Wathan Edhey Gothah – MDP » ވަޠަން އެދޭ ގޮތައް- 13.10.08- އިތުރު ފޮޓޯ

October 14, 2008

ވަޠަން އެދޭ ގޮތައް- 13.10.08- އިތުރު ފޮޓޯ

Photos by Mauroof Khaleel

19 Comments

  1. ސާބަސް ތިއީ ދިވެހި ދަރިންނަކީ!
    މިއީ އެންމެންގެ ޒިންމާއެއް ކަމުގަ ދެކެމާ

    Comment by shafiu — October 14, 2008 @ 8:25 pm

  2. އަދިވެސް އަދިވެސް އިއްތިހާދަކަށް ނުވިސްނެއެވެ. ތިޔަދައްކާވާހަކަތައް އަޑު އިވެނީ ވަކިބަޔަކަށް. އެއީ މިހާރުވެސް ބަދަލަކަށް ބޭނުންވެގެން މިއުޅޭ މީސްކޮޅަށް. ނަމަވެސް މައުމޫނުގެ ވޯޓް ސެކިއުކުރަނީ ޤައުމުގައިތި މިވާހަކަތައް އަޑުއިވޭނެ ގޮތެއްނެތި އެމީހުންނާއިމެދު ސަމާލުކަން ކުޑަކޮށްލެވިފައިވާ، މެދު އުމުރުގެ މީހުންނާއި ރާއްޖެތެރޭގައި އެތިބަ ގެވެހި އަންހެންވެރީންނަށް. އެމީހުންނަށް ކަހާތަން ހިރުވާހެންވެސް އަދިވެސް ހީނުވޭ. ވޯޓުލާން ދަނީ ފައްސަތޭކަދިއްކޮލުމުން، އެދާއިރު އަތްތިލަމަތީގަ ފާހަގަ ޖަހާލާށޭ ބުނީމާ ގޮސް އެއަންނަނީ ފާހަގަ ޖަހާލާފަ. މިއީ އެމީހުން އެއްވެސް ފިކުރެއް ވިސްނުމެއްނެތި ހަމަ ކޮއްލާކަމެއްގެ ގޮތުގައި ކޮއްލާކަމެއް. ވީމާ މިފަހަރުގެ ކެމްޕޭން އަމާޒުކުރާށޭ މިދަންނަވަނީ މައުމޫނުގެ މިޓާގެޓް ގުރޫޕަށް. ވީމާ މިކަންކުރާނެ ގޮތެއް އަޅެ ކިޔާބަލަ. ވާހަކަ ދައްކާ އަގަތަޅާކަށްވެސް ފުރުޞަތެއްނެތް

    Comment by Anonymous — October 14, 2008 @ 8:39 pm

  3. ހެޔޮނުވާނެ: މިބުނާކަންތައް ކޮށްބަލަ:

    ތިޔަދައްކާވާހަކަތައް އަޑު އިވެނީ ވަކިބަޔަކަށް. އެއީ މިހާރުވެސް ބަދަލަކަށް ބޭނުންވެގެން މިއުޅޭ މީސްކޮޅަށް. ނަމަވެސް މައުމޫނުގެ ވޯޓް ސެކިއުކުރަނީ ޤައުމުގައިތި މިވާހަކަތައް އަޑުއިވޭނެ ގޮތެއްނެތި އެމީހުންނާއިމެދު ސަމާލުކަން ކުޑަކޮށްލެވިފައިވާ، މެދު އުމުރުގެ މީހުންނާއި ރާއްޖެތެރޭގައި އެތިބަ ގެވެހި އަންހެންވެރީންނަށް. އެމީހުންނަށް ކަހާތަން ހިރުވާހެންވެސް އަދިވެސް ހީނުވޭ. ވޯޓުލާން ދަނީ ފައްސަތޭކަދިއްކޮލުމުން، އެދާއިރު އަތްތިލަމަތީގަ ފާހަގަ ޖަހާލާށޭ ބުނީމާ ގޮސް އެއަންނަނީ ފާހަގަ ޖަހާލާފަ. މިއީ އެމީހުން އެއްވެސް ފިކުރެއް ވިސްނުމެއްނެތި ހަމަ ކޮއްލާކަމެއްގެ ގޮތުގައި ކޮއްލާކަމެއް. ވީމާ މިފަހަރުގެ ކެމްޕޭން އަމާޒުކުރާށޭ މިދަންނަވަނީ މައުމޫނުގެ މިޓާގެޓް ގުރޫޕަށް. ވީމާ މިކަންކުރާނެ ގޮތެއް އަޅެ ކިޔާބަލަ.

