Wathan Edhey Gothah – MDP » އަލްޖަޒީރާގެ ވަން އޯ ވަން ޝޯއަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިންޓަވިއުއެއް ދެއްވައިފި

October 18, 2008

އަލްޖަޒީރާގެ ވަން އޯ ވަން ޝޯއަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިންޓަވިއުއެއް ދެއްވައިފި

އަލްޖަޒީރާ އިނގިރޭސި ޗެނަލްގެ ވަންއޯވަން އީސްޓް ޝޯއަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިންޓަވިއުއެއް ދެއްވައިފިއެވެ.

މަޝްހޫރު ޝޯ ޕްރެޒެންޓަރ ފައުޒިއްޔާ އިބްރާހިމް ހުށަހަޅައިދޭ މިޝޯއަށް ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ދެއްވި އިންޓަވިއުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުންނަށް ނަޝީދު ކޮށްދެއްވާނެ ކަންތައްތައް ހާމަކޮށްދެއްވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތް މިންވަރު ސަބަބާ އެކު ނަޝީދު ހާމަކޮށްދެއްވިއެވެ.

ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ނަޝީދު ނުކުމެވަޑައިގެންނެވި ސަބަބުވެސް މިއިންޓަވިއުގައި އެބޭފުޅާ ވިދާޅުވެދެއްވިއެވެ.

މިޕްރޮގްރާމް އަލްޖަޒީރާ އިނގިރޭސި ޗެނަލްއިން ފޮނުވުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 7:30 ގައެވެ.

8 Comments

 1. ސަބަހޭ އަންނި ތިކުރާހިތްވަރަށް، މިޤައުމު ބޭނުންވަނީ ހަޤީޤި މިނިވަންކަން ކަންތަ ނުކޮތް އެކަންތަކުރަމާ ބުނާމީހުންނެނޫން..

  Comment by Hassan Didi — October 18, 2008 @ 9:34 pm

 2. އޯ ގަދަ! ހިގާ ހުރިހާ ޒުވާނުންވެގެން މި މުސްކުޅި ގޮޅާ ބާލަން. މިކަން ޒުވާނުނަށްވާނެ

  Comment by Hussain Nazeer(NOONU) N.Lhohi — October 18, 2008 @ 11:14 pm

 3. ހައިރާން ވާވަރުވޭ އަދިވެސް މައުމޫނާ ހެދި ދަންޖެހޭ އާލާތުން އުޅޭތީ.
  މީބޮޑު ވަބާއެއް، މިސައިތާނު ހީވަނީ ގަދަކަމުންހެން ބޭލުވޭނީ

  Comment by hasan — October 19, 2008 @ 7:09 am

 4. އަންނި ވަރެއް ނެތް

  Comment by naanu — October 19, 2008 @ 12:35 pm

 5. ސާބަހޭ ދިވެހިދަރިންނޭ މައުމޫނުގެ އަވާގަޖެހިގެން އަނބިންލައްވާނައްޓުވާ ފިރިންނޭތިތިބީފަހެ ހޭބަލިވެފަތަ.އަބްދުއްލޯ/މިސާލް

  Comment by Anonymous — October 19, 2008 @ 8:12 pm

 6. ޔެސް.ވީ ކެން ޖޭންޖް އެން ވީވިލް ޑޫ އީޓް.މައި ވޯޓް ފޯ ޗޭންޖް.ވޯޓް ފޯ އަންނި.ކެންޑިޑޭޓް ނަންބަރ 2

  Comment by Lankaga kiyavamundhaa dhivehi zuvaan dharieh — October 20, 2008 @ 12:18 am

