Wathan Edhey Gothah – MDP » މީގެ 28 އަހަރުކުރިން އަޅުގަނޑުގެ މަންމައަށް މައުމޫނު ކުރި ކަހަލަ އަނިޔާއެއް އިރާދަކުރެއްވިއްޔާ ދެން ދިވެހި އަންހެނަކަށް ކުރިޔަކަ ނުދޭނަން- ޑރ ވަހީދު

October 19, 2008

މީގެ 28 އަހަރުކުރިން އަޅުގަނޑުގެ މަންމައަށް މައުމޫނު ކުރި ކަހަލަ އަނިޔާއެއް އިރާދަކުރެއްވިއްޔާ ދެން ދިވެހި އަންހެނަކަށް ކުރިޔަކަ ނުދޭނަން- ޑރ ވަހީދު

މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ފެށުނުތާ ދެވަނަ އަހަރު ޑރ ވަހީދުގެ މަންމާފުޅަށް މައުމޫނު ދެއްވި ކަހަލަ އަނިޔާއެއް އިރާދަކުރެއްވިއްޔާ މިގައުމުގެ އެހެން އަންހެނަކަށް ދެން ކުރެއްވިޔަކަ ނުދެއްވާނެކަމުގައި ޑރ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު މިހެން ވިދާޅުވީ ވަތަން އެދޭ ގޮތަށް ކެމްޕޭންގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ހުޅުވި ހަނދުވަރީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. ޑރ ވަހީދު ވިދާޅުވީ ހަނދުވަރީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ރައްޔިތުން އެއްވެފައިވާތަން ފެނުމުން ހިތަށް ވަދެގެންދަނީ މީގެ 28 އަހަރުކުރިން މައުމޫނު އަބްދުލްގައްޔޫމް ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މެދު ދެއްކެވި ވާހަކަފުޅަކަށް އެއީ ދޮގެކޭ ވިދާޅުވެގެން އެބޭފުޅާގެ މަންމާފުޅަށް ހައަހަރަށް އަރުވާލުމަށް ހުކުމްކުރި ދުވަހުގެ ހަދާންކަމުގައެވެ. ޑރ ވަހީދު ވިދާޅުވި ގޮތުގައި އެދުވަހު މައުމޫނަށް ތާއީދުކުރާ މީހުން އައިސް އެބޭފުޅާގެ މަންމާފުޅު ގަންހިންގުވާ ހަޅޭއްލަވަމުން ކޯޓުން ފެށިގެން ގެޔާއި ހަމަޔަށް ގެންދެވިއެވެ. އަދި ގެންދާތަނެއް ނުއަންގާ ދަންވަރު ގަޑީގައި އަގަމަތި މަސްދޯންޏަކަށް ލާ ރަށަކަށް ފޮނުވާލިއިރު އެބޭފުޅާގެ ހަތަރު މަހުގެ ދަރިފުޅެއް އޮތެވެ. ނަމަވެސް މައުމޫނު އަބްދުލް ގައްޔޫމަށް އެކަންތަކާ ބެހޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވީ އެބޭފުޅާއަށް އެކަން ނޭނގޭކަމުގައިކަމަށް ޑރ ވަހީދު ހާމަކުރެއްވިއެވެ.

ނަމަވެސް އެދުވަސްވަރު މާލޭގައި އެފަދަ ބޮޑުކަމެއް އެބޭފުޅާއަށް ތާއީދުކުރައްވާ ފަރާތްތަކުން ކުރައްވާއިރު އެފަދަކަމެއް އެގިވަޑައިގެން ނުހުންނަވާނެތޯ ޑރ ވަހީޑު ސުވާލުކުރެއްވިއެވެ.

ހަނދުވަރީ ޖަގަހައިގެ އިތުރުން ހޮނިހިރުދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ޗާންދަނީ މަގުގައި ބަދަލު ޖަގަހައިގެ ނަމުގައި ޖަގަހައެއް ހުޅުވާފައިވެއެވެ. މިދެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ވަތަން އެދޭ ގޮތަށް ކެމްޕޭންގައި ބައިވެރިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.