    Comment by Anonymous — October 14, 2008 @ 8:41 pm

  4. އިންތިޚާބަށް ރަޢީސް މައުމޫނު ކުރިމަތިލެއްވުމުގެ ކުރިން ދިވެހި ރައްޔިތުންނަށް އޭނާސާބިތު ކޮށްދެއްވަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ބޮޑުފާދިރީ ޖޯޖާއި ބޮޑުފާދިރީ މައިކަލުކެ ހަތްފައިކަށިލީ ބޮޑު ސޮލީބު އިގިރޭސި ރާނީ އަތްޕުޅުން ލިބިވަޑައިގަތް އިރު ދިވެހިރާއްޖޭގައި ކްރިސްޓިއަން ދީނަށް މަގުހުޅުވާދޭނެ ކަމަށް ވަޢުދުވެފަ ނުވާނޭ ކަމަށް މައުމޫނު ރައްޔިތުންނަށް ސާބިތު ކޮށްދޭން ޖެހޭނެ ކަމަށް، އަދި ހަމަ އެގޮތަށް އިގިރޭސިވިލާތުގެ ނަޞާރާ ދީނުގެ އެންމެ މަތީ މަޖުލީސް ކަމުގައިވާ ޖެނެރަލް ސިނޯޑްގެ މެމްބަރުންނާއި އެކު ގާތްގުޅުމެއް ނުވަތަ އެއްވެސް ގުޅުމެއް ނޯންނަކަން ވެސް އޭނާ ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވަން ޖެހެއެވެ.

    Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 14, 2008 @ 9:25 pm

  5. ވަތަންއެދޭގޮތަށް ރިންގްޓޯން ބޭނުން. ރާއްޖޭގެ ހުރިހާގެއެއްގަވެސް އެލަވަ ޖެހުން މުހިއްމު

    Comment by insaafu — October 14, 2008 @ 10:43 pm

  6. ވަތަން އެދޭ ގޮތަށް ދަމާހެ ……………ވަތަންއެދޭ މަގުން ދަމާހެ………ވަތަން ގޮވާ މަގަށް ދަމާހެ…. ވަތްންގެ ދަރީން

    Comment by Hussain Nazeer(NOONU) N.Lhohi — October 14, 2008 @ 11:09 pm

  7. ރާައްޖޭގެ ހުރިހާ ޑޮކްޓަރަކަސް ކިޔަވައިގެން ތިބިބަޔަކަސް މިހާރު މި ފެންނަނީ އެމްޑީޕީ އާ އިއްތިހާދު ވާތަން… މިބުނާ އެންމެން އެއް އަޑަކުން ބުނަމުން އެ ގެންދަވަނީ ގަައުމައް ހެޔޮބަދަލު ބޭނުންވާނަމަ މިފަހަރު އަންނިއައް ވޯޓް ދެއްވުމައް… މިޔައް ބީރު ކަންފަތް ދޭނީ ވަރައް ޖާހިލު މީހުން.

