މައުމޫނަށް ދެއްވާ ވޯޓް އެދެއްވެނީ ޔާމީނަށް ކަމުން އެއީ ވޯޓްދެއްވި މަގްޞަދު ގެއްލޭ ކަމެއް
ރިޔާސީ އިންތިޚާބު 2008 ގައި މައުމޫނަށް ވޯޓް ދެއްވި އަދި އެ އިންތިޚާބުގެ ދެވަނަ ބުރުގައި މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅޫންނަށް ވޯޓް އެދެއްވެނީ އެމަނިކުފާނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީނަށް ކަމުގައި ކުރީގެ ބަންޑާރަ ނާއިބު ޑރ. ޙަސަން ސަޢީދު ފާހަގަކުރައްވައިފިއެވެ. އޭނާ ފާހަގަ ކުރެއްވީ 75 އަހަރު ވެވަޑައިގެންފައިވާ މުސްކުޅި ބޭފޫޅަކު ކަމުގައިވާ މައުމޫނު އެމަނިކުފާނުގެ ސަރުކާރު ހިންގަވަން ޢަބްދުﷲ ޔާމީނު ކެބިނެޓަށް ގެންނެވީ ލިޔެވިފައިވާ އެގްރިމެންޓެއް ކުރެވިގެން ކަމަށެވެ. އަދި މައުމޫނު ގެ ސަރުކާރެއްގައި ދެން ކެބިނެޓް ގައި ތިއްބަވާނީ ޢަބްދުﷲ ޔާމީނު ބޭނުންފުޅު ބޭފުޅުން ކަމަށާއި ޔާމީނު މަސައްކަތްކުރައްވަމުން ގެންދަވާނީ މަޖްލިސް ކޮންޓްރޯލް ކުރައްވައިގެން ޤާނޫނު އަސާސީ ބަދަލުކުރައްވާން ކަމުގައި ޑރ. ޙަސަން ވިދާޅުވިއެވެ. މިއީ ގަވްމުގެ އެއްވެސް މަޞްލަހަތެއް ހުރިކަމެއްނޫންކަމަށާއި ރައްޔިތުން އެދޭގޮތެއްނޫންކަމުގައި ވެސް ޑރ. ހަސަން ފާހަގަ ކުރެއްވިއެވެ.
މައުމޫނަށް ދެއްވާ ވޯޓް އެދެއްވެނީ ޢަބްދުﷲ ޔާމީނަށް ކަމުގައި ވާނަމަ އެއީ ވޯޓްދެއްވި ބޭފުޅުން އެކަންކުރެއްވި މަގުޞަދު ގެއްލިގެންދާނޭ ކަމެކެވެ. އިސްލާމް ދީނާ ބެހޭ ޢިލްމު ޔާމީނަށް ލިބިވަޑައިގެން ނެތްތާގައި، ޔާމީނަކީ ފަސާދައާއި އަނިޔާ އާއި މާރާމާރީ ގެ ތަފާތު ތުހުމަތުތަކެއްކުރެވިފައިވާ ބޭފުޅެކެވެ. މާލެ ތެރޭގައި ފަހަކަށް އައިސް ހިންގާފައިވާ ކަޓަރު އެޅުމުގެ މައްސަލާތަކުގައި ގުންޑާއިންނަސް ފައިސާ ދެއްވާކަމުގެ ތުހުމަތުތައްވެސް ވަނީ ޔާމީނާއި މެދު ނިސްބަތުން ވަރަށް ގިނައިން ކުރެވިފައެވެ. ބައެއް ރިސޯޓްތަކުންނާއި އެސްޓީއޯ އަށް މުދާ ގަތުމުގައްޔާއި، ސްޓެލްކޯގެ އާމްދަނީ އިންނާއި ސްޓެލްކޯ ބިލްޑިންގް އެޅުމުގައި، އަދި ރަށްރަށުގައި އިލެކްޓްރިކް ކަރަންޓް ދިނުމަށް ވެވިފައިވާ އެއްބަސްވުންތަކާގުޅޭ ނާޖާއިޒު ފައިދާ ނަންގަވާކަމުގެ ތުހުމަތުތައް ދަނީ ޢަބްދުﷲ ޔާމީނާއި މެދު ކުރެވެމުންނެވެ.
