Wathan Edhey Gothah – MDP » ތިލަދުންމަތީ ކެމްޕޭން ގައި އަންނި އަށްވުރެ ކުރިއަށް ނެރުނީ އެމްޑީޕީ

March 20, 2008

ތިލަދުންމަތީ ކެމްޕޭން ގައި އަންނި އަށްވުރެ ކުރިއަށް ނެރުނީ އެމްޑީޕީ

ހދ. ހަނިމާދޫ، ރޭގަނޑު 11:30 – ކުރިމަތިވަމުން އަންނަ އެމްޑީޕީގެ ރިޔާސީޕްރައިމަރީ އަށް ވާދަކުރެއްވުމުގެ ކެމްޕޭންގައި ތިލަދުންމައްޗަށް ވަޑައިގެން އުޅުއްވާ އެޕާޓީގެ އެއްކޮއްލި ގޮފީގެ މެމްބަރ ގ. ކެނެރީގެ މުހަންމަދު ނަޝީދު،އަންނި ގެ މިދަތުރުގެ ފަހު ޖަލްސާ ހުކުރު ވިލޭރޭ ހަނިމާދޫގައި ބޭއްވުމަށް ފަހު ހަމަ އެރޭގެ ދަންވަރު ފްލައިޓުން މާލެ ވަޑައިގަންނަވާ ގޮތައް ހަމަ ޖެހިފައިވާ ކަމަށް މިކެމްޕޭން ގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުޙަންމަދު ޒުހޭރު މަޢުލޫމާތު ދެއްވައެވެ. ހއ. ދިއްދޫ ގެ ޒިޔާރަތަށް ފަހު ބުރާސްފަތި ދުވަހުގެ ހެނދުނު އަންނިގެ ވަފްދު ކެލާ އަށް ލެފިއިރު އެހެންވެސް ރަށްތައް ފަދައިން ޤައުމީ ދިދަ އާއި އެމްޑީޕީ ދިދަތަކާ އެކު ކެލާގައި ތިއްބެވި ގިނަ ޢަދަދެއްގެ އެމްޑީޕީ މެމްބަރުން ވަފުދަށް އިސްތިގުބާލު ކޮއް މަރުހަބާ ކިޔާފައި ވެއެވެ. ޕާޓީގެ މެމްބަރުންނާ އެކު ވަކިވި ބައްދަލު ވުން ތަކާ އަދި ހއ. ކެލާ ކާނިހިޔާ ރެސްޓޯރަންޓްގެ އޯޕަން އެއަރ ގައި މެންދުރު ބޭައްވި އެކުވި ބައްދަލު ވުމުގައި މުހަންމަދު ނަޝީދު ދެއްކެވި ވާހަކަ ފުޅުގައި ޒަމާން ތަކަށް އެކަހެރި ކޮއްގެން ބައެއް ރަށްރަށް އުވާލުމަށް ގެންގުޅޭ ސަރުކާރުގެ ފޮރުވިފައިވާ ސިޔާސަތުގެ ދަށުން ކެލައަށް ދިމާވެފައިވާ މައްސަލަ ތަކަށް އިއްތިހާދުގެ ވެރިކަމެއްގައި ކޮންމެހެން ހައްލު ހޯދައިދޭން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިސަރުކާރުން އުފެއްދި މަސްތުވާ ތަކެތީގެ ވަބާ ގައި ޖެހިފައިވާ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަ ވާހަކަ ދައްކަން މިސަރުކާރު ލަދުވެތި ނުވާ އިރު، މިސަރުކާރުން އެކަހެރި ކޮއްފައިވާ ހއ. ކެލާފަދަ މުހިންމު އެތައް ރަށެއް ރާއްޖޭގައި މިހާރު އެބައޮތް ކަން މެމްބަރުންނާ ދެއްކެވި ވާހަކަ ފުޅުތަކުގައި އަންނި ފާހަގަ ކުރެއްވިއެވެ. އަދި ރަށްރަށުގައި އުފައްދާ ތަކެއްޗަށް ލިބޭ އެންމެ ބޮޑުފައިދާ މިހާރު ލިބެނީ މާދުރުގައި ތިބޭ ބަޔަކަށް ވާތީ، އެކަން ބަދަލުކޮއް ތަކެތީގެ ރަނގަޅު ނަފާ ތަކެތި އުފައްދާ މީހުންނަށް ލިބެންޖެހޭނެތީ އިއްތިހާދުގެ ވެރިކަމެއްގައި މީން އެއްވެސް ކަމެއް ހަނދާން ނައްތާލައިގެން ނުތިބެވޭނެ ކަން ފާހަގަ ކުރެއްވި އެވެ. އަދި އެއްރަށް އަނެއް ރަށާ ގުޅިލާމެހުމަށް ވަގުތުން ވަގުތައް ބޭނުންވެފައިވާ ޒަމާނީ ފެރީގެ ނިޒާމު ވާން ޖެހޭނީ ސްކޫލަށް ނުވަތަ ބައިސްކޯފަށް ގޮސްލާފަ އެނބުރި ރަށަށް އާދެވޭ ފަދަ ނިޒާމެއް ކަމަށް ވިދާޅުވިއެވެ. ސަރުކާރުން ގަސްތުގައި ނުކޮއްދީ އޮތުމުން ނުވެ އޮތްކަމުގައި ވިޔަސް ސާފުބޯފެނާ ނަރުދަމާ އާއި ދަތުރުފަތުރުގެ ވަސީލަތް ތަކާ އެފަދަ އަސާސީ ޚިދުމަތް ތަކަކީ މީގެ އެތައް އަހަރެއް ކުރިން ނިމިފައި ހުންނަން ޖެހޭނެ ކަންކަން ކަމުގައި އިއްތިހާދުގެ ވެރިކަމުން ގަބޫލު ކުރާނެ ކަން ފާހަގަ ކުރައްވާ މިކަންކަމަކީ ތާހިރު ދިރިއުޅުމެއްގެ އަސާސްގައި ހިމެނޭ ކަން ކަން ކަމުގައި ފާހަގަ ކުރެއްވިއެވެ.
ހަނިމާދޫ ގައި ވާހަކަ ދައްކަވަމުން އަންނި ފާހަގަ ކުރެއްވި ގޮތުގައި މިހާތަނަށް ކުރެވިފައިމިވަނީވެސް މީގެ ކުރިން ކުރެވޭނެ ކަމަށް ބަޔަކު ގަަބޫލު ކުރި ކަންކަމެއް ނޫނެވެ. އެއްވެ އުޅުމާ ޚިޔާލާ ޝުޢޫރު ފާޅު ކުރުމުގެ މިނިވަން ކަމާ އަދިވަކިން ވެރިމީހާ އަށް ފާޑު ކިއުމަކީ ވާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަމުދުން ސިޔާސީ ޕާޓީ ހެދުމަކީ އެ ކުރެވޭނެ ކަމެއް ކަމަކަށް ވިދާޅުވެލައްވަން ކެރިވަޑައިގަތް ބޭފުޅަކު ވެސް ކުރިން ނެތް ކަމަށެވެ. އެހެން ނަމަވެސް މިހާރު މިތިބީ އެހުރިހާ ކަމެއް ހާސިލު ކޮއްފައި ކަން ފާހަގަ ކުރެއްވިއެވެ. ހަމަ އެގޮތައް އިއްތިހާދުން ކުރާނެ އެންމެ މުހިންމު އެއްކަމަކީ ތިލަދުންމައްޗާ އުތުރު މުޅި ދުނިޔެއަށް ހުޅުވާލުން ކަމަށާ، އިރާދަ ކުރެއްވިއްޔާ ހަނިމާދޫ އެއަރޕޯރޓް މާނަވީ ގޮތުގައި ބައިނަލް އަގުވާމީ ފްލައިޓް ތަކަށް ހުޅުވާލާނީ އިއްތިހާދުގެ ވެރިކަމުގައި ކަން ފާހަގަ ކުރެއްވިއެވެ. އަދި މިސަރުކާރުން އިހަށް ދުވަހު ގަން ބައިނަލް އަގުވާމީ ކުރުމުން އެކަން ވެފައިއެވަނީ ގަމުގެ އެއަރޕޯރޓްގެ ތާރީޚީ ރީތި މާޒީ އަށް މިސަރުކާރުން ކުރި ބޮޑު މަލާމާތެއްގެ ގޮތުގައި ކަމަށާ މިކަން ކަން ބަދަލު ކުރުމުގެ ކުޅަދާނަ ކަމާ ގާބިލިއްޔަތު ދިވެހިރައްޔިތުންނާ އެރައްޔިތުންގެ އިއްތިހާދުގެ ކިބައިގާ ހުރިކަން ފިސާރި ބޮޑަށް މިފަހަރު ހާމަވާނެ ކަމަށް އަންނި ވިދާޅުވިއެވެ.