    Comment by Anonymous — October 15, 2008 @ 12:38 am

  8. ހުދުމުހުތާރު ވެރިކަމުގެ މުގުލަކީ ރައްޔެތެއްގެ ހިތްތަކުގައި އުފެދޭ ބިރުވެރިކަމެވެ، މިވީ30އ މައުމޫނު ވެރިކަން ދެމެހެއްޓީ ކަތީބުންނަށް ވަޒީފާގެ ބިރުދައްކައި ރައްޔިތުންނަށް ދުލުން ބަޔާން ކުރަން ދަތި އަނިޔާތައް ކޮށްގެނެވެ، މިކަމުގެ ހެއްކެއްގޮތުގައި ގާސިމަށް ދޭންއުޅު ހަމަލާ ފުދެއެވެ،
    މިވަގުތު ރައްޔިތުންނަށް ވިސްނައިދޭންވީ ވޯޓަކީ ވާޒީފާގައި ދެމިހުރުމުގެ ޔަގީން ކަމެއްނޫންކަމެވެ، މިގޮތުން އިއްތިހާދުއެކުވެގެން ދިވެރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް ވާސިލުވެވޭތޯ ބަލަންވީ މިރާއްޖޭގައި މިވާ ބައިލައްކައެއްހާ ގޭބިޒީއަށެވެ، ރައްޔިތުންގެ ހިއްތަކަށް ވެރިކުރުވާފައިވާ ބިރުވެރިކަމާއި ވަހުމްފިލުވާލުމަށް މިއަށްވުރެން މޮލު ތަވީދެއްނުލިޔެވޭނެއެވެ،

    Comment by ralhey — October 15, 2008 @ 1:57 am

  9. އަޅޭ އާދޭސް ކޮފަބުނަން ދި ޓީވީން ނޫނީ ޓީވީއެމް އިން ނަމަވެސް އެމް ޑީ ޕީ އިއްތިހާދަށް ލިބޭ ގަޑީގަ ވިލާ ޓީވީ އިން ޖުމްހުރީގުޅުމުން ދެއްކިކަހަލަ ޖަލްސާއެއް ދައްކަބަލަ. އިލްޔާސްމެން މައުމޫނުގެ ނުބައިކަމުގެ ވާހަކަ އަދާލްތު އިލްޔާސްމެން ދައްކާއަޑު އިވުމުން މީހުން ޤަބޫލް ކުރާލެއް ފަސޭހަވާނެ. ހުދު އަހަރެނވެސް ޤަބޫލް ކުރަން. ޕްލީސް މިކަން ކޮއްދީބަލަ. މިނޫން ވެރިކަމެއް ފެންނާނެ ދހުވަހެއް މާތްﷲ މިންވަރު ކުރަށްވާށި .. އާމީން