ގިނަދުވަސްތަކެއްވާންދެން ރާއްޖެތެރެއާއި ބެހޭ ވަޒީރުކަން ކުރައްވާފައިވާ ޢަބްދުﷲ ހަމީދުވެސް މައުމޫނުގެ ޒަމާންވީ ޢާއިލީ ވެރިކަން ދަމަހައްޓަވާން ގެންދަވަނީ ޢަބްދުﷲ ޔާމީނާ އެއްފަދަ ނުފޫޒުގެ ކަންތައްގަނޑެއް މި އިންތިޚާބާއި ގުޅުވައި ކުރައްވަމުން ކަމުގައި އެކި ރަށުގައި ވަޒީފާ އަދާކުރައްވާ ދަވްލަތުގެ މަދަނީ ޚިދްމަތްތެރީން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.
މި ޤައުމުގެ ވެރިކަން ބަދަލުކުރެވިގެން މެނުވީ ކަލްދޯ ބަޖޭ އާއިލާއިން ދިވެހި ރައްޔިތުން ސަލާމަތެއް ނުކުރެވޭނެ އެވެ. ވީމާ ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެ ޤައުމީ ވާޖިބަކަށް މިއަދު ވާނީ މި “ކަލްދޯ ބަޖޭ” އާއިލާ ވެރިކަމުން ދުރުކުރުމެވެ. ވީމާ ހުރިހާ ރައްޔިތުންވެސް މުޙަންމަދު ނަޝީދު އަންނި އަށް 28 ވަނަ ދުވަހު ވޯޓުދެއްވާ މިކަން ނިމުމަކަށް ގެނައުމަށް ހުރިހާ އެންމެން ތައްޔާރު ވެލެއްވުމަށް އިލްތިމާސް ކުރަމެވެ.
“ކާމިނީ ޅަހޮއްކޮ”
Comment by Venfunna 1990 — October 14, 2008 @ 7:25 pm
ތެދުވެރިކަމެންނެތް މީހަކަށްކިހެނެއްތަ ރަގަޅުއިންސާފުވެރި ވެރިކަމެން ހިންގޭނީ ދޮގުހަދާހަދާ ދޮގުތައް ހުސްވެސްނުވޭތަ؟؟ވެރިކަމާހެދިތިދެންއެކަމް ބޮޑުވަރެއް. އަދިވެސްކެވުނުލެއް މަދީތައަޅެފަހެ؟؟؟؟
Comment by mysore — October 14, 2008 @ 8:16 pm
ޤައުމުދަވާލާކަތްނެތް ދަވާލައިފި….ތިޔަ ޔާމީނަކީ ކަސްޓަމުން މިނަރަލްވޯޓަރ ގެނެސްގެން އޯވަހެޑް ތާގީއަށް އެފެންއަޅައިގެން އެފެންވެރި ރޑއެކޭ… އޭރު މާލޭގެ ރައްޔިތުން ތިބީ ކޮންހާލެއްގައިތޯ ބެލިތަ. މިއަދު ވޯޓުހޯދަންވީމާ މާ ރައްޔިތުންދެކެ ލޯބިވާކަމަށްހެދިގެން މިއުޅެނީ ކިހާބޮޑު ބަލާ މުސީބާތެއް…
Comment by Anonymous — October 14, 2008 @ 8:56 pm
އިންތިޚާބަށް ރަޢީސް މައުމޫނު ކުރިމަތިލެއްވުމުގެ ކުރިން ދިވެހި ރައްޔިތުންނަށް އޭނާސާބިތު ކޮށްދެއްވަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ބޮޑުފާދިރީ ޖޯޖާއި ބޮޑުފާދިރީ މައިކަލުކެ ހަތްފައިކަށިލީ ބޮޑު ސޮލީބު އިގިރޭސި ރާނީ އަތްޕުޅުން ލިބިވަޑައިގަތް އިރު ދިވެހިރާއްޖޭގައި ކްރިސްޓިއަން ދީނަށް މަގުހުޅުވާދޭނެ ކަމަށް ވަޢުދުވެފަ ނުވާނޭ ކަމަށް މައުމޫނު ރައްޔިތުންނަށް ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް، އަދި ހަމަ އެގޮތަށް އިގިރޭސިވިލާތުގެ ނަޞާރާ ދީނުގެ އެންމެ މަތީ މަޖުލީސް ކަމުގައިވާ ޖެނެރަލް ސިނޯޑްގެ މެމްބަރުންނާއި އެކު ގާތްގުޅުމެއް ނުވަތަ އެއްވެސް ގުޅުމެއް ނޯންނަކަން ވެސް އޭނާ ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވަން ޖެހެއެވެ.
Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 14, 2008 @ 9:27 pm
ވަޠން އެދޭ ގޮތަށް އިއްތިހާދުގެ ބައިވެރިން، އޮނަރަބްލް ގާސިމް އާއި، ޑރ. ހަސަން ސަޢީދާއި، އިބުރާހިމް އިސްމާއީލްއާއި، ޑރ. އަބްދުލް މަޖީދު އާއި، ޝައިޚު ހުސައިން ރަޝީދުއާއި، މޮނާޒާ ނަޢީމާއި، އަންނިއާއި، މިބޭބޭފުޅުން އިއްތިހާދުވެ ވަޠަން އެދޭގޮތަށް ހިންގަވަން ފައްޓަވަން އުޅޭ ޚަބަރު ލިބިވަޑައިގެން ރައީސް މައުމޫނު ވަރަށް ކަންބޮޑުވެ ވަޑައިގެން ރޭގައި އަވަހާރަ ފުޅު ނުލައްޕަވާ ގަނޑުތަކެއް ގަނެފިއެވެ. އަޅުގަނޑުމެންގެ އެކުވެރި މަނިކާއި، ޝީލާއާއި ދެބޭފުޅުން ނަށް ދަންނަނަވައިގެން އިއްތިހާދުގެ ޖަލްސާއަށް މީހުން ނުދާގޮތްވޭތޯ ބައްލަވަން ވެގެން ޤިޔާސުއްދީނުގައި ޑްރާމާ ޝޯއެއް ބޭއްވެވީއެވެ.
އެވަރުންވެސް އެތަނަށް ދާނެ މީހަކު ނުވާނެ ކަން އެގިވަޑައިގަތުމުން ދިއްފުށިންނާއި، ހުރާއިން ދޯނިފަހަރުގައި މީހުން ގެންނަވައިގެން ހަމަވީ އެންމެ ދެހާހެއް މީހުންނެވެ. އޭރު އިއްތިހާދުގެ ޖަލްސާއަށް ވިހިހާސް މީހުން ގޮސް ތިއްބެވެ. ރައީސް މައުމޫނު ވީ ދެރަފުޅުން އަވަސް އަވަހަށް ގަނޑުވަރަށް ވަޑައިގެން ހިސާބު ޖައްސަވާ ބެއްލެވި އިރު އަސްތާ ކަމަކު ދާކަށްނެތެވެ. ހިސާބުތަކުން ދައްކަނީ ކުއްލިޔަކަށް ހުރިހާ ބުރުޖުތައް ފަލަކުން ނައްޓާލައިފި ކަމުގައެވެ. އަވަސްއަވަހަށް މިކަންތައް ޔަގީން ކުރައްވަން ތަރިތައް ބެއްލެވުމަށްޓަކައި ބޭރަށް ނުކުމެ ބެއްލެވި އިރު އަދި މާ ގޯހެވެ. އުޑު މަތި ބަނަވެ ހުރިހާ ދިމާލަކުން ފެންނަނީ ވިއްސާރަ ވިލާތަކެވެ. އެއްވެސް ތަރިއެއް ފެންނަ ގޮތެއްވެސް ނުވިއެވެ.
ދެން މާބަރަށް ވަދެވަޑައިގެން ހިރަފުސް ފޮޅާލައްވާފައި އެނެންގެވީ ހިސާބު ޢިލްމުން ރަމަލު ޖައްސަވަން ގެންގުޅުއްވި ފޮތެވެ. ކުރީގެ ނިއުމެރޮލޮޖީ ފޮތެކެވެ. ހިސާބުތަކުން އަދި މިދައްކަނީ މާގޯސް ކޮށެވެ. އެމަނިކުފާނުގެ ނަސީބާއި ގުޅިފަވާ ކަމަށް ބުނާ ނަމްބަރުތައް ކަމުގަވާ، 2، 11، 29 މިއިން އެއްވެސް އަދަދަކާއި ކުރިއަށް ހުރި މުހިއްމު އެއްވެސް ކަމަކާއި ދިމާނުވާކަން ރޭކާލީ އަދި ކިރިޔާއެވެ. 29 ގައި ބާއްވަން އޮތް އިންތިޚާބުގެ ފަހު ބުރު 28 އަށް ބަދަލުވީއެވެ. ކުރީ ބުރުގައި ލިބި ވަޑައިގެންނެވި ކެންޑިޑޭޓް ނަމަބަރު 2 ގެ ބަދަލުގައި ފަހުބުރަށް ލިބި ވަޑައިގަތީ ނަމްބަރު 1 އެވެ. ބުރުޖުތައް ފަލަކުން ނައްޓާލީއެވެ. ދެންވާނީ ކިހިނެއްބާއެވެ. ނުޖޫމީ އިލްމުވެރިން ބުނަނީ މިހެން ދިމާވާ މީހާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކޮންމެވެސް، މީހަކާ، ނޫނީ ކަމަކާއި، ނޫނީ ތަނަކާއި ވަކިވާން ޖެހޭނެ ކަމުގައެވެ. ލަފާކުރެވެނީ މިފަހަރު ވެރިކަމުން ވަކިވަނީ ކަމުގައެވެ. އެހެން ވުމުގެ ސަބަބުން ގަނޑުވަރުވެސް ދޫކުރައްވަން ޖެހެނީއެވެ.
Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 14, 2008 @ 9:29 pm
ރެޔަކީ ވަޠަން އެދޭ ގޮތަށް ވަޠަންގެ އާޒުވާނުން އަތުގުޅާލާ މައުމޫނުގެ 30 އަހަރުވީ ވެރިކަން ވައްޓާލުމަށްޓަކައި ސަފުތައް އަލުން ރުކުރުވާލި ރެއެވެ. ދަރުބާރުގޭގެ މާލަން ތަކާއި މުޅި ސަރަޙައްދު އޮތީ ތޮއްޖެހި ބާރު ވެފައެވެ. ވިހިހާހަށްވުރެ ގިނަމީހުން މުޅި އެހިސާބު ގަނޑު ފުރާލާފައި އޮތީ ދީނީ އަދި ގައުމީ ޖޯޝުގައެވެ.
އައްޑުއަތޮޅުގެ ފަޚުރުވެރި ދަރި ޑރ. ހަސަން ސަޢީދާއި ފުވައްމުލަކުގެ އެފަދަދަރި ޑރ. މުހައްމަދު ޖަމީލް އާއި މައުމޫނު އެންމެ ޖެހިލުންވާ ސިޔާސީ ރޭވުންތެރިޔާ މާލޭގެ ފަޚުރުވެރި ދަރި ޑރ. ޝަހީދު އިއްތިހާދުގެ އެހެން މެންބަރުންގެ އަތާއަތް ގުޅާލުމުން މުޅި ގައުމު އުފަލުން ފެންކަޅިފވެގެން ދިޔައެވެ. އޮނަރަބްލް ގާސިމް އިބުރާހީމް އާއި، ޑރ. އަބްދުލް މަޖީދު ފަދަ ބޭބޭފުޅުން ސްޓޭޖަށް އަރާވަޑައިގެން ވާހަކަ ދެއްކެވި އިރު އަތްޖަހާ ތަރުހީބު ދެއްވަން އެތިއްބެވީ އިހަށްދުވަހު ރޭހުގައި ވާދަކުރެއްވި، މިވަޠަންގެ އަގުހުރި ދަރީން އިބްރާހިމް އިސްމާއީލާއި، އެމް.ޑީ.ޕީ.ގެ އަންނިއާއި، ނެޝަނަލް ކޮންގްރެސްގެ ނައީމް އާއި، އެފަދަ ދެވަނަ އެއް ނެތް ޑރ. މުހައްމަދުވަހީދު ހަސަން މަނިކެވެ. ކޮންފަދަ ރީތި ޑިމޮކްރަސީގެ އަދި ގައުމީ އެއްބައިވަންތަކަމުގެ ނަމޫނާއެއްތޯއެވެ.
ހަސަން ސަޢީދުގެ ސަޕޯޓަރުން ޒިންދާބާދެވެ، އެމް.ޑީ.ޕީ ގެ ސަޕޯޓަރުން ޒިންދާ ބާދެވެ، ޖުމްހޫރީ ގުޅުމާއި، ގާސިމް އިބްރާހިމް ގެ ސަޕޯޓަރުން ޒިންދާ ބާދެވެ. ޝައްކެއް ނެތެވެ. ޖަމްޢިއްޔަތުއްސަލަފާއި، އަދާލަތު ޕާޓީގެ މެމްބަރުން ޒިނަދާ ބާދެވެ. ތިޔައީ ވަޠަން އެދި ތާއަބަދު ގޮވަމުން މިދާ ވަޠަންގެ ނޯޖަވާނުންނެވެ. ދިވެހި ގައުމުގެ އާޒުވާނުންނެވެ. 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމަކަށް މިވަޠަންގެ މަންމަ ދެން ހެވޭ ބުނުމުން އެމަންމަގެ ޙައްގުގައި އެވެރިކަން ވައްޓާލުމަށް ނުކުތް އޭނާ އުފަން ކުރި ހެޔޮ ދަރީންނެވެ.