Photos by M I Maniku

29 Comments

  1. ކީއްވެ މައުމޫން ނުބޭލިގެން އުޅެނީ؟

    Comment by KM — October 20, 2008 @ 4:33 am

  2. ގޮޅާބޯ އިސްތިއުފާ

    Comment by Anonymous — October 20, 2008 @ 7:34 am

  3. އަޅުގަނޑު އެދެނީ މައުމޫނުގެ ބޮޑު މުސީބާތުން ދިވެހި ޤައުމު ސަލާމަތް ވުމަށް… އަޅުގަނޑު މި ހުރީ ވަޠަން އެދޭގޮތައް އެމް.ޑީ.ޕީ އާއި އެކު………………..

    Comment by adam — October 20, 2008 @ 9:46 am

  4. މި ދިވެހި ގައުމުދެކެ ލޯބިވާ އެއްވެސްދަރިއަކު މިހާރު ރާއްޖޭގެ ވެރިކަމުގައި ޣައިރު ގާނޫނީގޮތުން ހުންނެވި ދެމޫނުގެ ވެރިޔާ މައުމޫނު އަކަށް އެއްގޮތަކަށްވެސް ވޯޓެއްނުލާނެކަން ޔަގީނެވެ. ނަމަވެސް މައުމޫނުގެ ވެރިކަމުގައި ދިވެހިން ނިކަމެތި ކޮށް ނުބައިކަންތައްތައް އެއީ ރަނގަޅުކަމެއްކަމުގައި ހަދާފައި އޮތުމުގެ ނަތީޖާއަކީ ނިކަމެތިން މައުމޫނުދެކެ ބިރުގަތުމާ އޭނަގެ އަންބޮނޑިދޮށަށް ސަލާންޖަހަން ދާވަރުކޮށްފައިތިބުމެވެ. މިފަދަނިކަމެތިންނަށް އެންމެ 500 ރުފިޔާއަކީވެސް ހާދަބޮޑު ޖަވާހިރެކެވެ. މައުމޫނު މިހާރުކުރާކަމަކީ މިފަދަ ނިކަމެތި ރއްޔިތުންގެ ނާޖާއިޒު ފައިދާނެގުމެވެ. މިކަންކަމަށް އަހަރެމެން ސަމާލުވާންޖެހޭނެއެވެ. އެހެނީ ރާއްޖޭގައި ގިނައީ މިފަދަ ޒަރޫރީ ބޭނުންތައް ގިނަ ފަރުދުންނެވެ. މިއީ ދެވަނައެއް ނުވާ 30 އަހަރުގެ ރައްޔިތުންގެ ހާލަތެވެ.

    Comment by Waheed — October 20, 2008 @ 11:00 am

  5. ހެޔޮނުވާނެ ހުރިހާ އެންމެން މައުމޫނުގެ އަނިޔާވެރިކަމުން ސަލާމަތްވާން މަސައްކަތް ކޮށްދިނުން މިދަނޑިވަޅުގައި ވަރަށް މުހިއްމު. އަޅުވެތިކަމުން ސަލާމަތް ވުމާ ހިނގާ.

    Comment by meeha — October 20, 2008 @ 11:50 am

  6. ގޮޅާބޯ

    Comment by mohamed — October 20, 2008 @ 2:32 pm

  7. މައުމޫން ބޭލުންވަރައް މުހިންމު

    Comment by phd bu ranee hassan — October 20, 2008 @ 7:27 pm

  8. މައުމޫނުބޭލުމަކީ މައުމޫނުސަރުކާރުގަ ބޮޑެތިޙިޔާނާތްތަކާ ޖަރީމާތައް ހިންގުމުގެ ސަބަބުން ބޭރުކޮއްފަ ތިބިބަޔަކައް ވާނެކަމެއް ނޫން..
    ތިކަމުގައުޅެ ކަލޭމެންނިމިދާނީ.. ނުދެނެހުރިންތަ ﷲ މަތިވެރިކުރައްވައިފި އަޅަކު ނިކަމެތިކުރެވޭނެ ފަރާތެއްނުވާކަން އަދި ﷲ ނިކަމެތުކުރައްވައިފި އަޅަކު މަތިވެރިކުރާނެ ފަރާތެއް ނުވާކަން.. މިބަސްފުޅުތައް ކިހިނެއްބަލަުކުރާނީ ކިތައްމ ވަރަކަށް ކިތައްމެ ޑޮކްޓަރުންނެއް އިއްތިހާދުވިޔަސް..