    Comment by ms — October 15, 2008 @ 8:55 am

  10. ރާއްޖެތެރޭގެ ގިނަރަށްރަށުގެ ވެރިން އެގެންދަނީ ރައްޔިތުންގެމައްޗަށް އިންތިހާޔަށް ނުފޫޒުފޯރުވާ ބިރުދައްކަމުން. މައުމޫނަށް ވޯޓްނުދީފިއްޔާ ގޭގާ ނުވަތަ ދޯނީގާ ހުޅުޖަހާނެކަމުގެ އިންޒާރުވެސް އެބަދެމުންގެންދޭ.ދެން ފައިސާ އެބަހަނީ ވަކިސުމާރެއްބަލައިގެނެއްނޫން. ހޭލުންކަން ހުރިވަރަކީ އެދެނީ ވަގުނޫޓެއްކަންވެސްއެގެނީ މާފަހުން.
    ނިކަންވިސްނާލަބަލަ. މަލޭގައިއުޅޭމީހެއް ހޮސްޕިޓަލަށް ދާންވެއްޖިއްޔާ ގެޔާކައިރިނަމަ ހިނގާލާފަ ނޫނީ ގިނަވެގެންދާނީ އެންމެ ވިހިރުފިޔާ. ރާއްޖެތެރޭގައިއުޅޭރައްޔިތުން ޑޮކްޓަރަށްދައްކަން މިދާންޖެހެނީ އެހެންރަށަކަށް. ބޭރުޤައުމަކަށްދާގޮތަށް އެތަށްފައިސާއެއްޚަރަދުކޮށްގެން. މިވަރުންދާއިރު ޑޮކްޓަރަށް ނުދެއްކޭފަހަރުވެސް އެބައާދޭ. އަދި ދެއްކިއްޖެއްޔާ ބޭނުންވާބޭސް ލިބޭކަށެއްނުހުރޭ. ތިބޭޑޮކްޓަރުންނަކީ ޤައުމުން ބްލެކްލިސްޓްވެފާ ތިބޭބަޔެއް ނުވަތަ ފެންވަރުދައްކަމުން ވަޒީފާނުލިބޭމީހުން. މިއީއެއްމައްސަލަ.
    ދެންވިސްނަވާ. ވޭތުވެދިޔަ ވިއްސަކަށްއަހަރު ރާއްޖެޔަށް ލިބުނުހާ ބޭރުފައިސާ ވަނީކޮންތާކަށް. ކާޑުމިގަންނަނީ މިފްކޯއިންބޭރުކުރާމަހަށް ލިބޭފައިސާއިން. ސަރުކާރު މިހިންގަނީ ކަސްޓަމްސް އަށް ލިބޭ ޑިޔުޓީއާއި އަދި އެހެނިހެންގޮތްގޮތުން ނަގާފައިސާއިން( ފަޅުރަށްރަށުގެވަރުވާ، ދުއްވާއެއްޗިއްސާ ފިހާރަތަކުންނަގާ ފީ ފަދަ ރެވެނިޔު އަށް ލިބެފައިސާއިން، ހުރިހާ ބޮޑަތި ޕްރޮޖެކްޓްތައް މިހިންގަނީ ބޭރުގެ ބޭންކްތަކުން ނަގާލޯނުން)ކޮންމެއަހަރަކު ޖަޕާނުން ހިލޭއެހީގެދަށުން ކާޑުވެސްދޭ. މިތަކެތިވެސް ރައްޔިތުންނަށް ބޮޑުއަގުގަވިއްކަނީ.
    މިޔޮތީ ވަރަށްފައްކާ އެޑްމިނިސްޓްރޭޝަނެއް. މިޔަށްވުރެން ބޮޑު އުސްމިނަކަށް އެރިއްޖިއްޔާ މިޤައުމުގެރައްޔިތުން ތިބެންޖެހޭނީ ދަށުކަންގަނޑުވައްޓާލައިގެން ތީމުގެދޮށުގަޔާ ތަސްމީނުގޭދޮށުގާކަން ޔަޤީން. ރައްޖެތެރޭގެ ރައްޔިތުން މިކަންކަމާ ތަންކޮޅެއް ފުންކޮށް ވިސްނެވުން ނިހާޔަތަށްއެދެން.
    އަޅުގަނޑުމެން މާލޭމީހުން ބަދަލެއްގެނައުމަށް މިބޭނުންވަނީ ހަމަތިޔަރައްޔިތުންނަށްޓަކާ. އަޅުގަނޑުގެ އަމިއްލަ ގެދޮރު އެބަހުރި އަދި ފުދޭވަރަކަށް އާމްދަނީވެސް ލިބޭ. ވީއިރު އަޅުގަނޑަކަށް އެއްވެސް ކަމަކަށެއް ދައްޗެއްނުވޭ. ނަމަވެސް ރާއްޖެތެރޭގެ ގިނަރައްޔިތުން އުޅެންޖެހޭ ދަތިޙާލުފެނިފާ ހަމަހިތަށް ތަދުވާތީ ބަދަލަކަށް ސަޕޯޓްކުރުމަށް މިގޮވާލަނީ. މިހާރު މިއޮތް 30އަހަރުގެތަރައްޤީއަކީ ޙަޤީގަތުގާ މައުމޫނުގެ ފުރަތަމަ 10 އަހަރުގާ ކުރެވެންޖެހޭނެކަންތައްތައް. ނަމަވެސް މި 30 އަހަރުގާމިވަރުމިވީ ދަރާވިކިގެން. ދަރަނިބޮޑުކަމުން ދެން ކުރިޔަށްއޮތްތާގަ ބޭރުގެބޭންކަކުން ލޯނެއްވެސްލިބޭކަށެއްނެތް. މިޔޮއްހާދުވަހު ލިބުނުހާފައިސާޔަށް ވީގޮތް އެންމެނަށްވެސް އެގޭ. ވީމާ ޤައުމުގެ ލޮބުވެތި ރައްޔިތުން ދެން މިކަމަށް ފުރުސަތުނުދެއްވާ. 30 އަހަރުން މީހަކަށްނުކުރެވުނުކަމެއް ދެން މުސްކުޅިވެ ކެތިބޯދަށުންލާ ބައިންގަނޑަށް ފަހަރުވާލެވެންފެށީމާ ކުރެވޭނެކަމަށް ޤަބޫލުކުރައްވަންތޯ. މީނަޔަށް ކުރެވޭނެވަރު މިޔޮތީކުރެވިފާ. ރާއްޖެއިން އިސްލާމްދީން ފޮހެލައިފި. ބޭރުގެ ބޮޑަތިބޭންކްތަކަށް ދަރުވާލައިފި. މަސްތުވުމަށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ އެއްޗިއްސާއެކު ހުރިހާބާވަތެއްގެ ލާދީނީ ފާޙިޝް ކަންތައްތައްވެސް ތަޢާރަފުކޮށްޒުވާނުންގެ މެދުގާ ޢާއްމުކޮށްދީފި. އަދިއެންމެފަހުން ބުދުދީނުގެ ބޮޑުބުދުވެސް ރާއްޖެޔަށްގެނެސް ބަހައްޓާދީފި. ދެންކޮށްދެވޭނެކަމެއްކަމަށްފެންނަނީ ވޭތުވެދިޔަތަނުގާ މަގުފުރައްދާލި 3 ޖީލުގެ ހުރިހާ ޒުވާނުން މުޅިން ބަރަހަނާކޮށް މަގުމައްޗަށްނެރުން. އެކަން މިޔޮތީ ފެށިފާ. ޤައުމުގެ ހުރިހާރައްޔިތުންނޭވެ. އާދޭސްކޮށްފާ ﷲއަށްޓަކާމިބުނަނީ މިޤައުމު ސަލާމަތްކުރުމަށް އެހީތެރިވެދެއްވާ.މިމަހުގެ 28 ގެވޯޓްގައި އެމްޑީޕިގެ އިއްތިޙާދުގެ ރިޔާސީކެންޑިޑޭޓަށް ވޯޓްދެއްވާ. އެ މިސުރުބައިގަނޑުގެމަތިން ހަނދާން ނައްތާލައްވަވާ.

