Wathan Edhey Gothah – MDP » މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އެކަންކުރާނަން- ކެންޑިޑޭޓް ނަޝީދު

August 26, 2008

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އެކަންކުރާނަން- ކެންޑިޑޭޓް ނަޝީދު

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ގައުމު ސަލާމަތްކުރައްވާނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ. މުހައްމަދު ނަޝީދު (އަންނި) ވިދާޅުވާ ގޮތުގައި ތިން އަހަރު ތެރޭގައި ނުވަތަ ފަސްއަހަރުގެ ތެރޭގައި މަސްތުވާތަކެތި އެކީ އެކައްޗަކަށް ނައްތާލެވޭކަށް ނެތެވެ. “މިއީ 30 އަހަރުގެ މަކަރުވެރި ރޭވުމެއްގެ ދަށުން ގައުމު ވައްޓާލާފައިވާ ވަޅުގަނޑެއް” އަނެއް ދިވެހިރާއްޖެ ރަސްމީކޮށް ފެށުމުގެ ހަފްލާގައި ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދުގެ ރިޔާސީ ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ވަޢުދު “މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރައްވާނެ ކަމުގެ ވަޢުދު” ނަޝީދު މިހާރުވަނީ ވެވަޑައިގެންފައެވެ. މިވަޢުދުވެވަޑައިގަތީ ތ ތިމަރަފުށީގައި މިދިޔަ އާދީއްތަ ދުވަހުއެވެ. ހދ އަތޮޅުގެ ވެރިކަންކުރާ ރަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް މިވަޢުދު ހާމަކުރުމަށްޓަކައި ނަޝީދު މިއަދު ކުޅުދުއްފުށްޓަށް ވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ސަރުކާރަކުން ލާމެހިފައިވާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލާނެ ކަމަށް ނަޝީދުވަނީ ވަޢުދުވެވަޑައިގެންފައެވެ. އަދި ރައްޔިތުންނަށް އަތްފޯރާއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ރައްޔިތުން ދިރިއުޅުމަށް ހޭދަކުރާ ޚަރަދު ކުޑަކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. މިރޭ ކުޅުދުއްފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ މިހުރިހާ މެސެޖެއްވެސް ނަޝީދު އެރައްޔިތުންނަށް ދެއްވާނެއެވެ.

މިބައްދަލުވުން އޮންނާނީ ކުޅުދުއްފުށީގައި ހުންނަ ތިލަދެކުނު ސިނަމާގައެވެ. މިބައްދަލުވުން ފާރްއަވޭ އަދި ދިއެފްއެމް ރޭޑިޔޯއިން ލައިވްކުރާނެއެވެ.

1 Comment

  1. ހުސް ފޭކް، މުޅި ޕާޓީ ފޭކް، އަންނި އަކީ މޮޔައެއް… ދެން ލަލަލާ؟؟؟؟؟؟

    Comment by Anonymous — August 28, 2008 @ 12:48 am