    Comment by allaa — October 20, 2008 @ 9:42 pm

  9. އަލުގަނޑުމެން ބޭނުމީ ބަދަލެއް މައުމޫން ގެ 30 އަހަރު އަނިޔާއައް ދެނެން ކެތެއް ނުކުރެވޭނެ. ވަތަން އެދޭ ގޮތައް ދަމާހެ ހެޔޮހިތުން މިޖާނު ދޭ.އަޅުގަނޑުމެއް ބޭނުމީ ވަތަން އެދޭ ގޮތައް ދާ….

    Comment by mohamed shameem — October 20, 2008 @ 9:44 pm

  10. މައުމޫންއަކީ އެއްވެސް ގޮތަކަށް އިންސާފަށް ލޯބިކުރާ މީހެއްނޫން އޭނާއަށް އެއްވެސް ގޮތަކަށް މިޤައުމުން ޖާގައެއް ދިނުމަކީ އަޅުގަނޑުމެން ޒުވާނުން އެއްގޮތަކަށްވެސް ތާއީދުކުރާކަމެއްނޫން ، މައުމޫންގެ ސަރުކާރުން ކުރާ ކަންތައްތައް ކިޔާ ހުސްނުވާ ވަރަށް އަޅުގަނޑަށްވެސް އެގެއެވެ، ބައްލަވާލައްވާ ފުލުހުންގެ މުވައްސަސާއަށް ކިޔަންވީތޯ ، ” ވަވަތި އާދަނުގެ އައުވާނުން ބޭނުން އެއްޗެއް އެހަދަނީ އަޅުގަނޑުމެން މިޖެހެނީ ތިބެން ވީމާ ހެޔޮނުވާނެ މައުމޫނޭ ގަންނަ ކުއްތާ ސައިތާނު ބާލާ މިހާރުން މިހާރަށް އޭނާ ބާލާ .

    Comment by ahmed — October 21, 2008 @ 12:06 am

  11. މައުމޫން އަނިޔާކޮށްފައިވަނީ ހަމައެކަނި ޑރ.ވަހީދުގެ މަންމާފުޅަށް އެކަންޏެއްނޫން ، މިހާރު އޭނާއަށް ވެއްޖެ ދެން އޭނާ ބާލާ ،، ހެޔޮނުވާނެ އަވަހަށް އޭނާ ބާލާ ، ވަތަން އެދޭގޮތަށް އަޅުގަނޑު ތާއީދުކުރަން އަޅުގަނޑު ބުނާބަހެއް އަހާ މީހަކު ވިއްޔާ މިފަހަރު ވަތަން އެދޭ ގޮތަށް ތާއީދުކުރާނެ .
    މައުމޫނަކީ އެއްވެސް އިންސާފެއް ނެތް މީހެއް ، އޭނާގެ އަރިހުގައިވެސް ތިބީ އެއްވެސް އިންސާފެއް ނެތް ”ނަގޫ ބަޅު ތަކެއް ” މިހާރުން މިހާރަށް އެކުއްތާތައް ބާލާ .
    ޤަވާއިދާ ހިލާފަށް ފުލުހުންގެ މަރުކަޒްތަކުގައި ކެންޕޭންވެސް ކުރަމުން އެބަދޭ މިއީވެސް ވަވަތި އާދަމެން މަގާމް ގެއްލިދާނެތީ ކުރާކަމެއް ، އޭނާގެ އައުވާނުން މިހާރު ތިބީ ވަރަށް ބިރުން ކީއްކުރާނީ ނުހައްގުން މަގާމްގެ ކުރިއެރުން ލިބިފައި ތިބީމަ އަވަހަށް މައުމޫން ބާލާ .. ފުލުހެއް

    Comment by police officer — October 21, 2008 @ 12:11 am

  12. މައުމޫން އިސްތިއުފާ

    Comment by Anonymous — October 21, 2008 @ 12:12 am

  13. ފުލުހުންގެ މަރުކަޒްތަކުގައި ކެންޕޭންކުރަނީ ބިރުން ވަވަތި އާދަނާއި އޭނާގެ އައުވާނުން މަޤާމުން ބޭރުވެދާނެތީ ، ހެޔޮނުވާނެ މިކަންކަން ހުއްޓުވާ ….. ފުލުހެއް

    Comment by police — October 21, 2008 @ 12:16 am

  14. ހެޔޮ ނުވާނެ މި ގައުމު ސަލާމަތް ކުރޭ!!!!

    Comment by Anonymous — October 21, 2008 @ 12:31 am

  15. މައުމޫނު ޖެހޭނީ ހަމަ ހަވަރަށް ދޭން،އެނޫން އެއްވެސް ގޮތެއް އަހަރެމެން ގަބޫލެއް ނުކުރާނަން.

    Comment by Anonymous — October 21, 2008 @ 12:57 am

  16. މައުމޫނު ބާލައިގެން ޤައުމުގެ ކަންތައް އިސްލާހުކުރެވެންޏާ ބޭލުން ރަނގަޅު ގޮތަކީ. އެމަނިކުފާނުގެ ސަޕޯޓަރުން އެބަވިދާޅުވޭ ސްކޫލްތަކާއި މިސްކިތްތަކުގެ ވާހަކަ. 4 ސްކޫލުން 400 އަށް ބަދަލުކޮށްދެއްވި ވާހަކަ އެބަދައްކަވާ. ކޮބައިތޯ ބޭނުމަކީ؟ އެމަނިކުފާނު ތާރީޚުގެ ތެރެއަށް ވެދެވަޑައިގަތުން. އަމިއްލަ ކާމިޔާބީއެއް ހޯއްދެވުމުގެ ނިޔަތުގައި. ހަމަ ކަމެއް ކުރީމަ ނިމުނީތޯ؟

    Comment by small katheeb — October 21, 2008 @ 1:03 am

  17. ހޫން މިކަމެއް މިހެނެއް ކާމިޔާ ބީ އެއް ނުވާ ނެ ދޮތަ؟ ބުއްދި ހަމަނޫން
    ބޭކަލުން ރައް ރަށުގާ ކެންޕޭން ކުރުން؟ މުހަންމާ ހޭ އަރާ…….ގާސިމް މަގޭ ކުޑައިރު ގެ ބޮޑު ރަހުމަތް ތެރިޔާ ހަރަދު ކުރާ އިރު ވިސްނާ ؟؟؟؟؟؟؟؟؟؟؟؟؟؟؟ މުހަންމާކަލޯ ކާ ރީ ގާ އަހަމާ ހިނގާ؟؟؟؟؟؟؟؟؟ ވިސްނާ ވިސްނާ ފިކުރުކުރޭ ހާއިނުން ގިނައީ ރައްރަށުގާ ކާކުތޯ އަޑުއަހަނީ ޕާޓޭން ގެ ނަށޭހަތް…… ދިވެހި ދަރި ގާސިމް ބަފާ ގާސިމް ހަރަދުކުރޭ ހެޔޮގޮތުގާ…….އަހާލާ ފިލްމް ކުޅޭ މުހަން މާ ކާރީ ގާ އެސޮރައް ރައްރަށުގާ ރައްޔިތުން ޖަވާބުދާރީވަގޮތް؟؟؟؟ފައިސާ ސަޅިބައިސާ މިނޫން ގޮތަކައް ހަރަދުކުރަން ފަސްޖެހޭނީތޯ؟؟؟؟؟؟؟ ކޯރުކެނޑި ޖަގަޔައް ސާބަސް ހިލޭސާބަސް………..

