Wathan Edhey Gothah – MDP » މަޖިލީހުގައި ތިބި އިދިކޮޅު ޕާޓީތަކުން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފި

October 15, 2008

މަޖިލީހުގައި ތިބި އިދިކޮޅު ޕާޓީތަކުން ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފި

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ގުޅިވަޑައިގެން މަޖިލީހުގެ މަސައްކަތްތައް ކުރުމަށްޓަކައި ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕެއް އުފައްދަވައިފިއެވެ.

އެމްޑީޕީ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން މި ޖޮއިންޓް ގްރޫޕްގެ ލީޑަރ އަދި މާލޭގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މި ގްރޫޕް އުފެއްދެވީ މަޖިލީހުގައި މިހާރު ތިއްބެވި އިދިކޮޅު ޕާޓީތަކުގެ ލިޑަރުންގެ އެއްބަސްވުމެއްގެ މަތީންކަމުގައެވެ. އަދި މި ގްރޫޕްގެ މަގާމްތަކަށް މެމްބަރުން ހޮވާފައިވަނީ މަޝްވަރާގެ މަތީން މަގާމްތަކަށް ހުރިހާ މެމްބަރުންވެސް އިއްތިފާގުވާ މެމްބަރުންކަމުގައި އިބްރާ ވިދާޅުވިއެވެ.

މި ގްރޫޕްގެ މަގާމްތަކުގައި ތިއްބަވާ މެމްބަރުން މިއަދު އިއުލާންކުރެއްވީ ތ އަތޮޅުގެ މެމްބަރު މުހައްމަދު ޝަރީފްއެވެ. މިގޮތުން މިގްރޫޕްގެ ލީޑަރ އަކީ އިބްރާއެވެ. އަދި ނައިބް ލީޑަރުންގެ ގޮތުގައި އަބްދުﷲ ޖާބިރު އަދި މާރިޔާ އަހުމަދު ދީދީ ތިއްބަވާނެކަމުގައި ޝަރީފް ވިދާޅުވިއެވެ. ވިޕުންގެ ގޮތުގައި މިގްރޫޕްގައި ތިއްބަވާނީ އެބޭފުޅާއާއި ރީކޯ މޫސާ މަނިކުކަމުގައި ޝަރީފް ވިދާޅުވިއެވެ. މިގްރޫޕްގައި މުޅިއެކު ތިއްބަވާނީ 17 މެމްބަރުންކަމުގައި އިބްރާ މިއަދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވިޕް އަދި ޅ އަތޮޅުގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވިގޮތުގައި މިގްރޫޕްގެ ބޭނުމަކީ ވަތަން އެދެނީ މިގައުމުގައި މިހާރު ހިނގަމުންދާ ސަރުކާރު ބަދަލުކުރުމަށް ކަމަށް ފެނުނު ހިނދު ސަރުކާރު ބޭނުންހާ ގޮތަކަށް މަޖިލީސް ހިންގަމުންދާ ދިޔުން ހުއްޓުވުމެވެ. އަދި ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރުމަށް އެކައްޗެއް ކިޔައިގެން މަސައްކަތްކުރުމެވެ. މިގޮތުން އެންމެ ފުރަތަމަ މިގްރޫޕްގެ ފަރާތުން ކުރި މަސައްކަތަކީ ހުޅުމާލޭން ގޯތި ހިލޭ ލިބޭނެ ގޮތް ހެދުމަށް އަންގާރަ މަޖިލީހުގައި ކުރެވުނު މަސައްކަތްކަމުގައި އެބޭފުޅުން ހާމަކުރެއްވިއެވެ.

15 Comments

  1. މަޖިލިސްވެސް މި ވަނީ ވަތަން އެދޭ ގޮތަށް އެބުރިފަ….ދެން ބާކީ އޮތީ ދިވެހިރާއްޖޭގެ ސަރުކާރު …. އެބައިވެސް މިމަހު 28 ގައި ރަގަޅު ކޮށްލެވޭނެ

    Comment by Hussain Nazeer(NOONU) N.Lhohi — October 15, 2008 @ 11:44 pm

  2. ހިތުގާ އުފެދޭ ސުވާލެކެވެ،
    އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން މައުމޫނު ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދިވެހިދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައި ވާކަން ސާބިތުވެ އަދި އެރިޕޯޓެއްގެ ސަބަބުން މައުމޫނަށް އެތެރެހަށީގައި ބޮމެއް ގޮއްވާލިކަހަލަ އިހުސާސެއްވި ކުރުވިކަމުގައި ރައްޔިތުން ކުރިމަތީގައި އިއުތިރާފްވެފައި ވާއިރުވެސް ރައްޔިތުން ހޮވާފައިވާ ވަކީލުންމިކަމާއި މެދު މަޖިލީހުގެ ތަޅުމުގައި ވާކާލާތުނުކުރަނީ ކީއްވެބާ؟ ކުއްލިމައްސަލައެއް ގޮތުގައިނަމަވެސް މިކަންލަސް ނުކޮށް ބެލުން މުހިންކަމުގައި ވިސްނެއެވެ، ސަބަބަކީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިބޮޑު ހިޔާނާތާއިމެދު ހޭލުންތެރި ކުރުވުމެވެ.