    Comment by އަލީ މޫސަ — October 15, 2008 @ 2:02 pm

  11. މައުމޫނު ވެރިކަމުނެ މިފަހަރު ދުރުކުރަން ވޯޓު ނުދޭމީހުން މާދަމާ ހިތާމަ ކުރާ ބަޔަކަށްވާނެ. މިފަހަރުވެސް އިންޑިއާގެ ޓްރިވެންޑްރަމްގަ މައުމޫނުގެ ވޯޓުހޯދާ ގްރޫޕް ފައިސާ ބެހި. އެމީހުން ނަށް ވޯޓުލީ ދުވަހުގެ ކުރީ ދުވަހުވެސް 9000 ޑޮލަރު ފޮނުވިކަމަށްވޭ. މިފައިސާއަކީ ކަސްޓަމްސްގެ ބަޖެޓުން ފޮނުވި ފައިސާކަމަށްވެސް ވޭ.. މިފަދަ ކަންކަމުގެ ޙަޤީޤަތް ނިކަން ހޯދަން އެބަޖެހޭ. މިފަހަރު ލާރިއަށް ވޯޓުދޭމީހުން މައުމޫނު ނޫނަސް ގަންނަންވީ. ކުރަންވީ ކޮންމެ ކަމެއް ކޮށްގެންވެސް މިވަބާއިން ޤައުމު ސަލާމަތް ކުރަންވީ. މިފަހަރު މިކަންކުރުން ނޫންގޮތެއްނެތް. މަތިވެރި ސޮލިބު ހިފައިގެން ގައުމަށް ކްރިއަސްޓިއަން ދީން ފެތުރި މީހާ އަދި ލަދެއް ޙަޔާތެއްވެސް ނެތެއްނު.. އެ ބޮޑު ސޮލިބު އަޅައިގެން އިންނަންވީނު..