    Comment by shafeeg — October 21, 2008 @ 3:29 am

  18. ތީމުގެއިން މައުމޫނުއަށް ވޯޓުލުމަށް އެދި އެމްއެންޑީއފްގެ މުވައްޒަފުންނަށްމެސެޖްއެބަފޮނުވާ މީހަމަ ސައްތައިންސައްތަ ތެދުވާހަކައެއް !ދިވެހި ރައްޔިތުންނޭ ވީސްނާލަބަ މައުމޫނުގެ ތިރީސް އަހަރުގެ ވެރިކަމުގައި މިގައުމަށް ކޮށްދެފިވައިވަނީ ކޮންކަންތައްތަކެއްތޯ!މިހާރުވފައިވާ ތަރައްގީއަކީ މިގައުމުގައި ވެރިއަކުނެތަސް ވާނެ ތަރައްގީ….އެމްޑީޕީ އިއްތިހާދަށް އަޅުގަޑުގޮވާލަން ތިއިއްތިހާދަށް ވެރިކަން ލިބުނަސް މައުމޫނު އެކުރެއްވި އަނިޔާ އަޅުގަޑުމެންނަށް ނުކުރެއްވުމަށް…..އެގޮތަށް ކަންތައްވެއްޖެނަމަ މައުޟުނާ ދެކޮޅަށް އަޅުގަޑުމެން ނުކުންނަފަދައިން އޭރު ވެރިކަމުގައި ހުންނަމީހަކާ ދެކޮޅަށްވެސް ނުކުންނާނަން…..މާތްﷲ އިރާދަ ކުރެއްވިއްޔާ މިހާރު މިއޮތް އަނިޔާވެރި ވެރިކަމުން މާގިނަދުވަސްތަކެއްނުވެ އަޅުގަޑުމެންސަލާމަތްވާނެ..އާމީން

    Comment by Anonymous — October 21, 2008 @ 9:39 am

  19. މައުމޫން ބާލާ…………މައުމޫނަކީ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ގައުމެއްގައި ބަހައްޓަން ހެޔޮވާވަރުގެ ވެރިއެއްނޫން ………….. މައުމޫން އިސްތިއުފާ ……….ދުނިޔޭގެ ލަދުން ސަލާމަތްވުމަށް އަމިއްލައަށް އިސްތިއުފާދޭންވީ ނޫންތޯ…..އަދިވެސް އެހުންނަނީ ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއިދު ލިބޭނެކަމަށްތަ ނުލިބޭނެ ދެން ދުވަހަކުވެސް ނުލިބޭން ………..އަހަރެމެން ބޭނުމެއްނޫން މިގައުމުގެވެރިއަކަށް މައުމޫން ބަހައްޓާކަށް އެންމެ މިނުޓަކަށްވެސް….

    Comment by Anonymous — October 21, 2008 @ 9:48 am

  20. އަޅުގަނޑު ކިތަންމެ ވަރަކަށް މައްމޫން އަށް ކެނޕޭން ކޮށްދިނަސް ވޯޓް ލާނީ ހަމަ އަންނި އަށް

    Comment by HALANI SATTHAAR(NAIFARU) — October 21, 2008 @ 11:32 am

  21. ހެޔޮނުވާނެ މިމުސީބާތުން އަޅުގަނޑުމެން ސަލާމަތް ކޮއްދީ…….

    Comment by dhivehi dharieh — October 21, 2008 @ 12:47 pm

  22. މައުމޫން އަކީ އަނިޔާވެރި އެއް. އޭނައަށާ އޭނަގެ އައުވާނުން ނަށް ދެން އިތުރަށް އެންމެ ދުވަހެއްވެސް އަނިޔާވެރި ވުމަށް ދޫކޮށް ލެވިގެން ނުވާނެ. މައުމޫންގެ އަނިޔާވެރި ކަމަކީ ޖަންގަލި ތަކުން ނާއި މާ ސިންގާ ކަނޑުން އޭނަ ދަސް ކޮށްފައިވާ ކަމެއް، އިންސާނުންގެ ތެރޭ އެވަރުގެ އަނިޔާ ވެރިންނެއް ނޫޅޭނެ. މައުމޫން އަކީ އިންސާނެއްނޫން. އޭނާގެ އަނިޔާ ވެރިކަން ތަޙައްމަލް ކުރަން ނުޖެހޭ ޢާއިލާއެއް މިރާއްޖޭގައި ނެއް. ރަށްޔަތުންގެ ލޭ ބޯ މީހެއް. ބައެއްމީހުންނަށް އޭނަ އަހަރެމެންނާއި އަހަރެމެންގެ ދަރިންގެ ލޭ ބޯ ކަމެއް އިޙްސާސް އެއް ނުވޭ. ނަމަވެސް ކުރިއަށް އޮތް 5 އަހަރަށް އޭނަ ހޮވައިފިނަމަ ދިވެހިންނަށް އޭނައަކީ ލޭ ބޯ މީހެއްކަން ޔަގީން ވާނެ. މޯޑް

