އޮނަރަބަލް ގާސިމް އިބްރާހިމަށް ހޯމަ ދުވަހުގެ ރޭ ދޭން އުޅުނު ހަމަލާ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ބަޔަކު ހޯދާ އަދަބު ދިނުމަށް ފުލުހުންނަށް ގޮވާލަން – ކެންޑިޑޭޓް ނަޝީދު
“ވަތަން އެދޭގޮތަށް” ރާއްޖޭގެ ވެރިކަމުން މައުމޫނު އަބްދުލް ގައްޔޫމް ދުރުކުރުމަށް ކުރާ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޚާއްސަ ޖަލްސާ ނިންމާފައި ނިކުމެވަޑައިގަންނަވަނިކޮށް ޖުމުހޫރީ ޕާޓީގެ ރައީސް އޮނަރަބަލް ގާސިމް އިބްރާހިމަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅުނު މައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް އެކަމުގެ ޒިންމާވާ ބަޔަކަށް އަދަބު ދިނުމަށް ފުލުހުންނަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ގޮވާލައްވައިފިއެވެ.
ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ޖަލްސާއިން ނިކުމެވަޑައިގަންނަވަނިކޮށް ގާސިމަށް ކަޓަރަކުން ދިން ހަމަލަ އަމާޒުވެފައިވަނީ ގާސިމްގެ ޕްރައިވެޓް ބޮޑީގާޑަކަށެވެ.
މިއަދު ދިޓީވީގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވިގޮތުގައި މިމައްސަލަ މިހާރުވަނީ ފުލުހުންނަށް ރިޕޯޓުކުރައްވާފައެވެ. ގާސިމް ވިދާޅުވީ އިދިކޮޅު ލީޑަރުންނަށް ހަމަލާ ދިނުމަށް މަސައްކަތްކުރުމަކީ ނިކަމެތި ހަޑިމުޑުދާރު ދަށު ދަރަޖައިގެ އަމަލެކެވެ.
މިކަމާއި ގުޅިގެން އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އިންތިހާބާއި ގުޅިގެން ހަމަނުޖެހުން އުފެއްދުމަކީ ގައުމުގެ ނަމަށާއި އާއްމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމެއްކަމަށެވެ. އަދި އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވުމަށްވުރެ މުހިއްމު ވާންޖެހޭނީ ރައްޔިތުންގެ ސަލާމަތްތެރިކަން ކަމުގައިވެސް ޑރ ވަހީދު ވިދާޅުވިއެވެ. އިންތިހާބާއި މެދު ކެތްތެރިވެ ސުލްހަވެރި އިންތިހާބެއް ބޭއްވޭތޯ މަސައްކަތްކުރުމަށްވެސް ޑރ ވަހީދު ގޮވާލެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ އެބޭފުޅުން އަބަދުވެސް މަސައްކަތްކުރައްވާފައި އޮންނާނީ އިންތިހާބަކުން ޚުދުމުޚްތާރުވެރިކަން ބަދަލުކުރުމަށްޓަކައި ކަމުގައެވެ. އަދި އިންތިހާބަކުން ނޫންގޮތަކަށް ޚުދުމުޚްތާރު ވެރިން ބަދަލުކުރެވޭނީ ބާރުގެ ބޭނުންކޮށްގެންކަމަށާއި އެގޮތަށް އެކަންކުރަން އެއްވެސް އިރެއްގައި ބޭނުންފުޅު ނުވާކަމުގައި ނަޝީދު ވިދާޅުވިއެވެ.
މި އަދު މި ޤައުމުގެ ކުރިމަގުގެ އުންމީދީ ލީޑަރުންނަށް ނުރައްކާ ވުމަކީ ވަރަށްވެސް ހިތާމަ ހުރިކަމެކެވެ. މިހާރު މިޤައުމުގެ ސުލްޙަ މަސަލަސްކަން ނާގާލަން މަސައްކަތް ކުރާނެ ކަމީ ޚުދުމުޚްތާރުން ވެރިން ނިމުމަކަށްދާ ދަޑިވަޅު ބޭނުން ކުރަމުން އަންނަ އެންމެ ވަރުގަދަ އުކުޅެވެ. ހަމަނުޖެހުން އުފައްދާ އަމިއްލަވެރިކަން ދެމެހެއްޓުމަށް ކުރާކަމެކެވެ. ވީމާ ތި އެންމެ ބޭފުޅުން މިކަންތަކަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ.