    Comment by އައިޝާ — October 15, 2008 @ 4:17 pm

  12. މައުމޫނު ކޮށްދިންކަމެއްނެތޭ ބުނާއިރު އަރާތިޔަތިބޭ ސްޓޭޖްތަކާ މާލަމްތަކާ ތިޔަހަރަ ފޮޓޯނަގަން ބޭނުންކުރާ ބެކްގްރައުންޑްތަކާ ރީތިމަންޒަރުތައް މިއީ އަންނިގެ ބަފާ އައިސް ހަދާފަހުރި ތަންތަން ދޯ؟؟؟؟ ދެލޯ ސަލާމަތުން ހުރިއްޔާ 30 އަހަރުތެރޭ ކުރިކަންތައް ފެންނަން ހުންނާނެ. ރާއްޖެތެރެއަށް ގޮސް ސަރުކާރުން ހަދާފައިހުރި ރީތި ބޮޑެތި އިމާރާތްތަކަށް އަރާތިބެ މައުމޫނަށް އެއްޗިހިގޮވާ ހަދަމުންދާއިރު އަންނިއަކަސް ހަސަން ސައީދަކަސް ޤާސިމަކަސް އިބްރާއަކަސް ލަދު ގަންނަން ޖެހޭނެ. އެހެރީ ހައްތާހާވެސް ތިރީސް އަހަރު ތެރޭ މައުމޫން އެމަނިކުފާނުގެ ވެރިކަމުގައި ހަދާފަހުރި ތަންތަން. މާލޭގަ މިހިރަ ސްކޫލް ތަކާ ދަރުބާރުގެ ފަދަ ތަންތަން ހަދާފައި އެހެރީ ބުރުމާޤާސިމްގެ މުއަސނަދިކަމުން އޭނަހަދާފަކައެއް ނޫން. މީހަކުކޮށްފަހުރި މަސައަކަތް އޮޅުވާލައިގެން ފޭރިގަންނަން ތިޔައުޅެނީ. މާލޭގެ މަގުމަތީގައި އަޅާފައިހުރި ގާތައްވެސް ހެކިވާނެ މައުމޫނުކަން މިރާއްޖެ ތަރައްޤީކޮށް މިހާހިސާބަށް ގެނައީ. އެގާތަށްވެސް ކަލޭމެނަށް ލައުނަތް ދޭނެ. ދެންއޮތީ ހުޅުމާލެ. އެވެސް މިހާރު މިއިއްތިހާދުވެގެން މިއުޅޭމީހުންގެ މިލްކަކަށް ވެއްޖެ. މިމީހުންނާ ހުޅުމާލެއަކާ ކޮންބެހޭކަމެއް. މިތިބަ ލޮލީ ޓައްޕު ހިފައިގެން އުޅުނު ޖާބިރުމެން ވެސް އެހެރަ ދައްކާލާ މޮޅުވާހަކަ، މީހަކު ހައިރާނެއްނުވާނެތަ. ރައްޔިތުންނޭ ކިޔައިގެން އަދިވާހަކަ އެބަދައްކާ. މައުމޫން ވާ ކެތްތެރި އިންސާނެއް. މިރާއްޖޭގެ ވެރިކަމަށް މިކަހަކަ ބަޔަކަށް އެއްވެސް ފުރުސަތެއް ނެތް. އިރާދަކުރެއްވިއްޔާ ވެރިކަމުގެ ވަސްދުވާ ފަށަށްވެސް ތިއިން އެކަކަށްވެސް އަޔަކަނުދޭނަން. ”މަރުޙަބާ ދިވެހި ޤައަމުގެ ފަޚުރުވެރި ޒަޢީމް މައުމޫން ޢަބްދުލް ޤައްޔޫމް”

