އަތޮޅުވެރިންނާއި ކަތީބުން އަދި ސިފައިންނާއި ފުލުހުންނަށް ލިބެންޖެހޭނެ އިނާޔަތްތަކާއި ގަދަރު އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ހޯއްދަވައިދެއްވާނެ
އެމްޑީޕީ އިއްތިހާދުގެ ފަރާތުން އުފައްދާ އެއްބައިވަންތަކަމުގެ ސަރުކާރުގެ ފަރާތުން އަތޮޅުވެރިންނާއި ރަށްރަށުގެ ކަތީބުން އަދި ސިފައިންނާއި ފުލުހުންނަށް އެބޭކަލުންގެ އާއިލާތަކަށް ލިބެންޖެހޭނެ ހައްގު އިނާޔަތްތަކާއި ގަދަރު ހޯއްދަވައިދެއްވާނެ ކަމުގައި މިއަދު ހާމަކުރައްވައިފިއެވެ.
އެމްޑީޕީ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެން އެމްޑީޕީ އިއްތިހާދުގެ ނައިބްރައީސް ޑރ މުހައްމަދު ވަހީދު ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އާއިލާތަކުން މިހާރު ދިރިއުޅެމުންދާ ފެންވަރަކީ ސިފައިންނާއި ފުލުހުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކާއި ގުޅޭ މިންވަރެއް ނޫންކަމުގައެވެ. އަދި އެބޭކަލުން ވަޒީފާއިން މުސްކުޅި ކުރެއްވިނަމަވެސް ލިބެމުންދާ އިނާޔަތްތައް އެމިންވަރަށް ލިބޭނެގޮތް ހަމަޖައްސައިދެއްވާނެކަމުގައި ޑރ ވަހީދު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރު ބަދަލުވިނަމަވެސް ސިފައިންނާއި ފުލުހުންނަށް އަދި އަތޮޅުވެރިންނަށާއި ކަތީބުންނަށް އެއްވެސް ނިކަމެތިކަމެއް ނާންނާނެ ކަމަށާއި އެބޭފުޅުންނަށް ހައްގު މަގާމު ހޯއްދަވައިދެއްވާނެކަމުގައި ޑރ ވަހީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ މީގެ ކުރިން ފުލުހުންނާއި އާއްމުން ޖެހި ދެފަރާތުގެ ބޭފުޅުންނަށްވެސް އަނިޔާތައް ލިބިފައިވަނީ ޚުދުމުޚްތާރު ސަރުކާރެއްގެ ފަރާތެއް ފުލުހުން ބޭނުންކުރައްވައިގެން އާއްމުންނާއި ދެކޮޅަށް ކަންތައްތަކެއް ކުރައްވާފައިވާތީކަމުގައެވެ. ނަމަވެސް ގާނޫނު އަސާސީގެ ދަށުން ފުލުހުންނާއި ސިފައިންގެ ގާނޫނެއް ހެދިފައިވުމުން އެދެކޮޅުވެރިކަން ނެތި ހިގާއްޖެކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިސްލާހުގެ މަސައްކަތް ފަށައިގެން ދުވަސްވަރު ފުލުހުންނާއި އާއްމުންނާއި ދެމެދު މައްސަލަތައް އުފެދިގެން ދިޔައީ ބައެއް މީހުންނަށް ކުރާން މިއުޅޭ ކަންތައް ސާފުވެފައިނުވާތީ ކަމުގައެވެ. ނަމަވެސް އެމްޑީޕީން ވިސްނީ ފުލުހުންގެ އަނިޔާތައް ހުއްޓުވުމުގެ ބަދަލުގައި ރައްޔިތުންނަށް އަމާންކަން ހޯއްދަވައިދީ ޝަރީއަތް މިނިވަން ކުރުމަށްކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ﷲ އިރާދަކުރެއްވީތީވެ މިއަދު މިވަނީ އަދުލު އިންސާފުގެ ދާއިރާ މިނިވަންވެފައިކަމުން މިއަދު އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލިފައިވާނަމަ އެކަމާއި މެދު ދައުވާ ކުރެވިދާނެކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އަދި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ނައިބްރައީސް ވިދާޅުވީ އެބޭފުޅުން އެއްވެސް ފުލުހަކާއި ދެކޮޅަށް ދައުވާ ނުކުރައްވާނެކަމުގައެވެ.
