Wathan Edhey Gothah – MDP » ދައުލަތައް ހިދުމަތް ކުރައްވާފައިވާ އެއްވެސް ބޭފުޅެއް ނިކަމެތިކޮށް އެއްލާނުލައްވާނެކަމަށް އެމްޑީޕީ އިއްތިހާދުން ހާމަކޮށްފި

October 13, 2008

ދައުލަތައް ހިދުމަތް ކުރައްވާފައިވާ އެއްވެސް ބޭފުޅެއް ނިކަމެތިކޮށް އެއްލާނުލައްވާނެކަމަށް އެމްޑީޕީ އިއްތިހާދުން ހާމަކޮށްފި

ދިވެހި ދައުލަތައް ޚިދުމަތް ކުރައްވާފައިވާ އެއްވެސް ބޭފުޅެއް ނިކަމެތިކޮށްލައްވާ އެއްލާނުލައްވާނެކަމުގައި އެމްޑީޕީ އިއްތިހާދުގެ ފަރާތުން ހާމަކުރައްވައިފިއެވެ.

އެމްޑީޕީ އިއްތިހާދާއި ޖުމުހޫރީ ގުޅުމުގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން ޖުމުހޫރީ ގުޅުމުގައި ހިމެނޭ އެމްއެންސީ ޕާޓީގެ ލީޑަރ މުހައްމަދު ނައީމް (މޮނާޒާ) ވިދާޅުވީ އަތޮޅުވެރިންނާއި ކަތީބުން ލާމަރުކަޒީ އުސޫލުން އިންތިހާބު ކުރެވުނު ނަމަވެސް ކުރީގެ އަތޮޅުވެރިންނަށްވެސް އަދުލުވެރިކަމާއި އެކު އެމީހުންގެ ހައްގުތައް ހޯއްދަވައިދެއްވާނެކަމުގައެވެ. ނައީމް ވިދާޅުވި ގޮތުގައި އަތޮޅުވެރިންނާއި މުއާވިނުން އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއް ދެކެ ބިރު ގަންނާން ނުޖެހޭނެކަމުގައެވެ.

ނައީމް ވިދާޅުވި ގޮތުގެ މިހާރުގެ ރައީސް ވަނީ ސިވިލް ސާވިސްގެ މެމްބަރުންގެ ގޮތުގައި ތިބެންޖެހޭ ވަރަށް ގިނަ ބަޔަކު ރައީސް އައްޔަންކުރާ ބައެއްކަމުގައި ހަމަޖައްސާފައެވެ. މިއީ ބިރުދެއްކުމުގެ ގޮތުން ކުރާކަމެއްކަމުގައިވެސް ނައީމް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފްއެވެ. އަފީފް ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫނު ގުލްޗަންޕާ މަލަކީ ކްރިސްޓިއަން ދީނުގެ މަލެއްކަމުގައި ބުނާއިރު އެމާ ރާއްޖޭގެ ގިނަ މިސްކިތްތަކެއްގައި ހުންނަކަން ފާހަގަކުރެއްވިއެވެ. އަދި އެމަލަކީ ރައީސް މައުމޫނު ހެއްދެވި ސަތޭކަ ރުފިޔާގެ ނޫޓުގައިވެސް ކުރަހާފައިވާ މަލެއްކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުންވެސް ރައީސް މައުމޫނު ދީން ހަތިޔާރަކަށް ހަދައިގެން ކޮށްފައިވާ ކަންތައް މި ބައްދަލުވުމުގައި ހާމަކުރައްވާފައިވެއެވެ.