    Comment by fathima — October 15, 2008 @ 4:50 pm

  13. ތިޔަ ތަންތަން އަޅާފަހުރީ ގައްޔޫމް ސީދީ ހޮޑަށްލީ އެއްޗެއްތަ؟ އަހަރުމެންގެ ފައިސާބަޑު އަޅާއޮވެގެން ބާކީ ނުކެވި ހުރި އެއްޗެކޭ. ސުކޫލާ ހޮސްޕިޓަލް އަޅާފަހުރީ ބޭރުގެ އެހީގަ، މައުމޫނު ކައިފަ، ކާމިނީގޭ އާލާތުންނާ އެންދެރިމާގޭ އާލާތުން ކައިފަ ބާކީން.

    Comment by mulhi gaumu — October 15, 2008 @ 6:34 pm

  14. ކިހާ ދެރަ ކަމެއް ! މައުމޫން އެޅި މާލަން ތަކެއް ނޫން ! ދިވެހި ދައުލަތުގެ ފައިސާ އިން ! އޭނާ އިނީ ރައްޔއތުންގެ ވަޒީފާ އެއްގަ !

    Comment by Mohamed — October 15, 2008 @ 7:41 pm

  15. ދަރުމަވާނެ ފާތިމާ އެއީ މައުމޫނުގެ ބަފާ ބޮޑު އިސްޓޯރުން ގެނައި ފައިސާ އަށް އަޅާދީފަ ހުރިތަންތަންތަ؟ މައުމޫނުގެ މިލްކު ފޭރިގަންނާށޭޢުޅެނީ ބުނިއިރު އަހަރެން ހަމަ ކޮސްވެއްޖެ. ތިޔޭ މައްސަލައަކީ ތިކަހަލަ ގަމާރު މުރައްކަބު ޖާހިލުން މިގައުމުގަ އުޅޭތީ އޭ
    ޤައުމުގައި ތިބޭ ހެޔޮވިސްނޭ މީހުން ބޭނުންވާ ހެޔޮ ބަދަލު ނުގެނެވިގެން މިއުޅެނީ. ބަލަ ގަމާރު ފާތުމާ! އެއީ ރައްޔަތުންގެ ބައިތުލް މާލު ހުސްކޮށްގެން އަޅާފަ ހުރިތަންތަނޭ. މައުމޫނެކޭ އެމީހުންނެކޭ ހަމަ ހަމަ ތަންތަނޭ އެއީ. ފާތުމަޔަށް އެގޭތަ މައުމޫނު ޖީބުން ޚަރަދުކޮށްގެން ކަން މާލޭ މަގުމަތީގަ ގާއެޅީ؟އެނޫން މީހަކު މި 30 އަހަރުގަ މިޤައުމުގެ ވެރިޔަކަށް ހުރިނަމަ އެނގުނީސް މިޤައުމު ވެފައި އޮންނާނެ ތަރައްޤީ. އޭނަ ގަދަކަމުން ވެރިކަމާ ފާވެގެން ނޫޅުނުނަމަ މިހާރު މިޤައުމު އޮތީޙީ ދެވަނަ ސިންގަޕޫރުގެ ގޮތުގައި. ރިހާކުރު އަޅައިގެންވެސް ސިކުޑިއަށް ތެތް ކަމެއްލިބޭތޯ އުޅެބަލަ’ ހާދަހާ ޖާހިލު ވާހަކައެކޭދޯ ތިދެއްކީ؟

    Comment by Mr.Abulla — October 15, 2008 @ 9:11 pm

  16. އަހަރެން ނެތިން ކޮންމެހެން މީހެއްގެ ވާހަކަ ދައްކަކަށް. އަހަރެން ފުރަތަމަ ބުރުގައުވެސް ވޯޓްދިނީ ވަތަން އެދޭގޮތްށް. މިފަހަރުވެސް ވޯޓް2 ދޭނީ ވަތަން އެދޭގޮތައް ހަމަ އަންނިއަށް

