޔާށޯ ބުންޏޯ. އެހެންނަމަވެސް މައުމޫނުގެ ކަންފަތާ ހަމަޔަށް ނާސިރުގެ އަނގަ ކައިރިކޮށްލާފައި ބުންޏޯ ވެރިކަމަށް އާދެވުނީމަޔޯ އެގޭނީ މިކަމުގައި ހުރިވަރެއް. މިއީ ވަރަށް ބޮޑު ތެދެއްކަން މިހާރު ޤަބޫލްކުރަން އެބަޖެހޭ. މިހާރު މައުމޫނު ފިޔަވައި ދެންވެރިކަމަށް ކުރިމަތިލީ ހުރިހާ މީހުންނަކީ ވެސް ބޭރުގެ އެކިއެކި ޖަމާޢަތް ތަކުން ޚަރަދު ކުރައްވައިގެން ރާއްޖޭގައި ނަސާރާ ދީން ފަތުރަން މަސަކަތް ކުރާ މީހުން ކަމަށް މައުމޫނުގެ ޖަލްސާ ތަކުގައި ބަހާ ފޮތްތަކުން އަންގަމުން އެބަދޭ. މިހާރު ވެރިކަމަށް ބޫތުކައިގެން މައުމޫނު މިހާ ދަށު ދަރަޖަޔަކަށް ވަނީ ވެއްޓިފައި.
Comment by Hassan — October 19, 2008 @ 11:28 am