ކާމިނީ ޅަހޮއްކޮ
Comment by Venfunna 1990 — October 14, 2008 @ 7:37 pm
މައުމޫނު ވެރިކަން ހޯދާގޮތް ދިރާސާކުރާއިރު މިކަން މިކުރަނީ ތާސްކައްކައިގެން ކަމަށް ލަފާކުރެވެނީ… އެހެނީ އިލިޔާސް އިބުރާހިމު މިތަނުން ދަސްކޮށްގެން ދެކުނުގެ އަންހެނަކާއި ގުޅިގެން ތާސްކައްކަން އުޅުނުކަން މައުމޫނަށް އެގިގެން އެކަން ހިފާ އިލިޔާސްއަށް ހޭއަރުވާލީ… މިކަމުން އެގެނީ މައުމޫނު މިކަންކުރާތަން އިލިޔާސްއަށް ފެނިގެން ކޮޕީކުރަން އޭރު އުޅުނީކަމަށް.
Comment by Anonymous — October 14, 2008 @ 9:02 pm
ވީ އެންމެ އަވަހަކަށް އިއްތިހާދުގެ ލީޑަރުންގެ ސަލާމަތީކަންތަށް ބެލެހެއްޓުމަށް ޚާއްސަ ކޮމެޓީއެއް އުފައްދާ ހުރިހާލީޑަރުންނަށް ސަލާމަތީ ޚިދުމަތް ފޯރުކޮށްދިނުމަށް އެދި އެމްޑީޕީގެ ޗެއަރ ޕާސަނަށާއި ރައީސަށް ދަންނަވަމެވެ.
Comment by Nix — October 14, 2008 @ 11:15 pm
ޤާސިމަށް ހަމަލާދިން މީހުންނަށް އެކަށީގެން ވާ އަދަބު ދިނުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެއް. ވަތަން އެދޭ ގޮތަށް ދެވޭނީ ތިހުރިހާ ކެންޑިޑޭޓުން ކުރާ ފުރުހަމަ މަސައްކަތުން ކަން އަހަރެން ޤަބުލް ކުރަން. މާތްﷲ ގެ އިރާދަފުޅުން ރިޔާސީ އިންތިޚާބު 2008ގެ ދެވަނަބުރު އެމްޑީޕީ އިއްތިޚާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ރަނިންމޭޓް ޑރ ވަހީދަށް ކާމިޔާބުވާނެ. އަންނި އާއި ޑރ ވަހީދު ތިކުރައްވާ މިންނަތާ މަސައްކަތައް އަހަރެން އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ސުކުރުވެރިވަން.
“މިފަހަރު މީ އަހަރުމެންގެ ފަހަރު”
މައުމޫން އިޖްދަށް ޖަންގިޔާ
ނަސްރީނާ އިޖްދަށް ގުއިދިޔާ
އެވޯސްދަ މައުމޫން އެން ނަސްރީނާއަށް ރެވެނީ
އިންދަ ތީމުގެ އޮފް ދިވެހިރާއްޖެޔާ.
ސްޓޯލަން ރާއްޖެޔާ.
ބުރޯޓް ޓު ކާމިނީގެޔާ.
އައްޗިއި ދެން ގަދަ ފަސްއަހަރާ.
ފައިޓީން ފޯ ރައްޔިތުންނާ.
އައިމީނިޓް.
ދެން އައިސް ކައިވެނި ޕާޓީ ހަދައިގެން.
ދަރުބާރުގޭގައި ޑީޖޭ ބާއްވައިގެން
ރަލާ، ތެލާ މުދިބޮއިގެން
އައްޗި.އައްޗ. ދެން ދަންޖެހޭނަން.
ލޯ ބިވާ ރާއްޖެޔާ.
ވޯޓްފޯ އަނެއް ދިވެހިރާއްޖެޔާ.