ދެން މިކަމެއް ނުވާނެއެވެ. ވީއުފަލުން ދެލޯ ފެންކަޅިވެއްޖެއެވެ. ލިޔެވޭ ނުލިޔެވޭ އެއްޗެއް ނޭގެއެވެ.
Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 14, 2008 @ 9:33 pm
ޖަމްއިއްޔަތުއްސަލަފަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަ ޖަމްއިއްޔާއެއް ނޫނެވެ. ދީނީ ނަސޭހަތާއި ވައުޟު ދެއްވުމުގެ ތެރެއިން ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް އެބޭފުޅުން ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ގިނަ ދިވެހީންގެ ހިތުގެ ލޯބްބާއި ޙައްޤު މަގާމު އެބޭފުޅުން ވަނީ ހޯއްދަވާފައެވެ.
މިހާތަނަށް ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އިންތިޚާބުތަކުގައި މިބޭފުޅުން ވޯޓުލައްވާ ނުހައްދަވާ ކަމަށް ވެއެވެ. ނަމަވެސް ދާދިފަހުން ބޭއްވުނު އިންތިޚާބުގެ ފުރަތަމަ ބުރުގައި، ސުއްނަތް ޖަމާއަތުގެ މީހުން ހިފާ ހައްޔަރުކޮށް، ޖަލަށްލާ، ދަންވަރު އަދަބުބީ، އޮރިޔާން ކޮށް، އެމީހުންގެ އައިބުގުނަވަންތަކަށް އަނިޔާ ދީ، އެމީހުންގެ ތުބުޅި ޓޮމާޓޯ ސޯސް ޖަހައިގެން ބޭލުމަށް އެންގެވިކަމަށްވާ، ދިވެހިރާއްޖޭގެ ރައީސް މައުމޫނާއި ދެކޮޅަށް ރައްޔިތުންގެ 60 ޕަސަންޓް މީހުން ވޯޓު ލާ ނޫނެކޭ ބުނުމުންް ދެވަނަ ބުރު ކާމިޔާބު ކުރުމަށްޓަކައި، ރައްޔިތުން ތެރޭގައި ތިބި ނިކަމެތި މީހުންނަށް ފައިސާ ދެއްވުމަށްފަހު މައުމޫނަށް ވޯޓުލާނެކަމަށް ޚަތިމުގައި އަތްލާ ނިކަމެތި ރައްޔިތުންް ލައްވާ މައުމޫނު ހުވާ ކުރުވަމުން ދާޚަބަރު ލިބި ވަޑައިގަތުމާއި ގުޅިގެން ﷲ އަށްޓަކައި ރައްޔިތުންގެ 60 ޕަސަންޓް މީހުންގެ ހައްގުގައި ޖިހާދު ކުރުމަށް އެބޭފުޅުން ނިންމެވީ ކަމުގައި ޚަބަރު ލިބިފައިވެއެވެ.
މިގޮތުން މައުލޫމާތު ލިބިފައިވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖަމްއިއްޔަތުއް ސަލަފުގެ އަހުލުވެރީން އަދި މެމްބަރުން ރައީސް މައުމޫނާއި ދެކޮޅަށް ވޯޓުލައްވާ އޭނާ ވެރިކަމުން ވައްޓާލުމުގައި އިސްލާމީ ދިވެހި ރައްޔިތުންނަށް އެހީތެރިވެ ދެއްވާނެ ކަމުގައެވެ. މާތް ﷲ މިބޭފުޅުންގެ މިމަތިވެރި ނިންމެވުމުގައި ބަރަކާތް ލައްވާށިއެވެ.
Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 14, 2008 @ 9:35 pm
ޑރ ހަސަން ސައީދައްތަ އެނގެނީ ގައުމުގެ މަސްލަހަތު ގެއްލޭ ކަންތަކާ ނުގެއްލޭ ކަންތައް.. ޑރ ޙަސަން ސައީދު ބަންޑާރަ ނައިބަކައް ހުރި އިރުގަ ކޮބާ ގާނޫނާ ގަވާއިދާ ހިލާފައް ކޮއްފައިވާ ހުކުމްތައް..އެއީ ގައުމުގެ މަސްލަހަތު ގެއްލޭ ކަމެއްނޫންދޯ… ކޮބާ އައްޑު އަތޮޅުން އޭނާގެ ގާތްތިމާގެ މީހުންނައް ގަވާއިދާ ހިލާފައް ބޮޑުކޮައްދީފަ ހުރި ގޯތިތައް އެއީވެސް ގައުމުގެ މަސްލަހަތު ގެއްލޭކަމެއް ނޫންދޯ……ކޮބާ ދިވެހި ރައްޔިތުންނައް ދީން އޮޅުވާލަން ލިޔުއްވި މުރުތައްދުވާ ފޮތް…. އެއީވެސް ގައުމުގެ މަސްލަހަތު ގެއްލޭ ކަމެއް ނޫންދޯ….މިހާރު މަސްލަހަތު ގެއްލޭކަންތައްތައް އޮޅިއްޖެ……
Comment by Hameedh — October 14, 2008 @ 9:57 pm
އޭ ހަމީދު، ތިކޮމެންޓަށް ކިތައް ހާސް ވަގުނޫޓު ލިބުންތަ؟
Comment by Ibrahim — October 15, 2008 @ 4:23 am
ބަލަ ކަލޭނޭ މިދެން ތަންކޮޅެއް ބޮޑުވަރެއް ދޮގުވާހަކަޔާ ބާދުނާމު ކުރުންވެސް ދައްކަންވާނީ ވަކިވަރަކަށް އަދި ފަހުން ދުވަހެއް އޮތްކަން ހަދުމަ ކުރަށްޗޭ!
Comment by Anonymous — October 15, 2008 @ 11:43 am
ފަހުދުވަހެ އޮތްކަން މައުމޫން ކިޔާދިބަލަ ކިހަވަރަކަށް ވަކަންކުރިމަތަވާނީ ވަކަން ކުރިކަމަކަށް؟ އެސް،ޓީ،އޯ ގުދަނުގައި ތިބެގެން ކީތޯއެކުރަނީ ބަލާބަލަގޮސް އައްމިލަޔަށް،
Comment by Anonymous — October 15, 2008 @ 12:10 pm
އެއްވެސް މީހަކު ޑރ. ހަސަން ސައީދަށް ނުބެހެއްޗެ؟
Comment by salaam — October 15, 2008 @ 1:04 pm
ދޮގު ވާހަކަ ދައްކަނީ އިއްތިހާދަކުން ނޫން އިނގޭތޯ….މައުމޫން އިސްލާމް ދީނޭ، ކުރިސްޓިއަން ދީނޭ ކިޔައިގެން ކީކޭތަ މި ކިޔަނީ….މަށަށް ހީވަނީ މި ކެންޕެއިން ބޭނުން ކުރައްވައިގެން މައުމޫން ކުރިސްޓިއަން ދީން ޕްރޮމޯޓް ކުރަނީހެން…..ބޮލުގެ އެއްޗެއް ހަދައިގެން ކުރިސްޓިއަން ދީނާ ދިވެހިން ގާތް ކުރުވަން މައުމޫން އެއުޅެނީ….އެންމެ ފުރަތަމަ ދިވެހިން އިސްލާމްދީނާ ދުރުކުރުވީ….ދެން ފުރަތަމަ އެކްސްޕެރިމެންޓް ހަދީ އޭއެމްޑީސީ (މައުމޫންގެ ކެމްޕެއިން މެނޭޖަރ އާދަމް ނައީމް ގެ ހޮސްޕިޓަލް) ގަ މިކަން ރައްޔިތުންނަށް ފަޅާއެރީމަ ބިރުން އެމީހުން ރަށަށް ފޮނުވާލީ، ދެންވެސް ދުވަސް ގަނޑެއް ކޮށްލާފަ މިހާތަނަށް ދިވެހިން އެންމެ ބޮޑަށް ސަމާލްކަން ދިން ހަރަކާތަކީ މި ރިޔާސީ އިންތިހާބު، އެހެންވެ މިކަމުގެ ތެރެއިން ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރަން އެފެށީ……..ކާކުބާ ކްރިސްޓިއަން ދީން ޕްރޮމޯޓް ކުރަނީ؟؟؟؟؟؟؟؟؟؟؟؟