 7. ހައްލަކީ ޢުމަރެއްނޫން، ހައްލަކީ މަރު. ތިޔަބުނީ ހަމަރަގަޅަށް ހަމަ ޝައިޠާނެއްއެއީ. އިންސީންގެ ތެރޭގައިވެސް ޝައިޠާނުންއުޅޭ. ނިކަން ކިޔާބަލަ: ” مِنْ شَرِّالوَسْواس الخناس* الذى يوسوس فى صدورالناس* من الجنة والناس* [ސޫރަތުލް ނާސް] މާނައަކީ: “ސިއްރުސިއްރުން ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. އެޝައިޠާނާއަކީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. ޖިންނީންގެ ތެރެއިންނާއި މީސްތަކުންގެތެރެއިން ވާ ޝައިޠާނުންނެވެ.” ކީރިތި ޤުރުއާނުގެ މިއާޔަތްތަކުން އެގޭގޮތުގައި މީސްތަކުންގެ ހިތްތަކަށް )ޞުދޫރިއްނާސި( ސިއްރުން ނުބައި ވަސްވާސްތައްދޭ ޝައިޠާނުން އިންސާނުންގެ ތެރޭގައިވާ އުޅޭކަން ޔަޤީނެވެ. މިއީ ޢިލްމުލް ޔަޤީނުން އެގޭ ކަމެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ވެރިކަމަށް މީގެ ތިރީސްއަހަރުކުރުން ވެރިގެންފައިމިވަނީ އިންސާނުންގެ ތެރޭގައި ހިމެނޭ މިބާވަތުގެ ޝައިޠާނެކެވެ. ދިވެހި މުސްލިމު އަޙުންނާއި އުޚުތުންގެ ހިތްތަކަށް މިޝައިޠާނާ ސިއްރުން ނުބައި ވަސްވާސްތައް ދެމުންއަންނަތާ މިހާރު މިވަނީ 30އަހަރެވެ. އަހަރަމެންނާއި އަހަރެމެންގެ ދީނާއި މިޝައިޠާނާ ދުރުކޮށްފިއެވެ. ޤުރުއާނަކީ ޖަލްސާތަކުގަ އާއި ނަމާދުތަކުގައި ނޫނީ ނުކިޔެވޭ އެއްޗަކަށް ހަދައި މަރުކަޒު ހަދާފައި ރީތީގޮތްގޮތައްލިޔެ އެތާގެ ތެރޭގައި ދައްކަން ބަހައްޓާ އެއްޗަކަށް ހަދައިފިއެވެ. ދީނުގެ ޙައްދުތަކަކީ ހިތައްއެރުމުން ތަންފީޒު ކުރަންޖެހޭ އެއްޗެއްކަމުގައި އަހަރެމެންނަށް ވިސްނައިދީފިއެވެ. ބުރުގާއެޅުމަކީ ނެތްކަމެއްކުމުގައި މުސްލިމު އުޚުތުންގެ ހިތްތަކަށް ވައްދައިދީފިއެވެ. ނަމާދަކީ ބަންގިގޮވުމުން އެއަށްއިޖާބަ ނުދިނަސް އެންމެ ރަގަޅުކަމެއްކަމަށާއި، ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު، އެނަމާދުކުރަން ދެވިދާނެކަމަށް ހިތްތަކަށް ވައްދައިދީފިއެވެ. މަސްތުވާ ތަކެއްޗާއި ބަގުރަލަކީ ހިގާމީހުންނަށާއި ސަވާރީންނަށް އަތުޖެހޭ ހިސާބުގައި ލިބެންހުންނަންޖެހޭ އެއްޗެއްކަމުގައި ޒުވާނުންނަށް ވިސްނައިދީފިއެވެ. ޚިޔާނާތްތެރިވުމަކީ މަޤާމުގެ ކުރިއެރުން ލިބޭ ކަމަކަށް ސަރުކާރުގެ މުވައްޒަފުންގެ ސިކުޑިތަކަށް ވައްދައިދީފިއެވެ. އިންސާފަކީ ފައިސާވެރީންނަށް ގަނެވޭ އަގުބޮޑު އެއްޗެއްކަމުގައި ހަދައިދީފިއެވެ. ޤާޟީންނަކީ ލިޔެފައި ދިނުމުން ޙުކުމް ކިޔަން ތިބޭ ބައެއްކަމުގައި އެމީހުންނަށް ވިސްނައިދީފިއެވެ. ޖަލުތަކަކީ މައުސޫމުންނަށް ހުރިތަނެއްކަމާއި މިނިވަންކަމަކީ މުޖުރިމުންގެ ޙައްޤެއްކަމުގައި ހަދައި ދީފިއެވެ. ޤަތުލުޢާންމުތައް ހިންގާލުމަކީ ފެންބޮއިފަ ވައެއްލުންކަހަލަ ކަމަށް ހަދައިދީފިއެވެ. މިގޮތުން، ދިވެހިންގެ ހިތްތަކަށް ދީނުގެ ފަރާތުން އެދީނާއި ދުރައްދާނޭހާކަމެއް މިޝައިޠާނު ދިވެހިންގެ ހިތްތަކަށްވައްދައިދީ އެކަން އެދަނީ ޤަބޫލުކުރަމުންނެވެ. އިބިލީހުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންތައް އިބިލީހުގެ ކައިރީގައި އެމީހުންގެ ވަޒީފާގެއްލޭތީ ޝަކުވާ ބަންނަނީ މިހެންވެގެންނެވެ. އެމީހުން އައިސް ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުން އިސްލާމްދީން ފޮހެލުމަށް ދެން އަލުންކުރާނެ ކަމެއްނެތޭ ކިޔައި ހޭރެނީއެހެންވެގެންނެވެ. އެމީހުން އެބުނަނީވެސް ތެދެކެވެ. އެމީހުން ކުރަން ހުރިމަސައްކަތް އިންސީންގެ ތެރެއިން ދިވެހިންގެ މައްޗަށް މިފާކުރެއްވި ޝައިޠާނު އެކުރަނީ އެމީހުންނައްވެސް އެކަން ނުކުރެވޭނެހާ ފުރިހަމަކޮށެވެ.
  މިޝައިޠާނާ ދިވެހިންނަށް ވަސްވާސްދެނީ ހަމަ އެކަނި ދީނުގެ ފަރާތަކުންނެއްނޫނެވެ. ދުނިޔެއަށްއަންނަ ތަރައްޤީގެ ފޮނިކަމުންވެސް މެއެވެ. މިޝައިޠާނާގެ ގާތުގައި ދިވެހިންނަކީ ގެންގުޅޭ ބުޅާގަޑެއްކަހަލަ އެއްޗެކެވެ. ތަރައްޤީގެ ފޮނިކަމަކީ މިޝައިޠާނާގެ ދިގުދަނޑީގައި ބަދެފައިވާ ކިފުޅި ގަޑެކެވެ. ކޮންމެ ފަސްއަހަރުން އެއްއަހަރު، ދަނޑިބުރީގައި މިބުނި ތަރައްޤީގެ ކިފުޅިފަޑު ބެދެގެން ދިވެހިންގެ ކުރިމައްޗަށް ހޫރުމަށް ނިކުމެއެވެ. ދެން ދިވެހިން އެކަމަށް އެދި ވައްވައްޖަހައިގަންނަނީ ހައިވެފައިވާ ބުޅަލަކަށް ވަޅޯމަސްކިބައެއް ފެނުމުން ކަޑަބޮއްޖަހާފައިދާ މިސާލުންނެވެ. ކިފުޅިގަޑު އަބުރާނެ ވަރަކަށް އަބުރާ ދިވެހިންގެ ސިކުޑިތަކަށް ތަރައްޤީއާއި ސަހާމަތާ، ތަމައްދުނާ ގެނެއްދޭނެކަމަށް ވިސްނައިދީ ހެއްލުންތައް ހެލުވުމަށްފަހު، ދަނޑިބުރިން ކިފުޅިގަޑު މޮހައި ދެންއޮތް ފަސްއަހަރު އަންނަންދެން އެއޮންނަ މަހައްލަށް ވައްދާފޮރުވައެވެ. ރައްޔިތުންގަޑު އެވެނި ވަޢުދެއްވީމުނޫންތޯ މިވެނިކަމެއް ކޮށްދެއްވާނަމޭ ވިދާޅުވީމުނޫންތޯއޭ ކިޔާ އަގަހުޅުވާލުމާއި އެކު، އެއަގައިގެތެރެއަށް ދެތިން ‘އިރާދަ’ ގުއްކިފައި ގަޅާލުމުން އެތިބެނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިހައިތަނުން އޮންނަނީ ދެންއޮތް ފަސްއަހަރު ލައިގަތްފައެވެ. ވޯޓުދޭންޖެހިފައެވެ. އަނެއްކާވެސް މިޝައިޠާނު އޭނާގެ އެއްކަލަ ކިފުޅިގަޑު ހިފައިގެން ދިވެހިންގެ ކުރިމާތީ ހަލުވަން ނިކުމެއެވެ. ކޮންމެއަކަސް، އިހައްދު މިބޭއްވި އިންތިހާބުގައި މިޝައިޠާނާ އަބުރަންގެންގުޅޭ ކިފުޅިގަޑަށް ދިވެހިންގެ ގިނަމީހުން މުޑިއެއް ނުނެގިއެވެ. ހަލުވަހަލުވާފައި ނަތީޖާ ބެލިއުރު ކަމުދާގޮތެއްނުވިއެވެ. މިއަދު މިފެނުނީ އިއްޔެ ނިމުނު އިންތިޚާބުގައި އަބުރަންގެންގުޅު ކިފުޅިގަޑަށް އެހެން އުސްމިނެއް އިތުރުކޮއްލިތަނެވެ. އައްޑޫ ބުރިޖުތަކުން ގުޅާލަނީއޯއެވެ. މިއީ ނިމުނު އިންތިޚާބުގައި އައްޑޫރައްޔިތުންގާތު އަމުދުން ނުދައްކާ ވާހަކައެކެވެ. އައްޑޫމީހުންގެ ސިކުޑިތަކަށް މިޝައިޠާނު ވަސްވާސްދިނުމަށް އައްޑޫ ވިޝަންއެއްތޯ މުތްކެއްނެރެފިއެވެ. ނަމަވެސް މީގެ އޮނަބަސްތިރީސް އަހަރުކުރިން ހަދައިގެން މިޝައިޠާނު ހެލުވި އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީން ކޮއްފައިވަނީ ކޮންކަމެއްތޯ މިޝައިޠާނު ނުބަލައެވެ. އައްޑޫ ޑިވެލޮޕްމެންޓޭ ކިޔާއި އަގަފޭކޮށް އިގިރޭސީން އައްޑުއަށްގެނެސްދިން ތަރައްޤީގެ ކަންފުޅުވެސް އެތަނުން ފޮހެލީއެވެ. މިއީ ހަމަ ވަސްވާސްދޭން އެއްވަނައިގެ ޝައިޠާނެކެވެ.