މުހައްމަދު ނަޝީދު ހާމަކުރެއްވި ގޮތުގައި މިރާއްޖޭގައި އަނިޔާވެރިކަން އާއްމުވެގެން ދިޔައީ މިތާނގައި އޮތް ނިޒާމެއްގެ ސަބަބުންނެވެ. އަދި އެއްވެސް އިރެއްގައި ފުލުހަކާއި މެދު ހިތްބަރުކަމެއް އަދި ހަރުކަށި ބަހެއްވެސް ބުނެފައިނުވާނެކަމުގައި ނަޝީދު ވިދާޅުވިއެވެ.
ގާސިމް މިއަދު ވިދާޅުވީ އިސްލާހަށް މަސައްކަތްކުރާ އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ނިޔާއެއް ނުލިބި ނުދާނެކަމުގައެވެ. އަދި މާފުކުރުމުގެ ސިފަ ނެތް މީހެއްގެ ކިބައިގައި އިސްލާހުކުރުމުގެ ސިފަ ނުހުންނާނެކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.
އެހެންވީމާ ދެން ކޮން ބިރެއް. އަންނި ހޮވާފަ މިފަހަރު ދައްކާނީ
Comment by Hussain Nazeer(NOONU) N.Lhohi — October 14, 2008 @ 12:55 am
ކޮލަމާފުށީ އެންއެންކޭ މާރޓް އަދި ހަމަ އެރަށު ޓްރެންޑީ އިންވެސް އިއްޔެ ވަނީ ވަގު ނޫޓުފެނިފަ. މިނޫޓުތައް ފެނިފަވަނީ ޑީއާރުޕީ އަށް ކެމްޕެއިން ކޮށްދިން ބައެއްގެ އަތުން
Comment by didi — October 14, 2008 @ 6:15 am
ޔަޤީން އަންނި ހޮވިފަކަން ހުރީ. އަހަރުމެން އަންނި އަށް ނޫން އެހެންމީހަކަށް ވޯޓެއްނުދޭނަން.
Comment by ahmed — October 14, 2008 @ 7:35 am
މިހާރު ތިދައްކަނީ ކުޑަކުދިންކައިރީގަ ދައްކާކަހަލަ ވާހަކަ. މަށެއްނުތޮޅެމޭ. ނުޖަހަމޭ. ނުކިޔަމޭ. މީ ކަލޯމެންގެ ފާޑު. އަހަރެމެންގެ ކަންފަތުގައި އަދިވެސް ހަރުލާފައި އެބަހުރި ފުލުހުންނާއި ސިފައިންނަށް ގޮވި ހަޑިހުތުރު ބަސްތައް. މިހާރުވެސް އެބަސިފަވަމުންދޭ އަހަރެންނާ ދެކޮޅަށް ހިންގި މާރާމާރީތައް. މިހާރު އަހަރެމެންގެ ވޯޓްގެ ބޭނުމުގައި ތިހެން ތިބުނަނީ. މާދަމާބުނާނީ………………………. ކިތަންމެ ވަރެއް ދެއްކިއަސް އަންނިއަކަށް ވޯޓެއް ނުދޭނަން. އަންނިއަށް އެންމެ ރަގަޅުވާނީ އަނެއް ރާއްޖެއަށް ތިކޯލިޝަނުގައި ތިބި ބައިވެރިންނާއެކުގޮސް ހުސްފައިގަ މަގުމަތީގަ ބާރަށް ދުވުން. ގާސިމަށް ދޭން ބޭނުންވާ މެސެޖަކީ މިހާރު ވެސްތިހުރީ ސިކުޑީގެ އުނިކަމެއްގެ ތެރޭގައޭ. ބޮޑުވަރު ނުވަނީސް އަވަހަށް ސަލާމަތްވާށޭ.