    Comment by Anonymous — October 21, 2008 @ 1:38 pm

  23. މައުމޫނާ ކާރީގަ އުޅޭ މީހުނަށް ބޮޑަށް އޭނަގެ ގޮތް އިގޭނީ …އޭން އަކީ ރަގަޅު މީހެއް ނޫން… އޭނަ ނަމާދެއްވެސް ނުކުރޭ …އޭނަ މީހުނަށް ދެއްކެންވެގެން އިސްލާމީ މަރުކަޒަށް ހުކުރު ކުރަންވެސް އެދަނީ…ގަބޫލު ކުރޭ …މީ ތެދު..

    Comment by snet — October 21, 2008 @ 5:56 pm

  24. މައުމޫން ދެކިލައްވާ ގޮތުގައި ބަދަލަކަށް ބޭނުން ވާމީހުންނަކީ ދިވެހި ރައްޔިތުން ނެއްނޫން. އެމަނިކުފާނަށް ތާއީދު ކުރާމީހުން އެކަނި ޔޯ ހެޔޮ ވިސްނޭ މީހުނަކީ،ބަލަ މީވެސް ހަމަ ދިވެހި ދަރިންނޭ . 60 ޕަސެންޓް މީހުން ބޭނުން ވާ ގޮތް މަނިކުފާނު ހެދިއްޔާ ކީއްތޯ ވާނީ. ބަލަ ތި ވަރިކަން ދީ ގެން އުޅެނީ ވެސް ހަމަ މި ރައްޔިތުން ނޭ. ރައްޔިތުން ބުނެގެން ވެރިކަމާ ހަވާލު ވީ ގޮތަށް ރައްޔިތުން ބުނެގެން ވެރިކަމުން ފައިބަން ވެސް އިގެންވާނެ ހެން އަޅުގަޑަށް ހީވަނީ.ވެރިކަމާއިގެން ދަންޖެހުނަސް ތީ ބޮޑުވަރު………..

    Comment by dhivehi dharieh — October 22, 2008 @ 1:41 am

  25. ހެޔޮނުވާނެ، މައުމޫން ބާލާ…. އަހަރުމެން ޒުވާނުންގެ ދުވަސް އޭނަ ދުއްވާލައިފި….

    Comment by Hamdhoon — October 22, 2008 @ 11:49 am

  26. އަޅުގަނޑަކީވެސް ޑީ.އާރު.ޕީ ގެ މެމްބަރެއް، މައުމޫނޭ.. މައުމޫނޭ ކިޔައިގެން މިހެން ފުއްޕާފައި އުޅުނަސް ވޯޓްދެވޭނީ ބަދަލަކަށް.. އަންނިއަށް.. އިއްތިޙާދީންނަށް..
    – ސަރުކާރު ވަޒީފާ ގެއްލިދާނެތީ އުޅޭ މީހެއް –

    Comment by Anonymous — October 22, 2008 @ 2:19 pm

  27. ހެޔޮ ނުވާނެ މައުމޫނު ފައިބާ….

    Comment by sick — October 22, 2008 @ 6:55 pm

  28. When IGMH HODs and doctors are campaiging for maumoon.. why isn’t the civil service not taking any action ? are they unaware of it?

    Comment by Anonymous — October 22, 2008 @ 8:04 pm

  29. އައި.ޖީ.އެމް.އެޗް ގެ ޑޮކްޓަރުންނާއި އިސްވެރިން މައުމޫނަށް ކެންޕޭނު ކުރަމުން ދާއިރު ސިވިލް ސާރވިސް ފިޔަވަޅެއް ނާޅަނީ ކީއްވެ؟ ހަމަ ނޭނގެނީތޯ؟

    Comment by well wisher — October 22, 2008 @ 8:09 pm