ތުންފުހި އިޖްދަށް ނަސްރީނާ.
ބުރުގާ ނާޅާ ބޮޑު ކާފަރާ.
Comment by މުހައްމަދު ޝާން — October 15, 2008 @ 9:49 am
ދަރުބާރުގޭގަ ޑީޖޭ ވެސް އެ ބާއްވާލަނީ ދޭތެރެއަކުން.މީ ސަރުކާރަށް ނޭނގިވާ ކަން ކަމެއް ނޫނޭ އެގޭތޯ
Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 15, 2008 @ 1:09 pm
ތިއީ ހަމަ ޑީ.އާރް.ޕީ އަށް ނިސްބަތްވާ ބަޔަކު ކޮށްފައިވާ ކަމެއްކަން ރަނގަޅަށް ވިސްނާލި ކޮންމެ ބޭފުޅަކަށްމެ އެނގިވަޑައިގަންނަވާނެއެވެ. ކޮންމެއަކަސް ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.
Comment by Dhivehi zuvaaneh — October 15, 2008 @ 3:25 pm
މައުމޫނަކީ ސައިކޯ އެކެވެ. އޭނަ އެންމެ އުފާވާކަމަކީ އޭނަޔަށް ޚުޝާމަދުކޮށް އޭނަގެކުރިމަތީ ވާހަކަދެއްކުމެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނުހައްދަވައެވެ.ރައްޔިތުންގެ ގިނަބަޔަކު ނުރުހޭކަންއެގޭތީ ހިތަށްތަދުވާވަރުން އެކަމަށްފިނިކަމެއްލިބޭތޯ މިހާރު އެކުރާކަމަކީ ޑީއާރޕީގެ ޖަލްސާތައް ބާއްވާފަ ޒުވާނުންނާ ރާއްޖެތެރޭގެ ތަންދޮރުނޭގޭ ގިނަބަޔަކުއެއްކޮއްގެން ފައިސާދީގެން މީނަގެކުރިމަތީގަ މީނަޔަށްޚުޝާމަދުކުރުވަނީ.
މައުމޫނަކީ ވަރަށްޗާލާކީ މީހެއް އަދިފެށުނީއްސުރެންވާހަކަދައްކާގުރައެއްކަހަލަ މީހެކެވެ. އެއީވެސް މިސުރުމީހުންގެ އާދައެކެވެ.ފޮނިކެނޑުމާ އަޗާތެޅުމެވެ. އަބަދު ކިޔޭނީ އެކަށްޗެކެވެ.އެއީ އެސޮރަށް ދަސްވެފާއޮންނަތަންކޮޅެވެ.
މިހާރު އެދައްކާވާހަކަޔަކީ އެމްޑީޕީން އިގިރޭސިންގެ އެހީހޯދާވަހަކައެވެ. ބަލަ އެގުރާގަނޑަށްނޭގެ މިރާއްޖެ އިގިރޭސިންގެ ނުފޫޒާ ބާރާ އަދި ޙިމާޔަތުގެދަށުގާ ކިހާޒަމާނަކުއޮތްކަމެއްވެސް. ހާދަ ގަމާރުވެސް މީހެކޭދޯ. ހަޔާތްކުޑަކަމުން ދީނުގެވާހަކަދައްކާއިރު އިހަށްދުވަނުން ބޮޑުބުދުކޯލެއް މިރާއްޖޭގަ (ކޮންމެ ނަމެއްކިޔާފަނަމަވެސް) އެހެދީ.
މިސުރުމީހުންނަކީ މުޅިދުނިޔޭގަވެސް ގޮތްކުޑަކަމަށް މަޝްހޫރުބަޔެކެވެ. މިގުރަޔަށް އެހެރީ ހަމައެމީހުންގެ ގޮތްގަނޑު ރަނގަޅަށް ދަސްވެފަކަށީގަވެސްހިފާފަ. މިހާރު ރައީސްކަމުގާ ދެމިހުރެވޭތޯއެބަލަނީ ހުސްނީ މުބާރަކުގެ ލަފާގެމަތިންތޯއްޗެއް
Comment by މުސާ ހުސޭން — October 15, 2008 @ 4:24 pm
މައުމޫނުނަކީ ސައިކޯއެކޭ..