15 Comments

  1. އެވަރުގެ މަލެއް ކީއްވެބާ މުނާފިގު މައުމޫން މިސްކިތްތަކުގައްޔާއި ސަތޭކަ ރުފިޔާގެ ނޫޓުގަ ބޭނުން ކުރީ.ޖަވާބު ވަރަށް ސާފު.ކުރިސްޓިއަން ދީން ފަތުރަން.އެ ބެއްޔާ މާނަ ކުރަނީ އެގޮތަށް، އެކަމް އެމް ޑީ ޕީ އިއްތިހާދުން ދެކެލައްވަނީ އެހެނެއްނޫން.މައުމޫނާ މައުމޫނާ އޭ ދެން އަހަރުމެނަށް އޮޅުވާލައްވަން ނޫޅުއްވާ!.މުންޑޫ ނުބޭލެނިސް އަވަހަށް އިސްތިއުފާދީފަ އަވަހަށް ރައްކާވެ ވަޑައިގަންނަވާ!މައުމޫނަކީ ލާދީނީ ކަންތައްތަކަށް މަގުފަހި ކުރުވާ ރަތްލާ ޖެހި ބޮޑު ކާފަރެއް،ކިޔެވި ކިޔެވީނުން ކާފިރު ވެފަވާ އިންސާނެއް.ބޮޑު ބުދެއް ރިސޯޓެއްގަ ބެހެއްޓީމަ ވެސް ތި ގޮތެއް ފޮތެއްނެތް އިންސާނާއަށް ވޯޓްލާން ތިބުނަނީ.ފުރަތަމަ ބުރުގަ ކަލެއަށް ވޯޓުލެވުނީތީ ދެރަވަން.ދެން ދިހަ ހާސް ދިނަސް ދި އިންސާނާއަކަށް ވޯޓެއް ނުދޭނަން.ﷲ ގަންދީ ހުވާކޮއްފަ މިބުނަނީ ދެން ނުދޭނަން މައުމޫނަކަށް ވޯޓެއް،އަންނި އަށް ހަމަ ވޯޓު ދޭނީ.މާތް ﷲގެ ވާގިފުޅާއެކު މައުމޫންގެ ބަލާވެރިކަމުން އަޅަމެން އަވަސް މުސްތަގުބަލެއްގަ ސަލާމަތް ކުރައްވާށި.އާމީން.

    Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 14, 2008 @ 12:03 am

  2. ސިވިލް ސާވިސް މެންބަރުންގެ އިތުބާރު ބޮޑު ކުރެވިއްޖެ ނަމަ ވަރަށް ފުރިހަމަ ވާނެ

    Comment by Hussain Nazeer(NOONU) N.Lhohi — October 14, 2008 @ 12:52 am

  3. މިޤައުމުގެ ސަލާމަތާ ރައްކާތެރިކަމާ އިސްލާމީ ވަހުދަތު ރައްކާތެރި ކުރެވޭނީ މި މައުމޫނެއް ގަންނަ އިންސާނެއްގެ ސިފައިގައި ހުރި ދާއްބަ ވެރިކަމުން ދުރުކުރެވިގެންނެވެ. ވީމާ ހުރިހާ ރައްޔިތުންވެސް މި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މުޙަންމަދު ނަޝީދު އަންނި އަށް 28.އޮކްޓޯބަރ ގައި ވޯޓު ދެއްވާށެވެ. ކާމިނީޅަހޮއްކޮ

    Comment by Venfunna 1990 — October 14, 2008 @ 1:27 am

  4. މަގޭވޯޓު އަންނިއަށް ކަށަވަރު ކޮށްދެން، އެއީ ހުރިހާ އެންމެން އެއްގަލަކަށް އެރުވުމުގެ އިނާމަކަށް. ހުރިހާ އެންމެން އެކުގައި ގޮސް ކަނޑަށް އެރެންވިއަސް މައްސަލައެއް ނެތް.

    Comment by Anonymous — October 14, 2008 @ 2:37 am

  5. ވެރިކަމަކީ ވަކިމީހަކު ދޭއެއްޗެއްނޫން. ﷲ އިރާދަކުރެއްވި މީހަކައް ދެއްވާނެ. ކެއްތެރިކަމާއެކު އިންތިޒާރުކުރޭ.

    Comment by aharen — October 14, 2008 @ 3:44 am

  6. ވިސްނުމާއި ކެއްތެރިކަން، ދިވެހިންނަށް ހަޖަމްކުރެވެންދެން…. އެބުނީތެދެއް މީހަމަ ޓައިމްބޮމްބަ އެއް….. އަނިޔައެއްނުވާ ޓައިމް ބޮމެއް….