Comment by Adam Rashad — October 14, 2008 @ 10:14 am
އަންނި ނޫން މީހަކަށް ހަމަ އާއި އިންސާފް ޤަބޫލް ކުރާމީހަކު ވޯޓް ނުދޭނެ. 30 އަހަރުގެ ސަރުކާރުގެ ބަދަލުގައި އެހެން ސަރުކާރެއް ގެނެސްގެން ނޫނީ އުފާފާގަތި ދިރިއުޅުމެއް ނޫޅެވޭނެކަން ޔަޤީން. 30 އަހަރު މިހާރު ފުދިއްޖެ. އަންނި ވެވަޑައިގަތް ޤުރްބާނީގެ ސަބަބުން ނޫންނަމަ މިއިސްލާޙްތަކެއްނާންނާނެ. ސިފައިންނާ ފުލުހުންނަށް ވެސް އިތުރު ތަރއްޤީ ލިބޭނީ މިސަރުކާރު ބަދަލުކުރެވިގެން. = ސިފައިންގެ އޮފިސަރ އެއް=
Comment by Anonymous — October 14, 2008 @ 10:37 am
މައުމޫން ހޮވައިފިއްޔާ ކަތީބުންނަކީ މައުމޫން ހޮވާބަޔެށް އެކަމު އަނެއްދިވެހިރާއްޖޭގައި ކަތީބުންނާއި އަތޮޅުވެރިންނަކީ ރައްޔިތުން ހޮވާނެބަޔެށް
Comment by manikfaan — October 14, 2008 @ 11:42 am
ތިޔަހަރީ ކަލޭމެންގެ ހުންނަ ޖާހިލުކަން . ސިފައިންނާއި ފުލުހުންނޭ ކިޔާފައި އަވަގުރާނަ ގޮވޭފޭ މިހާރު ތިބުނަކީ ތިމަންނަމެން އެކަމެއް ނުކުރަމޭ!! ތީތާ މިވާގޮތަކީ . ކާކުކަމެއްކޮށްފައި އެއްބަސްވަނީ ސިޔާސީ ބޮލަށް ވަނީމާ ހީވަނީ ތިމަންނަ މިހުރީ ސިތުރަތުލް މުންތަހާގައޭ.. ކޮއިފުޅާ ތިޔަހެންނެއްވެސް ނުވާނެ. ކޮންމެ މީހަކުވެސް ރީތިއަޚުލާޤެއް ހުންނަން ޖެހޭދނެއެވެ. އެހެންނޫނި ތިމާގެ ބަހާޢަމަލެއް ދިމާލެއް ނުވާނެއެވެ. އައްބޭ…
Comment by Anonymous — October 14, 2008 @ 11:46 am
އާ މިފަހަރު ބޭނުމީ ހަމަ ބަދަލެއް. މަވޯޓާ އަންނިއަށް ލިބޭހެއް. އިންޝާ ﷲ. އައްޑޫ އޮތީ ބަދަލަކަށް ބޭނުންވެފެއި.
Comment by Anonymous — October 14, 2008 @ 11:47 am
” ވަތަން
Comment by Anonymous — October 14, 2008 @ 11:48 am
އެކަމަކު، މިފަހަރުވެސް ހޮވޭނީ މައުމޫނު
Comment by ali — October 14, 2008 @ 12:23 pm
މިހާރު މައުމޫނު ހަމަ ގައިމުވެސް އެންމެ ފެންބޮވައިގެންފައި ހުންނަވާނީ ވަރަށް އާދަޔާ ޚިލާފުބަސްތަކެއް އިއްވަމުން ގެންދަވާ ޑރ. ޙަސަން ސައީދު، ޑރ. ޖަމީލް، ޑރ. ޝަހީދު އާއި ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކަށް އޭނާގެ ޖަލުގެ ފެންބޯން ދިނުމަށް. މިކަންތައް އޭނާ ކުރައްވާނެ މާގިނަ ދުވަސްތަކެއްނުވެ.