މައުމޫނަކީ ސައިކޯ އެކޭ އެކަމަށް ސުވާލެއް ނެއްތްމެޔޭ
މައުމޫނު މޮޔަކަން ހާދަހާ މައްޗަށް ޖެހެން ފައްޓައިފިޔޭ
ވެރިކަމުގެ ބޭނުމުގައި ތެދޭ ނުހެދޭ ދޮގެއް ނުކުރާކަމެއް
ގެރިއެއް ބަކަށްޓެއް ވަކިނުވާ ކަންބަޅިބަކަށި ރާވައިފިޔޭ
ދީނާއި ގައުމާ ވިއްކަމުން ހުރިހާ މުދާ ބަޑުވެސް އަޅާ
މީނާ ގޮތެއްފޮތް ނެތްކަމުން ގައުމަށް ސަލާން ޖައްސައިފިޔޭ
އިސްލާހުވާނޭ އެއްގޮތެއް މައުމޫނަކަށް ދެންހަމަނެތޭ
ވިސްނާ ބަލާށެ ދަރިން ތެދޭ އިސްލާމް ކަމެއް ހަމަނެތްމެޔޭ
ކައިފާ ނުކާއެއްޗެއް ނެތޭ ހައިކަންފިލާނެ ގޮތެއްނެތޭ
ލައިގެންކެވޭ ގަރުދިޔަފޮދެއް ދިވެހިންނަކަށް ހަމަނެތްމެޔޭ
ދަރިއެއް ވިޔަސް ތަރުބިއްޔަތެއް ނުވިތާ ނުވާހަމައެއްކަމެއް
ތަރިކައިން ލިބުނު ވެރިކަންކަމަށް ގޮތްދޫކުރާކަށްނޫޅެޔޭ
އިރުހުރެ އަރާ އޮއްސޭކަމުން އިންސާނަކަށް ރަޙުމެއްނުކޮށް
ބިރުވެރިކަމުގެ ކުޑަވެސްފުކެއް ހެއްދެވިފަރާތަށް ނެތްމެޔޭ
Comment by Raiza — October 15, 2008 @ 8:18 pm
ކޮންމެ އަނިޔާވެރިއަކުވެސް ނިމިދާނީ ނިކަމެތި ގޮތަކަށެވެ.
Comment by Sujau — October 15, 2008 @ 8:21 pm
މައުމޫނުނަކީ ސައިކޯއެކޭ..
މައުމޫނަކީ ސައިކޯ އެކޭ އެކަމަށް ސުވާލެއް ނެއްތްމެޔޭ
މައުމޫނު މޮޔަކަން ހާދަހާ މައްޗަށް ޖެހެން ފައްޓައިފިޔޭ
ވެރިކަމުގެ ބޭނުމުގައި ތެދޭ ނުހެދޭ ދޮގެއް ނުކުރާކަމެއް
ގެރިއެއް ބަކަށްޓެއް ވަކިނުވާ ކަންބަޅިބަކަށި ރާވައިފިޔޭ
ދީނާއި ގައުމާ ވިއްކަމުން ހުރިހާ މުދާ ބަޑުވެސް އަޅާ
މީނާ ގޮތެއްފޮތް ނެތްކަމުން ގައުމަށް ސަލާން ޖައްސައިފިޔޭ
އިސްލާހުވާނޭ އެއްގޮތެއް މައުމޫނަކަށް ދެންހަމަނެތޭ
ވިސްނާ ބަލާށެ ދަރިން ތެދޭ އިސްލާމް ކަމެއް ހަމަނެތްމެޔޭ
ކައިފާ ނުކާއެއްޗެއް ނެތޭ ހައިކަންފިލާނެ ގޮތެއްނެތޭ
ލައިގެންކެވޭ ގަރުދިޔަފޮދެއް ދިވެހިންނަކަށް ހަމަނެތްމެޔޭ
ދަރިއެއް ވިޔަސް ތަރުބިއްޔަތެއް ނުވިތާ ނުވާހަމައެއްކަމެއް
ތަރިކައިން ލިބުނު ވެރިކަންކަމަށް ގޮތްދޫކުރާކަށްނޫޅެޔޭ
އިރުހުރެ އަރާ އޮއްސޭކަމުން އިންސާނަކަށް ރަޙުމެއްނުކޮށް
ބިރުވެރިކަމުގެ ކުޑަވެސްފުކެއް ހެއްދެވިފަރާތަށް ނެތްމެޔޭ
Comment by Riza — October 15, 2008 @ 8:23 pm
އަހަރެންވެސް ަދެނީ މިގައުމުގައި އެއްވެސް ވެރިއަކަށް ހަމަލާދޭ ބަޔަކަށް އެކަމުގެ ހައްޤު އަދަބުލިބުން. އަހަރެންވެސް މީ ބަދަލަކަށް ފެން ބޮވައިގެންފައިވާ ދިވެހި ފުލުހެއް…….