    Comment by Anonymous — October 16, 2008 @ 2:09 am

  17. ބައިތުލްމާލުގެވެސް ބޮޑުބައި އާއިލީ މީހުނަށްށާ ގާތްރައްޓެހިންނަށް ބަހާހުސްކުރީ، އިމާރާތެއް އެޅިފަހުއްޓަސް، މަގުތަކުގަ ގާއެތުރިފަ ހުއްޓަސް އެއީ ބޭރުގައުމުތަކުން ދިވެހިރައްޔިތުންނަށް ވެދީފަހުރި އެހީ. ދަރުބާރުގެވެސް، އައި.ޖީ.އެމް.އެޗްވެސް، ރައްޔިތުން މަޖިލިސްކުރާގެވެސް، ސޯސަލް ސެންޓަރުވެސް ދެންވެސް އެހެންގޮސް އިސްލާމީ މަރުކަޒުވެސް ކަނޑުތޮށިތަކަކީވެސް ބޭރުގައުމުތަކުން ދިވެހިރައްޔތުންނަށްވެދީފަހުރި އެހީ. މައުމޫން ނޫންމީހެއް، ރައްޔތުންނަށް އިހްލާސްތެރި ވެރިއެއް މިގައުމުގަ ހުރިނަމަ މިޔޮއްވުރެ މާބޮޑު ކުރިއެރުމެއް މިއަދު ރާއްޖެ ދެކޭނެ. ރަށްރަށަށް ގައުމުތަކުން ވެދިން އެތައް އެހީއެއް މައުމޫނުކާލާފަ އެބަހުރި. އެހެން ނޫންނަމަ އެރަށް ރަށުގަ މިހާރު ހުރީހީ ރަނގަޅު ނަރުދަމާގެ ނިޒާމާ ސާފު ބޯފެނުގެ ނިޒާމާ ހުރިހާ ޚިދުމަތެއް ފަހިވެފަ. މިހާރުވެސް މާލަސްވެއްޖެ. އަވަހަށް މިފުރުޞަތުގެ ބޭނުން ކުރަމާ ހިނގާ. ދިވެހި ފުލުހެއް.

    Comment by Anonymous — October 16, 2008 @ 3:52 am

  18. މައުމޫނު ރާއްޖެތެރޭގައި ތަންތަންހަދައިދޭ ވާހަކަދައްކާއިރު ސުކޫލެއް ވިއްޔާ ހަތަރުފާރުރާނާލާފަ ދެންޖެހޭނީ އަޅުގަނޑުމެންކަހަލަ 6 އެއްކަ ދަރިންގޮވައިގެންއުޅޭ ނިކަމެތި ބެލެނިވެރިން ޚަރަދު ކޮށްގެން އަނެއްބައި ބިނާކުރަން ކިޔެވުމުގެ ފެންވަރުރަގަޅުކުރަންބޭނުންނަމަ ދެންޖެހޭނީ ބުރުމާޤާސިމް ކަހަލަ ދެތިންބޭފުޅަކަށް ދަންވައިގެން އެކަމެއްކުރަން ގިނަރަށްރަށުގަ ކަރަންޓްއަދިވެސްހުރީ ޤާސިމްގެއެހީގަލިބިފަހުރި ކަރަންޓް މިހެންލިޔެވިދާނެ އެތައްއެތައްކަމެއް . ކަލޭމެންނަށް ކޮންކަމެއްކޮށް ދީގެން މައުމޫނުގެ ބަޑޭތިކިޔަނީ ތިޔަބަލާވެރިކަން މިޤައުމުންބޭރުކޮށްގެން ނޫނީ އެއްވެސްކަމެއްރަގަޅެއް ނުކުރެވޭނެ

    Comment by fa — October 16, 2008 @ 10:48 am

  19. ވީޑިއޯތައް ވަރަށް ބޭނުން…..
    އަޅުގަޑުމެން މިތިބީ ވަތަން އެދޭ ގޮތަށް..
    ލަންކާއިން…

    Comment by Mohamed — October 17, 2008 @ 3:08 pm