Comment by Hassan — October 14, 2008 @ 7:34 pm
އަހަރެންމެންނަށް ރަގަޅުގޮތް ތަކެއްވާނީ އަންނިއަށް ވޯޓު ދީގެން. އަހަރެން ވޯޓު ދޭނީ އަންނިއަށް މިޤައުމުން ކޮރަޕްޝަން ނައްތާލުމަށްޓަކައި-ރަޝްލާ-
Comment by Anonymous — October 14, 2008 @ 8:49 pm
އަހަރެމެން ރާއްޖެތެރޭ މީހުންނަށް ހޮސްޕިޓަލާއި ސްކޫލްތައް
އަޅާދީފައި ހުރިވާހަކަ ދައްކާއިރު އެއީ ހަމަ ނަމެއްގައި ހުރިތަންތަން. ދައުލަތުގެ ބަޖެޓުން ކުރާ ބޭކާރު ޚަރަދެއް. ރައްޔަތުންނަށް ޚިދްމަތެއް ފޯރުކޮށްދެވޭ ވަރުގެ ފެންވަރެއް ހުރި މުއައްޒަފަކު ނެތްތާގަ އެފަދަ ވަސީލަތެއްވެސް ނެތްތަންތަން. ތިބުނާ ހޮސްޕިޓަލާ ޞިއްޙީ މަރުކަޒު ތަކަށް މީހަކު އިނގިއްޔެއް ފަޅައިގެން ގޮސް ގެން ދިޔަޔަސް ބުނާނީ އަވަހަށް މާލެ ދާށޭ ދެން އެވީ އެއްކަލަ އުސްމިނަށްދާން .އަތްނުފޯރާ ވަރުގެ ބޮޑުއަގުގައި ޓިކެޓް ގަނެގެން މުޅިޢުމުރު ދުވަހު އެއްކުރިލާރިކޮޅު ނޫނީ ލޯނަށްނެގި ލާރި ކޮޅާއިގެން ގޮސް ކިރިޔާ ވާވަރަކީ ތިބޭ ކޮޓަރިގަނޑުގެ ކުލި ދެވެނީ. ކުލިދީފަ ބޭސް ކުރުވާނެ އެއްޗެއްނޯވޭ. ދަރީންނަށް ތައުލީމް ދޭންވިޔަސް މިޖެހެނީ މުޅި ޢުމުރު ދުވަހު އުޅެގެން ހެދުނު ބޯހިޔާވަހި ގަނޑު ދޫކޮށް މާލެ އަށް ހިޖްރަ ކުރަން . ގޮސް އެތާ ގޭ އެންމެނަށް ކޮންމެ މަހަކު ލިބޭ އާމްދަނީ ކޮޅު އެއްކޮށް ދީގެން ތިބޭއިރުވެސް މިތިބެނީ ކޮންފަދަ ޙާލެއްގައި؟ނިދާ އެނދުގެ ބޯލާކޮޅުގައި ނުވަތަ ބޯފެންފުޅީގެ އަނގަ މަތީގައި ލާ ޖަނގިޔާ ގަނޑު އަޅުވައިގެން ފައިލާކޮޅުގައި އުނދުން ގަނޑު ބަހައްޓައިގެން .މީތަ މައުމޫނުގެ ވެރިކަމުގަ ރާއްޖެތެރެއަށް ގެނެސްދިން ތަރައްޤީ އަކީ؟ މަވާ ސަލާން! ބޭނުމީ އަނެއް ރާއްޖެއަށް ދާން.މަވޯޓާ އަންނި އަށް.
Comment by Mr.Abulla — October 14, 2008 @ 10:02 pm
ފުލުހުންގެ ވާހަކަ ނައިފަރުގެ މީހުން ދައްކާއިރު ކޭބަލް ޓީވީން ބަޖާޖު އާއި ކުމްކުމް ނުފެނިގެން ސަރުކާރުގެ އޮފީސްތައް ތަޅައި ވެހިކަލްތައް ކަނޑު ތޮށިން ބޭރަށް ފެއްތީމަ، މިކަން ތަހުގީގު ކުރަން ފުލުހުންނާ ސިފައިން ނައިފަރަށް ވަޑައިގަތުމުން އެބޭފުޅުހުންގެ ގަޔަށް ކަރުގޮހޮރު އުކައި، ވެޔާއި، އޮއްގައު އުކީ ތިކިޔާ ތައުލީމީ ނައިފަރުގެ މީހުން… އެއިރުގަ އައްނި އާއި އިބްރާމެން ކޮބައިތޯ؟ ކޮންބަޔެއްތޯ ފުލުހުންގެ ގަދަރާއި ޢިއްޒަތަށް އަރައި ގަތީ؟
Comment by Bhass (baaboo) — October 14, 2008 @ 10:43 pm
އާން! އެއީ ތެދެއް.. މިރަށު އޮފީސް ތެޅި… މިރަށު މީހުންނައް ބޮއްތޮން ވެސް ކަމަކު ނުދޭ.. ވައްހާބުވެސް… އެކަމަކުވެސް މައުމޫނު ވަރެއް ނެތް… %58 30 އަހަރުގެ ވެރިކަމުގައި ނައިފަރުގެ ތައުލީމު ބޮކި ޖަހާފަ އަޑިޔަށް.. ދެން މަ ހީހީ…