Comment by Sippe — October 15, 2008 @ 11:10 pm
Guess this comment will not be published as this is not pro gasim…
Hey this is actual fact of the fake story so called attempted assault on FAKE VAGU qasim … hehehe
According to a reliable source from his own campaign office at Maafannu, This attempt was made by Qasim’s own thugs from male’ due to a debt owned by Qasim around MRF600k for the vote rigging program conducted by his own brothers …………. due to failure of not paying on time (As usual) after several demands and commitments made by qasim himself to settle the outstanding.
This was just a clear indication given by his thugs and the recent violances held by Qasim in the capital city Male’
Comment by MDP DRP — October 16, 2008 @ 10:53 am
ތީހަމަ އެއްބަޔަކު ލިޔާ ބޮޑެތި ދޮގު މަކަރުވެރިކަމުން ވެރިކަމަށް ފެން ބޮވައިގަނެގެން ފަތުރާ ވާހަކަތަކެއް މައުމޫން އޭ ކިޔާގެން… ކަމަކަށް އެދުނަސް. ބޮޑުވަރެއް…. ވާހަކަ ދައްކަން ސްޓޭޖް މައްޗަށް އެރުނީމަ ރީކޯ މޫސާ އަށްވެސް ދައްކާނެ ނުދައް ކާނެ ވާހަކައެއް ނޭންގި މީހުންނަށް ފުރައްސާރަ ދޯ ކުރަން އެނގެނީ.. ރީތި އާދަ ކާދަ ދަސްވެފަ ނެތީމަ ވާނެ އެހެންވެސް ގިނަ މީހުންގެ ހިތުގަ މައުމޫން އާދޭތެރޭގަ ނުބައި ވަހުމް އުފައްދަން މަސައްކަތް ކުރި ވަރަކަށް މައުމޫން އަށް ތާއީދުކުރާ މީހުން ގިނަ ވަނީ ކިހާ ސަކަރާއްދޯ. އަހަރެންގެ ހިއްވެސް މުޅިން ހަމަ ބަދަލުވެއްޖެ އެމްޑީޕީ އަށް ތާއީދު ކުރަން. ސްޓޭޖު މައްޗައްއަރާ ތިޔަ ގޮއްކުޑަ ފާޑުގެ ބަހުރުވައިން ވާހަކަ ދެއްކުން ހުއްޓާލާ….. އަންނިއަށް ވޯޓް ގިނަކުރަން ބޭނުމިއްޔާ
Comment by masha — October 16, 2008 @ 1:29 pm
އެއްވެސް ސިޔާސީ ލީޑަރަކަށް އެއްވެސް ގައުމެއްގައި އަނިޔާކުރުމެއް ނޯވޭ.. އަހަރެމެންގެ ދިވެހި ފުލުހުންގެ ބަޔަކަށް އަދި މީ ކޮންކަމެއްކަން ނޭގެ.. ހޭލުންތެރި ކުރުވުން ވަރަށް މުހިންމު..
Comment by dhivesse — October 16, 2008 @ 6:02 pm
VOTE For Change
Vote ANNI
Vޮite for all of you and for your Nation.,
Guys please please please
I am the Molhu Benson Man :)
Comment by Misurey — October 17, 2008 @ 6:47 pm