    Comment by ralhey — October 16, 2008 @ 2:02 am

  3. ތީރަގަޅުބަދަލެއް މިދަޑިވަޅުގާ އެއްމެންގުޅިގެންމަސައްކަތް ކުރީމަރަގަޅު ކާމީޔާބެއް އިރާދަކުރެއްވީޔާ ހާސިލްވާނެ،

    Comment by Shah — October 16, 2008 @ 2:08 am

  4. ވަތަންއެދޭގޮތަށް އަނެއްދިވެހިރާއްޖެ ހާޞިލު ކުރުމަށް ގަދައަޅާ ހިންމަތް ކުރުމުގެ ވަގުތަކީ މީ. މިދުވަސް ވަރުމީ ހާސް އަހަރު ދިރިއުޅުނަސް ދިވެއްސަކަށް ނުލިބޭނެ ވަރުގެ ގައުމީ ހިނދުކޮޅެއް. ހެޔޮނުވާނެ. އާދޭސް ކޮއްފަ މިބުނަނީ. ޒަމާންވީ މުޑުދާރު ވެރިކަމުގެ ސަގާފަތު ބަދަލު ކުރަން އެންމެން ނުކުމެ ވީކަމެއް ކޮއްދީބަލަ.

    Comment by niuma — October 16, 2008 @ 3:25 am

  5. ބަރާބަރު….

    Comment by aaa — October 16, 2008 @ 6:09 am

  6. މިއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ކަންތައް… އިރާދަކުރެއްވިއްޔާ މިޚުދުމުޚުތާރު އާއިލީވެރިކަން މިފަހަރު ނިމުމަކަށް އަންނާނެ… ދެރަކަމަކީ ރަޢްޔިތުންގެ ތެރެއިން އުމުރުން ދުވަސްވީ ބައެއްބޭފުޅުންނަކީ އެމޫނުނޫން މޫނެއްދެކެން ބޭނުންނުވާ އަމިއްލަ ފަސްގަނޑާއި ދަރިންނަށްވުރެ އެމޫނުދެކެ ލޯބިޖެހިފައި ތިބި ބަޔަކަށްވާކަން… ކޮންމެޔަކަސް އިރާދަކުރެއްވިއްޔާ މިއީއަހަރުމެންގެ ފަހަރު…

    Comment by Anonymous — October 16, 2008 @ 11:21 am

  7. ސާބަހޭ ސާބަހޭ ސާބަހޭ އިބުރާ!

    Comment by Anonymous — October 16, 2008 @ 12:11 pm

  8. ވަތަން ގެ ލޮބުވެތި ދަރިންނޭ.އެކުވެރި ކަމަކީ ގަދަފަދަ ބާރެއް ވަކިވެގަތުމަކީ ނިކަމެތި ކަމެއް.ހިންމަތާއެކު މަސައްކަތް ކުރާ މީހުންނަށޭ،މިންނަތުގެ ފޮނި އާހިރު ނަތީޖާ ކާމިޔާބުން ފެންނަނީ، ވަތަން ދެކެ ލޯބިވާ ވަތަން ގެ ލޮބުވެތި ދަރިންގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި.އާމީން.

    Comment by ; — October 16, 2008 @ 2:02 pm

  9. ސާބަސް ތިގޮތަށް ދެމިތިބޭ

    Comment by manikfaan — October 16, 2008 @ 3:44 pm

  10. ހެދުނު އެއްޗެއްހަދާގެންވެސް މައުމޫނުގެ މިއަނިޔާވެރި ވެރިކަން ނިމުމަކަށް ގެނަސްދެއްވުމަށް އިދިކޮޅުފަރާތްތަކަށް އާދޭސް ދަންނަވަމެވެ. = ރާއްޖެތެރެއިން =

    Comment by Anonymous — October 17, 2008 @ 4:26 pm

  11. ހެދުނުއެއްޗެއްހަދައިގެންވެސް މިއަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އިދިކޮޅުފަރާތްތަކުގައި އާދޭސްދަންނަވަމެވެ.

    Comment by ahmed — October 17, 2008 @ 4:28 pm

  12. މައުމޫނު އުލުބައިންދާފަވެސް އޭނާގެއަތުން ވެރިކަން އަތުލަން މިފަހަރު ޖެހޭނެއެވެ. އެކަން އިރާދަފުޅުން ކުރެވޭނެއެވެ. އަނިޔާވެރިންނާ ކުރިމަތިލައިގެން އަޅުގަނޑުމެންނަށް މާތް ﷲ ކާމިޔާބުދެއްވާނެއެވެ. މައުމޫނަށް އަޅުގަނޑު ބުނެލަންއޮތްވާހަކައަކީ ގައުމުދޫކުރައްވާ އަވަހަށް ބަޗާށެވެ. ނޫނީ،…..ނަމެވެ. ( ރާއްޖެތެރެއިން )

    Comment by shaad — October 17, 2008 @ 4:31 pm

  13. ސާބަސް ސާބަސް ސާބަސް ސާބަސް

    Comment by nannu — October 17, 2008 @ 7:43 pm

  14. ަކެއެއާވެނ ތަމައުމޫނު މަޖިލީހައ ހާޒިރުކޮއ އޮޑިޓަރ ރިޕޯޓާމެދު ސުވާލުނުކުރަނީ

    Comment by najeeb — October 17, 2008 @ 8:02 pm

  15. އަހަރެންގެއުންޅުވެރިމީދަކީވެސް ރަގަޅުވެރިކަމަކަށްމިވެރިކަން ބަދަލްވުން ތިކުރަށްވާހިތްވަރަށްހަމަ ސާބަސް………

    Comment by mysore — October 18, 2008 @ 8:44 am