    Comment by Poo — October 14, 2008 @ 5:20 am

  7. މާތް ﷲ ގެ ރަހުމަތްފުޅުން ކާމިޔާބު ދެއްވާނީ މުހައްމަދު ނަށީދަށް…(ދިވެހި ރައްޔިތުންނަށް ތެދުވެރި ބަޔަކަށް)

    Comment by anonymous — October 14, 2008 @ 7:25 am

  8. ަައަޅުގނޑަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑީއާރު ޕީއައް ކެމްޕެއިންކޮށް މައުމޫނުއަށް ވަރަށް ގިނަ ވޯޓް ފޯއްމުލަކުން ހޯދައަިދިން މީހެއް. ނަމެސް މި ފަހަރު އަޅުގަނޑު ވޯޓް ހޯދުމަށް މަސައްކަތް ކުރާނީ ވަތަން އެދޭ ގޮތަށް. ވޯޓް ފޯ އައްނި….މައުމޫނަށް އެންމެން އެކުގާ ނޫނެކޭ ބުނޭ..

    Comment by didi — October 14, 2008 @ 10:46 am

  9. މައުމޫން ވިދާލުވީ އެއްވެސް ކަމެށް ކޮއްދޭނަމެކޭ ނުބުނަމޭ އަޅުގަޑު ކޮންމެ އެއްޗެއް ބުނުމުގެ ކުރިން އިރާދަކުރެށް ވިޔާޔޭ ކިޔާފަޔޭ ބުނަނީ. އެހެންވީމާ ކޮއްދެއްވާނަމޭ ކިޔާފައި މިވާ ހުރިހައި ވަޢުދަށް ކިހިނެއްބާ ވާނީ ؟

    Comment by manikfaan — October 14, 2008 @ 11:53 am

  10. ދަރިންނޭ!! އަޅުގަނޑުމެން ބޭނުންކުރަމުން މިދާ 100 ރުފިޔާގެ ނޫޓުތަކުގައިވެސް އެބުނާ މާ އެބަހުރި. އެނޫޓްތައްވެސް ނެރެފައިވަނީ މައުމޫނު ސޮއިކޮށްފަ ގަވަރުނަރުގެ ހައިސިއްޔަތުން.. އަދިވެސް ޕުރައިމަރީ ގުރޭޑުތަކުގެ އިސްލާމްފޮތްތަކުގައިވެސް އެމާކުރަހާފަ 5 ފިޔަ ކުރަހާފަ އެބަހުރި. އެފޮތުން ބުނާގޮތުގައި އެ 5 ފިޔައިން ރަމްޒްކޮށްދެނީ އިސްލާމްދީނުގެ 5 ރުކުނުކަމަށް!! މިއީ ދެންކިހާދެރަކަމެއް.. އިސްލާހަށް މީހަކު މަސައްކަތް ކޮށްފިއްޔާ އެމީހަކު ހޭއަރުވާލަން ދޯ މައުމޫނު ތިއުޅެނީ. ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާފިއްވާ އެމީހަކު ބިޑިއަޅުވައިގެން ދޫނިދޫއަށް ގެންގޮސް ބުރީގެ ހަންނަގާފަ ތިދޫކޮށްލަނީ…. މައިމޫނެއެވެ. ތައުބާވާށެއެވެ. އަދި އިސްތިއުފާވެސް ދޭށެވެ. ތިޔައީ ރައީސްކަމަށް ކުފޫހަމަވާ މީހެއްނޫނެވެ. އެއަށްވުރެ މާ ޖާހިލު މީހެކެވެ.