ތިލަދުންމައްޗަކީ އަތޮޅު ތަކުގެ އާބާދީގެ ދެވަނަ އާއި ތިންވަނައަށް އެންމެ މީހުން ގިނަ އާބާދީ ނިސްބަތްވާ އަތޮޅުތައް ކަމަށް ވާތީ އަންނިގެ ކެމްޕޭން އަށްވުރެ ބޮޑުއިސްކަމެއް މިދަތުރުގައި ދެވެނީ އެމްޑީޕީ މިސަރަހައްދުގައި ވަރުގަދަ ކުރުން ކަމަށާ، ވަފުދުގެ މެމްބަރުންނާ ޕާޓީ މެމްބަރުން ގުޅިގެން ކުރިއަށް ގެންދިޔަ މިމަސައްކަތް ވަރަށް ކާމިޔާބު ކަން ޒުހޭރު ފާހަގަ ކުރެއްވި އެވެ. މިއިންތިޚާބަށް ވާދަކުރެއްވުމަށް ޓަކާ މުހަންމަދު ނަޝީދު ވަނީ އޭނާ ފުރުއްވަމުން ގެންދެވި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާ ، ޑިމޮކްރެޓޮކް އުސޫލުން ކަން ކުރެއްވުމަށްޓަކާ، ޕާޓީގެ ޒަޢީމުކަމުން އިސްތިއުފާ ދެއްވުމަށް ޑީއާރުޕީގެ ޒަޢީމަށް ގޮވާލައްވާފައެވެ.

7 Comments

 1. އަންނި ތިކުރާ ހިތްވަރަށް ހަމަ ސާބަސް!!! ތިވިދާޅުވާ ކަންތަށް އަހަރެމެންނަށް ހުވަފެނެއްގެ ސިފަގައި ނުކޮށްދެއްވައްޗެ އަންނިގެ ވެރިކަމެއްގަ؟؟ މައުމޫން ވެރިކަން ކުރިގޮތަށް ނުކުރަށްޗެ؟؟

  Comment by zulexx — March 22, 2008 @ 8:39 am

 2. ތިޔަކުރައްވާ އަގުހުރި މަސައްކަތްޕުޅަށް ޝުކުރު އަދާކުރަނީ ހިތުގެ އެންމެ އިޚްލާސްތެރިކަމާއި އެކުގައެވެ.

  Comment by Ahmed Waheed — March 22, 2008 @ 11:11 am

 3. އަޅުގަނޑުމެން މިތިބީ އަންނި ގެ ފަހަތުގައި، ތިވިދާޅުވާ ދުވަސްތައް ފެންނާނެ ކަމުގެ ޔަގީން ކަމުގައި. އަންނި އަށް ތިކަން ނުކޮށްދެވިއްޖެއްޔަކާ ދެން އެހެންމީހެއް ތިކަހަލަ ވާހަކައެއް ދެއްކިޔަސް ގަބޫލެއް ނުކުރާނަން. އަންނި އަކީ އަޅުގަނޑުމެންގެ ހުރިހަމައެކަނި އުއްމީދު. އަންނި ގެ މަސައްކަތާއި ހިއްވަރަށް ހަމަ ސާބަސް. ތީ އަގުހުރި ދިވެހި ދަރިއެއް!

  Comment by Mahey — March 22, 2008 @ 6:23 pm

 4. އަންނިއަކީ ހަމަ އަޖައިބެއްކަހަލަ މީހެއް، އެހެން މީހުން ނަމޫނާއަކަށް ބެލުން ރަނގަޅު މީހެއް ޚާސަކޮށް ސިޔާސީ މީހުން ، އަންނިގެ ވެރިކަމެއްގައި ވަރަށް ގިނަ ކަންކަން ރަނގަޅުވާނެ ކަމަށް އުއްމީދުކުރެވޭ، އެންމެ ބިރުގަންނަނީ ދީނީ ކަންކަމާދޭތެރެޭ އަންނި ވިސްނުން ގެންގުޅޭ ނެ ގޮތް ނޭގޭތީ. ވީމާ އެކަން ތައް ސާފުކޮށްލަދިނުން އެދެން

  Comment by Anonymous — March 22, 2008 @ 10:09 pm

 5. އެމްޑީޕީގެ ވެބްސައިޓް ނެހެދި އެހާ ގިނަދުވަސްވެފައި އަންނިގެ ސައިޓް މިހާ އަވަހަށް ހެދުނީ ކިހިނެތް؟

  Comment by asd — March 23, 2008 @ 8:14 am

 6. އޭ އައްނި ކޮން ގާނޫނީ ހައިސިޔަތެއް އޮވެގެން މަށާ ވާދަ ކުރައްވަން ތި އުޅުއްވަނީ. މަ ވެރިކަން ދޫކުރަނީ އަދި ލިބުނަސް އެހެން މީހަކަށް ލިބޭނީ 2020 އަށް ފަހުން ކަން ހަދާން ކުރާތި. ވެރިކަނމަކީ އަހަރެން ގެ އާޢިލީ ތަރިކައެއް.