  Comment by Anonymous — October 20, 2008 @ 12:23 pm

 8. މައުމޫނުއަކަށް މައާފް ދިނުމެއްނެތް.. މައުމޫނުއާއި އިދިކޮޅަށް ޖިހާދުކުރަން ތައްޔާރު.. މާތްﷲ އިރާދަކުރެއްވިޔާމުން މިފަހަރު މައުމޫނު މަކަރު ހަދައިގެން ހޮވުނަސް މައުމޫނުއާއި އިދިކޮޅަށް ޖާނާއި މާލުން ޤުރުބާން ވާނަން.. މައުމޫނު އަކީ މަކަރުވެރި، ނުލަފާ ، ނުބައި، ޖާހިލު ޙިޔާނާތްތެރި އެއް … 75 އަހަރުގެ ބޮޑު މުސްކުޅިއެއް.. ނަރަކައިގެ ދޮރުތަށް އެމަނިކުފާނަށްޓަކައި ހުޅުވިފަ ހުންނާނެކަން ގިނަބަޔަކަށް ޤަބޫލްކުރެވޭފަދަ ..ދުނިޔެމަތީގައި އުފަލާއި އަރާމު ލިބިފައިބާ ޔަހޫދީކަން ބޮޑު އިންސާނެއް.. ” ހައްދަވައު ބޮޑުކުރެއްވި މަތް ރަސްކަލާކޯ އަޅަމެންގެ ފާފަތަށް ފުއްސަވައި މި ނުބައި މައުމޫނުކިބައިން އަޅަމެން ސަލާމަތްކޮށް އަޅަމެންނަށް ސާފްސީދާ ތެދުމަގު ދައްކަވާނދޭއެވެ..އާމީން..”

  Comment by 777 — October 20, 2008 @ 1:00 pm