    Comment by Ahmed — October 14, 2008 @ 11:54 am

  11. ވޯޓު ގަތުމާ ވިއްކުން ނުހުއްޓުވާ މިކަމެއް ނެތް ވާކަށް.މިފަހަރުވެސް އަހަންނާދިމަލަށް “ކަލޭ ދެން ޖޫސް ބޯށޭ މިއޮތީ ފަސް ސަތޭކަ ނަގާފައޭ ގޮޅާ ދޭހާ ހިނދަކު ހޮވާނީ ގޮޅާއޭ،ކޮންމެމީހަކަށްވެސް ކޭޝްދެންޏާ ވޯޓު ލާދޭނަމޭ” މިހިން ބުނެފަ އެބަހުރި.މީ ލ.އަތޮޅު ކަޅައިދޫ ރައްޔިތެއް ވޯޓު ވިއްކި ގޮތް.ފަހުން އަހާލީމަ ބުނީދެ ފޯނު ހިފައިގެނޯ ތިމަން ދިޔައީ އެއް ފޯނު ބާއްވާފަ އަނެއް ފޯނުން ވޯޓް ގޮޅާއަށް ލާފަ ފޮޓޯ ނަގާފަ ނުކުތީމަ 500 ނަގުދު ފައިސާ ދިން ކަމަށް.ކީ ކޭ ދޯ ދެން ބުނާނީ.ދެން ލަންކާގަ ވޯޓުލާ ސަރަހައްދުގަވެސް ހުރި ގޮނޑިއެއް ބައިންދާފަ.ކަރުދާސްކޮޅެއްގަ “މިތާ ފޯނުބާއްވާ” މިހެން ލިޔެފަ.އެކަމް އެކަކުވެސް އެތާ ފޯނު ބާއްވާފައެއް ނުވަދޭ.އެތާ ތިބި މީހުންވެސް އަޅައެއް ނުލާ.އަހަރެންވެސް ވޯޓު ލީ ލަންކާގަ.އަހަރެންވެސް ހަނދާންނެތިގެން ވަނީ ފޯނު ނުބާއްވާ.މިހެން ކިތައް މީހުން ވޯޓު ވިއްކާލާފަ ހުންނާނެބާ؟ މިކަން ހުއްޓުވޭނެ ގޮތެއް ނެތީބާ؟؟

    Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 14, 2008 @ 12:08 pm

  12. ހިކަންޖަކީ ވަރަށް ފޫހިސިފައަކަށް އުފެދިފައިވާ އަދި އެއަށްވުރެ ފޫހި މުޑުދާރު ގޮތަކަށް އުޅޭ، އަދި އެއަށްވުރުވެސް ނުބައިވަސްދުވާ އެއްޗެކެވެ. މިހާރު ރާއްޖޭގައި ޢާންމުގޮތެއްގައި ހިކަނދި ނުއުޅުނަސް ކުރީޒަމާނުގައި ހިކަންޖަކީ ގިނައިން އުޅުނު އަދި އުނދަގޫބޮޑު އެއްޗެކެވެ. މަގުތަކާއި ގެދޮރު ހެދި ކަންތައްވުމުން ހިކަނދިވަނީ މަދުވެފައެވެ. އެކަމަކުވެސް އުޅެއެވެ. މަދުމަދުންނެވެ!
    ކުރީޒަމާނުގައި މާލޭގެ މިސްކިތްތަކުގައި ގުލްސަމްޕާ ގިނަޢަދަދަކަށް ހެދިފައިއޮތްއިރު މިގަހުން މާ ގެންގޮސް، ގޭދޮރޯށިދޮށަށާއި ގެއަށް ވަންނަ ދޮރާއިދިމާ ބިންމައްޗަށްއަޅައި، ބޮނޑިބޮނޑިއަށް ބެހެއްޓުމަކީ ވަރަށް ގިނަމީހުން ކުރާކަމެކެވެ. ޚާއްޞަކޮށް ގެދޮރު ތަޅުންއަޅައި، ރަނގަޅަށް ނުހެދި ހުރިމީހުން ވަރަށްގިނައިން ކުރާކަމެކެވެ. ކީއްކުރަންތޯއެވެ؟ ހިކަނދި ފައްސާށެވެ!
    ހިކަންޖަކީ ތަބީޢީގޮތުން ލޮލަށް ފެނުމުގެ ބާރު ކުޑަ ޖަނަވާރެކެވެ. ބިންމަތީގައި ނޯއްހާކަމުން ހާކަމުން އައިސް މިމައު ފެނި، އޭގެވަސްޖެހުމުން އެސޮރު ދުވެ ފިލައދެއެވެ!
    މިފަހަކަށް އައިސްރާއްޖޭގައި ހިކަނދި ގިނަވެއްޖެއެވެ. މިހާރު އުޅޭ ހިކަންޖަކީ އިހުއުޅުނު ހިކަންޖަށްވުރެ ވަސްނުބައި، ޚުލްޤު ނުބައި އަދި ޢަމަލުވެސް އެހާނުބައި ހިކަންޖެކެވެ.
    އަހުރެން ޤަބޫލުކުރާގޮތުގައި، މިމާ ބޭނުންކުރަން ޤަޞްތުކުރާ ބަޔަކީ، ރާއްޖެއިން ހިކަނދި ފައްސައި، ސާފު ތާހިރު ރާއްޖެއަކަށް މި މަޢުޞޫމް ދިވެހިން ގެންދަން ބޭނުވެ މަސައްކަތްކުރާ ބައެކެވެ.
    އަހުރެން ދެކޭގޮތުގައި، މިމަލުގެބޭނުން މިހާރު ވަރަށް ބޮޑުވެއްޖެއެވެ. ގިނަގިނައިން މިމައު ބޭނުންކުރަންވީއެވެ. މިއުޅޭ ހިކަނދިތައް ފައްސައި، ނައްތާލުމަށެވެ. މައްސަލައަކީ މަލެއްނޫނެވެ. ހިކަނދި ފިލުވަންއުޅޭތީވެ، އެކަން ބޮޑުވަނީއެވެ. ބިރުގަންނަނީއެވެ. މޮޔަވަނީއެވެ. ގިނަދިވެހިން ގެރި މޮޔަވާތަނެއް ނުދެކޭނެތެވެ.
    ގެރިމޮޔަވާއިރު ވަރަށް ހުތުރު ރާގުރާގަށް އަޅުލައްވާނެއެވެ. ދިވެހިބަހުން ސާފުކޮށްބުނާނަމަ ” ފެލޭނެ “އެވެ. މިއީ މިހަކަހަލަ ފެލުމެކެވެ. އަދިވެސް ފެލޭނެއެވެ. ކޮންމެވެސް އެހެން އެއްޗެކޭކިޔައެވެ. އަޅާނުލައްވާށެވެ. މާ ގިނަކުރާށެވެ. ހިކަނދި ދުރުކުރާށެވެ.

    Comment by Anonymous — October 14, 2008 @ 1:06 pm

  13. ދިވިހި ބިމުން ދެން އެންމެދުވަހެވސް މައުމޫނަކަށް ނުދޭނަން

    Comment by Anonymous — October 14, 2008 @ 4:29 pm

  14. ކޮންމައުމޫނެއް! ނުދަންނަން! އެކަމަކު އަހަރެމެންގެ މައިންބަފައިން ބުނާއަޑު އިވޭ އެނަން ކިޔާ ފުރޭތައެއް ރާއްޖެއަށް އެރިޔޯ! އަދި އެފުރޭތަ ރާއްޖޭގެ ޚަޒާނާއިން ބޮޑުބައެއް ކައި ހުސްކުރިޔޯ! އަދި ރާއްޖޭގެ ގިނަ ބަޔަކު ބުދުދީނަށް ވެއްދިޔޯ! އެއީ ހަމަ ތެދެކޯ!!! (ރާއްޖޭގެ ތާރީޚުގައި މައުމޫނުގެ ނަން ލިޔެވިގެންދާނެގޮތް)….ޤައުމަށް ހެޔޮއެދޭ ދަރިއެއް…

    Comment by Anonymous — October 14, 2008 @ 6:28 pm

  15. މައުމޫނަކީ މީހުން ވޯޓް ލައިގެން ވެރިކަންކުރުމަށް ބަހައްޓާވަރުގެ ގާބިލް މީހެއް ނޫން. ތި ބެއްޔާތީ މިގައުމަށް ޖޭހިފަހުރި ވަބާއެއްތަ؟ ފިލަން ނޫޅޭ ރޯގާއެއްތަ؟

    Comment by Anonymous — October 20, 2008 @ 11:49 pm