  Comment by Golhaabo — March 23, 2008 @ 10:21 pm

 7. މައުމޫނަކީ ފުވައްމުލަކު ރައްޔިތުން މިހާތަނަށް ދުއް އެންމެ އަނިޔާވެރި ވެރިޔާއެވެ.ފުވައްމުލަކު ރައްޔިތުންނަށް ވޭތުވެދިޔަ 30 އަހަރު ދުވަހު ހެދީ ހުސްދޮގުތަކެކެވެ.ރައްޔިޔިތުންނަށް ކަންތަށް ކޮއްދޭނަމޭ މައުމޫން ފުވައްމުލަކަށް ދާކޮންމެ އިރަކު ރަށުގެ ރައްޔިތުން ކުރިމަތީގައި ވައުދުވެއެވެ.ނަމަވެސް މިއިގެތެރެއިން ގިނަ ކަންތަށް ހަޤީގަތަކަށް ވަނީ ވަރަށް މަދު ފަހރު އެވެ .
  އެހެން ކަމުން މިހާރު ރައްޔިތުނަށް އެގޭ މައުމޫނަ ކީ ބަހާ އަމަލާ ދިމާނުވާ ބޮޑު ޙާއިނެއްކަން
  ދެންމިބަލައިލަނީ ފުވައްމުލަކު ރައްޔިތުނަށް މައުމޫނުވެފައި ވާ ވަޢުދުތަކަށް ކުރުގޮތަކަށް…
  ފުވައްމުލަކު ބަނދަރުގެ ބޭރު ތޮށި ހެދުން-މިކަން މައުމޫން ކޮއްދޭނަމޭ އެންމެ ފުރަތަމަ ވިދާޅުވީ 2002ވނަ އަހުރު ފުވައްމުލަކު ބަނދަރު ހުޅުވަން ފުވއްމުލަކަށް ކުރިދަތުފުޅުގައި ރަށުގެ ރައްޔިތުންނަށް ބައްދަލުކޮއް ދެއްކެވި ވާހަކަ ފުޅުގައިއެވެ.ނަމަވެސް އެފަހުން 7 އަހުރު ވީ އިރުވެސް މައުމޫނަކަށް މިކަމެއް ކޮށެއް ނުދެވުނެވެ.މިދޔަ އަހުރު މިރަށަށް ކުރި ދަތުރަގައި ވެސް މައުމޫނު ވަނީ ބަނދރު ބޭރުތޮށި ހާދައިދޭން ބުނެފައިއެވެ..ނަމވެސް އަދިވެސް މިކަމުގެ އެއްވެސް ޢަލިމަގެއް ފެއްނާކަށް ނެތެވެ
  ނަރުދަމާގެ ނިޒާމް-މިކަމަކީ މިހާރުން މިހާރަށް މިރަށައް ބޭނުން ވާކަނމެކެވެ. މިކަން ކޮއްދޭނަމޭ ކިޔާތާވެސް މިހާރު އަހަރު ތަކެއް ވެއްޖެއެވެ
  .
  އެއާރޕޯޓް-ފުވައްމުލަކު ރައްޔިތުނަށް އެއާރާޕޯޓެއް ހަދާދޭނެކަމަށް މިދިޔައަހރު މއުމޫން ވަނީ ވަޢުދުވެފައިއެވެ. ނަމަވެސް އެކަމަކު އަދިވެސް މިކަނމުގެ އަލިމަގެއް ނުފެނެއެވެ.މިކަމަކީ ފުވައްމުލަކު ރައްޔިތުން މިހާރު އެންމެ ބޭނުންވާ އެއްކަމަށް ވާތީވެ.މިކަން ކުރަން އުޅޭ ކަނމުގެ ދަޅަދައްކަންވެގެން ފާޑު ފާޑު ގެ ބައްދަލް ވުންތައް މަދުމަދުން ބާއްވައެވެ

  .ެެ .-
  ރައްޔިތުނަނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ”ދެން އަޅުގަނޑުމެން މައުމޫނަށް އިތުރު ދައުރެއްގައި ވެރިކަން ކުރުމުގެ ފުރުސަތު ނުދެއްވަމާތޯ

  Comment by Voice of fuvahmulah — March 23, 2008 @ 10:28 pm