Wathan Edhey Gothah – MDP » އަނެއް ދިވެހިރާއްޖެ ކެމްޕޭން ޓީމުތަކުން ރާއްޖޭގެ ކަންކޮޅުތަކަށް ކޮށްފައިވާ ދަތުރުތަކުގެ ފޮޓޯ އަދި ވީޑިއޯ ޕްރެޒެންޓޭޝަނެއް ބާއްވައިފި

August 26, 2008

އަނެއް ދިވެހިރާއްޖެ ކެމްޕޭން ޓީމުތަކުން ރާއްޖޭގެ ކަންކޮޅުތަކަށް ކޮށްފައިވާ ދަތުރުތަކުގެ ފޮޓޯ އަދި ވީޑިއޯ ޕްރެޒެންޓޭޝަނެއް ބާއްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)ގެ އަނެއް ދިވެހި ރާއްޖެ ކެމްޕޭންގެ ޓީމުތަކުން ރާއްޖޭގެ ކަންކޮޅުތަކަށްކޮށްފައިވާ ދަތުރުތަކުގެ ފޮޓޯ އަދި ވީޑިއޯ ޕްރެޒެންޓޭޝަނެއް ބާއްވައިފިއެވެ.
މި ޕްރެޒެންޓޭޝަން ބާއްވާފައިވަނީ އެމްޑީޕީގެ މައި ހަރުގޭގައި ރޭ ބޭއްވި ހަފްލާއެއްގައެވެ. މިހަފްލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވިޕް ލ އަތޮޅުގެ މަޖިލިސް މެމްބަރު ރީކޯ މޫސާމަނިކު ބައިވެރިވެލެއްވިއެވެ. އަދި އުވިދިޔަ ޚާއްސަ މަޖިލީހުގެ މެމްބަރު ނަފާ ނަސީމްވެސް ބައިވެރިވެލެއްވިއެވެ.

މިކަންތައް އިންތިޒާމްކުރެއްވި ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ރޭގައި ބޭއްވުނު އިވެންޓަށް އާއްމުންގެ ތަރުޚީބު ވަރަށް ބޮޑަށް ލިބުނެވެ. ޕްރެޒެންޓޭޝަނުގައި ކެންޑިޑޭ ނަޝީދު އާއްމުންނާއި ބައްދަލުކުރައްވާ ދައްކަވާފައިވާ ބައެއް ވާހަކައާއި އާއްމުންނާއި ބައްދަލުކުރައްވާ ފޮޓޯއަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އާއްމުން ދިރިއުޅޭ ހާލު ދައްކައިދީފައިވެއެވެ.