Comment by Munchi — October 15, 2008 @ 1:16 pm
އެންމެހާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ހާލިޤުވަންތަ މާތްﷲ އަށް ހަމްދާއި ޘާނާ ކިޔުމަށްފަހު މި ޢުއްމަތަށް ކަޢުކުރެއްވި މުހައްމަދު ރަސޫލުﷲ ސައްލަﷲ އަލަހި ވަސައްލަމަ އަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. މި ދުޢާ ގައި އެކަލޭގެފާނަށް ތަބާވި އެންމެހާ މުސްލިމް އަހުންނާއި އުހުތުން ޝާމިލްކުރަމެވެ. އަޅުގަނޑުގެ އަދި މުޅި މި އިސްލާމީ ޤައުމުގެވެސް ދުޢާ އަކީ މާތްﷲ މި ޒަމާންވީ ޚުދު މުޚުތާރު ވެރިކަން ނިންމަވައި ދެއްވައި ރައްޔިތުން އެދޭ ފަދަ ރައްޔިތުންގެ ބާރު ފޯރާ ވެރިކަމެއް މިޤައުމަށް މިންވަރުކޮށް ދެއްވުމެވެ. އާމީން! ނަސްރަކީ މަސައްކަތްތެރީންގެ އެއްޗެއް، ހައްގު ލިބޭނީ ވެސް ނަސްރަށް! – އހ-
Comment by ammadey78 — October 15, 2008 @ 1:22 pm
މައުމޫނުގެ އަސްލު މަޤުޞަދަކީ މި ކެމްޕޭންގެ ފޯކަސް ގެއްލުވާލަން! އޭނާ ރައްޔިތުންގެ ލާބައަށް ކޮށްދޭނެ ކަމެއްގެވާހަކަ ދައްކަން ދަތިވާނެތީވެ އިސްލާމް ދީނޭ ކިޔުން ނޫން އެހެންކަމެއްނެތީމާ ދައްކާވާހަކައެއް ދިވެހިން ވީ މިކަންތަކަށް އަދި މި މީހާގެ ސިފަ ރަގަޅަށް ދެނެގަންނާށެވެ. ހަދަންވީ ގޮތަކީ މި ބޭ މިދައްކާވާހަކަ ދެން ދިވެހިން ޤަބޫލު ނުކޮށް އިއްތިހާދުގެ ކެންޑިޑޭޓް މުޙަންމަދު ނަޝީދު އަންނި އަށް ވޯޓު ދެއްވާ މިކަން ނިމުމަކަށް ގެންނަންވީއެވެ.
ކާމިނީ ޅަހޮއްކޮ
Comment by Venfunna 1990 — October 15, 2008 @ 2:34 pm
މިފަހަރުގެ މި އިންތިހާބު ނިމުމުން އެނގޭނީ، ރައްޔިތުން ބޭނުންވާ ގޮތް، އަންނި ހޮވުނަސް އަންނި އަށް ދޭންޖެހޭ އިހުތިރާމާއި ގަދަރު އަޅުގަނޑު އަންނި އަށް ދޭނަށް އެކަމަކު އެއްވެސް ބޭފުޅަކު ބަލި ގަބޫލު ނުކޮށް މަގުމަޗަށް ނިކުންނަށް ޖެހިއްޖެއްޔާމުން އެ ގޯސްވީ، ބަލި ގަބޫލުކުރުން އެއީ އޮންނަ ކަމެއް، އަންނި އަށް ވޯޓް ލެވެން ނެތް ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަން، އަޅުގަނޑަށް ވިސްނޭ ގޮތުން އަންނި އަށް ވުރެއް އަދި ވެސް ރަގަޅީ މައުމޫން، މީގެކުރިން އަޅުގަނޑު ތާއިދު ކުރީ ހަސަނަށް އެކަމަކު ހަސަނު ނުހޮވުނީމާ ވަރަށް ދެރަވި، ( ކާމިނީ ދޮންހޮއްކޮ)
Comment by Anonymous — October 17, 2008 @ 10:16 am
ޑރ. ހަސަން ސަޢީދު އަކީ އަހަރުމެންފުރުވެރިވާރުގެ ދިވެހިދަރިއެއް
Comment by suja — October 17, 2008 @ 4:40 pm