Comment by Dafo — October 14, 2008 @ 10:55 pm
ދިވެހިޤައުމަށް އައި އިޞްލާޙުތައް އަދި އައީ ކަރުދާހާ ހަމައަށް. ތަންފީޒީ މަރުހަލާއާއި ހަމައަށް ގެންދެވިގެންނޫނީ އެއިސްލާޙުތަކުގެ ފޮނިކަމެއް ނުފެންނާނެ. ތަންފީޒީ މަރުހަލާއާއި ހަމައަށް އެއީޞްލާޙުތައް ގެންދިއުމަކީ މައުމޫނުގެ ވެރިކަމުގައި އަމުދުންނުވާނެކަމެއް. ވީމާ އަދި ދިވެހިރާއްޖެއަށް އެއްވެސް އިޞްލާޙެއް އަތުވެއްޖޭކިޔާ ހޭރޭހިސާބަކަށް ނުދޭ. މައުމޫނު ބަދަލުކުރޭ ނުނީނުވާނެ މިކަމެއް. -ވަފިއްޔާ-
Comment by Anonymous — October 15, 2008 @ 10:56 am
މައުމޫނަކ ފޭލިވެފާ ވާ މީހެއް
Comment by Anonymous — October 15, 2008 @ 5:32 pm
މިފަހަރު ހޮވޭނީ އަންނި…
Comment by conn — October 17, 2008 @ 4:44 am
ސިފައިން މައުމޫނުގެ ލާރިގަނޑު ކާލައިގެން ދޯ ތިއުޅެނީ. ތިމީހުން ކަންތައް ކުރިގޮތުން އެންމެންވެސް ތިބީ ފޫހިވެފަ. އިސްލާހުވޭ. ވަޤުތުފާއިތު ނުވަނީސް. މަގޭ ވޯޓް އޮތީ އަންނިއަށް.
Comment by Anonymous — October 27, 2008 @ 9:45 am
އިސްލާހެއް ބޭނުންވާ އެންމެން އަންނިއަށް ވޯޓްދޭ
Comment by Anonymous — October 27, 2008 @ 9:47 am
އާ މައުމޫނަށް ވޯޓް ލާ މީހުން ވޯޓް ލަނީ މައުމޫން އިޙްލާސްތެރި ވެރިޔަކަށް ވެގެން ނޫން.ލާރި ގަނޑު ކާން ވެގެން!މިފަހަރު މީ އަހަރަމެން ގެ ފަހަރަށް ހަދަ މާތޯ!
Comment by badal ah vote — October 27, 2008 @ 10:24 am
މި ފަހަރު ހޮވާނީ އަންނި، މައުމޫނަށް ޖެހޭނީ ސުމެއް!!
މީ ހަމަ އަހަރެމެންގެ ފަހަރު، މީ ވަތަން އެދޭގޮތް، ދެން ލަލަލާ!!
Comment by Anonymous — October 27, 2008 @ 2:04 pm
ވެރިކަމަށް ފަހަރެއްގަ ހޮވުނަކަސް ރައީސް މަޢުމޫންއަށް ދިވެހި ރައްޔިތުން ގެ ހިތްތަކުން ދީފައިވާ މަޤާމެއް ދުވަހަކުވެސް ނުލިބޭނެއެވެ.
ރައްޔިތުންނަށްޓަކަ އޭ ނުކިޔާ މިއުޅެނީ ފައިސާގެ ދަހިވެތިކަމުގައޭ ބުނީމަ މާ ރަނގަޅުވާނެ. އަންނިއަށް ވެރިކަން ކުރެވިދާނެކަމާ މެދު ޝައްކު. ހަސަން ސައިދުމެން އަންނިއަށް ތާއިދު ކުރަނީ ސަރުކާރުގެ މަތީ މަޤާމުގެ ބޭނުމުގައެވެ. ހުސަން ރަޝީދުގެ ބޭނުމަކީ ވެސް އެއީ، އިލްޔާސް ކާރިން އަހާބަލަ އިސްލާމިއްޔާ ސްކޫލު ހިންގި އިރު މުއްސަނދި މީހުންގެ ދަރިންނަށް ދިނީ ކިހާވަރެއްގެ އަހަންމީޔަތެހޭ، ދެންމިތާވެރިކަން ލިބިޖެއްއިޔާ ދެންވާނީ ކިހިނެއް؟ މިތާގަ ގިނައި އާދައިގެ މީހުންނޭ. އެހެން ވީމަ މަވޯޓާ މައުމޫނަށް.
Comment by Optimus Prime — October 27, 2008 @ 7:28 pm